އާބާދީގައި 5،627 މީހުން ހިމެނޭ ޅ. ނައިފަރަކީ އަތޮޅު ތެރޭގެ ރަށަކުން އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި އެއް ރަކެވެ. ދުވާލަކަށް އެތައް ބަޔަކު ކޮވިޑަށް ފައްސިވަމުންދިޔަ އިރު، އެ ރަށުގައި ބައެއް މީހުން ކަރަންޓީން މުއްދަތު މަސް ދުވަހަށް ދެމިގެން ދިޔައެވެ.

އެންމެ ފަހުން އަތޮޅު ތެރޭގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ނައިފަރަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ދެ މަސްވީ މިއަދަށެވެ.

ކޮވިޑް-9 ގެ ވޭދަނަތަކެއް ފެނި އެ ރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މާރިޗް 23 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށް މޮނީޓަރިންއަށް ލީ ރ. އުނގޫފާރުން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވެ، ނެގި ސުންކެއްގެ ތެރޭގައި ނައިފަރު ހޮސްޕިޓަލުގެ ނަރުހަކު ހިމެނި، އެމީހާ ކޮވިޑަށް ފައްސިވުމުންނެވެ. އުނގޫފާރުން އެނބުރި އައިސް އެ ނަރުސް މަސައްކަތުގައި ވެސް އުޅުނެވެ.

ނައިފަރުގައި މީހަކު ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށް ދަނީ - ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް

އެރަށު ކައުންސިލް މީޑިއާ އޮފިސަރު އަހުމަދު ޔާސިރް "ވަގުތަށް" ވިދާޅުވީ، މިހާތަނަށް ޖުމްލަ 860 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 144 މީހަކު މިހާރު ބަލި ޖެހިފައި ހުރި ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހަކަށް ފެސިލިޓީގައި ފަރުވާދެމުންދާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އެ ރަށަކީ މާލެ ސަރަހައްދު ފިޔަވާ ކޮވިޑްގައި ގިނަ ބަޔަކު ނިޔާވި ރަށެވެ. އެގޮތުން އެ ރަށުން ބަލީގައި ހަތަރު މީހަކު ނިޔާވިއެވެ.

ނައިފަރުން ކޮވިޑްގައި ނިޔާވި ހަތަރު މީހުންގެ ތަފްސީލް

  • ފުރަތަމަ މަރު (18 މާރޗް 2021 64 އަހަރުގެ ފިރިހެނެއް)
  • ދެވަނަ މަރު (24 އޭޕްރީލް 2021 79 އަހަރުގެ ފިރިހެނެއް)
  • ތިންވަނަ މަރު (6 މެއި 2021, 83 އަހަރުގެ ފިރިހެނެއް)
  • ހަތަރުވަނަ މަރު (6 މެއި 2021 97 އަހަރުގެ އަންހެނެއް)
ނައިފަރުގައި ކޮވިޑްގައި މިހާތަނަށް ހަތަރު މީހަކު ވަނީ ނިޔާވެފައި- ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް

އެރަށުން ކޮވިޑް ފެނުނު ހިސާބުން ބަލި ކޮންޓްރޯލް ކުރުމަށް އެރަށުގައި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ފައްސި ވޭދަނަތައް އިތުރުވެފައިވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިއެވެ.

ހަތެއް މެއިގައި އެރަށުގައި އެޅި ފިޔަވަޅުތަކަށް ބަލާއިރު، ހަވީރު 4:00 ން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި, މަގުމައްޗަށާއި އާންމު ތަންތަނަށް މީހުން ބޭރަށް ނިކުތުން މަނާ ކުރިއެވެ. އަދި ޕާޓީތަކާއި, ހަފްލާތަކާއި, ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އެންގިއެވެ.

  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ތިން މީހުންނަނަށް ވުރެ ގިނަމީހުން މަގުމައްޗަށާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުން.
  • ސެލޫން, ޖިމް, ބޯކޮށާ ތަންތަން ބަންދުކުރުން / ޚިދުމަތް ހުއްޓާލުން.
  • ކުޅިވަރު ހަރަކާތްތަކާއި, ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ފިހާރަތަކުން ޚިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިން އެއްގޮތަށް ޚިދުމަތް ދިނުން.
  • ހޮޓާ, ކެފޭ ރެސްޓޯރެންޓްތަކުން ދޭ ޙިދުމަތްތައް ހުއްޓާލުން, މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުން ނުހިމެނެއެވެ.
  • އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުން ހުއްޓާލެވިފައި (ޒަރޫރީ ދަތުރުތައް ފިޔަވައި).
ނައިފަރު މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މީސްމީޑިއާ

ކޮވިޑްގެ ވޭދަނަތައް މަދެއް ނުވޭ!

މި ފިޔަވަޅުތަކާއެކުވެސް އެރަށުން ކޮވިޑްގެ ވޭދަނަތައް ދިޔައީ ފެންނަމުންނެވެ. އެގޮތުން މިމަހު އެކަނި މިހާތަނަށް 448 މީހަކު އެރަށުން ކޮވިޑަށް ފައްސިވިއެވެ.

ނައިފަރު ސިއްހީ ހިދުމަތްތެރިއެއް މަސައްކަތުގައި - ފޮޓޯ: ޅ.އަތޮޅު ހޮސްޕިޓަލް

ރަށަށް ދިމާވެފައި ހުރި ދަތިކަމާއި، ބޭނުންވެފައި ހުރި ކަންކަން!

ޔާސިރު ވިދާޅުވީ، މިހާރު އެރަށަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ކައުންސިލުން ފޯރުކޮށްދޭ ކެއަރ ޕެކޭޖަށް ފައިސާގެ އެހީތެރިކަން ކަމަށެވެ. މިއީ ކައުންސިލުން ރަށުގެ ވިޔަފާރިވެރިންގެ ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. އަދި މިހާރުވެސް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 6620124 އަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަަށް ޔާސިރު ވިދާޅުވިއެވެ.

"މި ޕެކޭޖުގައި ހިމެނެނީ ކާންބޯން ބޭނުންކުރާ މުހިންމު ތަކެތީގެ ތެރެއިން ޒަރޫރީ ތަކެތި, އެހީތެރިކަން ބޭނުންވަނީ މި ތަކެތިން" އޭނާ ވިދާޅުވިއެވެ.

ކެއާ ޕެޖޭކް

މި ޕެކޭޖަކީ އެރަށު ރައްޔިތުންނަށް މުހިންމު ޕެކޭޖަކަށް ވަނީ ގިނަބަޔަކު މިހާރުވެސް މަސައްކަތަށް ނުދެވި ކަރަންޓީންގައި ތިބުމުން އަތްމަތި ދަތިވެފައި ހުރުމެވެ.

ޔާސިރު ވިދާޅުވީ، މި ޕެކޭޖް ފޯރުކޮށްދެމުން ދަނީ ކަރަންޓީނުކުރެވިފައިވާ ގެތަކުގެތެރެއިން އެހީތެރިކަން އެންމެބޮޑަށް ބޭނުންވާ ގެތަކަށް ކަމަށެވެ.

އަދި ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ ކަރަންޓް އަދި ފެން ބިލަށް ލުއިގޮތެއް ހަދައިދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އަދި މިކަމާ ގުޅުންހުރި މަޝްވަރާތައް ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރުމަށް ވަނީ ނިންމައިފައެވެ.

ޔާސިރު ވިދާޅުވީ، އެ ރަށަށް ދަތިވެފައިވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ބަޖެޓުގެ ދަތިކަމާއި، ހިއުމަން ރިސޯސްގެ ދަތިކަމާއި، އެހެނިހެން ރިސޯސް ނެތުމުގެ ދަތިކަން އޭނާ ފާހަގަކުރިއެވެ.

އެ ދަތިތަކާ ގުޅޭ ގޮތުން ޔާސިރު ވިދާޅުވީ ފައްސި ވޭދަނަތައް ވަކިކޮށްލުމަށް އައިސޮލޭޝަން / ކަރަންޓީނު ފެސިލިޓީއެއް ނުވަތަ ހާއްސަ ތަނެއް ނެތުމުގެ ދަތިކަން ދިމާވެފައިވާ ކަމަށެވެ.

"ނައިފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިލްޑިންގ (ވައިޓްބިލްޑިންގް) އެއްގައި ކަރަންޓީނު ފެސިލިޓީ ގާއިމް ކުރެވިދާނެ، އެތަނަށް ފަރުނީޗަރ މެޝިނަރީޒް ފަދަ ތަކެތި ލިބިއްޖެނަމަ އެ މަކަސައްކަތް ކުރެވިދާނެ". ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، ކައުންސިލް ބެލުމުގެ ދަށުގައި އަށް ކޮޓަރި އެބަހުއްޓެވެ. ނަމަވެސް އެތަން ބޭނުން ކުރެވޭ ވަރު ވާނީ އެތަނަށް ފަރުނީޗަރު އެއްޗެހި ލިބިގެންނެވެ.

ނައިފަރުގައި ސިއްހީ ހިދުމަތްތެރިއެއް ބަލި މީހުން ބަލަނީ

މީގެ އިތުރުން، ކައުންސިލްގައި ވެހިކަލެއް ނެތުމުން ކަރަންޓީނުން މީހުން އުފުލުމާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ސަލާމަތީގޮތުން ބޭނުންކުރުމަށް ބޭނުންވާ ރިކަރަންޓް ތަކެތީގެ ޕީޕީއީ ކިޓް, މާސްކް, އަންގި, ސެނެޓައިޒަ, ސޯޕް މުހިންމު ތަކެތި ހުސްވުމާއި ގާތަށް ވަނީ ޖެހިފައެވެ.

އަދި ސުންކު ޓެސްޓީންގ ކޯޓާގެ މިންވަރު މިހާރަށްވުރެ އިތުރު ކުރަން ޖެހޭ ކަމަށް ޔާސިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ނައިފަރުން ގިނަ ސުންކުތަކެއް ނަގާއިރު ނަތީޖާ ލިބުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކަރަންޓީނުކުރެވިފައިވާ ބައެއް ފަރާތްތަކުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓި ފައިސާގެ އެހީތެރިކަމަށް އެސް.އެސް.ޑީ އަށް އެދެމުން ދާތީ އެކަން ފަހިވާނެ ގޮތެއް އޮޅުންފިލުވުމަށްވެސް ކައުންސިލުން ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

މިއީ ރައްޔިތުންނާއި ގުޅުން ހުރި އަދި ކައުންސިލުން ނުހަނު ބޮޑަށް ބޭނުންވާ ކަމެއް ކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ، މިކަން ރައީސް އޮފީހުގެ ސަމާލު ކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ނައިފަރުގައި ކޮވިޑްގައި ނިޔާވި މީހަކު ވަޅުލުމުގެ ކަންކަން ކުރިއަށް ދަނީ

ރައްޔިތުންގެ ދިރިއުޅުމަށް ދަތިކަން!

ކޮވިޑްގެ ގިނަ ވޭދަނަތަކާ ގުޅިގެން އެރަށުގެ ގިނަ ގެތައް ކަރަންޓީން ކުރިއެވެ. ބައެއް ގެތައް ކަރަންޓީނުން ވީއްލިފައިވީ ނަމަވެސް، އަދިވެސް ގިނަ ގެތައް ކަރަންޓީންގައި ހުރުމުން ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޔާސިރު ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ގިނަ ބަޔަކާ ގެތަކެއް ކަރަންޓީނުގައި ހުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބުރޫ އަރާފައި ވެއެވެ. މިއާއެކު ގިނަ ރައްޔިތުންގެ އަތްމަތި ވަނީ ދަތިވެފައެވެ. އަދި ދަތުރު ފަތުރުކުރުމުގެ އުނދަގޫތަކެއް ހުރުމުން ޒަރޫރީ ތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ 70 ރަށެއް އޮތީ ބަންދު ކޮށްފައެެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން ބަންދުކޮށްފައި އޮތް ރަަށަކަށް ވެފައި ވަނީ ނައިފަރެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޢަހޮމަދު

    ޢިވޭ ހަބަޜު ތަކަށްބާލާއިރު ތިރަށުގަ ގައިޑުލައިނަށް ފޮލޯ ނުކުރާމީހުން ވަރަށް ގިނަކަމަށް ބުނަނީ. ސިޔާމުމެން ބަލާނީ އަބަދުވެސް ދެބޯގެރިދުއްވޭތޯ.

    9
    24
  2. އެދުރޭ

    ކޮބާތަ ނައިފަރު ރައްޔިތުންއަތުން ފައިސާނަގާގެން މުއްސަދިވި ޝިޔާމާ ބައްޓޭއާ ޝާއިންއާ ނިކަން މިވަގުތު ދީލަތިކަން ރައްޔިތުންނަށް ދައްކަބަލަ.

    14
    20
  3. ޒަހޫ

    Raees solih mihaarunmihaarah isthiufaadhevvaa

    5
    1
    • ީނައިފަރު މީހާ

      ޢިބޫ އިސްތިއުފާ ދިނީމަ ކޮވިޑް ރާއްޖެ ދޫކޮށް ދަނީތަ...

  4. ރަތުނާ

    ފެނިގެންމިދަނީ ރައީސް މީހާގެ އިހުމާލު. ބަލަނީ ރައްޔިތުން ޖޫރިމަނާކޮށް ގޭގައިބައިތިއްބައި ދައުލަތް ދަވާލަން. މިކޮމެންޓް ޖަހާލަދޭތި

    6
    1
  5. އަސްލަމް

    މިހާރުވެސް މިކަމަށް އެއްޗެއް ހަދިޔާ ކޮއްފައިހުރީ ޝިޔާމް. މިކަން ފެށިގެން އައިއިރު އަތަށް އަރުވާލާނެ އަންގިގަނޑެއްވެސް ނެތިގެން ހުރިހާ އެއްޗެއްދީ ރައްޔިތުންނާ ހޮސްޕިޓަލް ގޮތް ހުސްވެފައި ތިއްބާ މިކަން ފަށާދެއްވީ ޝިޔާމް. މިކަންކަން ކިތަންމެ އޮޅުވާލަން އުޅުނަސް ނައިފަރު ރައްޔިތުން ދަންނާނެ.

    12
    2
    • އެދުރޭ

      ޝިޔާމް އެހީގެ ގޮތުގައި ބެހީ ޗައިނާ އެއްބަސީއިން ރާއްޖެއަށް އެހީގެ ގޮތުގައި ގެނައި ތަކެތި. އެމް.އެމް.ޕީ.އާރް.ސީގެ ފައިސާގައި ލިބުންއިރު މަންމަ ފައުންޑޭޝަންއިން ނުކުރާކަ ކަމެއްނެތް. މިހާރު ކޮބާތަ އެފައުންޑޭޝަން. މިކަންތައް ކިތަންމެ އޮޅުވާލަން އުޅުނަސް ބަދަލެއް ނުކުރެވޭނެ.

      1
      4
  6. ސާމް

    ނައިފަރު މިހާލަތުގައި އޮތްއިރު އަދި 4 މީހުން ނިޔާވިއިރު ކޮބާތޯ އަތޮޅު ރައީސް މީހާ. ކީއްވެތޯ ނުރޮވެނީ. ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ފައްސިވީމާ އެމްއެންޑީއެފަށް ޖެހުނީ ބާލިދީ ޖަހައިގެން ކަރުނަ ހިއްކަން. މިހާރު ކޮބާތޯ؟ މިރަށަށް ކޮންކަމެއްބާ ކޮއްދިނީ. ކުޑަމިނުން މާސްކެއްބާ ފޮނުވީ. އެމްޕީ ޝިޔާމް ވަނީ މިކަމަށް ރައްޔިތުންނަށް ބޮޑު ގުރުބާނީއެއްވެފައި، ޝުކުރިއްޔާ ރައްޔިތުންގެ އެމްޕީ ޝިޔާމް

    6
    1
    • އެދުރޭ

      ނައިފަރުގައި މިހާރު ތިއޮތީ ޝިޔާމްގެ ގޮޑި ކޮއްކޮ ސަރުކާރެއް. މީހުންގެ ބޮލަށް ކަކަން ކަޑަންނޫޅެ ނިކަން ކައްކާގެ މޮޅުކަމުގައި ހިދުކޮޅެއްގެ ތެރޭ ކޮވިޑް ނައިފަރުން ނައްތާލަބަލަ. މާސްކުތަކަކާ އެއްޗެހި ދިނީ ޗައިނާ އެންބަސީއިން އަދި އެއީ މީގެ އެއްއަހަރު ކުރިން. ކަމަކާ ޖެހުނީމަ ތިޔަބުނާ ޝިޔާމެއް އެއޮތީ ފިލަން ހޮރައްވަދެ. މިކަން ދަންނާނެ ނައިފަރުގެ ހުރިހާ ރައްޔިތުން.

      1
      3
  7. waahid

    member shiyam aa nubeheveyne ekakahves. eyahvure rayyithun loabihoadhaafavaa membereh ei

    5
    1
  8. ހޮސްޕިޓަލް ސްޓާފެއް

    އޭރުވެސް މިހާރުވެސް ރަށަށް މިކަމުގައި މެދުނުކެނޑި އެހީތެރިވަމުންދަނީ މެމްބަރު ޝިޔާމް. މުޅި ނައިފަރު ފަޚުރުވެރިވާ މެމްބަރެއްއެއީ. ހޮސްޕިޓަލް ގިނަ މުއައްޒަފުންގެ އާދޭސް. ރައީސް އިބޫ ސޯލިހު އިސްތިއުފާ ދެއްވާ

    7
    1
  9. ހާރޫން

    ގައުމު މިހާރުން މިހާރަށް ރައީސް ޔާމީން އާ ހަވާލުކުރުމަށް ނައިފަރު އޮޑިވެރިއެއްގެ ހައިސިއްޔަތުން ގޮވާލަން.

    7
    1
    • ނައިފަރު މީހާ

      ޔާމީން ވައްކަން ކުރަން ދޯ

      1
      5
  10. ސަންފާގެ އިބުރާހީމް

    މަށަކީ ކެޔޮޅެއް. ގައުމު ޔާމީނާ ހަވާލުކުރޭ. އިބޫ އިސްތިއުފާދެއްވާ އަވަހަށް. ނުވިއެއްނު

    6
    1
    • ނައިފަރު މީހާ

      ޢިބޫ އިސްތިއުފާ ދިނީމަ ކޮވިޑް ވެސް ދަނީތަ؟
      ޔާމީނު އަށް އެގޭނީ ވައްކަން ކުރަން

      1
      1
  11. ކައްޗޭ

    ވައްކަންކުރުން ނޫން ކަމެއް މިމީހުންނަށް ނެތް. ކޮވިޑް މިމީހުންނަށް ސިފަވީ ވައްކަންކުރަން ލިބުނު އީދެއްހެން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްތިއުފާދީ ރައީސް ޔާމީނާ ގައުމު ހަވާލުކުރޭ..

    7
    1
  12. މުޙައްމަދު ކާރިމް ނައިފަރީ

    މަވެސްމިބުނަނީ އިބޫ އިސްތިއުފާދީ

    6
    1
  13. އަސްލަމް

    ޝިޔާމްއާ ނުގެޅޭ

    5
    1
    • އެދުރޭ

      ކަލޯ ނުގުޅޭނެ. ފިލާގެން އުޅޭނީ. ނައިފަރުގަ ބައިވަރު ދަރަނިތައް އެބައޮތް އެހެންވީމަ ފިލާގެންނު އުޅޭނީ.

  14. ޖައުފަރު

    އަޅުގަނޑަކީ ހޮސްޕިޓަލް މެނޭޖަރު. ބުނެލަން ބޭނުންވަނީ ދާއިރާގެ މެމްބަރު ނޫނީނެތޭ މިކަމަށް އެހީވި ފަރާތެއް. ޝުކުރު ޝިޔާމަށް

    7
    1
  15. މަބުރޫކު

    ތިޔަ ސަހަރާގައި ވިނަ ނޮޅާ ސާފުކޮށްބަލަ. ހީވަނީ ޖަންގަލިއެއްހެން.

    1
    2
  16. އެދުރޭ

    ކަލޯ މެންބަރު ޝިޔާމާ އަހަރެމެން ބެހޭނޫ. ބެހެންވެގެން އެހެރީ ހޮވާފަ. ހަޖަމް ކުރުމަކީ ކަލޯމެންގެ ކަމެއް.