"އަދުހަމް ގަބޫލު ކުރާ ގޮތުގައި މިއީ ކުފުރުގެ ބިމެއް، ރަލާއި އޫރު މަސް ވިއްކައިގެން ކާފަރުން އަތުން ހޯދާ ފައިސާ އިން ދިވެހިން ބަނޑުފުރާމުއްތި ކުރާ ކަމަށް އޭނާ ގަބޫލު ކުރަނީ، އޭނާ ދެކޭ ގޮތުގައި އެއީ ހަލާލް ފައިސާއެއް ނޫން،" މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ އެއް މޭސްތިރިޔާ އަހުމަދު އަދުހަމްގެ ގާތް މީހަކު ފެށީ މި ވާހަކައިންނެވެ.
ނަޝީދަށް ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކީ ވ. ތިނަދޫ ހިޔާ، އަދުހަމް 25، އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފްލެޓް 95-G-02 ގައި ހުއްޓައެވެ.
އަދުހަމް ދިރިއުޅޭ އެ ފްލެޓަކީ އޭނާގެ ބައްޕަ އަށް ލިބިފައިވާ ފްލެޓެކެވެ. އަދުހަމްގެ އާއިލާގައި އޭނާއާ އެއްބަނޑު އެއްބަފާ ތިން ބެއިން ތިބޭއިރު އެ ފްލެޓުގައި އެ އާއިލާ ދިރިއުޅެމުން އަންނަތާ ހައެއްކަ އަހަރުވެއްޖެއެވެ. ވަޒީފާއަކަށް ނުދާ އަދުހަމް ކުރިން ކައިވެންޏެއްކޮށް، އެ ކައިވެނި ވަނީ ރޫޅިފައެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެއެވެ. މައުލޫމާތު އެނގޭ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އޭގެ ފަހުން ބަޔަކު އަދުހަމް "މަގުފުރައްދާލީ"އެވެ.
އަދުހަމް އެ ގޭގައި އުޅޭތާ ހައެއްކަ އަހަރުވި ނަމަވެސް، އަވަށްޓެރިންނަށް އަދުހަމަކީ ދެކެ ފަރިތަ މޫނެއް ނޫނެވެ.
"އަޅުގަނޑު މިތަނުގައި މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް މި ވަނީ، އެކަމަކު އަދުހަމް ދެކެފަރިތައެއް ނޫން. އަޅުގަނޑަށް މިއަދު އެނގުނީ ގޭތިރީގައި ހުރި ގެއަކުން އަދުހަމް ކިއާ މީހަކު ގެންދިޔަ ކަން ވެސް،" އަދުހަމް ދިރިއުޅޭ ފްލެޓު ކައިރިން ދިމާވި ޒުވާނަކު ކިޔައި ދިނެވެ.
"އެކަމަކު، އަޅުގަނޑަށް ވަރަށް ފާހަގަވާ ކަމެއް އޮވޭ، ފްލެޓު ތިރި އަށް ވަރަށް ގިނަ އިން އަންނާނެ ތުނބުޅިލީ މީހުން، ފައި ކުރުކޮށްފައި ތިބޭ. އެމީހުން އެތަނުގައި ވަރަށް ގިނަ އިރު ތިބޭ ކަން ފާހަގަ ކުރެވިފައި ވަނީ،" ޒުވާނާ ކިޔައި ދިނެވެ.
އެ ޒުވާނާ ދެއްކި ވާހަކަ، އެ ސަރަހައްދުން ދިމާވި އެހެން މީހަކު ދެއްކި ވާހަކައާ ވެސް ދިމާވިއެވެ.
"އަސްލު ފޮޓޯ އާންމު ކުރީމަ މި އެނގުނީ، އަދުހަމަކީ މިއީ ކަން. މީގެ ދުވަސްތަކެއް ކުރިން ހަމަ އެސަރަހައްދުން އަޅުގަނޑު ދުށިން އަދުހަމާއި އިތުރު ބަޔަކު ދާ ތަން. އާންމުކޮށް އެތަނަށް އަންނާނީ ދެ ތިން މީހަކު ގިނަވެގެން،" އެމީހާ ބުންޏެވެ.
އަދުހަމް ގެންގުޅޭ ބައެއް ސާމާނާއެކު އެ ގެއިން އޭނާ ހައްޔަރުކޮށްފައި ވަނީ އާއިލާގެ މީހަކު ދިން މައުލޫމާތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި އަދުހަމްގެ އިތުރުން ހައްޔަރު ކުރި އަނެއް ދެ މީހުންނަކީ މއ.ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒް އަހްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ އުމުރުން 32 އަހަރުގެ ތަހްމީނު އަހްމަދެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ވެސް ތަފާތު އެކިއެކި ކުށުގެ ރިކޯޑުތައް ހިމެނެއެވެ. އޭގެތެރޭގައި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް ހިމެނެއެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ، މާލެ، ނީލޯފަރު ހިނގުމުގައި އައިއީޑީއެއް ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ އަދުހަމް އަޙްމަދު ރަޝީދު، އައިއީޑީ ގޮއްވާލުމުގެ ކުރިން ހަރަކާތްތެރި ވެފައިވާ ގޮތުގެ ވީޑިއޯ#May06TerrorAttack pic.twitter.com/MEqpsuS7t2
— Maldives Police (@PoliceMv) May 9, 2021
"އަދުހަމް، ހަރުކަށި ފިކުރަށް ގޮސް ފޯވެފައި"
އަދުހަމްގެ އާއިލާގެ މީހަކު ކިޔައި ދިން ގޮތުގައި، އަދުހަމްގެ އުޅުމަށް ބަދަލު އަންނަން ފެށީ ހުޅުމާލެ ބަދަލުވި ފަހުންނެވެ. ހާއްސަކޮށް، އޭނާގެ ކައިވެނި ރޫޅުނު ފަހުން ވަރަށް ބޮޑަށް އާއިލާއާ އެކަހެރިވެގެން އުޅުނު ކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"ކުރިން ނަމަ، ނަސޭހަތްތައް އަޑު އަހާނެ، މައިންބަފައިން ވަރަށް މުހިންމު ބަޔަކަށް ހަދައިގެން އުޅޭނީ. އެކަމަކު ފަހުން އައިސް އާއިލާއާ ދުރުވެ، ހަރުކަށި އުސޫލުތަކަށް ބޯލަނބަން ފެށީ. ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ، ނަަސޭހަތެއް ދިނަސް އަޑެއް ނާހާ،" އެމީހާ ކިޔައި ދިނެވެ.
އެމީހާ ބުނި ގޮތުގައި، އަދުހަމަކީ ފަހުން އައިސް މިސްކިތަށް ނަމާދަށް ވެސް ގޮސް ހަދާ މީހެއް ނޫނެވެ. ހަރުކަށި ފިކުރަށް ގޮސް ލެނބުނީ އާއިލާ އިން ގަބޫލު ކުރާ ގޮތުގައި ބޭރުގައި ނުވަތަ ކޮންމެވެސް ތަނަކަށް ގެންގޮސް ބަޔަކު މީހުންގެ އަވައިގައި ޖެހިގެންނެވެ. މީގެކުރިން އެފަދަ ކަމެއް ކޮށްފާނެ ކަމަށް އާއިލާގެ އެއްވެސް މީހަކާއި އަދުހަމްގެ ގާތް މީހަކު ވެސް ގަބޫލުކޮށްފައި ނުވާ ކަމަށް މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ ހަރުކަށި ފިކުރަށް އަދުހަމް ލެނބި، މީހާގެ ސިފައަށް ވެސް ބަދަލު އަންނަން ފެށި ކަމަށެވެ. އެގޮތުން ތުނބުޅި ދިގު ކުރުމާއި ފަޓުލޫނުގެ ފައިކުރި ކުރުކުރުން ފަދަ ކަންކަން ފާހަގަވި ކަމަށް އޭނާ ބުންޏެވެ.
"އެއްވެސް މަސައްކަތެއް ނުކުރާނެ ފަހުން، އޭނާގެ ހިތް ފަހުން ދެވިފައި އޮތީ ހަރުކަށި ފިކުރަށް. ގެންގުޅޭނީ ހަރުކަށި ފިކުރުތައް. އެ ވިސްނުންތައް އަބަދު ހުންނަނީ. މީހެއްގެ ފުރާނަ ދުއްވާލަން ވެސް އަދުހަމް ފަސް ނުޖެހޭ ފަދަ ވިސްނުން ގެންގުޅުނީ،" އެމީހާ ކިޔައި ދިނެވެ.
"އެކަމަކު އާއިލާގެ މެމްބަރުންނަކީ އެ ކަހަލަ ވިސްނުމެއްގައި ތިބޭ ބައެއް ނޫން. އަވަށްޓެރިންނާ މެދު ކަންކަން ކުރާނީ ވެސް ވަރަށް ރަނގަޅަށް، އަވަށްޓެރިއެއް ބޭރުން ފެނުނަސް ހީލާފައި ނޫނީ ނުދާނެ، ވާހަކަ ވެސް ދައްކާނެ،"
މައުލޫމާތު އެނގޭ މީހުން ކިޔައި ދިން ގޮތުގައި މި ހަމަލާ ނަޝީދަށް އަމާޒުކޮށް ދީފައި ވަނީ އެމަނިކުފާނާ ދޭތެރޭގައި އެމީހުންގެ އޮތް ރުޅިވެރިކަމާއި ނަފްރަތުގެ ސަބަބުންނެވެ. ނަޝީދަކީ ކަމުދާ މީހެއް ނޫން ކަމަށް އެމީހުން ބައެއް މީހުން ގާތުގައި ބުނެފައިވެއެވެ.
ސަބަބަކަށްވެފައި އޮތީ ހަރުކަށި ފިކުރު ނައްތާލުމަށް ނަޝީދު އިސްވެ ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުންނެވެ.
އަދުހަމް ގެއަށް ގޮސްފައި ވަނީ ނަޝީދަށް ހަމަލާދިން ދުވަސް ނޫން އޭގެ އަނެއް ދުވަހުއެވެ. މި ހަމަލާ ދިން ފަހުން، އަދުހަމްގެ ސިފައަށް ބަދަލު ގެންނަން މަސައްކަތްކޮށްފައި ހުރި ކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ތިން މީހުންގެ ވެސް މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ހިންގާ ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، ރައީސް ނަޝީދަށް ހަމަލާ ދިނީ ހަރުކަށި އަދި ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ކަމެއް ނޫނީ އެކަނި ރާވައިގެން ކަމެއް އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އަތަމާ ޕެލެސް ކައިރީގައި ހުރެ ރިމޯޓެއް ޒާތެއްގެ އެއްޗަކުން އަދުހަމް ބޮން ގޮއްވާލުމަށް ފަހު ފިލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ވަނީ އަރައިފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފައެވެ.
ތުނބުޅި ދިގު ރުމާ ފި ރިހެނުންގެ ފައިގެ ތަނބިކަށީގެ މައްޗަށް އިޒާ ރު ބެހެއްޓުމާ އެޔާ ވިއްދާފާ ހަ ރުކަށި ފިކު ރޭ އޮތީމާ ފާޑަކަށް ރަސޫލުﷲ ގެފާނަށް ފު ރައްސާ ރަކު ރެވެނީ އެ.
ދީން ކިޔަވައިގެންހުރި ޢިލްމުވެރިއެއްގެ ޙާޟިރުގައި ސީދާ އަދުހަމް އާއި ސުވާލު ކޮށްބަލަ އޭނަގެ ވިސްނުން ހުރީ ކިހިނެއްތޯ ސާފު ކުރަން. އަދި މީހަކު ބުންޏޭ ބުންޏޭ އޭނާއަކީ އެކަހަލަ މީހެކޭ ބުނިކަމުގައި ވިއަސް ސީދާ ޔަގީން ނުވާނެ.
ތުނބުޅި ދިގުކު ރުމާ ފައިކު ރި ކު ރުކޮށް ތަނބިކަށީގެ މައްޗަށް އިޒާ ރު ބެހެއްޓުމަކީ ރަސޫލުﷲ ސައްލައް ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެއް... އެޔާ ހަ ރުކައްޓާ ގުޅުވާނެކަމެއް ނެތް...
ތާހި ރުވީސް އޭނާ ނަމާދެއް ނުކު ރެޔޭ ބަހެއް ނާހަޔޭ ފިކު ރު ހަ ރުކަށިވެގެންގޮސް އެހެން ބުނި ނަމަ.
ތުބުޅިލާފަ ފައިކުރުކޮއް ފޭރާންތުރުކުރުމަކީ ހަރުކަށިފިކުރެއްނޫން
ތިވިސްނުން ތިކަހަލަ އެންމެން ގެންގުޅެނީ.
“މައުލޫމާތު އެނގޭ މީހަކު ބުނީ ހަރުކަށި ފިކުރަށް އަދުހަމް ލެނބި، މީހާގެ ސިފައަށް ވެސް ބަދަލު އަންނަން ފެށި ކަމަށެވެ. އެގޮތުން ތުނބުޅި ދިގު ކުރުމާއި ފަޓުލޫނުގެ ފައިކުރި ކުރުކުރުން ފަދަ ކަންކަން ފާހަގަވި ކަމަށް އޭނާ ބުންޏެވެ.“ ދަންނަވަންތޯ ވާހަކައެއް. ފައިކުރި ކުރުކުރުމާއި ތުނބުޅި ދިގުކުރުމަކީ ހަރުކަށި ފިކުރަށް ލެނބުމެއްނޫން. މިއީ އިސްލާމީ ޤައުމެއް. ދެންނެވުނު ކަންކަމަކީ ސުންނަތުން ސާބިތުވާ ކަންކަން.
ތިޔަ ތަރާދުން ހަރުކަށި ފިކުރު ކިރާކަމަށްވަންޏާ ނިވާކަން ކުޑަ ހެދުންލާ އަންހެނުންވެސް އެއީ ހަރުކަށި ފިކުރުގެ މީހުން.
ދަންނަވަންތޯ ވާހަކައެއް… ސުންނަތުގަ ބޮން ގޮއްވުން އިނދޭތޯ…
ހަރުކަށި ފިކުރުގެ މީހުންނަށް ދީން އެނގެނީ ކިހާވަރަކަށް ބާ؟؟؟؟
ތުންބުޅި ދިގުވުން ފައިކުރު ކުރުވުން އެއީ އަދި ހަރުކަށި ފިކުރުވުމެއްނޫން އާޓިކަލްއެއް ލިޔާއިރުވެސް މިމޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތައް ލިޔެބަލަ
ތުނބުޅި ދިގު ފައިކުރު ކޮންމެ މީހަކު ހަރުކަށި ނުވެދާނެ އެކސމަކު ރެޑިކަލް އިސްލާމް ޤަބޫލުކުރާ ހަރުކަށި ކޮންމެ މީހެއްގެ ވެސް އެ ސިފަހުރޭ
އަދުހަމު ނުބުންޏަސް ރަލާ އޫރުމަހާ ވިއްކައިގެން ލިބޭ ފައިސާ އަކީ ހަރާމް އެއްޗެއްކަން އަހަރެމެން ދަންނަން.
ހަރުކަށި ފިކުރައް އޮތް އެންމެ ބޮޑު ހައްލަކީ ގައުމުގެ ހަތަރު ފަރާތުންނާއި ގާނޫނުންނާއި ވެރިކަމުން ލާދީނީޔައްތު ފިލުވާލުމާއި އެކު މިގައުމަކީ އިސްލާމްދީނައް ފުރައްސާރަކުނުރާ ބިމަކައް ހެދުމެވެ.
ދިވެހިން ހަރާން ފައިސާ ކަނީއޭ ކިޔާފަ މީނަ މިއުޅެނީ ހަކުރު ބޯ މީހުންނާ އެކީ ބޮން ގޮއްވަން ކިހާރީތި.. މި ހަމަ ސުންނަތު ގަ އޮންނަ ގޮތައްބާ މި އުޅެނީ ތުނބުޅިލާފަ ފައިކު ފަޓުލޫނު ލައިގެން..
މިތާގަ ކޮމެންޓް ކޮއްފަ މިހުރީ ހުސް ސޭހުންތަ؟؟
ދަފްތަރުގައި ޖެހިގެން ހުޅު މާލެއިން ފްލެޓް ލިބޭ އުޞޫލު ހުއްޓާލާކަށް ނުވޭ ހެއްޔެވެ؟
ޙަމަލާގައި ޒަޚަމްވެފައިވަނީ 4 މީހުންކަމަށްވާއިރު، އޭގެތެރޭގައި ދެހަށިފާރަވެރިން ހިމެނޭއިރު، އަދި ބިދޭސީއަކުވެސް ހިމެނޭއިރު، ބިދޭސީމީހާ ބޭސްއެޅުމަށްފަހު ދޫކޮށްލާފައިވާއިރު، ހަށިފާރަވެރިންނަށްވެސް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާއިރު، ހުރިހާ ގެއްލުމަކާ ސީރިޔަސް އަނިޔާއެއް ލިބިފައިވަނީ ރައީސް ނަޝީދަށް ކަމަށްވާއިރު، ސުވާލަކީ، ހުރިހާ ސީރިޔަސް އަނިޔާއެއް ރައީސް ނަޝީދަށް ލިބިފައިވަނީ ބޮޑީގާރޑުންގެ އެއްވެސް އިހުމާލެއް އޮވެގެންތޯ މިސުވާލެވެ.
ގޮވި އެތި އުފެއްދި މީހާގެ މޮޅުކަން އެއީ. އޭތިހަދާފާ ވާކަމަށް މިބެލެވެނީ ސީދާ ނަޝީދަށް އަމާޒުވާގޮތަށް ކޮމްޕިޔުޓަރައިޒް ކޮށްގެން. ހުރިހާ ރޭޒާފުށްތައްވެސް ނަޝީދުގެ ހަށިގަނޑަށް ވަންނަގޮތަށް ޖީޕީއެސްވެސް ބޭނުންކޮށްގެން. އެހެންވެގެން ހަށިފާރަވެރިންގެ ގަޔަށް އެއްވެސް އެއްޗެއްނުވަދެ ސަލާމަތްވީ.
އިސްލަމްދީނަކު ނޯވޭ ދެއްތޯ ބަޔަކާއިމެދު ހިތްހަމަނުޖެހުނީމަ މަރާކަށް ، ކުށެއް ކޮށްފިއްޔާމުން އިސްލަމީޝަރީއަތުން ސާބިތުވެގެން މެނުވީ ހުކުމެއް ތަންފީޒެއްނުކުރެވޭނެ. ދެން އަނެއްކަމަކީ ކުންމެމީހަކު އެމީހަކު މީހަކާއިދޭތެރޭގައި ހިތްހަމަ ނުޖެހޭއިރަށް އެމީހަކު މަރަންވެއްޖެއްޔާ އިންސާފް ޤާއިމްކުރާނީ ކިހިނެއްބާ؟ ރަސޫލުﷲގެފާނަކީ މީސްތަކުނަށް އެންމެ އޯގާތެތި އިންސާނާ ، އެކަލޭގެފާނު ފުނުއްވުނީ އާލަމްތަކަށް ރަހްމަތެއްކަމުގައި، ﷲވަހީކުރައްވަފައިވަނީ ކަލޭގެފާނުއަކީ ހަރުކަށިބޭކަލެއްކަމުގައި ވީނަމަމީސްތަކުން ކަލޭގެފަނަށް ތަބަނުވީހޭ. ވީއިރު ކޮންތަނަކުން މިމީހުން ހޯދައިގެން އުޅޭ ސުއްނަތެއްބާ؟ކުފުރުގެ ބިން ހުންނަކަމެއް ނުދެނެހުރިން ބިމެއް ﷲއަށް ކުފުރެއްނުވޭ ބިންވަނީ ﷲސުބުހާނަހޫ ވަތައަލާ އަށް ބިރުވެތިވެ ފުރިހަމައަށް ކިޔަމަންވެގެން، ކުފުރުވަނީ އިންސާނާ، އިންސާނާ މާތްކުރައްވާފައި ސިކުނޑި ދެއްވާފައިވަނީ ވިސްނަައި ފިކުރުކުރުމަށް، ތިމީހުން ވިސްނިވިސްނީނުން އިތުރުވަނި ޖާޖިލުކަން.
ކޮވިޑު ބަލީގަ އެންމެންގެ ދުވަސްދުއްވާލާފަ ބޮންގޮއްވައިފިޔޭ މަރައިފިޔޭ ކިޔާފަ ފިލީދޯ. ބުއްޅަބޭގެ ހަބަރަކީ މާ މުހިންމު ހަބަރެއްނޫން. ދިވެހިރާއްޖޭން އެތައްބައެއް އެއްފަހަރާ މަރުވަމުންދާ ހަބަރު އިވުނީމަ މާ އަސަރުކުރޭ
ބޮޑީގާޑުން ތިބޭނީ ރައީސް ނަޝީދުއާ އެހާ ގާތުގައިކަމަށްވާއިރު ތިބުނާ ރޭޒާ ފުށް އެމީހުންގެ ގަޔަށް ވާސިލުނުވީ ކީއްވެބާ ހިތަށް އަރާ. ސަބަބަކީ ހަށިގަނޑު ތެރެއަށް އެބުނާ ފުށްތަކެއް ދިޔަނަމަ ބޮޑީގާޑުން ހޮސްޕިޓަލުން އެދުވަހުން އެދުވަހަށް ދޫކޮށްނުލާ އެމީހުންނަށް ފަރުވާ ދޭނެ. ޢަދި އޮޕަރޭޝަންވެސް ކުރާނެތާ!
ފައިކުރުކޮށްފަ ތުނބުޅި ދިގުކުރުމަކީ މައްސަލައެެއް ކަމުގަ ވަންޔާ،ކުޑަކުދިންނާ ބެހި ފުޅާދާއިރާގަ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ހަދާއިރު މިކަމަށް ތިވަރަށް ރިއެކްޓް ނުކުރަނީ ކީއްވެ.
އަދުހަމް ބުންޏަސް ރަލާ އޫރުމަސް ވިއްކައިގެން ލިބޭ ލާރި ޙަލާލެއް ނުވާނެ
މީސްތަކުންނޭ. މިވާ ގޮތަކާމެދު ފުންކޮށް ވިސްނާލަން އެބަޖެހޭ. ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހާ ވައްކަން ކޮށް މަސްތުވާ ތަކެތި ބޭނުން ކުރާނެތަ؟ ހީވާ ގޮތުން މި މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކަށް ނުވާނެ. ކޮންމެވެސް އެހެން މަޤްޞަދުތަކެއް ޙާޞިލް ކުރަން ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ މުޑުދާރު ބައެއް.
އޮޅުވާނުލައްވާ، ތިމޭރުމުން ވެއްޖިއްޔާ ތުނބުޅި ބާލައިގެން ހުރި ކޮންމެ މީހަކީ ލާދީނީ ހަރުކަށިފިކުރޭވެސް މުހާތަބުކުރަންވީނޫންތޯ، ތުނބުޅި ދިގުކުރުމާއި ފައިކުރި ކުރުކޮށްފައި ބެހެއްޓުމަކީ ސުންނަތުން ސާބިތުވާ ކަންކަން.
އަދުހަމް ބުނާވާހަކައެއްނޫން އެއީ ބަނގުރަލާއޫރު މަސްނުވިއްކިޔަސް ހެޔޮލަފާ ސޯލިހު ވެރިޔަކު ލިބިއްޖެނަމަ މަސްވެރިކަމާ ހަލާލު ޓުވެރިޒަމުން ނަފާހޯދެން އެބައޮތް އިންސާނުން ދިނިޔެއައް ފޮނުއްވީ ހައްގާބާތިލުވަކިވާ ފޮތަކާއެކު އެއީ ހަރުކަށި ވުމެއްނޫން އެއީ ގުރުއާނުން އެނގެންއޮތްކަމެއް
މީހެއްގެ ހުރި ނުރަނަގަޅު ސިފައެއް ސިފާކުރާކަށް ފަޓްލޫނު ދިގުކުރުމާ ތުބުޅި ދިގުކުރުން އެއީ މޮޅު ލިޔުމެއް ލިޔުމަކަށް ލިޔަންޖެހޭ ވާހަކައެއްނޫން. އޭނާ ކުރާނުރަނަގަޅު ކަންތައް ނުރަނަގަޅު ކަމަކަށް ވާނީ.މިއާރޓިކަލް ލިޔުނުމީހާއަށްވެސް އެކަންނޭގުނު.