އޮފީހެއްގައި މަސައްކަތް ކުރުމަށް ފަހު އައިމިނަތު ރިފާޝާ (ރިފާ) ޖިމެއްގެ ޓްރެއިނަރަކަށް ބަދަލުވީ ފިޓްނެސް ދާއިރާއަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. މި ދަތުރު ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ އޮފީހަށް ދަމުން ޖިމްއަށް ކަސްރަތު ކުރަން ދާން ވަގުތު ހުސްނުކުރެވޭތީއެވެ. އެންމެ ފުރަތަމަ އިވޯވްގައި މަސައްކަތް ކުރުމަށްފަހު މިހާރު ރިފާ އުޅެނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް ޖިމް ކަމަށްވާ ހެމާގައެވެ. ރިފާ ވެގެން ދިޔައީ ހެމާގެ އެންމެ ފުރަތަމަ އަންހެން ޓްރެއިނަރަކަށެވެ.

ރިފާ ބުނި ގޮތުގައި އޮފީސް މާހައުލުން ޖިމް އިންސްޓްރަކްޓަރަކަށް ބަދަލުވުމުގެ ފުރަތަމަ ދުވަސްކޮޅު ވަރަށް ބޮޑަށް އުނދަގޫވެ ނުތަނަވަސްވިއެވެ. އެކަމަކު އެ އުދާސްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަނޑުވެގެން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރުތަކުންނެވެ. މި ދާއިރާއަށް ނިކުތްތާ ދެ އަހަރު އަދި ނުވާ އިރު ރިފާ ވެގެން ގޮސްފައި ވަނީ ގިނަ ބަޔަކަށް ކަމުދިޔަ ޓްރެއިނަރަކަށެވެ. ގިނަ ބައެއްގެ ތައުރީފް ރިފާއަށް ލިބެމުން ދާއިރު އޭނާގެ "ކްލައިންޓް ބޭސް" އެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުފެދިގެން ދިޔައެވެ.

ރިފާ ވަގުތު އަށް މައުލޫމާތު ދެނީ؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

"ކްލައިންޓުން އަސްލު ވަރަށް ހިތްހަމަޖެހޭ ގެންދާ ގޮތާ މެދު. ކުރިން އުޅުނު ޖިމް ދޫކޮށް ހެމާއަށް ބަދަލުވިއިރު ވެސް ހަމަ އެކްލައިންޓުން އެބަތިބި. އެހެންވީމަ އަޅުގަނޑު ދެކެނީ އަސްލު ކްލައިންޓުންނަށް ރަނގަޅުވީމަ ކަމަށް ކްލައިންޓް ބޭސްއެއް އުފެދި އެ ހިފެހެއްޓިފައި އޭނީ. ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ބައެއް ކްލައިންޓުން ވަރަށް އުނދަގޫ ގެންގުޅެން. އެކަމަކު އެހެން ކްލައިންޓުން ވަރަށް ފަސޭހަ،" ރިފާ ކިޔައި ދިނެވެ.

"އަޅުގަނޑަށް އެނގޭ ކޮންމެ މީހަކުވެސް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ތަފާތުވާނެކަން. އަދި ހުރިހާ ކްލައިންޓުންނަކީ އެއް ލެވެލްގެ މީހުން ނޫންކަން. އެކަމަކު އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކްލައިންޓެއް ބޭނުންވާ ގޯލްއާ ހަމައަށް ކުޑަ ދުވަސްކޮޅެއްގެ ގެންގޮސްދިނުމަށް."

އެހެން ޖިމް ޓްރެއިނަރުންނާއި އަޅާބަލާއިރު ރިފާ ތަފާތުވެގެން ދަނީ އޭނާގެ ހިތްހެޔޮކަމާއި އަދި އެކުވެރި މިޖާޒުގެ ސަބަބުންނެވެ. ކްލައިންޓުންނާ ގާތް ގުޅުމެއް ބާއްވާއެވެ. އަދި އެކި ކަސްރަތުތައް ހަވާލު ކުރުމަށްފަހު ގާތުގައި ބަލަން ހުރެއެވެ. ވަރުބަލިވެ، އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހީވެ ހުއްޓާލަން އުޅޭ ފަހަރުތަކުގައި ރިފާގެ ހިތްވަރުގެ ބަސްތަކުން އެ ކަސްރަތެއް ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދާ ކަމަށް ކްލައިންޓުން ފާޙަގަކުރެއެވެ. އަދި ޖިމްއަށް އަންނަ އިރު އެދުވަހެއްގައި ކުރާނެ ކަސްރަތުތައް ކުރީބައިގައި ރާވާފައި ހުންނަ ކަމަށާއި، ކްލައިންޓުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ކޮންމެ ހަފްތާއަކުވެސް ތަފާތު ކަސްރަތުތަކެއް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ވޯކްއައުޓް ކުރާނެ ގޮތް ކްލައިންޓުންނަށް ކިޔައިދެމުން ދަނިކޮށް ---

ރިފާ ބުނާ ގޮތުން ހެމާގައި މިވީ ދުވަސްކޮޅުގެ ތެރޭގައި ފިޓްނެސްގެ ގިނަ ކަންކަން ދަސްވެގެން ދިޔައެވެ. އަދި އޭނާ ދެކެމުން އައި ލަނޑުދަނޑިއާއި ހަމައަށް ވާސިލްވުމަށް ކުރަމުން އައި މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ. ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށާއި ދުޅަހެޔޮކަން ގާއިމް ކުރުމަށް ރިފާވެސް ޖިމްގައި އުޅެމުން ވޯކްއައުޓް ކުރެއެވެ.

ސްކޫލް ދައުރުގައި ކިޔެވުމުގައި ބޮޑަށް މަސްއޫލުވެ އުޅުނުއިރު ކުޅިވަރުތަކުގައި މާބޮޑަށް ބައިވެރިވެފައި ނުވާ ކަމަށް ރިފާ ބުނެއެވެ. ނަމަވެސް ބާސްކެޓް ބޯޅަ ކުޅެ އުޅުނެވެ. އޭރު ރިފާއަކީ މަޑުމައިތިރި މިޖާޒެއްގެ ބަސް މަދު ކުއްޖެކެވެ. ނަމަވެސް މިހާރު ރިފާގެ މަގުބޫލުކަން އިތުރުވެފައި މިވަނީ މީހުންނާއި ގުޅޭ މިޖާޒެއް އޭނާގެ ކިބައިގައި ހުރުމުންނެވެ.

ވޯކްއައިޓް ކުރުމުގެ އިތުރުން ރިފާ މިހާރު އަންނަނީ ޖިމްނާސްޓިކްވެސް ދަސްކުރަމުންނެވެ.

ރިފާ ޖިމްނާސްޓިކް ޖައްސަނިކޮށް---

ރިފާ މަސައްކަތް ކުރަމުން އަންނަ ހެމާ ޖިމް އަކީ މިސްޓަރ މޯލްޑިވްސް ކާމިޔާބުކޮށްފައިވާ ޖިމް އިންސްޓަކްޓަރުން ތިބޭ ޖިމްއެކެވެ. ރީތި އަދި ދުޅަހެޔޮ ހަށިގަނޑެއް ބޭނުންނަމަ އެފަދަ ދެ ވަނައެއްނެތް ތަނެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އއއ

    ބޮޑަށް ވަނާތައް ފާޅުވި ވަރަކަށް ހިތްހެޔޮކަމަށްވާނީ

    141
    8
  2. Anonymous

    thee burugaa elhuntho..hashigandu ge vanaathah nuvaane mrrhunnakah dhakkaane ...gym ah dhiyayas hashigandu ge vanaathah faalhu
    nuvaaa varah hedhun levidhaane
    huri hithaama rhgge bodu kamaa eve...Allah thibaa ah heyo visnun dhevvaashi eve

    76
    9
  3. ޔާމިން

    ޓުރެއިނާރ ސެޓްފިކެޓް ނެތި މީހުންނަށް އިންސްޓަރަށަން ދިނުން ސޭފް އެއް ނޫން، ރިފާޝާ އަކީ ރަނގަޅު ކުއްޖެއް އެކަމަކު ސެޓްފިކެޓް ނެތި މީހުންނަ ކިޔާދީ ހަދަން އެހާ ސޭފް އެއް ނޫން..

    88
    5
    • ހެހެހެ

      ސެޓްފިކެޓް ހުރެގެން ކިޔާދޭ މީހުންނަކަށް ގިނަފަހަރަށް ނޭންގެ އެކައްޗެއްވެސް

      2
      2
  4. ޏހ

    މަާޝާ ﷲ

    19
    33
  5. ރިފޫޒާ

    ރިފޫ ވަރަށް ހިތް ހެޔޮކަމަށް ފެނޭ. ކިއެއްތަ ރިފޫގެ ދަށުން.... ޓްރެއިންވާން ބޭނުން ނުވާނީ ކާކުތޯ؟ އަޅުގަޑަށް ރަގަޅު އެކަމަނާގެ ޓްރޭނިން ލިބޭނެ ގޮތެއްވެސް (ކޮން ޖިމެއް، ފީ އަދި ގަޑިތައް) މިލިއުމުގަ އޮތް ނަމަ. ރިފޫގެ ދަށުން ..ޓްރެއިންވާން އާއްމުކޮށް ކްލަޔަންޓުން ހޭދަކުރާ މުއްދަތުވެސް އިނގޭނެ ގޮތެއް، އެއީ މޯރަލް ހަޒާޑްގެ ވިސްނުންވެސް ހުރެދާނެ ބައެއް ކްލަޔަންޓުން.

    25
    5
  6. ކަންނެލި

    ބޮލުގަ ފޮތިގަނޑެއް އައްސާލިޔަސް އަދިއެ ބުރުގާ އެޅުނީއެއްނޫން

    71
    10
  7. ޑަމީނާ

    ޙިދާޔަތް ދައްކަވާން ދޭވެ.

    77
    4
    • ރިފާ

      އާމީން

      24
      4
  8. ޖަނާބު

    މިކުއްޖާ ފެނުމުން ތިޖިމަަށް ދާހިތްޖެހިއްޖެ.

    37
    7
  9. އަންނި

    ރިފާ ބޭނުން އަހަރެންގެ ޕާސަނަލް ޓުރެއިނާއަކައް.

    34
    6
    • 😒

      އެއީ ނުވެފަ އޮތްކަންތައް ކުރަންތެ.. މިތިބަ އަންހެނުންނެއް ދޯ... ހަމަ މުޖުތަމައުގެ ހަލާކު... ތެދުމަގު ދައްކަވާށި... 😪😪😪😪

      35
      7
  10. ތާރަބޭބެ

    މަ ބޭނުން ރިފާއާ އިންނަން

    30
    12
  11. ާއަހުމަދު މުއާޒް

    ޓްރެއިނާރ އެއް ވެއްޖެޔާ ބޮޑީ އެނަޓޮމީ އިނގެން ވާނެ ، ބޭރު ގައުމުތަކުގައި ތިބެނީ ޖިމް އިންސްޓަކްޓާރ ޢަދި ޕާރސަނަލް ޓްރެއިން ހަދާފަ ތިބޭ ކުއަލިފައިޑް ކުދިން، ރާއްޖޭގަވެސް ސާރޓިފައިޑް ނޫން މީހުން ނައް ޖިމް ތަކުގަ މަސައްކަތް ނުކުރެވޭނެ ގޮތް ހަދަންވީ،

    33
    2
  12. ރާއްޖެ

    މިހާރު ދެން ހުރިހާ ކުދިންވެސް އިންސްޓްރަކްޓަރުންނަށް ވެއްޖެ.

    10
    1
  13. ޙިލް

    އިންސްޓަރގްރާމް އައި ޑީ ކޮބާ؟

    4
    1
  14. ބޭޗާރާ

    ރީތި ހަށިގަނޑެއް ލިބިދާނެ. އެކަމަކު ޖިމަކީ ދުޅަހެޔޮ ހަށިގަނޑެއް ލިބޭ ތަނެއް ނޫން. ޖިމަކުން ދުޅަހެޔޮކަމެއް ނުލިބޭނެ.

    8
    4
  15. މުއާޒް

    މރ މޯލްޑިވސް ހޯޯދާފައިވާ މީހަކު ތިޔަ ޖިމް އަކު ނޫޅޭ.އަދި ސެޓްފިކެޓް އޮންނަ މީހަކު ވެސް އުޅޭ ތަނެއް ނޫން ތިޔަކީ.

    10
  16. ފިއްތިބޮޅު

    މީސްތަކުންނޭވެ ދިވެހިރާއްޖޭގެ އިސްލާމިކު މިނިސްޓަރު ވީތަނެއް އެއްވެސް މީހަކަށް އިނގޭތަ؟؟؟

    ހޯދާ ނުފެނިފައިވާ ފުޅެއް އެއީ

    23
    5
  17. Anonymous

    މިމަންޖެމީ ކޮންރަށެއްގެ ކުއްޖެއްބާ

  18. ﷲގެ އަޅާ

    "ހެދުން ލައިގެން އޮރިޔާ މުން އުޅޭ އަންހެނުން" ގެ ވާހަކަ ހަދީސް ފުޅުގަ އައިސްފައިވޭ. ﷲއަށް ބިރުވެތިވޭ އަންހެނާ .

    25
    4
    • ކިޔް

      ކަލޭ ހެދުން އަޅާ ގެން އޮވެ ބަލަ. ތާކުން އަންހެނެއް ފެނުނީމަ ކިހިނެއްތަ ތި ވަނީ؟؟؟!!

      6
      17
      • ޚާސްމާ

        ޢޮރިޔާން ނުވިޔަސް. ކަސްރަތުކުރެވޭނެ

        7
        2
  19. އާދަމް ނަވާޒު

    މާތް ﷲ މި އިންސާނުންނައް ހެޔޮ ވިސުނުން ދުވާށި. ފާފަފުސަވާން ދޭ

    3
    2