ކޮވިޑް-19 އިން ރާއްޖެ އިން ފެނުމުން ސަރުކާރުންނާއި އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ވެސް ވިދާޅުވަމުން ގެންދެވީ އެއްވާހަކައެކެވެ. ރާއްޖޭގައި ހުރި ވަސީލަތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އަދަދަށް ބަލާއިރު ބަލި މީހުންގެ އަދަދު ކުޑަކުޑަކޮށް އިތުރުވެލި ނަމަވެސް ސިއްހީ ނިޒާމަށް ނުކަތާވަރު ވެދާނެއެވެ. އެތައް ބަޔަކަށް ފަރުވާ ނުދެވި އާއިލާގެ އެތައް މެންބަރުންނެއް އަބަދުގެ އަބަދަށް ވަކިވެގެން ހިނގައިދާނެއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައިސް މިހާރު ތިބި ބަލި މީހުންގެ އަދަދު 19000 ކަޑައްތު ކުރަނީއެވެ. ބަލި މީހުންނަށް ފަރުވާދޭނެ އެނދެއް ނެތިގެން، ނުވަތަ ގުޅާނެ އޮކްސިޖަން ނެތިގެން ބަލި މީހުން މަރުވާން ދޫކޮށްނުލި ނަމަވެސް ރާއްޖޭގެ ހާލަތު މިހާރު އޮތީ އިތުރަށް އެންމެ ބަލި މީހަކަށް ވެސް ފަރުވާ ނުދެވޭވަރަށް ގޯސްވެފައެވެ.

ކޮންމެ ޑޮކްޓަރަކާއި ނަރުހަކު 20، 30 ބަލި މީހުން ބަލަހައްޓަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ. ސިއްހީ އެހީތެރިން ކޮންމެ ދުވަހަކު 12 ގަޑިއިރު މަސައްކަތް ކުރަން އެބަޖެހެއެވެ. މިހާލަތުގައި މިހާރު ވެސް ދޮޅުއަހަރު ދުވަހު މަސައްކަތްކޮށް ސިއްހީ އެހީތެރިން އެތިބީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ބަލިކަށިވެފައެވެ.

ހާލަތު މިހިސާބަށް ދިޔައީ ގޯސް އެތައް ނިންމުންތަކެއް ކަމާބެހޭ ފަރާތްތަކުން ނިންމައިގެންނެވެ. އެކަން ގަބޫލު ކުރަން ވެސް މަޖުބޫރެވެ. ދޮޅުއަހަރުވިއިރު ކޮވިޑް ކޮންޓްރޯލް ކުރަން، ސަރުކާރަށް ދަސްވި އެއްވެސް ފިލާވަޅެއް، ލިބުނު އެއްވެސް ތަޖުރިބާއެއް އޮތްހެނެއް ހިއެއް ނުވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ހެދި ގޯސްތައް އެއީ ބަލި އިތުރަށް ފެތުރިގެން ދިޔަ އެއްސަބަބެވެ. ހާއްސަ ހުއްދަ އަކީ ކޮވިޑް މީހާގެ ހަށިގަނޑަށް ނުވަންނާނެ ލައިންސަންސެއް ކަމަށް ދެކިގެން ހިންގި އަމަލުތަކަކީ ކޮވިޑްގެ ބިރު ރައްޔިތުންގެ ހިތްތަކުން ފިލައިގެން ދާން މެދުވެރިވި ސަބަބެކެވެ.

ގައިޑްލައިންތައް ހަދައިގެން ތިބި ނަމަވެސް އެއިން ގައިޑްލައިނެއް ތަންފީޒު ކުރޭތޯ ބަލަން ސަރުކާރަށް ޗެކް ކުރެވުނީ ހަމައެކަނި ކަންމަތީ ދެތިން ފިހާރައަކާއި، ދެތިން ސައިހޮޓަލެއް އެކަންޏެވެ. ކުދި ވިޔަފާރިވެރިންތަކެއް ޖޫރިމަނާކޮށް، އެމީހުން ތިބި ހާލަތައް ވުރެ ގޯސް ހާލަތަކަށް ގެންދިއުން ފިޔަވައި ގައިޑްލައިން އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކުރަން އެކަށީގެންވާވަރާއި ގާތައް ވެސް މަސައްކަތް ކުރިތަނެއް ނުފެނެއެވެ.

އާބާދީ ބޮޑު އެތައް ރަށަކަށް ކޮވިޑް ފެތުރި، އެރަށްތައް މޮނިޓަރިންއަށްލާ ކާފިއު އިއުލާން ކުރަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔައިރު އެއިން ރަށެއްގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކޮވިޑް ޓެސްޓް ހެދޭނެ ވަސީލަތްތައް ވެސް ގާއިމު ކުރެވިފައި ނެތެވެ.

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގެ ދިގު ބަހުސްގެ ތެރެއަށްވަދެ ކޮންމެހެން އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ހިލޭ އެހީގައި ލިބުނު ވެންޓިލޭޓަރެއް ނޫނިއްޔާ ފާއިތުވި ދޮޅު އަހަރުތެރޭގައި ރާއްޖެއަށް އިތުރަށް ލިބުނު ވެންޓިލޭޓަރެއް ނެތް ކަމަށް ބުނަމުން މިވާހަކަ ދެން ޖެހޭނީ ނިންމާލާށެވެ.

ކައުންސިލް އިންތިހާބު ސަރުކާރަށާއި ވެރިކަން ކުރާ ޕާޓީއަށް މުހިއްމު ވުމުން ކޮވިޑްގެ ނުރައްކަލެއް ސަރުކާރަކަށް ނުފެނުނެވެ. ރޭވެފައި އަލިވިލުނުއިރު ގައިޑްލައިންތަކުގެ ބޭނުމެއް ނެތެވެ. ވޯޓް ލާން ދަތުރު ކުރަން ބޭނުންވި ކޮންމެ މީހަކަށް ދަތުރު ކުރުމުގެ ފުރުސަތު ދިނީއެވެ. މިފަދަ ބަލިމަޑުކަމެއް ނެތް ހާލަތުގައި ވެސް ވޯޓްލާން ފަހިކޮށް ނުދިން ފުރުސަތުތައް ފަހިކޮށްދީ ކޮވިޑް ފަތުރާލުމުގެ ޒިންމާއިން އެކަން ކުރި ބަޔަކަށް ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދިހައަކުން ސަތޭކައިން ހާހުން މައްޗަށް އުފުލެމުން ދާއިރު ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ނުފެނެއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމުގެ ގަރާރު ނެރުއްވަން ސޮއި ކުރެއްވުން ފިޔަވައި ދެން ރައްޔިތުންނަށް ޔަގީނުން ވެސް ނަސީމުގެ އަޑެއް ނީވެއެވެ. އޭނާ ދަރުބާރުގޭގައި ކިތައްމެ ގިނަ ވަގުތެއް ހޭދަކުރެއްވި ނަމަވެސް އެކަމުން ފެންނަ ނަތީޖާއެއް ވެސް ނެތެވެ.

ކޮވިޑަށް ދުވާލަކު ރާއްޖެ އިން ކުރި ޓެސްޓްގެ އަދަދު ހައެއްކަހާހަށް އެރި ދުވަސްތައް ވެސް މީގެ ކުރިން ދިޔައެވެ. ނަމަވެސް މިއަދު ތިންހާސް ނުވަތަ ދެހާސް ކޮވިޑް ޓެސްޓް ދުވާލަކުކޮށް، ނަތީޖާ ސާފުކޮށްދެވޭ ވަރުވެސް ނެތެވެ. އެވަސީލަތްތަކާއި، އެގާބިލްކަން މިއަދު ނެތުމަކީ ބަލީގެ ހާލަތު އިތުރަށް ގޯސްވާން މެދުވެރިވާ އެއް ސަބަބެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ތަކުރާރުކޮށް ފާހަގަކުރަމުން އަންނަނީ ކޮވިޑަށް ކުރާ ޓެސްޓްގެ އަދަދު ވީހާވެސް ގިނަ ކުރުމެވެ. އަވަހަށް ޓެސްޓްކޮށް، ނަތީޖާ ފޯރުކޮށްދީ، ބަލި މީހުންނާއި އަދި އެމީހުންނާއި ބައްދަލުވި މީހުން އަވަހަށް އެކަހެރި ކުރެވިގެން ނޫންގޮތަކަށް ބަލީގެ މައްޗަށް ކުރިއެއް ނުހޯދޭނެއެވެ.

ކޮވިޑް ވެކްސިން ޖެހުމުގައި ވެސް ސަރުކާރުން އަމަލުކުރި ގޮތުން މިއަދު ލައްކައަކާއި ގާތް ކުރާ އަދަދެއްގެ މީހުން މިވަނީ ވެކްސިންގެ ދެވަނަ ޑޯޒްގެ އިންތިޒާރުގައި ތިބެން މަޖުބޫރުވެފައެވެ. ދުނިޔެ އޮތް ހާލަތު އެއްވެސް މީހަކަށް ނޭނގިއެއް ނުދާނެއެވެ. ވެކްސިން ލިބުމުގައި ހުރި ދަތިތަކާއި، ވެކްސިންނަށް އޮތް ޑިމާންޑް ވެސް ވަރަށް ސާފެވެ. އިންޑިއާ އިން ލިބުނު ކޮވިޝީލްޑް ވެކްސިން އެއްކޮށް ޖަހައި ހުސްކޮށްލުމުގެ ބަދަލުގައި ދެޑޯޒް ޖަހާނެ ވަރަށް ވެކްސިންގެ ސްޓޮކް ބެހެއްޓިނަމަ ޔަގީނުން ވެސް މިހާރު ކުރިމަތިލާން ޖެހިފައި މިއޮތް ހާލަތު ކުރިމަތި ނުވީހެވެ.

އިންޑިއާގައި ކޮވިޑްގެ އާވޭރިއަންޓެއް ފެތުރި، ހާލަތު ގޯސްވެގެން ދިޔައިރު ރާއްޖެ ވެގެން ދިޔައީ އިންޑިއާ މީހުންގެ ކަރަންޓީން މަރުކަޒަކަށެވެ. ދުނިޔޭގެ އެތައް ގައުމަކުން އެގައުމުތަކުގެ ބޯޑަރު އިންޑިއާގެ ދަތުރުވެރިންނަށް ބަންދުކުރިއިރު ވެސް ރާއްޖެ އަށް ކޮންމެ ދުވަހަކު "ކަރަންޓީން ވާން" އިންޑިއާގެ އެތައް ބަޔަކު ދިޔައީ ދަތުރު ކުރަމުންނެވެ. އިންޑިއާ ދަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ސަރުކާރަށް އާއްމުން ގޮވާލަމުން ދިޔަ ގޮވާލުންތަކުގެ އަޑެއް ސަރުކާރުން ނޭހިއެވެ. އެންމެ ފަހުން އިންޑިއާގެ ދަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރިއިރު ދެން އޮތީ ވާނެއެއްޗެއްވެ ނިމިފައެވެ.

ކޮންމެއަކަސް ވެދިޔަކަމެއް ވެދިޔައީއެވެ. މިއަދު މިއޮތީ ބަލި ކޮންޓްރޯލް ކުރުމަށް ދެން ކުރަން ހުރިކަންކަން ކުރުމުގެ ވަގުތު ޖެހިފައެވެ. މިއަދުވެސް ސަރުކާރުން ބަލި ކޮންޓްރޯލްކޮށް، މިބަލިމަޑުކަން މެނޭޖް ކުރުމުގައި އިތުރު ގޮތްތަކެއް ރާވަން އެބަޖެހެއެވެ.

އެންމެ މުހިއްމު އެއްކަމަކީ ބަލި މެނޭޖް ކުރުމުގެ މަސައްކަތް ބޮއްސުންލައިގެން ގޮސްފައި އޮތްކަން ގަބޫލުކޮށް މިހާރުން މިހާރަށް ދެން ކުރެވެން ހުރިކަންކަން ކުރުމެވެ. ގައުމުގެ ސަލާމަތީ ބާރުތަކުގައި ތިބި ތަމްރީން ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހިފަން އެބަޖެހެއެވެ.

ރާއްޖޭގެ ޒަމާންވީ ތާރީޚް ދައްކައިދިނީ މިފަދަ ކޮންމެ ކާރިސާއެއް ކޮންޓްރޯލް ކުރުމުގައި ހާއްސަކޮށް ސިފައިން ދެއްކި ވަރުގަދަ ނަމޫނާއެވެ. ކޮލެރާ އާއި ސިގެއްލާގެ ބަލިމަޑުކަމާއި ސުނާމީ ކާރިސާ ފަދަ އެތައް ކަމެއް މެނޭޖްކޮށް ހަމަމަގަށް އެޅުވުމުގައި އިސްވެ ތިބީ ސިފައިންނެވެ. ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ކޮމާންޑް ކުރަން ތިބީ ސިފައިންނެވެ. ބޮއްސުންލާފައި މިއޮތް ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނިޒާމް ހަންމަތަ ކުރަން ސިފައިންނަށްވުރެ ވަކިން ރަނގަޅު އެހެން ބަޔަކު ދިވެހިރާއްޖެއަކުން ލިބޭކަށް ނެތެވެ.

އޭގެ މާނައަކީ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތާއި އެބޭފުޅުންގެ ގުރުބާނީގެ މަތިން ހަނދާން ނައްތާލުމެއް ނޫނެވެ. ސިއްހީ ހިދުމަތްތެރިން މިހާތަނަށް ކުރެއްވި، އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރައްވާނެ މަސައްކަތައް ހަމައެކަނި ޝުކުރުގެ ލަފްޒަކުން އަގު އަދަދެއް ނުކުރެވޭނެއެވެ.

ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެ މީހަކު ވެސް އެމީހެއްގެ ފެންވަރުގައި މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. އިތުރަށް ވާހަކަދައްކާ އިންޒާރު ދޭނެ ވަގުތެއް ނެތެވެ. މިހާރު މިއޮތީ އަމަލު ކުރުމުގެ ވަގުތެވެ. ކޮންމެ ބޭފުޅަކު ވެސް ފަރުދީ ޒިންމާ އަދާކުރާށެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. އާދަމްބެ

    ވަރަށް ފުރިހަމަ...

    92
    2
  2. އާދަމްބެ

    ވަރަށް ފުރިހަމަ... ހަމަ ހަބޭސް

    86
  3. ބީރުމީހާ

    މުޅި މުޖުތަމައު މިކަމަށް ނެތެންވެއްޖެ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މަސައްކަތް ހުއްޓުމަކަށް ގެނެސް އެތަންތަނުގެ މުވައްޒަފުން މިކަމަށް ނެރެންވެއްޖެ ގައުމު ފަނާވުމުގެ ކުރިން މިކަންކުރަންވެއްޖެ
    މިހާރުވެސް އޮފީސްތަކަށް ނުކުމެ މުވައްޒަފުން ވަގުތުތައް ބޭކާރުކޮއް އިތުރުގަޑި ހެދުމުގައި ގިނައިރުތަކެއް ކުރޭ އެކަން ވެރިންނަށް އެގިހުރެ ކުރިޔަށްދަނީ މަސައްކަތައްވުރެ ފިލްމު ބެލުމާއި ގޭމުކުޅުމުގައި

    40
    4
  4. ބިންގޯ

    ކޮވިޑް19 މިހާ ހިސާބަށް ދިއުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރި ބަޔަކީ ރައްޔިތުން މަޖިލީހުގަ އެތިބަ ނުބާނުލާފާ މީހުން. އެމީހުންގެސަބަބުން މިބަލި މުޅިމިރާއްގެ އަށް ފެތުރުނީ. ނުވީތާކަށްމިބަލި ތިމަންނާމެން އެހެންމީހުންނަށް ޖައްސާނަމޭވެސް ބުނެފައެބަހުރި. މިމީހުންނާދޭތެރޭ އެޅޭނެފިޔަވަޅެއް އޮންނަނީކީނޫން. ޢެމީހުންނެރެބަލަ ބަލިކޮންޓްރޯލްކުރަން.

    67
    1
    • ބޯހަލާކު

      ކޮބާރަތްޔަތުން ގެބޮލަށް ތި ކަޑާލީ ކޮބާ ސަރުކާރުންް ބަލިފަތުރަން ކުރިމިންނެތް މަސައްކަތް އިންޑިޔާ ފަތުރުވެރިން ގެނައީ ރަތްޔަތުންބާ؟ ނޫސް ވެރިން ޒިންމާ ދާރުބަޔަކަށް ވާން އެބަޖެހޭ ތިވެސް ރަތްޔަތުން މިބަލިމަޑުކަން އައިމާ ރަތްޔަތުން ތިބީ ގޭގައި ހައިހޫނު ކަންމަތީ ކެއްކޮށްގެން ވަރަށްދެރަ

      35
      1
  5. ﷲގެ އަޅާ

    👏👏👏👏 މަވެސް ފުރަތަމަ ޑޯޒް މާރޗް މަހުގަ ޖެހިގޮތައް . ދެވަނަ ޑޯޒް ޖަހަން ދިޔައިމަ މިވަގުތައް ހުއްޓާލާފަޔޯ ކިޔާފަ ޖަހާ ނުދިން .

    މައިމޫނާ އަ ކީ ހިންގުންތެރި ކަމުގެ ކަންފުޅެއްވެސްނެތް މީހެއް .

    38
  6. ސަޒާ

    ވ. ފުރިހަމަ ރިޕޯޓެއް. ބުނެލަން އޮތީ މިހާލަތުގައިވެސް ސަރުކާރުން ތެޅިފޮޅެނީ އެހެންކަންކަމާއިގެން އަވަދިނެތިއެވެ. އެންމެ ކުޑަމިނުން އަތޮޅުތަކުގައި ޓެސްޓް ކޮށްލެވޭކަށްވެސް ނެތެވެ. ނަތީޖާ ނުލިބި އެއްދުވަހަކު ގޭބަންދުގައި ތިބެންވަނީ ޖެހިފައެވެ. ރައްޔިތުންތިބީ ރަށުބަންދުކޮށްފައެވެ. ރަށްރަށުގެ ނަގާ ސާމްޕަލްތައް ހިފައިގެން ކުރާ ދަތުކުރުތަކަށް ހޮސްޕިޓަލެއް އަޅާނެ ޚަރަދުކުރާހާ ފައިސާ ޚަރަދުކޮށްފިއެވެ. ސިއްހީ ނިޒާމް އެއްކޮށް ބޮއްސުންލައިގެން ގޮސް ރައްޔިތުން މިތިބީ ގޮސްހުސްވެ މާޔޫންވެފައެވެ. މިކަމުގައި ސަރުކާރައް އާދޭސްކޮށްކޮށެވެ.

    41
  7. ޖުއްޅޭއި

    މިހާވަރު ވެގެންދާއިރު އިބޫ އަދިވެސް އިސްތިއުފާ ދޭކަށް ނުވޭތަ އިސްތިއުފާ ނުދެންޏާ އަވަސް ޚިދުމަތް ހޯއްދަވާ މީހުންގެ ފުރާނަ ސަލާމަތްކޮށްދީ މީހުން ހަނާވަނީ މީ ހަނާވާގޮތް އެންޑީޕީ ބައިގަޑު މަތުމަތީ އަތް ގުޅާލައިގެން ހިގާލުމަކީ ހަނާވުމެއް ނޫން އިބޫ ޑޮކްޓަރުން ނާއި ނަރުހުން ހޯދެން އޮތް ގޮތަކަށް ހޯދަވާ ނިކަމެތި ރައްޔިތުންގެ އެހީގައި ވަރިކަން ލިބުނީ ވޯޓު ވަގަށް ނެގިޔަސް އަދި ޝަރީ ދިނަސް ޝަރީފަށް ބުނެލަން ބޭނުން ކޮބާ! ވައްކަން ކުރުމުގެ ނަތީޔާ ފެނޭތަ ކަލޭމެންގެ މައްޗަށް މިކަން ޖައްސަވަންވެގެން ދުނިޔެއަށް މިކަމެއް މިޖެހުނީ ސީދާ އިބޫއަށް ޝަރީފަށް ކިޔާފައި ބަލާއެއް ނުޖައްސަވާނެ ވަގުޝަރީ ދެންވެސް ހައްޤަށް ރުޖޫއަވޭ މީހުން މަރުވެ ހުސްވަނީ މީކިހާ ބޮޑު އިމްތިހާނެއް

    34
    1
  8. ބެރު

    މިހާވަރު ވެގެންދާއިރު އިބޫ އަދިވެސް އިސްތިއުފާ ދޭކަށް ނުވޭތަ އިސްތިއުފާ ނުދެންޏާ އަވަސް ޚިދުމަތް ހޯއްދަވާ މީހުންގެ ފުރާނަ ސަލާމަތްކޮށްދީ މީހުން ހަނާވަނީ މީ ހަނާވާގޮތް އެންޑީޕީ ބައިގަޑު މަތުމަތީ އަތް ގުޅާލައިގެން ހިގާލުމަކީ ހަނާވުމެއް ނޫން އިބޫ ޑޮކްޓަރުން ނާއި ނަރުހުން ހޯދެން އޮތް ގޮތަކަށް ހޯދަވާ ނިކަމެތި ރައްޔިތުންގެ އެހީގައި ވަރިކަން ލިބުނީ ވޯޓު ވަގަށް ނެގިޔަސް އަދި ޝަރީ ދިނަސް ޝަރީފަށް ބުނެލަން ބޭނުން ކޮބާ! ވައްކަން ކުރުމުގެ ނަތީޔާ ފެނޭތަ ކަލޭމެންގެ މައްޗަށް މިކަން ޖައްސަވަންވެގެން ދުނިޔެއަށް މިކަމެއް މިޖެހުނީ ސީދާ އިބޫއަށް ޝަރީފަށް ކިޔާފައި ބަލާއެއް ނުޖައްސަވާނެ ވަގުޝަރީ ދެންވެސް ހައްޤަށް ރުޖޫއަވޭ މީހުން މަރުވެ ހުސްވަނީ މީކިހާ ބޮޑު އިމްތިހާނެއް

    17
    2
  9. އައްޑޫ މީހާ

    އަބަދުހެން ތިވާހަކަ މި އަޑުއަހަނީ ރައްޔިތުން ބޭނުންވާނީ އިންޗިއެއް ދޫދިނިއްޔާ ފޫޓެއް ދަމާލަން އެކަން ސަރުކާރުން ހަރުދަނާ އުސޫލެއްގެ ތެރެއިން ރާވައި ހިންގަން ޖެހޭނެ އެހެން ނަމަވެސް ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު އިތުރު ކުރުމުގެ ނަމުގައި ޓުއަރިޒަމް މިނިސްޓަރު ރާއްޖެއަށް ގެނައީ އިންޑިއާގެ ކަރަންޓީން ޓުއަރިސްޓުން އެކަހަލަ ބިސްމަޅި ދުއްވަން ފަށައި މުޅި ގައުމުގެ ދުވަސް ދުއްވާލީ މިއަދު އެވާހަކަވެސް ދެއްކުމުގެ ބޭނުމެއް ނެތް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްރަށައް ދިޔަ މީހުން ރަށުތެރޭގައި ބޭނުން ގޮތަކަށް އުޅެން ފުރުސަތު ހުޅުވާލީ ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓް ހޯދަން ދެން އެވާހަކަވެސް ދައްކާނެ ކަމެއްނެތް މިކަން މިހާ ހިސާބައްދާކަން އެނގިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖްލިސްކުރާ ގޭގައި ހިންގަނީ މުޅިން އެހެން ކަންތައްގަނޑެއް ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާ ތަނެއް ނުފެނޭ މަޖްލިހުގެ ރައީސް ފްރާސްސަށްގޮސް އެކި ޒާތްޒާތުގެ ފޮޓޯ ނަގާފަ ފޮނުވީމަ އެޔަށް ލައިކް ޖެހުން ފިޔަވައި ކުރާ އެއްކަމެއްވެސް ހަރާމް މަޖްލިސްކުރާ ގެޔަކީ ތަހުގީގު ކުރާ އިދާރާއަކަށް ބަދަލުކޮށް ޑްރާމާ އެބޮން ތަހުގީގާއި ވައްކަން ކޮށްފަ އެހެން މީހުންގެ ބޮލުގައި ވަގު ތާކިހާ އެޅުވުން ނޫން ކަމެއް ނުކުރެވޭ މިވާހަކަވެސް ދެއްކުމުގެ ބޭނުމެއްނެތް ހުރިހާ ވާހަކަ ދައްކަން ވެއްޖެއިޔާ ލައްކަ ވަގުތު ދާނެ ކަމަށް ފެންނާތީ ސަރުކާރު އިސްތިއުފާއަށް ގޮވަމުން ދެންހުރި ވާހަކަ ނުދައްކައި ބެހެއްޓީމުއެ އހ

    25
  10. ނަން

    ބައްޔާއެކު އުޅެން ދަސްކުރާށެ ކިޔާ ގޮވި މީހުނަށް މިހާރުދެން ފަސޭހަވާނެ އުޅެން

    25
  11. ކަމަނަ

    ޥަރަށް ފުރިހަމަ ލިޔުމެއް ބައެއްމީހުން މi ނުކިޔާތތަ ކޮމެންޓް ކުރަނީ. މައިމޫނާ އިސްތިއުފާ

    24
  12. ނީރާ

    ސާބަހޭ ވަގުތު ޓީމް ވަރަށް ފުރިހަމަ ރިޕޯޓެއް 👍
    މިޤައުމުގަ ބަލިފަތުރާލީ މިނުބައި ސަރުކާރުން

    32
  13. އަހުމަދު

    ވަރަށް ފުރިހަމަ ލިޔުމެއް. ދެރައީ މޑޕ މެންބަރުން ނަށް މި ދޯހަޅި ސަރު ކާރުން ކުރާ އެއްވެސް ކަމެއް. ގޯސް ނުވާތީ.. ހަގީގަތް ގަބޫލު ނު ކުރާތީ...

    28
    1
  14. ހުސޭނު

    ސަރުކާރަށް މުހިންމީ ކޮވިޑަށްވުރެ ހަރުކަށިފިކުރު ހޯދުން

    28
  15. އެމަންޖެ

    ކޮވިޑުން ދެން އަރައިގަނެވޭނީ މިވެރިކަން ވައްޓާލައިގެން.

    30
  16. ހޯހޯ

    މި އީި ސަތޭކާގެ ވާހަކަތަކެއް. އަމީން އަށް ޒިންމާ އަދާނުކުރެވިގެން ގެނާ މިނިސްޓަރު ހުންނަކަންވެސް ރައްޔިތުންނަކަށް ނޭގެ ހައްތަހާވެސް ހިޔާނާތުގެ ބޮޑުން ރައްޔިތުން ފަނާވުން އިއްޒަތް ތެރިނަށް ވެކްސިބްވެސް މިހާރު ސަރުކާރަށއ އޯކޭ ކޮންމެ ވެކްސިނެއް މީހުންނަށް ޖަހަންވެސް .ދެވަނަ ޑޯޒެއް މީހުންނަށް ދޭން ޖެހޭކަންވެސް ތި މިނިސްޓަރަކަށް ނޭގުނު.މީ ދެރަވަރަކަންކަން އެކަމަކު ތިމާމެންވަރުގެ ގާބިލް ބަޔަކުވެސް ނޫޅެ. ޤައުމުގެ ވެރިމީހާވެސް މިހާރު ޓީވީ އކަށް އެރިޔަސް ކޮވިޑޭވެސް ނުކިޔަ އަބަދުވެސް ހަރުކައްޓާ މަޑުކައްޓާ މީ ބޮޑުކަމަކީ.އެކަނި

    14
  17. ވެރިން

    މައިމޫނާ އަދިވެސް އިސްތިއުފާ ދީފަ ގެޔަށް ވަޑައިގައްނަވަން ނުވޭތޯ. ކިހާވަ ރެއް ވަންދެންތޯ ތިމަޑުކު ރައްވަނީ

    12
  18. ޛަންބޭ

    ޢަދިވެސް ގޮނޑީގައި ތިބެވޭތޯ ބަލާ ދިވެހިން ގޮތްހުސްވެއްޖެ ލޮކްޑއުން ކުރީމަ އިނޑިޔާއިން ހިތްހަމަނުޖެހޭ ގެސްޓުންގެ ބަލާޔާހުރެ ބޭރަކަށް ނުނުކުމެވޭ ކައުނސިލްގެ ބާރެއް ނުހިނގާ

  19. ިރެފްރީ

    ރާއްޖޭގެ ޒަމާންވީ ތާރީޚް ދައްކައިދިނީ މިފަދަ ކޮންމެ ކާރިސާއެއް ކޮންޓްރޯލް ކުރުމުގައި ހާއްސަކޮށް ސިފައިން ދެއްކި ވަރުގަދަ ނަމޫނާއެވެ. ކޮލެރާ އާއި ސިގެއްލާގެ ބަލިމަޑުކަމާއި ސުނާމީ ކާރިސާ ފަދަ އެތައް ކަމެއް މެނޭޖްކޮށް ހަމަމަގަށް އެޅުވުމުގައި އިސްވެ ތިބީ ސިފައިންނެވެ. ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ކޮމާންޑް ކުރަން ތިބީ ސިފައިންނެވެ.

    ވަ ރަށްފު ރިހަމަލިއުމެއް!! ރައީސް މައުމޫނުގެދު ރުވިސްނުންފުޅުން
    އެހު ރިހާކަމެއް ބައްލަވާ ހަމަޖައްސަވާ އަދި ނިންމަވަމުންގެންދެވިގޮތް މިހާ ރުގެވެ ރިން ދަސްކު ރަންޖެހޭ!!

  20. މަގޭގައުމު

    ބަލަރައްޔަތުންގެފައިސާ ބަޑު އަޅުއްވާ މެބަރުގެ ނުލަފާކަމާޖާއި ޖާހިލުކަންމިހާރުމިދަނީފެންނަމުންދެން ސަރުކާރުގެ އިހުލާސްތެރިކަމެކީ ރައްޔަތުގެފައިސާއިންހިޔާނާތެރިވުން ކޮބައި އަލީވަހީދު؟ކޮބައި ކެރަފައިނަސީމުގެނާ ހަތްލައްކަވެކްސިން؟ކޮބައި ސާހިދު ގެނާ ތިންބިލިއަންރުފިޔާ؟ކޮބައި ކޮވިޑުއައް ސަރުކާރުންވީ އިހުމާލް؟ވީމާ ރައްޔަތުންނާ ސަރުކާރުހަވާލުކުރުމަންހޮވާލަން ރައްޔަތުން ބަޑައްފަނާވަނީ ސަރުކާރުގެ އިސްވެރިން މަޖާކޮއްހަދާއިރު ބިރެއްލަދެއްނުގަނީތަ؟؟ބަލިވަނީބޮޑު އެޗްޕީއަކައް ވާނުވާއެއްނޭގޭ ޕޮޒިިޓިއު ނެގިޓިއުނޭގޭ ރައްޔަތުންބަސްއެހި ސަރުކާރުން މޯދީގެމީހުންގެނުމާއި ވޯޓުގެ ދަހިވެތިކަމުން މިގަުމު މިދަނީ ފަނާވަމުން ؟ މާތްﷲމިގައުމާ މިގަމުގެ ރައްޔަތުންސަލާމަތުގާލަހައްޑަވާށީ އާމީން ވަރައްއަސަރުކޮއްފި!

    8
    1
  21. އަފޭ

    އަމާ ބުނީތީ ފަރައް ދާ ގޮތައް މި މީހުން ގައުމު ހިންގަމުން މިދަނީ ވެރިކަން ލިބޭ ކޮންމެ ބަޔަކީ ވެރިކަން ކުރަން ދައްނަ ބަޔަކައް ނުވާނެ ކަން މިހާރު އެގިއްޖެ ތައުލީމެއް ނެތް ބަޔަކު މަސައްކަތް ކުރަން ޖެހެނީ ފޮތެއް ގައި ލިޔެގެން އެގޮތައް ވެސް ކަންތައް ކޮއްގެން މިގައުމު ސަލާމަތް ކޮއްބަލަ

    12
  22. ސިދާތަ

    ޕޮސިޓިވް ގިނަ މީހުން އަމިއްލަ ގޭގަ ފަރުވާ ހޯދަމުންދަނީ ފެސިލިޓިތަކަށް ގެންދަނީ ޕޮސިޓިވްވާ މީހުންގެ މަދު ބައެއް. ވީމަ އެބަ އެނގޭދޯ ދެ އަހަރުވައިރުވެސް ކޮވިޑަށް ތައްޔާރުވެވިފަނެތްކަން.

    12
  23. ޢެކެއް

    ވަގުތު ގަ މިހާތަނަށް ލިޔުނު އެއްމެ ރަންގަޅު ލިޔުން.💯
    ވޯޓް ކަންތައް އެގޮތަށް ގެންދިޔައީ ހަމަ ރައްޔިތުން ތެޅި އެގޮތް އެގޮތައް ބޭނުން ވީމަ.

    11
    1
  24. 😡

    ޕީ ޕީ އެމް އިން ސަރުކާރު ދޮވެލި އިރު އިސްތިއުފާ އަށް ނުގޮވާ އަހުމަދު، މަޑުން ހުރީމަ ވީގޮތް މިފެންނަނީ

    1
    16
  25. ާކިޔުންތެރިޔާ

    ވ.ވ.ވ.ވ ފުރިހަމަ. މި ފަދަ ލިޔުމެއް ގެނެސް ދެއްވެ ވީތީ ސުކުރިއްޔާ! އަޅުގަނޑުމެން އަޅުގަނޑުމެން ގެ ފަރުދީޒިންމާ އަދާކުރަމުން އެބަ ގެންދަވަން.

    11
  26. ޔާމީނު

    ބަޣާވައިތް ކުރަންވެސް ސިފައިންވަރެއް ނެތް

    13
  27. އަހްމަދު

    ކިތަންމެ ވަރަކަށް އިންޒާރުގެ ރަނގަބީލު ޖެހިޔަސް ކުރާނެކަމެއްންތް! މިކާންބަލާނޭ ސިޔާސީ މީހެއްނެތް! ޑޮކްޓަރުންނަށްވަނީ މާތީގައި އެމްޑީޕީ މަޖްލީސް މެޖޯރިޓީ! ވެރިންނާއި މިނިސްޓަރުން ވަނީ މަޖްލީހުގެ މެންބަރުން އަތްދަށުގައި! ފިޔަވަޅު އަޅަން ސަރުކާރު ވަނީ ނުކުޅެދިފައި! އަޅުގަނޑު ހިތަށް އަރާ މާއިމޫނާ މީކޮންކަމެއް ކުރާ އަދި ކުރެވޭމީހެއްބާ! އެންގޭ ކަމަކީ ކަރަންޓީން ނޯޓިސްގައި ސޮއިކޮށްފައި ފޮނުވާކަން!!!!

  28. ޢަޒީލް

    ގދ.ތިނަދޫ ގައި ސިނޯފާމް ވެކްސިންޖެހިތާ މިހާރު އެެއްމަސް ވެއްޖެ، އަދިވެސް 2 ވަނަ ޑޯޒްއެއް ދޭން ނުފަށާ! ދެންކިހިނެއް ކޮވިޑް ކޮންޓްރޯލް ކުރަނީ؟ ސަރުކާރުން ތިކިޔާ ލަވައާއި، މި މީހުން ކިޔާއެއްޗެއް ދިމަލެއްނުވޭ!

  29. އުސްމާނުބެ

    އަމިއްލަފަރުދު ޒިންމާވުންވެސް އެބައޮތް ، އަކަމަކު މީގެ ބޮޑު ޒިންމާ ނަގަންޖެހޭނީ ، ސަރުކާރުން ، މަޖިލިސްއިން އަދި މިގައުމުގެ ދީނީ އިލްމުވރިިން .... ވާނެއް އެއްޗެއް ވާން ދޫކޮއްލާފަ އެންމެން ނެރެގެން ކުޅޭނެ ކުޅިއެއް ކުޅެފަ ދެން އަމިއްލަފަރުގުންގެ ޒިންމާއޭ ކިޔާފަ ކަޑާނުލާ... މިހާރު ނީވެ ތިޔަ މިދީނީ އިލްމުވެރުންގެ ބަހެއްވެސް... ސަރުކާވެސް ހަނު.. މަރުވާނެ ބަޔަކު މަރުވާން ދޫކޮއްލާފަ .... މިދިޔައަހަރު ކޮވިޑް އައް ނެގިލޯން ތަކާ އެހީ ތަކާ ހުރިހާއެއްޗެ ތަޅާބުރުވާ މިއަދު ދެން ތިގަންނަން އުޅޭ ވެކްސިން ކޮޅުލިބުނަސް ރަގަޅު... މިސަރުކާރުން ކުރަން އުޅުންނަމަ މިއަހަރު ކުރީ ކޮޅު ވެކްސިން ޖަހާނިންމާލެވުނީސް، ހިލޭ އެތި ކޮޅު ހޯދަން ދުވެދުވެ ރައްޔިތުން މަރައް ދޫކޮއްލާފަ.

  30. ކަނބުލޮ

    ވޯޓާ ބޯޓާހެދި އުޅުނުބަޔަކު އުޅެންހަދައިގެން އެންމެ ދެރަނިކަމެތިމީހާވެސް ބިރުވެރިކަމެއްގެތެރޭގައި. މިހާ އަމިއްލަ އެދުން ބޮޑު ނުވިޔަކަސް ވެދާނެ..

  31. ވަހީދުބެ

    މިހާރު ކޮވިޑަށްވުރެ ބޮޑު ކަމެއް ޖެހިގެންނު މިއުޅެނީ. ބޮމެއް ގޮއްވާލައިގެން ދައުލަތުގެ އެއްބާރުގެ އިސް ކޮށްހުރި މީހާ އަށް ޖިސްމާނީ ބޮޑަތި ގެއްލުންތަ ކެއް ލިބިގެން އުޅެނީ. ކޮވިޑްގައި ދުވާލަ ކު 100 މީހުން މަރުވިޔަސް އެއަށްވުރެ ކުރިންބުނި ކަންތައް އަދިވެސް މިއޮތީ މާބޮޑު ކޮށް. ޚާއްޞަހުއްދަ ދީގެން ރާއްޖޭގެ އެ ކިހިސާބުތަ ކަށް މީހުން ފޮނުވައިގެން ރާއްޖޭގެ ހުރިހާ ހިސާބަ ކަށް ބަލިފެތުރިފަ މިއޮތީ. ހުއްޓުމެއްނެތި ބަލިޖެހޭ މީހުންގެ ޢަދަދު މަތިވަމުންދާއިރުވެސް މި ކަމަށްވުރެ އެހެން ކަން ކަން މިއޮންނަނީ މާއިސް ކަން ދެވިފަ. ސަރު ކާރުން ކުރާ ކަން ކަމަށް ފާޑުނު ކިޔޭގޮތަށް، ނަފްރަތުއުފައްދާ ވާހަ ކަދެއް ކުން މަނާ ކުރަން މިހާރު އެއޮތީ ބިލް ހުށަހަޅާފަ. ކޮންމެގޮތަ ކަށް ކަން ކުރިޔަސް އަނގައިން ނުބުނާށޯ.

  32. ކައުންސެލަރު 🙌

    ސައްތައިން ސައްތައިގެ ލިޔުމެއް. ހެލްތް މިނިސްޓަރަކަށް އެހެން ޕާޓީއެއްގެ މީހަކު ހުރިނަމަ ދުއްޕާން ކާޅަށްވުރެ މިއުޅޭ ހޭރޭ ގްރޫޕްގެ ނޮހޮރުއްޕާން ބޮޑުވެއްޖީސް މިހާރު. ދެން ކިޔާނީ ކީކޭބާ މިގުރޫޕު

    5
    1
  33. ކަލުބެ

    ޢިންތިހާބު ނުބާއްވައިގެން އިދިކޮޅުން ނުކުނެ ކުރި މުޒާހަރާއި އަދި ކޯޓަށް ދާނެ ކަމަށް ބުނެ ކުރި ހުރިހާ ކަމެއްވެސް ލިޔެލިނަމަ ދޯ!

    1
    8
  34. ދިވެހިސޮރު

    ދެމަފިރިން ލައްލކައިން ގެއަށް ފައިސާ ވެއްދިމަ ވަރަށް ވަރުބަލިވާނެ

  35. ޓިނު ދޮންބެ

    ވެކްސިންވެސް ޖެހި އަމާބުނީމަ ފަރަށްދާ އުސުލުން...ދެވަނަ ޑޮޒް ރިޒާވެއްނުކުރޭ..ބިދޭސީންގަޔަށޤ ޖަހާ ހުސްއަރުވަލީ..ރިސޯޓްތަކަށް ވެކްސިން ވިއްކިޔޭ ރަށުތެރޭގަ ކިޔާ..