ދުނިޔޭގެ ގައުމުތަކުގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓްތަކާއި އެމްބަސީތައް އެކި ސަރަހައްދުތަކުގައި ހުރެއެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ވިޔަސް، އެމްބަސީއެއް ވިޔަސް ހުރީ ވެރިރަށް މާލޭގައި އެކަންޏެެވެ. މާލެއާ ދުރަށް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ ވާހަކައާއި އެކީ ފެށިގެން އައީ އިލްމީ ބޮޑު ބަހުސެކެވެ. އައްޑޫ ތަރައްގީއާއި އައްޑޫގެ ހިމާޔަތާ ގުޅުވައިގެނެވެ.

ވެރިރަށް މާލެއިން ދުރަށް ދެކުނުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމުން ވެގެން މި ދިޔައީ ބޮޑު ބަހުސެއްގެ ފެށުމަކަށެވެ. އެ ބަހުސް ނުހިނގާ މީސް މީޑިއާ ޕްލެޓްފޯމެއް ނެތެވެ. ދެ ފަރާތުން ވެސް އެ ފަރާތެއްގެ ފަޅިއަށް ބުރަވެ އެތައް ނުކުތާއެއް އެ ދަނީ ފާހަގަކުރަމުންނެވެ. މިކަމާ ދެކޮޅު އައްޑޫގެ ޒުވާނުންތަކެއް ވަނީ "ސޭވް އައްޑޫ" ނަމުގައި ކެމްޕޭނެއް ވެސް ފަށައިފިއެވެ.

އިންޑިއާގެ ހުށަހެޅުން، ބޮޑު ބަހުސަކަށް!

ބަހުސަކަށް މި ކަން މި ދަނީ ވެސް އިންޑިއާގެ ހުށަހެޅުންތަކަށް ރިއާޔަތް ކުރެވިގެނެވެ.

އިންޑިއާގެ ހައި ކޮމިޝަނުން "ވަގުތު" އާ ޚިއްސާ ކުރެއްވި ލިޔެކިއުންތަކުގައިވާ ގޮތުން އިންޑިއާ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަކީ، އައްޑޫގައި ގާއިމް ކުރާ ކޮންސިއުލޭޓް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ގަސްތު ކުރަނީ އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅަށެވެ. މުޅި ދެކުނަށެވެ.

އައްޑޫގެ ބޮޑު ބިމެއްގައި، އިންޑިއާ ސަރުކާރުގެ އެހީ ލިބިގެން، ފުލުހުންގެ ތަމްރީން މަރުކަޒެއް ވެސް އެ ދަނީ ޤާއިމް ކުރެވިގެންނެވެ. އެ މަރުކަޒުގެ ޕްލޭން އޮތީ ރާއްޖޭގެ އާންމު ރަށެއްގެ ޕްލޭނާ އެއް ވަރަކަށެވެ. އެ ތަނުގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވަން އުޅޭ ކަމުގެ އަޑު ވެސް ގަދައެވެ.

މި ކަމުގައި ބަހުސެއް އުފެދެނީ ވެސް އެއީ އެ ގައުމުން ދެކުނުގެ ސަރަހައްދަށް "ވެރިވެ ގަންނަން" ކުރެވޭ މަސައްކަތުގެ ތެރެއިން ކަމުގައި އުފެދޭ ކަންބޮޑުވުންތަކެއްގެ ތެރެއިންނެވެ. އެއިން ލިބޭ ފައިދާއާއެކު، އައިސްދާނެ ނުރައްކަލެއްގެ ކަންބޮޑުވުން ވެސް އޮތަތީއެވެ.

އައްޑުއަށް އުފަން ޕްރޮފެސަރު ހަސަން އުގައިލްގެ ޕޯސްޓެކެވެ. މިއިން އެކަނި ވެސް މި ބަހުސްގެ މުހިއްމު ކަން ވަޒަންވެއެވެ.

އުގައިލް ވިދާޅުވަނީ، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާ ކިހާ ގުޅުމެއް އޮތް ކަމެއްތޯ އެނގެން އެބަ ޖެހޭ ކަމުގައެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބެލެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުމާއި އެ ކަމަށް އޮތް ޒަރޫރީ ބޭނުންތެރިކަން އެބަ އޮންނަން ޖެހެއެވެ.

"އެހެން ނޫން ނަމަ ކަންކަން ކުރުމުގައި އިސް ފަސް ވުމުގެ ޖާގަ އެބަ އޮތް، އަދި މި ވަގުތު ކޮންސިއުލޭޓެއް ގާއިމް ކުރުމުގައި އަތޮޅުގެ ވެރިންނާއި، ސަރުކާރުން މަޝްއޫލު ވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫ އަރާ ގޮތް ވުން ވެސް އެކަށީގެންވާ،" އެކަމުގައި ނުރައްކާތަކެއް ވެސް އޮވެދާނެ ކަމުގެ ކަންބޮޑުވުމާއެކު އުގައިލް ލިޔުއްވާފައިވެއެވެ.

ކޮންސިއުލޭޓެއް ހުރެގެން އައްޑޫއަށް ވާނެ މޮޅެއް؟

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފާހަގަ ކުރެއްވި ގޮތުގައި، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ވެސް އައްޑޫގައި ހުޅުވި، އައްޑޫގައި ވިޔަފާރިތައް ދުނިޔެއަށް ހުޅުވުމަށް އޮތް ފުރުސަތެއް ކަމުގައެވެ. އަދި އައްޑޫ ރައްޔިތުންނަށް ވިސާގެ ކަންކަން ވެސް ލުއި ގޮތެއްގައި ހަމަޖެހޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އައްޑޫ ގަމުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާ އިރު، އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައި ދިނުމުގައި ވެސް ކޮންސިއުލޭޓުން މުހިންމު ދައުރެއް އަދާ ކުރެވޭނެ، އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ގައުމެއްގެ ކޮންސިއުލޭޓް، ދުނިޔެއަށް އައްޑޫ ހުޅުވާލަން ބޭނުމީ،" ނިޒާރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ގެ ޚިޔާލު މި ކަމުގައި ތަފާތެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި، ކޮންސިއުލޭޓް ގާއިމް ކުރަނީ އެ ސަރަހައްދެއްގައި ދިރިއުޅޭ އެ ކޮންސިއުލޭޓެއް ނިސްބަތްވާ ގައުމުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށެވެ. އޭގައި ފައިދާއެއް އޮންނާނީ ވެސް އެ ގައުމެއްގެ ރައްޔިތުންނަށެވެ.

"އިންޑިއާގެ ޓްރިވަންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް މި ހުންނަނީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ދިވެހިން އުޅޭތީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރާނީ ވެސް އައްޑޫގައި އުޅޭ އިންޑިއާ ރައްޔިތުންގެ ޚިދުމަތަކަށް، އެ ވަރަށް އައްޑޫގައި އިންޑިއާ ރައްޔިތުން ތިބިތޯ ވެސް ބަލާލަން އެބަ ޖެހޭ،" އަންޑޭ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ނިޒާރު ފާހަގަ ކުރެއްވި ކަމަކީ، މި ކަމުގައި އަދި ދިވެހި ސަރުކާރުން ވަކި ގޮތެއް ނުނިންމާ ކަމެވެ. ދިވެހި ސަރުކާރުން ވެސް ގޮތެއް ނިންމާނީ އޭގައި ދިވެހިންނަށާއި އައްޑޫ ރައްޔިތުންނަށް އޮތް ފައިދާއެއް ބެލުމަށް ފަހުގައެވެ. ނަމަވެސް މިކަމުގައި ދެ ގައުމަށް ވެސް ފައިދާ އޮތް ކަމުގައި ނިޒާރު ގަބޫލު ކުރައްވައެވެ. އެއިން ފައިދާ ވާނީ ހަމައެކަނި އިންޑިއާގެ ބަޔަކަށް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ.

"މިހާރު އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކަށް ވެސް ގިނަ ލޭބަރުންތަކެއް އައްޑޫގައި މަސައްކަތް ކުރާތީ އެ ގައުމަށް ވެސް ފަސޭހަ ވާނީ އެ މީހުން މެނޭޖު ކުރާނެ ކޮންސިއުލާ އޮފީހެއް ހުރުމުން. ދެ ގައުމަށް ވެސް އެބަ އޮތް ފައިދާ،" ނިޒާރު ވިދާޅުވިއެވެ.

އެކަމަކު ތަރައްގީގެ މަޝްރޫއުތައް ހިންގަން ތިބި އިންޑިއާގެ ލޭބަރުންތަކަކަށް ވިސާ ހޯދަން ކޮންސިއުލޭޓެއް އުފެއްދުމުގެ ބޭނުމަކާ މެދު އަންޑޭ ސުވާލު އުފައްދަވައެވެ. މި ގޮތުން އައްޑޫގައި އިންޑިއާގެ ރައްޔިތުން އިތުރަށް އާބާދު ކުރުމުގެ ވިސްނުމެއް އޮތްތޯ އޭނާ ސުވާލު އުފައްދަވައެވެ. މަޝްރޫއަކަށް ގައުމަކުން އެހީ ދިނުމަށް ފަހު، އެއީ ދެން އެ މަޝްރޫއު ހިންގާ ގައުމުގެ ސަރުކާރުގެ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"އިންޑިއާ ނޫނަސް ކޮންމެ ގައުމަކުން ވެސް މަޝްރޫއުއަކަށް އެހީ ދިނުމަަށް ފަހު، މަޝްރޫއު ހިންގުމަކީ ދިވެހި ސަރުކާރުގެ ކަމެއް، އެ ކަން އިއުލާން ކުރަން ޖެހޭނީ ދިވެހި ސަރުކާރުން، އެ ކަން ދާނެ ގޮތް ބަލަން ޖެހޭނީ ދިވެހި ސަރުކާރުން، މި ދިވެހި ދައުލަތުގެ މަޝްރޫއެއް، އެ ގޮތަކަށް ނޫން މަޝްރޫއުތައް ވެސް މި ފެންނަނީ، އައްޑޫގައި އިންޑިއާ ބަޔަކު އާބާދު ކުރުމުގެ ވިސްނުމެއް އޮތްތޯ ސުވާލު އުފަންދަން ވެސް މި ޖެހެނީ މިހެންވެ،" އަންޑޭ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި އިންޑިއާއަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މުހައްމަދު، އަންޑޭ

ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭ ހާލަތެއްގައި؟

އައްޑޫގައި ގިނަ ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައި ހެއްޔެވެ؟ އާންމު ގޮތެއްގައި ދެ ޚިޔާލަކަށް އާބާދީއެއް ދެކަފިވެގެން ދާއިރު ކުރެވޭނެ އެންމެ މުހިއްމު ސުވާލަކަށް ވާނީ ވެސް މި ކަމެވެ.

އައްޑޫގެ ފުރަތަމަ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ކިޔައިދެއްވި ގޮތުން ނަމަ، އިންޑިއާ ހިމެނޭހެން ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ކޮންސިއުލޭޓް ހުރުމަކީ އަބަދުވެސް ދެކެވެމުން ދިޔަ ވާހަކައެކެވެ. އަބަދުވެސް، އައްޑޫގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން އެދެމުން ދިޔަ ކަމެކެވެ. އެއީ ކުއްލިއަކަށް އައިސްގެން އުޅޭ ނިންމުމެއް ނޫން ކަމުގައި ސޯބެ ވިދާޅުވެއެވެ.

"ކޮންސިއުލޭޓްއެއް އައުމުގެ ބޭނުންތެރިކަން އެދެމުން ދިޔައީ ވެސް ސީދާ އައްޑޫ ރައްޔިތުން، އައްޑޫ ވިޔަފާރިވެރިން، ޓްރިވަންޑްރަމްގެ ހުރެއެއް ނޫން ހެއްޔޭ ރާއްޖޭގެ ކޮންސިއުލޭޓް، އައްޑޫގައި ނުބެހެއްޓޭނެ ހެއްޔޭ ކައިރި ގައުމުތަކުގެ ކޮންސިއުލޭޓް، މި އަލަށް އައިސް އުޅޭ ވިސްނުމެއް ނޫން،" ނުވަ އަހަރުގެ މުއްދަތަކަށް އައްޑޫގެ މޭޔަރު ކަމުގައި ހުންނެވި ސޯބެ ވިދާޅުވިއެވެ.

އެހެންވިޔަސް، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ޤަބޫލު ކުރައްވާ ގޮތުގައި، މިހާރު އެ ކަން ކުރަމުން ގެންދާ ގޮތަކީ އައްޑޫގެ އެއްވެސް ރައްޔިތަކު ރުހޭނެ ގޮތެއް ނޫނެވެ. އައްޑޫގައި ބޭރު ގައުމެއްގެ ބާރު ގާއިމް ވުމަށް އައްޑޫގެ ރައްޔިތުން ރުހޭނެ ޖާގައެއް ނެތް ކަމާއި އެ ކަން މީސް މީޑިއާއިން ފެންނަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އައްޑޫގެ ބޮޑު ބިމެއް ނަގައިގެން، އެ ބިމުގައި ފުލުހުންގެ ތަމްރީން މަރުކަޒެއް މި އުފައްދަނީ، އެ ތަނުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އުފެއްދުމުން އެ ސަރަހައްދުގައި ދިވެހި ދައުލަތުގެ ގާނޫނު ނުހިނގާނެ، އިންޑިއާގެ ގާނޫނު ދޯ ހިނގާނީ، އިންޑިއާ ބޭނުން ކަމެއް ދޯ ދެން އޮންނާނީ،" މޯޑް ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އާންމު އުސޫލަކުން މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުން ނޯންނަ ކަމުގައެވެ. މި ގޮތުން ރާއްޖެއާ ޚާރިޖީ ގުޅުން ގާއިމް ވެފައިވާ ޤައުމުތަކުގެ އޮފީސް ވެރިރަށް މާލޭގައި ޤާއިމް ކުރުމުގެ ކުރިން، މާލޭ ރައްޔިތުންގެ ޚިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތެއް ކޮށްފައި ނެތް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މާލޭގައި ކުރަންވީމަ އަހަން ނުޖެހުނު ކަމެއް ކޮންމެހެން އައްޑޫގައި އަހަން ޖެހޭނެ ކަމަކަށް ނުދެކެން، ދެން ސަރުކާރުން އޮފީހެއް ގާއިމް ކުރަން، ޚާރިޖީ ގުޅުން އޮންނަ ގައުމެއްގެ ކޮންސިއުލޭޓް ހުޅުވަން، މި ހުންނަނީ ކޮންމެހެން ރައްޔިތުންގެ ސީދާ ބަސް ހޯދައިގެން ކުރަން އޮންނަ ކަންކަމެއް ނޫން، އެ އޮންނަ އާންމު އުސޫލަށް ބަލާނަމަ،" ނިޒާރު ވިދާޅުވިއެވެ.

މޯޑް ވެސް ވިދާޅުވަނީ އުސޫލެއްގެ ގޮތުން އެއީ ރައްޔިތުންގެ ބަހަށް ދާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ. އެކަމަކު، މޯޑް ފާހަގަ ކުރައްވާ ސަބަބުތައް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި، ސަބަބަކީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ޖެހޭ ސަބަބެއް ނެތުމެވެ. ވޯޓަކުން ފަރަގު ހޯދަން ނުޖެހޭ ވަރަށް އެ ކަމާ އައްޑޫގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށް ވިދާޅުވެއެވެ.

"ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ވަރަށް މީގަ ނަތީޖާ ސާފު، އެ ކުރަން އުޅޭ ކަމަކަށް އައްޑޫ ރައްޔިތުން ތާއީދެއް ނުކުރާނެ،" ޕީޕީއެމްގެ އައްޑޫ ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި މޯޑް ވިދާޅުވިއެވެ.

އިންޑިއާގެ ކޮންސިއުލޭޓް ގާއިމް ކުރުމުގެ ބަހުސް ގަދަވާއިރު، ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުމެއް އޮތް ކަންކަން ކަމުގައި ޚިޔާލު ހޯދަން ޖެހެއެވެ. މިހާރު މި ކަން އޮތް ހާލަތަށް ބަލާއިރު، މޯޑް ވެސް ދެކެވަޑައިގަންނަވަނީ ރައްޔިތުންގެ ބަހެއް ދެން އެ ކަމުގައި ހޯދުމަށެވެ. މޭޔަރު ނިޒާރު ވެސް ގަބޫލު ކުރައްވަނީ އެ ގޮތަށް ރައްޔިތުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން އެދޭނަމަ، ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭނެ ކަމުގައެވެ.

"ރައްޔިތުންގެ ވޯޓަކަށް ދާން ވެސް، އައްޑޫގެ ކައުންސިލަރުން އެދޭނަމަ، ރައްޔިތުން އެދޭނަމަ، ދާނެ،" ނިޒާރު ވިދާޅުވިއެވެ. އަދި، "މިހާރު ހާލަތު އޮތް ގޮތުން ބަލާނަމަ ރައްޔިތުންގެ ބަހެއް މި ކަމުގައި ސީދާ ހޯދުން އެންމެ ރަނގަޅު ގޮތަކަށް އޮތީ،" މޯޑް ވިދާޅުވިއެވެ.

ކޮންމެއަކަސް އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުގެ ބަހުސް އަވަހަށް ނިމިދާނެ ކަމަކަށް ފެންނަ މަންޒަރުތަކަށް ބަލާފައި ނިންމޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބޭހޮއްކޮ

    މިޒަމާނުގައި ގާތުން ޚިދުމަތްދެނީ ތަނެއް ގާއިމުކޮށްގެނެއް ނޫން. އެއީ އެއަށްވުރެ ފަސޭހައިން ދެވެން އޮންނަ ޚިދުމަތެއް. މާލޭގައި އިންޑިޔާ އެމްބަސީ ކުރިމަތީގައި މުނާޖާ ކޮޑުއަޅައިގެން ކިޔޫ ހަދަންޖެހެނީ އެހެން ގޮތެއް ނެތީމާތަ! ޚިދުމަތެއް ބަޔަކު ނުދޭން ތިބިއްޔާ ވާނީ މިހެން. އައްޑުއާއި މާލެއާ ދެމެދު ފްލައިޓް ނޯންނަ ދުވަހެއް މިހާރު ނާންނާނެ. އަވަސް ޕޯސްޓުގެ ޚިދުމަތެއް އޮވެފައި، ކައުންސިލުން އެމްބަސީތަކާ ކައުންސިލާ ދެމެދު ގުޅުމެއް ގާއިމުކޮށްފައި ކައުންސިލުން އެމްބަސީން އަންގާގޮތަށް ލިޔެކިޔުންތައް ހަމަތޯ ބަލާފައި ބަލައިގަނެފައި ވީޒާފަދަ ކަންކަން ކުރެވޭނެ. އިންޑިޔާ މީހުން މިކަހަލަ ކަންކަމަށް އާބަސް ނުބުނަނީ އެމީހުންގެ ނުލަފާކަމާ ނުބައިކަމުން. އިންޑިޔާއަކީވެސް މިވަރުގެ ކަމެއް ނުކުރެވޭނެ ބައެއް ނޫން. އެއީ ހަމަ އެމްބަސީ ކުރަމަތީގައި ކިއޫ ހައްދަން ޖައްސާގޮތަށް ނުހޮރުއްޕާންކުރުމަށް ކުރާ ކަމެއް. އެމަޅީގައި ގަމާރުންތަކެއް ޖެހިގެން މިއުޅެނީ. މިޒަމާނުގައި އީބޭއިން އެމޭޒަންއިން އަލިބަބާއިން އެއްޗެހި މިގަންނަނީ ގޭދޮރުމަތީގައި ތަނެއް ހުރެގެނެއް ނޫން. މިޒަމާނުގައި ލާމަރުކަޒީކޮށް ޚިދުމަތްދޭ ގޮތަށް އެމޭޒަންއާއި އަލިބަބާ ފަދަ ތަންތަނުން ޚިދުމަތް އެދެނީ. އެކަން ނޭނގޭވަރުގެ ގަމާރުން ތަންތަނުގެ ވެރިންނަށް އައިމާ މަރުކޮސް ގޮވާނެ.

    59
    2
  2. މޭޔަރު ސަހާބު

    ބޭނުންގޮތަކަށް އައްޑުއާއި ކުޅެން މިއީ މިސަރުކާރަށް ލިބޭ ވަރަށް ބޮޑުފުރުސަތެއް.
    މޭޔަރާއި ސަރުކާރުގެ ވަޒީފާގައި ތިބި އައްޑޫ މީހުންނާއި ވަކިން ޚާއްސަކޮށް މަޖިލިސް މެމްބަރުންގެ ނަން އެއޮތީ މމޕރސ ގެ ލިސްޓްގައި.
    ވީމާ އެއިން ސަލާމަތްވާން އައްޑޫ ގުރުބާންކޮށްލަން އެމީހުން ފަހެއް ނުޖެހޭނެ.

    55
  3. އަބްދޫ

    ޖީއެމްއާރު އަށް އެއާޕޯޓް ދިނުމުން އެމީހުންގެ ޕްލޭނުގަ އޭރު ނުކުރެވިއޮތް ކަންތައް އައްޑޫގަ ގާއިމްޚުރަން އެއުޅެނީ އިންޑިޔާގެ ގިނަ ދަދެއްގެ ރައްޔިތުން އައްޑުގަ ވަޒަންވެރިކޮށް އައްޑުގެ ރައްތިތުންނަށް 3 ވަނަ ދަރަޖަ ދޭން.އިންޑިޔާގެ ރައްޔިތުންގެ ހިމާޔަތުގަ ކަމަށް ބުނެ ދެން ގެންނާނީ އިންޑިޔާގެ މިލިޓްރީ ސިފައިން އޭގެ ފަހުން ރާއްޖޭގެ ބައެއްނޫންކަމަށް ކަނޑައަޅާނެ.މި އީ ނަސީ ދުގެ ޕްލޭން.ކުރިން ނަސީ ދު ބުނި އައްޑޫގަ އަމިއްލަ ވެރިކަމެއްގާއިމް ކުރުން ދޭހަވާ ފަ ދަ އިބާރާތެއް.

    55
    2
    • ާއަހުމަދު

      ފިލަން ވަންނާނެ ތަނެއް ހަދަނީ

      27
  4. އައްޑޫ މީހާ

    ކީއްކުރަން ބަހުސަކަށް ދަނީ ހަގީގަތް ހުރިހާ މީހުންނަށް ވެސް އެބަ އެނގޭ އިންޑިއާ ނުން ކޮންމެ ތަނެއްގެވެސް ކޮންސިއުލޭޓަކީ އެބައެއްގެ ބާރުހިނގާ ތަންތަން އެހެން ގައުމެއްގެ ގާނޫނެއް ގަވައިދަކަށް އެމީހުން ބަލާކަށް ނުޖެހޭނެ އެގޮތުން މިހާރު އައްޑޫގައި އަޅަމުންދާ ޕޮލިސް ޓްރެއިނިންގ ސްކޫލް ނިމެން ވާާއިރަށް ތިޔަ ކޮންސިއުލޭޓެއްގެ ވާހަކަ ދައްކައިގަތީ އަހަރުމެން މީގެ ކުރިންވެސް ކިޔަމުން އައީ އިންޑިއާގެ މިލިޓަރީ ބޭހެކޭ އެއީ އެތަނުގައި ކޮންސިއުލޭޓް ހެދުމާއިއެކު ދިވެހި ސަރުކާރުގެ ބާރުކެނޑި އެތަނަކަށް ދިވެހިންނަކަށް ނުވަދެވޭނެ އެތަނުގައި ރެސްޓޯރެންޓް ، ބޭންކް ، ހޮސްޕިޓަލް ، ކުޅޭ ދަނޑު ، ޕޫލު ފެމެލީ ރޫމް މިތަން ތަން ހަދަނީ ކޮންމެވެސް ބޭނުމެއްގަ އައްޑޫގައި ކޮންސިއުލޭޓެއް ހަދަން ބޭނުން ވެއްޖެ ނަމަ މާލެގައިވެސް އެހުންނަ ގޮތައް ކުޑަ ގެއެއްގައި ހަދަންވީ އެކަމަކު ތިޔަ ޓްރެއިނިންގ ސްކޫލުގައި އެތަން ހަދައިގެން ނުވާނެ އައްޑޫގައި ތިބި އަންހެން ކުދިންގެ އިއްފަތްތެރިކަން ނިޒާރު ބުނާގޮތައް އެމީހުންނަށް ވިއްކައިގެން ނުވާނެ އަހަރުމެން އައްޑޫގެ އަންހެން ކުދިންނައި އިންނާނީ އެކުދިން އިންޑިއާ މީހުންނަށް ވިއްކަން އުޅޭނެ ކަމެއްނެތް ޝުކުރިއްޔާ

    29
  5. ސައިމާ

    ގައުމެއްގައި އެހެން ޤައުމެއްގެ ކޮންސުލޭޓެއް އެމްބަސީއެއް އެޅުމަކީ ޤައުމުގެ ތަރައްޤީއަށް ކުރިއެރުމެއް ލިބޭނެ ކަމެއްކަމަށް ވިސްނުމަކީ ރަނގަޅު ގޮތެއްނޫނެވެ. ނަމަވެސް ވަކި ފިކުރަކުން މީހާ ބަނދެވިފައިހުރިނަމަ އެގޮތެއް ޤަބޫލުކޮށް އެގޮތް ދިފާޢު ކުރުން ނޫން އެހެން ގޮތެއް ނޯންނާނެއެވެ. ކޮންސިއުލޭޓް އޮފީހުން ޤައުމެއްގެ ތަރައްޤީއަށް ހިންގި އެއްވެސް ޕްރޮޖެކްޓެއް އެބަ އޮތްތޯއެވެ.؟

    31
  6. ނަސި

    މިކަން ނިމިގެންދާނީ ނަސީދު ބޭނުން ވާގޮތައް އެމްޑީޕީގައި ތިބެނީ ބުރާންތިކަން މިހާރުހާމަވެެނިމިއްޖެ ، ކަމެއް ކުރަން ނޭނގުނުތާ ވެރިކަންވެސް ބީވެގެން ދާން މިހާރު މިސްރާބު އެހުރީ، ކުދިންނޭ ނަމަނަމަ ބަގާވެތް ކުރަން ނަހަދާތި އަދި އެޗާސަވެސް ނުދޭތި މިއެމްޑިޕީ އެޗާންސަކައްބަލަ ބަލަ އެތިބެނީ ، ކޮންއިރަކުންބާވޭ ރައްއިތުން ނުކުންނާނީ ، ރައްއިތުން ނުނިކުންނާނެ، ﷲ ގެ އިރާދަފުޅައެއްކޮއް 2023 ވޯޓްއިން ބާލާނީ

    25
  7. މައިކް

    ދިުޔޭގަ ތިބިބަޔަކުބަލާތި ރައިތުން ބިކަވާނެ . ރައިތުންވަނީ އަޅުން ނައް އަޑޫވިޔަފާރިތައް ހަލާކުވާނެ މިހާރުވެސް އިން ޑިޔާމީހުން ނާހެދި މާލޭގެވެސް ވިޔަފަރި ކުރެވޭވަރެއްނޫން.

    20
  8. ރައްޔިތު ދެސީ އަހަންމަދު

    މިބޭފުޅުން މިއުޅުއްވަނީ 1940 ގެ އަހަރު ތަކުތޯ ސުވާލް އެބަ އުފެދޭ އެއީ ތިޔަަ ކިޔާ ކޮންސިއުލޭޓަރ ތަކަކީ އެކޮންސިއުލޭޓަރ ހުންނަ ގައުމެއްގައި މަގުތަކުގަ ތާޅު އަޅާ ފާޙާނާ ހޮޅިއަޅާ ގޭސްހޮޅި ރިހާކުރު ހޮޅި އަޅާދޭ ތަންތައްވިއްޔާ ދުނިޔޭގެ ފަގީރު ގައުމުތަކުގައި ކޮންސިއުލޭޓރ ތައް އަޅައިގެން ތަރައްގީވެފައެއް ނޫންތޯ މިހާރު ހުންނާނީ ތިޔަ ކިޔާ އިންޑިޔާގައި ފާޙާނާ ތައްޓެއް ލޮލުން ނުދެކޭ ކިތައް މިލިޔަން މީހުން އުޅޭތޯ ބައްލަވާލަ ބައްލަވާ އައްޑޫގެ މޭޔރ ގޮދޮރުނެއް ބޯހިޔާވަހިކަމެއްނެތް ކިތައް މިލިޔަން ރައްޔިތުންތިބިދޯ ދެން މިގައުމައް ތިޔާބުނާވަރުގެ ކަންތައްތަކެއް ކޮއްދޭނީ ކޮންމެވެސް އަޑިނޭންގޭ ފައިދާތަކެއް ތިޔާ އައްޑޫ އިން ތިޔަ ކިޔާ ގައުމައް ވާނެތީ ވެދުން

    21
  9. ބުއްޅަބޭ

    މި އައްޑޫ މީހުންނަކީ ވަކި ސަރުކާރު ހަދައިގެން އުޅެން ވަރަށް ބޭނުންވާ ބައެއް ...އަބަދުވެސް...ތާރީހުން ހެކިދޭނެ!

    17
    3
  10. އަހުމަދު

    ތިޔަވަކިވެގަތުމުވިސްނުމާ އަމިއްލައެުމުގެ ވިސްނުން ދޫކޮއްލާ ނިކަން ވިސްނާލަބަލަ. ފަހުންހިތާމަކުރަންޖެހޭނީ އެންމެން

    20
    1
    • ޥަމާން

      އައްޑޫގަ އަދިވެސް ބޯދާ ވިސްނުން ގެންގުޅޭ މީހުން ވަރައް ގިނަ. އައްޑޫ މީހުންގެ ވިސްނުންތަރައްގީ ކުރަން ސަރުކާރުން އެބަޖެހޭ ހޭލުންތެރިކުރުވާނެ ޕުރޮގުރާމު ހިންގަން.

      6
      2
  11. ފަރީ

    އައްޑޫއަށް އެމްބަސީ ތަކާއި ކޮންސިއުލޭޓްތައް ގެންނަންވީ.. ދިވެހިރާއްޖޭގެ ކެޕިޓަލްސިޓީއަކަށް އެންމެ ރަގަޅީ އައްޑޫ..މާލޭމީހުން ހަސަ ދަވެރިވާނެ އައްޑޫއަށް ކުރިއެރުން ލިބެން....

    5
    24
    • ސަފީގު

      އައްޑޫއަށް އެމްބަސީއާއި ފެކްޓަރީއާއި ނިއުކުލިޔާ ކާރުޚާނާވެސް ގެންނަންވީ އެކަމައް ހުރަހެއް ނެތް. އައްޑޫގެ ބަޔެއް މީހުންނައް ހީވާކަހަލަ އައްޑޫ ވަރުތަކެއް ދުނިޔޭގަވެސް ނެތްހެން. އެއޮތީ ޓޫރިޒަމް ވެސް ދީފަ.. ކޮބާތޯ ލިބުނު ކުރިއެރުމެއް. އައްޑޫއަކީ ވިޔަފާރި މަރުކަޒަކައްވެސް ހަދަންވީ..އެކަމަކު ކީއްވެތޯ އައްޑޫގެ މަހުޖަނުން މާލޭގައި ގޯތި ގެދޮރު ގަނެގެން އިމާރާތް އަޅައިގެން ފިހާރަތައް ހުޅުވައިގެން އެތިބެނޭ. އެއީ ގަދަމަކުން ގެންދިޔަބަޔެއްނޫން. އެމީހުން އަމިއްލައަށް އެކަން ކުރަނީ. ކޮން ހުރަހެއްތަ އޮތީ އެމީހުން ފިހާރަތައް އައްޑޫއަށް ބަދަލުކޮއްގެން ތިބެންވީނުން. ކީއްކުރަން ކޮންމެހެން މާލޭގަ ތިބެންވީ. އެއޮތީ އައްޑޫގަ ކަޑުގެ ބަނދަރާއި ވައިގެ ބަނދަރު އަޅާފަ.. ފުލައިން ސުކޫލު އަޅާފަ، ރިސޯޓު ހަދާފަ. ފެނުގެ ޖިޒާމާއި، 24 ގަޑިއިރު ކަރަންޓު ދީފަ މަގުހަދާދީ..ހޮސްޕިޓަލާއި ސުކޫލުތައް އަލާދީފަ. ދެން ކުރިނާރައި އޮތީ ހަމައެކަނި އައްޑޫގެ ރައްޔިތުންނާއި އެރައްޔިތުންގެ ތިފަދަ ބޯދާ ވިސްނުން އެކަނި.

      7
      2
  12. Anonymous

    ދިވެހި މުއްލާއިންގެ އަޅުވެތިކަމަށްވުރެ އިންޑިޔާގެ އަޅުވެތިކަންވެސް މާ ރަނގަޅުވާނެ

    2
    12
  13. މިތުރާ

    މާލެ އެއޮތީނުން ތިކަންކުރަން،،،،،ކޮލިޓީ ހޮސްޕިޓަލެއް އަޅަންވީނުން،،،އިންޑިޔާ އިން އައްޑޫގަ،،،،،

  14. ހިޔާލު

    ރާއްޖޭގެ ކޮންމެ ރަށަކު އިންޑިޔާގެ ކޮންސިއުލޭޓު އަޅަންޖެހޭތަ؟

    6
    1
  15. ވިސްނާށޭ ގައުމު

    ޕޮލިސް ޓްރެއިނިންގ މަރުކަޒުގައި ކޮންސިއުލޭޓް އަޅަނީ ވަކި މަގުސަދެއްގައި. ކޮންސިއުލެޓްތަކަކީ ޑިޕްލޮމެޓިކް އިމިއުނިޓީ އޮންނަ ތަންތަން. ވީމަ ޕޮލިސް ޓްރެއިނިންގ މަރުކަޒުގައި ކޮންސިއުލޭޓް ހުޅުވާފަ، ދަންވަރު ޖައްސާ ފްލައިޓްތަކުން ހަތިޔާރު ގެނެސް ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ގުދަންކުރިޔަސް ދިވެހި ސަރުކާރަށް ޗުއްޕުވެސް ނުބުނެވޭނެ.

  16. ގައްބެ

    އައްޑޫގަ ތިބި އިންޑިއާ ސިފައިންނައް ހުޅުވާތަނެއް ކަމައް ގަބޫލުކުރެވެނީ..
    އަދި ފަހުން އެތާގައި ދިރިއުޅޭނީ އެބައިމީހުންގެ ދަރިކޮޅު ދެން ކިޔާނީ މޯލްޑިވެސް އިންޑިއަންދޯ!
    ސާލިހް އެބަހިންގާލާ ޤައުމުގަ ދިރިއުޅޭ ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް.. ބޭރުގެ ޤައުމަކުން ބޮޑުހޭދައެއް ކޮއްގެން ގެނައި ވެރިކަމެއްގެ ފައިދާ އެބައިމީހުންނައް ކުރާތަން އަދި ފެންނަން ދުވަސްކޮޅެއް ނަގާނެ...
    މިމީހުން ކަންފަތުގަ ހިފާފަ ނުބޭލިއްޔާ އަދި މިޔައްވުރެ ހިތާމަކުރަންޖެހޭނެ ކިތައްމެ ކަމެއް ފެންނާނެ..
    ސާލިހް ބުނާނީ ތިމަންނަ ފެއިލްއެއް ނުވެޔޭ ޑޮކްޓަރުންނާ ނަރުހުންނޭ ފެއިލްވީ..
    މިފަހަރު ފެއިލްވާނީ ކޮންބަޔެއްބާ؟

  17. ޜަންނަމާރި

    ޢާންމުރައްޔިތުންފެލިފެލި ތިބެންޖެހޭނީއިންޑިއާގެސްޓޭޓެއްގައޮފީހެއްހުޅުވަންއެމީހުންނުޖެހޭމިސްޓޭޓްގައެމީހުންބަހައްޓާފަހުރިރޮބަޓެއްކާރީންހުއްދައަކަށްއެދޭކަށްނުޖެހޭ!!!!!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟،؟؟؟؟؟؟

  18. އަހްމަދު

    އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހަދަން އަޅުގަނޑު ދެކޭ އެންމެ ފައިދާ ގޮތަކީ އެތަނުގެ %75 މުވައްޒަފުންނަށް ދިވެހިން ތިބުން! މިނޫންގޮތަކަށް ވަންޏާ މީގެ ނުބައި ރޭވިމެއް އެބައޮތްކަމަށް ދެކެން!!

  19. މިލިޓަރީ

    އައްޑޫ ހަދާނެ މޮޔަ އެތި މިހަދަނީ

    6
    1
  20. ޝޮކްތެރަޕީ

    ނަޝީދު ވަނީ މަގުޗާޓު ދައްކަދީފަ. ދިވެހިންނަ ކުރިމަތި ލަނީ ނާމަން ދުވަސްތަކަކާ

  21. ޜާގަ

    ކޮންސިއުލޭޭޓެއް ބަހައްޓައިފިނަމަ ބޭރުގެ ނުފޫޒުތަކާއި ބާރުތައް މިރަށްތަކަށް ގަދަވެ މިވެހި ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ގެއްލި އިސްތިއުމާރީންގެ ދަށަށް ހިގައިދާނެ ފަލަސްތީނާއި ޖަންމޫ ކަސްމީރާއި ސީރިޔާ އިރާގާއި މިގައުމުތައް އޮތް އިސްތިއުމާރީ ހާލަތަށް ދާން ބޭނުންނުވާނަމަ ތިކަން ހުއްޓާލާ

    10
  22. ފައުޒީ

    މިހާރު އަނެއްކާ ކޮންސުލޭޓު ހަދަން އެއުޅެނީ ކުރީގަ ކޮމަންވެލްތުގައި ބައިވެރި ނުވެފިއްޔާ ގައުމު އިނދެޖެހި ނިމިދާނޭ ކީގޮތައް ވާހަކަ ހަދަން. މި އެމްޑީޕީ ޣައްދާރު ސަރުކާރު މުޅިން ގައުމުން ބޭރުކޮއްލަންވީ. މިއީ ގައުމުގެ ދުޝްމަނުން.

  23. ހަސީނާ

    ޑިމޮކުރަސީއޭ ކިޔާފަ ސޯލިހުމެންވެސް މިހަދަނީ ބޭނުންއެްްޗެއް. ކިތަންމެރައްޔިތުން ނުރުހުނަސް. ސޯލިހު ބޭރުކުރޭ..

  24. ސޭޓް

    ތީ ކެނެރީގޭ ނަޝީދު އަޑީގައި ހުރެގެން ހިންގަމުންދާ ބޮޑު ޖަރީމާއެއް. އޭނެގެ އަރިސް ކުދިންކޮޅު (އައްޑޫ ކައުންސިލުގެ މެމްބަރުން، އަދި މެމްބަރު އަސްލަމް) މޮޔަހައްދައިގެން އައްޑޫ ވިއްކާލައިފި. ނަޝީދަކީ ބޮޑު ޙާއިނެއް. ދެން އައްޑޫ ބައިބައި ކޮއްލާފަ މިސޮރުގޮސް ހެވިދިލިފަ އިނގިރޭސިވިލާތުގެ ހުންނާނެ. އައްޑޫ މީހުންނަކީ އަބަދުވެސް މިކަހަލަ ދަންތުރެއެއްގަ ޖެހިފަ ތިބޭ ބައެއް. އިނގެރޭސިން ވެސް މިމީހުން ލައްވާ ހެއްދީ މިކަހަލަ މޮޔައެއް. މޮޔަހެއްދި އަފީފް ގެންގޮސް ކީއްތަވީ އިނގިރޭސިވިލާތުގެ ނުބެހެއްޓީ. އެސޮރުވެސް އެއްމެފަހުން ދިޔަމަގުމަތީގަ މިތާކައިރިގައޮތް ސީޝެލްސް ކިޔާ ފިނޮޅަކަށް ލާފަ ދިޔައި. ދެން އެފިލްމުގެ ދެވަނަ ބައި މިހާރު މިފެށެނީ.

  25. މަޒް

    އިންޑިއާ ކޮންސިއުލޭޓަށް އައްޑޫ ކޮންތަރައްގީއެއް ކުރެވޭނީ؟ އެ އުޅެނީ މިތަނަށް އަތް ގަދަ ކުރަންވެގެން..