ރާއްޖޭ މިއަދުގެ ހާލަތު ކޮންމެހެން ކިޔައިދޭނެ ކަމެއް ނެތެވެ. ރާއްޖޭގައި ތިބީ ސަތޭކަ އިންސަތަ މުސްލިމުންނޭ ހަމައެކަނި ލިޔެވިފައި އޮތީ ކަރުދާހުގައެވެ. ފާޅުގަޔާއި ސިއްރުން ދީނަށް ފުރައްސާރަ ކުރާ މީހުން ގިނައެވެ. ޤާނޫނުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ކަން އޮތީ މިހެންނެވެ. ދިވެހިން އިސްލާމްދީނާއި ބީރައްޓެހިވެ ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަމުންދާއިރު އެކަން ހުއްޓުވުމުގެ އެންމެ އިސް ވާޖިބެއް ކޮނޑުފުޅުގައި އެޅިފައިވާ ބޭފުޅުންނަކީ ދީނީ އިލްމުވެރިންނެވެ. ދީނީ ތައުލީމު އުގެނިވަޑައިގެން ތިއްބެވި ދަންނަބޭކަލުންނެވެ.

ނަމަވެސް ގިނަ އިލްމުވެރިން އެބޭފުޅުންގެ ވާޖިބު އަދާކުރައްވާ ތަނެއް ނުފެނެއެވެ. ސޯޝަލް މީޑިއާގައި ކިތަންމެ ހަރަކާތްތެރި ނަމަވެސް އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގެން ދީނީ ދަރުސް ދެއްވުމުގައި ގިނަ ބޭފުޅުން އެހާ ފަރިތައެއް ނޫނެވެ. ފޭސްބުކް ސްޓޭޓަސްގައި ކިތަންމެ އިބުރަތްތެރި ރަނގަޅު ނަސޭހަތެއް ލިޔުއްވެވި ނަމަވެސް އެނަސޭހަތް އެއަށްވުރެ ގިނަ ބަޔަކާއި ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ގިނަ އިލްމުވެރިން ނުކުރައްވަވައެވެ.

މިހާރަށްވުރެ މާމަދު ދީނީ އިލްމުވެރިން ރާއްޖޭގައި ތިއްބެވި އިރު އެބޭފުޅުންގެ ޚިދުމަތް ގައުމަށް ލިބުނު މިންވަރަށް މިހާރު މާގިނަ އިލްމުވެރިން ތިއްބެވި އިރުވެސް ލިބެމުންދެއޭ ދަންނަވަން ދައްޗެވެ. ހާއްސަކޮށް ދީނީ ފޮތްތައް ލިޔުއްވެވުން ފަދަ މުހިންމު މަސައްކަތްތައް މިހާރަކަށް އައިސް ކުރައްވަނީ ވަރަށް މަދު ބޭފުޅުން ކޮޅެކެވެ.

ދީނީ ގޮތުން ޚިޔާލު ތަފާތު ބައެއް މައްސަލަތަކުގައި އިލްމީ ބަހުސްތަކަށް ވަޑައިގެން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގެ އެކަށީގެންވާ މަސައްކަތްތަކެއް ދީނީ އިލްމުވެރިން ކުރައްވާ ތަނެއް ނުފެނެއެވެ. މިސާލެއްގެ ގޮތުން ބުނާ ނަމަ ރާއްޖެއިން ބޭރުގައި ކުރިއަށްދާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މައްސަލަ ނަންގަވާށެވެ.

އެހެން ގައުމުތަކުގެ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޖިހާދެއް ނޫންކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާން ކޮށްފައި ވީނަމަވެސް ކަށަވަރުވާ އެއްކަމަކީ ރާއްޖެއިން ބަޔަކު ފުރަފުރައިގެން ހަނގުރާމައަށް މިދަނީ ކޮންމެވެސް ވަރެއްގެ ދީނީ ތައުލީމެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންތަކެއް އެބަޔަކަށް ވިސްނައިދޭ ވިސްނުންތަކެއްގެ ސަބަބުން ކަމެވެ. އެހެންކަމުން ސަރުކާރުން ނުވަތަ އިސްލާމިކް މިނިސްޓްރީ އިން ނުވަތަ ފިގުހު އެކަޑަމީ އިން މިމައްސަލައިގައި ހަމައެކަނި ބަޔާނެއް ނެރުއްވުމަށް ފަހު ހަނު ތިއްބެވުން މިއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ދީނީ އިލްމުވެރިން ނެރުއްވާ މިފަދަ މައްސަލަތަކާއި މެދު ބަހުސް ކުރެވެން އެބަ ޖެހެއެވެ. ހެވާއި ނުބައި ތަފްސީލް ކޮށްދެއްވަން އެބަޖެހެއެވެ. ރަނގަޅާއި ނުބައި ކިޔައިދެއްވަން އެބަޖެހެއެވެ. މިކަން ކުރަންވީކީ ސޯޝަލް މީޑިއާ އަކު ނޫނެވެ. މިކަން ކުރައްވަންވީ މިސްކިތްތަކާއި ސުކޫލް ތަކުގައެވެ. އާންމުން އެކުރައްވައިގެން ބާއްވާ ދީނީ އެއްވުންތަކުގައެވެ. ދީނީ މަހާސިންތާ ތަކުގައެވެ.

އިސްލާމީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ ބައެއް ކަންކަން އާންމުންނަށް އޮޅޭ ހިސާބަށް މިވަނީ ގޮސްފައެވެ. އިސްލާމީ ނޫން ގައުމުތަކުގެ ރައްޔިތުން ތަރައްގީ އާއި ސުލްހަވެރިކަމާ އެކު އުޅެމުން އަންނަ އިރު މުސްލިމް ބައެއް ބޮޑެތި ގައުމުތައް ވަނީ ލޭއޮހޮރުވުމެއްގެ ތެރޭގަ އެވެ. ދާހިލީ ހަމަނުޖެހުން ތަކުގެ ސަބަބުން އެގައުމުތަކުގެ ތަރައްޤީ އަށް ފަސްއެޅި ފޮރުވެމުން ދާއިރު ރައްޔިތުން ދަނީ ބިކަ ހާލުގައި ޖެހެމުންނެވެ. މިކަންކަން ގުޅިފައި ވަނީ ދީނީ ގޮތުން އުފެދިފައި އޮންނަ ޚިޔާލު ތަފާތުވުންތަކާއި އެވެ.

އަވަށްޓެރި ޕާކިސްތާން އަފްގާނިސްތާން ނުވަތަ އެއަށް ވުރެ ދުރުން ބަލާނަމަ ސީރިއާ އިރާޤު ލީބިއާ ފަދަ ގައުމުތަކަށް ވެސް ދިމާވެފައިވާ ޙަޤީޤީ މައްސަލައަކީ މުސްލިމުންނަށްވެ ތިބެ އުފެދިފައިވާ ދީނީ ޚިޔާލު ތަފާތުވުންތަކެވެ. އެޚިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމުގައި އިލްމުވެރިންގެ މެދުގައި ކާމިޔާބެއް ނުހޯދި ރައްޔިތުންގެ ތެރޭގައި ހުޅު ފަޅައިގެން ދިޔައީއެވެ.

އެހެންކަމުން އެކަންކަމުން ތަޖުރިބާ ހާސިލްކުރާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި މިއޮތް ފަދަ ހަނގުރާމައިގެ ވެއްޓަކަށް ރާއްޖޭގެ ވެށި ބަދަލުވެގެން ދިއުމުގެ ކުރިން އިސްލާހީ ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އެކަން ކުރެއްވުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެއް އަދާކުރައްވަން ޖެހޭ ބަޔަކީ ދީނީ އިލްމުވެރިންނެވެ. އަދި ސަރުކާރުންނެވެ.

ދީނީ އިލްމުވެރިންނަށް ފަހި ފުރުސަތުތަކެއް ސަރުކާރުން ހޯއްދަވައި ދެއްވަން އެބަޖެހެއެވެ. ރައްޔިތުންނާއި ހަމައަށް އިލްމުވެރިންގެ ބަސް ފަސޭހައިން އަންނާނެ ގޮތައް ކަންތައްތައް ރޭވެން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ދުރުމި

  ވަރައް ރަގަޅުލިއުމެއް.

 2. މޮޔަ

  ކޮބާތަތިބުނާއިލް ވެރިންނަކީ ހުޅަގުގެބާތިލްއަގީދާއައްބޯލަބާއިލްމުވެރިންތޯކޮބާތޯދީނުގެކުރިބޯށިކަމުގައިވާޖިހާދުގެވާހަކަދައްކާއިލްމުވެރިން

 3. ޢިންސާފު

  އެއީ އަނިޔާ ވެރި ވެރިންގެ ސަބަބުން ލޭއޮހޮރުވުންފެށެނީ

 4. ހަސަން

  އިސްލާމީ ބައެއްގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކަކީ އިސްލާމްދީން އާއި ގުޅިންހުރި ކަންތައްތަކެއްނޫން.. ބަދަލުގައި އެއީ ސިޔާސީ ހަމަނުޖެހުމާއި ކާފަރުންގެ އަޑީގަތިބެގެން ހިންގާޖަރީމާތަކެއް..މީޑިޔާ ބޭނުންކޮށްގެން ޔަހޫދީން މިއަދު ވަނީ މިމައްސަލަތަކަކީ އިސްލާމްދީނުގެ ސަބަބުން ކަމަށްބުނެ މުސްލިމުން މަގުފުރައްދަމުން..

  • އަލީ

   ހަސަނުގެ ވާހަކަ ރަނގަޅު. އިސްލާމީ އުއްމަތަށް މިއަދު ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ކާފަރުންނަކީ ކޮންބައެއްކަން ނޭނގުން.

  • އަހަރެން

   ހަސަންއަށް އަހަރެން ތާޢީދު.ލިޔުންތެރިޔާ ތިހެން ބުންޏަކަސް އިރާޤު،އަފްޤާނިސްޔާން،ސޫރިޔާ،ލީބިޔާ ފަދަ ގައުމުތަކަކީ ރައްޔިތުން އުފާފާގަތިކަމާއިއެކު އުޅެމުންއައި އިޤްތިސޯދީގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިއަރާފަ އޮތް ގައުމުތަކެއް.މިގައުމުތަށް މިހާރު ހުރިހާލަތަށް ބަދަލުކޮށްލީ އެމެރިކާއާއި ހުޅަނގުގެ ބާރުތައް އަޑީގަ އޮވެގެން.އެމީހުން ނުރުހޭ ވެރީންތަކެއް އެގައުމުގަތިބީމަ އެމީހުންނާއިދެކޮޅު ދެކޮޅުވެރިކަން އުފައްދާލީ އެސަރުކާރުތަކާއި އިދިކޮޅު ފިކުރުގެ މީހުންގެ ބޭނުންކޮށްގެން.އެއަށްފަހު އެގައުމުތަކަށްވެރިވެ އެމީހުންބޭނުންވާ ޑިމޮކްރަސީ އެތަނަކަށްގެނެސް އެބިމަށް ވެރިވެގެންތިބެ އެބިންތަކުގަވާ ގުދުރަތީ މުއްސަނދިކަމުގެ މައްޗަށް އަތްގަދަކޮށްލައިގެން އޭގެ ނާޖާއިޒް ފައިދާ ނަގާތަން އެހުރީ ފެންނަން.ދެން އެގައުމުތަކުގެ މުސްލިމުންގެ ހާލަތުވެސް އެހުރީ ފެންނަން.ދެން ހުޅަނގުގެ މީޑިޔާތަކުން ދުނިޔެއަށް ފަތުރަން މަސައްކަތްކުރަނީ އަބަދުވެސް އިސްލާމްދީނާއި ދެކޮޅު ޕްރޮޕެގެންޑާތައް.މިކަންކަމުގެ ޒިންމާ އުފަލަން އެންމެބޮޑަށް ޖެހެނީ ވެރިކަމުގެ ދަހިވެތިކަމުގަ އުޅޭ ނަމުން މުސްލިމް އަމަލުން މުނާފިޤުންގެ ފޭރާންލައިގެން އުޅޭ މީހުން.

 5. ސަންތި

  މިއަށްވުރެ ރަނގަޅު ލިއުމެއް މިއަހަރުވެސް މީހަކު އަދިނުލިޔާނެ. ދިވެހިސަރުކާރުން އެންމެފުރަތަމަ ކުރައްވަން ވިކަމަކީ ފިގްހުއެކަޑަމީގައި ދީނީގޮތުން ހުއްޖަތްދެއްކޭ ފެންވަރުމީހުން ބައިތިއްބާ އިސްލާމްދީނުގެ ޝަރީއަތްތަކާއި އަދި ބައެއްޚިލާފް އުފެދިފައިވާ މައްސަލަތައް ހޯދާ ދިވެހި ތަނެއްދޮރެއްނޭގި ތިބި (މާނައީ، ތުބުޅިއާއި ފައިކުރި ފަޓްލޫނު އަދި މޫނުބުރުގާ އަކީ އިސްލާމްދީނުގެ ޝަހާދަތުގެ ދެކަލިމައަށް ވުރެމަތިވެރި އަސާސްކަމަށް ދެކޭ ކުދިންކޮޅު) ހޯދާ ބަހުސްކުރެވި ރަނގަޅުގޮތް ބަޔާންކުރުން. އަދި އެކަންކަން ދަރިވަރުންނާއި އަންމުންނަށް އަންގަދިނުން. ވިދާޅުވިހެން އިސްލާމީހުރިހާ ގައުމެއްގަވެސް ލޭ އޮހޮުވުންހިނގާ މުސްލިމުން ބިކަވާންޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެކަން ކަށަވަރު. އެއީ ހަމަ ދީނުގައިވާ ކޮންމވެސް ކަމެއްގެ މިސްއަންޑަސްޓޭންޑިންއެއް. އިސްލާމްދީނުގައި މިސްކޮންސެޕްޝަނެއް ނުވާހާލުގަ މިސްއަންޑަސްޓޭންޑިން ފެންނާންމިއޮތީ. ލޮބުވެތި ޝައިހުންނޭ މިއާޓިކަލް ކިއުމަށްފަހު މިކަންތައް ރަގަޅުކުރައްވާ

 6. އަލްޖިބްރާ

  ތިޔަބުނާ ދީނީ ޢިލްމް ވެރިންގެ ގިނަމީހުން ތިބީ ވަކިބަޔަކަށް ވިކިފަ ! ދެންތިބި މީހުން ތިބީ ގަންނާކުރައްވާބިރުން ދެފައިފިތިފަ ! އެއްޗެއް ބުނެފި މީހަކު ތިބީ ޖަލުގަ ! އެއްޗެއް ބުނެފާނެހެން ހީވާ އެންމެންގެ ހުއްދަތަށް ވަނީ ބާތިލު ކޮށްފަ ! ދެން ކަމެއް ކުރާނެ ބަޔަކު އެބަތިބިތަ ؟

  • ޖޯމެޓްރީ

   އަލްޖިބްރާ ބުނެފަ އެވަނީ މި ގައުމުގެ ޢިލްމު ވެރިންގެ ހާލަތު ވަރަށް ރަނގަޅަށް، ކުރުކޮށް. ދެން ބުނާނެ އިތުރު، އާ ވާހަކަ އެއް ނެތް.

 7. ސަޢީދު

  ކުރީން މަދު ޢީލްމުވެރިން ތިއްބެވި އިރު ކިޔަނީ އެކައްޗެކެވެ. ދައްކަނީ އެއްވާހަކައެކެވެ. އޭރު ޝާފިޢީގެފާނަކީ އިމާމެއް ކަމަށް ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވީމުއެވެ. ނަމަވެސް ހަމައެކަނި ޙަންބަލީ މަޒުހަބުގެ ފޮތްތައް ދަސްފުޅުކުރައްވައިގެން ވަޑައިގަތް ބޭފުޅުންނަށް އެ ގޮތެއް ކަމަކު ނުދިޔައެވެ. ހަދީސްތަކުގެ ލަފުޒީ މާނައިން ހުކުމް ނެރުއްވަން ފައްޓަވައިފިއެވެ. ޙުކުމް ނެރުއްވުމުގެ މައިގަނޑު ޢިލްމަކީ ފިޤުހު ކަމަށް ވިޔަސް އެ ބޭފުޅުން ފިޤުހު ގަބޫލެއް ނުކުރައްވައެވެ. ހަދީސެއްގެ ލަފުޒީ މާނަ ބައްލަވައިގެން އޭގެ ޢިއްލަތާއި ސަބަބާއި ޙާލަތަށް ނުބައްލަވައި (ސުންނަތް) ޢީދު ނަމާދު އަދާކޮށްފި ނަމަ (ވާޖިބު) ހުކުރު ނަމާދު ކުރަން ނެޖެހޭނެކަމަށް ފަތުވާ ވެސް ދެއްވަނީ އެވެ. ނަތީޖާއަކަށް ވަނީ މުޖުތަމަޢު ފަސާދަވުމެވެ. ޒުވާނުން ދީން ދެކެ ފޫހިވުމެވެ.

 8. ސިކްސް އޭ

  ވަރަށް ރަނގަޅު ވާހަކައެއްތީ

 9. އަބްދުއްލާ

  އިސްލާމްދީނަށް ފުރައްސާރަ އެންމެ ބޮޑަށް ކުރަމުންދާ އެކަކު ވެރިކަމަށްގެނެވޭތޯ މިގައުމުގެ އެތައްރައްޔިތުން ކެނޑިނޭޅި އެބަ މަސައްކަތްކުރޭ .ތަފާތު މުނާސަބާގަ ދީނާ ފުށުއަރާގޮތަށް ވާހަކަ ދައްކާއިރުވެސް އެވަރެއް ނެތްކަމަށް ބަޔަކު އެބަ ގަބޫލްކުރޭ. ހަމަ އެކަނި އެމީހުންގެ ވިސްނުމަކީ ޖީބަށް ބަރުކުރުން .ތިޔަ ފަތުވާދޭ އިލްމުވެރިންނޭ ކިޔާބަޔަކު މީހުންގެ ބޮލުތެރެއަށް ވަދެގެން ދަތުރުކުރަން މީހުންފޮނުވައިދޭ އުސޫލުން އެކަން އެކުރަނީ ހަމަ އެބައެއްގެ ޖީބަށް ބަރުވާ ފަދަ ފައިދާތަކެއް ހުރީމަ. ވީމާ މިކަން ހުއްޓުވޭނެ ގޮތެއްބަލަންވީ

 10. ގޮއްޔެ

  ތިޔައިގެ ތެރެއިން ގިނަ ޢިލްމުވެރިން ގާތު ދެރަ މީހަކު ސުވާލެއް ކޮށްލިޔަސް ޖަވާބެއްނުދޭ. ހީވާ ކަހަލަ އާދައިގެ ނިކަމެއްޗަކާ ވާހަކަ ދައްކައިފިއްޔާ ތިމާމެންގެ އިއްޒަތަށް ހިރަފުސް އަރަނީއޭ.

 11. ރަތްމަސްބޯ

  ހުރިހާވެސް މައްސަލައަކީ ދީނީ އިލްމުވެރިން އެކަތިގަޑަކަށް ނުވުމެވެ. އުޅެނީ ކުރައުޑު ކުރައުޑު ކޮށެވެ.

 12. އަލީ

  މިއީ ހަގީގަތާ ވަރަށްދުރު ލިޔުމެއް. މިރާޢްޖޭގަ ދީނީއިލްމު ފެތުރުއްވުމަށް މިރާއްޖޭގެ އިލްމުވެރިން ގެންދަވަނީ ވަރަށް ބުރަ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. ރާއްޖޭގެ އެކިހިސާބުތަކަސް އަބަދުވެސް އެގެންދަވަނީ ދަތުރުކުރައްވަމުން ދަރުސްތައް ދެއްވަމުން، އާއްމުތަންތާގައާއި ސްކޫލް މަދަރުސާތަކުގައި. އެކަމަށްވެސް ހުރަސްތައް ކުރިމަތިކުރައްވަނީ ސިޔާސީފިކުރުގަތިބެގެން ކައުންސިލްތަކުންނާއި އަދި ހަމަ ސަރުކާރުގެ މަދު މުއައްސަސާތަކުންވެސް. އަދި އެއިލމުވެރިންގެ ތެރޭގަ ނޫޅޭނެ ތިޔަވިދާޅުވާ ތަންތަނަށް ދިޔުމަށް ގޮވާލާ ބޭފުޅުންނެއް. އެކަންކުރަނީ ދީނީއިލްމުވެރިންނެއް ނޫން. އެކަމަކީ އިންޓަނެޓުގެ ޒަރިއްޔާއިން ކާފަރުން އަޑީގަތިބެގެން ކުރާކަމެއް. އިސްލާމީ އުއްމަތަށް ދިމާވެފައި އެންމެބޮޑު މައްސަލައަކީ މުސްލިމުންގެ ގޮތުގަ ތިބޭއިރުވެސް ހުޅަނގުގެ ކާފަރުންގެ ގޮތްފޮތް ރީތިވެގެން އެމީހުން ބުނާހާކަމެއް ކޮށް، އެމީހުން އުޅޭހައި ގޮތަކަށް އުޅެން ބޭނުންވާ ބަޔަކަު މުސްލިމުންގެ ތެރޭގަ ތިބުން. އަދި މީޑިއާތަކުން މުސްލިމުންގެ އަމިއްލަ ވެލިއޫސްތަށް ޕްރޮމޯޓްނުކޮށް ހުޅަނގުގެ ކާފަރުންގެ ގޮތްފޮތް ޕްރޮމޯޓްކޮށް އެމީހުންގެ ދިރިއުޅުމާއި އެމީހުން ކުރާހާކަމެއް އަހަރެމެންނަށް ދެއްކުން.

 13. ކީކޭ ބުނާނީ

  ޢިލްމުވެރިން ދީނީ ނަސޭހަތް ދިނުމަށް ހުރަސްއަޅައިފައި ކީކޭ ތިކިޔަނީ

 14. މަމީހާ

  މީސްމީޑިއާ އަކާ މުސްލިމު އަކާ ނުގުޅޭނެ. މުސްލިމުވާނީ މިސްކިތުގަ ދެން ރޯދަމަހު ދުވާލު

 15. ނަންްްްްް

  ތިދީނީ މީހުން އެކަތިގަނޑަކަށް ވާނީ ޖަހަންނަމައިގަ ކަލޯ

 16. އަމީ

  ކިހިނެއް އެއްޗެއް ބުނާނީ. ސަރުކާރުދެކެ ބިރުން އެންމެން ވެސް. ހައްޕު ކިޔައިން.

 17. ހުޝާމް

  ސޯޝަލަްމީޑިއާއަކީ ވަކިބަޔަކު ބޭނުންކުރަން އޮންނަ ވަކިބައެއްގެ ތަރިކަ މުދަލެއްނޫން.