ދ. ރިނބުދު އަށް އުފަން ޒާހިރު އަހުމަދު 61، ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ކޮލެސްޓްރޯލް މަތިވާތީ ގަވައިދުން ބޭސް ކަމުން އައި ޒާހިރު ކޮވިޑް ފެސިލިޓީގައި އޮންނަތާ 18 ދުވަސް އިއްޔެ ނިޔާވެފައިވާ އިރު، އާއިލާ އަށް ޒާހިރު ފެނުނު އިރު އޮތީ މީހާ ހިކި އަނަރޫފަވެފައެވެ. މޫނު މަތި އޮތީ ފާރުވެ ހަލާކުވެފައެވެ.

ޒާހިރު ދުނިޔެއާ ވަކިވެފައި ވަނީ އެހީގެ އަތެއް ދިއްކޮށްލުމަށް އެދި އާދޭސްކޮށް، ސަލާން ޖަހަނިކޮށެވެ. ހުޅުމާލެ ފެސިލިޓީން ލިބެންވާ އަޅާލުން ކުޑަވެގެން އައިޖީއެމްއެޗް އަށް ބަދަލުކޮށްދޭން ޒާހިރު ވެސް އެދުނެވެ. ކެއުމުގެ އިންތިޒާމުތައް ރަނގަޅު ނޫން ކަމަށް ބުނެ ޒާހިރު އާއިލާ އަށް ގުޅައި ޝަކުވާ ވެސް ކުރިއެވެ. ފެސިލިޓީގައި ތިބި މީހުންގެ ކައިރީގައި ވެސް އެތައް ޝަކުވާއެއްކޮށް އާދޭހެއް ކުރިއެވެ. އާއިލާގެ ގިނަ މެމްބަރުން އެތައް ތަނަކަށް ދުވިއެވެ. އެކަމަކު، އެއްވެސް ތަނަކަށް އެ އާއިލާ އަށް އެހީތެރިކަމުގެ އަތެއްހާ ހިސާބު ވެސް ފޯރުކޮށެއް ނުދެވުނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި 150 މީހުން ނިޔާވެފައިވާ އިރު، ގިނަ އާއިލާތަކެއްގެ ޝަކުވާ ބޮޑެވެ. އާއިލާގެ މެމްބަރުން ވަކިވެގެން ދަނީ ރަނގަޅު ސިއްހީ ފަރުވާއެއް އަދި އަޅާލުމެއް ވެސް ނުލިބި އޮވެ ކަން އާއިލާތަކުން ފާހަގަ ކުރަނީ ފުން އަސަރާއެކުގައެވެ. ޒާހިރުގެ އާއިލާ އިން ވެސް ތިބީ އޭނާއާ މެދުގައި އަމަލު ކުރި ގޮތާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހި، ރުޅި ގަދަވެފައެވެ.

ޒާހިރުގެ ދަރިފުޅު ޒައުޝަން ޒާހިރު "ވަގުތަށް" ބުނީ ބައްޕަ އެންމެ ފަހުން ވަކިވެ އެ ދިޔައީ ރަނގަޅު ގޮތެއް ހަދައި ދިނުމަށް އެދި އާދޭސްކޮށް ސަލާން ޖަހަނިކޮށް ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބައްޕަ ބައްދަލުކޮށްދޭ ބުނުމުން، އެ ތަނަށް ގެންދަން ދެކޮޅު ހެދި ކަމަށް ޒައުޝަން ބުންޏެވެ.

ޒާހިރުގެ ހާލު ދެރަވާން ފެށީ ހުޅުމާލެ ކޮވިޑް ފެސިލިޓީގެ ވޯޑެއްގައި ބާއްވާފައި އޮއްވައެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީ.

"ދަރުމަވަންތަ އަށް ބަދަލުކޮށްދޭށޭ ބުނުމުން ބުނީ އެ ތަނަށް ފޮނުވާ ވަރަށް ވުރެ ހާލު ރަނގަޅު ކަމަށް. އެ ތަނަށް ފޮނުވަނީ އެންމެ ހާލު ބޮޑު މީހުން ކަމަށް،" ޒާހިރަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ ޒައުޝަން ކިޔައި ދިނެވެ.

"މީހަކަށް، ބަޔަކަށް އާދޭސް ކުރެވޭނީ އެ ވަރަކަށް،"

ޒައުޝަން ބުނި ގޮތުގައި ބައްޕަ ފެސިލިޓީގައި އެޑްމިޓްކޮށްފައިވުމުން އާއިލާގެ ފަރާތުން އެހީތެރިއަކު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި ދަރުބާރުގެއަށް ގޮސް "ވެރިން ކައިރީގައި ރޮއެ އާދޭސް" ވެސް ކުރި ކަމަށެވެ. އެކަމަކު އެކަން ކުރުމަށް ފުރަތަމަ ފުރުސަތެއް ނުދިނެވެ. އެކަމަކު، މެޑިކަލް ފެސިލިޓީން އަޅާލުން ނުލިބޭ ކަމަށް ބުނެ ތަކުރާރުކޮށް އެހީތެރިއަކު ގެންގޮސް ދިނުމަށް އެދެމުން ދިޔައެވެ.

އެންމެ ފަހުން، މިދިޔަ ހަފްތާގެ ބުދަ ދުވަހު މެންދުރު ޒާހިރު ކައިރި އަށް ގެންދަން އެއްބަސްވުމުން ފޮނުވީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅެވެ. ދޮށީ ދަރިފުޅު ފެސިލިޓީ އަށް އައި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު ޒާހިރު ފެސިލިޓީގެ އައިސީޔޫ އަށް ބަދަލު ކުރިއެވެ. އައިސީޔޫ އިން ނެރެފައި، އެޗްޑީޔޫ އަށް ބަދަލުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ހޮނިހިރު ދުވަހު އައިސީޔޫ އަށް ބަދަލު ކުރިއެވެ. އަދި ހޯމަ ދުވަހު ވެންޓިލޭޓަރަށް ވަނީ ލައިފައެވެ. އޭރުއްސުރެ ދުވަހެއް ދުވަހަކަށް ޒާހިރުގެ ހާލު ދިޔައީ ދަށްވަމުންނެވެ. އައިސީޔޫ އަށް ބަދަލުކޮށް ވެންޓިލޭޓަރަށްލި ފަހުން އާއިލާއާ އޮތް ގުޅުން ކެނޑުނެވެ.

"ބަނޑުހައިވެގެން އެތައް ދުވަހަކު ބައްޕަ ގުޅި"

ޒައުޝަން ބުނި ގޮތުގައި ފެސިލިޓީ އަށް ގެންދިޔަ ފަހުން ބައްޕަ އަށް ފުރަތަމަ ގެނައީ ހެނދުނު ކެއުމަށް އޯޓްސް ދިޔާކޮށް ހަދައިގެންނެވެ. އޯޓްސް ނުބައި ވާހަކަ އާއި ސީރިއަލް މީރު ވާހަކަ ބުނުމުން، ކެއުން އެގޮތަށް ބަދަލު ކުރިއެވެ.

ހެނދުނު ގެންދަނީ އޯޓްސް ދިޔާކޮށް، ދެން ބައްޕަ ބުނީ ބައްޕަ އަށް ސީރިއަލް މީރޭ، ބުނީމަ އޭގެ ފަހުން ހެނދުނު ސީރިއަލް ވެސް ގެންދަން މުގުރާފައި ދިޔާކޮށް ހަދައިގެން. ރޭގަނޑު ބަތްޕެން ގެންދަނީ. ހަރު އެއްވެސް އެއްޗެއް ނުކެވޭ، އެއީ އަނގައިން ނުކެވޭތީ. ހަމައެކަނި ހޮޅިން ދެވެނީ،" އާއިލާގެ ފަރާތުން ބައްޕަ އަށް ފޮނުވާ ކެއުންތަކާ ބެހޭ ގޮތުން ޒައުޝަން ކިޔައި ދިނެވެ.

ޒައުޝަން ބުނީ އާއިލާ އިން ކާ އެއްޗެހި ގެންދިޔަ ކަމުގައި ވިޔަސް، ބައެއް އެހެން ގަޑިތަކުގައި ބަނޑު ހައިވެގެން ބައްޕަ ގުޅާ ހަދާނެ ކަމަށެވެ. އެއީ އޭނާ ބުނި ގޮތުގައި ވޯޑްގައި އޮތް ދުވަސްކޮޅާއި އެޗްޑީޔޫގައި އޮތް ދުވަސްކޮޅު އެކަންޏެވެ.

ބައްޕަގެ މޫނު ބަލަން ޒައުޝަން އާއި އާއިލާގެ މެމްބަރުން ދިޔަ އިރު ފެނުނީ ގަބޫލު ކުރަން ވެސް ދަތި މަންޒަރެކެވެ. ޒައުޝަން ބުނި ގޮތުގައި ބައްޕަ އޮތް ހާލު ފެނުނު މީހަކު ހިތްފަޅައިގެންދާނެއެވެ.

"މީހާ ހިކި އަނަރޫފަވެފަ. މޫނުމަތި ފާރުވެފަ. ދެރަވޭ އެންމެ ފަހުން ރަނގަޅަށް ވާހަކަ ދެއްކި ދުވަހު މިތަނުން ނެރެދޭށޭ ބުނެ އެކަން ނުކޮށް ދެވުނީތީ. އެވަރުގެ ތަނެއް ކަން އެނގޭނަމަ އެމީހުންގެ އަތް މައްޗަށް ދޫކޮށް ނުލާނަން،" ޒައުޝަން ބުންޏެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ބުނީ ބައްޕަ ވަކިވެގެން ދިޔަ އިރު، އެންމެ ފަހުގެ ވަސިއްޔަތް ކޮއްލަންވެސް ފުރުސަތެއް ނުލިބުނު ކަމަށެވެ. ވަކިވެގެން ދިޔައީ މަންމައާ ވެސް ބައްދަލުވުމުގެ ފުރުސަތު ނުލިބި ކަމަށް ޒައުޝަން ބުންޏެވެ.

"ކާކުތޯ މިކަމުގެ ޒިންމާ ނަގާނީ؟ މިއީތޯ ހައްގު މިންވަރަކީ؟ އަޅުގަނޑުމެން ރޯޔަލް ފެމިލީއަކަށް ނުވީމަތޯ؟ މިފަދަ ކަމެއް އެއްވެސް މީހަކަށް މެދުވެރި ނުކުރައްވާށި،" ޒައުޝަން ވަރަށް އަސަރާއެކު، އޭނާގެ ފޭސްބުކްގައި ލިޔުނު ޕޯސްޓުގައިވެއެވެ.

ބައްޕަ ނިޔާވި ހަބަރު ލިބުމާ އެކު ފުން ހިތާމައެއް ކުރުވި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ވަގުތު "ދުނިޔެ ހުއްޓުނު ކަހަލަ" އިހްސާސެއް ކުރެވުނެވެ. އަދި މޭފިތި ބާރުވެ، ނޭވާލާން ވެސް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

"ދެން ހަދާނީ ކިހިނެއްހޭ ކިޔައި ސުވާލް ކުރެވުނު. ބާރަށް ރޮވުނު. އަދި ހަށިގަނޑު ފެނުނު ވަގުތު ހުއްޓުން އެރި، ނަމަވެސް އެންމެ ފަހު ފަހަރު ހިތް ފުރޭ ވަރަށް ބަލާލެވޭތޯ މަސައްކަތް ކުރުން،" ޒައުޝަން ކިޔައި ދިނެވެ.

ޒައުޝަން ވަނީ ހުޅުމާލެ ފެސިލިޓީގައި ކިރިޔާ ވެސް ބައްޕަ އަށް އެހީވެ ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް މިއަދާ ހަމައަށް ވެސް ބައްޕަގެ ހާލު ބަލައި، ބައްޕަ އަށް ދުއާކޮށް ދިން ހުރިހާ އެންމެންނަށް އޭނާ ޝުކުރު އަދާކުރިއެވެ.

ޒައުޝަންގެ މިއަދުގެ ވެސް އެދުމަކީ ބައްޕަ އަށް ދުއާ ކުރުމުގައި ހުރިހާ އެންމެން ވެސް ދެމިތިބުމެވެ.

ފޭސްބުކްގައި ޒައުޝަން ޖަހާފައިވާ ޕޯސްޓް ނިންމާލަމުން ބުނެފައި ވަނީ ބައްޕަ އުންމީދު ކުރި ވަރުގެ ދަރިޔަކަށް ވެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބައްޕަގެ ހިތުގައި އެއްވެސް ޝަކުވާއެއް ދަރިންނާ މެދު ނުބާއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުންޏެވެ.

"އަބަދުވެސް ދުޢާ ކުރަނީ ބައްޕަގެ ފާފަތައް ފުއްސަވާ ބައްޕައަށް ސުވަރުގެ މިންވަރު ކުރައްވާތޯ. މަންމަ އަށް އަޅާލާ އޯގާތެރި ވާނަން. ތިހާ ރަނގަޅު، ލޯބިވާ ބައްޕަ އެއް ލިބުނީތީ اللّٰه އަށް ޝުކުރުކުރަން. ވަރަށް ހަނދާންވޭ، ވަރަށް ލޯބިވޭ،" ޒައުޝަން ނިންމާލަމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ޙުއްތު

    މަތިފަޑީގައި އެތިބަ މީހުން ޖަރުމަނަށް ސިނގަޕޫރަށް ދެވޭ ރައްޔަތު މީހާއަށް އޮތީ އެމީހުންނަށް ވޯޓުދީފަ ސަލާންޖެހހން

    203
    3
  2. ހަރާންކޯރު

    މި ސަރުކާރަށް އެނގެނީ ހަމައެކަނި ދައުލަތް ދަވާލައި ކަޅު ޖީބު ތަށް ފުރާ ބާރުކުރަން ، 2023 ގައި %1000 ޔަގީން ކަން އެބައޮތް އެނބުރި ރީދުލުން މިގައުމާއި ރައްޔިތުން އިރާދަ ކުރެއްވިއްޔާ ސަލާމަތް ވާނެކަމުގެ،ނޭގެ 2023 ގެ ކުރިން ވާޖަހާފައި ނުބާލާނެ ކަމެއްވެސް،އެބިރުވެސް އޮތީމަ އަސްލު މިހާރު ނޮން ލޮކްޑައުން ކޮށްގެން މިއުޅެނީ، ގައުމާއި ރައްޔިތުން އަލިފާން ގަނޑަކަށް ވައްޓާލީ ގަސްތުގައި ގެރި ގުއިވޭރިއެންޓް ހޯދަންވެގެން،ވ ސަލާން

    167
    4
  3. ކަހުރަބު

    ވަރިހަމަ ވާނެ އިންޑިއާ އަށް ޤައުމު ވިއްކާލެވިއްޖިއްޔާ މި ލާދީނީ މުރުތައްދު ވަގު ނާޣީ ސަރުކާރަށް

    140
    6
    • ޖޭމްސް

      ޙުޅުމާލެ ނުވަތަ މާލެ ކޯވިޑް ފެސިލިޓީގައި ބަލިމީހުނަށް އަޅާލާ އެހީތެރިވާނެ ބޭފުޅެއް ނެތް ފަރާތެއްގެ އެހީތެރިޔަކަށް ހުރުމަށް އަޅުގަޑު ތައްޔާރު 9447355ފޯން

      91
      2
  4. ދިވެހިން

    ފެސިލިޓީއަށް ނުފޮނުވާ ގޭގަބާއްވާ، ސަރުކާރު ފެއިލް

    165
    4
  5. ޢަލީ

    އެތަނުން ސަލާމަތްވެގެން ނިކުމެވޭ ކޮންމެ މީހެއްގެ ޝަކުވާއަކީވެސް އަޅާނުލުމާ ފަރުވާ ކުޑަކަމުގެ ވާހަކަ، އެހެންކަމުން އެއްވެސް މީހަކު އެތނަށް ނުދާން ނިންމަމާ، ގޭގައިއޮވެ މަރުވިއަސް މާރަނގަޅުވާނެ.

    166
    3
  6. ހދ

    ޢަހަރެންމީ އެއާއިލާއާ ވަރަށް ގާތް މީހެއް. ޒައުޝާން އެބުނީ ތެދު. ޙައިބޮޑުވެގެން ޒާޙިރު އެތާ އެދުގަ އޮވެގެން ގޮވާކަމަށްވަނީ. ޙެދުނު 10:30ވާއިރު ނާސްތާކޮޅު ހޮޅިން ނާޅާ. ކިހާ ހާބޮޑުވާނެ. މިވަރުންވެސް ވީ ހަމަ އަހަރުމެން ހެވިދިލިފަ އަތްޖަހަން
    ޢިސްތިއުފާ ދީބަލަ މިސަރުކާރު.

    78
    2
    • ާއަހުމަދު

      ޟައުޟަން ކީއްވެ ބާ ބައްޕަ ދެކެ ލޯބި ވާނަމަ އެހީތެރި ޔަކައް ނުދެވުނީ .

      6
      24
      • ދެން ލަލަލާ

        ބަލަ އެހީތެރިޔަކަށް ދެވެނީ އެޗް ޕީ އޭ އިން ހުއްދަ ދިނީމައޭ! ބޭނުން މީހަކު ދާއިރަށް ގޮސް ވައްދާ ތަނެއް ނޫނޭ އެއީ!

        6
        1
      • ޚަހަ

        ކަލެއަށް ކޮންކަމެއް

  7. މޙއމދ

    ސޯލިބޭ! އަޑު އިވޭތައް މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތު މީހާގެ އަޑު އަދި އިހުސާސްތައް. ނީވޭ އިވޭ ނަމަ ނިކަމެތި މީހާ ވެސް ބަލި ބޮޑު ވީމަ ތި ސޯލިބޭ ބުނި 25ބުރީގެ ކޮންކުރީޓް ހުސް ގޮޅިޔަށް ގެންގޮސްދިނީސް ހަމަ އެކަނި ވެރިންނާއި މުއްސަދި މީހާއެއް ނޫން ގެންދާނީ ދޯ ސޯލިބޭ. މި ސަރުކާރާއި މި ވެރިންނަކީ ރައްޔިތުން ދެކެ ލޯބިވާ ބައެއްނޫން. ސޯލިބޭ! މި އުޅެނީ އިންޓނެޓް އަގު ހެޔޮ ނުވެގެންނޫން. އަޅެ އާދޭސް ކޮށްފައި ބުނަން ބަލި މީހުންނަށް ރަނގަޅަށް އަޅާލާ ރަނގަޅު ޙިދުމަތެއް ދެވޭތޯ ބަލާ ބަލަ. އޭރު ވެރިކަމަށް އަންނަށް ވެގެން ބުނި 25 ބުރި އިމާރާތް ވެސް ބޭކާރޭ ކޮބާ މިއަދު.... ވިސްނާފައި ވާހަކަ ދައްކަން ވާނީ ....

    46
    1
  8. ޢާދަނީ

    ކޮވިޑް ފެސިލިޓީއަކީ ނާޒޯ ކޭމްޕެއް. ޙެޔޮނުވާނެ އެތަނަށް މީހުން ގެންދަން.

    50
    1
  9. ....

    Kiyaa nimunn iru hama rangalhah rovijje. Mi covid ga ehmme furaana eh vaki vegenn dhiya kamuga viyas eh libenee agu nukurevey fadha bodu hithaama eh loabi vaa meeheh vaki vegenn dhiumuge hiy dhathikann ingeynee thimaa loabiva gayy meehaku vakivumunn. Adhi baehge ihumaalunn vaki vumakee eh veyn ithuruvaa kameh.. alhugandu ge vx varah gayy meehaku vani dhuniye r vaki vefa baehge ihumaalunn ehn kamunn mi vaguthu thi aailaa inn ufulamunn dhaa thakuleef alhugandah vx ihusaas kureve.. mayyithage furaana ah allah rahmayy lahvaa mi hiydhathi vaguthu aailaa ah keyy theri kann dhehvvaashi

    23
  10. ޢާޗި

    މީހަމަ އެތާ އެޑްމިޓްކޮށްފަ ތިބި އެންމެންގެ ވެސް ޙާލުކަން އެންގޭ . ގެންދަން މަޖްބޫރުވީ އޮކްސިޖަން ކޮޅަކާހުރެ . ޢަހަރެންގެ ބައްޕަވެސްވީ ތި މަރުވަޅުގަ. ޙުރިހާއެންމެން ރޮއެ މިތިބީ..އެއްވެސް އޯގާތެރިކަމެއް ނެތް ބައެއް..ކޮންމެ ދުވަހަކު ހަވިރު ފޯނެއް ކޮށްފަބުނޭ އިތުރު އިމްޕްރޫވްމެންޓެއްނެތޭ ..އެ ނިމުނީ.. ﷲ އާ ވަކީލް ކުރވޭން ހަމަ އެއްކަމެއް ވެސް ނެޔް.. މަރުވެގެން އަނގާނެ ދުވަހަކައް އިންތިޒަރު މި ކުރަނި.

    29
    4
  11. ޙޔބ

    ދަރުމަވަންތަ އަށް ބަދަލުކޮށްދޭށޭ ބުނުމުން ބުނީ އެ ތަނަށް ފޮނުވާ ވަރަށް ވުރެ ހާލު ރަނގަޅު ކަމަށް.
    މައުމޫނު ފައްސިވި ދ ދުވަހު ދދދ ދަރުމަވަންތަައަށް.

    46
  12. އިޒްވީނާ

    ސަރުކާރުން ކިތަންމެ ވަރަކަށް ފެސިލިޓީ ދިފާއުކޮށް ވާހަކަ ދެއްކިކަމުގައި ވީ ނަމަވެސް މީ ހަމަ ވަރަށް ބޮޑު ފެއިލިއަރއެއް. އަޅުގަނޑުގެ ބައްޕަވެސް ވަނީ ދާދިފަހުން ނިޔާވެފަ. އަޅާލުން ވަރަށް ކުޑަ. ބަރާބަރަށް ކާ އެއްޗެހި ގެންދިޔަ ނަމަވެސް ބެޑް ރިޑްން ޕޭޝަންޓުންނަށް ކާކަށް ނުދޭ. ޕޭޝަންޓް އެހެން ބެޑަކަށް ބަދަލުކުރާއިރު، އާއިލާއަށް އެކަން ނާންގާ. މީހުން މަދިއްޔާ އެއީ އާންމުންގެ ކުށެއް ނޫން. އެތަނަށް ވާ ވަރަށް މީހުން ލާ އަދި އެމީހުންގެ އުޖޫރަ ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް. އެހެނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ މީހުނަށް މުސާރަ ދެވޭއިރު، ސިއްހީ ޚިދުމަތްތެރިންނަށް އެގޮތަށް ފައިސާ ނުދެވެންވީ ސަބަބެއް ނެތް. ބައްޕަ ނިޔާވެފައި އޮތް އިރު އޮތީ ލޯ ހުޅުވި އަދި އަނގަވެސް ހުޅުވިފައި. ނިޔާވަފައި އޮންނަ އިރު މީ ބަލަން ވަރަށް ހިތްދަތި މަންޒަރެއް. އެއީ، މިއިން ވެސް އަންގައިދެނީ ބަލި މީހާ ނޭވާ ނުލެވިގެން އުޅުނުކަން. ދަރުމަންވަތައަށް ވެސް ގެންދަނީ ވަކި ބައެއް. ތަފާތުކުރުން އިންތިހާއަށް.

    54
  13. އަލީ

    ޢެމީހުން ބޭނުންވަނީ މަރުވާމީހުން ގިނަކުރާށެވެ. ޢޭރުން އެމީހުންނަށް ފްރަންޓްލައިން އެލޯވަންސް ނަގަނަގާ ގިނަދުވަހު ތިބެވޭނެ ނޫންހެއްޔެވެ؟ އެޗްޕީއޭގައި މިތިބީ ރަހުމެއްނެތް ނުލަފާ ބަޔެކެވެ.

    41
    7
  14. ކީކޭކިޔާނީ

    ވަރިހަމައެއްނުން؟ މިހާރުވެސް ވޯޓެއް ނަގާބަލަ، ތިޔަ ބުނާ "ރީނދޫބައިގަނޑު" ނޫން ބަޔަކު ކާމިޔާބުކުރޭތޯ ބަލަން. ދިވެހިރައްޔިތުންގެ ގިނަމީހުން ބޭނުންވެގެން ހޯދި ދުވަސް މިއޮތީ އައިސްފައެއްނުން؟

    57
    3
  15. ކޮއިފުޅުބެ

    ޢަމިއްލަ އަށް ޅައެއްޗެހި އެޅުމުގެ ސަބަބުން މިހާލަތު ރާއްޖެއާއި ކުރިމަތިވި ކަމަށް ޕްރެސް ގައި އެވަނ އެއްބަސް ވެފައި!މީނަ ހޮވީ ރައްޔިތުން ދިން ވޯޓުން ނޫން ކަމަށް އިދިކޮޅުން ތަކުރާރު ކޮށް ޝަކުވާކުރި! ކުފޫ ހަމަނުވާކަން ސާބިތުވިޔަސް ގޮޑީގައި ބައިންދައިގެން ތިބުމަށް މިވަނީ ބަލަދުއަރާފައި!

    37
  16. ފަގީރު ކޮޔަ

    ދެރަވެ ރޮވިއްޖެ اناالله وانا اليه راجعون

    48
  17. ވަރުން

    މި އިވެނީ ހައްތާވެސް ވަރަށް ހިތާމަވެރި ކަންކަން. ކީއްކުރާނީ.....؟ ދެއިރު ދެ ދަޅައަށް ޕުރެސް ބާއްވާފަ ފޮނި ވާހަކަ ދެއްކުން ނޫންކަމެއް މި ސަރުކާރުން ކުރާތަނެއް ނުފެނޭ....
    މާތްﷲ ޒާހިރުބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށް ދެއްވާށި އާމީން

    46
  18. ނަޒީމް

    ދިވެހި ރައްޔިތުންނަށާއި ގައުމަށާއި އިސްލާމްދީނައް އެއްވެސް ހަގީގީ އިޚްލާސްތެރި ކުލުނެއްނެތް ބަޔަކައް ވޯޓުދީ މާރަނގަޅު ބަޔަކުކަމުގައި ހަދައިގެން ވެރިކަމައް ގެނެސް މި ޖެހިފައިތިބި ދަންތުރާގައި ތިބޭއިރު މިފަދަ ހިތާމަވެރި ވާހަކަތަކަކީ އަހަރެމެން ހައިރާން ކުރުވާ ވާހަކަތަކެއްވެސް ނޫން އަދި އަޑުއަހަން ބޭނުންވާހަކަތަކެއްވެސް ނޫން. ބުއްދި ނެތް ރައްޔިތުންތަކަކައް އައުލާވުން އެންމެ އެކަށީގެންވަނީ ހަމަ މިކަހަލަ ދެއުޅިއެއްނެތް މަކަރުވެރި ސަރުކާރާއި ވެރިން. ގައުމެއް ދެވެން އޮތް އެންމެ ބޮޑު ދެރަޔެއް މިމީހުން ދީފައިނޫނީ ނުނިކުންނާނެ.

    34
  19. އަފޭ

    މައްސަލަ ޖައްސާ ތިއީ ބެލެންޖެހޭނެ ކަންތައްތައް

    37
    1
  20. ދަރަނި ދަންތުރަ

    ކަލޯ ސޯލިބޭގޯތި އިބުރާހީމާ މިހަބަރުތަށް ކިޔާ އަޑުއަހާލަބަލަ ، އަޅެ ލަދެއްވެސް ނުގަނޭތަ ؟ ރައްޔިތުންނަން ހެޔޮވެރިކަމެއް ކޮށްދޭނަމޭ އިންސާފު ގާއިމުކޮށްދޭނަމޭ ކިޔާފަ ވެރިކަމަށް އައިސް ތިޔަހުއްނީ ދެލޯ މަތީ މުކައްބަ ޖަހާފައި ދެކަންފަތަށް ދެ އުފުލި ހަރައިގެން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ހަމަ ވާނުވާ ނޭންގެނީތަ ...

    45
    1
  21. ބޯޖަލީލު

    އިބޫ އާ ފައިސަލް އިސްތިއުފާ ، ވަޒީރުންގެ މަޖިލިސް އިސްތިއުފާ ، ކެނެރީގޭ ނަސީދު އާ އީވާ އަބުދުﷲ އިސްތިއުފާ ، މިބަލާވެރިކަމުން ދިވެހިން ސަލާމަތްވޭތޯ ގަދައަޅާ މަސައްކަތްކުރަންވެއްޖެ ، ހުރިހާ ދިވެހިން ﷲ އަށް ސަޖިދަކޮށް ގިނަގިނައިން ދުއާކުރަމާ

    46
  22. މަ

    أنا لله وأنا اليه راجعون
    ޒައުޝަން ގެ އާއިލާ އަށް ކެއްތެރިކަް މިންވަރު ކުރައްވާށި. އާމީން

    55
  23. ޢަދުރޭ

    أنا لله وانا إليه راجعون. ރި

    33
  24. ފާތި

    މައްޔިތާއަށް ހެެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި..ވަރަށް ދެރަވެއްޖެ. ޒައުޝަން ގެ ވާހަކަ އެއީ %100 ތެދު ވާހަކަ އެއް. ޢަޅުގަޑުވެސް ޤަބޫލު ކުރަން އެހާގިނަ މީހުންނަށް މަދު ބަޔަކު ޚިދުމަތް ދޭންވީމަ ރަގަޅު ޚިދުމަތެއް ނުދެވޭނެކަން. ނަރުހުންނާ ޑޮކްޓްަރުންނާ ޚިދުމަތް ތެރިންނަކަށް ހުރިހާކަމެއްނުކުރެވޭނެ. ޢެވެސް އިންސާނުން. ވީމާމި ކަހަލަ އަޑުތަކުންނާ ކަންތައް ތަކުން ސަލާމަތް ވުމަށްޓަކާ ބަލިމީހާ އާއި އެކު އެހީތެރި އަކަށް ދެވޭނެ ނަމަ މި މައްސަލަ ހައްލު ވާނެ. އެކި މީހުން ނަށް މިބަލިން ވަނީ އެކިވަރު. ފެސިލިޓީގައެހާ ބަލި މީހުންތައް ފެނުމުން ބަލި ބޮޑުވާ މީހުން ވެސް މަދެއްނޫން. އެކަނި މާއެކަނި އޮންނަންޖެހުނީމަ ހިތުގަ ޖެހި ބަލި ބޮޑުވާ މީހުން ވެސް އެހާގިނަ. އަޅުގަޑުގެ ދުޢާއަކީ ކޮވިޑް ގެ ވަބާއިން މުޅި ދުނިޔެ ސަލާމަތް ކުރައްވާ ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުން. އާމީން.

    14
  25. ކިޔުންތެރިއެއް

    މިސަރުކާރުގެ އިސްވެރިން ، ފެސިލިޓީތަކުގަ ދުވާލަކު ދެދަޅަޔަށް ޕިއްޒާޔާ މީރުކާނާ އޯޑަރުކޮށްގެއް ކަމުންގެންދާ އެތަނުގެ އިސްވެރިން ، މީޑިޔާތަކަށް މަތިއޮމާންކޮށްލަން ހިތް ފަޅާގެންދަނީއޭ ފެސިލިޓީގެ އެތެރޭ ހާލަތުފެނިގެން ބުނާ ޑޮކްޓަރުންނާ އެހީތެރިން ، 24 ގަޑިއިރު އޯޓީ ނަގަން ދަރުބާރުގޭގައިތިބޭ ފަރާތްތަށް . މިއެންމެއް ޒިންމާ ނަގަންޖެހޭނީ. އަދި ބުނެފިއެއްނު ފެއިލެއްނުވެޔޭ. ފެއިލްނުވެޔޭ ތިބުނަނީ ރައްޔިތުން ނުކުމެ ތިބޭފުޅުން ހަވަރަށް ނުލާތީތޯ؟

    17
  26. މައިކް

    މިސަރުކާރަކީ އަބަދުވެސް ރައިތުނަް ނަ ނުބައިބަޔެއް. އެމްޑީޕީ އަކި ރައިތުްނ ނައް ނުބައިބަޔެ. އެންމެފުރަތަމް ވެރިކަން ލިބުނުފަހަރުވެސް ރައިތުން ކިހާހާލެއްގަ ޖެއްސީ. މާﷲގެ އިރާދަފުޅުން ވެރިކަން ވެއްޓުނީ. މިފަހަރުވެސް އިރާދަފުޅުކުރެއވިއްޔާ މިނުބައި ބައިގަޑުން ރައްއިތުން ސަލާމަތް ކޮއްދެވާށި. ހުރި ހާރައިތުން މާތްﷲ ދުވަކުރުން ގިނަކުރޭ މިބައިގަޑުން މިަގއުމް ސަލާމަތް ކޮއަދެއްވާތޯ.

    16
  27. ނާގާބިލް

    މި ނާގާބިލް ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާ އެންމެން މިކަމުގެ ޒިންމާ ނަގަންޖެހޭނެ.

    17
  28. ކުރުކުރު

    ނުވާވަރުންވެސް ޕޭޝަންޓުން ވައްދނެ. އެޗްޕީއޭ އާ ސަރުކާރު ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް. ހަނދާން ކުރާތި ކަލޭމެނަށް ހިތި ދައްކަވާނެ. މީހުން ނޮޅާ ކާން ހުންނަ ފެސިލިޓީއެއް. މިވަރުގެ ތަނެއް ނުދެކެން.ޢާއިލާ ތަކުން ބަލަހައްޓަމުން ގެންދ މީހަކު ޢާއިލާ ނުރުހުމުގަ މި މީހުނަށް ނުބެލޭ އިރުވެސް ގެންދަންޖެހޭ. ތި ބައްޕައަށް ސުވަރުގެ މިންވަރު ކުރައްވައި ބައްޕައަށް ލިބުނު އަނިޔާގެ ބަދަލު ދެއްވާށި. އާމީން

    13
  29. ޒާހިރުބެ

    ބަލިމީހާ ޑީއެޗް އަށް ބަދަލު ކުރަންވީމަ އެގޭނީ ފެސިލިޓީގަ ތިބި މީިހުނަށް، އާއިލާއަކަށް ނޫން، އެއީކަންނޭގެ ތި ދިމާވިގޮތަކީ

    5
    9
  30. ރާކަނި

    ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ވެރިންނަށް ދަޢުވާ ކުރިންޖެހޭނެ. ރަނގަޅު ސިއްޙީފަރުވާދޭނެ އިމާރާތެއް ހުރެމެ އެތަން ރަނުކޮށް އިސްވެރިން އެތާނގެ ނާޖާއިޒް ފައިދާ ނަގާކަން ހެއްކާއި ގަރީނާއާއެކު އެއޮތީ ހާމާވަން. ނިކަމެތިމިހާއަށް ބޭނުންވާ އަސާސީ ޙައްގުތައް ނިގުޅައިގަންނަމުންދާކަން މިހުރީ ހާމަވާން. މިއަދުވެސް ފިނޭންސް މިނސްޓްރީ ބޭފުޅުން ޓީވީއަށް އަރާ ބްލަފް ކުރާތަން ފެނިގެން ދިޔައީ. ކޮމިޓީ ސަރުކާރު.

  31. ޒާ

    މިއަދު އެކަނި ބުނާވާހަޖައެއްނޫން ތީ. އާއިލާމީހަކާ ދިމާނުވެ މަރަން ބޭނުން ނުވާނަމަ އެތަށް ނުގެންދަށޭ.

    1
    1
  32. Anonymous

    މިއީ ކޮވިޑް ގެ ހިތާމަވެރި އެތަށް ވާހަޖައެއްގެ ތެރެއިން އެއްވާހަކަ. މިއީ މުޅިދުނިޔޭގެވެސް ހާލަކީ. ރާއްޖޭގެ ކަންކަން މިހާހިސާބަށް ހިނގައިދާނެކަމުގެ ކަޅު ރަނގަބީލު ޞިއްޙީ މާހިރުން ޖެހި. އެތަށް ދިމާލަކުން ފަރުވާ ކުޑަކުރި. މިހާރު މިއޮތީ ޚިދުމަތް ދިނުމަށް ނުކުޅެދޭ ޙާލަތަށް ގޮސް. މިއީ ޙައްޤުވަރެއްނޫން. މިއީ ޙާލަތު މިންވަރުކުރިގޮތް. އިތުރަށް ގޯސްވެއްޖެނަމަ ޞިއްޙީ އެއްވެސް ފަރުވާއެއްނުލިބޭ ބިރުވެރި ޙާލަތަށްވެސް ހިނގައިދާނެ. އެންމެންއެކުގަ މަސައްކަތް ކުރަންވީ ބަލިފެތުރުން ކޮންޓްރޯލްކޮށް ޙާލަތު ބަދަލުކުރަން. މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

  33. ނުކުތާ

    ވަރަށް ހިތާމަވެރި. މިކަހަލަ ކަމެއް ދިމާވުމުން މެނުވީ އިހުސާސްކުރަން އުނދަގޫވާނެ. ލޯ ކުރިމަތީގައި ނޫނީ ވަކިންވިޔަސް ބައްޕައެއް ނުވަތަ މަންމައެއް ނިޔާވެދާތަން ނުވަތަ ނިޔާވެފައި އޮއްވައި ފެނުމަކީ، އަދި މިކަހަލަ ގޮތަކަށް ނިކަމެތި ހާލަތެއްގައި ނިޔާވުމަކީ ހާދަ ހިތްދަތި ކުރާވާ ކަމެކޭ. މިއަދު މަރަކީ އާންމު ކަމަކަށްވިޔަސް، ވެރިން މިކަންކަމަށް ވިސްނައި، ފަރުވާ ދިނުމާއި ޚިދުމަތް ދިނުމުގައި ހިތްހަމަޖެހޭ އުސޫލެއް ގާއިމުކުރަންޖެހޭ

  34. ދެރަވި ރޮވިއްޖެ

    ދެރަވެ ރޮވިއްޖެ اناالله وانا اليه راجعون
    މި އިވެނީ ހައްތާވެސް ވަރަށް ހިތާމަވެރި ކަންކަން. ކީއްކުރާނީ.....؟
    ދެއިރު ދެ ދަޅައަށް ޕުރެސް ބާއްވާފަ ފޮނި ވާހަކަ ދައްކާ ނިންމާލާއިރު ގުޅުވާލަނީ ، ޖަރުމަނުދޮންބެއަށް ހެޔޮދުޢާކުރާވާހަކަ. މަޖިލިސްނިންމާލާފަ ވަކިވުމުގެ ކުރިންނާ ފެށެމުގުކުރިންވެސް ޖަރުމަނުދޮންބެ ހަނދާންތައް އާކުރެވެނީ...
    އެހެން އަދޭހުގެ އަޑެއް އިއްވާތަނެއް މި ސަރުކާރުން ކުރާތަނެއް ނުފެނޭ.. ހެލްތުމިނިސްޓަރަށް ދެކެވޭ ނުދެކެވޭ ވާހަކައެއްްނޭނގޭ!.....
    މާތްﷲ ޒާހިރުބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށް ދެއްވާށި .
    އާމީން.!

  35. ރިނބުދޫ

    ޒައުޝާން އަށް ބުނެލަން. މީހުންގެ ވާހަކަ ދެއްކުން ބާއްވާފަ ތިމާމެން ކަންކުރި ގޮތް ތިލަކޮއްލަބަލަ. މައިންބަފައިން މުސްކުޅިވީ ދުވަހު އެ ދެމަފިރިން ރަށަށް ދޫކޮއްލާފައި ދަރިން މާލޭގައި ވަޒަންވެރިވީ ކީއްވެ؟ މީހުން ނޫޅެ ހިސާބެއްގައި މައިމީހާ އެކަނި ބައެއް ފަހަރު އުޅެމުން ދިޔައިރު ދަރިން ކޮބައި ހެއްޔެވެ. މީތޯ މުސްްކުޅި މައިންބަފައިންނަށް ހައްގު މިންވަރަކީ؟ މީ އޭގެ ދެމަފިރިންގެ ހާލު ވަރަށް ގާތުން ބަލަމުން އައި މީހެއް.

  36. ޙަލީ

    އަސްލުވެސް ރޮވިއްޖެ ، މަރހޫމާ އަށް ހެޔޮރަޙްމަތްލައްވާށި

  37. ލައިލާ

    ޑަރުމަ ވަންތައި ގައި އެޑް މިޓު ކުރި އެންމެހާލު ބޮޑު މީހުން.މައުމޫނު އަބްދުލް ގައްޔޫމް. އިބުރާހިމް ސާލިހު މަންމަ.

    2
    1
  38. ދިވެއްސެއް

    ސަރުކާރުން އައްޔަން ކުރާ ބޮޓުން ތީ.. ތިމީހުންނަށް އޯކޭ ވާނެ ބަލިމީހާ (ރައްޔިތުމީހާ) މަރުވިޔަސް. އެމީހުން ވޯޓް ދީގެން ނޫންވިއްޔާ މަގާމު ލިބުނީ. މުސާރަ ޖަމާވަނިކޮށް އެ ނިމުނީ. އެއީ ދިވެހި ސިއްހީ ދާއިރާގެ ހާލަތު. ތިކަހަލަ ބޮޓެއް ހުރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްްޕިޓަލުގައިވެސް.

  39. ހަފޫ

    ދަރިމަވަންތަ އަށް ޢާއްމު މީހަކު ވައްދާނެތަ؟ މަރުވިއަސް ނުވައްދާނެ. އެއީ ވީ އައި ޕީސް އަށް ހާއްސަ ކޮށްފަ އޮތް ތަނެއް. ކުނިމަސް ތަކެއް ހެން އަހަރުމެން އާއްމު ރައްޔިތުން އަޅާލާނީ ހުޅުމާލެ ފެސިލިޓީއަށް. ދެން އަމިއްލައަށް ރަގަޅުވިއްޔާވީ ނުވިއްޔާ މަރުވޭ. 🤷🏻‍♀️

  40. ރަށްޔިތެއް

    މަތީފަޑީގައި ނުތިބިއެއްކަމަކު އެއީވެސްއިންސާނުނޭ މަތީފަޑީގައި ތިއްބެވިކަމުގައިވިއަސް އަދި ކިތަންމެ ދަށުފަންތީގައި ތިބިކަމުގައިވިއަސް މަރުވުމުންލަނީހަަމަ ފަސްދަށަށް އާޚިރަތްދުވަހުން
    ﷲތައާލާ ބައްލަވާވޮޑިގެންނުވޭ މަތިފަޑިއަކަށް ދަށުފަޑިއަކަށް ބައްލަވާވޮޑިގެންވާނީ ކުރެވިފައިވާ
    ޢަމަލުތަކަށް އެކަމުގައި ހެޔޮކަމުގެ ކޮޅަށާ ، ނުބައިކަމުގެކޮޅަށް އަންނަބަދަލުން އެގޭނެ .......
    ވޯޓްހޯދަންވީމައެކަނިތޯ ނިކަމެތިރަށްޔިތުން..........