އަދަދުތައް ފޯރުކޮށްދޭ މެސެޖް ސާފެވެ؛ ރާއްޖެ މި އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުށް އެންމެ ނުރައްކާތެރި ހާލަތުގައެވެ. ބަލި ނެތް ސަރަަހައްދެއް މަދެވެ. އެންމެ އުތުރުން ފެށިގެން ދެކުނަށެވެ. ތޮއްޖެހިފައިވާ މާލެ ސަރަހައްދުގެ ހާލަތު އަމުދުން ބިރުވެރިއެވެ. ހަލުވި ދުވެއްޔެއްގައި މުޅި ރާއްޖޭގައި ބަލި ފެތުރެނީއެވެ. ކޮވިޑް-19 ގެ ހަތަރުވަނަ ރާޅެއް ބިންދައިލީ "ސުނާމީ" އެއް ގޮތަށެވެ.

ޑޮކްޓަރުން ގެންދެވީ މި މެސެޖްތައް ދެއްވަމުންނެވެ. ރައްކާތެރިިކަމުގެ އެހެން ފިޔަވަޅުތައް އެޅުން މުހިންމެވެ. ސީދާ ބައްދަލުވާ މީހުން މަދު ކުރުމެވެ. މާސްކް އެޅުމެވެ. ސެނެޓައިޒާ ބޭނުންކޮށް ޑިސްއިންފެކްޓް ކުރުމެވެ. ބަލި ފެތުރޭ ސަރަހައްދުތަކުން ނެތް ސަރަހައްދުތަކަށް، ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމެވެ. ފަރުދީ ޒިންމާ ނެގުމެވެ. ރާޅެއް ބިންދާލާއިރު އެންމެ މަތީ ފަޅިން ގޮވާ އެއް އަޑަކީ މި ފަަރުދީ ޒިންމާ ނުނަގާ ކަމުގެ ކަންބޮޑުވުންތަކެވެ.

އެކަމަކު ފުރަތަމަ ތިން ރާޅަށް ފަހު، ހަތަރުވަނަ ރާޅަށް މި އައީ އާންމުންގެ ތެރެއިން ބަޔަކު ބަލަން ޖެހޭ ވަރަށް ނުބަލައިގެން އެކަނި ހެއްޔެވެ؟ ވެކްސިން ނުޖަހާ ގިނަ ބަޔަކު ތިބުމުން ހެއްޔެވެ؟ ނޫނީ ވެކްސިން ޖެހުމަށް ފަހު ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ގިނަ ބަޔަކު ނުނަގާތީ ހެއްޔެވެ؟

އެއަށް ވުރެ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅި ނޫން ހެއްޔެވެ؟

ފުރަބަންދާއި ލުއިދިނުން: އެންގުންތަކަށް އަމަލުކުރި

މާލެއިން ފުރަތަމަ ފެނުނު ކޮވިޑް-19 ގެ ވޭދަނައާއެކު މުޅި ރާއްޖެ ފުރަބަންދު ކުރިއެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރިއެވެ. އަރާ ފޭބުން ހަރުކަށި ކުރިއެވެ. މާލެ އޮތީ ބޮޑު ފުރަބަންދެއްގައެވެ. ބޭރަށް ނުކުތުން އެއްކޮށް މަނާކޮށްފައެވެ. މަދު ބަޔަކު ނޫނީ މި އެންގުންތަކާ ޚިލާފެއް ނުވެއެވެ. ގޭތެރޭގައި ގިނަ ބަޔަކު މަޑުކޮށް ފަރުދީ ޒިންމާ ނެގިއެވެ. ރަށްރަށުގައި އަމިއްލައަށް ވެސް ގޭތެރޭ ގިނަ ބަޔަކު މަޑުކުރިއެވެ.

ފުރަބަންދުގެ ދެ މަހެއްހާ ދުވަސް ފަހުން ލުއިތަކެއް ދެމުން އެންގި އެންގުންތަކަށް ވެސް ގިނަ ބަޔަކު އަމަލުކުރިއެވެ. މަގުމަތީގައި އެންމެން ވެސް ތިބީ މާސްކް އަޅައިގެނެވެ. އަތުގައި އަބަދުހެން ސެނެޓައިޒާ އޮތެވެ. އަމިއްލަ ވިޔަފާރިތަކާއި ތަންތަނުގައި ވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއްހެން އޮތީ އަޅައިފައެވެ. ފަހުން ފަހުން ލުއިތައް ދެމުން ދިޔައިރު، އާންމުންނަށް މި ލުއިތައް ދޫކޮށްލާފައިވާ އެއްވެސް އިރެއްގައި މި ހާލަތަކަށް ނުދެއެވެ.

ޚާއްސަ ހުއްދަ: ބަލި ފެތުރުމުގެ ތަނބު

ދައުލަތުގެ މުހިންމު ހަފުލާތައް ކަމަށް ބުނެ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިސް ބޭފުޅުންނަށް ޚާއްސަ ހުއްދައެއް ދޭން ފެށިއެވެ. މި ޚާއްސަ ހުއްދައިގެ ދަށުން، ޓެސްޓް ކުރުމެއް ނެތި، ކަރަންޓީނު ވުމެއް ނެތި، ދަތުރު ކުރަމުން ދިޔައެވެ. މި ހުއްދަ ދެނީ ދައުލަތުގެ އިސް ދެ މީހެއް ނޫނީ ތިން މީހަކަށް ވެސް ނޫނެވެ. "ގްރޫޕް" ހަދައިގެން ޗުއްޓީ ދަތުރު ކުރާ ގޮތަށް ކުރުމާއި "ކެމްޕޭން ގްރޫޕް" ހަދައިގެން އެ ކަން ވެސް ކުރީއެވެ.

މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫއުތައް އިފްތިތާހް ކުރުމުގެ ނަމުގައި ބޭއްވި ހަފްލާތައް ހިމެނެއެވެ. ބަލިމަޑުކަމެއް ކުރިމަތީގައި އޮއްވައި، "އޮންލައިންކޮށް" މަޝްރޫއު އިފްތިތާހް ކުރަން އޮއްވައި ކޮންމެހެން ދަތުރު މަތީ ދާން ޖެހޭ ހެއްޔެވެ؟ މި ދަތުރުތަކުގައި މިނިސްޓްރީތަކުގެ ހުރިހާ އިސް ބޭފުޅުންނާއި، މަޝްރޫއު ހަވާލުވާ ކުންފުނީގެ އެތައް ބަޔަކާއި، އެ ދާއިރާއެއް ނޫނީ ސަރަހައްދުގެ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވެސް ގޮސް އުޅުނެވެ.

ދުވަސްތަކެއް ފަހުން މި ހާލަތަށް އައިސްފައި މި ވަނީ ސަރުކާރުގެ ތެރެއިން ދޫކުރަން ފެށި މިފަދަ "ސިޔާސީ ބޮޑު ލުއިތައް" ދޭން ފެށި ފަހުންނެވެ. ބަލީގެ އަލާމާތްތައް ނޫނީ ބަލި ޖެހިފައިވާ ކަން ޔަގީން ކުރެވޭ ކަމަށް ބެލެވޭ ދެ ހަފުތާއެއް ނޫނީ ތިން ހަފުތާއެއްގެ މުއްދަތު ދިޔަ ފަހުންނެވެ. އެއްވެސް "ހަމައެއް" ނެތް މި އުސޫލުތައް އެޅުމުން އޭގެ އެތައް އިހަލެއް އަތޮޅުތަކުން ފެންނަން ފެށުމުން ވެސް އަޅައި ނުލީއެވެ.

ޚާއްސަ ހުއްދައިގެ ދަށުން އައްޑޫ ސިޓީއާއި، ކ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރި މީހުން ފަހުން ކޮވިޑް-19 އަށް ފައްސިވެ އެ ސަރަހައްދުތަކުގައި ބަލި ފެތުރިގަތެވެ. މި ހާލަތަށް ދިއުމުން ވެސް އެ ކަން ހަރުކަށި ނުކުރެއެވެ. ހަރުކަށި ފިޔަވަޅެއް އަޅާ ނަމަ އެޅީ އާންމު ރައްޔިތު މީހާގެ މައްޗަށެވެ. ސަރުކާރުގެ ދަތުރުތައް ހަރުކަށި ކުރުމުގެ ވިސްނުމަކަށް ނުދެއެވެ. މެދުކަނޑާނުލި ތަނުގައި މަދު މީހަކަށް މިފަދަ ހުއްދައެއް އޮންނަ ގޮތަށް ވެސް ބަދަލެއް ނުކުރެއެވެ.

ހާލަތު ރަނގަޅެއް ނުވޭ، އިންތިޚާބަށް ލުއިތައް

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދަނިކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެއްޖެއެވެ. އޭރު ހާލަތު ވަކި ރަނގަޅެއް ނޫނެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ލުއިތަކެއް ދިނެވެ. މި ލުއިތަކުގެ ތެރެއިން ސިޔާސީ އިސް ބޭފުޅުން ކެމްޕޭނަށް ދަތުރުތައް ވެސް ދިޔައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ބައެއް ވަޒީރުން ވެސް ކެމްޕޭން ނިންމާލަން އއ. ރަސްދޫއަށް ވަޑައިގަތެވެ.

އޭގެ ކުރިން އަދަދުތައް އޮތީ މި ގޮތެވެ. އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު 300 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެހާ ގިނަ އަދަދެއްގެ މީހުން ފައްސިވެގެން ދިޔައިރު ފިޔަވަޅެއް ނެތެވެ. އޭގެ ފަހުން އިންތިޚާބާ ޖެހެން ދެން ކޮންމެ ދުވަހަކު 100 އާއި 150 އާ ދެމެދުގެ މީހުން ފައްސިވެފައިވެއެވެ. އެކަމަކު އެޅި ފިޔަވަޅެއް ނެތެވެ.

އޭގެ ބަދަލުގައި އިންތިޚާބު އޮތް ދުވަހު ކަރަންޓީނު ނުވެ ކޮންމެ ރަށަކަށް ވެސް ދަތުރު ކުރެވޭ ގޮތަށް ލުއެއް ދިނެވެ. އެއީ 48 ގަޑިއިރު ނުވަނީސް އަނބުރާ ކުރިން ހުރި ރަށަށް އަންނަ ގޮތަށް ދިން ލުއެކެވެ. އިންތިޚާބުގައި ވޯޓް ލުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ހައްގު ދައުލަތުން ކަށަވަރު ކޮށްދޭން ވެސް ޖެހެއެވެ. އެކަމަކު ބަލިމަޑުކަމުގެ ހާލަތުގައި އަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ކަން ހަމަޖައްސައިނުދީ "ފަރުވާކުޑަ ގޮތަކަށް" އެންމެން ވެސް ދޫކޮށްލީއެވެ.

އޭގެ ދެ ހަފުތާއާއި ތިން ހަފުތާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ވޭދަަނަތައް އަނެއްކާ ވެސް އިތުރުވިއެވެ. ބައެއް ރަށްރަށުން ފުރަތަމަ ފަހަރަށް ވޭދަނަ ފެނުނުއިރު އޭގެ ތެރޭގައި ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ފައްސިވުމާއި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ފައްސިވުން ވެސް ހިމެނެއެވެ. ސީދާ ބައްދަލުވި މީހުން ހޯދުމަށް ކުރި "ކޮންޓެކްޓް ޓްރޭސިން" ގެ މަސައްކަތުން އެއީ އިންތިޚާބުގެ އިހަލެއް ކަން ވެސް ބައެއް ރަށްރަށުން ފާހަގަވިއެވެ.

އާ ވޭރިއަންޓްތައް ހޯދުން މުހިންމެއް ނުވި

ދައުލަތުގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި "ދޯހަޅިކަން" ފެންނަ ދިމާއަކީ މިއީއެވެ. އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެ ތިބި ކަމަށް ބުނިއިރު އެ ހާލަތަކަށް ތައްޔާރުވެފައެއް ނުވެއެވެ. ބޭނުންވާ ވަރަށް ވެކްސިން ނުގެނެވެ. އެންމެ ބޭނުންވާ ވެންޓިލޭޓަރުތައް ވެސް ނާދެއެވެ. އޭގެ ތެރެއިން ހިންގި މުއާމަލާތްތަކުގައި އޮތީ "ޚިޔާނާތް" އެވެ.

"ވޯސްޓް ކޭސް ސިނާރިއޯ" ނުވަތަ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެ ތިބި ކަމަށް ބުނިއިރު ދުނިޔެއަށް އޮތީ އަނެއްކާ ވެސް މި ބަލިމަޑުކަމުގެ ނުރައްކަލުގެ އާ ފަންތިއެއް ކުރިމަތިވެފައެވެ. އާ ވޭރިއަންޓްތައް ފެންނަން ފެށީއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު މީގެ ނުރައްކާތެރި ވޭރިއަންޓްތަކެއް އުޅޭ ކަން ފާހަގަވިއެވެ. މާޗު މަހު ތެރޭގައި ރާއްޖޭގައި ވެސް އެއިން ވޭރިއަންޓެއް އުޅޭ ކަމަށް ބެލެވުނެވެ. ޑޮކްޓަރުން މި ކަން ފާހަގަކުރިއެވެ.

އެންމެ ފުރަތަމަ މިއީ މުހިންމު ކަމަކަށް ނުވިއެވެ. އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ކޮންފަރެންސްތަކުގައި އޭގެ ސުވާލުތައް އަމާޒު ކުރުމުން ދިން ޖަވާބަކީ މިއީއެވެ؛ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ އާ ވޭރިއަންޓް އުޅުނަސް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ. ބެލުމުގެ މުހިންމު ކަމެއް ވެސް ނެތެވެ. ކުރުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުގެ ވިސްނުމަކީ ވެސް އެ ބެލުމަށް އިސްކަން ނުދިނުމެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ ކޮވިޝީލްޑް، ސިނޮފާމް އަދި ފައިޒާ ވެކްސިނެވެ. މިއިން ވެކްސިންއަކަށް ވެސް ނުގުޑާ ވޭރިއަންޓްތައް ވެސް އާ ވޭރިއަންޓްތަކުގައި ހިމެނެއެވެ. ވެކްސިންއަކީ ޖާދުލެއް ވެސް ނޫން ދޯ؟

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް-19 ގެ އާ ވޭރިއަންޓްތަކާއި މިއުޓޭޝަން ވެސް އަންނާނެތީ އެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އެއީ ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ވެކްސިން ޖަހާފައި ތިއްބަސް ވެކްސިނަށް ނުގުޑާ ފަދަ ވައްތަރެއް އަށަގަތުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ މާލޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެންވީ. ވެކްސިން ޖެހީއޭ ކިއާފައި މާސްކް އެޅުން ކުރިއަށް ގެންދަން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ފެތުރޭ ވޭރިއަންޓެއް ރާއްޖޭގައި އުޅޭނެ ކަމަށް ބެލެވުނުތާ ދެ މަސް ފާއިތުވީއެވެ. އަދި އެ ކަމަށް މަސައްކަތެއް ނުކުރެވެއެވެ. އާ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ޓެސްޓްތަކެއް ނުކުރެވެއެެވެ. މިކަމަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރަން ފޮނުވިއެވެ. އޭގެ ފަހުން މިހާރު އިންޑިއާގެ ވޭރިއަންޓް އުޅޭ ކަމަށް ބެލެވުނުއިރު އަދި ނަތީޖާ ނުލިބެއެވެ. ހަފުތާއެއް ތެރޭ ލިބޭނެ ކަމަށް ބުނިއިރު ހަފުތާއެއް މިއޮށް ނިމެނީއެވެ.

އިންޑިއާގެ ފަތުރުވެރިން އައުން މަނާކުރުން ލަސްކުރުން

މި ސަރުކާރުގައި އެންމެ ގާތް ގުޅުމެއް އޮތީ އިންޑިއާއާއެކުގައެވެ. ރާއްޖޭގެ އިގްތިސާދު ދަށްވެ، ފަތުރުވެރިކަން އަލުން ފަށަން ޖެހިފައިވާ ދަނޑިވަޅުގައި އިންޑިއާއިން ރާއްޖެއަށް "އެއާ ޓްރެވަލް ބަބްލް" އެއް ފެށިއެވެ. އެ ވިއުގަ މެދުވެރިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުުރުވެރިން ދިޔައީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އޭގެ ސަބަބުން ދިވެހި އިގްތިސާދުގެ ތެރެއަށް ފައިސާ ވަންނަން ފަށައި ފައިދާ ވެސް ކުރިއެވެ.

އެކަމަކު، އިންޑިއާގައި ކޮވިޑް-19 އާ ވޭރިއަންޓްތައް ފެތުރުން ބާރުވެ ހާލަތު މުޅިން ގޯހަށް ދާން ފެށުމުން ވެސް އަވަސް ފިޔަވަޅެއް ނޭޅުނެވެ. އިންޑިއާގައި ބަލި ފެތުރެމުން ދިޔަ ބާރު މިނުމުގެ ސަބަބުން އެންމެނަށް އޮކްސިޖަން ފޯރުކޮށްނުދެވި އެތައް ބަޔަކު މަރުވަމުން ދިޔައިރު، ބައެއް ރަށްރަށުން ވަނީ އިންޑިއާއިން އައި ފަތުރުވެރިއެއްގެ ފަރާތުން ބަލި ފެތުރެން ފަށައިފައެވެ. އެކަމަކު ފިޔަވަޅު އަވަސްނުކޮށް ލަސްކުރަމުން ދިއުމަށް ފަހު، ފިޔަވަޅު އެޅީ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ގޯހުން ގޯހަށް ހާލަތު ދިޔަ ފަހުންނެވެ.

ނުރައްކާތެރިކަން ބޮޑުވުމުން ޒިންމާތައް އާންމު ރައްޔިތުންގެ ބޮލަށް

ބައެއް ހަރުދަނާ ކަމެއް ނެތް ފިޔަވަޅުތަކާއި، ސިޔާސީ ބޭފުޅުންގެ ދޫދިނުމެއް ނެތް "ދޯހަޅި" ކަންކަމުގެ ސަބަބުން މި ހާލަތަށް އައިސް ތިބި އިރު އަނެއްކާ ވެސް މި އޮތީ ފަރުދީ ޒިންމާ ހަނދާން ކޮށްދިނުމުގެ "މޫސުން" އައިސްފައެވެ. އެކަމަކު ސަރުކާރުގެ ފިޔަވަޅުތައް ފަރުވާތެރިކަމާއެކު އެޅި ނަމަ މި ހާލަތު ކޮންޓްރޯލް ކުރެވުނީހެވެ.

ދައުލަތުން ކުރަން ޖެހޭ ކަންކަން ނުވެއެވެ. ޚާއްސަ ހުއްދަ ދީގެން ދަތުރު ކުރި ބަޔެއްގެ ތެރެއިން ބަލި ފެތުރެން ފެށުމުން ދެން ވެސް ހަރުކަށި ފިޔަވަޅެއް އެއަށް ނޭޅިއެވެ. ބުރަ ބޮޑު ވިޔަސް، އިންތިޚާބުގައި ޚާއްސަ އިންތިޒާމެއް ތެރެއިން ވޯޓްގެ ކަންކަން ހަމައެއް ނުޖެއްސުނެވެ. ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ބައްޓަން ކުރަން މާހިރުންގެ ލަފާ އެއްލައިލީއެވެ. ވޭރިއަންޓްތައް އުޅޭތޯ ނުބެލިއެވެ. ވެންޓިލޭޓަރުތައް ނުގެވުނެވެ.

ހަރުދަނާ ގޮތެއްގައި ވެކްސިން ދިނުމުގެ ކަންކަން ވެސް ނުކުރެވުނެވެ. އިންޑިއާއިން 200،000 ޑޯޒް އަދި ޗައިނާއިން 200،000 ޑޯޒް ހަދިޔާ ކުރިއިރު، އިންޑިއާއިން ދިން ޑޯޒުތައް ފުރަތަމަ ޑޯޒުގެ ގޮތުގައި 200،000 އަށް ވުރެ ގިނަ މީހުނަށް ދިނީއެވެ. މީގެ ބަދަލުގައި 100،000 މީހުނަށް ޑޯޒް ދިނުމަށް ފަހު ޗައިނާގެ ޑޯޒުތައް ދޭން ފެށި ނަމަ، އެ ބަޔަކު ފުރަތަމަ ނެގި ވެކްސިންގެ ޑޯޒު، ދެވަނަ ޑޯޒަށް ވެސް ލިބުނީއެވެ.

ކޮވިޑް-ޝީލްޑްގެ ވެކްސިން ދިނުން މިހާރު ހުއްޓާލާފައިވާއިރު އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދިން ބައެއް ފަރާތްތަކަށް ދެވަނަ ޑޯޒް ދެން ނުޖެހިދާނެއެވެ. "ހިތަށް އަރާހާ" ވަގުތަކަށް އިންޑިއާއާއި ޗައިނާއިން ވެސް އެހީ ނުލިބޭނެކަން ދައުލަތަކަށް ވިސްނެން ޖެހެއެވެ.

ދެން ފަރުދީ ޒިންމާ ނުނެގީއޭ ބުނެ އާންމު ރައްޔިތުންގެ "ބޮލަށް" މި ހާލަތަށް ދިއުމުގެ ޒިންމާ ދޫކޮށްލަނީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. އިރުޝާދު

    ވަގުތުން ވަގުތަށް މައުމޫނާ ހައްޔަރުކުރުމަށް ކަމާބެހޭ އިދާރާ ތަކަށް ގޮވާލަން. އަދި ގެއްލުން ލިބުނު އަފުރާދުންނައި ޤައުމަށް ލިބުނު ގެއްލުން ތަކަށް ބަދަލުވެސް ބޮލުގައި އަޅުވައި އަތުލަންވެސް ޖެހެއެވެ. ރައްޔިތުންގެ ބޮލަށް ކަނޑާލައިގެން ނުހުރެވޭނެ.

    164
    21
    • ސަވައިވާ

      މައިމޫނާގެ މައްސަލަ އެއްްނޫން މައިމޫނާގެ އިތުބާރުނެތް ކަމަށް ހަދާފަ ބޭރު ކޮށްފާނެ ކަމުގެ ކޮޅު މަތިވަނީފެނިފަ މަޖްލިސްއަށްހާޒިރު ކޮށް ބިރުދެއްްކީ އިންްްްތިޚާބަށް ކެމްޕޭނު ކުރަން ފުރުސަތު ނުދީ ގެންްް.

      170
      7
    • ނޫން

      މައިމޫނާ ދިމާއަށް ފާޑު ނުކިޔާ...މައިމޫނާ ބިރުގަނޭ ސަރުކާރު ދެކެ...އަސްލު ހަގީގަތުގައި މައިމޫނާ ކުރާނެކަމެއް ނޯންނާނެ މިކަމުގާ އެ ކަމަނާ ވަނީ ފިތިފައި..ބުއްޅަބޭގެ ނުރައްކަލާ ކުރިމަތިވެފައި

      210
      9
    • ޯސޯބިރު

      މީ އަންނި ރޯނު އެދުރު ވެގެން އެޗް.ޕީ.އޭ އަށް ޕްރެޝަރު ކޮއްގެން ކަންކަން ނިންމުމުގެ ނަތީޖާ. އަންނި ވޯޓުން ބަލިކުރަންވީ. ރައްޔިތުން ޤާފިލުކަމުގެ ނިދިން ހޭލާ

      202
      3
    • ހަހާ

      މައިމޫނާއެއް ނޫން އެކަނި ކުއއވެރިވަނީ. މުޅި މޑޕ ނަށީދު ފެކްޝަން ސަރުކާރު.

      ސަރުކާރާ މަޖިލީހާ ކޯޓުތަކުން ނަސީދުގެ އައއުވާނުން ނެރެ ސެނިޓައިޒާ ލާ ސާފުކޯށްލީމަ ރަނގަޅުވާނީ.

      150
      2
    • ބަލަބަކަ

      ރިޕޯޓަރ މަގުމައްޗައް ނުކުމެ ބުރެއް ޖަހާލަބަލަ ކިތައް މީހުން ތޯ ދަތް ދޮޅީގަ މާސްކު އަޅއިގެން ތިބީ.....ގިނަ ވާނީ އެބަގަ.

      75
      30
  2. ދާދު

    ވަރަށް ރަނގަޅު ލިޔުމެއް. ހަމަ ހައްގު ތެދު.

    179
    7
  3. Anonymous

    ދިވެހިރަާއްޖެ ދުއް އެއްމެފެންވަރުދައް ރައިީސްއިބްރަާހިމް ގްރެޭޑް 8

    153
    6
    • އޮޅުވާނުލާ

      އެއްޗެކޭ ކިޔައިގެން އަންނި ވެރިކަމަށް އެރުވޭތޯ ތި އުޅެނީ. ޔާމީން ސަރުކާރުގަ ލަނޑަކަށް ދިނީ އަދީބު. ސޯލިހު ސަރުކާރުގަ ލަނޑަކަށް ދިނީ ކޮވިޑު. އަންނި ވެރިކަމަށް އަރަން ތައްޔާރުވަނީކަން އެންމެނަށް އެނގެ. އަގަކީ ދިވެހިންގެ މިނިވަންކަމާ މުދަލާ ފުރާނަ.

      59
      2
    • ސީސީ

      ދޮގުނުހަދާ. އޭނަޔަށް ސަޕޯޓުކުރާ މީހެއްނޫން މަށަކީ. އެކަމަކު އޭނަ ގުރޭޑް 10ބީގަ 1985 ވަނަ އަހަރު ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލުގައި ހުއްޓާ އަހަރެން ދުށިން.

      24
      9
      • ޑޯޒް

        10 ބީ ގަ އުޅުނީ 8 ގެ ފެންފަރު ވެސް ނެއި ދޯ ބްރޯ؟؟

        3
        1
  4. މާމިގިލީ މީހާ

    އަދި ނަޒުލާގެ ޕޮޓޯވެސް ޖަހާންޖެހޭ. ނަޒުލާވެސް ހިމެނޭ ތިޔެތެރޭ.

    94
    11
  5. ފޭރު

    ރައީސް ތިހެން ނުހައްދަވާ އަޅުގަނޑު ވޯޓު ދިނީ ރައީސްއަށް އެކަމު ދެ އަހަރު ަނީ މައެމޫނާ ގައުމު ހިންގާތާ... އަނެއްކާ ހުރިހާކަމެއް އަލުންފަށަން ގޭގަ ނޯވެވޭނެދެން ހެޔޮ ކޮންމެ ގޮތރއްވިޔަސް

    65
    7
  6. އައްޑޫ ޝަކުވާ ބޯޓު

    އުސާމް، މީއީ ހަަމަ މޭން އެއް!
    ހެޑްލައިންވެސް ހަމަ އެއްވަނަ~ (': މެއިން ފޮޓޯވެސް... ޙައްހައްހައް
    ނޫނޭ އަސްލުހަމަ ތެދު ހަގީގަތް.

    ޢެންމެން ބަލަންތިބޭތި، އެކިޔާ "ޑިމޮކްރެސީގެ އައްޕަމެން" މިފަހަރު ނޫސްވެރިންނަށް ކޮށްލާވަރު. އިންތިހާބު ކާއިރިވާވަރަކަށް ދެން ހަމަ ހަޖަމެއްނުވާނެ، ރޭރުވޭވެ ހަމަ ކެކިއަރާނީ.

    (*)ކިތަންމެ ޖެއްސުމެއްކޮށް ބިރުދެއްކިޔަސް، ތެދު ހަގީގަތް ހާމަކުރުމުގައި ފަސްނުޖޭހޭތި.
    (*)ކަލޯމެން އަދި ކަނބުލޮމެން ގެ ތިޔަ ގަލަމަކީ ކަނޑި، ހަންޖަރަށް ވުރެން ވެސް މާ ތޫނު އަދި މާ ބާރުގަދަ އެއްޗެެއްކަން ދަންނާތި. ޝުކުރިއްޔާ

    98
    1
  7. ވަގުތުންވަގުތައް

    ވަކި އަތަކަށް ބުރަނުވެ ލިޔުއްވާފައި ފުރިހަމަ ލިޔުމެވެ. މިލިޔުމުން އެގިގެން ދިޔައީ އިބިރާހިމް ސީލިހުގެ ކިބަޔަކު ގައުމެއް ކީއްކުރައްތޯ އާއިލާއެއް ބެލެހެއްޓޭނެ ވަރުގެ ލަޔާގަތާއި ގާބިލިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަމެވެ. ރައްޔިތުން ހައްދަން ވަޒީރުން ބަދަލު ކުރައްވަން ހައްދަވާ ކަމެއްނެތެވެ. ޖާބިރު ބުނުއްވާހެން ވަގުތުންވަޡައް އިސްތިއުފާ ދޭންވީއެވެ. ނުވަތަ ދައުލަތުގެ އެމްޑީއެފް އިން އެމީހުންގެ ޒިއްމާގައި ހިމެނޭގޮތުން ވަގުތުން ވަގުތައް އިބިރީހީމް ހިފާ ހައްޔަރުކޮށް އުމުރުދުވަހަށް ބުރަމަސައްކަތާއެކު ޖަލައް ލާންވީއެވެ. އެއަށްފަހު މިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީނާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަންވީއެވެ. ގައުމުގެ ކަންކަން ހަމަމަގަށް އެޅެންދެން ސިޔާސީ ނުފޫޒެއް ރައީސަށް ނުހިގާގޮތަށް މަޖްލިސް ސަސްޕެންޓް ކުރާނީއެވެ. އޭރު ޕާޓީކުދިންނަށް އޮންނާނީ ރާކަނިމަސް ކެފިއައެވެ. ދިވެހި އިގްތިސާދު ފުޑިގެންދާއިރުވެސް ޑެމޯކްރަސީއޭ ކިއުއްވަން ހަދާނެކަމެ އްނެތެވެ. ރައްޔިތުން ނެތްތަނެއްގައި ޑެމޯކްރެސީއެއް މުުހިއްމެއްނޫނެވެ.

    84
    3
  8. އަހްމަދު

    ދެންއޮތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބް! މިހިންތޮހާބަކީ ކައުންސިލް އިންތިހާބަށްވުރެ މުހިންމު އިންތިހާބެއް އެހެންވީމާ މާލޭ ލޮކްކޮށްގެން ވާނެކަމެއްނުން!!!

    59
  9. ޙީލަތު

    ނޫނޭ ބުނަން މީވާ ޙީލަތްތެރި ސަރުކާރެއް. ޙީލަތްތެރި އެމްޑީޕީ އެއް.

    88
    5
  10. ކޮވިޑް

    ކަލޭމެން ބޭނުންވާ ގޮތަށް ލުއި ދިނީމަ ކޮންމެފަހަރަކުވެސް މިހެން މިވަނީ.

    58
    14
  11. ޢަހަންމާ

    މައިމޫނާ ފްރަންޓް އަށް ނެރެފަ ސޯލިހު އާއި ނަޝީދު ފިލާތިބެ މައިމޫނާ ލައްވާ ތި ކުރާ ކަންތައް ބެލޭ ދުވަސް ވަރަށް ގާތް ވެއްޖެ . މައިމޫނާއަށް މިހާރުވެސް 175އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ލަފާކުރެވޭ. ދެން ހުރި ސޯލިހު ނެތް ސަލާމަތެއް. 100 އިން މަތީގަ ހުކުން އޮތީ

    74
    5
  12. ކާފަަ

    އަހަރެމެން ދަތްކުނޑި ވިކައިގެން ތިބުން ނޫން ގޮތެއްނެތް. މައިމޫނާ ވެސް ވަޒީފާ ބޭނުންވާނެދޯ.. ބުއްޅަބޭ ވެސް ގިނަ ކައުންސިލް ގޮނޑި ބޭނުންވާނެ ދޯ...

    64
    6
  13. މާއިނު

    މިއީ ވަރަށްފުރިހަމަ ދިރާސާއެއް، އަދި ނޫސްވެރިކަމުގެ ޒިންމާ ބިރެއްނެތި ވަގުތުން މިވަނީ ޒިންމާ އުފުލާފައެވެ. ރައްޔިތުން ބަނޑަށްޖެހި ދަރާއިފި. ވޯސް ސިނާރިއޯ ގައި ބޭނުންކުރަން ގެންނަންބުނި ފޮލޯޓިން ރަންހޮސްޕިޓަލް އާއި ވެންޓިލޭޓަރ ކޮބާ ހެއްޔެވެ. ދައުލަތުން 34 ހާސް މިލިއަން ނުވސތަ 3.4 ބިލިއަން ރުފިޔާ ވީ ކީން ހެއްޔެވެ.

    72
    4
  14. ޒައިން

    ސިދާ އަންނިގެ ސަބަބުން މިބަލި ފެތުރުނީ.އޭނަ އުޅުނީ ރައްޔިތުން ކޮވިޑް ޖައްސާފަވެސް އިންތިހާބު ބޭއްވޭތޯ.އެކަންވެއްޖެ.އިދިކޮޅު މީހުން ކަސްތަޅު އަޅުވާފަ ސަރުކާރުގެ އިސްވެރިން ޚާއްސަ ހުއްދައިގެ ދަށުން ކެމްޕެއިނަށް ރަށް ރަށަށް ފޮނުވީ.ފެނަކަ ސައިދު ހީވީ އެނބުރޭ ވަހުތާނަޔެއްހެން.ދެއިރު ދެދަޅަޔަށް ހުވަދު އަތޮޅަށް އާދޭ.މިހާރު ދެން ކީކޭ ކިޔަނީ..

    74
    4
  15. ލޮލް123

    ސީދާ ބޯގަޅި ނަޝީދު މި ކަމުގެ ޒިންމާ ނަގަންޖެހޭ. އިލެކްޝަނުން ކައުންސިލް އިންތިޚާބު ލަސްކުރަން މަސައްކަތްކުރި. ނަޝީދު އިލެކްޝަނަށް ބިރު ދައްކައިގެން އިންތިޚާބު ބޭއްވީ ހޯމް ވޯކޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން.

    46
    1
  16. ބަރުގޮނު

    ކޯވިޑް 19 ގެ ނަމަކަށް ފުރަތަމަ ކިޔާ އުޅުނީ " ކްރޯނާ ވައިރަސް " . އެދުވަސްވަރަކީ 2020 ގެ ކުރީކޮޅު ކައުންސިލް އިންތިޚާބު ބާއްވަން ނިންމި ދުވަސްވަރު. އޭރު މަޖްލިސްގެ ތަޅުމުގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ ޢިއްޒަތްތެރި މެމްބަރަކު ވަރަށް ފޯރީގައި ވަރަށް ގަދަޔަށް ވިދާޅުވީ " އަހަރެމެން އިންތިޚާބު ކާމިޔާބު ކުރާނީ އިދިކޮޅަށް ކްރޯނާ ވައިރަސް ޖައްސާފައި ". ދިވެހި ރަޢިއްޔަތުންނާ މެދު އެމް.ޑީ.ޕީ ދެކޭގޮތް މިހިރީ. އިދިކޮޅުގައިވެސް ތިބެނީ ދިވެހި ރަޢިއްޔަތުން. އިއްތިފާޤަކުން ކޮވިޑް މައްޗަށް ދިއުމުގައި އިންތިޚާބަށް ޓަކައި ރައްކާތެރި އުޞޫލުތަކަށް ފަރުވާކުޑަކޮށް ޚާއްޞަ ހުއްދައެއް ތަޢާރަފް ކުރީ ސަރުކާރުން. ކަންތައް ރަތްމީޓަރަށް އެރީމާ މިގޯސްވީ ، މާސްކް ނާޅާ އާދައިގެ މީހާ. ސެނެޓައިޒަރ ބޭނުންކުރުން އާދަނުވި ސޮރު. ގައިދުރުކަމަށް އިސްކަން ނުދޭ ކޮއި.

    38
    1
  17. ކެތި

    ފޭހުނު އިލޮށިގަނޑު ލޮލަށްހެރިގެންތިބޭ!!
    ސަރުކާރުންގަސްދުގަ މުޅިރާ އްޖެ އަށް ބަލިފަތުރާލީ ހަމަގަސްދުގަފަތުރާލީ !!
    އަލިފު ހާ

    49
    3
  18. ހުސްދޮގު

    ހުސްދޮގު ލިޔުމެއް. ންތިހާބް ފެށުމުގެ މާކުރީން ރަށްރަށުގައި ފެތުރޭން ފަށާފި. ފެލިވަރުން ނައިފަރުން ފސްދޮޅަސް ސަތޭކަ. ވޯޓްލާން ރަށްރަށަށް ދިޔައީ ހަރުކަށި ފިޔަވަޅުތަކާއެކު. ފަރުވާ ކުޑަކޮށްނޫން. ވެކްސިނާ ދެކޮޅަށް މުޒަހަރާކުރީ އަދުރޭ. މާލެ މަގުމަތީ މުޒާހަރާކުރީ އިދިކޮޅު

    5
    53
    • ނުރަބޯ

      ފެލިވަރާ ނައިފަރުގަވެސް ބަލިފެތުރުނީ ތިބުނާ ހާއްސަ ހުއްދައެއްގެ ދަށުން މިފްކޯގެ ސީއީއޯ ބަޔަކުން ގޮވައިގެން އައިސް ފެލިވަރުގަ ނާޗަރަންގީއެއް ކުޅުން ފަހުން. ނައިފަރުގަ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ %95އަކީ ފެލިވަރު މީހުންގެ ފެމެލީތައް.

      16
  19. އާދަމުގެދަރި

    ފޮޓޯގެ ކަނާތްފަރާތުގައި އެހުރީ ބަލިފެތުރި ދޮގުވެރި ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެ. އެކަލޭގެ ދުއްޕާނާ ހެދި ގައުމު މިއުޅެނީ ހަމަޔަކަށް ނޭޅިގެން. އެކަލޭގެ ނުހޮރުއްޕާންކުރާވަރުން ރައީސަށްވެސް ގައުމު ހިންގަން ދަތިވާ ހިސާބުގައި މިހާރު ކަންތައް މިއޮތީ.

    39
    1
  20. ސޔ

    އެޗްޕީ އޭ ގެ މު އަ އްޒަފުން މިނަގަމުން މިދާ ފަ އިސާ ތަ އް. ޢޭސީސީން ބަލަން ނުފަށާހާ ހިނދަކު މިކަމެ އް ނުނިންމާނެ.. އެންމެ ދަށް މު އްޒިފުންވެސް ގެ އަށް މަހަކު 65000ރ ގެ އަށް ގެންދޭ..ހެކި އެބަ އި

    28
    1
  21. ަސިޕިން

    އެޗްޕީ އޭ ގެ މު އަ އްޒަފުން މިނަގަމުން މިދާ ފަ އިސާ ތަ އް. ޢޭސީސީން ބަލަން ނުފަށާހާ ހިނދަކު މިކަމެ އް ނުނިންމާނެ.. އެންމެ ދަށް މު އްޒިފުންވެސް ގެ އަށް މަހަކު 65000ރ ގެ އަށް ގެންދޭ..ހެކި އެބަ އި

    22
  22. ސަޓޯ

    ރަގަޅު ތެދު އާރޓިކަލެއް

    32
    1
    • ކޮވެލި

      މމ މިއާޓިކަލްލިއުއްވިބޭފުޅާއަށް ދިވެހިސަރުކާރުންދޭ ހިތްވަރުދިނު މުގެ އިނާ މުދެއްވު މަށްގޮވާލަން!!

      7
      2
  23. ވާނުވާ

    ތިކަމުގަ ހަމަ އެކަނި ސަރުކާރު ކު އްވެރި ނުކުރޭ އިދިކޮޅުން ކުޅުނު ޑުރާމާވެސް ވަކި ކުޑަ އެއ އް ނޫން

    9
    43
  24. ޑޭ

    ކީ އްވެތަ ޖަލަ އްލަނީ ޖަލުހުކުމުގެ ބަދަލުގަ އި މަރަން ހުކުމްކޮށް މަރާލަ. ޢޭރުން ދެން އަންނަ ވެރިކަމެ އްގަ ސަލާމަތެ އް ނުކުރެވޭނެ. ނަޝީދު މެން ޖަލަޢްލީމަ އަނެ އްކާ ދީނަށް ފުރަ އްސާރަ މި ކުރަނި

    25
  25. ސުންކޫ

    މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ދައުލަތުގެ ވެރިންގެ މައްޗަށް ދައުވާ ކުރަންޖެހޭ، ދިވެހިރާއްޖޭގެ ރަށްތަކަށް މިބަލި ފެތުރީ މި މީހުން އިސްވެ ތިބެގެން، މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމު މުން ރައްޔިތުންގެ މަޖިލީހުން އެކަމަށް އިޖާބަ ދިފައިނުވޭ މިއީ ޤައުމަށް ދިމާވި ވަރަށް ބޮޑު މުސީބާޔެއް. މިބަލިން ސަލާމަތްވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭ އެންމެން ގުޅިގެން.

    33
    1
  26. ކިޔުންތެރިއެއް

    އެހެން ގައުމުތަކުގައި ކޮވިޑު ފެތުރުމާ އަދި ކޮވިޑުގެ ނަމުގައި ހިންގަމުންދާ ޖަރީމާތަކަށް މަރުގެ އަދަބުވެސްދީ އެބައުޅޭ. އަމިއްލަ މަންފާޔަށް ރާއްޖޭގައި ކޮވިޑުގެ ކުޅިވަރު އަނެކާގެ ފުރާނަޔަށާ މުޅި ދިރިއުޅުމަށް ނުރައްކަލަށް ހުޅުވާލި ހުރިހާ ވެރިންނަށް އެންމެ ބޮޑު އަދަބު ދިނުން އިންސާފަކީ.

    28
  27. ޢާދަނު

    ކޮވިޑްގެ ހާލަތު އެން މެ ގޯސްވެފައިވާ ހުރިހާ ގައުމުތަކެއްވެސް އެހާލަތަށް ދިޔައީ ޑޮކްޓަރުންގެ ބަސް ސަރުކާރުން އަޑުނޭހު މުގެ ސަބަބުން ރާއްޖެއިން މިފެނިގެންދަނީ އެ މަންޒަރުތައް..ވަގުތު ފާއިތުވީމ މަ ކޮން މެވެސް ތާކުންތާކުނުޖެހޭ ފިޔަވަޅެއް އަޅާނެ..

  28. ކާފަ ހަންގަޑު

    އޯ... މައިމޫނައްތަ އަދިވެސް ވެރީ ބިއުޓީފޫލް....... މައިމޫނާ ގުއިރޯނުގަ ޖައްސާފަ ބުއްޅަބޭއާއި ސޯލިހު ހިނި ގަޅަނީ...

  29. ސުވާލު

    siyaasee meehunge hih hama jehijje baa. hanaa vaanee rayyithu meehaa

  30. ފަރުދީ ޒިންމާ

    މާ މޮޅު ރޯނު އެދުރެކެވެ. ފަރުދީ ޒިންމާ އަކީ މަޖުބޫރު ކޮށްގެން ކުރުވާ ކަންތަކަށް ވާނެ ހެއްޔެވެ. ވެކްސިން އެއް ޑޯޒް ދީފައި 12 ހަފްތާ ވަންދެން ވެކްސިން ފުޅި ބާއްވަން ޖެހެނީ ކަލޯގެ ބަދިގޭ ގައި ތޯއެވެ. ޢޭގެ މުއްދަތު ހަމަވާ ތާރީހް ކަލޯ އަށް އިގޭބާ އެވެ. މޮޅެތި ލިޔުން ލިޔަން ނަހަދާ "ވާ ނުވާ" ކިޔަވަން ދިއުން މާ ރަގަޅު ނޫން ހެއްޔެވެ.

    4
    3
  31. ޞަޙީފާ

    "ސީސީ" އަށް!
    އެހެންވެތޯ ރައީސްއޮފީހުގެ ވެބްސައިޓުގައި ރައީސުލްުމހޫރިއްޔަކަންކުރި މީހުންގެ ޕްރޮފައިލްގައި އޭނާގެ ތަޢުލީމީ ވަނަވަރާދިމަ ހުސްކޮށް އެއޮތީ؟ ގްރޭޑް 8 ލިޔަން ނުކެރިފަ އެއޮތި!

    4
    1
  32. ދޮގު

    ކަންކަންކުރަން ނޭގޭ ގޮފަޅުން މާމޮޅުބަޔަކަށްވީމާ މާހިރުންގެ އިރުޝާދުތަކަށް ބޮލެއްނުބަލާނެ. އަޑެއްނާހާނެ.

  33. ބިންގޯ

    ހުރިހާ ގޯހަކީ އަންނި. ހުރިހާ ގޯހަކީ އަންނި. ހުރިހާ ގޯހަކީ އަންނި.

  34. މޭރީ

    ތަޖުރިބާ ކާރުންގެ އަޑުނަހާ ގަދަބަދަވިކަމުން ބިރުދައްކައިގެން ލުއިތައް ދީންފާރާތްތައް މިބުރުގައި ކޮވިޑުޖެހިގެން ދުނިޔެދޫކުރަންޖެހޭ އެންމެހަފަރާތްތަކުގެ މަރުގެ ދިޔަ ދޭންޖެހޭނެކަމަށް ޤަބޫލުކުރެވޭ!

  35. އިންޑިއާ އައުޓް

    މިސަރުކާރުން ބޭނުންވިގޮތައް ކޮވިޑުބަލި މުޅިރާއްޖޭގަ ފެތުރިއްޖެ އެހެންވީމާ ރާއްޖޭގެހާލަތޭ ކިުައިގެން ގައުމުތަކުން ފައިސާ އަތުލައިގެން ބަނޑުއަޅާ

  36. ޢީސަ

    ދިވެހި ތައްޔިތުން މީ ކުޑަކުދިންތަ؟ ފަރުދީޒިއްމާ ކޮބާ؟

    1
    2
  37. ދެބޯގެރި

    އެޗްޕީއޭ މުވައްޒަފުން އެކަންޏެއްނޫނޭ ފައިސާ ނަގަނީ. ބަލި އޮންނަ ރަށްރަށުގައި މަސައްކަތްކުރާ އެންމެންވެސް ލާރިގަނޑު އެބަނަގާ. އަތޮޅުތެރޭގެ މީހުންނަށް އަދި ނުލިބޭ ނަމަވެސް ލިބޭ ގޮތަށް އޮތީ. އެހެންކަމުން ދިރާސާތަކުން ދައްކަނީ ރާއްޖެއިން ކޮވިޑް ނުފިލާނެކަމަށް. ބަލިމަޑުކަމަކަށްވުރެ ބޮޑަށް ލަފާކުރެވެނީ މިއީ ސިޔާސީ ކޮވިޑެއްކަމަށް.

  38. ކިޔުންތެރިއެއް

    މިހެންވެއޭ ވަގުތުނޫސް ކިޔަނީ

  39. ރަސްގެފާނު

    މިތިބީ ތިން ރަދުން .. މުޅިގައުމުގެދުވަސް ދުއްވާލި ހީލަތްތެ ރި ތިން ރަދުން..
    ބޮޑުވަޒީ ރުހިފާހައްޔަ ރުކު ރޭ!!

  40. ޢިބޫ

    ގްރޭޑް 7 ގެފެންވަރުގެ ރައީސް، ކުޑަކުއްޖަކު އެއްޗެކޭ ބުނާއިރަށް ރޮވޭ ބޮޑު ރޯކާޅު ރައީސް

  41. ޝޮރޮކޮނކ

    ކައިވެންޏަށް ހުރަސްއެޅި މީހާ އަމިއްލައަށް އައިސް މަމްދޫހުއާ ވާހަކަ ދައްކއިގެން މައްސަލަ ހައްލުކުރަން އޮންނާނީ ބުނެފަ

  42. އަނިޔާ

    ކޮވިޑްޖައްސާފަ އިންތިހާބުކާމިޔާބުރުކުަށް ގޮވާލި ފަރާތްތައް ކޮބާ މިހާރު ޑޮލަރުބޭނުމުގަ ކުރިމަސައްކަތް ކިހިނެއްވަނީ

  43. ޤާދިރު

    ރާއްޖެ މިހާލަތަށް ވެއްޓުނީ މި ބަލީގައި އިންޑިއާ ކޮންޓްރޯލުން ނެއްޓުނީމާ އިންޑިއާ މަސައްކަތްތެރިން އަރަބި ޤައުމުތަކަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު ފެސިލިޓީއަކަށް ރާއްޖެ ހެދުމުން. އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން