ދިވެހި އަންހެނުންނަކީ ކޮންމެ ކަމެއް ކުރުމުގައި ވެސް ވަރަށް ކެރިގެން އެކަމެއް ކުރާނެ ބައެއް ކަން އަހަރުމެންގެ މި ކުޑަ މުޖުތަމައުން ދަނީ ސާބިތުވަމުންނެވެ. މިހާރަކަށް އައިސް އަހަރުމެންގެ ތެރޭގައި ވަރަށް ހުނަރުވެރި ޒުވާނުން އަންނަނީ އިތުރުވަމުންނެވެ. މި ހުނަރުތަކުގެ ބޭނުން ކޮށްގެން ދިރިއުޅެމުންދާ މީހުންވެސް އަހަރުމެންގެ މި ކުޑަ ރާއްޖޭގައި މަދެއް ނުވާނެކަން ޔަގީނެވެ.

ޓެކްސީ ޑްރައިވަރު އައިންތު ކާރުގައި މަޑުކޮށްލައިގެން. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގދ. ވާދު އަށް އުފަން އައިމިނަތު ވަހީދާ (އައިންތު) 44، އަކީ ދިވެހިންގެ ތެރޭގައި އާ މޫނެއް ނޫނެވެ. އައިންތުއަކީ ކުޑައިރު އޭނާގެ އުފަން ރަށުގައި މައިންބަފައިންގެ ބޯހިޔާވަހިކުގެ ދަށުގައި ދިރިއުޅެމުން އައި ހީވާގި އަންހެނެކެވެ.

އައިންތުގެ ބައްޕައަކީ މަސްވެރިއެކެވެ. އެ ބައްޕަ ފަތިހު ހޭލައިގެން ފަތިސް ނަމާދަށް ފަހު ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ގަދަ އަތްވާއި ވެހޭ ވާރޭގައި އަދި އެހާމެ ގަދަ ވައިގެ ތެރޭގައި މަސްވެރިއަކު ކުރަން ޖެހޭ ބުރަ މަސައްކަތެއް ކުރިއެވެ. އެ މަންޒަރު އެންމެ ކައިރިން ފެނުނު އެކަކަށް ވާނީ އައިންތުއެވެ. އައިންތު "ކަށިން ހިތްވަރު" ނެރުނު އެއް ސަބަބަކަށް ބައްޕަ ދެއްކި ނަމޫނާ ވާނެ ކަން ޔަގީނެވެ.

އައިންތު "ވަގުތަށް" އިންޓަވިއު ދެނީ. - ވަގުތު އިމޭޖަސް-- މުހައްމަދު އަފުޒަލް

އައިންތުގެ ބައްޕައެކޭ އެއްގޮތަށް މަންމައަކީ ވެސް ގެވެހި އަދި މުރާލި އަންބެކޭ އޭނާ ބުނަނީ ފަހުރުވެރިކަމާއެކުއެވެ. އައިންތުގެ މަންމަ ހެނދުނު ހެނދުނާ ހޭލައިގެން އޭނާގެ ބައްޕަ މަހަށް ގެންދަން ފޮނި ފޮޅި ފިހެ ތައްޔާރު ކުރަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އެ މަންޒަރު ވެސް ގާތުން ފެނުނު އެކަކީ އައިންތުއެވެ. މިއީ ހަގީގަތުގައި އައިންތު އަމިއްލަ ފައި މައްޗަށް ތެދުވާން ހިތްވަރު ލިބުނު އެއް ސަބަބެވެ.

ޒަމާން ކުރިއަރަމުން އަންނަ ހަލުވިކާމާއެކު ދިރިއުޅުމަށް ވެސް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ.

މިހާރު ގޭހުން ކައްކާ އުޅުނުކަމުގައި ވީ ނަމަވެސް އޭރު ދަރު ބޭނުންކޮށްގެން ކައްކައި، އެއްވަރެއްގެ ހަ ކުދިންގެ ބަނޑުފުރާ މުއްތިކޮށް ސުކޫލަށް ފޮނުވާ އަދި އެކުދިން ބެލުމަށްޓަކައި އެ މަންމަ އުފުލި ބުރަ އައިންތު އަބަދުވެސް ހަނދާނުގައި ހުންނަ ކަމުގައި އޭނާ ބުންޏެވެ.

ޓެކްސީ ޑްރައިވަރު އައިންތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައިންތުއަކީ މަޑުމައިތިރި އަހްލާގް ރަނގަޅު މީހުންނަށް އިހްތިރާމްކުރާ ހިތްވަރުގަދަ އަންހެނެކެވެ. ކަންކަމާއި ކުރިމަތިލާން ކެރޭ އެއްވެސް ކަމެއްގައި ފަސްޖެހުމެއްނެތި ކުރިއަށްދާ ހީވާގި މަންމަ އެކޭ ބުނުން ދޮގަކަށް ނުވާނެއެވެ.

އޭނާ ބޮޑުވެގެން އައީ މަންމަ އަކާއި ބައްޕައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. އެއްބަނޑަށް ތިބި ފަސް ބެއިންނާ އެކީ މަައިންބަފައިންގެ ފަރާތުން ޒަރޫރި ބޭނުންތައް ފުއްދައިގެން އުފަލުގައެވެ. އެބައްޕަ އާއި މަންމަގެ ފެންވަރުން ލިބޭ އެއްޗަކުން އަރާމުގައެވެ.

ނަަމަވެސް އައިންތުގެ ހަޔާތް ވިއްސި ވިހާލެވިގެންދިޔައީ އޭނާގެ އަލަތު ފިރިމީހާގެ ސަބަބުންކަމުގައި އޭނާ ބުންޏެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ހިތުލައިގެން ކުރި ކައިވެންޏަށް ދެ ދަރިން ލިބިފައިވެއެވެ.

އައިންތު އާއި އޭނާގެ ދެ ކުދިން.

އަލަތު ކައިވެނިން ލިބުނު މި ދެ ކުދިންނާ އެކު ވެސް އައިންތު ފަށަން ޖެހުނީ ހިތްދަތި އެކަނިވެރި ދިރިއުޅުމެކެވެ. ޅަ އުމުރުގައި އަނިޔާވެރި މީހަކާ ކައިވެންޏެއް ކުރެވި ޒުވާން އުމުރު ވަޅުގަނޑަކަށް ވެއްޓުނީއެވެ. ދެ ދަރިންނާއެކު އައިންތުއަށް ޖެހުނީ ބަނޑުފުރާ މުއްތިކުރެވޭނޭ ގޮތެއް އެކުދިންގެ ހައްގުގައި އަމިއްލައަށް ހޯދުމަށް މަސައްކަތް ކުރުމަށެވެ. އުފަން ރަށް ދޫކޮށް އޭނާ މާލެ އައީ ދަރިންނަށް ތައުލީމު ހޯދައިދެވޭނެ ފުރިހަމަ މަގު ހޯދުމުގެ ފުރިހަމަ އަޒުމުގައި ކަަމަށް އޭނާ ބުންޏެވެ.

މާލެ އައުމަށްފަހު ފުރަތަމަ އައިންތު އަދާކުރީ އައިޖީއެމްއެޗުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި ހީވާގި ކަމާއެކު އުޅެމުންދަނިކޮށް ކެފޭއެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނެވެ.

ޓެކްސީ ޑްރައިވަރ އައިންތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވެއިޓަރެއްގެ ގޮތުގައި އެއްވެސް ޖެހިލުމެއް ނެތި މަސައްކަތްކުރަމުން ދިއުން އެތަނުގެ އިސް ވެރިންބަލައިގަތީ ނުހަނު އުފަލާއެކީގައެވެ. އެގޮތުން ތަނުގެ ކޭޝިއަރެއްގެ މަގާމަށް އޭނާ ބަދަލު ކުރިއެވެ. ވަރުބަލިކަމާއި ފޫހި ކަމެއްނެތި 17 އަހަރު ކޭޝިއަރެއްގެ ވަޒިފާގައި ހޭދަ ކުރުމަށްފަހު އޭނާގެ ހަޔާތުގެ ހުންގާނު ބަދަލުކޮށްލީ އަބަދުވެސް އޭނާ އެންމެ ކުރާހިތްވާ އެއް ކަމަކަށެވެ.

ޓެކްސީ ދާއިރާ އަށް ނުކުމެ މި މަސައްކަތް ފަށައިގަތުމުން ރައްޔިތުން އައިންތު ބަލައިގަނެ މަރުހަބާ ކިޔާފައިވާ ކަމުގައި އޭނާ ބުންޏެވެ. މީހުންގެ ހިތްހެޔޮ ބަސްތަކުން އޭނާ އަށް އުފާ ވެރިކަމާ ހިތްހަމަ ޖެހުން އިންތިހާ އަށް ލިބެމުން ދިޔަ ކަމުގައި އޭނާ ކިޔައި ދިނެވެ. އޭނާ ބުނިގޮތުގައި މިއަދު މިހިސާބަށް އާދެވުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމުގައި މިފަދަ ތައުރީފުގެ ބަސްތައް ހިމެނިގެންދާ ކަމަށެވެ.

އައިންތު "ވަގުތާ" ވާހަކަ ދައްކަނީ.- ވަގުތު އިމޭޖަސް-- މުހައްމަދު އަފުޒަލް

''ޓެކްސީ އަށް އަރާފަ ހުރިހާ އެންމެން ވެސް ބުނާނެ ވަަރަށް ރަނގަޅު ކަމެކޭ ތި ކުރަނީ. އަބަދުވެސް މީހުން ބުނާނެ މި މަސައްކަތުގައި ކާމިޔާބީ އަށް އެދެމޭ. އެހެން ދަތުރަކުން ދިމާވާނެކަމަށް ހީކުރަމޭ. އެގޮތަށް މީހުން ބުނާތީ ވަަރަށް އުފާވޭ.'' އައިންތު ބުންޏެވެ.

އައިންތު ބުނީ މިހާ ހިސާބަށް އައުމުގައި އޭނާގެ ބައްޕަގެ ހިއްސާ ބޮޑު ކަމަށެވެ. ކައިވެނި ރޫޅުމާ ގުޅިގެން އޭނާގެ ކުދިންގެ މުސްތަގުބަލް އުޖާލާކޮށްދީ އެ ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަށް އޭނާގެ ބައްޕަގެ ފަރާތުން ފެނިގެންދިޔަ ހިތްވަރު ގަދަ ރީތި ނަމޫނާއަކީ ދުވަހަކު ވެސް ހަނދާނުން ފިލާނެ ކަމެއް ނޫނެވެ. އެ ރީތި ނަމޫނާ ބަލައިގަނެ، އައިންތު މަސައްކަތް ފެށީ އޭނާ އަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކޮށްގެންނެވެ.

ޓެކްސީ ކުރުމަށް ޝައުގުވެރިކަން އައި ގޮތާ މެދު ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނިީ ތަނެއްގެ ވަޒީފާއަކަށް ގޮސްގެން ލިބޭ 5،000ރ އިން އޭނާގެ ކުދިންގެ ކަންކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވުނު ކަމަށެވެ. އަދި ޓެކްސީ ދާއިރާއަކީ ފުދޭ ވަރެއްގެ ރަނގަޅު މުސާރައެއް ލިބޭނެ ތަނެއް ކަމާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަންހެނުން ކުރާ ކަމަކަށްވާތީ މި ދާއިރާގައި އުޅެވިދާނެ ކަމަށް ގަބޫލު ކުރެވުނީ ކަމަށް އޭނާ ބުންޏެވެ.

''އޭރު ކައިވެނި ރޫޅިގެން ދިއުމާއި އެކީ އެހާ ކޮލިޓީ ނޫނަސް ކާރެއް އޮތް ގަނެފައި. ދެން ހިތަށް އެރި އައިންތު އަކީ އެހާ ކިޔަވައިގެން ހުރި ކުއްޖެއް ނޫނޭ. ތަނެއްގެ ވަޒީފާ އަށް ދިޔަ ޔަސް ލިބޭ 5000ރ. ކުދިންގެ ކަންތައް ނުކުރެވޭނެއޭ. ޓެކްސީ ދާއިރާ އަކީ ފުދޭ ވަރެއްގެ އާމްދަނީއެއް ލިބޭ ކަމެއް ވީމަ މިދާއިރާގައި އައިންތުއަށް ވެސް އުޅެވެނެއޭ. މައްސަލަ އެއް ނޫނޭ. ދުނިޔެގެ އެހެން ގައުމުތަކުގައި ވެސް އަންހެނުން ކުރާ ކަމެއްވީމަ ދެން މިކަމާ ވިސްނީ''. އައިންތު ބުންޏެވެ.

ޓެކްސީކޮށްގެން އޭނާގެ ދަރިންގެ ހުރިހާ ކަމެއް އޭނާއަށް އެންމެ ފުރިހަމަ އަށް ކޮށްދެވޭ ކަމަށް އައިންތު ބުންޏެވެ. އައިންތު ބުނެފައިވަނީ އޭނާގެ ދިރިއުޅުމުގައި ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބުނު ކަމުގައި ވިޔަސް އޭނާގެ ދަރިންނާއި އޭނާގެ ކަންތައްތައް ކުރުމަށްޓަކައި އަމިއްލަ އަށް އާމްދަނީ ލިބޭ މަސައްކަތެއް ކުރެވުމަކީ މިހާރު އޭނާ އެންމެ އުފާކުރާ ކަންތައް ކަމަށެވެ.

ޓެކްސީ ޑްރައިވަރު އައިންތު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޓެކްސީ ކުރަމުން މިހާތަނަށް އާދެވުނު އިރު އެންމެ ހަނދާނުން ފިލައިގެން ނުދާނެ ދުވަހަކަށް އައިންތު ފާހަގަ ކޮށްފައިވަނީ އޭނާގެ މާމަ އުމުރުގެ މީހަކު ކާރަށް އެރުމަށްފަހު ޓެކްސީ ކުރުމަކީ އެ މާމަ ވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަން ބުނުމާ ގުޅިގެން ކަމަށެވެ.

އައިންތު މިއަދާ ހަމަޔަށް އައިރު މި ކަމުގައި ދެމިހުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދަނީ އޭނާގެ އާއިލާ އާއި ގާތް ރަހްމަތްތެރިން އަދި އައިންތުގެ ލޯބި ލޯބި ދެ ދަރިންގެ ފަރާތުން ކަމުގައި އޭނާ ފާހަގަކުރިއެވެ. އޭނާ ބުނެފައިވަނީ ވަކި މީހެއްގެ ނަން ހާމަކޮށް ޝުކުރު އަދާ ކޮށްފިނަމަ އެ ވާނީ މިކަމުގައި ކިތަންމެ ކުޑަ އެހީއެއް ވިޔަސް ކޮށްފައިވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމުގައެވެ. އޭނާ ބުނެފައިވަނީ މިދާއިރާގައި ކުރިޔަށް ދިއުމުގައި އެއްބާރުލުންދި އެހީތެރިކަން ލިބޭ ހުރިހާ ފަރާތް ތަކަށް ޝުކުރުވެރިވާ ކަމުގައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ޓެކްސީ ކުރަން ފެށި އައިންތު ބުނެފައިވަނީ މިދާއިރާ އަކީ ކުރިއަށް ދިއުމަށް ރަނގަޅު ދާއިރާއެއް ކަމުގައެވެ. ކެރިގެން ކުރިޔަށް ދިއުމުން ރަނގަޅު ވާނެ ކަމުގައެވެ.

އައިންތު ޓެކްސީ ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން އެތައް "އަނިޔާ" އެއް ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އައިންތުގެ ކުރީގެ ފިރިމީހާ އައިންތުގެ ކާރަށް އެތައް ފަހަރަކު ގެއްލުން ދީފައިވެއެވެ.ޓެކްސީ ޕާކު ކޮށްފައި އޮއްވައި ކާރުގެ ވިންޑް ސްކްރީން ތަޅާލަނީއެވެ. ނޫނީ ފަހަތު ބިއްލޫރިގަނޑު ތަޅާލަން އެއްޗަކުން ޖަހައި ފުނޑުފުނޑު ކޮށްލަނީއެވެ. މަރާމާތު ކުރަން ޖެހެނީ އައިންތުއަށެވެ. އެތައް ހަރަދެއްދެއެވެ. ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރަަށް، އިންޖީނު ވަގަށް ނެގުމާއި ފުރޮޅުގައި ކަޓަރު އެޅުން ކަހަލަ ކަންކަން ވެސް ކުރެއެވެ. އެކަމަކު، އެއީ އައިންތު ހިތްވަރު އެލުވާލާ ކަމެއް ނޫނެވެ. "ވެއްޓުނީމަ، އެއަށް ވުރެ ބާރަށް" ތެދުވެ، "ހަށި ފޮޅާލައި" އަނެއްކާ ވެސް މަސައްކަތަށް ނުކުމެއެވެ.

އެއީ މިއަދު ރައްޔިތުންގެ ހިދުމަތުގައި ހުރި ޑްރައިވަރު އައިންތުއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަދީފް

    ސާބަހޭ އައިންތު.ހުޅުމާލެއިން މާލެއަށް އައިންތުގެ ކާރުގަ ދަތުރެއްކުރިން.އައިންތުއަށް ސަޕޯޓްކުރުމުގެ ގޮތުން ބާކީ ފައިސާ ވެސް އައިންތު އަތުން ނުހޯދަން.ގުޑް ލަކް އައިންތު.ވ.ވެދުން

    56
    1
  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    މީހުން ހީކުރަނީ މީ ވ ރަނގަޅުމީހެއް ކަމަ؟ އަނގައެހާ ހަޑި މީހެއް

    11
    33
    • ނާ

      އަނގަ ހަޑިވާން ޖެހުނީމަ އަނގަ ހަޑިނޫން އެކަކުވެސް ނުހުރޭ...

      39
      7
      • ޝާ

        ތި ތެދެއް ނޫން. ތިހެން ބުނެލީމަ މި ޒަމާނުގަ ހީވަނީ ކޮންމެ ކަމެއްވެސް ހަމަޖެއްސޭނޭ. އަނގަ ހަޑީ ހަމަ ހަޑި މީހުންގެ. ހަޑި އެއްޗިހި ނުކިޔާ ރީތި ކޮށް ވާހަކަ ދައްކާ މީހުން ކިތަންމެ ރުޅި އަޔަސް ހަޑި ކޮށް ވާހަކަ ނުދައްކާ. އަޅުގަނޑުގެ އާއިލާގަ ހުތުރު ބަހުން ދުވަހަކުވެސް ވާހަކަ ދައްކަނިކޮށް އަޑެއް ނާހަން. އަލްހަމްދު ލިއްލާހި.

        19
        1
        • މުބީނު މާރނީ

          ނޯވަން އިސް ޕާރފެކްޓް. ޝާ އަކީ ކާކުކަން އިނގޭނީ ޝާ އާއި ވާހަކަ ދައްކާލާ ހެދީމާ. ޓެކްސީ ޑްރައިވަރ އައިންތު އަކީ ޕަބްލިކު ފިގަރ އެއް. އެގޮތުން އައިންތު އާއި އަހަރެން ވާހަކަ ދައްކާލައިފިން. އައިންތު އަކީ ނަމާދު ކުރާ، މަޑުމައިތިރި، އުޅުން ހުރި މީހެއް. ދެން ބައެއް ފަހަރަށް ހަޑި އެއްޗެހި ވެސް ކިޔާލުމަކީ މަޖަލޭ. އެކަމު އެކަމެއްވެސް މަށަކަށް ނުފެނު އައިންތު ގެ ކިބަޔަކުން. ޝާ ތިޔަ ޖެލަސް ވެގެން ދޮގު ހަދަނީ. އައިންތު އަކީ ވަރަށް ވަރަށް ވަރަށް ރަނގަޅު މީހެއް. ނޯވަން އިސް ޕާރފެކްޓް. އޮންލީ ގޯޑު އިސް ޕާރފެކްޓް.

          2
          2
      • ނާ އަށް

        މުޅި ދުނިޔޭގެ އެންމެންގެ ފަރާތުންތޯ ތި ވާހަކަ ދައްކަނީ؟ ހާދަ ތަޖުރިބާ އެކޭ

        4
        1
      • ޔަމްލިހާ

        ކިހާވަރަކަށް އާންތު އެގެނީ..އިންޓަރވިއު ދިންއިރު ކާރީގަ އިނީ އަޅުގަނޑު..އަޅުގަނޑު ވަރަށް ރަނގަޅަށް އާންތު ދަންނަން..ހިޔެއްނުވޭ މިމީހާއަށް އާންތު އެގޭވަރަށް ތިމީހާއަށް އާންތު އެނގޭނެހެން..

  3. އަބްދޫ

    ޢަންހެން ވިޔަސް ފިރިހެން ވިޔަސް ހަލާލު ކޮންމެ ކަމެއްވެސް ކުރެވި ދާނެ. ޢެކަމަކު މުސްލިމް އަންހެނާ އަށަ މުސްލިމް ފިރިހެނ ާ ހަލާލު ކަންކަން ކުރުމުގަ ހަލާލު ގޮތުގަ އާމް ދަނީ ހޯ ދުމުގަ އިސްލާމީ ގިއުގަނޑު ދަސް ކޮށް އޭގެ ދަށުން ކުރުން ހެޔޮވެގެންވޭ.

    19
    2