ހުޅުމާލެ ސަހަރާ އަށް ގޮސް މަޑުކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފާތުމަތު މިޝްކާ މުހައްމަދު 10، ގެ ހަށިގަނޑު އެމްބިއުލާންސްގައި ސަހަރާ އަށް ވައްދަނީއެވެ. މައްޔިތާ ގެންނަންވާ އިރަށް ސަހަރާގައި މަސައްކަތް ކުރާ ޖަމާއަތްތެރިން ދިޔައީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެމްބިއުލާންސްގެ ސައިރެން ލައިޓްތަކުގެ ކުލައިން އެ މަގުގެ ފަޅުކަން ނަގައިލިއެވެ. އެމްބިއުލާންސް ސަހަރާ ތެރެއަށް ވަދެ ހިނަވާގެ ކައިރީ މަޑުކޮށްލިއިރު އެ ވެހިކަލްގެ ފަހަތުން ކާރެއް ވެސް އައެވެ. އެއީ މިޝްކާގެ އާއިލާގެ މެމްބަރުން ގޮވައިގެން އައި ކާރެވެ.
ހދ. ކުޅުދުއްފުށި ލާޖަހާގެ، މިޝްކާގެ ހަށިގަނޑު ހިނަވާގެއަށް ވެއްދީ، އާއިލާގެ މެމްބަރުންގެ ކުރިމަތީގައެވެ.
އެ މަންޒަރު ބަލަން ތިބި އާއިލާ މީހުންގެ ލޯތައް ކަރުނަ އިން ތެންމާލިއެވެ. އަރު ތެރޭގައި އަޑު ބެދިފައިވީ ނަމަވެސް އެ މީހުންގެ ހިތު ތެރޭގައި އޮތީ ހިތްދަތިކަމެވެ. އެއީ އެމީހުންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެއެވެ. އެ މަންޒަރުން ދައްކުވައި ދިނީ މިލާ މޯޅިވެފައިވާ މޫނުތަކުގެ މައްޗަށް ވެރިވެފައިވާ ކުލަވަރުތަކުންނެވެ. މި މަންޒަރު ބަލަން ދުރުގައި ހުންނަ މީހެއްގެ ހިތަށް ވެސް ކުޅަދާނަ ނުވާނެއެވެ.
ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، މިޝްކާގެ މަރާ އެކު ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ. މިޝްކާ ދުނިޔެ އިން ވަކިވެގެން ދިޔަ ކަން އާއިލާގެ ގިނަ މެމްބަރުންނަށް ގަބޫލު ކުރަން ވެސް ދަތިވިއެވެ.
މައްޔިތާގެ މޫނު އެޅުމުގެ ކުރިން މޫނު ބަލާލުމަށް ހުޅުވާލުމުން އާއިލާގެ މެމްބަރުން ހިނަވާގެ ތެރެއަށް ވަންނަމުން ދިޔައެވެ. މާ ގިނައިރު އެ މައުސޫމް މޫނަށް ބަލަން ނުހުރެވިގެން ބައެއް މީހުން ބޭރަށް ނިކުމެ ބޮލުގައި އަތް އަޅާލައިގެން ތިބިއެވެ. ފާރުގައި ބޯ ލައްކޮށްލައިގެންވެސް ބައެއް މީހުން ތިބިއެވެ. އެ ހިތްތަކަށް ކުރި އަސަރުން ލިބުނު ވޭނާއި އުދާހަށް ކެތް ނުކުރެވިގެން ވެސް އުޅުނެވެ.
GALLERY;- Covid-19 Ga Niyaavi 10 Aharuge Kujjaa Ge Janaazahttps://t.co/YOsu0C5j1I pic.twitter.com/2yeg2FfvjS
— Vaguthu Online (@VaguthuOnline) June 2, 2021
އެ ތަނުގައި އެވަގުތު ތިބި އެންމެން މައްޔިތާގެ މޫނު ބަލާ ނިމުމުން ހިނަވާގެއަށް ވަނީމެވެ. ހުދު ކަފަކޮޅެއް ފަދަ އެ މޫނުން ފެނުނީ އުޖާލާކަމެވެ. އެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. ނަމަވެސް އެ މޫނު އާ މޫނަކަށް ވެގެން ނުދިޔައެވެ. އިމާދުއްދީންގެ ސެން ކްލާހުގެ ކުދިންނަށް ހަދިޔާ ބެހުމުގެ ޕްރޮގްރާމެއް މަޖީދިއްޔާ ސްކައުޓް ގްރޫޕުން އިސްވެ ކުރިއަށް ގެންދިޔައިރު އެ ކުއްޖާއާއި ދިމާވި ހަނދާންތައް އާވެގެން ދިޔައެވެ.
ހިނަވާގެއިން ނިކުމެގެން ދިޔައިރު އެކުއްޖާގެ މަންމަ ސަހަރާގެ ދޮރުން ވަދެގެން އައި މަންޒަރު ފެނިފައި ވަރަށް އަސަރު ކުރިއެވެ. ހިނގާފައި އައި ދެ މީހެއްގެ އެހީތެރިކަމާއެކުއެވެ. އައި ގޮތަށް ހިނަވާގެއަށް ވަދެ ދަރިފުޅުގެ މޫނު ފެނުމާއެކު އެ މޫނުގައި އެންމެ ފަހު ފަހަރަށް އަތް ބިއްސާލާ ބޮސްދެން ބޭނުންވިއެވެ. ނަމަވެސް އެ ފުރުސަރު ޖަމާއަތްތެރިން ނުދިނީ އެއީ އުސޫލާ ހިލާފު ކަމަކަށްވުމުންނެވެ.
ނުވަ މަސް ދުވަހުގެ ގަދަ ވޭނަށްފަހު ދުނިޔެއަށް އުފަންކުރި އެ ދަރިފުޅާއެކު 10 އަހަރު ހޭދަކުރިއެވެ. އެތައް އުންމީދަކާއި، އެތައް ހުވަފެނެއް ދެކެމުން އައި ނަމަވެސް، ވަކިވެގެން ދިޔައީ އެތައް ހަނދާންތަކެއް ދޫކުރުމަށްފަހު މަންމަގެ ލޯ ލުކުރިމަތީއެވެ. ކޮވިޑްގެ ނުރައްކާތެރި ބަލިމަޑު ކަމަށް ހުށަހެޅި، އެ ފުރާނަ ވަކިވެގެން ދިޔައީ ހާލަތު ގޯސްވެ، ދެ ގަޑިއިރާއި 25 މިނެޓް ވީއިރުވެސް ފަރުވާ ނުދެވި ލަސްތަކެއް ވެގެންނެވެ. މިދިޔަ ހޯމަ ދުވަހުގެރޭ 9:00 ޖެހީއްސުރެ ދަރިފުޅުގެ ހާލު ސީރިއަސްކަން ކަމާ ބެހޭ އިދާރާތަކަށް އެންގި ނަމަވެސް އެކަމަށް މާ ބޮޑު ފަރުވާލެއް ބެހެއްޓި މަންޒަރު ފެނިގެން ނުދިޔަކަމަށް އާއިލާއިން ބުނެއެވެ. އެ ގަޑީގައި އެމްބިއުލާންސަށް ގުޅައިގެން ވެސް ވެހިކަލް ނައެވެ.
ކޮންމެ ފަހަރަކު ގުޅާލުމުން "އެމްބިއުލާންސް މި ފޮނުވަނީ" ކަމަށް ބުނެ ފުއްދާލީއެވެ!
ސަހަރާ އިން ފެނުނު މަންޒަރުތަކަށް ބަލާ އިރު ދަރިފުޅުގެ މޫނު ފެނިފައި މަންމަ އިހްސާސްތައް އުތުރިގަތެވެ. އަދި އެ ހިތަށް ބަރުދާސްތު ކުރަން ޖެހިފައިވާ ހިތާމައެއްގެ ބޮޑުކަމުން އެ މަންމަގެ ހާލު އިތުރަށް ދަށްވިއެވެ. ގައިން ވަރު ހުސްވެގެން ވެއްޓެން އުޅޭހެން ހީވުމާއި އެކު އެތާ ހުރި ގޮނޑިއެއްގައި މަންމަ ބޭނދިއެވެ.
ކަށު ނަމާދު ނިމި، އެ ކުއްޖާ ވަޅުލަން ގެންދިޔައެވެ. އަންހެންވެރިން ގަބުރުސްތާނު ބޭރުގައި މަޑުކޮށްލައިގެން ތިބިއެވެ. ވަޅުލުމުގެ ކަންކަން ނިމުމަށްފަހު ނިކުތުމާއި އެކު އެ މަންމަގެ މޫނުމައްޗަށް އަނދިރިވެ ވެއްޓެން ދިޔައެވެ. އެ ވަގުތު އާއިލާގެ މެމްބަރުން އެ މަންމަ ހިފެހެއްޓުމަށްފަހު ގޮނޑިއެއްގައި ބޭނދިއެވެ. އަދި ހޭނެތޭ ގޮތް ވާން ފެށުމުން އަވަހަށް މަންމަ އެތަނުން ގެންދިޔައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އާއިލާގެ ބޭފުޅެއް ކޮންމެވެސް ވަރަކަށް" ވަގުތު" ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެކުއްޖާގެ ހުންގަދަވެ، ހާލު ސީރިއަސްވުމުން އެޗްޕީއޭއަށް ގުޅިއެވެ. އަދި އެމްބިއުލާންސް ފޮނުވުމަށް އެދުމުން ކޮވިޑަށް ފައްސި މީހުންނާއި މެދު އަމަލު ކުރާ އުސޫލުން އަމަލު ކުރާނެ ކަމަށާއި، އެމްބިއުލޭންސް ފޮނުވާނެ ކަމަށްވެސް ބުނި ކަމަށްވެއެވެ.
ރޭގަނޑު ނުވައެއް ޖެހީއްސުރެ އެކި ފަހަރުމަތިން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އެދުމުން ދިޔައިރު ދަރިފުޅުގެ ހާލު ސީރިއަސްކަންވެސް އެޗްޕީއޭއަށް އެކިފަހަރު މަތިން އެންގި ކަމަށްވެއެވެ. ނަމަވެސް ދެ ގަޑިއިރާއި 25 މިނެޓް ފާއިތުވެ، އެ ކުއްޖާގެ ހަބަރު ހުސްވިއިރުވެސް އެމްބިއުލާންސްއަށް އާދެވިފައި ނުވާކަން އާއިލާއިން ފާހަގަކުރީ ހިތްދަތި ކަމާއެކުއެވެ. އަދި މިކަމުގައި އެޗްޕީއޭގެ އިހުމާލު ބޮޑު ކަމަށް އެފަރާތުން ތުހުމަތު ކުރެއެވެ.
ކޯލްސެންޓަރަށް ގުޅައިގެން އެތައް އިރެއް މަޑުކުރަން ޖެހޭ ވާހަކައަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މީހެއްގެ ހާލު ސީރިއެސްވެގެން ގުޅުމުން ފަރުވާ ނުލިބި ލަސްވެގެންދާ ޝަކުވާވެސް އަންނަނީ ކުރެވެމުންނެވެ. ރޭ ދިމާވި ހާދިސާގައި ވަކިވެގެން ދިޔަ ކުއްޖާގެ އާއިލާގެ ކިބައިން ސިއްހަތާއި ބެހޭ ވަޒީރު އަހުމަދު ނަސީމު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގެ ޔަގީންކަން އޭނާ ވަނީ އާއިލާއަށް ދެއްވާފައެވެ.
މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 170 ވަަނަ މީހާއެވެ. އަދި މިއީ ގާތްގަނޑަކަށް 21 ގަޑިިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި ނުވަ ވަނަ މީހާއެވެ. އިއްޔެ ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.
މައިން ބަފައިންނަށް ކޮވިޑް ޖެހިފައިވާއިރު އެމީހުންނަށް ކުއްޖާގެ ގައިގައި އަތްލުމުގެ ފުރުޞަތު ނުދިނުމަކީ ހައިރާންވާންޖެހޭކަމެއް. އުސޫލުގެ އަކުރުތަކާއި ފިލިތަކުގައި ހިފައިގެން އެންމެންތިބުން ގޯސް.
އުސޫލުގެ ދަށުން އެމްބިއުލެންސް ފޮނުވާލަ ފޮނުވާލަ ތިބީ އެޗްޕީއޭއިން.އުސޫލުގެ ދަށުން އިންފޯމް ކޮށްލަ ކޮށްލާ ތިބެނީ.ދެން ބުނާނެ ބަވަނީއޭ ބަވާނެ ދޯ މީހުން ރުޅި އަރުވާ ޒާތު ޖަވާބު ދެންޏާ.ލަގަބު މތީ މީހަކު ކޮވިޑް ޖެހުނީމަ ޔާމީން ހަދާފަހުރި މީދާ ހޮރަށް ގެންދަނީ.އެމީހެއްގެ އާއިލާ މީހުންނަށް ވެސް ތިބެވޭ އެހީތެރިންގެ ގޮތުގަ.ދެރަމީހާ ކޮވިޑް ޖެހުނީމަ ހުޅުމާލޭގަ ހުންނަ ކޮވިޑް ކުނިގޮނޑަށް ގެންގޮސް ކާން ނުދީ މަރާލަނީ.ނިޔާވި ކުއްޖާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނދޭވެ.
އެމައުސޫމް ދަރިގުޅަށް ސުވަރުގެ ދާއިމަށް މިންވަރު ކުރަށް ވާށި އާމީން
ސަރުކާރަށް ދަންނަވާލަން އޮތީ މިވަގުތަށް ވައުދު ފުއްދުން ތޯ
ނޫނީ ނިކަމެތި ހާލުގަ އުޅޭ މީ ހާ ނިކަމެތި ހާލުގަ ދުނިޔެދޫކޮއް ދިއުން ތޯ
ސަރުކާރަށް މިވަގުތަށް މު ހިންމީ ރަށެއްގެ ބަންދަރު ހެދުން ތޯ ނޫނީ އެއްރަށުން އަނެއްރަށަށް ނުގޮސް ރަނގަޅު ފަރުވާ ދެވޭނެ ނިޒާމެއް ކޮންމެ ރަށެއްގެ މަރުކަޒުގަ ގާއިމް ކުރުންތޯ އަށް
ސަރުކާރަށް މިވަގުތަށް މު ހިންމު ވަނީ ރަށެއްގަ ބޯޅަ ދަނޑެއް ހެދުންތޯ
ނޫނީ ކުޑަމިނުން އެންމެ ވެންޓިލޭޓަރު ގަނޑެއްވެސް ގެނެވޭތޯ ބެލުންތޯ
ށށަރުކާރަށް މިވަގުތަށް މުހިންމީ ވޮލީ ކޯޓް އެޅުން ކަމުގަ ވާނަމަ އަޅުގަނޑުމެނަށް މިގެނެވުނު ސަރުކާރަށް މަރުހަބާ ކިޔަން
ނަސީމު ކަލޭ ތިވަރު ދެރަ ކަމެއްވުމުގެކުރީން ރައްޔިތުންނާއި އެކިނޫސްތަކުގަ މިކިޔަނީ ފަރުވާކުޑަވާހަކަޔާ ކަންތަށް ކުރަމުންދާގޮތް ރނަޝީދަށް ދިން ހަމަލާވެސް ވީ ތިހެން.
ތިހެން ކިހާ މައްސަލައެއް އެބަބެލޭ. ވާކަމެއް ހަރާން. މައާފަށް އެދުނީމަ އެ ކުއްޖާ އެބުރި އަންނާނެތަ؟ ތިކަހަލަ ކިތައް ކަންތައް ކަންތައް ވެއްޖެ ނާގާބިލް ބައެއްގެ ސަބަބުން. އެ ކުއްޖާއަކީ މިނިސްޓަރެއްގެ ދަރިއެއްނަމަ ވަގުތުން އެއް ފުލޯ އެއްކޮށް އެކުއްޖާއަށް ހާއްސަ ކުރާނެ. އެކަމަކު މި މީހުން ހިތަކަށް ނާރާ އެ ތަނަކީ ހުރިހާ ދިވެހިންގެ ރުފިޔާއިން ހެެދި ތަނެއްކަން.
މިއިން ކޮންމެ ކަމެއްގެ ޒިންމަާފުރިހަމައައް އުފުލަން ޖެހެނިީ ހެޑް އޮފުސްޓެެޭޓް ވިީމަާ އިބުރަާހިީމު މިހަރުން މިހަާރައް އިސްތިއުފަާދިީ
އެންމެނަށް އެއް އުސޫލަކުން ކަން ނުކުރެވެންޔާ ކީއްކުރަން ހަދާ ޤަވާއިދުތަކެއް. ވޯޓްލާންވީމަ އޯކޭ. އެކަމު މައިންބަފައިން ދަރިން ނިޔާވީމަ ކައިރި ނުވެވޭ. ކޮވިޑް ބަލީގަ ވަކި ތަނެއްގަ ވަޅުލަން ނިންމިޔަސް އިއްޒްތްތެރިން ގަލޮޅު ސަހަރާގަ 👏👏
ނަސީމު އިސްތިއުފާ ދީ! މަނިކުފާނަކަށް ތި އުމުރުގަ ހެލްތް މިނިސްޓްރީ އެއް ނުހިންގޭނެ! ތީ މިފަދަ ތައުލީމީ ޒުވާން އަބާދީއެއްގައި މަނިކުފާނަށް އެކަށީގެންވާ މަގާމެއްވެސް ނޫން. ހެރިޓޭޖް ކަހަލަ މިނިސްޓްރީ އަކުން ޖާގަ ހޯއްދަވާ. ސޯލިހު އާއިލީ ވެރިކަންކުރަން އުޅުމުގެ ނަތީޖާ ހިތި.
މިލިޔުން ނިމެންދެން ކިޔާލަންވެސް ކެތްނުވި ލަގޮނޑިއަކަށް. ވަރަށްވެސް އަސަރު ކުރުވައިފި، މިއަދު މިޝްކާގެ މަންމަ އާއި ބައްޕައަށް ކުރާނެ އަސަރު އަހަރުމެނަށް ހިތައްވެސް ނުގެނެވޭނެ.
ލޯބި ލޯބި މިޝްކާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމާއި، މަންމަ އާއި ބައްޕަ އަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ކުރަން. ޢާމިން!
ދެގަދިއިރު ވަންދެން ބޭވީތީ ހައިރާންވެ ހިތާމަކުރަން! މައްޔިތާއަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރަން
ކޯލްސެންޓަރަށް ގުޅައިގެން އެތައް އިރެއް މަޑުކުރަން ޖެހޭ ވާހަކައަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މީހެއްގެ ހާލު ސީރިއެސްވެގެން ގުޅުމުން ފަރުވާ ނުލިބި ލަސްވެގެންދާ ޝަކުވާވެސް އަންނަނީ ކުރެވެމުންނެވެ
1000 ވޮލެންޓިޔަރުން ކޮބާތަ ؟؟
ކޯލްސެންޓަރަށް ގުޅައިގެން އެތައް އިރެއް މަޑުކުރަން ޖެހޭ ވާހަކައަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މީހެއްގެ ހާލު ސީރިއެސްވެގެން ގުޅުމުން ފަރުވާ ނުލިބި ލަސްވެގެންދާ ޝަކުވާވެސް އަންނަނީ ކުރެވެމުންނެވެ
1000 ވޮލެންޓިޔަރުން ކޮބާތަ ؟؟
ރާއްޖޭގައި ތިބި ވެރީންތައް ކޮއިޑްގެ އަތް މައްޗައް ރާއްޖެ ދޫކޮއްލި
ކިތައް ފުރާނަތަމިމީހުންގެއިހުމާލުން ނިމިގެން މިދަނީވަރައް ދެރަ
އަނގަޔޭ ކިޔާބަލަ ވަނދު ފަޅޯތައް އަރައިގެން. އަހަރެމެންނަށްވެސް އިނގޭ ތިވަރު. ލިބޭ މަންފާގެ އަވާގަ ތިބެބަލަ ސިޔާސީ މީހުންގެ ފައިބުޑަށް ވެއްޓި.
މިލިޔުން އެއްކޮށް ނުވެސް ކިޔުނު. ޙިތާމަ ހުރި....
އަނގަޔޭ ކިޔާބަލަ ވަނދު ފަޅޯތައް އަރައިގެން. އަހަރެމެންނަށްވެސް އިނގޭ ތިވަރު. ލިބޭ މަންފާގެ އަވާގަ ތިބެބަލަ ސިޔާސީ މީހުންގެ ފައިބުޑަށް ވެއްޓި. ޑޮކްޓަރުންނޭ ބުންޔަސް ލަދުގަނޭ
މައުސޫމް މަތްޔިތާ އަށް ﷲ ސުވަރުގޭގެ ދާ އިމީ ނިއުމަތް މިންވަރު ކުރަށްވާ އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ އާމީން ވަރަށް ވަރަށް ދެރަވޭ
މިއީ ފަރުދީ ޒިންމާ އަދާކުރަން ގޭގައި ދަރިފުޅުގެ ހާލު ދެރެވީމަވެސް މަޑު ކުރީމަ ލިބުނު ހިތްދަތިކަން، ފަރުދީ ޒިންމާ އަދާކުރާ މީހާއަށް މި މިލިބުނީ ކިހާ ހިތް ދަތިކަމެއް، އެންބިއުލާންސް އެހާ ވަގުތު ވީއިރު ނުފޮނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ކޮންމެޔަކަސް ވަރަށް ހިތާމަވެރިކަމެއް މީ 😭😭😭
އާއިލާ އަށް ކެތްތެރިކަން ދެއްވާށި! އާމީން
ޢާއިލާ މީ ހުން އެކަންޏަށް ސި ހުން ލިބުނީ ، މިދުނިޔޭގެ އެކަކަށްވެސް ނޭތްގޭ މީ ހުން ސި ހޭވަރުގެ ބަލިމަޑުކަމެއް އުޅޭކަމެއް، އެންމެންވެސް އުޅެނީ އެ މީ ހަކު ބޭނުންގޮތަކަށް
ޢުޅުމުގެ މިނިވަންކަން ނުލިބިގެން ،އެއްމެ ގަޑިއަކު ގޭގައި މަޑުކުރާކަށް ބޭނުމެއް ނުވޭ މާސްކު އަޅާކަށް ބޭނުމެއް ނުވޭ ، ގައިދުރުކޮށް އުޅޭކަށް ބޭނުމެއްނުވޭ، އަރްދޮންނާކަށް ބޭނުމެއްނުވޭ، ވެކްސިން ޖަކާކަށް ބޭނުމެއްނުވޭ، ބަލިޖެ ހޭކަށް ބޭނުމެއްނުވޭ، ބަލިޖެ ހިގެން މަރުވާކަށް ބޭނުމެއްނުވޭ، ކޮވިޑޭ ކިޔާ އެއްޗެއް އުޅޭކަމަށް ޤަބޫލްވެސް ކުރާމީހަކު ނޫޅޭ، ނޫސްލިޔާމީހުން އުޅެނީ ، ސަރުކާރު ކުއްވެރި ކުރާނެ ގޮތެއް ހޯދަން ، ފި ހާރަތައް ބަންދުކުރުން ގޯސް ، ރެސްތޯރަންޓް ބަންދު ކުރުން ގޯސް ޖޫރިމަނާ ކުރުންގޯސް ، ހުއްދަ ލިބިގެން ނޫނީ ބޭރަށްނުކުތުންގޯސް ، ގައިދުރުކޮށް ނަމާދުކުރުންގޯސް، މިސްކިތުގައި ޖަމާއަތް ނު ހެދުން ގޯސް ދެން ހަތަރުވަަ ބާރުން ގޮތްނިންމަންވީނޫންތަ؟
މިބަލިމަޑުކަން އިންތިހާއައް އޮއްވަ ނޫންތޯ އެޔެއް މިޔެއް ނުބަލާ ސަރުކާރުން ނީސްތައްޓައް އަރައިގެން އިންތިހާބެއް ބޭއްވީ އެކަމުގެ ހިތި ނަތީޖާ މިއަދު މިފެންނަނީ ސަރުކާރައް އެއްޗެހި ގޮވަނީ ގޮވަންވެގެން. މުއައްސަސާ ތަކައް ނާޤާބިލް މީހުން ލައިގެން ކީއްތަ މިކުރަނީ؟؟؟؟؟؟؟
އިބޫ ، ފައިސަލް ، ހުރިހާ ވަޒީރުން ، ނަސީދު ، އީވާ ، މިހާރުން މިހާރަށް އިސްތިއުފާ ، މިމީހުންގެ އިހުމާލުން އެތަށް ފުރާނަޔެއް އަހަރެމެންނާ ވަކިވެގެން ގޮއްސި ، ކޮބާ މަރުތަށް ތަހުގީގުކުރާ ކޮމިޓީ ރާކަނިމަސް ކެވޭބާ...
މި ބަލިމަޑުކަން އިންތިހާއަށް އޮއްވަ ނޫންތޯ އެޔެއް މިޔެއް ނުބަލާ ސަރުކާރުން ނީސްތައްޓައް އަރައިގެން އިންތިހާބެއް ބޭއްވީ އެކަމުގެ ހިތި ނަތީޖާ މިއަދު މިފެނިގެންދަނީ. ސަރުކާރަށް އެއްޗެހި ގޮވަނީ ގޮވަންވެގެން މުވައްސަސާތަކައް ނާޤާބިލް މީހުން ލައިގެން ކީއްތަ މިކުރަނީ؟؟؟؟؟؟؟
ކެރަފާ ނަސީމް އަކީ ދިވެހި ރައްޔިތުން ބަނޑަށް ޖައްސަން ޖަރުމަނުގާ ކެންޕޭން ކުރި މީހެއް އަދި އިންޑިޔާގައި ހުރެ އިންޑިޔާ ސިފައިން ރާއްޖެ އަރާ ހިފަން ގޮވި ޚާއިނެއް އެކަން ކަމުން ވެސް މައާފަށް އެދެން ޖެހޭނެ އަދި ފިލައިގެން ލަންކާގައި އުޅުނު މައްސަލާގައި ދައުވާ ކުރަން ޖެހޭނެ މިވަރުގެ ނުބައި މީހެއް މިގައުމު ތާރީޚް ދެކެފައި ނުވާނެ މިހާރު ކޮވިޑްގައި ގިނަ މީހުން މަރުވަނީ މީނާގެ އިހުމާލުން އިސްތިއުފާ ކެރަފާ ނަސީމް އިސްތިއުފާ
މިބަލިމަޑުކަމުގަ ފަރުވާކުޑަވެގެން ކިތައްމައިން މަރުވެއްޖެ ކިތައް ކުދިން ވިއެެުގެތެރޭ މަރުވެއްޖެ ކިތައްކުދިން މައިންގެ ބަންޑުތެރޭ މަރުވެއްޖެ ހުސްއިހުމާލު.
ރައީސް . ! މަނީކުފާނު ދެން އެންމެ ސިކުންތަކައްވެސް ވެރިކަމުގަ ހުންނެވުމަކީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް .
އަވަހަށް އިސްތިއުފާ ދެއްވާ .
ސަރުކަރުން އުޅެނީ ވަކި މީހަކަށް ހިމާޔައް ނުދެވިގެން ހަރުކަށި ދުކުރުގެ މީހުން ހައްޔަރު ނުކުރެވިގެން ދީނާ ނުކުޅެވިގެން ރައީތުން ސަޕުރައިސް ވާވަރަށް ތައްޔާރުވެފައޭ ކިޔާފަ ހަޅެއްލެވި މެންބަރުން މިހާލަތުގަވެސް ފުޓުބޯޅަ މުބާރާތްތަށް ބާއްވާ މަޖާ ކުރުމުގަ އެގޮތުން މަކުނުދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ރާއީ އިސްވެހުރެ މިހާލަތުގަވެސް ކުމުންދޫގަ ފުޓުބޯޅަ މުބާރާތްބާއްވާ މީހުންއެތްތާކަށް ޖަމާކޮށް އެނިންމާލީ އެބޭފުޅާ ކުންފުނި ޕޮޜޮމޯޓުކުރަން މި ހުރީ މި މުހުންގެ ހާލަތު ހުންނަހިސާބު ހދ އަތޮޅު ރައީތުން ވެސް އެތައް ހާލެތްގަ އެއުޅެނީ މި މީހުން މަޖާކުރުމުގަ ހެޔޮނުވާނޭނުން.
ޅޮހީ ގަވެސް ތި ހާލު. ފުޓްބޯޅަ ނުކުޅެވިގެން އުޅެނީ. ކީކޭ ބުނާނީ ދެން. ހާލަތު
އަޅުގަނޱުގެ ދަރިފުޅަށްވެސް ހަމަތިހާލުޖެއްސި. ހޮޓްލައިނަށް ގުޅުނީވެސް އެހާއުނދަގުލުން. ދެނޯއެއްޖަވާބެއް. މެޱިކަލްޓީމް އަށް އެންގިވާހަކަ. އެއީ އިންވިސިބަލް ބޭފުޅުންކޮޅެއް . މީހެއްގެ ފުރާނަދިޔަޔަސް އެއިންބޭފުޅަކަށް ނުގުޅޭނެ. އެރޭއެމްބިއުލާސް އައިއިރު ދަރިފުޅުއޮތީ ނޭވާނުލެވި ޚަބަރުހުސްވެފަ. ނަމަވެސް ނަސީބުރަނގަޅުކަމުން އެމްބުލާންސް އަށް އަރުވާ އޮކްސިޖަން ގުޅުމުން ސްޓޭބަލްވި. ދަރިފުޅުނޭވާނުލެވިގެން ފަރުވާނުދެވި ކުރިމަތީގަ ތެޅިފޮޅޭތަން ބަލަންތިބުންއެއީ ވަރަށްހިއްދަތި މަންޜަރެއް.
ޢެޗް ޕީ އޭ އަކީ ލައްކައަކުން1 އެމީީހުން ނަށް މުހިންމީ ވެރިކަން ވެރިކަން ދެމެހެއްޓުން ރައްޔިތު މީހާ މުހިންމެއްނޫން މަވެސް ގަބޫލުކުރަން ކޮންމެސް އިރަކުން މަރުވާނެ ކަން، އެކަމަކު ފަރުވާކުޑަވެ ހާލު ދެރަވެ ބަލިމީހުން ރިސްކަކަށް ދިއުން މައްސަލަ އެއްދޯ
އަޅެ މަކްބޫރު ވިދާޅުވާނީ މި ތުއްތު ކުއްޖާޔަކީވެސް ދާއިމީ ބައްޔަކައް ފަރުވާ ހޯދާ ކުއްޖެކޭތަ؟
ދެން އެހެން ނޫނީ ކޮވިޑް ބަލީގެ މީހުނައް ހިދުމަތްދިނުމައް އިންނަތަރުތީބުން މީކުއްޖާޔައް އެޓެންޑް ކުރެވުނުލެއް އަސްލު އުސޫލައްވުރެވެސް އަވަހީކަމައް ހިތުން ގަބޫލުކުރަނީތަ؟
މިވަރުންވެސް އިހްމާލްވި ފަރާތެއް އިސްތިއުފާދޭންޖެހޭ ފަރާތެއް ނޫނީ މިކަންކަމާ ހަވާލުވެތިބި ކަން އޮގޮނައިޒް ކުރަންތިބި ބަޔަކު ބަދަލު ކުރުމެއްވެސް ނެތީބާ؟ ނޫނީ މިސަރުކާރުގެ އާންމު އުސޫލުން ކޮންމެވެސް މަސައްކަތު އާދައިގެ މީހަކު ވަޒީފާއިން އެކަހެރިކޮއް ބޮޑުން ބޮޑުކަންމަތީގައި ތިބޭނީތަ؟
ބައެއްގެ ލަގޮނޑި އުފުރިގެން ދިޔަސް މީގެންމީހަކު އަމިއްލަޔައް އިސްތިއުފާ ނުދޭތާގައި ވެރިޔަކު އަމިއްލަޔައް ތިމަންނަގެ ނާގާބިލްކަން ގަބޫލުކޮއް އެއްފަރާތައްވެސް ނުޖެހޭނެކަން ޔަގީން...
އާއިލާގެ މީހުނަށް ޖަނާޒާގަ ބައިވެރިވާން ފުރުސަތު ދީފިތާ..
ނަސީމް އިސްތިއުފާ ދޭން ވީ އެވެ.
މާފޭ.. ބުނެލަން ފަސީހަދޯ
40 ބިލިއަން ޑޮލަރު ބަނޑުއަޅާލީ..ކޮވިޑް އަށް ހަރަދު ކުރި ކަމަށް ބުނާ 40 ބިލިއަން ދިޔައީ ކޮން ކޮން ބައެއްގެ ޖީބަށްތޯ ބަލަން ޖެހޭ...!
ޔާމީން ޖަލުން ނެރެން
😭😭😭😭😭
ދުވަހަކުވެސް ހިތްކުނެތް މިސަރުކާރަކަށް ވޯޓުދޭކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ..
ޙީވާ ކަހަލަ މީނަ ވޯޓް ދީގެން އާ ސަރުކާރެއްހެން
މައްސަލަ ބެލިޔަސް ފުރާނަ ލިބޭނެތަ.މިދިޔަ އަހަރުވެސް ތި އެޗްޕީއޭ ތަޖްރިބާ ކުރިން. މަގޭ ފުރާނަ ސަލާމެއް ވީ ކިރިޔާ. މިއަހަރު ކޮވިޑަށް ޕޮޒިޓިވްވެ ރަނަގަޅު ވީ މިހާރު، އަދި އަދައްވެސް ފޮނުވާނޭ ބުނި ބޭސް ސިޓީ ނުލިބެ. ގުޅޭ ކޮންމެ ފަހަރަކު މިވާހަކަ ބުނެވޭ. ވަރަށް އަވަހަށް ހިދްމަތްދޭނެއޭ ބުނެ. އަދިވެސް އާޗާ އޭ ކިޔާ.
ތިޔަ ހެލްތު މިނިސްޓަރު ވެސް ތިހުރީ މުސްކުޅި ވެ ހަންޓޯޓޯ ވެފަ، އެހެންކަމުން އޭނާ ގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ވެސް ހުންނާނީ އެކަހަލަ ހާލަތެއްގައި ކަމަށް މިބަލަނީ.
ޢެ ކިޔާ ވީއައިޕީ މީހެއްގެ ކަމެއް ނަމަ މިނިސްޓަރާ ހޮސްްޕިޓަލްގެ ވެރިން އުތުރި އެރީސް. ޢެމްބިއުލެންސް ބިޒީވީމަ ކާރުކޮޅުވެސް ފޮނުވަ ދިނީސް.
انا لله وانا اليه راجعون
اللهم اغفر لها و ارحمها واجعلها سلفا اجرا لوالديها .
މުޅިންވެސް އިހުމާލު.. ހަމަ ޔަގީނުންވެސް ތިންފަހަރަށްވުރެ ގިނައިން މަށެއް ނުގުޅާނަން. ނަގައިގަނެގެން ދުއްވައިގަންނާނީ. މީހަކު ކިޔާއެއްވެސްއެއްޗެއް އަޑެއްނުވެސް އިވޭނެ...މުޅިން ފެއިލް...
މިސަރުކާރަށް ތާއީދުކޮށްގެން މިޝްކާގެ އަތޮޅަށް ނިސްބަތްވާ މެމްބަރު ހުރިކަމުގައިވާނަމަ މަޖިލީހުގައި ވާހަކަދައްކާ
ވަގުތުން ފަރުވާލިބެނީ ހަމައެކަނި ކެނެރީގޭ ނަސީދުއަށް އެކަނި. ދިވެހިރާއްޖޭގަ ހުރި މުހިންމު ފުރާނަފުޅަކީ އެއީ. ދެން ތިބެނީ އެއްވެސް ބައެއްނޫން. ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށްވެސް އެއީ މާ މުހިއްމު ފުރާނަފުޅެއް. މިނިސްޓަރަށް ވެސް ހީވަނީ އާދައިގެ މީހެއްގެ ފުރާނަ އެއީ ވަރަށް އަގު ދަށް އެއްޗެކޭ. މައްޔިތާ އަށް ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއވާށި! އާމީން!
ލާދީނީ ސަރުކާރު ފެއިލްވެ އިސްތިއުފާދީފަ ގޭގަ ބަތްކައްކާ ކުޅެން ތިބޭ
ކޮބާހޭ މިޤައުމުގަ އިންސާނީޙައްޤުތައް ހިމާޔާތްކުރާށޭ ކިޔާފަ ބޮޑު މުސާރަދީފައިތިބޭ ހިއުމަން ރައިޓްސްކޮމިޝަނުގެ މެންބަރުން؟ ގައިމު ޤާނޫނުގައި އޮވޭ ސަރުކާރުގެ ސިޔާސަތުތައް ރިވިއުކުރުން، ދިރާސާތައް ކުރުން، އިންސާނީ ޙައްޤެއް ގެއްލިދާނެފަދަ މައްސަލަަތައް ބެލުން. ކޮންމެ ފަހަރަކު ވާނެ ކަމެއް ވެ ނިމުނީމަ މޮނިޓަރކުރަމޭ، މައްސަލަ ބަލަމޭ ބުނުމުން ނުފުދޭނެ.
އަޅުގަނޑު ނަމަ ތިޔަ އެމްބިޔުލަންސް އަކަށް މަޑެއް ނުކުރާނަން އަތު ޖެހުނު އެއްޗަކަށް އަރުވައިގެން ނަމަވެސް ހޮސްޕިޓަލަކާ ހަމައަށް ގެންދެވޭތޯ ބަލާނަން. ތިޔަ އެމްބިޔުލަންސް އާއި އެޗްޕީއޭ އަކީ އިތުބާރު ކުރަން ހެޔޮވާ ވަރުގެ ތަންތަނެއް ނޫން.
މީ ރައްއިތުން ަނއް ވަރައް ނުބައި ސަރުކާރެއް ރައިތުްނ ަނކައް ހަމައެކަމެއްވެސް ނުކޮއްދޭ އަބަދު އުޅެނީ ނަޝީދު މޮޔަވެގެްން. މިބައިގަޑުގެ ކިބައިން ޜާޖޭސަލާމަތް ކޮއްދެއްވާދޭ
ހިތާމައިގެ ކޮޅެއްނެތް ވަރުގެ ދެރަ ކަމެއް. އަޅުގަނޑުގެ ނިންމުމަކީ އެފަދަ ހާލަތެއްގައި ގަވާއިދާ އުސޫލު ތައް ބަހައްޓާފައި ކާރެއް، ޓެކްސީއެއް ނޫނީ ސައިކަލުގައި ނޫނީ ކޮނޑަށްލައިގެން ދުވެފައި ވިއަސް ހޮސްޕިޓަލަށް ގެންދާނަން. އެމައުސޫމު ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން !
މަވެސްމީ ތިބުނާ ކޯލްސެންޓަރުގާ ޚިދުމަތްކުރިމީހެއް. ކޯލްތައް ކަމާގުޅޭ ފަރާތައް ރިޕޯޓްކުރިޔަސް ޖަވާބުގާ ދޮގުތައްހަދާ. އެތަންވެސް ފެންނަނީ މސަރުކާރު ފެއިލްވެފައިވާ ގިތަށް ފެއިލްވެފާވާތަން.
މިހާވަރަށް ރައްޔިތުންނާއި މެދު މިލާދީނީ ސަރުކާރު އިހުމާލުވާއިރު އަދިވެސް ރައްޔިތުން ނިކުމެ މިސަރުކާރު ބަދަލުކުރަން ނިކުންނާކަށް ނުވޭހޭ
ނާގާބިލް ކެރަފާމެން އިންޑިއާއަށްވިކިފަ . ދިވެހިންނަށް ރަނގަޅުވެކްސިންއެއް ހޯދުމުގެ ޢިޚްތިޔާރެއް ނެތް . ހަމަ އެއްމެކަޑަ ކޮވިޝީޅްޑް . ކީކޭބުނާނީ، މުގާބޭމެންވެސް މިޔަށްވުރެ ރަނގަޅު ރައްޔިޔުނަށް.
ތިޔަ އެޗް ޕީއޭ އޮތުމަށް ވުރެން ރަގަޅީ ނެތުން ދެން ކޮން ތަހުގީގެއް ކުރާކަށް.... ކޮންމެ ތަހުގީގެއް ކުރިޔަސް އެއް ކަމެއްވެސް ނުޥާނެ ތަހުގީގެ ކިޔާގެން މި ވަގުތަށް ފޫ ބައްދަން ވެއްޖެއް ނު.... ކިޔަން ހުރި އެއްޗެހި ގިނަ ކަމުން ނެތް ކިޔޭކަށް..
އަޅުގަނޑު ތިކަމާ ވަރަށް ދެރަވެ އަދި މައުސޫމް މައްޔިތާއަށް ސުވަރުގެ މިންވަރުކުރެއްވުން އެދި ދުއާކުރަން. އެންބިޔުލާންސް ލަސްވުމާއި އެ ދިޔަވަގުތު ސައިކަލެއްގަ ނަމަވެސް ކުއްޖާ ހޮސްޕިޓަލް އަށްގެންދިޔަނަމަ، ދުވެފަ ނަމަވެސް ގެންދިޔަނަމަ، ރެޑްކުރަސަންޓް ނުވަތަ އެމް.އެންޑީ.އެފް އަށް ގުލާލިނަމަ އޭ ހިތަށް އަރާ. ދެރަ
ނަސީމު ކަލޭ އިސްތިއުފާދީފަ ގޭގަ މަޑުކުރޭ. ރައީސަށް ދަންނަވަން، މިކަހަލަ ޒިންމާއެއްނެތް ވަޒީރުން ލަސްނުކޮށް މަގާމުން ދުރުކުރަން ދަންނަވަން. މިކަހަލަ ޒިންމާދާރުކަން ކުޑަ މީހުންނަށް ނުބަލާ. ރަށްޔިތުންގެ އިހުސާސްތައް ދެނެގަނޭ. މިފަދަ މީހުންގެ އަތްދަށުނުވޭ.
ކެރަފާ ނަސީމު މިމަގާމަށް އައުމުން މިބަލި މިއޮތީ ހައްދުންނެއްޓި މުޅި ސިއްހީ ނިޒާމު ލާހޫރި ފެއިލުވެގެން ގޮސް އޭނަގެ ނާގާބިލު ދެންވެސް ދިމާވާނީ މިކަހަލަގޮތަށް ކެރަފާ ވަކިކޮށް ގާބިލު މީހަކު ހުރެގެންނޫނީ ދެން ރަގަޅެއްނުވާނެ