ޅ. ނައިފަރަށް އުފަން އެ ރަށު ބޮނޑިމާގެ ސަންފާ މުހައްމަދު 97، ދުނިޔެއާ ވަކިވީ އެތައް ހަނދާންތަކެއް ދޫކުރުމަށް ފަހުއެވެ. ބަލި އެނދުގައި ހަތަރު ދުވަހު އޮންނަން ޖެހުނެވެ. ސަންފާ ވަކިވެގެން ދިޔަ އިރު އޭނާގެ މަރުގެ ފަހަތުގައި ކަމާގުޅޭ އިދާރާތަކުގެ އިހުމާލު ބޮޑު ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ. ޑޮކްޓަރުންނާއި ނަރުހުން ސަންފާ އަށް ދޭން ޖެހޭ އަޅާލުން އެންމެ ރަނގަޅަށް ނުލިބުނު ކަން އާއިލާ އިން ފާހަގަ ކުރީ ކަންބޮޑުވުމާއެކުގައެވެ. އެންމެ ފަހުން ސަންފާ ވަކިވީ އެކަށީގެންވާ ފަރުވާއެއް ނުލިބި ވަނިކޮށެވެ.

މީގެ ފަސްވަރަކަށް ދުވަސް ކުރިން ސަންފާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް ބަލިވެގެންނެވެ. ކާން ދިންތާ މާގިނައިރުތަކެއް ނުވެ ހޮޑުލައިގެން، މާމަގެ ހާލު ވަރަށް ދެރަވިއެވެ.

މާ ގިނައިރުތަކެއް ނުވެ ހޮސްޕިޓަލަށް ގެންގޮސް އެނދުމަތި ކުރެވުނެވެ. ސިއްހީ މާހިރުން ބެލިބެލުމުން އެނގިގެން ދިޔައީ މާމަގެ ކިޑްނީ ފެއިލްވެފައިވާ ކަމަށެވެ. ނައިފަރުގައި ހަލުވިކަމާއެކު ކޮވިޑްގެ ވޭދަނަތައް ފެތުރެމުންދާތީ މާމަގެ ސުންކު ލަސްނުކޮށް ނެގިއެވެ. އަދި ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ޅ. އަތޮޅު ހޮސްޕިޓަލްގައި ހަމަޖެހިފައި ނުވާތީ އެ ސުންކު އައިޖީއެމްއެޗް އަށް ފޮނުވިއެވެ.

ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލް
ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލް

އާއިލާއިން އިންތިޒާރު ކުރަމުން ދިޔައީ ސަންފާގެ ނަތީޖާ ލިބޭނެ އިރަކަށެވެ. ދެ ދުވަސްވެ، ތިން ވަނަ ދުވަހަށް އެޅިއިރު ވެސް ހާލު ބަލާ ޕޯޓަލް އިން ދެއްކީ އެ ސުންކު "ޓްރާންސިޓް" ގައި އިން ކަމަށެވެ. "ޓްރާންސިޓް" ގައި އިނުމުގެ މާނައަކީ އެ ސުންކު އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ހަމައަށް ފޯރާފައި ނުވުމެވެ. ލެބޯޓްރީއަށް ސާމްޕަލް ލިބުމާއެކު "ޓްރާންސިޓް" ސްޓޭޓަސް "ޕެންޑިން" އަށް ބަދަލުވާނެއެވެ.

ނޫސްވެރިއެއްގެ ހައިސިއްޔަތުން ބެލި ބެލިމުން އެނގިގެން ދިޔައީ މާމައާ މެދުގައި ޅ. އަތޮޅު ހޮސްޕިޓަލުން ވެފައިވާ އިހުމާލެވެ. ހޮސްޕިޓަލުން ސުންކު ފޮނުވާފައި ވަނީ މާމަގެ ހާލު ރަނގަޅު ކަމަށް ބުނެއެވެ.

ނޭވާ ކުރުވެ، އޮކްސިޖެން ލެވެލް ދަށަށް ދަމުންދާ އިރު، އަދިވެސް މާމަގެ ހާލު ސީރިއެސް ނޫން ހެއްޔެވެ؟ އުމުރުން 97 އަހަރު ފުރެ، ކިޑްނީ ފެއިލްވެ، ހުންއައިސް، ނޭވާ ލުމުގައި އުނދަގޫކަމެއް ހުންނައިރު މާމައަކީ "ނޯމަލް" މީހެއް ކަމަށް ހޮސްޕިޓަލުން ބުނެފައި ކީއްވެ ހެއްޔެވެ؟

މާމަގެ ހެލްތު ސްޓޭޓަސް "ނޯމަލް" ކަމަށް ނެގި ސުންކު ފޮނުވިއިރު ހޮސްޕިޓަލްއިން ލޭބަލް ކޮށްފައިވާ ތަން

މިކަން އެނގުމާއެކު ކަމާބެހޭ ފަރާތްތަކަށް ގުޅައި ވެގެން އުޅޭ ގޮތް އޮޅުންފިލުވީމެވެ.

އިންސާނަކަށް ވީތީ އޮޅިގެންވެސް ކަމެއް ކުރެވިދާނެއެވެ. ނަމަވެސް މާމަގެ ސުންކު ފޮނުވުމަށްފަހު އޭގެ ނަތީޖާ އަވަސް ކުރުމަށް ހޮސްޕިޓަލުން އެންމެ ފަހަރުވެސް ގުޅާލާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެރޭ މާލެ ކޮޅުން އެނގުނީ އެންމެ އަވަސްވެގެންވެސް ހެނދުނަށް ނަތީޖާ ލިބޭނެ ކަމަށެވެ. ނަމަވެސް ހަތަރުވަނަ ދުވަހު ހެނދުނު 10 އެއް ޖެހީއްސުރެ އެ ސުންކުގެ ސްޓޭޓަސް އިނީ "ޓްރާންސިޓް" ގައެވެ.

އެހެންވެ، މިކަމުގެ ކަންބޮޑުވުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އާ ހިއްސާ ކުރީމެވެ. އެ ހިސާބުން އެނގިގެން ދިޔައީ ސުންކު ގެއްލުނު ކަމެވެ. މެންދުރުވާން ކައިރިވެފައި ހުއްޓާ މާމަގެ ދެ ވަނަ ސުންކެއް ނެގިއެވެ. ޅ. އަތޮޅު ހޮސްޕިޓަލްގެ ސިއްހީ ހިދުމަތްތެރިން ބުނާ ގޮތުގައި އެ ސުންކު ނަނގާފައި ވަނީ އައިޖީއެމްއެޗް އިން އެނގުމުންނެވެ.

"ސާމްޕަލްގެ މައްސަލައެއް އުޅޭ ކަމަށް އައިޖީއެމްއެޗްއިން އަންގަނީ. އެހެންވެ ދެވަނަ ސުންކު ނަގައިގެން ހޭންޑް ޓު ހޭންޑް ޑެލިވަރީއެއް ވަގުތު ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ." ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން އޭރު ވިދާޅުވިއެވެ.

ނަމަވެސް އިރުއޮއްސުނު އިރުވެސް ދެވަނައަށް ނެގި ސުންކު އިނީ "ޕެންޑިންގް" ގައެވެ.

އެ ދުވަހު ރޯދަ ވީއްލުމަށް ފަހު އެނގިގެން ދިޔައީ މާމަގެ އޮކްސިޖެން ލެވެލް ދަށަށް ގޮސް ނިޔާވި ކަމެވެ.

އަހަރެން މަސައްކަތް ކުރީ މާމަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށް ރަށަށް ދިއުމަށެވެ. އެ މަސައްކަތް ކުރަމުން ދަނިކޮށް ލިބިގެން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ. މައްޔިތާގެ ސުންކު ކޮވިޑަށް ފައްސިވި ޙަބަރު ލިބުނެވެ.

އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނެގުމަށްފަހު އާއިލާގެ ނުވަ މީހުންނާއި އެކު މާލެއިން ނައިފަރަށް ދާން ފުރީމެވެ. މާމަގެ މޫނު ދެކިލުމަށްފަހު އެނބުރި މާލެ އައުމަށެވެ.

މާމަގެ މޫނު ދެކިލިމަށް އާއިލާގެ މެމްބަރުންނާއެކު މާލެއިން ނަރިފަރަށް ދަތުރު ކުރަމުން ގެންދިޔައީމެވެ. އަދި ރަށަށް ނޭރެނިސް މާމަގެ މޫނު ނޭޅުމަށް އެދި އާދޭސް ކުރަމުން ދިޔައީމެވެ. ނަމަވެސް ނައިފަރު ކައުންސިލްގެ ރައީސާ ވިދާދް އަބްދުﷲ ދިޔައީ މައްޔިތާ އަވަހަށް ވަޅުލުމަށް ބޭނުންވެ، އާއިލާއަށް ޕްރެޝަރު ކުރައްވަމުންނެވެ. އާއިލާގެ ބަޔަކު މާމަގެ މޫނު ދެކިލުމަށް މާލެއިން ފުރައިގެން ނައިފަރަށް އަންނަކަން އޭނާއަށް އެނގެއެވެ. އެކަން ހުދު އަހަރެންވެސް އޭނާއަށް އެންގީމެވެ. އަދި އެޗްއީއޯސީއިން ދޫކޮށްފައިވާ ހުއްދަ ކައުންސިލަށް ފޮނުވާފައިވެސް ވާނެއެވެ.

އާއިލާގެ މެމްބަރުން ނައިފަރަށް އައުމުން މާމަ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މުޅި އާއިލާއިންވެސް އާދޭސް ކުރަމުން ގެންދިޔައެވެ. ނަމަވެސް ސިޔާސީ ގޮތުން ޒާތީ ހަސަދަވެރިކަމެއް ފިލުވާލުވާލުމަށް އެ އާދޭސްތަކަށް ރިއާޔަތް ނުކޮށް މާމަގެ މޫނު އަޅާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިޔައެވެ. ރަށުގައި ތިބި އާއިލާގެ ބައެއް މީހުންނަށްވެސް މައްޔިތާގެ މޫނު ދެއްކުމެއް ނެތިއެވެ. މޫނު ބަލަން އާއިލާއަށް ދިނީ އެންމެ 3 ވަރަކަށް މިނެޓް ކަމަށްވެއެވެ. މި ހަބަރު އަހަރެންނަސް ލިބުނީ ކާށިދޫ ކައިރިއަށް އާދެވިފައި ވަނިކޮށެވެ.

"މާމަގެ މޫނު ބަލާލަން މާމަގެ ފިރިމީހާއަކަށްވެސް ނުވަދެވުން. ފުލުހުން ބުނީ ކައުންސިލުން ހުއްދަ ދިނުމުންނޭ ވަދެވޭނީ. އެކަމަކު ކައުންސިލް ކައިރިއަށް ދާއިރަށް ބުނޭ ފުލުހުންނަށޭ އެނގޭނީ. މިހެން ހަދާފަ އެންމެ ތިން މިނެޓް ދިނީ މޫނު ބަލަން. ދެތިން މީހުންނަށް މޫނު ފެނުނީ" އާއިލާ މެމްބަރެއް ކިޔައިދިނެވެ.

"ނައިފަރު ހޮސްޕިޓަލްގެ އިހުމާލު އަސްލު ވަރަށް ބޮޑު. މާމައަކީ ހައި ރިސްކް މީހެއްކަން އެނގޭއިރުވެސް މާމަ ބާއްވާފަ އޮތީ ކޮވިޑަށް ފައްސި މީހުން ތިބި ވޯޑަކު. ދެން ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުން ކައިރިއަށް ކިޓް ލައިގެން ގޮސް، އެ ކިޓުގައި އެބަ އާދޭ މާމަ ކައިރިއަށްވެސް. އައިސް މާމައަށްވެސް އެބަ ފަރުވާދޭ. މިއީ މާމަވެސް ބައްޔަށް ހުށަހެޅިގެން ދާނެ ދޮރެއް،"

އިއްޔެއަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން ކޮވިޑްގައި ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. އިއްޔަ ވަނީ ފަސް މީހަކު ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެތެރެއިން ދެމީހުން ނިޔާވީ ނައިފަރުންނެވެ.

އިއްޔެ ނައިފަރުން 31 މީހެއް މި ނުރައްކާތެރި ބަލިމަޑުކަމަށް ހުށަހެޅިފައިވާއިރު އެރަށުން ފައްސިވި ޖުމްލަ އަދަދު ވަނީ 600 އަށް ވުރެ މައްޗަށް އަރާފައެވެ. މިވަގުތު ކޮވިޑަށް ފައްސިވެފައި ވެގެން ފަރުވާ ހޯދަމުން ދަނީ 354 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Hospital

  ވަރަށް ފަރުވާ ކުޑަ ބައެއް ުއުޅޭ ތަނެއް ތީ..ެއެތަނަށް ދިޔުމަށް ވުރެ ރަގަޅު ވާނެ ބޮޑު ޚަރަދު ކޮށްގެން މާލޭ ދިޔަޔަސް.. ާއަދި ެއެތާ ިއިންނާނެ ިއިއްޒަތްތެރި ދަތުގެ ޑޮކްޓަރ އެއް.. Covid ުއުޅޭ ތީ އެމީހާ ައަށް ޚިދުމަތް ނުދެވޭ.. ބޮޑު ޚަރަދު ކޮށްގެން މާލޭ ދާން މި ޖެހެނީ.. މާލޭގައި ވެސް covid ެއެބަ ޮި އޮތް ެއެކަމު ޚިދުމަތް ލިބޭ..

  28
 2. ގެރި

  އިންޑިއާ މީހެއް ނޫންވީމަ ފަރުވާ ކުޑަކޮށްލީ.. މީ އިންޑިއާ މީހެއްނަމަ ހޭބަލިވާނެ އަވަހަށް ފަރުވާ ނުދެވިގެން

  36
  3
 3. އިންޑިއާ

  އިންޑިއާ މީހެއް ނަމަ މި ސަރުކާރުން ހީވާނީ މޮޔަވެގެން ތެޅޭހެން

  30
  2
 4. ޞާލާ

  ވިދާދަކީ ބިދޭސީ މީހެއދޯ...
  ބަނގުލަ ނަމެއ

  14
 5. ނިހާނު

  މިކޭސްގައި ކޮވިޑު ކަން އެގުނެވެ ނަމަވެސް ގދ.މަޑަވެލި މީހާ ކޮވިޑައް ނުވާއިރު ގދ ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން ކޮވިޑު ކަމައް ހިކޮއް އެކަށީގެންވާ ފަރުވާ ނުލިބި މަރުވެގެން ދިޔައީއެވެ އާއިލާއައް މޫނޫބަލަން ރަށައްވެސް ނޭރުވިއެވެ. ފަޅުތެރޭގައި ތައްބާ ވަޅުލީއެވެ. ދެރައެވެ.

  25
  1
 6. ޖައުފަރު

  ކީކޭ ދޯ ދެން ބުނާނީ.... ނައިފަރު ހޮސްޕިޓަލުން އެތައް ބަޔަކަށް އިހުމާލުވި...!

  24
  1
 7. ސައުޝާދުޒަމީރު

  ތިވާނީ ވެންޓިލޭޓަރު ކާލިހެން ސާމްޕަލްވެސް ދިރުވާލީ ކަމަށް

  30
 8. މަރީނާ

  ޢެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ބައެއް

  23
  1
 9. ވާނުވާ

  އެއްކަލަ މެޝިންގަނޑު އިންނަމަ މިއަދު ތިހެން ވާކަށް ނުޖެހޭނެ.ތިކަމުގެ ފުރިހަމަ ޒިންމާ ކައުންސިލް އާއި ހޮސްޕިޓަލް އިން އުފުލަން ޖެހޭނެ.

  25
 10. ާައާދަމުގެ ދަރި

  ކޮބާހޭ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް މި ޕެންޑަމިކް ތެރޭ

  29
  2
  • އަޚް

   ތެދެކޭ . އަޑެއް ބަޑެއް ނޯވޭ ދޯ ހަމަ.

   25
 11. މަ

  ޙޮސޮޕިޓަލް ގިނަ މުވައްޒަފުންވެސް ޕޮޒިޓިވް. ޢެމީހުންވެސް އެތާ އެ ތިބެނީ ކަރަންޓީނު ވެގެން ޑައިރެކްޓް ކޮންޓެކްޓް އެހާ ގިނަ

  10
  1
 12. ޒަކީ

  މި ނުވޭބާ ޓެރަރިޒަމްގެ އަމަލަކަށް. މީހެއްގެ ފުރާނަ އެދިޔައީ އެކަމުގެ ސަބަބުން؟

  12
 13. ޗަކޮއެ

  ތިޔަ ބުނާ ވިދާދެއް އަތުގައި ހިފާ ބޭރުކޮށްލަ ބަލަ! މާ ފުއްޕަނީ. ކަންކަމަށް ކުފޫ ހަމަނުވާތީ ވާގޮތް.

  10
 14. ކޭޑީ

  އެއީ ރ.އަތޮޅު އިންނަމާދޫ މީހެއް

 15. ޙތޒ

  އެޗްޕީޢޭ ގެ ހުއްދަ އެއް އޮވާ މޫނު ނުދައްކާ ވަޅުނުލެވޭނެ. ޢެހެން ވީމަ ބުނަނީ ފައސިވެ ހުރެ ވޯޓުލާން ދެވެއޭ. މައިންބަފައިންގެ މޫނު ބަލަން ނުދެވެއޭ