ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ސިއްހީ ނިޒާމު ގަނޑުބަޑުވެފައިވާ ވާހަކައަކީ އާންމުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން އެންމެ އެދޭ ފަރުވާއެއް ނުދެވޭ ކަމަށް ބުނެ އެތައް ބަޔަކު ތިބެނީ ހިތްހަމަނުޖެހިފައެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް ކުރާ ޝަކުވާއެކެވެ. ރާއްޖެ އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ހޮސްޕިޓަލްތަކުން އެންމެ އެކަށީގެންވާ ހިދުމަތް ނުލިބޭ ފަހަރު ވެސް އާދެއެވެ. ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަން ފެތުރުމާ އެކު، ބޭރުގެ ގައުމުތަކުން ވެސް އިވެނީ ހަމަ އެއް ވާހަކައެކެވެ.

މި ފަހުން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ގެންދިޔަ އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކާ މެދު ހޮސްޕިޓަލްގެ މުވައްޒަފުން އަމަލު ކުރި ގޮތުން އާއިލާ އިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ކޮވިޑްގެ ބަލި މީހުންނަށް މިހާރު ހާއްސަކޮށްފައި އޮންނަ ހުޅުމާލެ ހޮސްޕިޓަލަށް އިއްޔެ ރޭ ދަންވަރު ދޭއް ޖަހާކަންހާ އިރު ކުޑަ ކުއްޖަކު ގެނެސްފައި ވަނީ ކުޑަކޮށް ހޮޑުލެވި، ލޯ ނުހުޅުވި ވަރުބަލިވެގެންނެވެ.

އެ ހޮސްޕިޓަލުން އެ އާއިލާ އިން ދިމާވި ކަންކަމަކީ ހަނދާނުން ދުވަހަކު ވެސް ފޮހެވޭނެ ކަންތައްތަކެއް ނޫނެވެ.

އެ ކުއްޖާގެ މަންމަ "ވަގުތަށް" ބުނީ ދަރިފުޅަށް ފަރުވާއެއް ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލަށް ދިޔައީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކުގައި ކަމަށެވެ. އެޗްޕީއޭގެ ފަރާތުން އެކަން ހުޅުމާލެ ހޮސްޕިޓަލަށް ވެސް އެންގި ކަމަށްވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް އެމްބިއުލާންސް މަޑު ކުރުމާ އެކީ ގެންދިޔައީ އައިސޮލޭޝަން ރޫމް ނަންބަރު 2 ޖަހާފައި ހުރި ކޮޓަރިއަކަށެވެ. އެ ތަނުގައި އޭރުގައި ހުރީ ދިވެހި ނަރުހެކެވެ. ކުއްޖާގެ ބައްޕައަކީ ކޮވިޑަށް ފައްސިވެފައި ހުރި މީހެއް ކަމުން، ކުއްޖާ ގޮވައިގެން އޭނާ ވެސް ހޮސްޕިޓަލަށް ދިޔަ އިރު، ނަރުސް މީހާގެ ފަރާތުން ލިބުނީ އުއްމީދު ނުކުރާ ކަހަލަ ޖަވާބެކެވެ. ކުއްޖާ އެނދުމަތީގައި ބޭއްވުމަށް ފަހު ބައްޕަ ގެއަށް ދިއުމަށް އެންގިއެވެ.

އެގޮތަށް އެ ނަރުސް ބުނުމުން އެއީ ކީއްވެގެންތޯ އޭނާ ސުވާލު ކުރިއެވެ. ޖަވާބުގައި "ބައްޕަ އަކީ ފައްސިވެފައިވާ މީހެއް ކަމަށް" ބުންޏެވެ.

"ބުނިން ބޭބީ ގޮވައިގެން އެކަނި ނުދެވޭނެއޭ. ތިން އަހަރުގެ ކުއްޖެކޭ އެހެންވީމާ ދެމީހުން މިއައީއޭ. އެހެން ނޫނަސް ބައްޕަ ހުރީ ޓެސްޓް ހަދާފައޭ. ބައްޕަ ޕޮޒިޓިވްއޭ. އަޅުގަނޑަކީ ވެސް ޑައިރެކްޓް ކޮންޓެކްޓް އެކޭ. ބޭބީ ވެސް ޑައިރެކްޓް ކޮންޓެކްޓޭ. އެހެންވީމަ އަޅުގަނޑުމެން ވެސް ޕޮޒިޓިވް ވެދާނެއޭ. ބައްޕަ ފޮނުވުމުގެ ބޭނުމެއް ނެތް ނޫންހޭ" ކުއްޖާގެ މަންމަ ކަންވީ ގޮތް ކިޔައިދިނެވެ.

އެގޮތަށް ބުނުމުން ނަރުސް ކުއްޖާގެ ގާތަށް ރުޅި އައި ކަމަށާއި އޭގެ ފަހުން ފިރިހެން ނަރުހަކާއި އިތުރު އަންހެން ނަރުހެއް އެތަނަށް އައިސް ކުއްޖާގެ ދޫ ބޭރުކޮށްފައި ބެލި އެއްޗެއް ބަލައި ކޮވިޑް ޓެސްޓް ހަދައި ލޭ ވެސް ނެގި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

"ފިރިމީހާ ގޮސް އަހާލީމާ މި ބުނީ، ބްލަޑް ޓެސްޓް ވެސް ރަނގަޅޯ. ދެން އަޅުގަނޑުމެން ހީކުރީ ދެން ގެއަށް ދާންވީއޭ." ކުއްޖާގެ މަންމަ ބުންނެވެ.

ކުއްޖާއަށް އަޅާފައިވާ އައިވީ ހުސްވާން ކައިރިވީމާ އަނެއްކާ ވެސް އައިވީ ގުޅައި އައިވީ އަންނަ ވަރު އަވަސް ކޮށްލީމާ ކުއްލިއަކަށް ކުއްޖާގެ ހާލަތު ގޯސްވާން ފެށި ކަމަށް އޭނާ ބުންޏެވެ.

"ބޭބީ ވަގުތުން ފާޑަކަށް ތެޅެން ފަށައިފި. ތެޅެން ފެށިމާ ބޭބީގެ އޭރު ޕަސް ރޭޓް 135 އަށް އަރައިގެން ދިޔައީ. މެޝިނުން ބީޕް ބީޕް ގޮވަނީ. އެކަމަށް އަޅާ ނުލާ އަޅުގަނޑުގެ ފިރިމީހާ ގޮވީމާ ވެސް އައިސް ބުނީ ތީ އެއްވެސް ކަމެއް ނޫނޯ. ކިޔާފައި އައިސް ބޭބީ ކޮޅަށް ނަގަނީ. ކޮޅަށް ނަގާފައި ބޭންދީ." އޭނާ ބުންޏެވެ.

އެގޮތަށް ހޮސްޕިޓަލުން ކަންތައް ކުރުމުން ކުއްޖާ އަމިއްލައަށް މޭމަތީ އަތް އަޅާ ފިރުމަމުން މެއަށް ކޮންމެ ވެސް ކަމެއް ވެއޭ ބުނެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކުއްލިއަކަށް ހުރެފައި ބޮލާއި ފޫކޮޅު ބޭނދިތަނާ ކުއްޖާގެ ބުރަކަށި ހިއްލިގެން ދިޔައީ. އަޅުގަނޑަށް ވެސް ހަނދާނެ ގޮތެއް ނޭނގިފަ ހުރީ. ވަރަށް ބިރުން ހުރެ ގޮވީމަ އައިސް ތިބީ ދޮރުމަތީ. ހަމަ ބަލަން ތިބީ އެއްވެސް ކަމެއް ނުކޮށް ތިބީ. އޮކްސިޖަން ވެސް ނުގުޅާ ތިބީ" ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ބުނީ، އެތަނުގައި އެވަގުތު ތިބި ނަރުހުން އައީ ވަރަށް ބޮޑަށް ހަޅޭއް ލަވައިގެން ކަމަށާއި އައިސް އައިވީ ތަންކޮޅެއް މަޑު ކުރި ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ކުއްޖާ ނިދުނީމަ އައިވީ ގުޅި ކަމަށް އޭނާ ބުންޏެވެ. އެގޮތަށް ކުޑަ އައިވީގެ ތިން ފުޅި އެޅި ކަމަށާއި ތިން ވަނަ ފަހަރު ވެސް އެގޮތަށް ޕަލްސް މަތި ވެގެން ހާލު ދެރަވާ މަންޒަރު ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަން އެގޮތަށް ހިނގައި ދިއުމުން ފިރިމީހާ ރުޅި އައިސްގެން އައިވީ ނައްޓާލަން ބުނުމުން އެންމެ ފަހުން ނައްޓާލަ ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެފަހުން ކުއްޖާ ގޮވައިގެން ބޭރަށް ހިނގާލަން ނިކުންނާށޭ ހޮސްޕިޓަލުން ބުންޏެވެ. އޭނާ އެކަނި ކުއްޖާ ގޮވައިގެން ހިނގަން ފެށުމުން ކުއްޖާ އަމިއްލައަށް ރަނގަޅު ކަމަށް ބުނުމުން ރޫމަށް ވަންނަން އެމީހުން ދިމާ ކުރީއެވެ.

"ރޫމަށް ވަންނަން ދިޔައީމަ ބުނީ ރޫމަށް ނުވަންނާށޭ. އެކްސްރޭ ނަގަން ދާށޭ. ދެން އެކަނި ބޭބީ ގޮވައިގެން އެކްސްރޭ ނަގަން ދިޔައީ" އޭނާ ބުންޏެވެ.

އެސްރޭ ނަގަން ގޮސް ހުއްޓާ ކައުންޓަރު ކައިރީގައި ހުރި ނަރުސް މީހާ އައިސް ފިރިމީހާ ގެއަށް ފޮނުވާލަން ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ. ދެން އެވަގުތު ކީއްވެގެންތޯ ފޮނުވާލަންވީ ސުވާލު ކުރުމުން "މިހާރު ހަޒްބެންޑް ހުރީމާ ވަނީ ކޮން ފައިދާއެއް ހެއްޔޯ. ހަސްބެންޑުން އެއްވެސް ކަމެއް ކުރެވޭ ހެއްޔޭ. ނުކުރެވޭ ނޫން ހޭ އެއްވެސް ކަމެއް. ދެން އިނުމުގެ ބޭނުމެއް އެބައިންހޭ. އެއްވެސް ބޭނުމެއް ނެތެއްނޫންހޯ. ދެން އޭނާ ގޭގައި ހުރިއަސް މާ ރަނގަޅުވާނެ ނޫން ހެއްޔޭ. މިހެން ބުނީ." ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ތުއްތު ކުއްޖަކު ގޮވައިގެން އެކަނި ނޫޅެވޭނެ ކަމަށް އޭނާ ވަނީ ކުރިން ވެސް ބުނެފައެވެ. ނަރުސް ކުއްޖާ އެގޮތަށް ބުނުމުން ފިރިމީހާ އާއި އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާލާނެ ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ. އޭގެ އިރުކޮޅެއް ފަހުން ބޭބީގެ ބްލަޑް ރިކޯޑްސް ރަނގަޅަކަސް ވައިޓް ބްލަޑް ސެލްސް ވަރަށް މަދު ކަމަށް ބުނެ އިންޖެކްޝަނެއް ޖަހަން ޖެހިދާނެ ކަމަށް ބުނެ ޖެއްސުން ފާޑަކަށް "އެހެން ނޫނަސް ކޮވިޑަށް ޕޮޒިޓިވް ކަމެއް ވެސް ނޭނގޭ ނޫން ހޭ" ބުނެ ނަރުސް ކުއްޖާ ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމާއި އަޅާލުމެއް ނެތި، އެކްސްރޭ ނަގާ ރޫމަށް ވަނުމުން އެތަނުގައި ހުރި މީހާ އިތުރު މީހެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނުމުން އެތަނަށް ދިޔަ ފިރިހެން ނަރުސް މީހާ ފިރިމީހާ ފައްސި ކަމަށް ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތަށް ބުނި ނަމަވެސް އެކްސްރޭ ނަގާ މީހާ ކުއްޖާގެ ގައިގައި ހިފަހައްޓަން ގެންނާށޭ ބުނުމުން އެކަމާއި ދެކޮޅު ހެދި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހާ ހިސާބުން އޭނާ ދުވެފައި ގޮސް ފިރިމީހާ ކައިރީ އަވަހަށް ދާން އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި ފިރިމީހާ އެތަނުގައި ތިބި ނަރުހުންގެ ކައިރީގައި ފޮނުވާލަން އެދުމުން ޑޮކްޓަރު އައީމާ ދޫކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށާއި އޭގެ އިރުތަކެއް ފަހުން އަނެއްކާ ވެސް އިތުރު އެހެން ބޭރު ޑޮކްޓަރެއް އައިސް ކަންތައް ކުރީ ވަރަށް ވެސް "ދެރަ" ކޮށް ކަމަށް އޭނާ ވަނީ ހިތާމައާއި އެކީ ކިޔާދީފައެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް އައިސް، ކަރު ތެރެ ބަލާލަން ބޭނުން ކަމަށް ބުނެ ކުއްޖާގެ އަނގައިގެ ތެރެއަށް އެއްޗެއް ކޮށްޕުމުން އޯކަށް ދެމުނު ކަމަށާއި އޭނާ ބޭނުންވާ ވަރަށް ނުބެލުމުން އިތުރު ނަރުހުންގެ އެހީއަށް އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތަށް އެހީއަށް އެދުމުން އެތަނަށް އިރުކޮޅެއް ތެރޭ ހަތަރު މީހުން އައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެމީހުން ބޭބީ ގައިގަ ހިފަހައްޓާ އުޅަނބޮށިން ލަންބާލާފަ އެދިމާލުގަ ހިފަހައްޓާލަނީ ދެއަތުގަ. ހިފަހައްޓާފައި ދެން އެއް ފިރިހެން މީހަކު މުޅި މޫނުގަ ހިފަހައްޓާފައި. މޫނުގައި ހިފަހައްޓާފައި ހުރިއިރު، މޫނާއި އަނގަ ހުރީ ފޭވެފައި. ވަރަށް ބާރަށް ހިފަހައްޓާފައި ހުރީ. ދެން އެއެއްޗެއް އަނގަޔަށް ކޮށްޕީ." ގިސްލަ ގިސްލަމުން ކުއްޖާގެ މަންމަ ކިޔައިދިނެއެވެ.

އޭނާ ބުނީ، އެމީހުންގެ އެއަމަލުގެ ސަބަބުން ކުއްޖާ ދެފަހަރެއްގެ މަތިން އެނދުމަތިން ވެއްޓުނު ކަމަށާއި އެކަން އެގޮތަށް ހިނގައި ދިއުމުން "ދެން ނުބެލިއަސް އޯކޭ" ބުނެ ކެނިއުލާ ނައްޓައި އެމީހުން ހޮސްޕިޓަލުން ދޫކޮށްލުމަށް އެދުނު ކަމަށެވެ. އެގޮތަށް އެދުމުން ވެސް ނަރުހަކު އައިސް ކުއްޖާއަށް ކަމެއް ވެދާނެ ކަމަށް ބުނެ 15 މިނެޓަށް އަދި މަޑު ކުރަން އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ކަމުން އިރުކޮޅަކަށް މަޑުކޮށްގެން ތިއްބާ ނަރުހަކު އައިސް ކެނިއުލާ ނައްޓަން އައިސް ކުއްޖާގެ އަތުން ލޭއަންނަ ގޮތަށް އަމަލު ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ލޭއައުމުން އޭނާ އަތަށް ލައްވާފައި ހުރި އަންގީން ލޭ ފޮހެފައި އެތަނުގައި ޓޭޕު އެޅި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ހާދިސާ އެގޮތަށް ހިނގައި ދިއުމުން ހުޅުމާލޭ ހޮސްޕިޓަލުގެ ސުޕަވައިޒަރަށް ގުޅައި އެވާހަކަ ދެއްކުމުން "އިރާދަ ކުރެއްވިއްޔާ ތަކުރާރު ނުވާނެއޭ" ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތަކުގެ ހިދުމަތް ލިބުމުގައި ހުރި ކަންބޮޑުވުންތަކާއި ގިނަ ޝަކުވާތަކެއް އާއްމުން އަންނަނީ ހިއްސާކުރަމުންނެވެ. ނަމަވެސް މިފަދަ ކަންކަމުގައި އިހުމާލުވާ ސިއްހީ ހިދުމަތްތެރިންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

 1. އިބްރާހިމް

  ތި ހޮސްޕިޓަލަކީ އަދި މާމަތީގަ އުޅޭ ތަނެއް،އެތައްބަޔަކށް ނުހަގުން ގެއްލުންދީފި،އުޅޭ ނަރުހުން ގެބޮޑާކަމާ ކިބުރުވެރިކަން،ގެގްތަކުގަ އުޅެ އެޑްމިން ސްޓާފުން.

  67
  1
 2. ޑައިވަރޭ

  3 އަހަރުގެ ބޭބީ އެއް ދޯ؟

  28
  55
  • ތުނިޔަ

   ކަލޭމެން ހިތާވެގެންއުޅޭ މީހާއަށްވެސް ބޭބީ ކިޔާ..އެނުވޭ މައްސަލަޔަކަށް؟

   90
   4
  • މަންމަ

   މަގޭ ދަރި 5 އަހަރު . ގޭގެ އެންމެ ގޮވަނީ ބޭބީ ކިޔާފަ. ކީކޭ ބުނަނީ.

   46
   1
  • ޕިސް ޕިސް

   މަގޭ ދަރި 7 އަހަރަށް މި ދަނީ އެކަމް މިހާރު ވެސް ބޭބީ ކިޔޭލެއް މަދެއް ނުން ، އަސްލު ވާ ގޮތަކީ އެންމެ ތުއްތު އިރު ވި ލޯބި ކުއްޖާ ބޮޑުވަމުން އަޔަސް ހަމަ ވެވެނީ، މަންމައިންނަށް މިކަހަލަ އެއްޗެހި ބޮޑަށް ފީލް ވާނީ

   22
   1
 3. ނަފާ

  ވަކި ދިމާލެއްނެތެވެ! ސަރުކާރުވަނީ ހުރިހާދިމާލަކުން ފެއިލްވެފައެވެ. ރައްޔިތުންގައި ހިސާބަކަށްވެސް ވަރުހުއްޓާ މި ސަރުކާރު އިސްތިޢުފަދޭށެވެ!

  63
  1
 4. ޟޯދު

  ޙަމައެކަނި ހޮސްޕިޓަލްގެ މައްސަލައެއްނޫން ތީގައި އުޅެނީ ތިދެމަފިރިންގެ މައްސަވެސް އެބައުލޭ ޕޮޒެޓިވް ކަންއެގި ހުރެ ތިވައްޓާލަނީ އެތަށްބަޔަކު ނުރައްކަލަކަށް

  74
  60
  • އައިޝާ

   ދެން ލޯ ކުރިމަތީގަ ދަރިފުޅު އަށް ވާނެ ގޮތެއް ވަންދެން ހުންނަންވީ ތޯ..؟؟ މިޝްކާ ގެ މަންމަ އާއި ބައްޕަ ވެސް ފައްސިވެފަ ހުރީމަ އެޗް.ޕީ.އޭ އަށް ގުޅައިގެން މަޑު ކުރެވުނީ.. ކިހިނެއްތޯ ވީ..؟؟ އެ ދެމަފިރިންގެ ހަމައެކަނި ދަރި އުމުރަށް ވަކިވީ.. 💔 އަނެއްކާ ވެސް އިހުމާލުން ފުރާނަ އެއް ދާންދެން މަޑު ކުރަންވީ ތޯ..؟؟ އެ ވަގުތަކީ ތިބާގެ ދަރިއަށް އެކަހަލަ ކަމެއް ދިމާވި ވަގުތެއްނަމަ އެހެން މީހުންނާ ދޭތެރޭ އެވަގުތަކު ތިބާއަކަށްވެސް ނުވިސްނޭނެ.. އަވަސްވެގަނެވޭނީ އަމިއްލަ ދަރި ސަލާމަތް ކުރަން.. 💯😪

   86
   4
 5. ޢަބްދުލްމުހައިމިން

  ވަރަށް ހިތާމަޔާއެކު މިދަންނަވަނީ މި ޤައުމުގެ ޞިއްޙީ ނިޒާމު މިއޮތީ ބޮޑުތަނުން ފެއިލްވެފައި. ފުރާނައެއް ދިޔައަސް، ކޮންމެ ކަމެއްވިޔަސް ތިބެފާ މިވިދާޅުވަނީ ދެން ތިކަމެއް ތަކުރާރެއް ނުވާނެއޭ، ތިކަންކަން މިދަނީ ބަލަމުންނޭ. އެގޮތަށް ވިދާޅުވުން ވަނީ ތަކުރާރުވެ ތަކުރާރުވަމުން ދިއުން ފިޔަވައި ވާކަމެއް ޙަރާމުން ޙަރާމް! ހުރިހާ ވެސް މައްސަލައަކީ ހިންގަން ނޭނގުމާއި ކެޕޭސިޓީ ނެތުން. އެހެންވީމާ، އެންމެ ރަނގަޅު ގޮތަކީ މި ޤައުމުގައި ތިއްބެވި ޢިލްމާ ޙިލްމު އަދި ހުނަރު ހުރި ބޭބޭފުޅުންނާ ޞިއްޙީ ނިޒާމު ޙަވާލުކޮށް މިހާރު ތިއްބެވި ބޭފުޅުން ފެއަށް ޖެހިލެއްވުން.

  52
  2
 6. Anonymous

  ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  47
  3
 7. ޟަހުރު

  ޕޮޒިޓިވް މީހުންނަން ހޮސްޕިޓަލަކަށް ނުވަދެވޭނެ އެތަނަކީ އެތަކެއް ބަލި މީހުންދާތަނެއް

  72
  24
 8. ެަެެައަލީ

  ބޮޑަށް ހީވަނީ ޒާތްކޮޅު ބޮޑު ދެމަފިރިންހެން

  87
  33
  • މަންމަ

   މަގޭ ދަރި 5 އަހަރު . ގޭގެ އެންމެ ގޮވަނީ ބޭބީ ކިޔާފަ. ކީކޭ ބުނަނީ.

   12
   2
 9. ކިޓޯ

  ހޮސްޕިޓަލެއްގެ މުވައްޒަފުންނެއް ކަމަކު ކެރަފާބެމެން އެވެރިންނަށް ނުކަތާވަރަށް ބަލިމީހުން އެތަނަށް އަޅައި އެމީހުންގެ ބޮލަށް ޖަހާލީމަ، ކޮންމެ ބަޔަކުވެސް ހައްދުން ނެއްޓޭނެ. އޭގެ އަސަރު ތިފެންނަނީ.

  36
  5
 10. ވިސްނާލީމަ

  ހުރިހާ ކަމަކާ ދޭތެރެ ތިހާ ގޯސްކޮށް ވިސްނާކަށް ނުވާނެ. ބައިވަރު ނަރުހުން، ޑޮކްޓަރު، ލެބް އަދި އެކްސްރޭގެ ޚިދުމަތް ތިއޮތީ ލިބިފަ. އެކަމު އެންމެންގެ ރައްކާތެރިކަމަށްޓަކާ ހޮސްޕިޓަލްގެ ފަރާތުން އެދުނު އެންމެ ކަމެއް ނުކޮށްދިން.

  78
  13
 11. މަގޭގައުމު މަގޭދަރިން

  މިއީ ވ ބޮޑައް ރޭވިގެން ހިގާކަންތަކެއް. ބޭނުމަކީ މިގައުމުގެ ސިއްހީ ނިޒާމް ފެއިލްކޮށް ދިވެހިން ފޫހިކުރުވުން. އެއިރުން ދިވެހިން ބޭހައްދާނީ ކުރިންވެސް ދިޔަތަނައް. ކުރީ ވެރިކަމުގަ މިއީ ނީވޭއަޑުތަކެއް. ހިސާބުތައްދައްކާގޮތޭކިޔާފަ މިވެރިން ނެރުނު ރިޕޯޓުން ދައްކަނީ ފަހަކަންއައިސް ދިވެހިން ބޭސްފަރުވާއައް ބޭރައްދާލެއް މަދުވިކަމައް. މިކަމާއެވެރިން ތިބީ ވ ރުޅިއައިސްފަ. ވީގޮތެއް އެގޭނީ ބެލިބަޔަކައް.؟

  34
  8
 12. އައްޑޫ މީހާ

  ދެން ތަހުގީގު ކުރާނެ ނޭގެ ކޮން ބައެއްކަމެއް ތަހުގީގު ކުރާނީ ނަސީމު ބުނާނެ އިހުމާލު އެބައޮތޭ އެކަމަކު ތަހުގީގުކޮށްފަ ދެން އިހުމާލެއް އޮތިއްޔާ އިސްތިއުފާ ދޭނަމޭ އެފް. ބީ .އައި އިން ތަހުގީގު ޓީމެއް އެބަ އާދޭ ރައްޔިތުންގެ މަޖްލިސްގައި ތަހުގީގު ކުރާ ބޮޑު މީހާ މިވަގުތު ޖަރުމަނުގައި ހުރީމަ މަޖްލިހަކުން ތަހުގީގު ހިންގޭނެ ގޮތެއްނެތް ރިޔާސީ ކޮމިޝަނުގައި ތިބި މީހުން މިވަގިތު އިންވެސްޓިގޭޝަން ކޯހެއްގައި ތިބީމަ އެމީހުންނަށްވެސް ތިޔަކަމެއް ނުކުރެވޭނެ ހިއުމަން ރައިޓްސް ކޮމިޝަނުން ތިޔަ ކަމުގައި ބުނާނީ އެމީހުންނަށް ރަނގަޅު ކުރަން އަންގައި ދޭނަމޭ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން މީހުންތިބީ ކުރިޔަށް އޮތް ދޮޅު އަހަރަށް ނިދާފަ މައިމޫނާ އިންނެވީ ޑްރާމާ ބަލަން ގޭގައި ދެން ހުރީ ވަލިޔުލް އަމްރު އޭނައެކޭ ނިދަންމިޔަރު ޓެބްލެޓް ބައްލަވައިގެން ހުރި މުސަޅެކޭ އެއްގޮތް ފަސްޓް ލައުޑީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ކޯޓެއްލައްވާފަ ފޮނުވައިގެން ފޮޓޯއެއް ނަގާފަ ނޫހުގައި ޖަހައިގެން ބޮޑުވެފަ ގޮނޑީގައި އެފޮޓޯއަށް ދުވަހު ދެދަޅައަށް ބަލަން ހުރީމަ ނިމުނީ އހ

  18
  2
 13. ޢަހުމަދު1

  ހަމައެކަނި އާއިލާ ހުރީ ތިމީހުންގެ އެއްނޫން. ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހުންގެ އާއިލާތައް ކޮބާ. ޢެންމެ ބެލެނިވެރިއަކުން ފުދެން ޖެހޭނެ. މާކަންތައް ބޮޑުކޮށްގެން ހޮސްޕިޓަލަކީ ނުބައިތަނެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ނުކުރޭ. އެމީހުންގެ ފަރާތުން ވަރަށް ބުރަކޮށް މަސައްކަތް ކުރާތަން ފެންނަނީ. ރާއްޖޭގެ ސިއްހީ ހާލަތު މިދަރަޖައަށް ދިޔާއީ ސަރުކާރުގެ ދޯދިޔާ ކަމުން. ސިއްހީ ނިޒާމް ފުނިޖެހޭ ވަރަށް ދިޔައީ ކަންތައްތައް މާބޮޑަށް ދޫކޮށް ލުމުން. ޒިންމާނަގާނެ އެކަކުވެސް ނެތް. ރައްޔިތުން ސަރުކާރަށް އެންމެ ބޮޑަށް ބޭނުންވި ވަގުތު އޮތީ ގެއްލިފައި.

  70
  11
 14. ހ މ ޒ

  މިނިސްޓަރ އަހްމަދު ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  27
  5
 15. ހުސައިން

  މަންމަ މާބޮޑަށް މޮޅުވީމަ ދެންވާނީި ތިހެން. މަންމަ ފެނޭ ޑޮކްތަރުކަން ކިޔަވަން.

  60
  17
 16. ކަރީމް

  މީ މާބޮޑުކޮށްލަިގެން ލިޔެފަ އިން ހަބަރެއް.މަވެސް މިނިކުތީ ހުޅުމާލެ ހޮސްޕިޓަލްގަ 9 ދުވަހު އޮވެފަ.މަނުދެކެން ނަރުހުންގެ ފަރާތުން އޯގާތެރިކަން ނޫން އެހެން އެއްޗެއް.ހިތްހަމަ ނުޖެހުނީމަ ތިޔަކަހަލަ ވާހަކަ ބޮޑުކޮށްގެން ދެއްކުމީ ދިވެހިންގެ އާދަ ކާދައިގަ ހިމެނޭ ނުރަނގަޅު ސިފައެއް

  75
  9
 17. ބެއްޔާ

  ކެރަފާ ބުނޭ ދެންވެސް ތިމަންނަ އަމިއްލައަށް އަށް ތަހްޤީޤްކޮށްފައި ތިމަންނަގެ އިހްމާލެއް އޮތް ތޯ އެބަބަލަމޭ މިދެން ކިހާ ބޮޑު ދުއްޕާނެއް މިއޮތޯ ޖެހިފައި ކެރަފާ އިސްތިއުފާދީ އަދި ކީރިތި އިބޫވެސް އިސްތިއުފާ ދީ މީ އަޅެ ވެރިކަމެއްތަ ތިކުރަނީ ނޫނީ ބަލާވެރިކަމެއްތަ ތިކުރަނީ މިހާ ނުކުޅެދޭ ސަރުކާރެއް ހިހެއް ނުވޭ މުޅި ދުނިޔޭގަވެސް އޮތް ކަމެއް މިކަން ދެން ކެތް ނުވާ ހިސާބަށް ހިގައްޖެ އެންމެން ދުޢާ ކުރޭ މިވެރިކަމުން ސަލާމަތްވުމަށް

  12
  1
 18. އިސްތިޢުފާ

  މިވަރުވީމާވެސް ބުނާނެ އިހުމާލެއްނުވަމޭ... މަގޭހިތައްއަރައި ، ތިޔަވަރުގެ ކަންތަކެއް މައިންބަފައިންގެ ކުރިމަތީ ތުއްތު ދަރިޔަކަށް ކުރާއިރު ހިތައްކެއްކުރެވޭނެބާއޭ.. ކޮންޓޮރޯލެއް މަށަކަށް ނުވާނޭ... ހަމަވަގުތުން ކުއްޖާގޮވައިގެން ކޮންމެވެސް އެހެން ގޮތެއް އޮތްތޯ ބަލާނީ.... ކީއްކުރާނީ... މިއީވެސް މިސަރުކާރާ ހެލްތް މިނިސްޓަރުގެ ނާގާބިލްކަން. އަދިވެސްބުނާނެ އިސްތިޢުފާ ދޭވާރުކަމެއް ނުކުރަމޭ<<>>

  14
  5
  • އަސްލު

   އަސްލު ހޮސްޕިޓަލްގެ މުވައްޒަފުން ކަންތައް ކުރީ ރަނގަޅަށް...ޕޮޒުތިވް މީހެއް އެގޮތައް ހޮސްޕިޓަލަށް ގޮސްގެން ނުވާނެ...އެތަނަކި އެތެއް ހައި ރިސްކު މިހުނެއް ދާބެ ތަނެއް..މިފަދަ ހާލަތެއްގައި އެއް ބެލެނިވެރިޔަކުން ފުދެންވާނެ. .ދެން ކެނިއުލާގެ ވާހަކަ..އެ ނެއްޓުމުން ލޭ އައުމަކީ ނޯމަލް ކަމެއް...އަދި ކުޑަކުދިން ރީތިކޮށް ނުހުންނަނަމަ ހިފެހެއްޓުން ވެސް އެއީ ނޯމަލް ކަމެއް...

   49
   6
 19. ނ

  ދިވެހި ސިއްހީ ނިޒާމަށް މީހުން އިތުބާރު ނުކުރަނީ މިހެން ކަންކަން ދިމާވާތީ. ޙަމަ އެކަނި ލިބޭ މުސާރަޔަށް މަސައްކަތް ކުރާތީ.

  16
  3
 20. ބޯހަލާކު

  ވަރަށް ގަބޫލް ކުރަން ދަތި ވާހަކަ އެއް މިީ.

  44
  12
 21. 😢

  سبحان الله ކީކޭ ދެން ބުނާނީ އަދުގެ ހާލަތު

  12
  7
 22. ށެމް

  ޢެކަން ކުރި މުވައްޒިފުން ނަށް ފިޔަވަޅުޢަންޖެހޭނެ

  23
  12
  • Anonymous

   ފައްކާ ދޮގުވާހަކަ ތަކެއް އެ އަންހެނަ އެދެއްކީ. ނޫހުގެ ޒިންމާވެސް ބޮޑު. ސަރުކާރު ފީކަޅާ. އެކަމަކު ކަން ހިނގައިދިޔަގޮތް ނޫންކަން އެއަންހެނާގެ ވާހަކައިންވެސް ދޭހަވެ. ކުއްޖާ ރާދަނޑިގަނޑަކަށްވީ ވާހަކަ. ޕޮޒިޓިވް މީހަކު ހުއްދަނެތި ހޮސްޕިޓަލަށް ގޮސް ޖެއްސިވައްތަރު. ލޭއައުން. މިވާހަކަ ތަކުން ނޫސްވެރިންނަށް އެނގެންވާނެ މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަން.

   22
   8
   • ކުއްޖާގެ މަންމަ

    ހޮސްޕިޓަލަށް ދިއައީ އެޗްޕީއޭގެ ހުއްދަ އާއި އެކު އެމީހުން ޕޮނުވި އެމްބިއުލާންސްގަ. ބައްޕަ ދާންވެސް ބުނީ ހަމަ އެޗްޕީއޭ އިން.

 23. އައިމިނަ

  ތިބުނާ ސިއްޙީ ހިދުމަތްތެރިންގެ މިހާރު ނުހުރޭ އިންސާނިއްޔަތުކަމެއް..އަބަދުވެސް އުޅޭނީ ލިބޭ ލާރިމަދުވެގެން..މިހެންވެސް ބުނެފިއްޔާ ބުނާމީހާ ގޯސްވާނީ..

  20
  9
 24. ފޮނޮތޮށި ކާފޫރުތޮޅި

  މިކިޔާލުމުން ސާފުކޮށް ހާމަވަނީ، ތި ދެމަފިރިންގެ ނޭއްގާނީ ކަމާއި، މަބޮޑޭވާ މިންވަރެވެ. ކޮވިޑް ޕޮޒިޓިވް ވެފަ ހުރިއްޔާ، ހޮސްޕިޓަލްގެ ސްޓާފުންނަށް ވެސް ބެހެއްޓޭނީ ކޮންމެސް އެކަކެވެ. އެތަނަށް ގޮސް އުސޫލުތަކާ ޚިލާފު ވަންޏާ، އެމީހުން ދަތް ދިލުވައިގެން ހެވިފަކާ ނުތިބޭނެ އެވެ. އެއީވެސް އިންސާނުންނެވެ. ހަމަ ކަލޭމެން ގޮތަށް އެމީހުންގެ ވެސް އިހުސާސް ތަކެއް ހުންނާނެ އެވެ. ރެއާއި ދުވާލު ވަރުބަލިވެ ބަލިމީހުންނަށް ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާ، ނަރުހުން ބަދުނާމު ކުރަން ނޫޅޭށެވެ! އެމީހުން އެކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާ މީހުންވެސް އެބަތިބިކަން ހަނދާނުގައި ބަހައްޓާށެވެ!

  76
  11
 25. ކަހުރަބު

  ލާދީނީ މުރުތައްދު ބާޣީ އެމް ޑީ ޕީ ވަގުންނަށް ވަގުންނަށް ވެރިކަން ދޭން ވޯޓު ދިން އެންމެނަށް ހަލާކުހުރު ، ބޮޑު ބާޣީ އަކަށް ޞިއްޙީ ވަޒީރުކަންދީގެން މަސްއޫލިއްޔަތު އަދާ ނުކުރެވޭއިރުވެސް މުނާފިގު އިލިޔާސް އެ ބުނާ ދުޢާ ދެންނެވިފަދަ ރައީސްމީހީ ހުރީ ފިލާ ހޭރެން

  13
  7
 26. ާއަހުމަދު

  އިސްތިއުފާ ދޭންޖެހޭވަރު ކަމެއް ނެތް

  10
  9
 27. ސަޒާ

  ކީއްކުރާނީ ޤައުމުގެ ހާލަތު މިއޮތްގެން ހަލާކުވަނީ. އަޅުގަޑުމެންގެ ޅަދަރިންނާ ރައްޔަތުުންނާމެދު މިފަދަ އިހާނެތިކޮށް ކަންކަން ކުރަމުންދާއިރުވެސް ސަރުކާރުން އަޅާނުލާ މިއިން ކަމެއް ވާހަކަށްވެސް އެނގޭކަމަށް ނުހަދައި ތިބެނީއެވެ. ވވވ ދެރަ

  10
 28. Anonymous

  ކިހާބޮޑު މުސީބާތެއް ދެންމީ.މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް އެކަނިތަ ފުރިހަމައަށް ފަރުވާތެރިކަމާއެކު ފަރުވާކޮށްދެން ޖެހެނީ.😡

  16
  2
 29. މަހާ

  އައި ޖީ އެމް އެޗް ގެ ވޯޑް ތަކުގަވެސް ޙާލަކީ ހަމަ ތީ، ހުޅުމާލެެ ހޮސްޕިޓަލުންވެސް ރަނގަޅަށް ޚިދުމަތް ލިބޭނީ ބޮޑުންނަށާ އެމީހުންގެ ޢާއިލާތަކަށް އެކަނި،
  މެމްބަރަކު ނޫނީ، ކުރީގެ ރައީސަކު ވިއްޔާ ކޮވިޑް ޖެހިގެން ގެންދިޔަސް ހެޔޮވާނެ، ޚިދުމަތްތެރިން ތިބޭނީ ދުވެލަދުވެލާ،

  17
  4
 30. އަހުމަދު

  ނޫނޭވާކެތްގަދަ މަނަމަ ތިތަނުންނުކުމެގެން ދާނީ ސީދާޖަލަށް

  12
  8
 31. ކަމަނާ

  އެކަނި ދަރިންގޮވައިގެން އުޅޭން މިހާރުގެ އަންހެނުންނަކަށް ނޭނގެ އަބަދުވެސް ފިރިމީހާ ލައްވާ ދަރިންގެ ހުރިހާ ކަމެއްވެސް ކުރުވަނީ. ފައްސިވެފަ ހުރި މީހަކު ވައްދައިގެންވެސް ނުވާނެ އެފަދަ ހާލަތެއްގައި. ގަމާރުކަމުން ދަރިންގެ ބަލިހާލުވެސް ބޮޑުވަނީ

  44
  14
 32. ޝަފީނާޒް

  ތީގަ ގޯހީ ކުއްޖާގެ ބެލެނިވެރިން. ތިޔާޔަކު ހަސްފަތާލުގެ މައްސަލައެއްނެތް! އަޚްލާގެތްނެތް ބެލެނިވެރިންގެ ސަބަބުން މުޖުތަމަޢު މިވަނީ ތަޤައްޔަރުވެފަ.

  55
  14
 33. ޙސހސހ

  މީ އަމިއްލަޔަށް ހޯދި އަނިޔާވެރި ކަމެއް. އަދިވެސް ޕާޓީގެ ލީޑަރުންނަށް އަޅުކަންކުރޭ. ޢެއްފަހަރު މިބައިމީހުންގެ ނުބައިކަން ފެނުނީމަވެސް އެމީހުންނަށް ވޯޓުދީ ހޮވި ބަޔަކަށް މިހާރު ވިސްނިފަ ހުންނާނީ އެކަމު މިހާރު ވަގުތު ފާއިތު ވެއްޖެހެން މަށައް ހީވަނީ.

  21
  6
 34. ހާދަ ދެރައޭ

  ކެރަފާ ނަސީމް އިސްތިއުފާ

  17
  3
 35. ޒާތްކޮޅު ބޮޑު

  ބޮޑަށް ހީވަނީ ޒާތްކޮޅު ބޮޑު ދެމަފިރިންހެން.

  33
  6
 36. سعدية عبدالله

  އެތެދެންހޮސްޕިޓަލުގަ ފަ ރުވާކުޑަ

  8
  3
 37. ކިޔުންތެރިއެއް

  އަވަހައް ޕުރެސް ބާވާފައި އެންމެ ދެފުއްފެއްނަ ގޮތަށް މިކަން ހިނގާދިޔަގޮތް ތަހުގީގު ކުރާނަމޭ ބުނެލާ. ރައްޔިތުން ތިބޭ މިވެރިން ހެދިހާގަތެއް އޯކޭވެފަ ބުނާހާ ދޮގަކަށް ހެއްލިފަ.

 38. ސަނީ

  ޒާތްކޮޅު ބޮޑުބައެއްހެން ހީވަނީ. ފައްސިވެފައިވާ މީހާ ނުގެންދަން އެބުނަނީ... ކިތައްމީހުން ކުޑަކުދިން ގޮވައިގެން ހޮސްޕިޓަލުގައި އެއުޅެނީ.. ބައެއް އަންހެނުންނަށް ދަރިފުޅު ފާޚާނާ ކުރެވެނީ ވެސް ބައްޕަ ހުރެގެން. މިހާރު ދަސްކުރަންޖެހޭނެ އެކަނި ދަރިންގޮވައިގެން އުޅެން.

  22
  4
 39. ރަބަރޭ

  ބޭބީ ކިޔާ ވަރަށް ގިނަ ގޮތްގޮތަށް ހިތާވެގެން އުޅޭ ކުއްޖާއާ ދިމާލަށް ވެސް ބޭބީ އޭ ކިޔާ، މައިންބަފައިން ތިއްބަސް ލަދު ހަޔާތުގެ ކަންފުޅެއްވެސް ނުހުރޭ

  4
  3
 40. އައްޑޫ ކުއްޖާ

  ތަި އަބަދުވެސް ހުޅުމާަލޭ ހޮސްޕިޓަލުން ކަންތައްކުރާ ގޮތް. އެއީ އެންމެ ޙިދުމަތް އެންމެ ކަޑަ ހޮސްޕިޓަލް

  3
  7
 41. ހިޔަލަ

  މި ދެން ބޮޑު ޑްރާމާއެއްނު! ތި މަންމަ އަށް ބުނެލަން އޮތީ ތިމާމެންނޫނަސް މީހުން ދުނިޔޭގަ އެބައުޅޭކަން! ކުދަކުދިން ހޮސްޕިޓަލް ތަކުގައި ބެލޭނީ ގިނަ ފަހަރު ހިފަހައްޓައިގެން.. އެއީ އާ ކަމެއްވެސް ނޫން! ކެނިއުލާ ކަށި ނައްޓާއިރު ގިނަ ފަހަރު ލޭ އާދޭ.. މިއީކީ ތަނުގައި ތިބި މީހުން ބަދުނާމު ކުރަންވީ ކަމެއްނޫން!

  8
  1
 42. ސ

  ޕޭޝަންޓެއް ވެއްޖެއްޔާ ވަރަށް އިހްތިރާމާއެކު ބަލަންވާނެ. އެހާ ކުޑަކުއްޖަކަށް ވާގޮތެއް ބުނެދޭންވެސް ނޭނގޭނެ. އަޅުގަނޑުގެ 10 މަހުގެ ދަރިފުޅު ހުންއައިސްފައި ހުރީމަ ކޮވިޑު ޓެސްޓުކުރަން ހޮސްޕިޓަލަށް ގުޅީމަ ބުނީ ފްލޫ ކްލިނިކަށް ދިޔުމަށް. އަސްލު ގެޔަށް އައިސް ސާމްޕަލް ނަގައިދޭކަމަށްވަނީ އެހާ ތުއްތުކުދިންގެ. ދަރިފުޅުގެ ހާލަތު ގޯސްވެދާނެތީ އިތުރަށް މަޑުނުކޮށް އަޅުގަނޑު ފްލޫ ކްލިނިކަށް ދިޔައީ. ފްލޫ ކްލިނިކްގައި ތިބި ހުރިހާ މުވައްޒަފުންވެސް ވަރަށް ރަނގަޅު. ކުޑަކުއްޖަކު ދިޔުމުން ވަރަށް ކުރިން ޑޮކްޓަރަށް ދައްކާ ސާމްޕަލް ނެގޭގޮތްވެސް ވި. ނަތީޖާ ﷲގެ ވާގިފުޅާއިއެކު ނެގެޓިވް. ފަހުންވެސް ދަރިފުޅު މޭގައި އަރިދަފުސް ހިފާފައި ހުރީމާ އަޅުގަނޑު ހޮސްޕިޓަލްއަށް ގުޅުމުން ބުނަނީ ފްލޫ ކްލިނިކަށް ދިޔުމަށް. ނަތީޖާ ނެގެޓިވް މީހުންވެސް ފްލޫ ކްލިނިކްއަށްތޯ ޑޮކްޓަރަށް ދައްކަންޖެހެނީ؟

  • އަހުމަދު

   އާދެ. މިޔަދު ނެގެޓިވް ވިޔަސް މާދަން ޕޮސިޓިވް ވެދާނެ. އެފުރުސަތު އޮވޭ. އަލާމާތްތައް ހުރިނަމަ ހޮސްޕިޓަލެއް ތެރެޔަށް ގޮސް ވަނުމަށްވުރެ ފްލޫކްލިނިކަށް ދިޔުމަކީ އެންމެންގެ ސަލާމަތަކަށް ކުރެވޭ ކަމެއް. ޝަކުވާ ނުކުރައްވާ ބުނާގޮަތް ހައްދަވާ.

 43. Anonymous

  މިއީ ދިވެހި ރާއްޖޭގެ ހޮސްޕިޓަލަކުުުން ލިބުނު ޚިދުމަތެކޭ ބުނީމަ ވަރަށް ދެެރަވެއްޖެ. ޢަދި މިފެންވަރަށް ގޮސްފައިވާތީ ވަރަށް ބިރުގެންފި. އިންޑިއާ ފެންވަރަށް މިރާއްޖެ ދަނީބާ؟

  2
  3
 44. ބަދޫ

  ފުރަތަމަ ކަމަކަށް ޕޮޒިޓިވް މީހަކު އެތަނަސް ގޮސްގެން ނުވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ޢެކަމުގެ ސަބަބުން ހޮސްޕިޓަލް އެތައް ސްޓަފަކާ ޚިދުމަތް ހޯދަން ދަ އެތައް ބަލިމީހެއް ނުރައްކަލަށް ހުށަހެޅޭ. މިހަލަތުގައި ހުއްދަ ދެވެނި އެންމެ އެހިތެރިޔަކަށް އެއީ ވިހައިގެން އުލޭ މީހަކަސް މި ކަން އޮތް ގޮތް. ދެވަނަ ކަމަކީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކުޑަކުއްޖަކު އެގްޒަމިން ކުރާއިރު ކުޑަ ކުއްޖަ ގަދަހަދާނެ. މި އެއުމުރުގެ ކުދިންގެ ކިބައިގަ ގުދުރަތިގޮތުން ހުންނަ ސިފައެއް. މީކީ މައްސަލައެއް ނޫން. އަދި ރަނގަޅަށް އެގްޒަމިން ނުކިރެވިއްޖެ ނަމަ ތިން ހަތަރު މީހުން ހިފަހައްޓަ ްްން ޖެހޭ ހާލަތްވެސް އާދޭ. މިސާލަކަށް ކެނިއުލާ ޖެހުން، ލޭންގުން، ބޭސް ދިނުން ފަަދަ ކަންތަކަށް. ތިންވަނަކަމަކަށް ކަރުތެރެ ބެލުމަށް ލައްވާއެތި (ޓަންގް ޑިޕްރެސަރ) ލެއްވުމުން އޯކަށް ދެމުމަކި އޯޓޮމެޓިކުން އަންނަ ރިފްލެކްސް އެއް. ހަތަރުވަނަ ކަމަކަށް ކެނިއުލައަކީ ލޭދައުރުކުރާ ނާރަކަށް ޖަހާ އެއްޗަކަށްވުމުން އެޖަހާއިރުވެސް އަދި ނަގާއިރުވެސް ލޭ އައުމަކީ ވެދާނެކަމެއް. ލޭއައުން މިއިން ދޭހަކޮށްދެނި ކެނިއުލާ ޖެހިފަ އިނީ ރަނގަޅު ނާރަކަށްކަން.

 45. އައިޝާ

  ވިހަން ތައްޔާރުވެ، 3 ސެންޓި މީޓަރަށް ރަޙި މުގެ ދޮރު ހުޅުވިފައި ހުއްޓާ، މާލެދާށޭ، މިތާކު ގައިނީ ޑަކްޓަރުންނެއް ނެތޭ ކިޔާފަ ފޮނުވާލީ! އަދި އެވެސް އެޑް މެޓް ކޮށް ކެނިޔުލާވެސް ގުޅު މަށްފަހު! ދެން ދި މާކުރީ އާއް މު ފެރީއަކަށް ލާފަ މާލެ ފޮނުވާލަން! މީ ވެސް ހަ މަ ހިނގި ހާދިސާ ތިޔަ ނަންބޯޑުން ހޮސްޕިޓަލު ވެފައިން ސިއްޙީ މަރުކަޒު ގަނޑުން

  1
  1
 46. ފާތުން

  ހުރިހާ އެންމެންނޭ ނުކިޔާ، އެކަމް އެތަނުގަ އުޅޭހަމަ ވަރަށް ބޮޑާ ނަރުހުންވެސް، މަވެސް ތަޖުރިބާކޮއްލިން، އެތާ ބޮޑޭ ވެފަ އުޅޭ ނަރުހެއްގެ ސަބަބުން މަގޭ ކޮއްކޮގެ ބަނޑުގަ އޮތް ދަރިފުޅު ނިޔާވީވެސް، އެފަކީރު އެއުޅެނީ އޭގެ ފަހުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި، ދެން އެޗްޕީއޭ އިންވެސް ހުއްދަ ދިނީމަ ތީތި ކަޑައީ،

  4
  1
 47. ބަދޫ

  ފުރަތަމަ ކަމަކަށް ޕޮޒިޓިވް މީހަކު އެތަނަސް ގޮސްގެން ނުވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ޢެކަމުގެ ސަބަބުން ހޮސްޕިޓަލް އެތައް ސްޓަފަކާ ޚިދުމަތް ހޯދަން ދަ އެތައް ބަލިމީހެއް ނުރައްކަލަށް ހުށަހެޅޭ. މިހަލަތުގައި ހުއްދަ ދެވެނި އެންމެ އެހިތެރިޔަކަށް އެއީ ވިހައިގެން އުލޭ މީހަކަސް މި ކަން އޮތް ގޮތް. ދެވަނަ ކަމަކީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކުޑަކުއްޖަކު އެގްޒަމިން ކުރާއިރު ކުޑަ ކުއްޖަ ގަދަހަދާނެ. މި އެއުމުރުގެ ކުދިންގެ ކިބައިގަ ގުދުރަތިގޮތުން ހުންނަ ސިފައެއް. މީކީ މައްސަލައެއް ނޫން. އަދި ރަނގަޅަށް އެގްޒަމިން ނުކިރެވިއްޖެ ނަމަ ތިން ހަތަރު މީހުން ހިފަހައްޓަ ްްން ޖެހޭ ހާލަތްވެސް އާދޭ. މިސާލަކަށް ކެނިއުލާ ޖެހުން، ލޭންގުން، ބޭސް ދިނުން ފަަދަ ކަންތަކަށް. ތިންވަނަކަމަކަށް ކަރުތެރެ ބެލުމަށް ލައްވާއެތި (ޓަންގް ޑިޕްރެސަރ) ލެއްވުމުން އޯކަށް ދެމުމަކި އޯޓޮމެޓިކުން އަންނަ ރިފްލެކްސް އެއް. ހަތަރުވަނަ ކަމަކަށް ކެނިއުލައަކީ ލޭދައުރުކުރާ ނާރަކަށް ޖަހާ އެއްޗަކަށްވުމުން އެޖަހާއިރުވެސް އަދި ނަގާއިރުވެސް ލޭ އައުމަކީ ވެދާނެކަމެއް. މިއިން ދޭހަކޮށްދެނި ކެނިއުލާ ޖެހިފަ އިނީ ރަނގަޅު ނާރަކަށްކަން.

  10
  1
 48. ފާތުން

  ވަރަށްވެސް ހިތްދަތި. ވީޑިއޯ ކޮށްލިނަމަ. މަގޭ ދަރިއެއްނަމަ ތިޔަހުރިހާ ގޮތެއް ހަދަންދެން ބަލާކަށް ނުހުނާނަން ހަމަ ގާމުވެސް. ތިކަންކުރި ބަައެއްގެ ހަގީގަތް އެހެންމީހުންނަށް ފެންނަވަރު ކޮށްލާނަން.

 49. މަންމަ

  މި އުމުރުގެ ކުދިން ޑޮކްޓަރު ބެލުމަށް އަދި ކެނިއުލަރ ގުޅައި، ނައްޓާއިރު ވެސް ހިފަހައްޓާނެ، އެއީ ކުއްޖާ ތެޅިފޮޅޭނަމަ ލިބޭ ގެއްލުން ބޮޑުވެދާނެތީ. އަޅުގަނޑުގެ ދަރިފުޅުވެސް ނަރުހުން މިފަދައިން ހިފަހައްޓާފައި އެބަހުރި. އަދި ޑޮކްޓަރުންނާއި ނަރުހުން ބުނެގެން އަޅުގަނޑުމެން ވެސް މިގޮތަށް ކުއްޖާ ހިފަހައްޓަން. މައްސަލައެއް ނޫން އެއީ.

 50. ތާޖު

  ބައްޕަ ޕޮސިޓިވް އިރު 3 އަހަރުގެ ކުއްޖަކު "ޑައިރެކްޓް ކޮންޓެކްޓް" އެކޭ ބުނެ ބައްޕައަށް އެކްޕޯސްކުރުން ރަގަޅެއްނޫން. ފަހަރުގައި ކުއްޖާއަށް ބަލި ނާރާ ވެސް ހުރެދާނެ، ތަޖުރިބާއިން މިގޮތަށް ދިމާވެފައި ހުރީމާ މި ބުނެލީ.. ބައްޕަ ޕޮސިޓިވް ހިސާބުން އައިސޮލޭޓްވާންޖެހޭ، އަދި އާއިލާ މީހުން ޓެސްޓްކޮށް ޕޮސިޓިވް ތޯ ނޫން ތޯ ޔަޤީންކޮށްފަ ނޫނީ މިފަދައިން ބަލި ފެތުރޭނެހެން އަމަލުކުރުން ރަގަޅެއް ނޫން.

 51. ފަލްސަފާ

  ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު ހޮސްޕިޓަލަކަށް ކިޔާވަރުގެ ތަނެއްވެސްނޫން. ތިވަރުގެ ޚިދުމަތް ކަޑަ ތަނެއް މަ ނުދެކެން. ދެނެއް ތިޔަތާކަށް ނުދާނަން

  2
  3
 52. އުހުމަދު

  ދެން ހާދަ ވަރަކަށް އެ ކުއްޖާ އަށް އެހާގިނަ ކަން ކަން އެއްފަހަރާ އެއްތާކުން . އެކަމަކު އެއްބަޔަކު އަނެއް ބަޔަކަށް ކޮވިޑް ޖެހިދާނެ ކަމަށް އެމީހުންގެ ސަލާމަތަށް ނުވިސްނާ އިރު އަނެއް ބަޔަކު އެމީހުންގެ ސަލާމަތް ހޯދަން ވިސްނާނެ. އަނެކުންގެ ސަލާމަތަށް ވިސްނަން ވާނެ.

 53. ހަސަން

  ކޮމެންޓްކކ ކުރި އެއްވެސްބޭފުޅަކަށް ކެރޭނެތޯ ތިމާގެ އަމިއްލަދަރި އެހާ ފަރުވާކުޑަ ތަނަކަށް ދޫކޮއްފަ ދާން ، ތިމާ ޕޮސިޓިވްއޭ ކިޔާފަ

 54. މޫސާ

  ތީގެމައްސަލަޔަކީތިވަރުގެބޮޑު ދެކޮހޮހުން ދަރިފުޅުގޮވާގެން ހޮސްޕިޓަލައްދިޔަކަން.