ކޮވިޑް-19 ޖެހިގެން އެންމެ ބޮޑު ވަރުވާ މީހުން ބައިތިއްބާފައި ތިބޭ އެއް ތަނަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީއެވެ. ބަލި މީހުންގެ ވޭނާއި ކެކުޅުންތައް އެންމެ ކައިރިން އިހްސާސް ކުރެވޭނެ ބަޔަކީ އެ ތަނުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޮވިޑް ބަލީގައި މަރުގެ ތުންފަތްމަތީގައި ތިބޭ މީހުންގެ ގައިގައި ފިރުމާލަ ދޭން ތިބީ ވެސް މި ތަނުގައި މަސައްކަތް ކުރާ ނަރުހުންނެވެ. ގައި މޮޑެދީ، ފައި މޮޑެދިނުމަކީ އެމީހުންގެ މިއަދުގެ އާދައެވެ. ނުތެދުވެވި ބަލި އެނދުގައި ތިބޭ މީހުންނަށް ކާން ދިނުމާއި ފެންވަރުވައި ދިނުމަކީ ނަރުހުންގެ ދުވަހުގެ މަސައްކަތެވެ. ފަހު ނޭވާލަމުން އަންނަ ބަލި މީހުންނަށް ޝަހާދަތްލައިދީ، ބަންގި ގޮވާ ހަދަނީ ވެސް މި ނަރުހުންނެވެ. އެއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތްދަތި މަންޒަރެކެވެ.

ހުޅުމާލޭގައި އާންމުން ދިރިއުޅޭ ހިސާބާ ފުދޭ ވަރަކަށް ދުރުގައި ހުންނަ ފެސިލިޓީގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދާ ކިތަންމެ ބަޔަކު އެބަތިބިއެވެ. ބައެއް މީހުން ސީރިއަސް ހާލަތުގައެވެ. އަނެއް ބަޔަކު ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އެނދުގައި ހިރި ވެސް ނުލެވިފައި އެތައް ބަޔަކު އެބަތިބިއެވެ. އެއް ބަޔަކު ގައިގައި ރިއްސާތީ ނުތެދުވެވިފައެވެ. ނޭވާލާން އުނދަގޫވާތީ ގިނަ މީހުންނަށް ދެނީ އޮކްސިޖަނަކަށް ފަހު، އޮކްސިޖަނެކެވެ. ހާލު ދެރަ ކަމުން ގެއަށް ނުގެންދެވިފައި އެތައް ބަޔަކު އެބަތިބިއެވެ. ބައެއް މީހުން އެ ތަނުގައި "ދިރިއުޅޭތާ" މަހެއްހާ ދުވަސްވެއްޖެއެވެ.

އެ ހުރިހާ އެންމެންނަށް ވެސް އަޅާލުމާއި ލޯބި ދޭން މިއަދު ތިބި ހަމައެކަނި ބަޔަކީ ނަރުހުންނެވެ.

ކޮވިޑްގެ ނުރައްކާތެރި ބަލިމަޑުކަން ރާއްޖޭގައި ފެތުރިފައި އޮންނަތާ ދޮޅު އަހަރެއްހާ ދުވަސްވީ އިރު، މި ބަލީގައި މިހާތަނަށް 151 މީހަކު ވަނީ ނިޔާވެފައެވެ. މި މަހު ކޮވިޑް ޖެހިގެން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިޔާވެފައެވެ. އެންމެ ގިނަ ބަޔަކު ނިޔާވެފައި ވަނީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީންނެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު އެއް ހާހުން މަތީގައި އުޅޭތާ ގިނަ ދުވަސްތަކެއްވީ އިރު، ހޮސްޕިޓަލްތަކާއި ފެސިލިޓީތައް ފުރެނީ ބަލި ޖެހިފައި ތިބި މީހުންނާއި ބަލީގައި ބޮޑުވަރުވެފައި ތިބި މީހުންނެވެ. މި އެންމެންގެ ކައިރީގައި އުޅެނީ ނަރުހުންނެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތުގައި. --- ފޮޓޯ: ޕީއެސްއެމް

އެ މީހުންނަށް ބަލީގެ ބޮޑުވަރުވާ އިރު، ޑޮކްޓަރުންނާއެކު ފަރުވާ ދިނުމުގައި އުޅެނީ ވެސް ނަރުހުންނެވެ. އެ ބަލި މީހުންގެ ހާލު ދެރަވެގެން ނިޔާވާއިރު، އެ މަންޒަރު ކައިރިން ބަލަން ތިބެން ޖެހެނީ އާއްމުކޮށް ނަރުހުންނެވެ. އައިސީޔޫގައި ތިބޭ ބަލި މީހުން ނިޔާވާ އުޅޭކަން އެނގެނީ ކޮންމެ އެނދެއް ކައިރީގައި ހުންނަ މެޝިނުންނެވެ. އެވަގުތުކޮޅު އައުމާއެކު، އެތަނުގައި ހުސްކޮށް ތިބޭ ހުރިހާ ނަރުހުން އެ މީހާ ކައިރިއަށް އާދެއެވެ. ބަލި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފިރުމާދީ ހަދައެވެ. އަދި ބަލި މީހާ ނިޔާވުމުގެ ކުރިން އަބަދުވެސް ޝަހާދަތްލައިދީ ހަދައެވެ. މިގޮތަށް ޝަހާދަތްލައި ދިނުމުން ބައެއް މީހުން، އަޑުދަށުން ޝަހާދަތް ކިޔައެވެ. ބަލި މީހާ ނިޔާވުމުން އެ މީހާގެ އަނގަ ހުޅުވިފައި ހުންނަ ނަމަ ލެއްޕޭވަރު ކޮށްލައެވެ. ދެ ލޯ ހުޅުވިފައި ހުންނަ ނަމަ ލޯ މަރާލަދީ ހަށަން ބަންނުވައެވެ. އަދި ހަށިގަނޑު ބޮޑީ ބޭގަށް ލައިގެން ސަހަރާ އަށް ގެންދިއުމަށް އެހީތެރިވެދެއެވެ.

ހަގީގަތުގައި ކޮވިޑް ފެސިލިޓީގައި ތިބޭ ނަރުހުން ކުރަމުން އަންނަނީ ތައުރީފް ހައްގު މަސައްކަތްތަކެކެވެ. ޗުއްޓީއެއް ނުނަގާ ބައިވަރު ނަރުހުންނާއި ޑޮކްޓަރުން މަސައްކަތުގައި އުޅޭތާ ދޮޅު އަހަރުވީއެވެ. އާއިލާއެކު ގިނަ ވަގުތު ހޭދަކޮށްލުމުގެ ފުރުސަތެއް މިހާރަކު ނުލިބެއެވެ. މި މަސް ފަށައިގެން ކޮވިޑްގެ ވޭދަނަތައް އިތުރުވުމާއެކު، އެ މީހުންނަށް ބޮޑު ބުރަ ކަމެއް ލައްވާލިއެވެ. އަށް ގަޑިއިރުގެ ޑިއުޓީ 12 ގަޑިއިރުން 14 ގަޑިއިރަށް ދެމިގެން ދެއެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީ ނަމަ 20 ވަރަކަށް ބަލި މީހުން އެންމެ ނަރުހެއް ބަލަން ޖެހޭ ފަހަރުވެސް އާދެއެވެ.

ޝިފްޓް ބަހައިގެން ނަރުހުން މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ނިމި އެނބުރި ގެއަށް ދާން ލިބޭ ވަގުތުކޮޅަކީ އެންމެ ހިތްހަމަޖެހޭ ވަގުތުކޮޅެވެ. އެ ވަގުތުކޮޅުގައި އަނެއް ޝިފްޓަށް އަންނަ ކުއްޖާގެ ގައިގައި އުފަލުން ބައްދާލެވެއެވެ.

މިއީ ހުޅުމާލެ ކޮވިޑް ފެސިލިޓީން ކޮންމެ ދުވަހަކު ހެން ފެންނަ މަންޒަރެވެ.

ކޮވިޑް-19 ޖެހުނު މީހްކު ފެސިލިޓީއަށް ގެންދަނީ - ފޮޓޯ: ޕީއެސްއެމް
ކޮވިޑް-19 ޖެހުނު މީހްކު ފެސިލިޓީއަށް ގެންދަނީ - ފޮޓޯ: ޕީއެސްއެމް

ނަރުހެއްގެ އެއް ދުވަސް އައިސީޔޫގައި، ބުރަ ބޮޑު!

އައިސީޔޫ ތެރޭގައިވެސް އުޅެން މި ޖެހެނީ ހަތަރު ބަލި މީހުން ގޮވައިގެންނެވެ. ބައެއް ދުވަސް ދުވަހު މެންދުރު 1:00 ޖަހާއިރު ޑިއުޓީއަށް ދާ މީހުން ދަންވަރާ ޖެހެންދެން ބަލި މީހުން ބެލުމުގެ މަސައްކަތުގައި މި ވަނީ އުޅެން ޖެހިފައެވެ. އަނެއްކާ އަނެއް ދުވަހުގެ ހެނދުނު 7:30 ގައި ދާ ގޮތަށް ރޭގަނޑު ވަންދެން އެތަނުގައެވެ. ގިނަފަަހަރު އަރާމުކޮށްލާނެ ވަގުތެއްވެސް ނުލިބެއެވެ. އަމިއްލައަށް ކައްކައިގެން މީރު އެއްޗެއް ކާނެ ވަގުތެއްވެސް ނުލިބެއެވެ. އެ މީހުން ބަލަން ޖެހޭ ބަލި މީހުން ދޫކޮށްލާފައި ކާންވެސް ނުދާ ފަހަރު ދެއެވެ.

"7:30 ގައި ގޮސް ހެޒްލެޓް ލައިގެން މި ޖެހެނީ ފުލް ކިޓްގައި އެތަނުގެ ތެރެއަށް ވަންނަން، ވަދެ ފަށާނީ ރޫޓިންތައް، ދެން އަޅުގަނޑުމެން މި އުޅެނީ ތިނެއް ނޫނީ ހަތަރު ވަރަކަށް ޕޭޝަންޓުން ނަގައިގެން، އޭގެ މާނައަކީ ވެންޓިލޭޓަރުގައި އޮންނަ ދެ ޕޭޝަންޓާއި، އެހެން ޕޭޝަންޓެއް ވެސް އޮވެ ދާނެ، އެ ތިން މީހުން ފެންވަރުވައި ދޭނެ، އެ ތިން މީހުންގެ ބުރަކަށި މަސާޖް ކުރާނެ. ބުރަކަށި ހަތަރު ގަޑިއިރުން ހަތަރު ގަޑިއިރުން، ދެ ގަޑިއިރުން، އަނގަ ދޮވެ، އަނގަ ސާފްކޮށް ހުރިހާ ކަމެއް، ކުރާނެ، އެއީ ޕޭޝަންޓަށް ބުނަދޭން ނޭނގޭނެ އެ އޮންނަ ހާލަތުގެ ސަަބަބުން ،ޕޭޝަންޓަށް ވާބަލީ ނުއެއް ބުނެވޭ ކަންތައް ޕޭޝަންޓަށް ނަރުހުން މި ކޮށްދެނީ". ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހަކު ކިޔައި ދިނެވެ.

މި ނަރުހުން މި ކަންކަން ކޮވިޑް ފެސިލިޓީގެ ތެރޭގައި ކުރަނީ ކިތަންމެ ބުރަކޮަށް ނަމަވެސް، އެކަމަށް ވަރަށް ބޮޑަށް ގަޔާވެ، ފަރުވާތެރިވެގެންނެވެ. ކަމޭ ހިތައިގެންނެވެ. އެ މީހުން ކުރާ މަސައްކަތްތައް އައިސީޔޫގައި ތިބޭ ބަލި މީހުންނަށް ފެނި، އެ މީހުން ރަނގަޅު ވެގެން ގެއަށް ގޮސް ގުޅާފައި އެތައް ވާހަކައެއް ވެސް ދައްކާފައި އެބަހުއްޓެވެ. އެ ނަރުހުންގެ ރަނގަޅު ވާހަކަ އެތަނުން ނުކުންނަ އެތައް ބަލި މީހުން ދައްކައެވެ.

ކޮވިޑްގައި ފަރުވާ ހޯދަމުން އަންނަ ޒުވާނެއް.

މިގޮތަށް ގޮސް ރައުންޑް ޗެކްއަޕާއި އިތުރު މަސައްކަތުގައި ނަރުހުން ޝާމިލްވެ އުޅެއެވެ.

ބައެއް ނަރުހުން ބުނަނީ، ނަރުހުން މަދުވުމުން އައިސީޔޫގައިވެސް ކޮންމެ ނަރުހަކަށް ތިން ބަލި މީހަކު ނަގައިގެން އުޅޭއިރު، ރަނގަޅަށް އެ މީހުން ބޭނުންވާ ފަރުވާ ނުދެވޭ ކަމަށެވެ. އެކަމަކު، ކެރި ކުޅަދާނަކަން ހުރި މިންވަރުން ނަރުހުން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. މި ހުރިހާ ކަމާކާއި އެކުވެސް ނަރުހުން ހިތްވަރު އެލުވައެއް ނުލައެވެ. މިކަމުން އަރައިގަނެވޭނެ ކަން އަބަދުވެސް ބޮލު ތެރޭގައި އޮންނަ ކަމަށް ނަރުހުން ބުނެއެވެ.

"އަޅުގަނޑުމެންގެ އިންޗާޖަކަށް ހުންނަ ކުއްޖާ ބްރޭކަށް ދާށޭ ބުންޏަސް ގިނަ ކުދިން ބުނާނެ ނުދާނަމޭ، އެއީ އެހެން ގޮއްސިއްޔާމުން ދެން އަންނަ އިރު އޮންނާނީ ކޮން ހާލަތެއްގައި ކަމެއް ނޭނގޭނެ، އެއީ އެހެން ބަޔަކަށް ނުބެލޭނެ ދޯ އެ މީހުންގެ ހަތަރު ބަލި މީހުން ބަލަމުން، އަހަރެންގެ ބަލި މީހުންނެއް، ވަރަށް ޓަޔާޑް އަސްލު މިހެން ނުކުމެފައި ތިބޭނެ ސްޓަކްވެފައި އިށީނދެގެން، ގެއަށް ދާއިރު ހަމަ ތިބޭނީ ފްލެޓް ވެފައި،" ނަރުހަކު ކިޔައި ދިނެވެ.

ނަރުހުންގެ މޫނުމަތިން އުޖާލާކަން ގެއްލިފައިވާކަން ބައެއް ނަރުުން ފާހަގަކުރެއެވެ. ކުރިން ނަރުހުން ޑިއުޓީއަށް އަންނަނީ ކުޑަކޮށް މޭކަޕްކޮށް، ވަރަށް ރީތިވެެސް ވެގެންނެވެ. ނަމަވެސް މިހާރު އެ އުޖާލާކަން އެ މީހުންގެ މޫނުމަތިން ނުފެނެއެެވެ. ފެންނަނީ ވަރުބަލި ކަމާއި ހިތްދަތިކަމެވެ. ވޭނީ ދުވަސްތަކެވެ.

ބައެއް ފަހަރު ބައެއް ނަރުހުން ވަރުބަލި ވެގެން މޭޒުމަތީގައި އަތް އަޅުވާލައިގެންވެސް ތިބެއެވެ.

"މިސާލަކަށް ޝިފްޓަށް އަންނައިރު، މޯނިން ޝިފްޓް ކުދިން އައިސް ބައްދާލާނެ، ދެން އަންނަ ޝިފްޓުގެ މީހުން އަންނާތީ ދެވޭ ކަމުގެ އިހުސާސްތައް ވާތީވެ، އެ ގަޑިގައި ވަރަަށް އެހެން ކަހަލަ އުފަލެއް މި ލިބެނީ،" ނަރުހަކު ކިޔައި ދިނެވެ.

ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ
ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ

އައިސީޔޫ ތެރޭގައި ހިތްދަތި އެތައް ކަމެއް!

ރެއާ ދުވާލު އައިސީޔޫ ތެރޭގައި މި ދިމާވަނީ އެތައް ކަމެކެވެ. އައިސީޔޫއަށް ލާ ބައެއް މީހުން ބައެއް ފަހަރު ނެރެގެން ގެންދަން ޖެހެނީ "ކަޅު ކޮތަޅަކަށް" ލައިގެންނެވެ. ބައެއް ބަލި މީހުން ސަލާމަތްވެގެން އަނބުރާ ގެއަށް ދާއިރު، އެއީ ވަރަށް އުފާވާ ވަގުތުކޮޅެކެވެ.

އައިސީޔޫގައި މަސައްކަތް ކުރާ ނަރުހަކު ބުނީ، އެ އައިސީޔޫ ތެރޭގައި އިރުއަރާ އިރުއޮއްސޭއިރު އެތައް ކަމެއް ހިނގާ ކަމަށެވެ. އެއީ އުފާވާ އެތައް ކަމަކާއި ދެރަވެ ރޮވޭ ވަރުގެ އެތައް ކަމެކެވެ.

އެގޮތުން އެއް އާއިލާއެއްގެ ބަޔަކު ކޮވިޑް ފައްސިވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދިން ވާހަކަ ނަރުހުން ފާހަގަކުރިއެވެ. އެއީ މަންމަ އާއި ބައްޕަ އަދި އަންހެން ދަރިފުޅެވެ.

"މަންމަ އާއި ދަރިފުޅު އޮންނަނީ ފެންނަން އޮންނަ ބޭންޑްގައި ބައްވާފައި އައިސީޔޫ ތެރޭގައި، އެހެން އޮއްވާ ދަރިފުޅު ވެންޓިލޭޓަރަށް ލާން ވެގެން ދަރުމަވަންތަ އަށް ގެންދިޔައީ ހުޅުމާލެ އިން، އެތަނަށް ގެނެސްފައި އޭނާ ދަރުމަވަންތަ އިން ދޫކޮށްލި ދުވަސް އެއީ އޭނާގެ މަންމަ ނިޔާވި ދުވަސް ހުޅުމާލެ ފެސިލިޓީގައި އޮއްވާ". އައިސީޔޫ ތެރޭގައި ހިނގާ ދިޔަ ކަމެއް ހިއްސާ ކުރި ނަރުހަކު ބުންޏެވެ.

"ދޫކޮށްލާތީ ވަރަށް އެކްސައިޓް ވެގެން އޭނާ ގެއަށް ދާންވެގެން، ހުރެފައި ބުނި، ފުރަތަމަ ދާނީ މަންމަ އާއި މީޓް ކުރަންށޭވެސް، އެކަމަކު ފަހުން އޭނާއަށް އެނގިގެން ދިޔައީ މަންމަކަން ހުޅުމާލެ ފެސިލިޓީގައި ނިޔާވީ، އެނގިގެން ދިޔައީ ނޫހުން މަންމަގެ އުމުރާއި އެއް އުމުރެއްގެ މީހަކު ނިޔާވެގެން ރިޕޯޓްކޮށްފައި އިނީމަ، އަނެއްކާ އޭނާ ރައްޓެއްސެއް ވެސް އެކަހަަލަ ވާހަކައެއް ދެއްކި، އެންމެ ފަހުން ޑޮކްޓަރުން ކައިރިން އަހާފައި ނަރުުހުން އެ ވާހަކަ ހިއްސާ ކުރީ،" ނަރުހަކު ބުންޏެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭގެ ކުރިން އޭނާގެ ބައްޕަ ވަނީ ކޮވިޑުން ރަނގަޅުވެ ގެއަށް ދޫކޮށްލާފައެވެ.

އައިސީޔޫގައި ހިނގި ކަމެއްގެ ވާހަކަ އެހެން ނަރުހަކު ވެސް ކިޔައި ދިނެވެ.

"އޭނާ އަޅުގަނޑު ކައިރީގައި ބުނީ، ތިމަންނައަށް އެނގެއޭ ތިމަންނަގެ ފަހު ދުވަސް ކަން މިއީ، ކިޔާފައި ބުނީ ތިމަންނަގެ ދަރިފުޅަށް ގުޅައިދޭން، އިންނާނެއޯ ދޭން ޖެހޭ ލާރިއެއް މީހަކަށް، ކިޔާފައި ބޭބެ ބުނަނީ 80 ރުފިޔާގެ ވާހަކަ،" ނަރުސް މީހާ ކިޔައި ދިނެވެ.

އެންމެ 80 ރުފިޔާ މީހަކަށް ދޭން އިން ވާހަަކަ އެ ބަލި މީހާ ބުނުމުން، އެ ނަރުސް މީހާ ގުޅީ، އޭނާގެ ދަރިފުޅަށެވެ. އަމިއްލަ ފޯނުންނެވެ. ފޯނުން ގުޅައި ސްޕީކަރަށް ލައިގެން، ދަރިފުޅާއި ވާހަކަދެއްކޭ ގޮތް ހެދިއެވެ.

"އޭގެ އަނެއް ދުވަހު އަޅުގަނޑަށް ފެނުނީ އެ ބަލި މީހާ ނިޔާވެގެން ނޫހުގައި ޖަހާފައި އޮއްވާ، ދެން ހިތަށް އެރީ އޭނާގެ އެންމެ ފަހުގެ ވިޝް އޭނާއަށް ބުނެދެވުނީއޭ، އެންމެ 80 ރުފިޔާގެ ވާހަަކައޭ، އެކަމަކު އެ ބޭބެއަށް އެކަމުން އުނދަގޫތަކެއް ވާތީތާ ބުނާނީ،" އެމީހާ ބުންޏެވެ.

"އެ ދުވަހު ފޯނު ބާއްވާފައި އަޅުގަނޑު ކައިރީގައި ބުނި ދެން ނީންނާނެއޭ ދަރަންޏެއް".

ސިއްހީ ހިދުމަތްތެރިންތަކެއް.

"އައިސީޔޫގައި އެކި މީހުން އެކި ވާހަކަދައްކާ"

ނަރުހުން ކިޔައި ދިން ގޮތުގައި އައިސީޔޫގައި ތިބޭއިރުވެސް ބައެއް ބަލި މީހުން ފާޑުފާޑުގެ އެއްޗެހި ބުނެ ހަދައެވެ. އެގޮތުން މަރު ކައިރިވެއްޖެކަން ބައެއް މީހުންނަށް އެނގިގެން އެ ވާހަކަ ދައްކާ ކަމަށް ނަރުހުން ބުނެފައި ވެއެވެ. އައިސީޔޫތަކުގައި މަސައްކަތް ކުރާ ނަރުހުން ބުނެފައިވާގޮތުގައި، މީހުން ނިޔާވާއިރު، ކަންފަތް ދޮށުގައި ޝަހާދަތް ލައިދޭން އެ މީހުން ތިބެއެވެ.

"ނަރުހުން ކަންފަތް ކައިރީގައި ޝަހާދަތް ލައިދޭނެ، ކަންފަތް ކައިރީގައި ބަންގިވެސް ގޮވާނެ، އެ ހުރިހާ ކަމެއް އެގަޑީގައި ކޮންޓިނިއު ކުރަމުންދާނީ."،

ނަަރުހުން ބުނާގޮތުގައި، އެގޮތަށް ޝަހާދަތްލައިދޭއިރު، ބައެއް ބަލި މީހުން ފަހަތުންވެސް ކިޔާ ހަދައެވެ. މިގޮތަށް ބަލި މީހަކު ނިޔާވާކަން އެނގޭނަމަ އެތަނުގައި ހުސްކޮށް ތިބޭ ނަރުހުން އެތަނަށް ގޮސް، އަތުގައި ފިރުމާ ހަދައެވެ. އަދި މޮނީޓައިން ފްލެޓް ލައިން އަރަންދެން އެގޮތަށް ތިބެއެވެ.

"ލޯވެސް ހަމަލައްޕާނެ، ދެން އަނގަޔާ ތަންތަންވެސް ހުޅުވިފައި ހުރިއްޔާމުން، އަނގަވެސް އެންމެ ބޮޑަށް ކްލޯސް ކުރެވޭ ވަރަށް ކްލޯޒް ކުރާނެ، ހަމަ ފޮނުވާލާނީ، ދެން ހޮޅިއާ އެއްޗެހި ލައްވާފައި ހުންނަ ތަންތަން ބްލީޑް ވެފައި އިނިއްޔާ އެތަންތަން ސާފްކޮށްފައި ރީއްޗަށް ފެންވަރުވާފައި ފޮނުވާލާނީ އެކޮޅަށް".

މިގޮތަށް ނިޔާވާ ބަލި މީހުން ލަނީ ޕްލާސްޓިކް ކޮތަޅަކަށް ކަމަށާއި، ދެން އަޅުވަނީ ޒިބެއް ކަމަށް ނަރުހުން ބުނެފައިވެއެވެ. މިއާ ހިލާފަށް އާއްމު މަރަކުން ނިޔާވާ މީހުން ގައިގައި ފޮތިގަނޑެއް އޮޅާލާފައި ސަހަރާ އަށް ފޮނުވާލަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ތުނިޔަ

  އޯގާތެރި ނަރުހުންނާއި ސިއްހީ އެހީތެރިންނަށް ރަހުމަތް ލައްވާށި..ބަލީގައި ނިޔާވި ބޭފުޅުންނާއި އަޅަމެން އެއްމެންގެ ފާފަ ފުއްސަވާ މިބަލިމަޑުކަމުން އަވަހަށް މިންޖުކުރެއްވުން އެދި ދުޢާކުރަން.

  125
 2. އއ

  ތިޔަ ލޮބުވެތި ނަރުހުންނާއި ޑޮކްޓަރުން ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް، ތިޔަ މަސައްކަރުގައި ބަރަކާތް ލައްވާށި އަދި ކޮވިޑްގެ މި ވަބާއިން އަޅަމެން ސަލާމަތް ކުރަށްވާޝި އާމީން.

  101
  1
 3. ކިސަޑު

  މަރުވާ މީހުންނަށް ބަންގިވެސް ގޮވާދޭތަ ލިޔެވޭ އެއްޗެއް ތަމެންނަށް އެގޭތަ ތިޔަތަނުގައި ޤްރުއާން ޖަހައިގެން ބަލިމީހުން ހިތްހަމަ ޖައްސާދީބަލަ އައްރަޙްމާން ސޫރަތް ނިކަން ޖަހާބަލަ އެއްމެނަށް ހިތްހަމަ ޖެހުން ލިބޭނެ ފަރުވާއެއް ބަލިމީހާއަށް އިތުރު ހިއްވަތު ލިބޭނެ

  80
  4
 4. އައިޝާ

  ވަރަށް ވެސް އަސަރުން ފުރިގެން ވާ ވާހަކަތަކެއް. ނަރުހުން ތިވާ ގުރުބާނީގައި ﷲ ބަރަކާތް ލައްވާށި. އާމީން

  50
 5. ހޫނު

  ބަންގި ގޮވަނީ ކުދިން ވިހާއިރަކުނޫންތަ

  12
  3
 6. ސުސް

  ސަރު ކާރުން ރައްޔިތުން ނަށާ ނަރުހުންނައް މިހާލުޖެއްސީ އިންޑިއާ ޔަހޫދިން ގެެނެސްގެން ގަސްތުގަ ދިން އަނިޔާއެއްމީ. ކިނބޫ ޒިންމާ ވާންޖެހޭނެ. އިންޑިޔާ ގެ ހާލަތު ގޯސް ކަން އިނގޭ އިރު މުޅިރާއްޖެއައް ގެނެސްފަތުރާލީ ހަމަ. ލާރި ގަނޑުގެ ދަހިވެތި ކަމުގަ.. ޖަވާބްދާރީ ވާންޖެހޭދުވަހެއް އޮއި ކަން ހަދާނަ ކުރާތި..

  19
  4
 7. މުނީރު

  ދިރެސް އިން މިކަހަލަ އެއްޗެއް ނުލާނެ. އަބަދުވެސް ސަރުކާރު ގޯސް ކުރާނީ. ދިވެހި ރައްޔިތުން އަނެއް ރައްޔިތާއަށްވާ ޤުރުބާނީ ބަލައިގަންނަން ވެއްޖެ

  14
  6
 8. ހިތަދޫ މީހާ

  ބައެއް ނަރުހުން ވަރަށް އޯގާތެރިކަން ފާނހަގަ ކުރެވޭ. ހިތަދޫ ފުލޫ ކްލިނިކް ގަ އުޅޭނެ ކިބުރުވެރިކަމާއި ބޮޑާކަމުން ފުރިގެންވާ ނަރުހެއް. އާއްމުކޮށް އުޅޭނީވެސް އާދައިގެ ހެދުމުގަ ޔުނިފޯމް ވެސް ނުލާނެ ޑިއުޓީގަ އުޅޭއިރުވެސް. އޭނަ ބޭނުންވަނީ މީހުންނަށް ޝޯއޮފް ކުރަން ތިމަންނަ މީ އެހެން ނަރުހުންނަށް ވުރެ ސީނިއަރ މީހެއްކަން އެކަމަކު...................؟؟؟؟؟؟؟

  15
  1
  • ލޮލް

   ނަންވެސް ބުނެލިނަމަދޯ އަހަރުމެންނަށްވެސް އިނގޭނީ

 9. ހަސަދު

  ނަރުހުންނަށް ސާބަސް އަދި ތައރީފް ހައްގު. އެހެނަސް ހިތާމަ އަކީ މަޖްލިސް މެންބަރުން، ސިޔާސީ އެންމެނަށް ގައުމުގައި އޮތްހާ ފައިސާ އެއް. ނަރުހަކަށް، ޓީޗަރަކަށް ޕުރޮފެޝަންލް އެއް ވެސް މީހަކަށް މުސާރަ ބޮޑު ކޮށް ދޭން ވެއްޖެއްޔާ ގައުމުގައި ފައިސާ ހުރިކަމަކަށް ނުވޭ. މިކަހަލް ބޮޑެތި މައްސަ ހައްލު ކުރަން ކެރޭ ރައީސެއް ބެނުން ވެގެނެ ގައުމު އާދޭސް މިކުރަނީ

  30
  1
 10. ރަނާ

  ޢިސްލާމިކް މިނިސްޓަރ ނަރު ހުނަށް ބުނެދީބަލަ މަރުވާމީ ހާގެ ކައިރީގަ ކަން ކުރަންވާ ގޮތް . ބަންގި ގޮވާކަށް ނުޖެ ހޭނެ. ޝަ ހާދަތް ކިޔާށޭ ވެސް ބުނެގެން ނުވާނެ ކަމަށްވަނީ އަޑު އިވޭވަރަށް ޝަ ހާދަތް ކިޔާނީ