ކުއްލިއަކަށް އެ ސަރަހައްދުން އިވިގެން ދިޔަ ބާރުގަދަ އަޑުފަށްގަނޑެކެވެ. ދެން ފެނިގެން ދިޔައީ ބޮޑު ދުންގަނޑެކެވެ. ލޯޖަހައިލައިގެން ވީޑިއޯއަށް ބަލާލުމުން އެ އަޑާއެކު އެންމެ ފުރަތަމަ ވެސް ބިން މައްޗަށް ވެއްޓިވަޑައިގެންނެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މިއީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގެ ސިސީޓީވީ ފުޓޭޖުން ފެންނަ ބިރުވެރި މަންޒަރެވެ. ފުރަމާލޭގެ އެންމެ ބާރުބޮޑު ސަރަހައްދުގައި ހިނގި މި ހާދިސާގައި ނަޝީދުއާ އެމަނިކުފާނުގެ ބޮޑީގާޑުންނާއި ދިވެއްސެއްގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ވަނީ ނަޝީދުގެ ގެކޮޅު، ގ.ކެެނެރީގެ ހުންނަ ނިލޯފަރު ހިނގުމުގައި ހުންނަ ސީސީޓީވީ ފޫޓެޖެއް މިއަދު އާއްމުކޮށްފައެވެ. ނީލޯފަރުހިނގުން ހަނިކަމުން އެމަނިކުފާނުގެ ކާރު އޮންނަނީ މަޖީދީމަގު ކަންމަތީގައެވެ. ވީޑިއޯގެ ފުރަތަމަ ސުކުންތާއެކު ފެންނަނީ ކަޅުކުލައިގެ ގަމީހެއް ލައިގެން ހުރި މީހަކު ހިނގާފައި ނީލޯފަރު ހިނގުމުން މަޖީދީ މަގަށް ނިކުންނަ މަންޒަރެވެ. އެ މީހާގެ ފަހަތުން ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި މީހަކު ވެސް މަޑު މަޑުން ހިނގަމުން ދެއެވެ. އެ މީހާ ފޫޓަކަށްުވުރެ ކައިރިން ހުދު ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން ބެގީ ޖައްސަވައިގެން ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވައެވެ.

އެމަނިކުފާނުގެ ފަހަތުން ހަށިފާރަވެރިޔަކު ވެސް ދެއެވެ. ނީލޯފަރު މަގުނ ހިނގުމުން ކަންމައްޗަށްވާ ގޮތަށް ނަޝީދުގެ ކާރުކޮޅު އޮތީ ޕާކްކޮށްފައެވެ. އެ ވަގުތުގައި ވެސް މާލޭގެ މަގުމަތީގެ ހަލަބޮލިކަން ފެނެއެވެ. ނަޝީދު މަޖީދީ މަގާއި އެ ގޯޅީގެ ކަންމައްޗަށްވާ ހިސާބަށް ދެވުނެވެ. އެ ވަގުތު އެމަނިކުފާނާ ވަރަށް ކައިރިން މީހަކު އެ ގޯޅިއަށް ވަދެއެވެ. ނަޝީދުގެ ފަހަތުން މަޑުމަޑުން ދެ ސައިކަލެއް ވެސް ދުއްވާފައި އެ ގޯޅިއަށް ވަދެއެވެ. ކާރު ދޮރާ ހަމައަށް ނަޝީދަށް ނުދެވެނީސް ދެން އިވެނީ ބާރުއަޑެކެވެ. އެ އަޑާއިއެކު އެ ގޯޅީގެ ކަންމަތި ބައްދަލައިލީ ދުމުންނެވެ. ކާރާއި ދިމާއިން އަތް މައްޗަަށް ނަގައި ދިމަ ދިމާއަށް ހޫރަމުންދާ މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި އެއީ ރައީސް ނަޝީދުގެ ހަށިފާރިވެރިން އެމަނިކުފާނު ސަލާމަތް ކުރަން ކުރަމުން ދިޔަ މަސައްކަތެވެ.

ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދަނީ- ފޮޓޯ-- މީސްމީޑިޔާ

އެ އަޑާ އެކު ދެ މީހަކު ދުވެފައި އަންނަ މަންޒަރާއި ނަޝީދުގެ ފަހަތުން ދުއްވާފައި ދިޔަ ސައިކަލުގައި ހުރި މީހާކު އޭނާގެ ކޮނޑުގައި އޮތް ދަބަސް އެއްލާލައި ޓީޝާޓް ބާލުވާ މަންޒަރު ފެނެއެވެ. ހާސްވެފައިހުރި އެ މީހާ، ޕާކްކޮށްފައި ހުރި ސައިކަލާ ދިމާއަށް ހުރި ގެއެއްގެ ވަންނަ ދޮރު ކައިރީގައި އިށީންނަ މަންޒަރު ފެނެއެވެ. އެއަށް ފަހު ގޯޅީގެ އެކި ދިމަ ދިމާއިން ވެގެން އުޅޭ ގޮތް ބަލަން ނިކުމެ މުޅި ސަރަހައްދު ހަަލަބޮލިވެގެންދާ މަންޒަރު ފެނިގެންދެއެވެ. ސައިކަލް ފަހަތުން ދިޔަ މީހަކު އިވުނު އަޑާ އެކު ބޮލުގައި އަތް އަޅައިގެން ދުއްވައިގަތް މަންޒަރު ވެސް ސީސީޓީވީ އަށް ވަނީ އަރާފައެވެ.

މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށް ވެސް އެތަނުގެ ބިރުވެރި މަންޒަރު ސިފަވެގެންދާނެއެވެ. އެކަމަކު އެ މަންޒަރު އެންމެ ރަނގަޅަށް ސިފަކޮށްދޭން އެނގޭނީ ހަމަ އެވަގުތު އެ ގޮވުން ފެނުނު މީހުންނަށެވެ. އެ ތަނުގައި އެ ވަގުތު ތިބި ބަޔަކަށެވެ. އެ ވަގުތު އެ ތަނުގައި މި ހަމަލާގައި ބައިވެރިވި މީހަކު ވެސް ހުރެދާނެއެވެ. އެ ހަމަލާގައި ބައިވެރިވި އެންމެ އިސް މީހާ ހުރީ ވެސް އެ ތަނުގައެވެ. އޭނާ އެ ތަނުގައި ހުރި ކަމަށް ސީސީޓީވީގެ އެކި ފުޓޭޖްތަކުން ފެނެއެވެ. ހަމަލާއަށް ފަހު ދެވެފައި ފިލަންދާ މަންޒަރު ވެސް ފެނެއެވެ. އޭނާ ދުވެފައި ދިޔައީ ބާ އިންޖީނުގޭ ހުންނަ އަލިކިލެގެފާނު މަގުންނެވެ. އޭނާ ވެސް މިހާރު ހޯދައި ހައްޔަރު ކޮށްފިއެވެ. އެ މަގުގައި ހުރި ގެއަކުން ގޮއްވާލި ސައިކަލުގެ ވެރިފަރާތް ފެނި އޭނާ ހައްޔަރުކޮށްފިއެވެ.

އެކަމަކު އަދިވެސް މުޅި މަންޒަރު ސާފުކުރަން ޖެހެއެވެ. ފުލުހުންގެ ނަޒަރުން ދޫވެ ދިޔަ މީހަކު ވެސް އޮވެދާނެ ކަމަށް ބަލައި، އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުނަށް ޝައްކުވާ މީހަކުވާނަމަ، ރިޕޯޓް ކުރަން ޖެހެއެވެ. މި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ވެސް އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ހިއްސާކުރުމަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.

ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އައިއީޑީ އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށް ވުރެ ބާރުގަދަ އައިއީޑީއެކެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައ، ގޮއްވާލީ އައިއީޑީ އަކީ "ކޮމަންޑް ޑިޓޮނޭޝަން" އެކެވެ. ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އައިޑީއަކީ މީގެ ކުރިން ރާއްޖޭގައި ގޮއްވާލާފައިވާ ޒާތުގެ އައިއީޑީތަކަށް ވުރެ ބާރުގަދަ އަދި އެތައް ދަރަޖައެއް މަތި އައިއީޑީއެއް ކަމަށެވެ.

މިއީ ތަކުރާރު ވެގެން ވާނެ މަންޒަރެއް ނޫނެވެ. މީގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ޖެހެއެވެ. އެންމެން އެއް ބަހެއް ބުނެ އިދާރާތަކަށް އެއްބާރުލުން ދޭންވީއެވެ. އިދާރާތަކުން ވެސް މިހާރަށް ވުރެ ހަރުދަނާ ވާންވީއެވެ. ޒިންމާދާރުވެ މީގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް އަވަސް ކުރަން ޖެހެއެވެ. ކުރިން މިފަދަ މައްސަތަކުގެ ހަގީގަތް ހޯދުން ލަސްވެ އެ ދިޔަ ދުވެލި ބޭނުމެއް ނޫނެވެ.

މުޅި ރައްޔިތުން އެއް އަޑަކުން އެ ގޮވަނީ އެއް ކަމަކަށެވެ. "ގައުމު ހިމާޔަތް ކޮށްދީ!" އެވެ. މި ކަމަށް ޓަކައި އިދާރާތުގެ ޒިންމާ ފުރިހަމައަށް ނެގުމުގެ އިތުރަށް އެ ހިނދުކޮޅު އެ ސަރަހައްދުގައި ތިބި މީހުން "މި މަންޒަރު ސިފަކޮށްދީ!" އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނޯޓީ

    ބޭފުޅާ ތިޔައީ ރައީސް ނަސީދު ހޮސްޕިޓަލް އަށް ގެންދިޔާ ފޮޓޯ އެއް ނޫން.ރަންގަޅަށް ބަލާފަ ފޮޓޯ އެއްޗެހި ލުމަށް ނަސޭހަތް ތެރިިިވަން

    56
    1
    • ހަސަނު

      އަސްލުވެސް ދޯ...ތީކަޅު ޓީޝާޓެއް ލައިގެން އޮތްމީހެއް....އަންނިހުރީ ހުދު ނޫނީ މަޑުރީނދޫ ހަމީހެއްލއިގެން ސާބަހޭ އޭކަމާކުވާ....ސާބަސްހަމަ....

      19
  2. ހުސޭނުބޭ

    ދެންފަހެ ދިވެހި ޓެރަރިޒަމަކީ ނަޝީދު އުފަންކުރި އެއްޗެކެވެ. އ.ހ

    65
    22
    • ނައިޖް

      މާ ބޮޑަށް އެނގިފަ ތިޔަހުރީ.. އެއީ ނަޝީދު ދުނިޔެއަށް އައުމުގެ ކުރިންވެސް މިތާނގަ އޮއްއެއްޗެއް، 9 ވަނަ ހަސަން ރަސްގެފާނާ ދޮންބުޅާފާޝަނާއާ ހަމައިންވެސް އެކުޅި ފެށި ދިވެހިންގެ ކަށީގަ ހިފާފަ އޮތްކަމެއް.. ނަޝީދުގެ ޒަމާނަށް އައިއިރު އޮތީ ރެޑިކަލް އިސްލާމް ހައްދުފަނައެޅި ޓެރުރިޒަމް ވެސް އާންމުވެފަ، އެކަން ހުއްޓުވަން ނަޝީދަށް ވުރެއް ބޮޑަށް މަސައްކަތްކޮށް އަޑު އުފުލި އަނެކަކު ނެތް މި ޤައުމަކު.. އެކަން ތިޔަ އުޅެނީ ކަލޭ މެންނަށް ހަހަމު ނުވެގެން..

      21
      32
      • ދެން

        ދެން ތިހާވަރަށް ލާދީނީންނާ ދެކޮޅައް ވަކާލާތު ނުކުރަނީ ކީއްވެ ؟

  3. އަބްދޫ

    ޙަށިފާ ރު2މީހުން ގަޔަށް ނެހެ ރި އޭނާ ގަޔަށް އެކަނި ތޯ ހެހެރެން ވީ ؟ތިޔައީ ؟؟؟؟؟؟ އެއް.ޚޮށްފަނުކު ރާ ނެ ކަމެއް ނޭގޭނެ ކަނާތުން ކުކުރާ ކަން ވާތަކަށް ވެސް ނޭގޭނެ.

    45
    10
  4. އެޑަމީ

    ރޭޒާ ފުއްތަކަށްވެސް ރ ނަޝީދު ވަކިކުރަން އެނގުނީއޭ ދޯ. ކައިރީގެ ތިން 4 މީހުން ތިބި އިރުވެސް... އަވަސް ޝިފާ އެއް ދެއްވާށި

    25
    3
  5. އަބްދޫ

    އެހުރިހާ ރޭޒާ ފުށްތައް ނަސީނުގެ އެތަން މިތަންށް ވަދެގެންދިޔައިރު އެންމެ ލޭތިއްކެއްވެސް ބިންމައްޗަށް ނުވެއްޓޭ ގަމީހުގަވެސް އެހެންތަނަކުވެސް ލޭތިއްކެއްވެސް ނެތް ލޭ ގަނޑުވެފާ ހުރީބާ؟އެކަމަކު ރޭޒާފުށްތައް މެޔައި ހިތައި ގޮހޮރާހަމަޔަށް ވާސިލްވެއްޖެ. ހިތުގެ ކައިރިންލާފަ ގޮއްސަ އޮތީ ވިޑިއޯ މަންޒަރުއ ހިތަށް ވަންނަނީ ކޯޓަށް ވައްދަންއުޅުނުދުވަހުވެސް ކުޅުއްވި މަންޒަރު. މިކަހަލަ މަންޒަރެއްބާ؟ މިކުޅުއްވީ. ވިދާޅުވި ކޮށްފަ ނުކުރާނެ ކަމެއްނެގޭނެ ކަމަށާއި ކަނާތުންކުރާކަން ވާތަކަށް ވެސް ނެގޭނެ ކަމަށް.

    34
    8
  6. ކޯންޗެއް

    ނަޝީދު ގެންދިޔައީ އެމްބިޔުލެންސެއްގައެއް ނޫން.

    7
    1
  7. އަލީ

    ރައީސް ޔާމިން ލޯންކޮޅު ގޮއްވާލި ދުވަހު ކުރި މަލާމާތް ހިތަށް ގެނެސްބަލަ.. މިއަދު މިއޮތީ އެދުވަސް އިޔާދަވެފަ.މީހުންނަށް މަލާމްތ ކުރާ މީހުންނަށް ދުނިޔޭގެ 4 ބިތު ޖެހިފަވެސް އެކަމެއް އަންނާނެ.

    10
    2
  8. ޒީރޯޓޮލެރެންސް

    ވަގުތު ކުދިންނަށް ފިނިފެންމާ ލޯންޗް ގޮައްވާލި ކަންތަށް މިހާރު ހަނދާން ނެތިއްޖެ އެވެ. އެއީ ޔާމީނު ކުޅުއްވި ޑްރާމާ އަކަށް ވެއްޖެއެވެ.އެމައްސަލައިގެ ފައިލްވެސް މިހާރު ޕީޖީ އޮފީހުން ގެއްލިއްޖެއެވެ.

    3
    1