"މިއީ މި ވަގުުތު ދިވެހި ފުލުހުންގެ މުއައްސަސާއިން އެންމެ އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ މައްސަަލަ" ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފާހަގަކުރެއްވި އެއް ވާހަކައަކީ މީއެވެ. އެއީ ތެދެކެވެ. މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރެއެވެ. ބައިނަލްއަގުވާމީ ގައުމުތަކުގެ އެހީވެސް ދަނީ ހޯދަމުންނެވެ. ދިވެހި ފުލުހުންގެ 450 މީހުން މިކަމަށް ބޭނުން ކުރެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި ފުރަތަމަ 24 ގަޑިއިރު ތެރޭގައި މީހަކު ހައްޔަރު ނުކުރެވުނަސް ހަމަލާ ދިންތާ ތިން ދުވަސް ތެރޭގައި ފުލުހުން ހޯދަން ބޭނުންވާ ހަތަރު މީހުންގެ ތެރެއިން ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ފަހުން ހާމަކުރި ގޮތުގައި އެއީ އެންމެ ބޭނުންވާ ތިން މީހުނެވެ. ހަތަރުވަނަ މީހާއަކީ ތުހުމަތު ކުރެވޭ ނޫނީ ސަސްޕެކްޓްއެއް ނޫނެވެ. މައުލޫމާތަށް ބޭނުންވާ މީހެކެވެ. އެހެންވެ ހައްޔަރު ކުރަން މި ވަގުތަށް މުހިއްމު މީހުން ތިބީ ހައްޔަރުގައެވެ. ހަމަލާގެ އެންމެ އިސް މީހާ ވެސް ހިމެނެއެވެ.

ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން މި މައްސަަލައިގެ ތަހުގީގު ބާރުމިނު ހުރިވަރު ރަނގަޅަށްވެސް ފަހުމްވެއެވެ. ބޮން ގޮއްވި ފަހުން ކޮންމެ ދުވަހަކު ހެން ނޫސްވެރިންނާ ބައްދަލުކުރެއެވެ. މާލޭގެ ހުރިހާ ސީސީޓީވީ ފޫޓެޖެއް ހެން ބަލައި ދިރާސާކޮށްފިއެވެ. ބޮން ގޮއްވާލަން ބޭނުން ކުރި ތަކެތިން ފެށިގެން އެ ހަމަލާގައި ބައިވެރިވާ މީހުން އުޅުނު ގޮތް ވެސް މިހާރު އެހުރީ ހާމަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ދިޔުމާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. ހެއްކާއެކު ދައުވާކުރަން ފޮނުވަން ވީހާވެސް އަވަހަކަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

މި މައްސަލަ އަށް ހިފެހެއްޓުމެއް ނެތް ތައުރީފް އާންމުންގެ ފަރާތުން ދިޔައީ ފުލުހުންނަށް އޮހެމުންނެވެ.

ފުލުހުންގެ މަސައްކަތަށް ތައުރީފާއެކު ޓްވިޓާގައި އެ ވީޑިއޯ ރީޓްވީޓްކުރި އެންމެންވެސް އެކަމަކު، އުފެއްދީ އެއް ސުވާލެެކެވެ. މީގެ ކުރިން ހިނގާފައިވާ މަރުގެ މައްސަލަތައްވެސް މިހާ ހަލުވިވާނެނަމައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަން ކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާޙިމް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ދުވެލިއަށާއި އެ މައްސަލާގައި ވަކާލާތު ކުރައްވަން ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަޑައިގަންނަވާތީ މަރުޚަބާ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ވަޑައިގެން އިންސާފު ދިނުމަށް ޕީޖީއަށް ގޮވާލައްވައިފައެވެ.

"ހެޔޮ ނުވާނެ، ﷲ އަށް ޓަކައި ކޮށްދީ، ޔާމީން ރަޝީދުގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާދީ އޭނާ މަރާލާފައި އޮތް، މިކަން ކޮށްދޭން އާދޭސް ދަންނަވަން،" އިބްރާގެ ޓްވީޓްގައިވެއެވެ.

ވީޑިއޯ ރީޓްވީޓް ކުރައްވާ ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު އުފެއްދެވީ ސުވާލަކީ ރަހުމްކުޑަކޮށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލުން ހޯދަން ފުލުހުން މިހާވަރަށް މަސައްކަތްނުކުރީ ސަބަބަކާ މެދުގައެވެ.

"ސީޕީ ހަމީދު ހުންނެވުމުން އުއްމީދު އާވޭ، ވަށައިގެން ކެމެރާ ހަރުކުރެވިފައިވާ މި ކުޑަ ކުޑަ މާލޭގައި ޑރ. އަފްރާޝީމްގެ ޤާތިލުން ޓްރެކް ކުރުމުގައި ތިޔަވަރު ނުވީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ،" ދިޔާނާގެ ޓްވީޓްގައިވެއެވެ.

ޝިއާން ކިޔާ އައިޑީއަކުން ކޮށްފައިވާ ޓްވީޓެއްގައި އޭނާގެ ފާޅުކުރި ޝުއޫރަކީ އަފްރާޝިމް އަވަހާރަކޮށްލަން ހަމަލާދިންއިރު އެކަން ކުރި ބަޔަކު އުޅުނު ގޮތެއް މާލޭގައިހުރި ސީސީޓީވީތަކުން ބެލެން އޮތްއިރު ހަމަ އެބީދާއިން އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ނުކުރެވެންވީ ކީއްވެތޯއެވެ.

އަހުމަދު ރައްޒާގު ކިޔާ މީހަކު ކުރީ މާނަހުރި ޓްވީޓެކެވެ. އޭނާ ބުނަނީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގުން ފުލުހުންގެ އަތުގައި ބޭނުންވާ ހުރިހާ ވަސީލަތެއް ހުރި ކަން ހާމަވާ ކަމަށެވެ. އެކަމަކު ކުށް ކުރުމާއި މީގެ ކުރިން ހިނގާފައިވާ މައްސަލަތައް ހައްލުނުވާ ކަން ފާހަގަކޮށް އޭނާ ބުނީ އެ ކަން ހައްލު ކުރަން ހަމައެކަނި ފުލުހުންނަށް ބޭނުންވާ ވަސީލަކީ އިޚްލާސްތެރި ނިޔަތެއް ކަމުގައެވެ.

https://twitter.com/ahmym29/status/1391379621052968965

އިކްރާމް ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ވެސް ވަނީ ޑރ. އަފްރާޝީމްގެ ޤާތިލުންނާއި އޭގެ ފަހަތުގައި ތިބި މީހުން ނުހޯދެނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޓްވީޓެއް ކޮށްފައެވެ.

ހައްލުނުވެ ހުރި މަރުތަކުގެ ވާހަކަ ދައްކަނީ އެ ފަރާތްތަކަށް ލިބެންވާ އިންސާފު ނުލިބޭތީއެވެ. ނުވަތަ ވަކި ބަޔަކުގެ ޕްރެޝަރާ ހެދި މައްސަލަ ހުއްޓޭތީއެވެ. މައްސަލަ ބަލަން މަރު ކޮމިޝަނެއްގެ ނަމުގައި ކޮމިޝަނެއް ހަދައިގެން ވެސް އެކަން ވެސް އެންމެ ފަހުން ވެގެން ދިޔައީ ބޮޑު ސަކަރާތަކަށެވެ. އާއިލާތަކަށް ލިބުނީ މާޔޫސްކަމެވެ. އެކަން އެންމެ ބޮޑަށް ތަހައްމަލުކުރަނީ ޔާމީން ރަޝީދުގެ އާއިލާއާ އަހުމަދު ރިލްވާންގެ އާއިލާއިންނެވެ.

މިއީ މުޖުތަމައުގައި ކަންބޮޑުވުން އިންތިހާއަށް ގޮސް ސުވާލު ނުލިބޭ މަދު މައްސަލައެއްގެ ވާހަކައެކެވެ. އާންމު ރައްޔިތުންނަށް މި ގޮތަށް އިންސާފު ނުލިބި އެތައް މައްސަލައެއް އެބަ އޮތެވެ. އަނިޔާގެ ވޭނުގައި ތިބި ކިތަންމެ އާއިލާއެއްވެއެވެ. މައްސަލަ ކޮޅެއްގައި ނުޖެހި އެންމެންވެސް ތިބެނީ "ވާނުވާ" އެއްގެ ތެރޭގައެވެ. ފުލުހުންނަށް ލިބިފައި އޮންނަ ގާނޫނީ އިޖުރާތްތަކުގެ ތެރެއިން ތަހުގީގުކޮށް ވީވާވެސް އަވަހަކަށް ނުނިމޭހާ ހިނދަކު އިންސާފަށް ކުރާ ދަތުރަށް އެޅޭ ހުރަސްތައް ވަނީ ގިނައެވެ. މި މައްސަލައާ އެއްގޮތަށް އެހެން މައްސަލަތައް ވެސް ބެލޭނަަމަ ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ހޯދޭނެއެވެ.

މި މައްސަލަތަކުގެ ފަހަތުގައި ތިބި "މާސްޓާ މައިންޑްސް" ހޯދުނު ނަމަ ރައީސް ނަޝީދަށް ހަމަލާ އައުން ފަދަ ކަމެއް ނުހިނގައި ހުއްޓުވިދާނެއެވެ. އެކަމަކު ދެން މި ކަން މާޒީއަށް އެ ދިޔައީއެވެ. ރައީސް ނަޝީދު ފަދަ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅަކަށް ވެސް ހިމާޔަތެއް ނުލިބި ހަމަލާއެއް އަމާޒުވީއެވެ. މިހާތަނަށް ތަހުގީގުގެ ދުވެލި ރަނގަޅު ނަމަވެސް އަދި ހޯދުނީ މަންޒަރަށް ގަސްދުގައި ވިޔަސް ނެރުނު ބަޔެކެވެ. އަދި މި ރޭވުމުގެ ފަހަތުގައި އެތައް ބަޔަކު ތިބޭނެ ކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ލަސްނުވެ އެ ބަޔަކު ހޯދާށެވެ. ގާނޫނު ތަންފީޒު ކުރާށެވެ. އިންސާފު ވާސިލްކޮށްދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ހުސޭނުބޭ

    ޖަވާބަކީ
    މިއީ މުނާފިޤު ސަރުކާރަކަށް ވީމާ
    އެމީހުން ވީ އެއްވެސް ވަޢުދެއް ފުއްދާފިތަ؟
    އެކަމަކު އެމީހުންގެ މީހެއްގެ އިސްތައްޓެއް މަދުވިޔަސް ބަދަލުގައި ބައިތުލްމާލުން މިލިޔަނުން ބަދަލު ހޯދާ!

    70
    10
    • ބަނޑުހުސޭނު

      ޖަވާބަ ކީ ރާގޮނޑި ރާޖާ ހަދާކަހަލަ ވަގު ޑީލުތައްނުހަދާތީ

      24
      25
      • ލުޓޭރުންގެ ސަރުކާރު

        ބަނޑައިދޫ ރާޖާމެން ޑީލެނޫންހަދަނީ ލޫޓުވާ ފޭރި ދަމައިގަންނެގެން މީހުން ބްލެ ކްމެއިލް ކޮށް ނު ކުރާ ކަމެނެތް..ޑީލު ނުހަދާތީ ބޮޑު ޙިޔާނާތުގެ މާވަގު ދެވަގާއެ ކު ހެދިޑީލުތަ ކުން އެއޮތީ ގޭގަ ނިދާމެޝިނުގަ..ޑީލުގެ ވާހަ ކަ ނުދެއް ކި ނަމަ މާތާހިރުވީސް..އަލީވަހީދު ކޮބާ.. ކީއްވެ ރިލުވާނުގެ މަރާމެދު ވެރި ކަން ނުލިބޭއިރު އެއްމެބޮޑު ތުހުމަތެއް ކުރި މީހާއެ ކު މެޝިނުގަ ނިދާމީހާއެ ކު ރިލުވާނުގެ މައްސަލައަށް ތަހުގީގެ ނުހިންގީ..ފާފަގިނަ ކުރަން ޝައް ކާވަހުމް އުފައްދައިގެން ރައްޔިތުން ކައް ކުވާފަ މަޖާނަގަންތިބޭ ބައެއް ތިއީ..

        20
        1
    • ބޯހަލާކު

      ޖަވާބަކީ އެއިރު ވެރިންނަށް ތިބިމީހުން އެކަންކަން ސީރިއަސްކޮށް ނުނެގުން

      15
      23
      • ހަސަނުގެ ދަރި

        އެއިރު ތިބި މިހުން ސީރިއަސްކޮށް ނުނެގީމަތާ މިސަރުކާރު އަންނަން ވެގެން ރިޟުވާނާ ޔާމީން ވިއްކައިގެން ވެރިކަމަށް އައިސް މަރުތައް ބަލަން ކޮމިޝަނެއް ހެދީ . އެކޮމިޝަނުން ކުރާ ކަމެއް ނުފެނޭ. އަހުންނަށް ހީވަނި މިމީހުންގެ ބައި ކުދިންނަށް ފައިސާތަކެއް ދޭނެގޮތެއް ނޭގިގެން ހަދައިގެން އުޅޭ ކޮމިޝަނެއްހެން އެއީ.

        13
  2. އިބރާހިމް

    އެމްޑީޕީގެ ސަރުކާރަކުން ރ.ނަސީދުއަށް ހަމަލާދިން މައްސަލަ އަށް އެހެން ހުރިހާ މަރަކާއި ގެއްލުވާލާފަވާ އަދި ހިޔާނާތުގެ މައްސަލަތަކަށްވުރެ ބޮޑު ސަމާލުކަމެއް ދީގެން ބަލާނެކަމަކީ އަޅުގަނޑުމެން ސައްކުކޮށް އެކަމަކާއި ހައިރާވާވަރު ކަމެއްނޫން،
    ސަބަބަކީ އެމްޑީޕީއަކީ ކުއްވެރިންނާއެކު އެކި އެކި ޑީލްތައްހަދާ އެފަރާތްތަކަށް ހާއްސަ އިނާޔަތްތަށްދީ އަދި މުޅިމައްސަލަ ވަކިގޮތަކަށް އަބުރާލައި ޑީލް ހެދި ފަރާތްތަކަކީ ޤައުމީ ބަތަލުންގެ ގޮތުގަ ސިފަކޮށް އެފަރާތްތަކުގެ އެހީތެރިކަން އެކިގޮތް ގޮތުން ހޯދާ ފަރާތެއް...
    މަވާދެން ސަލާމް އެމްޑީޕީއަށް.
    ވަރަށް ސަލާމް.....

    53
    7
  3. ޢ

    ޢެއީ އަންނިއަށް ނުވީމަ.

    47
    6
  4. ޢަހޫ

    މިހާރު ކު ކުރިއަށްވުރެ ވަސީލަތްތަ ކާއި ކެމަރާތައްވެސްގިނަ. ޢަދި ކުރީގަ ހިގާފަހުރި ހާދިސާތަ ކުގެ ތަހުގީގުން ލިބިފަހުރި ތަޖުރިބާ ތައްވެސް އިތުރުވާނެ.

    16
    42
  5. އެއީ

    އޭރުގައި ހުންނެވި ރައީސް ޔާމީނުގެ ސަރުކާރު އެކަމަށް ނާޤާބިލު ވީމައެވެ. މިހާރުގެ ރައީސް އިބޫގެ ސަރުކާރުގެ ކުޅަދާނަ ކަމެވެ. މިހާރުގެ ހޯމް މިނިސްޓަރާއި، ޕޮލިސް ކަމިޝަނަރާއި، ޑިފެންސް ގެ ޗީފް އަކީ މުޅިން އެހެން ބައެއް ވީމައެވެ. ތަފާތު ފެނޭނޫން ހެއްޔެވެ؟

    22
    62
    • ސަންގުމަރުމަރު

      ޔާމީން ސަރުކާރަށް ނުވި. ދެން މިސަރުކާރު އައިސް ގައުމުގެ ހުރިހާ ބާރެއް ސަރުކާރަށް ދިނީމަ ނުކުރެވުނީ ކީއްވެތޯ ވެސް ބުނެލިނަމަ.

      26
      3
  6. މައިކް

    އެއީ އެމީހުން އަމިއްލަ ޔަ ޜެވިކަމެއވީމަ އެމީހުން އެހާ އަވަހައް އެހާމަކުރަނޫ

    37
    8
  7. ހަގީގަތް

    ވަރަށް ކުރު ކޮށް ފޮނި ކޮށް ބުނެލަން، އިޓް ވޯސް އެން އިންސައިޑް ޖޮބް. ތިޔަ ބުނާ ތަހުގީގުތަށް ކުރިޔަށް ނުދަނީ އެއިރެއްގެ ވެރި ކަމުގެ އާރާއި ބާރާއި ނުފޫޒު ލިބިފައިވާ މީހުންގެ އަތެއްވާތީވެ. ވެރި ކަން ބަދަލުވެމުގެ ކުރިޔަށް ސާބިތު ހެ ކި ނައްތައިލީމާ ތަހުގީގުގަ ކާމިޔާބީ ނުފެންނާނެ.

    21
    12
  8. ޖާބެ

    ނުވެސް ވާނެ އިންސާފަކީ ނިކަމެތިންނައް ލިބޭނެ އެއްޗެއް ނޫން މިހާތަނައް ވީކަމެއްވެސް ނޫން.
    ނިކަމެތިން ގިނަވާނެ ޖަލުތަކުގަ އެކަމކު ދައުލަތް ލޫޓުވާލާފަ ތިބޭ މީހުންނައް ގުންފައި ޖަހާ ސެލިއުޓްކުރާމީހުން ހުސް އުޅެނީ. ހިޕްކްރަސީގެ ނަމޫނާ މިގައުމުން ފެންނާނެ

    36
    4
  9. ރާގޮޑިރާޖަ

    ދިޔާނާވެސް ޖާބިރުގެސިކުޑިން ނުވިސްނާ އަމިއްލަ ސިކުޑިން ވިސްނާލި ނަމަ ރަނގަޅުވީސް.

    18
    1
  10. ޓ

    ބަލަ އަފްރަޝިމްގެ ގަތިލް ހު ކުމް ކޮށް ޖަލުގައި އޮތީ
    ޔާމިން ރަޝިދުގެ މައްސަލަ ޝަރިއަތުގައި ހިނގަމުން ދަނީ

    7
    24
    • ރަނާ

      ގާތިލް އަށް ހުކުމް ކުރިޔަކަސް އެކަނި ކަމަކު ނުދާނެތާ . އެކަން ރާވާ ހިންގި ބަޔަކު ހޯދަން ޖެހޭނެއެއްނު. އަދި މިހާރުވެސް ތިޔަ ހައްޔަރު ކުރިމީހުންނަށް ހުލުމް ކުރިޔަކަސް ކަމަކު ނުދާނެ މިކަމުގެ އަޑީގައިވެސް ބަޔަކު ތިބޭނެ. މިމީހުންނަކީ ކަމަކަށް ވިސްނުމެއް ހުރިބަޔަކު ނޫންކަން އެނގޭ ބޮމް ގޮއްވާލާ މާލެ ތެރޭގައި ހުރިއްޔާ ހުރި ކެމެރާއެއްގެ ކުރިމަތިގައި ވިއްޔ ހޫރުނި.

  11. ޙަދިގަ

    ކުރިގެ ވެރިންގެ މުނަފިގު ކަމުން ނުބެލުނީ

    14
    19
  12. މޯދީ

    އޭރުވެރިކަމުގައި ތިބީ އެހެން ބަޔެއް..

    13
    7
  13. ބަނޑުހުސޭނު

    ޖަވާބަ ކީ ރާގޮނޑި ރާޖާ ހަދާކަހަލަ ވަގު ޑީލުތައްނުހަދާތީ

    11
    6
  14. ސަންގުމަރުމަރު

    ތީގެ ސަބަބަކީ އެ މަރުތަކަކީ އަސްލު ހިނގި މަރުގެ ހާދިސާ ތަކެއް ކަން. އެކަމު މިފަހަރުގެ މިހާދިސާއަކީ އަންނި ރައްޔިތުންގެ ސިމްޕަތީ ވޯޓު ހޯދަން ޖެއްސި އޭނަގެ އަމިއްލަ ސްޓަންޓެއް ކަން.

    11
    5
  15. ޒިމްޒިމް

    ތިކަންތައް ހިނގިއިރު ވެރިކަމުގައި ތިބީ ވަހީދު އާއި ޔާމީން.. އެހެންވީމަ އެމީހުންލީ މީހުންތިބޭނީ ފުލުހުންގެ ބޮޑުންނަށްވެސް.. އަބުދުﷲ ރިޔާޒް މެން އުޅުނީ.. ހެކިތަކާ އެއްޗެހި ނަގާފަ އެޅީ ކޮންތާކަށް ކަމެއްވެސް ނޭނގޭ.. މިވެރިކަމުގައި ފެންނާނީ އޭރު ނަގާފަހުރި ހެކިތައް..

    5
    1
  16. އުސްމާނުބެ

    މީއިންސާފު ރާއްޖޭގައި އަބަދުވެސް ހިގާ ގޮތް އާދައިގެ މީހަކައް ކަމެއް ވެއްޖެޔާ އެދާނީ ފަނުފުލުން ، ނިމޭއިރު އެމީހަކު ކުއްވެރިވާއިސާބުގަ ގިނަފަހަރު އޮންނަނީ.... އެކަމަކު ބޭފުޅަކައް ކަމެއް ވެއްޖެޔާ މަޖްލިސް ތައް ހުޅުވައިގެން ދެންތިބި ބަޔަކު ހޭބޯ ނާރާ އެކުރުރި ބަޔަކު ހޯދޭ.... ދެރައީ މިކިޔާ ބޭފުޅުން ބޭފުޅުންނައް މިވަނީވެސް އެއްކަލަ ނިކަމެތި ރައްޔިތުމީހާ ދޭވޯޓުން، އަހަރުމެންނައް ހިދުމައި ކުރަން އެކަމަކު ރައްޔިތު މީހާ ކުޑަކަކޫ ޖަހާ އާދޭސް ކުރަން..

    5
    2
  17. ޖަމީލް

    ޖަވާބަކީ އެހެން މަރުތައް ހިނގީ ފާސިޤު ވެރިކަންތަކުގަ! މިވެރިކަން އަންނަންވާއިރަށް އެމަރުތަކުގެ އެވިޑެންސްތަެް ހުރީ ނައްތާލާފަ! ތަފާތު ފެނެއެއްނު ދޯ؟

    8
    8
  18. ޒިބްރާ

    މަހުވާ މިބުނީ މަހީއެއްނުކުރަން އިބުރާ މިހާ ބުރާންތި ވާނެކަމަށް! ދިޔާނާ ދެން އޯކޭ ސްޕްރީމް ކޯޓުން ގޮނޑިއެއް ނުދިނީމަ އެމަންޖެ އެހެރީ ގޮވާފަ! އިބްރާއަށް ދަންނަވާލަން ޖަވާބަކީ ވެރިކަމުގެ ތަފާތު. ކޮމިޓްމަންޓް!

    8
    2
  19. ކަލްކިސްނޭ ދޭކާ

    އޭރުގައި އޮތް ސަރުކާރުން މި ބާރުމިނުގައި ތަހުޤީޤުތައް ނުހިންގުމަކީ އޭރުގެ ސަރުކާރަށް މަރު ތަކުގައި އިނގިލި ދިއްކުރެވޭ އެއް ސަބަބު.

    10
    6
  20. ށުވޭސ

    މަރުތަ ކކުގެ ކަންތައް ހިންގިއިރު މީގެންމީހަ ކު އުޅޭތަ މުއާލާތް ކެންޑުނީ މަ ކާ ދެން ފޮރޮޅާނެ ގަލެއް ނޯންނާނެ މިއާޓިކ ކަލް ލިޔުން މާބޮޑައް ފަސްވެއްޖެ ޓުވީޓް ވެސް ކުރާނެ ކަމެއް ނެތް މިއާޓިކ ކަލް ކުދި ކުދި ބަދަލު ތަ ކާއެ ކު ކުރީގެ ޕޮލިސް ކަމިޝަރުން ނަށާ ކު ކުރީގެ ޗީފް އޮފް ސްޓާފް އަށް ސިޓީއެއްގެ ގޮތުގައި ފޮނުވާލަންފެނޭ......

  21. ސަންފަ

    ޢޭރުވެސް މިހާރުވެސް ނިކަމެތިންނަށް އޮންނަގޮތް ވަކި ސަރުކާރެއް ވަކި ގޮތެއްނޫން.

    4
    2
  22. އާދަނު2

    އޭރު އެކަން ހިނގީ މިސަރުކާރުގަ ނޫންވީމަ، އޭރުގެ ސަރުކާރުކާރުތަކުން އެހާބޮޑަކަށް އެކަމާނުޅޭ. މިސަރުކާރު ހަވާލުވީރު އޭގެ އެވިޑެންސްތަށް ނައްތާލާފަހުރީ..

    4
    3
  23. ކަނީރު

    ޖަވާބަކީ މިސަރުކާރު އޮތްއިރު ހިނގި ކަންކަމަށް ނުވާތީ ކަމަށް ޤަބޫލު ކުރެވެނީ

    5
    4
  24. އަލިބެ

    ޖަވާބަކީ ފިލްމު ކުޅޭ އިރު ނިމޭނެގޮތާއި ކުރިއަށް ދާނެގޮތް ވެސް ތައްޔާރު ވެފަ އޮތީމަ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ދާނެ. ގަމަރިސްޓުން

    8
    1
  25. ތުނބުޅި

    އިހުލާސްތެރިކަމެތް ނެތީމައޭ،ބުނެވޭނީ

  26. މޯދީ

    ހެކިނެތީމަ.. އޭރުވެރިކަމުގައި ތިބި މީހުން ހެކިތައް ފޮރުވީމަ..

    3
    3
  27. މަތޫ

    ޅ އަތޮޅުން ގެއްލުނު ނިކަމެތި އަންހެން ކުއްޖާ އެއީ ކޮން ސަރުކާރެއްގަ ހިނގިކަމެއް ތިކިޔާ މިމޮޅު ސަރުކާރުގަ ދޯ އެކަމު ނިކަމއްޗެއް ވީމަ ނުބެލުނީ ހައްހައް!!!!!!!!!؟؟؟؟؟؟؟؟؟؟؟

  28. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    މިއީ ހުރިހާ ކަމެއްގައި ޙައްޤަށް ނިޔާ ކުރެވޭނެ ދުވަހެއްނޫނެވެ. ހުރިހާ ކަމެއްގައި ޙައްޤަށް ނިޔާ ކުރައްވާ ދުވަސް އެބައާދެއެވެ. އެދުވަހުން އެއްވެސް މީހަކަށް ބޭ އިންޞާފު ނުކުރެވޭ ހުއްޓެވެ.

  29. ޑޯޒް

    2023 ގެ ވައުދު ލިސްޓަށް ފަސްކުރެވިފައި ދޯ

  30. ސީނު

    ކުޅުނު ޑޮރާމާއެއްވީމަ ޑައިރެކްޓަރު ބުނާގޮތަކަށް ކަންތަށް ވާނީ...

    2
    1
  31. ސީނު

    ކުޅުނު ޑޮރާމާއެއްވީމަ ޑައިރެކްޓަރު ބުނާގޮތަކަށް ކަންތަށް ވާނީ...ހަގީގަތެއްނަމަ އެސޮރު އެތާ ނިޔަފަތިކާކަށް ނުހުރީސް... މީގެ ކުރީގައި ހިނގި މަރުތަކުގެ ގާތިލުން ހިފުނުތަ؟..

    2
    1
  32. ޓ

    އަފް ރަސިމް މައްސަލަ ހުމާމެއް ނޫނެ ބުނެ އެންމެ ބާޜަށް އަޑު ފެތު ރީ އެމް ޑިޕީ
    ލޯންޗް ބޮންގޮއްވި މައްސަލަގައި ވެސް އަޑު ފަތުޜާ ހެދީ ކޮންބައެއް....ހުމާމު . ސުމިތު ޖާ ވަގުތުން ހައްޔަ ރު ކު ރި

  33. ޒިއްޓެ

    އިންސައިޑް ޖޮބް