ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމާ ހަނގުރާމަ ކުރަމުން ދިޔަ އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، ނިޔާވީ ފަރުވާ ލިބޭނެ އިރަކަށް އިންތިޒާރު ކުރަނިކޮށެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ދެ ގަޑިއިރާއި 25 މިނެޓް ވީއިރު އާއިލާއިން ތިބީ އެމްބިއުލާންސްއެއް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހުން ގަދަވެ ރަތްވެފައިވާ އެ މިޝްކާގެ ނޭފަތުންނާއި އަނގައިން އަންނަމުން ދިޔައެވެ. ހަބަރު ހުސްވީރުވެސް އެމްބިއުލޭންސްއަކަށް ނާދެވުނުއެވެ. ނަމަވެސް ގުޅާލާ ކޮންމެ ފަހަރަކު އެޗްޕީއޭގެ ކޯލް ސެންޓަރުން ބުނަމުން ދިޔައީ އެމްބިއުލާންސް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްބިއުލާންސް މިހާރު މަގުމަތީގައިވާ ކަމަށެވެ. ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައީ އާއިލާ މެމްބަރުންނަށް އެތައް އުންމީދެއް ދެމުންނެވެ.

ހޯމަ ދުވަހުގެރޭ ނުވައެއް ޖެހީއްސުރެ ގުޅަމުން ގޮސް އެމްބިލޭންސްއަށް މިޝްކާގެ ގެއާ ހިސާބަސް ފޯރާވަރުވީ އެ ކުއްޖާގެ ވިންދު ނެތް ކަން އެނގުނު ފަހުންނެވެ. އޭރު ގަޑިން 11:40 އަށް ވުރެ ބޮޑުވާނެ ކަމަށްވެއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވީ ރޭ ދަންވަރު 12 ޖަހާކަންހާ އިރުއެވެ.

މި ހިތާމަވެރި ހާދިސާއާ އެކު ކޯލްސެންޓަރުގެ ފޮރުވިފައިވާ އެތައް ވާހަކައެއް އަޑު އިވެން ފެށިއެވެ. އެޗްޕީއޭގެ ނަން ރީތިކޮށް، ރައްޔިތުންގެ މަގުބޫލުކަން ހޯދުމަށް ހަދަމުން އައި އެތައް ދޮގެއްގެ ވާހަކަތައް ތިލަވިއެވެ. އަދި އެ ސެންޓަރަށް އަންނަ ކޯލުތަކަށް ޖަވާބުދާރީވުމުގައި ގަސްތުގައި ދޮގު ހަދަން މަޖުބޫރުކުރާ ހާލަތަށް ވެސް ދިމާވެފައިވާ ކަން އެ ސެންޓަރުގައި މަސައްކަތް ކުރި ކުދިންގެ ދުލުން ކިޔައިދިނެވެ.

ނަން ހާމަ ނުކުރުމަށް އެދި ކޯލް ސެންޓަރުގައި މަސައްކަތް ކުރި ޒުވާނެއް އެތަނުގެ ހާލަތު "ވަގުތު" އާ ހިއްސާކުރަމުން އޭނާ ކިޔައިދިން ގޮތުން އެ ސެންޓަރުގައި ތިބޭ ސުޕަވައިޒަރުން ދިޔައީ ފޯން ކޯލްތަކަށް ޖަވާބުދާރީވާ ކުދިން ލައްވާ ގަސްތުގައި ދޮގު ހަދަން މަޖުބޫރުކުރުވަމުންނެވެ. އެއީ އެޗްޕީއޭގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ހިފެހެއްޓުމަށް ކަމަށް އޭނާ ބުނިއެވެ.

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި - ކޯލްސެންޓަރު ތެރެއިން

އޭނާ ބުނި ގޮތުގައި އެ ސެންޓަރުގެ ވަޒީފާއިން އޭނާ ދުރުވަން ޖެހުނީ އެ ސަބަބާއި ހުރެއެވެ. އެކި ބޭނުންތަކުގައި ގުޅާ މީހުންގެ ހިތް އުފާކޮށްދިނުމަށް ކުދި ދޮގު ހަދަން ޖެހޭތީ ކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑަށް މިސާލަކަށް ގުޅީއޯ މީހެއް. ވަރަށް އާޖެންޓް ކަމެއްގައި. ކަން އޮތް ގޮތް އެ ރައްޔިތު މީހާއަށް ތެދަށް ކިޔައިދީފި ނަމަ ސުޕަވައިޒަރުން ރުޅި އަންނާނެ. އެމީހުން ބޭނުންވާނީ ތަނުގެ އަގު ހިފަހައްޓަން، ހާލު ކިތަންމެ ގޮސްވެގެން އުޅޭ މީހާއަށްވެސް ގުޅާގެން ދޮގުތަކެއް ހަދާގެން، އެމީހުންނަށް އެތައް އުންމީދެއް ދޭން ފޯނަށް ޖަވާބުދާރީވާ ކުއްޖާ ލައްވާ. މިއީ އަޅުގަނޑު އެތަނުން ކެނޑުނު ސަބަބަކީ. މިކަން މިއަދު ރައްޔިތުންނަށް އެބަ އެނގެން ޖެހޭ. މިއަދު އެ ނިޔާވި ކުއްޖާގެ މަރުގެ ފަހަތުގައި ކޯލް ސެންޓަރުގެ އިހުމާލު ބޮޑު" އެ ޒުވާނާ ބުނިއެވެ.

އޭނާ ބުނި ގޮތުގައި ކޯލް ސެންޓަރަސް ރިޕޯޓް ކުރާ ކަންކަން ކަމާ ބެހޭ ޑިޕާޓްމެންޓްތައަށް ލަސްނުކޮށް ފޯރުކޮށްދެއެވެ. ނަމަވެސް އެ ޑިޕާޓްމެންޓްތަކުން "ދޮގު މައްޗަށް ދޮގު" ހެދުމަކީ އާންމު ކަމެއް ކަމުގައި އޭނާ ސިފަކުރިއެވެ.

އެ ޒުވާނާގެ އިތުރުން ކޯލް ސެންޓަރުގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ކުއްޖެއްވެސް މިވާހަކަތައް "ވަގުތު" އާ ހިއްސާ ކުރީ އަސަރާއެކުއެވެ.

"އަޅުގަނޑުމެން ނޭދެން މިގޮތަށް ވާކަށް. އެކަމަކު ކީއްތޯ ކުރާނީ، އަޅުގަނޑުމެންނަށް މަތިން އަންނަ އޯޑަރާއި ހިލާފެއް ނުވެވޭނެ ދެއްތޯ. ދެރަވަރުގެ ކަންކަން މިތާ ތެރޭ ދިމާވޭ. އެޗްޕީއޭގެ އަސްލު ކެޕޭސިޓީއާއި ގައުމުގެ ހާލަތު މިމީހުން ރައްޔިތުންނަށް ސިއްރު ކުރަން އުލޭ ކަހަލަ" ނަން ހާމަ ނުކުރުމަށް އެދި އެ ކުއްޖާ ކިޔައިދިނެވެ.

ދުވާލެއްގެ މައްޗަށް އެތައް ކޯލެއް އަންނަމުންދާ އެޗްޕީއޭއިން މީގެ ކުރިން މިފަދަ މައްސަލައެއް ފެންމަތިވެފައި ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް ދެކެވެމުންދާ ވާހަކައަކީ އެޗްޕީއޭގެ ހިދުމަތް ލިބުމުގައި ދިމާވާ ލަސްކަމުގެ ވާހަކައެވެ. އަދި ކޯލް ސެންޓަރުން ދެފަހަރު ދެގޮތަށް ވާހަކަ ދައްކަމުން ދާ ވާހަކައެވެ.

މިޝްކާ ނިޔާވުމުގެ ފަހަތުގައި ކޯލްސެންޓަރުގެ އިހުމާލުވެސް ބޮޑުކަން ފާހަގަކުރަމުން އާއިލާއިން ބުނީ މައުލޫމާތު ދިނުމުގައި "ފޯސް ނެރޭޓިވް" ތަކެއް ހިނގާފައިވާ ކަމަށެވެ. އަދި މިކަމަށް ހެލްތު މިނިސްޓަރުވެސް އިރުތިރާފްވެ، އާއިލާގެ ފަރާތުން މާފަށް އެދިފައިވާ ކަމަށް ބުންޏެވެ. އަދި މި މައްސަލަ ތަހުގީގުކުރާނެ ކަމުގެ ޔަގީންކަންވެސް އާއިލާއަށް ދީފައިިވެއެވެ.

ކޯލް ސެންޓަރުގެ މައްސަލަތައް ފެންމަތިވުމާއި ގުޅުގެން އެޗްއިީއީއޯސީ އާއި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވަމުން ގެންދަވާ މަބްރޫކް އަޒީޒް ވިދާޅުވީ މިފަދަ ކަމެއް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި މައްސަލަތަކެއް އުޅޭނަމަ އެކަންކަން ބައްލަވާ ތަހުގީގުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަދި މިޝްކާގެ މި މައްސަލަ ހެލްތު މިނިސްޓްރީއިން ތަހުގީގުކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ.

މި ހާދިސާއާއެކު މިޝްކާގެ އާއިލާއަށް ލިބުނު ހިތްދަތިކަމާއި ކެކުޅުންތައް ތަހައްމަލް ކުރަން އެއްވެސް އާއިލާއަކުން ނޭދޭއެވެ. މިޝްކާ ނިޔާވެގެން އެދިޔައީ ގިނަ މެސެޖުތަކެއް ދޫކުރުމަށްފަހުއެވެ. ވަކިވެގެން އެ ދިޔައީ ރައްޔިތުންގެ ވިސްނުން ބަދަލުކޮށްލުމަށްފަހުއެވެ. މި ނުރައްކާތެރި ބަލިމަޑުކަމުގައި ކޮންމެ އުމުރެއްގެ މީހަކުވެސް ނިޔާވެދާނެކަން މިއަދު ރައްޔިތުންނަށް މިވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

 1. Anonymous

  ކޯލް ސެންޓަރު ބެ ނަސިމް އިސްތިއުފާ އިސްތިއުފާ

  202
  6
 2. ާަަަަަައަލީ

  ކޯލް ސެންޓަ ހިންގަން ހަވަާލު ކޮފަހުރީ ވަރަނުލަފާ މީހުނަ ރަހުމު ކުޑަ މީހަކު އޭނަ ނޫން މީހަކު ލާ ރަގަޅުކުރަން ބޭނުމިޔަ...ބަބުރޫކް

  154
  7
  • ބޭޗާރާ

   މަބުރޫކާ ތިތަން ހަވާލުކޮށްފިއްޔާ އަދި ތިއަށްވުރެ ދަށުން ދާނީ. ސަޅިބައިސާ ބުރުއްސާ މީހުންނަކަށް ކަންކަމެއް ނުކުރެވޭނެ. ސައިކުރާ ނައީމް، ނައީމަކަށްވީ ފިސާރި ހިތްވަރު ހުރެފައި ކަންކުރަންވާ ގޮތް އެނގިފައި، ކަންކުރަންވީމާ އަންނަންވީ ނުލަފާކަމަކާއެކު ގޮތެއް ހުރެގެން. ތަނުގައި 24 ގަޑިއިރު އިންނާނެ. ޖަވާބު ނުދޭ ކަމެއް ނުބާއްވާނެ. އެވަރަށް ބަލާނެ. ބަލާވަރުން ހާވާވަރުން މުވައްޒަފުން ރަތަށް އެރިޔަސް އެކުރާ ކަމެއް ދުލެއް ނުކުރާނެ. ޝިއްގެއްލާ ނައްތާލީ ހައެއްކަ ފޮށި ފިބާއިން ބޮޅުއަޅައިގެން ވިއްސަކަށްފޮށިން ޕިންޖަހަން އިދެގެން. މިއަދު މިއުޅެނީ ކޮމްޕިއުޓަރާއި ބަޓަނާއި އަތުފޯނު އޮތްއިރު މީހަކަށް ޖަވާބު ނުދެވިގެން ލިޔުމެއް ނުލިބިގެން

   67
   4
 3. ހޮޅި

  ކޮބާތަ މަބުރޫކު އެވެސް ތީގެ ދޮގުހަދާ އެއްޗެއް އޭނަވެސް ހިފާ ހައްޔަރުކޮއް އަދަބު ދޭންޖެހޭ

  188
  8
 4. ހިޔާލު

  މިހާރުވާގޮތަކީ ކޮވިޑްބަލިމީހަކު ކިތަންމެ ހާލުދެރަވިޔަސް އަމިއްލަގޮތުން އައިޖީއެމްއެޗް އަކަށްނުގެންދެވެ. ގުޅަންޖެހެނީ އެޗްޕީއޭ އަށް އަހަރެންގެ މަންމަ ކޮވިޑްޖެހިގެން ގޭގަ ކަރަންޓީނުގަ ހުއްޓާ ނޭވާލާން އުނދަގުވާތީ ގުޅުމުން ރޭގަނޑު ބާރަޖެހިއިރު ބަލާއަންނާނެކަމަށްބުނި އެމްބިއުލައިންސް އައީ އަނެއްދުވަހު ހެނދުނު ގެންދިޔައީ ހުޅުމާލެއަށް .
  މިހާރުވެއްޖެ ގޭގަކަރަންޓިނުގައި ކޮވިދްޖެހިގެން ތިބޭމީހުން އިމަހެންސީގަ ގެންދަން އައިޖީއެމްއެޗްގަ ތަންކޮޅެއްހަދަން

  149
  4
 5. ގައުމުގެ ދެލިގަނޑު

  ދޮގުނަހަދާ އެކަކުވެސް މިސަރުކާރަކު ނޫޅޭ، ހަމަ ދޮގު މައްޗަށް ދޮގު ހަދާ އެތާ ސިމެންތި އަޅާ އޮމާންކޮއްގެން ތިބޭބައެއް ތިބޭ ސަރުކާރެއްމީ، ކޯލް ސެންޓަރު ގަވެސް މަބުރޫކްވެސް މިނިސްޓަރުވެސް ރައީސްވެސް.... ހަމަ ދޮގުން ފުރިއުތުރެނީ...މީގަ އިސްތިސްނާނުވޭ މިތަނުން އެކަކުވެސް

  85
  1
 6. ހުދު ހުދު

  ކޯލް ސެންޓަރ އެކަނި އެއްނޫން. މި ގައުމުގެ ތި ކަހަލަ އެތައް އޮފީސް ތަކާއި އިދާރީ ތަންތާގެ މަސައްކައި ކުރުން ހުންނަނީ ތިފަދަ ދޯދިޔާ ގޮތަކައް. ތި ކަހަލަ މައްސަލަތައް ބަލާނެ އަދި ޖަވާބު ދާރީ ކުރާނެ ރަނގަޅު ބަޔަކު ބޭނުމީ.

  78
  1
 7. ކޮވިޑް

  ސަރުކާރަށް އެއްވެސް ކަމެއް މެނޭޖު ނުކުރެވެ. އެކަން ޤަބޫލުކޮށް ރައީސް ނަޝީދު ހެއްދެވިހެން ނުވިކަމަށް ޤަބޫލުކޮށް ރައީސްމީހާއިން ފެށިގެން އިސްތިއުފާ ދިނުމަށް ގޮވާލަން. ސަރުކާރު އިސްތިއުފާ.

  89
  1
 8. އައްޑޫ މީހާ

  ވަރަށް ބޮޑު ތެދެއް އެކުދިން އެބުނީ ހަމަ ހުސް ވަގުން ތިބި ތަނެއް މަކަރާއި ހީލަތް ހެދުމުގެ ލާމަސީލު ތަނެއް ތިޔަތަން ދެކެ މިހާރުވާ ފޫއްސެއް ބުނަންވެސް ނޭގެ ހުސް ހަރާންކޯރުން އުޅެނީ ހުރިހާ ޑިޕާޓްމެންޓެއްގަ ޙާއްސަކޮށް ލީގަލް ގައި ލޯއަނދިރި ހޭ ބަލިވެފަ ތިބި ބައެއް މިހެން ބުނަން ބޭނުމެއް ނުވޭ އެކަމަކު ބުނަން މަޖުބުރު ވީމަ ބުނީ

  72
  2
 9. މަނިކު

  ދެން ކުއްވެރިވާނީ ކޯލްސެންޓަރ....ސަރުކާރަށް އެތަނުގެ އެއްވެސް ކަމެއްނޭގޭނެ އާހިރުގަ...ނާގާބިލު ސަރުކާރު

  72
  5
  • ޏަންޖއ

   ރަނގަޅަށަ ތި ބުނީ. އެހެންވެގެން އިސްވެސްޓިގޭޓްކުރާނަމޭ ވެސް މިކިޔަނީ. ބޮޑެތި މީހުންގެ ފަރާތުން މިސްޓޭކް ހެދުނީމަ އާދައިގެ މުވައްޒަފުން ބޮލުގައި އަޅުވަން އެކަން. ކޯލް ސެންޓަރގެ ތެރޭގައި އޮންނަ ބިއުރޯކްރެސީ ބޮޑުކަމުން ހިތާމަވެރި ކަންކަން ދިމާވަނީ. މިކަހަލަ ދަނޑިވަޅުތަކުގައިވެސް ބޮޑޭވާން ވެގެން ބަޔަކު ފަހަތަށް ފިލީ މިތިބެނީ. އެމްބިއުލާންސް އަށް ގުޅާ ކޯލް ނަގަންޖެހޭނީ މެޑިކަލް ޓީމުން، އެއީ ބަލިމީހާގެ ހާލަތު ދެނެގަނެ ކަންކަން އަވަސްކުރަން. އައި.ޖީ.އެމް.އެޗުން އެމަރޖެންސީގަ ކޮވިޑް ބަލިމީހުނަށް ފަރުވާ ނުދެވެންޏާ ވަގުތީ ގޮތުން ފަރުވާ ދެވޭނެ ތަނެއް ހަދާލަދީ، ފެސިލިޓީތަކަށް ގެންދިއުން އެއީ ރަނގަޅުކަމެއްކަމަށް ނުދެކެން އެމަރޖެންސީގަ.

   15
   1
   • ޖައި

    ޅަ ޒުވާން، ގައުމީ ޔުނިވަރސިޓީގަ ކިޔަވާ، ތަޖުރިބާއެއް ނެތް ޒުވާނުންނާ ކްލަސްޓަރ މަސެއްކަތް ހަވާލްކޮށްފަ ކްލަސްޓަރ ހެޑުން ގިނަވަގުތު ބޭރުގަ އުޅެނީ... އެޗްއީއޯސީ ތެރަޔަށް ވަނީ އަނެއްކާ ނިކުމެގެން ދިޔައީ... ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ ބައެއްހެން.... ކަމަކާ އެޓެންޑެއް ނުވޭ... ކްލަސްޓަރ ހެޑުންނަށް ފިޔަވަޅު އަޅަން ޖެހޭ.... އެޗްޕީއޭގެ ޑިރެކްޓަރއަކަށް ހުންނަނީ ތިތި ދެއްކެން އެކަނި ހުންނަ ބޭފުޅެއް... އެޗްޕީއޭގެ މުވައްޒަފުން ކްލަސްޓަރ ހެޑުންނަށް ތިބޭއިރު، މި މީހުންގެ ކަމަކީ ސައިން އިން ސައިން އައުޓް ކުރުމާ، އެޗްއީއޯސީ ތެރެޔަށް ވަދެލާފަ ނިކުތުން...

 10. ާައަހުމަދު

  ކޮބާތޯ އެޗްޕީއޭގެ ވެރިން؟ ކޮބާތޯ މައިމޫނާ؟

  103
  4
  • އެލެވެންސް

   ތިޔަ ބަޔަކު އެކަނި ފުރަންޓްލައިން އެލެވެންސްވެސް ކަނީ. ކުރީސަފުގައި އުޅޭ މީހަކަށް ނުލިބޭ. ދޮގާ މަކަރު ކުރާ ކޮންމެ ކަމެއްގައި. ދޮގު ހަދައިގެން އޮޅުވައިލައިގެން ލާރި ކަނީ. ނަންވާނީ ފުރަންޓްލައިންގައި އުޅޭ މީހުން.

   59
 11. ސުލައިމާން

  މި ހާރުވެސް މިވާ ހަކަތަށް އިނގޭމީ ހުން މިކަން ހިއްސާކުރިލެއް މިއޮތީ މާބޮޑަށްވެސް ލަސްވެފައި، އިތުރު މަރެއް މިގޮތަށް ތަ ހަންމަލްކުރަން ނުޖެ ހެނީ ހުން މުއަށްސަސާ އިސްލާ ހު ކުރޭ...

  49
  2
 12. ާަަމައި

  އަޅުގަނޑުގެ 7 މަހުގެ ދަރިފުޅު ކޮވިޑް19 އަށް ޕޮޒެޓިވްވެގެންނޭ ކިޔާފަ އެޗްޕީއޭއިން ގުޅި. ގުޅާފަބުނީ ރެޑީވެގެންހުނާށޭ. 2 ގަޑީއިރުތެރޭ ބަލާދާނަމޭ ފެސެލިޓީއަށް ގެންދަން. އެކަމަކު 3 ދުވަސްވީއިރުވެސް ހަބަރެއްނުވޭ. 4 ވަނަދުވަހު ހެދުނު ގުޅާފަ ބުނި 9 ޖަހާއިރަށްބަލާދަނަމޭ. އަޅުގަނޑުބުނިން 2 ގަޑިއިރުތެރޭ ބަލާއަންނަން ބުނިމީހުންނެއްނޫންހޭތީ. 3 ދުވަސްވީއޭ. އެދުވަހުވެސް 9 ޖަހާއިރު ބަލާއަންނަން ބުނިމީހުން އައީ ހަވީރު 4: 30 ގެ ފަހުން..

  48
 13. މަަރިޔަން

  މަބްރޫކު އަކީ ވަރަށް ދޮގުހަދާ މީހެއް އަބަދު ބުނާނެ މިފަދަ ކަމެއް ދިމާވެގެން އުޅޭކަމެއް އެނގިފަިނުވާކަމަށް މީ އޭނަގެ އަނގަމަތީ ބަހެއް ދުވަހަކު ކަމެއް އެނގޭ ކަމަކަށް ނަހަދާނެ ހުސް ދޮގު ބޭނުން ވަރަކަށް ރުފިޔާ ލިބެއެއް ނޫން ދެން ކީއްކުރަން ކަމެއް އިނގޭ ކަމަކަށް ހެދިގެން އުޅެންވީ

  64
  1
 14. އިބޫ އިސްތިއުފާ

  އެޗްޕީއޭ އަކީ ބޮޑު ގޮޑީގަ ތިބެގެން އަނގަތަޅާ މަޖަލަށް ހިންގާ ޖީބަށް ބޮޑުކުރާ ވިތަފާރިއެއް. އެއްވެސް ހަމައެއް ލަމައެއް އޮތް ތަނެއްނޫން. އިރުއިރުކޮޅާ އަތްޖެހުން އޮވޭ. ހުސް އަނގަޔަށް މޭޒުދޮށު ތިބޭ މީހުން ގިނައީ. މީ މަގޭ އެކްސްޕީރިއެންސް ކުރެވުނު ކަމެއް

  49
  2
 15. ބަލާވެރިން

  މަށަށް ކޮވިޑަށްވުރެ މާ ނުރައްކާ ތިޔަ ތަންތާ ތިބޭ ވެރިންނޭ ކިޔާ މީހުން .ކޮވިޑު ގެ ސަބަބުން ވެސް މަރުވަނީ.. ރައްޔިތުންނަށް ނަމުގާ ހިދުމަތް ކުރަން ތިބޭ ތަންތާގެ ވެރިންގެ ސަބަބުންވެސް ފުރާނަ ދަނީ..ހަމަ އެއްވަރު..އެވަރުން ކަންކަމާ ހަވާލު ނުވީމާ ނިމުނީ..ތަންތަން ހަދާފާ ހުންނަންޏާ ރައްޔިތުން ގޮތް ހުސްވާ ހިސާބަށް ދާން ފެށީމަ ގުޅަންވެސް ގުޅާނެ..ރަނގަޅު ހިދުމަތެއް ނުދެވޭތާ ތެދު ބަހުން ޖަވާބުވެސް ނުދެވޭ ބަޔަކު ތިބޭ ތަނެއް ކީއްކުރަން ބަހައްޓާ ތަނެއް

  45
 16. ނަސީމް އިސްތިއުފާ

  ނަސީމު އޭ ކިޔާ ގޮލާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
  ދޭށޭ... ކައެމެންނާއި ހެދި ވަކިވެ ދިޔައީ ކުށެއް ނެތް ކުޑަ ކުއްޖެކޭ...
  މިއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ

  82
  2
 17. ފިޔަވަޅު

  ދުނިޔޭގެ އެހެހހ ހެން ޤައުމެއްގަ ނަމަ ބޮޑަކައް ތިބޭމީހުން ވަޤުތުން އިސްތިއުފާ ދޭނެ .

  65
  2
  • ރާގޮޑިރާޖަ

   ޢެ ހެން ވެގެންދޯ ޔާމީނު އެ ހާއަވަހަށް އިސްތިއުފާދިނީ. ޢެހ ހެންމީހަކުނަމަ ކާޑުގުދަނާއި ސްޕްރީމް ކޯޓްގެ ފުރާޅުގެ ތިނުނެގީސް.

   12
   50
 18. ކަންކަން

  ތިމީހުން ގަންނާނެ ގަނޑެއް ގަނެފަ، ތުއްތު ފުރާނައެއް ގެއްލިގެން ދިއައީމަ، އާއިލާއަށް މާފަށް އެދުނީމަ ނިމުނީ؟ ބުނާނެ ވަރަށް ފަސޭހައިން މައްސަލަ ބަލާދޭނަމޭ! މައްސަލަ ބެލޭނޭ! ފައިލަށް ބަލާލާފަ މައްސަލަ ގެންގޮސް ވަތްގަނޑަށް ލީމަ، އެއޮތީ ބެލިފަދޯ؟

  64
  1
 19. ފިޔަވަޅު

  ދުނިޔޭގެ އެހެހހ ހެން ޤައުމެއްގަ ނަމަ ބޮޑަކައް ތިބޭމީހުން ވަޤުތުން އިސްތިއުފާ ދޭނެ .
  އަދި ތިތާ ތިބެނީ ވަރަށް ކިބުރުވެރި ބޮޑާބައެއް.

  މަ އެޗްޕީއޭ އަށް 5 ދހުވަސް ވަންދެން ގުޅާގުޅާ ވެސް ފޯނު ނުނަގައިގެން ދިޔައީ ދަރުބާރު ގެއަށް.
  ޢެތާ 2 ގަޑިއިރު ހުރި އިރުވެސް ޖަވާބެއް ދހެވޭ ވަރު މީހަކާ ބައްދަލެއް ނުވި .
  މިނިސްޓަރާ ބޮޑެތި ބޭފުޅުން ބޯދިއްކޮއްލާފަ ދަނީ
  އެމީހުން އެތާ މަޖާ ނަގަނީ .
  ދެ ޖިންސުގެ މީހުން އެއްތަންވެގެން .

  51
 20. އާމިނަތު

  ރަށު ތެރެއިން ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާ ނުލިބި މއަދަށް ހަތް ދުވަސް.

  52
  1
 21. ދެރަ

  ދޮގު ހަދަން ޖެހެންަޏާ ތިތާ ނަޫޅެ ކެނޑޭ... ފުރާނައާއި ގުޅިފަ ހުރި ދެރަ ކަންކަން..😔

  56
 22. ފިޔަވަޅު

  އެޗްޕީއޭގެ އިސް ވެރިން އިސްތިއުފާ ދެއްވޏް ޖެހެ .
  ތަހްޒީބު މުޖްތަމައު ތަކުގަ ކަން ކުރަނީ މިގޮތައް.

  މި ޤައުމުގަ ކިތަންމެ ބޮޑު އިހުމާލެއް ވެފަ ވެސް މާފު އެދުނީމަ ނިމުނީ .

  46
 23. އިޝާމް

  12 ދުވަސް ވެއްޖެ ކަރަނޓީން ލިއުމެއް ހޯދަން ގުޅާތާ ގުޅާ ކޮންމެ ފަހަރަު ބުނަނީ ގުޅި ވާހަކަ ތަނުގެ ކަމާ ބެހޭ ފަރާތާ ޙިއްސާ ކުރާ ވާހަކަ 12ދުވަސް ވީއިރު ލިއުން ލިބޭ ގޮތެއް ނުވޭ ދުވާލަކު 3 ނޫނީ 5 ފަހަރައް ގުޅަން ކޮންމެ ދުވަހަކު

  39
  1
 24. ރުޅި

  ސަރުކާރު މިވަރަށް ފެއިލްވެފަ އޮތްއިރު އަހަރެމެން މިތިބެނީ ކީއްކުރަން.

  46
  1
 25. ޙަސަން

  އަދިވެސް ބޮޑު ފުރޮންޓް ލައިން އެލަވަންސް ދީފަ. ފިނި ކޮޓަރީގަ ބައިތިއްބާ

  44
  1
 26. ރައްޔިތުން

  ސަރު ކާރު އޮތީ ފޭލް ވެފަ. މުޅިންވެސް ހަދާނީ ދޮގާ މަކަރު. މީ ސާފް ހެއް ކެއް.

  37
  1
 27. ކޯލް ސެންޓަރު

  ކޯލް ސެންޓަރު ވާހަކަ މަބްރޫކަށް ނޭންގެންޔާ ތި މަގާމުން އިސްތިއުފާދީފަ، ދޭ ކޮފީ ގިރަން. ކިތައް ނޫސްވެރިން ކޯލް ސެންޓަރު ސުވާލު ލައިވް ޓީވީގަ މަބްރޫކާ ކުރިތަ؟؟؟ ކަމެއް ވީމަ އެންގޭ އެކަކުވެސް ނުހުރޭ،

  37
 28. ކިއުންތެރިއެއް

  ތިތަނުގެ ހާލަތް އެއްމެ ރަނގަޅަށް އިނގޭނީ ތިޔަ ކޯލް ސެންޓަރުގެ މަސައްކަތްކުރާ މުވައްޒަފުންނަށް. އަޅުގަނޑުގެ އާދޭހަކީ ނޫސްވެރިންވެސް އަދި ކޯލްސެންޓަރ ތަކުގެ މުވައްޒަފުންވެސް ތިކުދިންނާ ކުރިމަތި ވަމުންދާ އުނދަގޫތަށް އާއްމުންނަށް ތެދުބަހުން ހިއްސާކުރުން. ތިކުދިންގެ އެއްވެސް މައްސަލައެއް ނެތި ލިބޭ ކޯލްތަކާ ހެދި ދުވާލަކު ކިތަށްފަހަރު ތިކުދިން ހިތާމަ ކުރަން އެބަ ޖެހޭތޯ. މިއަދު މަބްރޫކް ވެސް އެދެންނެވީ އެއީ ވަރަށް ފުރިހަމައަށް ފަންކްޝަން ކުރާ ތަނެއް ކަމަށް އެހެން ވެގެންތާ އެތާ މައްސަލަ ހުރިކަން ވެސް ނޭގެނީ

  37
  1
 29. ނަޝީދު

  ތި ކޯލް ސެންޓަރުގެ ސްޕަރވައިޒަރ އަށް ދައުވާކޮށް ހިތުން ނުފިލާވަރުގެ އަދަބެއް ދޭން ޖެހޭ އެނަޔަކީ އިންސާނެއްގެ ސިފާގަ ހުރި ޖަނަވާރެއް ކަންނޭގެ..

  26
  1
 30. ދަލޭކަ

  ތިޔަ މަބްރޫކެއް ޓީވީން ފެނުނަސް ވަނީކީ އަމަށަކު ފޫއްސެއް ނޫން. ދޮގުހަދާވަރުން އޭނައަށްކިޔަންވީ ދޮގު ބަނޑޭރި.

  25
  1
 31. ނާޝިޒް

  ރައްޔިތުންނޭ ދަރުބާރުގޭގައި ހުރި ކޯލް ސެންޓަރައް ވަދެގަންނަން ފެނޭ.. މި މުސީބާރެއްފަދަ ސަރުކާރު ވައްޓާލަން ޖެހޭ.....

  28
  3
 32. މުހަންމަދު

  މި ސަރުކާރުޖެހޭނީ ވައްޓާލަން.....

  25
  1
 33. ނަންނެތް

  ތިޔަ ކޯލް ސެންޓަރުގެ ކަންކަން ރަނގަޅުކުރުމުގެ ނަމުގައި ރައީސް އޮފީހުގެ ބަޔަކު އެތަނާ އަމިއްލައަށް ހަވާލުވެ އެތަން ހިންގަން ތިބި މީހުނަށް އޯޑަރު ކުރަންފެށީ ނުބައިކޮށް ޖަވާބު ދެވުނަސް އަންނަ ކޯލްތަކަށް އަވަސް ކުރު ޖަވާބުދީ ގިނަ ކޯލްތައް މިސްވިޔަ ނުދިނުމަށް. ކޯލް ސެންޓަރުގެ ކަންކަމަކަށް އެޗްޕީއޭ އަކަށް ބަހެއް ނުބުނެވޭ. މިއީ ކަން ހިނގާގޮތް

  16
  1
 34. ދަބަރު

  މިފަދަ ކަމެއް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. މިހެން ވިދާޅުވީ މަބުރޫކުތޯ. މީނާއަށް މި މައުލޫމާތު ދޭންވީ ޕްލައިވުޑު ފިލައެއްގައި ބޮޑުއަކުރުން ލިޔެފައި ބާވައެވެ. ރައްޔިތުން މިވާހަކަ ކާޅުގޮވާހެން މުޅިިރަށުގައި ގޮވާއިރު މައުލޫމާތު ލިބިފައި ނެތޭ ބުނާ މީހަކަށްވުރެ ދޮގުވެރިކަން ބޮޑީ ކާކުގެ ބާވައެވެ. ނޫސްތަކުގައި ލިޔުން ލަސްވެގެން އަނެއްކަމެއް ލަސްވެގެން ލިޔާއިރު މީނާ މިއީ މީޑާއާ ވާހަކަދައްކަން އަރާ މީހާހެއްޔެވެ. ސުބުހާނަﷲއެވެ. ލަދުކޮބައިހެއްޔެވެ. މިވަރުގެ ދޮގު ހަދަން ދަންނަ އިންސާނުން ރައްޔިތުންގެ ކަންކަމުގައި ވާހަކަދައްކަން ނުކުމެތިބޭކަން މިއީ މިއަދު މުޅި ގައުމު ލަދުގަންނަންޖެހޭނެ ކަންކަމެވެ. ތައުބާ ތައުބާއެވެ.

  18
  1
 35. ކޮރަފާ

  ކެރަފާމެން ޒަމާން ގޮސްފި، ބާޢީންނަށް ފުރުސަތުދީގެންނުވާޏެ. ނަސީމް އިސްތިޢުފާ. މިހާރު ނިކަން ކިޔަވާފަ ތިބޭގާބިލް މީހުންނަށް މިނިސްޓަރުންނަށް ތިބެންވީ. އިބޫއަށް ގޮވާލަން ވަގުތުންވަގުތަށް ނަސީމް ވަކިކުރަން .

  20
 36. ފިޔަވަޅު

  މި ސަރުކާރު ހިންގަނީ އަގައިން .

  21
  1
 37. މަދެކޭގޮތް

  ކޯލްސެންޓަރުގަ ތިބި ކުދިންނާ ހިސާބުން ތިމައްސަލަ ނުނިމޭ އެތަން އެހާލުގަ ހިންގަނީ ދައުލަތަތުގެ ވެރިން އެހެންކަމަށްވަނަމަ އެންމެމަތިން ތިކަމުގެ ޒިންމާ ނަގަންޖެހޭނެ ބައެއްގެ ފުރާނަ ދިއުމަކީ ކުޑަކުޑަ ކަމަކަށް ނެހެދޭނެ މިހާތަނަށް ދައުލަތުން 3 ބިލިއަން ރުފިޔާއަށްވުރެ މަތިން މިކަމަށް ހަރަދުކޮށްފި އަދި އެތައްމިލިއަން ޑޮލަރެއްގެ ހިލޭއެހީ އެކިދިމަދިމައިން ލިބިއްޖެ އެކަމަކުވެސް ހުރިހާތަނެންހެން ހުރީ ބޮއްސުންލާފަ ބަލިވެގެން އެޑްމިޓުކުރާ މީހާ އިތުރަށް ބަލިވެ ދުނިޔެދޫކުރަންޖެހޭ ހާލަތުގަ ތަންތަން ހުރީ މިކަމުގަ ހެސްކިޔާފަ ކޮރަޕްޝަނާ އިހުމާލު އަދި މެނޭޖުކުރަން ނޭނގުން އެބައޮތް އުންމީގުކުރަން މަޖިލީހުން މިކަންބަލާ ރަނގަޅު ފިޔަވަޅުތަކެއް އަޅާނެކަމަށް ފެންނަމައްޒަރުތަކުން ހީވަނީ މިހާލަތު މިގޮތުގަބާންވަން ބޭނުންވާ ބަޔަކު ބޮޑުންގެތެރޭގަައި ތިބިހެން ސަބަބީ ހެސްކިޔާފަ ޖީބައްފައިސާ އެޅެންއޮތީމަ

  18
  1
  • އައިއޭމް

   މަޖްލީހަކަށްވެސް ހުރިހާ މައްސަލަ ތަކެއް އެއްފަހަރާ ނުބެލޭނެ ދޯ.. މަޖްލީހަށްް މިހާރު އެބައޮތް މިއަށްވުރެ މާބޮޑު މައްސަލަ އެއް ބަލަން ޖެހިފަ.. އެއީ ރައީސްް ނަޝީދަށް ހަމަލާދިން މައްސަަލަ..ރައީސް ނަޝީދަކީ އަހަރެމެންގެ ހިތްތަކުގެ ރައީސް.. އެ މައްސަލަ އަކީ ހަމަ ގައިމުވެސް ކޮވިޑަށްް ވުރެ މާ ބޮޑު މައްސަލަ އެއް.. އެ މައްސަލަ ބަލާ ނިންމާފަ ދެންހުރި ކޮވިޑާ، ކޯލް ސެންޓަރު މައްސަލަ ތަށް ވެސް ބަލާނެ މަޖްލީހުން.. މަޖްލީހަށްް އިތުބާރު ކުރައްވާ..

 38. ބލާއެއްމީ

  މިހާތަނަށް ރައްޔަތުންގެ ފައިސާއިން 3 ބިލިއަނައްވުރެ މައްޗަށް ހަރަދުކޮށްފި މިހާތަނަށް ޖެހި ވެކްސިނެއްވިއްޔާ ޖެހީ ކޮންމެސް ބަޔަކު ހިލޭދީގެން ލައިގެން އުޅޭ ޕީޕީއީއެއްވިއްޔާ ބަޔަކުހަދިޔާކޮށްފަ އެތައްހާސް ޓެސްޓުކިޓެއް ދިމަދިމާއިން ހަދިޔާކޮށްފަ ފެނާ ކާބޯތަކެތި ހަދިޔާކޮށްފަ ހިލޭސާބަހަށް މަސައްކަތްކުރާމީހުން ބައިވަރު އެކިގައުމުތަކުންނާ އެކި ކުންފުނިތަކުން ހެސްކިޔާފަ އެހީތައްވަނީވެފަ މިވަރުންވެސް އަވަހަށް އަޅާލާ ހާއްސަ ފަރުވާދީގެންނޫނީ ސަލަމަތް ނުވާހިސާބައްދާ އެންމެންވަނީ މަރު ވެރި މީހާ އަންގަނީ ފެއިލްއެއްނުވެޔޭ

  20
  1
 39. ކަންމަތީ ސޭޓު

  އޭ އިބުރާހިމާ ކަލޭ ގަބޫލުކުރިއަސް ނުކުރިއަސް ކަލެއާ ކަލޭގެ ޓީމު މިވަނީ މި ޕެންޓަމިކް މެނޭޖުރުމުގަ ބޮޑުކޮށް ފެއިލްވެފަ ތިވީ ފެއިލްގެ ސަބަބުންއެތަށް ފުރާނައެއް މިދުނިޔެ ދޫކޮށް ގޮސް ނިމިއްޖެ ވަރަށް އާދޭހާ އެކުދަންނަވަން އިންސާނިއްޔަތައްޓަކައިނަމަވެސް މަނިކުފާ އިސްތިއުފާދެއްވާ މިކަން ވާވަރު ބަޔަކާ ހަވާލުކޮޢްފަ މަނިކުފާނު ގެއަށްވަޑައިގަންނަވާ އާދޭސްކޮށްފަ މިބުނަނީ މާދަމާ ޖަހާނެ އިންޖެކްޝަނެއް ނެތިގެން މިގައުމު ދޫކޮށްދާނީ ކިތެއް ކުދިންކަމެއްނޭނގޭ

  18
  1
 40. އެމްސް

  ޒަމާނުއްސުރެ ސިވިލް ސާވިސް ކޮންމެ ދިމާލެއްގަވެސް މި މައްސަލަ މިހެން އުޅޭ!

 41. އިބުރާހީމު

  މުޅި ސަރުކާރު ވެސް އޮތީ އެހެން. ސަހަލުމީހަކު ނެތް. ވެރިމީހާއިން ފެށިގެން ގޮސް ސިޔާސީ އެންމެ ދަށް މަގާމުގައި ހުރި މީހާއަށް ދާންދެން ވެސް ކަމަކު ނުދޭ. ރޯނު އެދުރުން ގިނައީ. އެއްވެސް ކަހަލަ އިގްތިސާދީ އިޖުތިމާއީ ހުނަރެއް ނެތް. މަޖިލިހުގައި ތިބީ ހުސް މީދާކޭ އުނބު

  22
  1
 42. ާާ

  އެޗް.އީ.އޯ.ސީގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް އެތަނުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑެސްކެއް ބެހެއްޓުމަށް އޭރު ތިބި މެންބަރުން މިދިޔަ އަހަރު ނިންމައި، އެކަން ހަމަޖައްސެމުން، އެކަން ކުރިއަނުދީ، ނުފޫޒު ބޭނުންކޮށްގެން އެކަން ހުއްޓުވި މުވައްޒަފު މިހާރު އެއިނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް މި ސަރުކާރުން އައްޔަންކޮށްފައި. އެބޭފުޅާ ކުރެން ނޫސްވެރިން މިކަމާ ސުވާލުކުރައްވާ.

  15
 43. ދިވެހިން

  ތިތަން ބަންދުކުރޭ

  17
  1
 44. ޝުޖާޢު

  ކޮވިޑް ޖެހިގެން ގޭގައި މުޅި އާއިލާ ތާށިވެފައި ތިބެފައި މި ނިކުތީ. އަންހެނުން ޑޮކްޓަރަށް ދައްކަން އެދުނިން. ކުޑަ ދަރިފުޅު ހުންއައުމުން ޑޮކްޓަރަށް ދައްކަން އެދުނިން. ފުލޫކުލިނިކަށް ވެސް ގުޅިން. ފުލޫކުލިނިކުން ބުނީ މެމޯ ހައްދައިފައި ދީފީމޯ. ތަރުތީބުން ގުޅަމުން ދާނެޔޯ. 15 ދުވަސް މިވީ އަދި ނުގުޅާ. ރައްޓެއްސަކު ލައްވާ އުފަމޯލް ސިރަޕު ގެނެސްގެން ދިނީ. ހުން ގަދަވާނަމަ ފެން ހާކައިގެން ދަށްކުރަމުން ދިޔައީ. ފަހުން އަޅުގަނޑުގެ ގައިގައި ފިތްތަކެއް ނަގަން ފެށީމަ އެޗްޕީއޭ ހޮޓްލައިނަށް ގުޅައިފައި އެވާހަކަ ބުނިން. ބުނީ މެޑިކަލް ޓީމަށް އަންގައިފީމޯ. މެޑިކަލް ޓީމުގެ ޚަބަރެއް އަދި ނުވޭ. 5 ދުވަސް ވީ މިހާރު.

  13
 45. ާައުތުރު.

  ތިއޮތީ އެޗްޕީ އޭ އައް ރީތިނަން ހޯދައިދެވިފާ. ޢާއިލާ އައް ހުރިހާ ދެރައެއް.މިފެންވަރުގެ މީހުން މިތިބެނީ ތަން ތަން ހިންގަން ހަވާލުވެ.

  12
  2
 46. އަބްސީ

  އައްުިތުންނަށް ދޮގުހަދަން މަޖުބޫރު ނުކުރެވޭނެ، ހުސްދޮގު އެކުދިންވެސް އެހަދަނީ، އެފަދަ މަޖުބޫރުކަމެއް ވާނަމަ ވަޒީފާ ދޫކޮށްފަ ދާންވީ، ﷲ (ސވ) އަށް ވުރެ ވެރިންދެކެ ބިރުގަންނަން ޖެހޭތަ، މުޅިސަރުކާރުގަ ބޮޑުން ފެށިގެން ކުދިއެންމެން ހަދަނީ ދޮގާއި މަކަރު

  14
  1
 47. ގައުމުގެ ދޫ

  ކޯލްސެންޓަރުގެ އިންތިޒާމުތަށް ވަރަށް ދައް. ކޯލެއްކުރާ ކޮންމެ ފަހަރަކު ބަލިމީހާގެ ހުރިހާ ވަނަވަރެއް އަލިފުން ޔާއަށް ކިޔައިދޭންޖެހޭ ތަކުރާރުކޮށް. ގައިމު ސޮފްޓުވެއަރ ގަނޑަކުން މައުލޫމާތު މެނޭޖުކުރަން އެނގޭހާ ދުވަސް ނުވޭތަ؟ ކަންކަން ރަނގަޅު ކުރެވޭނީ ކަންކަން ރަނގަޅުކުރުމުގެ ނިޔަތް އޮތް ބަޔަކު ކަންކަމާ ހަވާލުވެގެން. އެހެންނޫނީ ޖެހޭނީ "ފަރުދީޒިންމާ އަދާކޮށްގެން" ފަރުޖައްސާލަން. ކޮވިޑު ފެސިލިޓީއެއް ހެދީ އަމާބުނީމާ ފަރަށްދާ ވައްތަރަށް. ފާހާނާތަކުން ލީކުވަނީ، ބަލިމީހުންނަށް ކާއެތިކޮޅެއް ދެވެނީކީ ނޫން، އަޅައެއް ލެވެނީކީ ނޫން. ދެންނުވާވަރުން ކަންކަން ނުކުރީމާ މާރަނގަޅުވާނެ. ގައިމު ބަލިމީހާ ހިންހަމަޖެހިގެން ފަހުނޭވާ ލާނެތާ އެކަނިވެރިކަމާ މާޔޫސްކަމެއްނެތި. ސަރުކާރު ބޮޑުތަނުން ފެއިލްވެއްޖެ ކަމަށް ގަބޫލުކުރަންޖެހޭ.

  12
 48. ޓިކުޓޮކް ހުސައިން

  އެޗްޕީއޭ އަކީ މިހާރުން މިހާރަށްވެސް އުވާލަން ޖެހޭތަނެއް.ވާއެއް ނުވާއެއްނޭގޭ.ތިަނަދޫ އަކީވެސް ކާފިޔު އިއުލާންކޮށް މޮނިޓަރިންގަ އޮތް ރަށެއް.ކެފޭ ރެސްޓައުރަންޓް ވެސް ބަންދު.އެކަމަކު ކައުންސިލްގެ ރައީސް ކުދިންކޮޅެއް ގޮވައިގެން ގޮސް ރެސްޓޯރަންޓްގަ ކޮފީ ބޯން.އަޗާ ތަޅަން.ސަރުކާރުގެ އިސްމަގާމުތަކުގަ ތިބި މީހުން ރެސްޓޯރަންޓް ތަކުގަ އައިސް ކުރީމް ބޯން.ފެންނަ ބަޔަކު ނެތް.ފިޔަވަޅު އަޅާނެ މީހަކު ނެތް.އެކަމަކު އަހަރުމެން ވަޒީފާއަށް ނުދެވިފަ ރަށުބަންދުގަ.

  12
  1
 49. ޜަންނަމާރި

  ބަލަގަ މިއީ މިހާރު އިންޑިއާގެ ސްޓޭޓެއް އެހެންވީމަ ކޮންމެ ކަމެއްވެސް ހިނގާނީ އިންޑިއާގެ ސްޓައިލަށް މިމީހުން އިސްތިއުފާއެއް ނުދޭނެ ޤަވްމު މިއޮތީވިއްކާލާފަ!!!!!!ދެން ބުނެލަން އޮތީ ވަކި އެޗްޕީއޭ އެކަންޏެއް ނޫން ސަރުކާރުގެ ކޮންމެ އޮފީހަކަށް ގުޅޅިއަސް ހާލަތަކީ މިއީ މިހާރުގެ މުއައްޒަފުންގެ އުސޫލަކީ ވަޒީފާ އަދާކުރަންޖެހޭ ރަސްމީ8ގަޑިއިރުތެރޭން އަސްލު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭނީ 1ގަޑިއިރު ގިނައިން ތިބޭނީ ޗެޓިންގަ ނޫނީ ޕަބްޖީ ކުޅެން ނުވަތަ ކޮންމެވެސް ވީޑިއޯއެއް ބަލަން މިއީހަގީގަތް އެހެންވީމަ ތެދުބަހުން ވާހަކައެއް ނުދެއްކޭނެދޯ މިއޯގާތެރި ސަރުކާރު ކިތަންމެ ވަރަކަށް ރައްޔިތުން އިސްތިއުފާއަށް ގޮވިއަކަސް މިމީހުން އިސްތިއުފާ ނުދޭނެ ފެއިލްނުވާ ހިސާބެއް ނެތް ރައްޔިތުންދެކެ މިހާއޯގާތެރި ބައެއްނަމަ މިހާރު އިސްތިއުފާދޭންވެއްޖެދޯ ކިތަންމެވަރަކަށް ތިމަންމެން ފެއިލްނުވެއޭ މިމިހުން ބުންޏަސް ބަޔަކު ކަމެއްގަ ފެއިލްވާނީ ދެންމިހާވަރަކަށްހެން މަށަށް ވިސްނެނީ!!!!!!!!!!!!!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  13
 50. ތަމަޅަ

  ކޯލުސެންޓަރޭ ކިޔައި ނަސީމާ މަބުރޫކު ނޭނގެއޭ ބުނުމަކުން ނުފުދެއި ރައްޔިތުންގެ ފައިސާއިން ބޮޑުއެއްޗެއްދީ ދުވާލަކަށް ނައިބެއްލައިގެން ކޮމެޓީހަދައިގެން ވާކަމެއްހަރާން ހަދަނީހުސްދޮގު

  15
  1
 51. ޙހހހ

  މަތިން އަންނަ އޯޑަރަށްތޯ ކިޔަމަންވާންވީ ، ނޫނީ ﷲ އަށްތޯ ބިރުވެތިވާންވީ

  16
 52. ޯައިބުރާހިމް

  ނަސީމު އޭ ކިޔާ ގޮލާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  10
 53. ށަރާފާ

  ޢިމަޖުންސީ ކޯލްތައް ނަންބަރް ނަގާފަ ޕާސް ކުރަންޖެހެނީ ވަގުތުން ސުޕަވައިޒަރަށް އެކަމަކު ތިބޭނީ ހަމަ އަޅާވެސް ނުލާކަމަށް ވޭ. ޢެއްދުވަހު އެކަކު ކިތަންމެ ފަހަރަކު ގުޅިޔަސް އެވާހަކަ ސުޕަވައިޒަރަށް ދެންނެވިޔަސް އެކަން ކުރަން ތިބޭ މީހުން އެކަން ނުކުރާތީ މައްސަލައަކީ. ކޯލްތައް ނަގާފަ ކިތަންމެވަރަކަށް ލޮގް ކުރިޔަސް އެކަމަށް އެޓެންޑް ނުކުރޭ

 54. ލީލާ

  މަރުގެ ވަގުތު ޖެހުމާއެކު އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ! މިންވަރަށް އީމާން ވާން ދަސްކުރަންވެއްޖެ! ޢަދިވެސް މީހުންގެ މެދުގަ ފިތުނަ އުފެއްދޭތޯ ދޯ ތި މަސައްކަތް ކުރަނީ!

 55. އަހްމަދު

  ކޯލް ސެންޓަރުގެ ތިބި މޭނޭގަރުން އެންމެން ވަކިކޮށް އެމީހުންނަށް ޙައްދު އަދަބުދޭންވީ! އެމީހުން ކާރިން އަހާބަލަ ކޯލްބެކް ކިތައްކޯލް ރިކުއެސްޓް އެމީހުންގެ މޭޒްމަތީގައި ވޭތޯ! ކިތައްމީހުންނަށްތޯ އެމީހުންނަށް ގުޅުނީ!!!

 56. މަޒް

  ތަނުން ކެނޑެންޖެހޭ ތިވަރުގެ ބޮޑުކަމެއް ވެފައި އޮތް އިރު ތިބޭފުޅާވެސް ހައްޕުކިޔާގެން ހުރުން އެއީވެސް އިހުމާލެއް.. ތި ބޮޑު ނުބައިކަން މީހުންގެ ސަމާލުކަމަށް ގެނެސްފައި އޮތްނަމަ އެ ތުއްތު ކުއްޖާ ސަލާމަތްވުމުގެ ފުރުސަތު އޮންނާނެހެން ހީވަނީ.. ގިނަ ފަހަރު ދޮގު ހަދަން ބުނީމާ ދޮގު ހަދާނެ.. އެހެން ނުބައިކަމެއް ކުރަން ބުނީމާވެސް އެކަމެއް ކޮއްފައި އޮންނާނީ.

 57. ވަރައްދެރަ

  މިކަމުގަ އެޗްޕީއޭގެ އިހުމާލު އެކަންޔެއެއްނޫން އޮތީ، އެއައްވުރެ މާ މުހިންމު ކަމެއް އެބައޮތް.
  މައްސަލައަކީ، އަދިވެސް ބޯހަމަނުޖެހޭ ދިވެހިން މަގުމަތީ ސިނގިރޭޓު ބޮއެ ދުންބުރުވަ، ހޮޓާ ތަކައް ގޮސް އަދިވެސް ގަދަޔައް މާސްކު ނާޅާ ކޮފީ ބޮއެ، މާސްކުނާޅާ، ބޭރުމަގުން ކޮވިޑު ބުރުވަމުން ދުވާތީވެ. ކީއްވެ މިވާހަކަ އެއްވެސް މީހަކު ނުދައްކަނީ ؟
  ރާއްޖެއައް ވެކްސިން ލިބުނީ އެހެން ގަމުތަކައް ވުރެ ނަސީބު ވަރުގަދަކަމުން. އެންމެން ފުރަތަމަ ދޯޒް ޖެހިގޮތައް، ރެގުއުލޭޓު ކުރުމުގެ ބަދަލުގައި އެއްކޮއް ސުކޫލު ތަކާ ތަންތަން ހުޅޫވާލީ ބޯބުރާންތި ވެގެން، އެންމެން އުފާ ކޮއްދޭން. މީގެ ކުރިން ކެއްތެރި ނުވެ އަވަހައް ހުޅުވީމަ މިއަދު މިއޮތީ ކޮވިޑުއައިސް ބުރީގަ ދައިގަންފަ.
  އެޗްޕީއޭ އޮތީ ކެޕޭސިޓީ ފުރިގެން ބަންޑުން ޖެހިފަކަން މާކުރިން ސުރެވެސް އެންމެނައް ވެސް އިނގޭ. ދެންވެސް ކުރަންވިކަމަކީ، ހޭބޯނާރަ ކޮވިޑު ފަތުރަން އުޅޭމީހުން ގަދަޔަށް ޖޫރިމަނާ ކޮއް ހޭއަރަން ދެން ފެލާލަންވި. އެކަހަލަ މީހުންގެ ސުންޕާކަމުން މިކަހަލަ ނުލާހިކު ހިތާމަވެރި ހާދިސާތަކާ މިގައުމުގެ އެތައް އާއިލާ އަކުން ކުރިމަތިލާންޖެހެނީ.
  މިޝްކާއައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި.

 58. ރިމް

  މީ ވަރަށް ދޮގުހަދާ މީހުން އުޅޭ ތަނެއް އަހަރެން އާޖެންޓު ކޮށް އެހެން ރަށަކައް ޑޮކުޓަރައް ދާން ވެސް ހުއްދަ ނުދިން ގުޅާއުރަށް ބުނާނެ މިއަންގާލަ ދެނިއްޔޭ އާޖެންޓޭ މިހާރު މަހެއް ވީ ކޮބާ އާޖެންޓު މިމީހުން އާޖެންޓު ވަނީ މަރުވީމަތަ..ދެން ކަމެއްވިޔަސް ޒިންމާ ނެގުމު ބަދަލު އެހެންމީހުން ބޮލަށް ޖަހާނީ.މިހާރުވެސް މިމީހުން ގޯސްކުރާނީ އެ އާއިލާ މަރުވި ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި..ހެޔޮނުވާނެ ޒިންމާދާރުވެބަލަ ނޫނީ އިސްތިއުފާދީފަ ގެޔަ ދޭބަލަ ތިމީހުންގެ އިހުމާލުގެ ސަބަބުން ކުށެއްނެއި އެތަށް ބަޔަކަށް އަނިޔާ ވަމުން ދާކަން ވިސްނަބަލަ