ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގިނައީ ފިރިހެނުންނެވެ. އަންހެނުންނާ މެދު ރާއްޖޭގައި އޭރު ދެކެމުން އައި ގޮތް ވަރަށް ތަފާތެވެ. އެއީ ގައުމުގެ އިސް ސަފުގައި ނުވަތަ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވޭނެ ބައެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އަންހެނަކަށް ވެއްޖެ ނަމަ ސަރުކާރުގެ އިސްމަގާމަކަށް ނާދެވެއެވެ. ތަންފީޒީ އިދާރާއެއްގެ މަތީ މަރުހަލާއެއްގައި މަސައްކަތެއް ނުކުރެވެއެވެ. ކަންކަމުގައި އެންމެ ފަހު ބަސް ބުނާ ބަޔަކަށް އަންހެނުންނަށް ނުވެވެއެވެ. ސިޔާސީ ޕާޓީތަކުގެ އިސް ސަފަކަށްވެސް ނާދެވެއެވެ. އަންހެނުންނާ މެދު ތަފާތުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރި އެއް ބޭފުޅަކަށް ޑރ.އައިޝަތު ރަފިއްޔާ ވާނެއެވެ. މި މަސައްކަތުގެ ތެރެއިން ސިޔާސީ ޕާޓީއެއްގެ ނައިބު ލީޑަރު ކަމަށް އާދެވުނު ފުރަތަމަ ކަނބަލުންގެ ތެރޭގައި އެކަމަނާ ވާނެއެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ރަފިއްޔާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދެހާސް ވަނަ އަހަރު ތައުލީމް ހާސިލް ކުރައްވަން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. ކިޔަވާ ވިދާޅުވެ، އެނބުރި ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ޕީއޭއާ ގުޅިވަޑައި ގަތުމަށް އެމަނިކުފާނު ދައުވަތު ދެއްވިކަން ރަފީގާ ހަގަކުރެއްވިއެވެ.

"އެމަނިކުފާނު ވިދާޅުވީ ތިމަންނަ ބޭނުމޭ ޒުވާން އަންހެން ކަނބަލުން މި ޕާޓީ ހިންގުމުގައި އުޅެން" ރަފީ ވިދާޅުވިއެވެ.

އެ ދައުވަތު ގަބޫލުރައްވާ ރަފީ ޕީއާއާ ގުޅިވަޑައިގަތެވެ. އެ ޕާޓީގައި ހޭދަކުރެއްވި ދުވަސްކޮޅުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ރަފީ ވިދާޅުވީ އޭރު ޕީއޭއިން މުހިންމު މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސާދާ ގުޅޭ ގިނަ ދިރާސާތައް ކޮށްފައިވާ ކަމަށާއި، އެހެން ބަޔަކަށް ބަރޯސާ ނުވެ، ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ކުރެވިދާނެ ކަންކަމުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރަފިއްޔާ "ވަގުތު" އާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޕީއޭގައި ހޭދަކުރެއްވެވި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ރަފިއްޔާ ވިދާޅުވީ ޕީއޭގައި ޒުވާނުންގެ ޓީމު ތަމްސީލުކުރުމުގެ ފުރުސަތު ރައީސް ޔާމީން ދެއްވި އިރު އަމިއްލަ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިން ކަމަށެވެ.

"ރައިސް ޔާމީން ދެއްވި ޔޫތު ޓީމް ލީޑް ކުރުމުގެ ފުރުސަތު ޕްރެޒެންޓޭޝަންތަކާއި އެއްޗެހި ހުށަހެޅުމުގައި އާއި އެ ނޫންވެސް ކަންކަމުގައި. ބޮޑު މޭޒުގައި ކައިރީގައި ބައިންދައިގެން ބައްދަލުވުންތައް ފެށުމުގެ ކުރިން ޕްރެޒެންޓޭޝަން ފަރިތަކުރުވާނެ. ވަރަށް ބޮޑަށް ގައިޑްކޮށްދެއްވި." ޕީއޭގައި ކުރެވުނު ތަޖުރިބާތައް ހިއްސާކުރައްވަމުން ރަފިއްޔާ ވިދާޅުވިއެވެ.

ރަފީ ވިދާޅުވީ ޕީއޭއިން ވަކިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ޝިޔާމް) އާއެކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އުފެއްދުވުމަށް ކަމަށެވެ.

އެމްޑީއޭ އުފެއްދުމަށްފަހު އެ ޕާޓީގެ ތެރޭގައި ނެގި ވޯޓުގެ %90 ލިބިގެން ޕާޓީގެ ނައިބު ލީޑަރުކަން ރަފީއަށް ލިބުނުއެވެ. އެއާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތާރީހުގައި އެކަމަނާގެ ނަން ލިޔެވިގެން ދިޔައީ ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕަށް އައި މަދު އަންހެން ކަނބަލެއްގެ ގޮތުގައެވެ.

ރަފީ ވިދާޅުވީ މި މަގާމް އޭނާއަށް ލިބުން ވެގެން ދިޔައީ އަންހެން ކަނބަލުންނަށް ލިބުނު ހިތްވަރަކަށް ކަމަށެވެ. އަދި މިއީ ސިޔާސީ މައިދާނުގެ ކުރީ ސަފަށް އަންހެނުންނަށް ނުކުތުމަށް ލިބުނު އިތުރު ބާރަކަށްވި ކަމަށް ރަފީ ވިދާޅުވިއެވެ.

ރަފީ ވިދާޅުވީ އެމްޑީއޭ އުފައްދަން ހިޔާލް ދިނީ ސަން ޝިޔާމްގެ ކުންފުނީގައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ "ބޮސް" ކަމަށެވެ. އަދި ޝިޔާމް އެ ހިޔާލު ހިއްސާކުރުމާއެކު އެ މަސައްކަތް ފެއްޓެވިކަން ފާޙަގަކުރައްވަމުން ރަފީ ވިދާޅުވީ މިހާތަނަށް އައިއިރު ޕާޓީ ތަމްސީލުކުރަން ގިނަ ފުރުސަތުތަކެއް ލިބި ގިނަ ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ.

ސިޔާސީ މައިދާނުގައި ރަފީ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ނިމިދިޔަ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައެވެ. އެ އިންތިހާބުގައި އޭނާ ވާދަކުރެއްވީ މާފަންނު ހުޅަނގު ދާއިރާއަށެވެ. ޖުމްލަ 10 ވަރަކަށް ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރި އިރު ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނެއެވެ. އެ އިންތިހާބުގައި ނާކާމިޔާބު ވީނަމަވެސް އެއީ ލިބުނު ނާކާމީޔަބީއެއް ކަމަށް ރަފީ ދެކެވަޑައިނުގަންނަވައެވެ. ރަފީ ވިދާޅުވީ އެއީ ފެށުމެއް ކަމަށާއި މުހިންމު ގިނަ ތަޖުރިބާތައް ކުރެއްވިފައިވާ ކަމަށެވެ. އަދި އަންނަ އިންތިހާބެއްގައިވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރެއްވިއެވެ.

"އަސްލު އަޅުގަނޑު ނުދެކެން އެއީ ލިބުނު ނާކާމިޔާބީއެއް ކަމަކަށް. ވަރަށް ގިނަ ތަޖުރިބާތައް ކުރެވުނު. ކުރިން އަޅުގަނޑުގެ ބޭބެ ބޮޗޭގެ ކެމްޕެއިން މެނޭޖަރަކަށް އުޅުއްވިއިރު ކުރެވުނު ތަޖުރިބާއާއި، ކެންޑިޑޭޓެއްގެ ގޮތުގައި ކުރެވުނު ތަޖުރިބާ ވަރަށް ތަފާތު. ވަރަށް މުހިންމު ފިލާވަޅުތަކެއް ކެމްޕެއިންގެ ތެރެއިން ދަސްވެގެން ދިޔަ. މިއީ އަދި ފެށުމެއް" ރަފީ ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރަފިއްޔާ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރަފިއްޔާއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ކުރީގެ މެމްބަރެކެވެ. އަދި ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރުކަންވެސް ރަފިއްޔާ ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ އެންޖީއޯ)ގެ ފައުންޑިންގް ރައީސް ވެސް މެއެވެ.

ތަފާތު ދާއިރާތަކާއި ރޮނގުރޮނގުން ސްޓީވީ އެވޯޑްސް، ދުނިޔޭގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް ދޭ އިރު، ރަފިއްޔާއަށް ވަނީ "ވުމަން އޮފް ދަ އިޔާ - ގަވަމަންޓް/ނޮން-ޕްރޮފިޓް" ރޮނގުން ދޭ ސިލްވާ އެވޯޑް ލިބިވަޑައިގަންފައެވެ. ވުމެން އިން ބިޒްނަސް އެވޯޑަކީ ވިޔަފާރިތަކާއި ޖަމިއްޔާތައް ހިންގާ އަންހެން އެގްޒެކެޓިވުންނަށް ހާއްސަކޮށްގެން ދޭ ހަމައެކަނި ބައިނަލްއަގުވާމީ ބިޒްނަސް އެވޯޑެވެ.

ރަފީގެ މި ހިތްވަރާ އެކު، މިއަދު މަންޒަރު ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ. ގައުމު ހިންގުމުގެ މަތީ ސަފުން ފެށިގެން އިންސާފު ގާއިމު ކުރުމަށް ތިއްބެވި ފަނޑިޔާރުންގެ ތެރޭގައި ވެސް އަންހެން ކަނބަލުން އެބަތިއްބެވިއެވެ. ގައުމުގެ ގިނަ ބަޔަކު ދެކެމުން އައި ގޮތް ވަނީ ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. މީދޫ ދާއިރާގެ މީހާ

  އަންހެނުންގެ ތެރޭގައިހުރި އެންމެ އަމިއްލަ އެދުންބޮޑު،މަކަރުވެރިޔާ

  18
  8
  • އަލީ

   ރަފިއްޔާ އެކު މަސައްކަތް ކުރެއްވި މީދޫ މީހެއްގެ ހައިސިއްޔަތުން ބުނާނީ ރައްފިޔާވަރުގެ އިޙްލާސްތެރި ކަބަލެއް ނުދެކެމޭ.... މީދޫދާއިރާގެ މީހާ ޖެލަސްވިޔަސް އަދި އަުވައްޓާލަން ނަމަވެސް ދިޔަދައްކަވާ ވާހަކަތަށް ޤަބޫލުކުރެވޭ ވަރަށްވުރެ ރައްފިޔާގެ ޙިދްމަތްތެރިކަން ފެންނަން އެބަހުރި.

   6
   3
 2. އަނަސު

  ސިޔާމުގެ ހިޔަނީގައި މީދޫ ދާއިރާ ހަލާކު ކުރާ އަންހެނާ! ދެން މިދާއިރާގެ އެއްވެސް ކަމަކާ ބަސްބުނާކަށް ތަނެއް ނުދޭނަން!

  11
  5
  • އިބު

   ކިތަންމެ ވަރަކަށް ތިވާހަކަ ދެއްކެވިޔަސް ތިކަން ގަބޫލުކުރާނެ މީދޫމީހެއް ނުހުންނާނެ ތިޔަ ރަފިއްޔާގެ ސަބަބުން ތިބާ ބޭނުން ކަމެއް ނުކުރެވިދާނެ...

   6
   1
 3. ރިބުދޫ މީހާ

  ފޮނިބޮޑާ ކިބުރުވެރި އަންހެނެއް

  12
  4
 4. ނިޔާ

  ތިީ ހަމަ ފޮޓޯ ހޯދަން އުޅޭ ބޭފުޅެއް. ދިވެހި އަންހެނުން ނަމުގަ ބޭރުގެ އެހީ ހޯދައިގެން އަމިއްލަ ޖީބު ބޮޑުކުރާ މީހެއް.

  5
  5
  • ނަޝާ

   އަޅުގަނޑަކީ ރަފީއާ އެއްކޮށް މަސައްކަތްކުރާ ރަފީ ވަރަށް ރަނގަޅަށް އެނގޭ މީހެއް. ދިވެހި އަންހެނުންގެ ނަމުގައި ދުވަހަކުވެސް ފަނޑެއް ހޯދާފައެއް އޭނާ ނޯންނާނެ، އަދި އަމިއްލަ ޖީބުން އަހަރެމެންނަށްވެސް ކިތައްމެ ކަމެއް ކޮއްދީފައިވޭ. އަސްލު ވާގޮތަކީ ރަފީ އަކީ ކޮންމެ ކޮންމެ ގޮތަކަށް އުޅޭނެ މީހެއް ނޫންވީމަ ޖޭވާ މީހުން ގިނައީ. އެކަމު ހަންދާންކޮށްލަން ޖެހޭނެ ﷲ ދެއްވާ ރިޒުގެއްގަ އެކަކަށްވެސް ފައިން ނޭޅޭނެ. މީހަކު ކިތަންމެ ރުޅި އަޔަސް މީ ހަގީގަތް.

   6
   2
  • ޝަފީގާ

   ތިޔަހެން ބުނެވޭކަށްނެތް އެސްޓިއޯ ބޯޑުމެންބަރަކަށް އިންނެވިއިރު އެތަނުން ރަފީއަށް ލިބޭ ހުރުހާ ފައިސާއެއް ހަރަދު ކުރީ ޒުވާނުންނަށް ވަރަށް ކެރިގެން މިބުނީ މިއީ އަޅުގނޑަށް ފެނުނު މަންޒަރު.

   7
   1
   • ފަރުހަތު

    ތެދެއް ވަރަށް އަތްމަތި ދީލަތި ކަބަލެއް ވަރަށް މަދުވާނެ ރަފީ ފަދަ މީހުން

 5. ނަދީމު

  އަމިއްލަ އެދުން އިސްކުރާ އަންހެނެއް!

  6
  4
 6. އަނަސު

  ޕަބުލިކުގެ އެއްވެސް ސަޕޯޓެއްނެތް އަންހެނެއް

  6
  4
  • ނަޝާ

   ޕަބްލިކްގެ ސަޕޯޓް އޮތީމަތާ އަނަސުވެސް ކުރާނެ ކަމެއް ނެތިގެން ގަޔަށް ހިނިއަރަިގެން ތިއުޅެނީ. ގައިމުވެސް އަޅުގަނޑަށް ސްކޮލަޝިޕެއް ހޯދައިދިނީ ރަފީ، އެއީ އޭނަ އަދި ސަންސިޔާމް ކައިރީ މަސައްކަތް ނުކުރާއިރު، ސިޔާސީ ކަންކަމުގައިވެސް ނޫޅޭ އިރު. އަދި ވަޒީފާއަކަށް ދާންވެގެން އަޅުގަޑުގެ ސީވީ ހަދައިދީ، އިންޓަވިއު އަށް ދިޔަދުވަހު ލާނެ ހެދުމެއްވެސް ދީ، އެދުުހު އަޅުގަނޑު މޭކަޕްވެސް ކޮށްދިނީ ރަފީގެ އަތުން. މިއަދުވެސް ހަމަ އެގޮތުގައި ގުޅުން ބާއްވާ. ރަފީ އަކީ އަޅުގަނޑުގެ އަމިއްލަ ފެމިލީ ނޫނަސް ހަމަ ފެމިލީ..ޝީ މީންސް އަލޮޓް ޓުމީ.

   6
   3
  • އާންތު

   އަނަސް.. ކިހިނެތް ތިކަން ގަބޫކުރަނީ ސަޕޯޓް ގިނަވީމަ ނޫންތޯ ތިބޭފުޅާގެ ވަގުތު ނަގާލައި ކޮމެންޓް ކުރަނީ .... ރަފީގެ ސަޕޯޓް ޕަބްލޮކްގައި ވަރަށް ގިނަ ތިނޫން އެހެން ވާހަކައެއް ދައްކަވާ އެންމެންގެ ލޮލަށް ފެންނަ ކަމެއް ދޮގެއް ނުކުރެވޭނެ ނޫންތޯ؟

   6
   1
 7. މިސްކީނު

  މަކަރުވެރި ބޮޑާ ކިބުރުވެރި އަން ހެނެއް. ޢެއްގޮތަ ކަށްވެސް ކާރި ކުރާ ވަރުގެ މީހެއް ނޫން ތީކީ. ކަނބުލޯ އަށް ރައްޔިތުން ނަށް ކޮށް ދެވޭނީ ކޮން ކަމެއްތަ؟ ޙިޔަލު

  6
  5
  • އަލިބެ

   ރަފީގެ ސަބަބުން އަޅުގަނޑުގެ ދަރިފުޅަށް ކިޔެވުނީ މިއީ ވަރަށް ބޮޑު ހެޔޮކަމެއް

  • ސުދުނާ

   އަޅުގަނޑުގެ އެކިއެކި ކަންކަމަށް ރަފީގެ އެހީލިބުނު. މީހުންގެ އަގު ވައްޓާނުލައްވާ.

   7
   1
 8. ޝަފީގާ

  ހިތަން އަރާއެއްޗެއް ބުނެލަން ބޭނުން... ފާއިތުވި ދުވަސްތަކުގައި ރަފިއްޔާ އެކިއެކި މީސްމީހުންގެ ހައްގުގައި އާއި މުޖުތަމައުގައި އުފެދޭ އެކިއެކި ކަންބޮޑުންތަކަށް ވަކާލާތްކުރައްވައި އެކަމުގެ ހެޔޮ ނަތީޖާތަށް ފެނުނު.... މިޤައުމުގައި ބޮޑެތި މުސާރަތަކާއި، އިނާޔަތްތަށް ލިބެމުންދާ ބޭފުޅުން އަންހެނުންނާއި ޒުވާނުންގެ ހައްގުގައި ރަފިއްޔާ ކުރައްވާފަދަ މަސައްކަތް ނުކުރައްވާ ކަމީ ހިތާމަހުރި ކަމެއް .

  5
  2
 9. ރީޝާ

  އަހަރެން ރަފިއްޔާގެ މަސައްކަތް ދުށިން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އެކަމަނާގެ މުސާރައިގެ ބޮޑު ބައެއް ހޭދަކުރަނީ ޒުވާނުންނާއި އަންހެނުންގެ ކުރިއެރުވުމަށް އަހަރެން ކުރިން ހީކުރަނީ އެކިތަންތަނުން ފަންޑު ހޯދައިގެންކަމަށެވެ. ނަމަވެސް 3 އަހަރު ވަރަށް ކައިރިން އެކުގައި މަސައްކަތް ކުރިފަހުން މިކަން ރިއަލައިޒް ވުމުން ރަފިއްޔާކައިރީގައި މުސާރައިން ތިހޭދަކުރައްވަނީ ކީވެތޯ ސުވާލުކުރުމުން ބުނީ ތިމަންނައަށް ލިބޭ މުސާރަޔަކީ ތިމަންނަގެ އެކަނި ހައްޤެއް ކަމަށް ނުދެކޭކަމަށެވެ. ރަފިއްޔާ ދިމާވުމުގެ ކުރިން އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބު އަމިލަޔަށް ލިބުނުކަމަށް ގަބޫލުކުރެވުނު އެއީ ވަރަށް ފެންވަރުގައި އުޅޭވާހަކައެވެ. ހޭދަކުރާމީހާގެ އަތްމަތި އަބަދުވެސް ތަނަވަސްވާނެވާހަކަ އެފަދަމީހުންގެ އަބުރު ކަތިލަން ބަޔަކުތިބޭނެވާހަކަ ސުކޫލް ދައުރުގައި މުދައްރިސު ނަގައިދިން ފިލާވަޅެއްގެ ހަގީގަތް ލޮލުން ފެނުނު ވަރަށް އުފާވިއެވެ. ރަފިއްޔާއަށް އަބަދުވެސް ﷲ ކަމިޔާބު ދެއްވާށި އާމީން.

  7
  2
 10. މުނާޒް

  ހަަޖަމް ކުރަން ދަސްކުރަންވީ ރަފީ ވަރެއްނެތް

 11. އާންތު

  ޤަބޫކުރިޔަސް ނުވަތަ ނުކުރި ނަމަވެސް ރަފީގެ ހިދްމަތް ރާއްޖެޔާއި ބޭރު ދުނިޔާއި ފެނިގެން އެދަނީ ބަލާ ބަޔަކަށް ފެންނާނީދޯ...

  6
  2
 12. މުރުޝިދު

  ރަފިއްޔާ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ފުރަތަމަ އަންހެން ނާއިބު ލީޑަރ ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން

  5
  1
 13. ނަހުލާ

  ހިތާމަޔަކީ ބޮޑު މަގާމެއްގައި ބޮޑު މުސާރަ ނަގައިގެން ތިއްބެވިޔަސް އަންހެނުންނާއި ޒުވާނުންނަށް ކޮށް ދެއްވީ ކޮންކަމެއްތޯ؟އަންހެން ބޭފުޅުންގެ ހައްގުގައި އަތްއުފުލާނުލެވޭ މީހުންގެ ވާހަކަ ތިޔަދައްކަވަނީ... ރަފީ އޯކޭ އެހެން މީހުން އޯކޭއެއްނޫން

 14. އިޤުބާލް

  ރަފީ ނޮހޮވުނަސް ރަފީ ކެންޕެއިން ތެރެއިން ސަރުކާރަށް ދެއްވި ޕުރެޝަރުގެ ސަބަބުން އެސަރަހައްދުގެ މަގުތަކުގައި ހިގާލެވޭ ވަރުވެއްޖެ މިކަން މިސަރަހައްދުގެ އެންމެންވެސް ޤަބޫލުކުރެއެވެ. އިރާދަކުރެއްވިއްޔާމުން ރަފީ އަދި މިދާއިރާ ހޮވޭނެ ދުވަސް އަންނާނެއެވެ.

  • އަނިލް

   ރަނގަޅު ވާހަކައެއް އެސަރަހައްދު އޮތްގޮތާ ބެހޭގޮތުން ރަފީ ކަންބޮޑުވުން ފާޅުކުރެއްވީ އެސަރަހައްދަކީ ސިނާއީ ސަރަހައްދެއް ނޫންކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދެއްކަން ރަފީ ދިޔައީ ބުނަމުން ހިންހަމަޖެހިލައިގެން މަގުތަކުގައި ހިނގާލެވޭނެތަނަކަށް ވާންޖެހޭކަމަށް ރަފީ ދިޔައީބުނަމުން... އެއީ ބަރު ވެހިކަލްތަކާއި، ގުދަން ކުރާ ސަރަހައްދެއްކަށް ވެގެން ނުވާނެކަމަށް ދިޔައީ ބުނަމުން.

 15. މަރީ

  އަޅުގަނޑު އޯލެވެލް ހަދަން މަންމަގެ އަތުގައި ފައިސާނެތިގެން އުޅެނިކޮށް އަޅުގަނޑުގެ އޯލެވެލްފީ ދައްކަން ފައިސާ ދިނީ ރަފީ މޭމް އެއިރު މޭމްގެ އުމުރަކީ އެންމެ 20 އަހަރުއެވެ. ތެންކިޔު މޭމް.

  8
  1
 16. މާއިން

  އަޅުގަނޑު ޔޫކޭ ގައި އުޅެނިކޮށް ދެފަހަރެއްގެ މަތިން ދީމާވި 3 ކުއްޖެއްގެ ވާހަކައިން އެގުނީ ރަފީއަކީ ވަރަށް ރަނގަޅު މީހެއްކަމަށް. އެކުދިންނަށް ސޮކޮލަޝިޕް ހޯދައި ދެއްވީ ރަފީ.. ހިތަށް އަރާ ބޭރު އިންޓިޓިއުޝަންތަކާއި ގުޅުންއޮންނަ ބޭފުޅުން ރާއްޖޭގައި މަދެއްނޫން އެމީހުންވެސް ކީއްވެހޭ ރަފީ ގޮތަށް މަސައްކަތްކޮށް ކުދިންނަށް ފުރުސަތު ހޯދައި ނުދެނީ.

 17. ރުކް

  ރަފީ އިސްވެހުރެ ހިންގެވި ވިމެން އައުޓްސްޓޭންޑިން އެފްބީ ލައިވް ޕޮރޮގްރާމެއް އަލުނގޑު ބަލަން އިދެފައި ހިތަށް އެރި އަހެނުން ކުރިއަރުވަން މިގޮތަށް އަންހެނުން ނޫޅެނީ ކީއްވެބާ؟ ބޮޑެތި މަގާމުތަކުގައި މުސާރަނަގައިގެން އަންހެނުން ކުރިއަރުވާ މީހެއްގެ ބޯޑު އަޅުވައިގެން ތިބުން ނޫންކަމެއް އެމީހުން ނުކުރެވެ. ރަފީ ވަރެއް ނެތް

  5
  1
 18. މައިމޫނާ

  އަހަރެން ކުރިން ހީކުރީ ރަފީ އަކީ ވަރަށްވެސް ފޮނި މީހެއްކަމަށެވެ. އެއީ މީހުންނަށް ހީކުރެވޭ ހީވުންތަކަށް ބުރެ ދައްކަވާ ވާހަކަތުންނެވެ. ނަމަވެސް އެއްފަހަރަކު ރަސްފަންނުގައި އޮތް އިވެންޓެއްގެ ތެރެއިން ރަފީއާއި ދިމާވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. އަސްލު ރަފީ އަކީ ވަރަށް ހިތް ހެޔޮ މީހެކެވެ. ކިތަންމެ ގިނައިރަކު ވާހަކަދަސްކަން ހުރިނަމަވެސް ޢެއީ ރަނގަޅު ވާހަކައެއް ނަމަ އެމީހަކު އެދައްވާހަކައެއް ދައްކައި އެމީހަކު ދަންދެން އެމީހަކަށް ފުރުސަތުދެއެވެ. މާނައަކީ އަވަހަށް ބޮލުން ނައްޓާލައި ދާނުއުޅޭކަމެވެ. އެކަމަކު އެމީހަކު ބޭނުންހާވާކައެއް ދައްކަވަން ފުރުސަތެއް ރަފީ ނުދެއްވާ އަދި ކޮފީމޭޒުތަކުގައި ވަގުތު ހޭދަނުރައްވާ ބޭފުޅެއް ނޫންކަންވެސް އެގުނު.

 19. މުނީ

  ރަފީ އަކީ ވަރަށް ހިތް ހެޔޮ ރަނގަޅު މީހެއް ބޭކާރުގޮތުގައި ވަގުތު ހޭދަކޮށް އުލޭމީހެއްނޫން ފެންނަ ފެނުމަށް ހިވަނީ ފޮނި މީހެން އެކަމަކު ދިމާވެލީމަ އެނގުނީ ރަފީ އަކީ ވަރަށް ތަފާތު މީހެއްކަން.

 20. މުއާޒު

  އަޅުގަނޑަށް ވަރަށްގިނަ ތަފާތު އަންހެނުންގެ މަސައްކަތް ފެނުނު އެކަމަކު ރަފީ އަކީ ވަރަށް ހިއްވަރުގަދަ ކެރޭ ޖެހިލުންވުންކުޑަ މީހެއް މިބުނީ ކަންކަން ނިންމުމުގާ ޑިސިޝަން ނަގާނީ ފަސްބެލުމެއްނެތި ހެޔޮ ރައީސް މީހާ ދެކޮޅަށް އެއްޗެއް ބުނަން ޖެހުނަސް.

 21. މުނައްވަރު

  އަސްލު ރަފީ ދެކެ މަދު މީސްކޮޅެއް ޖެހިލުންވަނީ ރަފީ ނަންބޭނުންކޮށް ރީޖަނަލް އެލަޔަސް ފޯރ ފޮސްޓަރިން ޔޫޗް ޖަމިއްޔާއެއް އުފެއްދީމައެވެ. މިއީ ވަރަށް މަދު މީހަކަށް މިގޮތަށް ނަން ބޭނުންކޮށް ދިގުނަމެއް ރީއްޗަށް ކިޔާލެވޭނީ ވރަށް ވިސްނުންތޫ ކަބަލެއް