މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ސިފަކުރެއްވި ގޮތުގައި ގެއްލިގެން ދިޔައީ "މައުލޫމާތުގެ ދެ ހަޒާނާ" އެވެ. ސިޓީ ކައުންސިލަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށްފައިވާ އާރިފާ އަލީ އާއި މުހައްމަދު ވަހީދު ވަކިވެ ދިޔައީ ކޮވިޑް-19 ބަލީގައި މި މަހުގެ ތެރޭގައެވެ. އިދާރީ ސެކްޝަން ގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ ހަސަން ލުތުފީ ވިދާޅުވީ ދެމީހުންގެ ވަކިވެ ދިޔުމަކީ ކައުންސިލަށް ލިބުނު ނިކަމެތި ކަމެއް ކަމަށެވެ. ކައުންސިލް އޮތީ ސިހުމެއްގެ ތެރޭގައެވެ. އާރިފާ ކުރަމުން އައި މައިގަނޑު މަސައްކަތަކީ ވިހެއުމާއި މަރުވުމުގެ މައުލޫމާތުތައް ފައިލްކުރުމެވެ. ރަށްރަށުން ލިބޭ މައުލޫމާތުތައް އެއްކުރުމުގައި އެންމެ އިސްރޯލެއް އަދާކުރަމުން އައީ އާރިފާއެވެ.

އުމުރުން 51 އަހަރުގެ އާރިފާ މެއި ނުވަ ވަނަ ދުވަހު ނިޔާވިއިރު، މިދިޔަ އަހަރުން ފެށިގެން ހުރީ ޕޭ ލީވްގައެވެ.

"ފުދޭ ވަރަކަށް ބަލިކޮށް އުޅުނީ. ވަކި ކަމެއް ދަންނަވާކަށް ނޭގެ. ފުދޭވަރަކަށް ގިނަ ބަލިތަކުގައި އާރިފާވެސް އުޅުއްވީ" ޝިފާ ވިދާޅުވިއެވެ.

ބަށި މުބާރާތްތަކުގައިއާ ޖަމިއްޔާ ޖަމާއަތްތަކުގައި އާރިފާ ވަނީ އިސްރޯލެއް އަދާކޮށްފައެވެ. ޝިފާ ސިފަކުރެއްވި ގޮތުގައި އާރިފާ އަކީ ހުރިހާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރަމުން އައި މުވައްޒަފެކެވެ. އާރިފާ ގައިގައި ހުންނަ އެންމެ ހާއްސަ ސިފައެއްގައި ގޮތުގައި ޝިފާ ފާހަގަކުރެއްވީ ތަނުގެ މުވައްޒިފުން އެކަތިގަނޑަކަށް ގެނައުމަށްޓަކައި ކުރާ މަސައްކަތެވެ.

އިއްޔެ ވަކިވެެގެން ދިޔަ އުމުރުން 59 އަހަރުގެ ވަހީދަކީ 1960 އިން ފެށިގެން މާލޭގައި ވިހާ އެންމެންގެ މައުލޫމާތު ބަލަހައްޓަމުން އައި މުވައްޒަފެވެ. ހުރިހާ މައުލޫމާތުތަކެއް ވަހީދު ރައްކާކޮށްފައި ހުންނަނީ ވަރަށް ފަރުވާތެރިކޮށް ކަމާއެކު ފޮތެއްގެ ސިފައިގައެވެ.

"ގެއްލިގެން ނުދާ ވަރަށް މައުލޫމާތު ހުންނާނެ ސިޓީ ކައުންސިލްގައި ބައިންޑްކޮށްފައި.އެންމެ ފަހު ދުވަހާ ހަމަޔަށް ވަހީދު ކުރަމުން އައި މަސައްކަތަކީ މައުލޫމާތު ރައްކާތެރިކުރުން" ޝިފާ ވިދާޅުވިއެވެ. ވަހީދު މައުލޫމާތުތައް ރައްކާކޮށްފައި ހުންނަ ގޮތުން، މުހިއްމު ލިޔުމެއް ގެއްލުނަސް ދަތިތަކެއް ދިމާނުވެ ހޯދަން ފަސޭހަވާ ކަމަށް ދާދި ފަހުން މޭޔަރު ކަމުގެ ދައުރު ހަމަވި ޝިފާ "ވަގުތު" އަށް ވިދާޅުވިއެވެ.

ވަހީދުއާ އެންމެ ފަހުން ބައްދަލުވި ދުވަސް ހަނދާނަށް ގެންނަވަމުން ޝިފާ ވިދާޅުވީ، ކައުންސިލްގެ މާހެފުމުގެ ތެރެއިން ބައްދަލުވެ ވަރަށް ގިނަ ވާހަކަތައް ދެކެވުނު ކަމަށެވެ. ވަހީދަކީ ހަކުރު ބަލި ހުންނަ މީހަކަށްވާތިވެ އެ ވާހަކަވެސް ދެކެވުނު ކަމަށް ޝިފާ ވިދާޅުވިއެވެ. އަލަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ވަހީދަކީ ހިދުމަތްތެރި، ހީވާގީ އަދި ލާމަސީލު މުވައްޒަފެއް ކަމަށެވެ.

ޝިފާ ވިދާޅުވި ގޮތުގައި އާރިފާއާ ވަހީދުގެ ވަކިވުމަކީ ސިޓީ ކައުންސިލްގެ ތާރީހެއް ގެއްލިގެން ދިޔުމެވެ. މައުލޫމާތުން ފުރިފައިވާ ދެ މީހުން ގެއްލުނީއެވެ. ދެ މީހުންނަކީ ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކޮށްފައިވާ ބަޔަކަށްވާތިވެ ކައުންސިލަށް އޭގެ ބޮޑު ހުސްކަމެއް އިހްސާސް ކުރެވޭނެ ކަމަށް ކުރީގެ މޭޔަރު ވިދާޅުވިއެވެ.

"މުޅި ސެކްޝަނަށް އެކަމުގެ އިހްސާސް ކުރެވޭނެކަން ޔަގީން" ޝިފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހެލްތު މިނިސްޓަރާއި އިބޫ އިސްތިއުފާ!!

  اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
  މާތް اَللّٰهُ , އެދެމައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

  34
 2. އިބްރާހީމް

  اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
  މާތް اَللّٰهُ , އެދެމައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

 3. ތމ

  އާމީން

 4. މުހައްމަދު

  1977 ވަނަ އަހަރުވެސް ވަހީދަކީ ކިޔަވާ ކުއްޖެއް.

  2
  1
 5. ދަރަނި ދަންތުރަ

  ކޮވިޑުގައި ކިތަށްމެ ބަޔަކު މަރުވިޔަސް ސަރުކާރަށް އޯކޭ ، ކެނެރީގޭ ޖާހިލު ޖަރުމަނަން އެއަރ އެންބިއުލާންސްގައި އޭނަ ބޭނުން ހުރިހާކަމެއް ސަރުކާރުން ކޮށްދޭ މިހާރު ޖަރުމަނުގައި ޅިޔަނާއެކު އަޗާތަޅަނީ ދިވެހިންގެ ޓެކުސް ފައިސާއިން ބޭނުންވާ އެއްޗެހި ބޯލަ ބޯލަ ....

 6. އަދުނާނު

  ތިޔަދެމަރުގައި ކައުންސިލް އިދާރާގެ އިސްވެރިން ނުވަތަ ސެކްޝަންގެ ވެރިޔާގެ އިހުމާލު ބޮޑެވެ. މުވައްޒަފުންނަށް ރަސްމީގަޑީގައި ނެރެ އަދި އިތުރުގަޑީގައި މަސައްކަތް ކުރަން ހުއްދާދީ އެކަމަށް ހިތްވަރު ދިނުމުންނެވެ. އާރިފާ ނިޔާވުމުންވެސް ދެންތިބި މުވައްޒަފުންނާމެދު ނުވިސްނައި މަސައްކަތު ނުކުންނަށް މަޖްބޫރު ކުރުވީ ހައިރިސްކުގެ ބޭފުޅުންކަން އެނގިތިބެއެވެ. ސެކްޝަނުގެ މުވައްޒަފުން އެކުރާ މުވައްޒަފުންގެ މަސައްކަތަކީ ގޭގައިތިބެގެންވެސް ފަސޭހަކަމާއެކު ކުރެވިދާނެ މަސައްކަތެވެ. ސަރުކާރުން ބާރުއަޅަނީ އަދި އަންގަވަމުންވެސް ދަނީ އެހެންނެވެ.

 7. Anonymous

  މާތްﷲ އެދެ މަތްޔިތާ ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު
  ކުރައްވާށިއެވެ އާމީން