ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް 25، އެންމެ ފުރަތަމަ ހަމަޖެހިލައިގެން ހުރީ އަތަމާ ޕެލެސް ތެރޭގައެވެ. އޭނާ ހުރީ އަތުގެ ތެރެއަށް ރިމޯޓެއް ޒާތުގެ އެއްޗެއް ވެސް ފޮރުވައިގެނެވެ. އޭނާގެ އަމާޒަކަށް އޮތީ އެންމެ ސަބަބެކެވެ. ގިނަ ޕާޓީތައް އެކުލެވިގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ސިޔާސީ ލީޑަރުގެ ފުރާނަފުޅު ދުއްވާލުމަށް އޭނާ ހުރީ ތައްޔާރަށެވެ. އެއީ މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސެވެ.
އަދުހަމް ހުރީ ނަޝީދުގެ ގެކޮޅު ކަމަށްވާ، ގ. ކެނެރީގެއިން ނުކުންނަވާނެ އިރަކަށް ބަލަބަލައެވެ. އެމަނިކުފާނުގެ ހަށިފާރަވެރިންނާއެކު ހިންގަވާފައިވާ ވަޑައިގަތީ މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށެވެ. މަޖީދީ މަގާ ހަމައަށް ވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށް ގޮއްވާލީ އެ ތަނުގެ ކައިރީގައި ޕާކްކޮށްފައިވާ ސައިކަލެކެވެ. އެ ސައިކަލުގައި ނުރައްކާތެރި އައިޑީއެއް ހަރުކޮށްފައި އޮތެވެ. ނަޝީދު ސައިކަލާ އަރާ ހަމަވިއިރު އަދްހަމް ބޮން ގޮއްވާލާފައި ފިލަން ދުއްވައިގަތެވެ. އޭރު މުޅި ސަރަހައްދު އޮތީ ދުމުން ބޯވެފައެވެ.
ފުލުހުން މިއަދު އާންމު ކުރި ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި، ހަމަލާއަށް ފަހު އަތަމާ ޕެލެސް ތެރޭ ތިބި މީހުންނާއި އެ ތަނުގެ ކައިރީ ވަށައިގެން ތިބި މީހުންނާއި އަދުހަމްގެ ހަރަކާތްތައް ތަފާތެވެ. ހަމަލާއަށް ބިރުން ގިނަ ބަޔަކު އަތަމާ ޕެލެސްތެރެއަށް ވަންނަނީއެވެ. އަނެއް ބަޔަކު ދުރަށް ޖެހެނީއެވެ. އޭނާގެ ހަރަކާތްތައް ހުރީ މާކުރިން ހަރަކާތަށް ތައްޔާރުވެގެން ހުރި ގޮތަކަށެވެ. ވަގުތުން ދުވެފައި ނުކުތީއެވެ. އޭގެ ފަހުން ބާރަށް ދުވެފައި ބާއިންޖީނުގޭ މަގާ ދިމާއަށް އޭނާ ދެއެވެ. އަދުހަމް ދިޔައީ ބާއިންޖީނުގޭ ހުންނަ މަގުން ގޯޅިއެއްގައި އުޅޭ އޭނާގެ އެކުވެރި މއ. ފޭރުގެ، މުޖާޒު އަހުމަދުއާ ބައްދަލުކުރުމަށެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ، މާލެ، ނީލޯފަރު ހިނގުމުގައި އައިއީޑީއެއް ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ އަދުހަމް އަޙްމަދު ރަޝީދު، އައިއީޑީ ގޮއްވާލުމުގެ ކުރިން ހަރަކާތްތެރި ވެފައިވާ ގޮތުގެ ވީޑިއޯ#May06TerrorAttack pic.twitter.com/MEqpsuS7t2
— Maldives Police (@PoliceMv) May 9, 2021
މުޖާޒުގެ ގެ ކައިރިން އަދުހަމް ބައްދަލު ކުރުމަށް ފަހު، ސައިކަލުގައި ދެ މީހުން ނުކުތެވެ. މި ދެ މީހުންގެ މޫނު މަތިން ދެން ފެންނަނީ ހާސްކަމެވެ. ރޭވުންތަކެއް ރާވާފައި ނުކުތީއެވެ. އެކަމަކު ރޭވި ރޭވުމަށް ފަހު ވެސް ސީސީޓީވީ ކެމެރާތަކުން މި ދެ މީހުން ސަލާމަތެއް ނުވެއެވެ. ފުރަތަމަ ދުއްވާފައި ދިޔައީ ރަށްދެބައި މަގުން ގޮސް އަނޫނާ ގޯޅިން ލާފައި ކުރިކީލަށް މަގަށެވެ. އެ މަގުގައި ހުރި ކެމެރާއަކަށް ދެ މީހުންގެ ހަރަކާތް އަރާފައިވެއެވެ. އޭގެ ފަހުން ޗާންދަނީ މަގަށް އަޅާފައި އެ މަގުގެ ދެކުނުކޮޅު ހުންނަ ޖަލާލުއްދީން މިސްކިތް ކައިރިއަށް އެޅިއިރު އެ ތަނުގައި ހުރި ކެމެރާއަށް ވެސް އަރާފައިވެއެވެ.
ދެން ސައިކަލުގައި ދުއްވާފައި އެރީ މާފަތްތަކުރުފާނު މަގަށެވެ. އެ މަގުން ގޮސް ޣިޔާސުއްދީން ސްކޫލާ އަރައި ހަމަވިއިރު އެ ތަނުގައި ހުރި ސީސީޓީވީ ފުޓޭޖަކަށް ވެސް ދެ މީހުން ސައިކަލުގައި ދަނިކޮށްދާ މަންޒަރު އަރާފައިވެއެވެ. ޣިޔާސުއްދީން ސްކޫލް ކައިރިން، އަމީނީ މަގުގައި ދުއްވާފައި ދެން ދިޔައީ އިރުމައްޗަށެވެ. ދުއްވާފައި ދިޔައީ އަމީނީ ބިލްޑިން ކުރިމަތީ ހުންނަ ބުރު ޕާކަށެވެ. އެ ތަނުގައި ހުރި ކެމެރާއަކަށް ވެސް މަންޒަރުތައް އެރިއެވެ. އެ ތަނުގައި ދެން ދެ މީހުން މަޑުކުރެއެވެ. އަދި ކޮންމެ ވެސް މީހަކަށް ގުޅަން އަދުހަމް އުޅޭ މަންޒަރު ވެސް ފެނުނު ކަމުގައި ފުލުހުން މައުލޫމާތު ދެއެވެ.
އެ ތަނުގައި އިރުތަކެއް ވަން ދެން ތިބުމަށް ފަހު އަނެއްކާ ވެސް ނުކުތެވެ. ސައިކަލުގައި އަމީނީ މަގުގެ އިރުމައްޗަށް ދަތުރުކުރިއެވެ. އެންމެ ކައިރިން ބިލަބޮންގް ސްކޫލާ އަރާ ހަމަވިތަނާ އެ ތަނުގައި ހުރި ކެމެރާއަކަށް ވެސް މަންޒަރު އެރިއެވެ. ދެން ދުއްވާފައި ޓީވީއެމް ހުންނަ މަގުން ލަނބާލިއެވެ. އެ ތަނުގެ ކައިރީ ވެސް ކެމެރާއެއް ހުރީއެވެ. އެ މަގުގައި ހުރި ޕާކިން ޒޯން ކައިރީ ހުރި ކެމެރާއަށް މަންޒަރުތައް އެރިއެވެ. ޕާކިން ޒޯންގެ ތެރެއަށް ވަންނަ މަންޒަރު ފެނެއެވެ. އެ ތަނުން ބުރުޒު މަގަށް ނުކުތީ ހިނގާލައިފައެވެ. އެ މަގުން ގަލޮޅު މަދަރުސާއާ ހަމައަށް ދިޔަތަނާ އެ ތަނުގެ ކައިރީ ވެސް ކެމެރާއެއް ހުރީއެވެ.
ހިނގާލާފައި ދިޔައީ ބުރުޒުމަގުގެ އިރުމައްޗަށެވެ. އެ މަގުން ދޮނަރާދާ ހިނގުން ގޯޅިއަށް އެޅިއެވެ. ދެ މީހުން ހިނގާފައިދާ މަންޒަރު އެ ތަނުގެ ކައިރީ ހުރި ކެމެރާއަކަށް ވެސް އަރާފައިވެއެވެ.އެ މަގުން ލޮނުޒިޔާރަތް މަގަށް އެރިއެވެ. ދެ މަގުގެ ކަންމައްޗަށްވާ ގޮތަށް ތިބިއިރު އެ ތަނުގައި ހުރި ކެމެރާއިން ވެސް އެ މީހުންގެ އެ މަންޒަރުތައް ފެނެއެވެ. ދޮނަރާދާ ހިނގުން މަގުން ހަމަ ހިނގާފައި ކުރިއަށް ގޮސް ހެޕީ ޓައިމް ފިހާރަ ކައިރިން ހުޅަނގަށްވާ ގޯޅިއަށް ލަނބާލިއެވެ. އެއަށް ފަހު ރުއްކެނޑިޔާ ހިނގުން މަގަށް އަރައި އުތުރަށް ހިނގާފައި ބޮޑުރަސްގެފާނު މަގަށް އެޅިއެވެ. އެ މަގުން ދަމުން ރާނދަފަތި ގޯޅިއާ ހަމައަށް ދެވުނުއިރު އިތުރު ކެމެރާއަކަށް ދެ މީހުންގެ ހަރަކާތްތައް އެރީއެވެ. ދެން އޭގެ ފަހުން އެ ތަނުގައި ހުރި ގެސްޓް ހައުސްއެއްގައި މަޑުކުރިއެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ، މާލެ، ނީލޯފަރު ހިނގުމުގައި ދިން ޓެރަރިސްޓް ހަމަލައިގައި އައިއީޑީ ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ އަދުހަމް އަޙްމަދު ރަޝީދު، އައިއީޑީ ގޮއްވާލުމަށްފަހު މުޖާޒް އަޙްމަދާއެކު މާލެ ތެރޭގައި އުޅެފައިވާ ގޮތް ދައްކުވައިދޭ ވީޑިއޯ#May06TerrorAttack pic.twitter.com/Xx7fIU6IME
— Maldives Police (@PoliceMv) May 9, 2021
އާންމު ރައްޔިތުންގެ މަސައްކަތަށް ވެސް ސާބަސް!
ފުލުހުން ވެސް މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު ވަންދެން އަދުހަމާއި މުޖާޒު އެ މީހަކު ދިރިއުޅޭ ގެއަކަށް ނުދެއެވެ. ގެސްޓް ހައުސްއަށް ފަހު އެ މީހަކު އުޅޭ ގެއަށް ދިޔައިރު، ހަމަލާ ދިން އެ ސަރަހައްދުގައި ހަރަކާތްތެރިވި އަދުހަމް ހޯދުން ލަސްވެގެން ވެސް ދިޔައެވެ. އަދުހަމް ހުރި ތަނެއް ހޯދައިގެން މިއަދު ހެނދުނު ހައްޔަރު ކުރިއިރު، ހައްޔަރު ކުރެވުނީ އާންމުންގެ ބަޔަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
"ސަސްޕެކްޓް އެކެއް އައިޑެންޓިފައިކޮށް ހައްޔަރު ކޮށްފައިވަނީ އާންމު ފަރާތުން ސީދާ ދެއްވާފައިވާ މައުލޫމާތެއްގެ އަލީގައިކަން ވެސް ފާހަގަ ކުރަން،" މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވިއެވެ.
އަދުހަމް ހައްޔަރު ކުރީ މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެނގިފައިވާ ގޮތުގައި އަދުހަމް ހައްޔަރު ކުރެވިގެން އައީ އޭނާގެ އާއިލާ މީހަކު ދިން މައުލޫމާތެއްގެ މައްޗަށެވެ. އަދުހަމްގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާގެ އުޅުމަށް ބަދަލު އަންނަން ފެށީ ހުޅުމާލެ ބަދަލުވި ފަހުންނެވެ. ފަހުން އެކަހެރިވެ އުޅުން ގިނައެވެ. އެއީ އަދުހަމްގެ ކައިވެނި ވެސް ރޫޅުނު ފަހުންނެވެ. އެ ކައިވެންޏަށް ކުދިން ލިބިފައެއް ނުވެއެވެ.
އަދުހަމްއާއި މުޖާޒުގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދެވެ. މި މީހަކީ ބޮން ހަރުކުރި ސައިކަލުގެ ވެރިފަރާތެވެ. މި އެންމެނަކީ ވެސް ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހުން ކަމަށް ބުނެއެވެ. އަދި ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ރެކޯޑް އޮތް ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވެސް ފާހަގަކުރައްވާ ގޮތަށް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ގޮތަށް، ތަހުގީގުގެ ދުވެލި މި ވަރަށް ވެސް ބެހުއްޓުނީ ސިސީޓީވީ ފުޓޭޖްގެ އެހީއާއެކު، އާންމު ރައްޔިތުން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށެވެ.
ހަ މަލާއާ ތި މީހުންނާ ހުރި ގުޅު މަކީ ކޮބާހޭ. މާލެތެރޭ ބުރުޖަހާ ޒުވާނުން ފޮލޯ ކޮށްފިނަ މަ މާ ގިނަ ފުޓޭޖުވެސް ފެނިދާނެ.
އަދުހަމް ބޮން ގޮއްވާލުމަށް ފަހު ފިލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ވަނީ އަރައިފައި
ވ ވ ފުރިހަމަ ޕޮލިސްގެ މަސެއްކަތް މީގެން ދޭހަވަނީ ދިވެހި ފުލުހުންގެ ކުޅަދާނަކަން ވީއިރު ފުޜިހަމަ މިނިވަން ކަމާ ބާރު ފުލުހުންނާ ސިފައިންނަށް ކޮންމެ ވެރިކަމެއް ގަވެސް ދޭންޖެހޭ ފުލުހުން އެބަޖެހޭ ވަކި ބަޔަކަށް ވަކިމީހެއްގެ ބާރުން މިނިވަންވާން ސުވާލަކީ ކޮބާހޭ ޑރ އަފްރާސިމް ނުހަށްގުން އެހާ އަނިވެރިކޮން ކަތިލިމީހުންގެ ތަފްސީލީ ވީޑިއޯ ފްޑޭޖް ތައް؟
ޜޫޙާނީ ލީޑަރ އަދި މިގައު މުގެ ވެރިކަންކޮށްފަ ހުރި މީހެއް ، ރައްޔި ތުންގެ މަޖްލިސްގެ ރައީސް އަދި ފަރަންޖީންގެ ސަޕޯރޓް ވަރަށް ބޮޑަށްއޮތް ބޭފުޅެއް މިހާރު ވެރި ކަން ކުރާ ޕާރޓީގެ ރައީސް މީހާ . ޢެހެންވީމ މަ ވަރަށް ތަފާތުވާނެތާ އެހެން މީހުނާ
ބޮނޑު ރިހަގަނޑެއް ކަހަލަ ގޮލައެއް...ބުރާންތި އެހުރީވެސް ކެމެރާއެއްގެ ކުރިމަތީގަ އެކަން ކުރި އިރު....ތިހިރީ އަތައް ގޮވާފަ ރަގަޅައް...ލޮލް..ހަހަހަހަހަ...ކަލޭ ބޮލައް ޗިޕު ޖެހި މީހާ ނުކިޔަެިދޭ ދޯ ސީސީޓީވީ ކެމެރާ އެއީ ކޯޗެެއް ކަން...ކާކުތަ ކަލޭތީ ބޮން ގޮއް ވަން
ކިހިނެއްބާ މިމ މީހުންނައް އެނގުނީ ރައިސް ނަސީދް އެވަގުތު އެތަނައް ވަޑައިގަން ނާވާކަން މީކޮން މެހެން ބަލަންޖެހޭ ކަ މެއްހެން ހީވަނީ
ހައްޔަރު ކުރާތާ 15 ވަރަކަށް ދުވަސް ފަހުން ދޫކޮށްލާތީ މައްސަލަ އަކީ. ޓެރަރިސްޓުންނަކީ ނުރައްކާތެރި ބައެއް، ކުށް ކޯޓުގަ ސާބިތު ކުރެވެން ދެން ހުރިހާ ސަސްޕެކްޓުން ހައްޔަރުގަ ބައިތިއްބަން ޖެހޭ.
ވެދާނެ އެތާހުރެފަ ބިރުން ދިޔަ މީހަކަށްވެސް.. އަދި އެކަން ކުރި މީހާ ކަމަށްވެސް.. ރަނގަޅު ތަޙުޤީޤެއް ބޭނުންވޭ.. ކަމެއް ޙާސިލް ވިޔޭ ބުނުމަށް މީހަކު ޤުރުބާން ކޮށްގެން ނުވާނެ.. ކުށެއްގެ ތުޙުމަތު ކުރާ މީހަކީ ކުށްވެރިއެއް ނޫން.. ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީވެސް މިިނިވަނެއް.. އަލިފް ހާ..
މިގޮތަށް ކުރިން ގެއްލިފަ ތިބި މީހުންނާ މަރާލި މީހުންގެ ގާތިލުން ވެސް ހޯދޭނެ ދޯ.
އަހަރެން ހަމަ ކޮސް ވެއްޖެ މުޅިމާލޭގަ ކެމެރާ ގޯތިތެރޭގަ ސިއްރު ކަމެއްވެސް ކޮށްނުލެވޭވަރައް މިހުރިހާ އެއްޗަކަށް އެބައަރާ އެބުނާ އިއްޒަތް ތެރިންނައް ބަލާލިޔަސް އެކަމަކު މަގުމަތީ ނިކަމެތި ރައޔިތުމީހާ ކާލާއިރުވެސް ކެމެރާތައް ތިބެނީ ނިދި ކުރައްވާފަ ގައުމުގެ މުއައްސަސާތަކުގެ ހާލު
މަގޭ ސައިކަލް ފޮރިންމިނިސްޓްރީ ކުރިމަތިން ވަގަންނެގި.މަ ފަގީރުވީމަ ކެމެރާތަކަށްވެސް ނޭރި.އެތާ ކުރިމަތީގަ ބޭންކު ކަންމަތީޥެސް 360 ގެ ބޮޑު ގޮލައެއް އިދޭ.އަދިޗެސް ސައިކަލް ކެމެރާއަކަޡް ނާރާ.