މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ނިޔާވި ފާތުމަތު މިޝްކާ މުހައްމަދު 10، އަކީ ދެމަފިރިއެއްގެ ޒަވާޖީ ހަޔާތަށް ފޮޅުނު އެންމެ ފުރަމަތަ މަލެވެ. އެތައް ހުވަފެންތަކެއް މިޝްކާއާ މެދުގައި ދެކުނެވެ. އެތައް އުންމީދެއް ކުރެވުނެވެ. އެތައް ރެއެއްގެ ނިދި ގުރުބާން ކުރެވުނެވެ. އެ "މާ" ދުވަހަކު ވެސް މޯޅި ނުވާ ވަރަށް ލޯބި ދެވުނެވެ. އެއީ އެ ދެމަފިރިންގެ ހިތުގެ ފިނިކަމާއި ހިތްހަމަޖެހުމެވެ. އެ އާއިލާގެ އުފާވެރިކަމެވެ.
މީހެއްގެ އިހުމާލުން ތިމާގެ ލޮލުގެ ނޫރު ގެއްލިގެން ދިއުމަށް އެކަކު ވެސް ނޭދޭނެއެވެ. ތިމާގެ އަމިއްލަ ފުރާނަ ގުރުބާން ކުރުމަށްފަހު ވެސް އަމިއްލަ ދަރިފުޅު ސަލާމަތް ކުރެވޭތޯ ކޮންމެ މަޔަކުވެސް އަދި ބަފަޔަކު ވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް އެ ދެ ލޮލުގެ ނޫރު މި ފަސްގަނޑާ އަލްވަދާއު ކިޔަން ޖެހުން ވެގެން ދިޔައީ އެ ދެ މައިންގެ ލޮލުގެ ތެތް ކަން ދުވަހަކު ވެސް ފިލައިގެން ނުދާނެ ހިތްދަތި ކަމަކަށެވެ.
މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާއެވެ. އަދި ރާއްޖެ އިން ނިޔާވި ފުރަތަމަ ކުޑަ ކުއްޖާ ވެސްމެއެވެ. މިޝްކާގެ މަރާ އެކު، އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ގޯސްކަން ކޮންމެ މީހަކަށް ހެން ގަބޫލު ކުރެވުނެވެ.
އެއީ މީގެ ދެ ހަފްތާ ކުރިއެވެ. ހުން ވައްތަރުވެފައި ހުރުމުން މިޝްކާ ޑޮކްޓަރަށް ދައްކާ ކޮވިޑަށް ޓެސްޓު ކުރިއެވެ. އޭނާގެ ނަތީޖާ ކޮވިޑަށް ނައްސިވުމުން އެންޓިބަޔޮޓިކެއް ބޭނުން ކުރުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. އެ ބޭސް ބޭނުން ކުރަން ފެށުމުން އޭނާގެ ހާލު އިސާހިތަކު ރަނގަޅުވިއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މިޝްކާގެ މަންމަ ކޮވިޑަށް ފައްސިވިއެވެ. އެއާއެކު މިޝްކާ އާއި ބައްޕަ ސެނަހެޔާ އަށް ގޮސް ކޮވިޑަށް ޓެސްޓު ކުރިއެވެ. އެއީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ޓެސްޓު ކުރަން ގޮސް ލޭގެ ސާމްޕަލެއް ނެގުމަށް އެދުމުން ސެނަހިޔާގެ ޑޮކްޓަރު ވިދާޅުވީ ބައްޔަށް ފައްސިވެއްޖެ ނަމަ ލޭގެ ސުންކެއް ވެސް ނަގާނެ ކަމަށެވެ. އެގޮތަށް މިޝްކާގެ ބައްޕަ އެދުނީ މީގެ ކުރިން ލޭގައި އިންފެކްޝަން އުފެދިފައި ހުރުމުންނެވެ.
"އެ ހުންގަނޑު ރޭގަނޑުވި އިރު ވެސް މައިތިރި ނުވި. ގަޑިން 8:30 ވެފައި ވަނިކޮށް މިޝްކާ ނޭވާ ހިއްލަން ފަށާ ހާލު ސީރިއަސްވާން ފެށީ. ނޭވާލާން ދަތިވީ. އެކަން މިޝްކާގެ ބައްޕަ ދިޔައީ އާއިލާގެ އެހެން މެމްބަރުން ތިބޭ ގްރޫޕެއްގައި ހިއްސާ ކުރަމުން،" އެމީހާ ކިޔައި ދިނެވެ.
މިޝްކާއަށް ވަމުން ދިޔަ ގޮތް ބަލަން ހުރި އެ ބައްޕަ ހާސްވާން ފެށިއެވެ. އެއް ފަހަރު މިޝްކާއަށް އަނެއް ފަހަރު އަންހެނުންނާއި ދިމައަށް ބަލަމުން ދިޔައިރު މިޝްކާ ބައްޕަ ހުރީ ނުތަނަސްކަމެއްގެ ތެރޭގައެވެ. ހަޔާތުގައި "މުނިޔާ" އާއި، "ކޮކާ" އަތުން ބީވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެ ހާސްކަން އިތުރުވީ މިޝްކާ ފުން ނޭވާތަކެއް ލާން ފެށުމުންނެވެ. އެ ކުއްޖާގެ ހުން އޭރު ވެސް އެހާ ގަދައެވެ.
އެޗްޕީއޭއަށް ގުޅި ނަމަވެސް އެ އިދާރާގެ ހަބަރެއް ނުވެއެވެ. އެ ހާލަތު އެ ނިކަމެތި އާއިލާ ދޫކޮށްލާފައިވާ ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް އެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ފޯނު ނަގާ އެޗްޕީއޭގެ ހޮޓްލައިންއަށް ގުޅާފައި ދަރިފުޅުގެ ހާލު ކިޔައި ދިނެވެ. ނޭވާ ލާން ދަތިވެގެން އުޅޭ ވާހަކަ ބުނެ، އެ ގެއަށް އެމްބިއުލާންސްއެއް ފޮނުވާ ދިނުމަށް އެދުނުވެ.
"އަޅުގަނޑުމެންގެ ޓީމާއި ތި ވާހަކަ ޝެއާ އެބަ ކޮށްލަން" މިހެން ބުނެފައި 1617 ހޮޓްލައިންއަށް ޖަވާބުދާރީވި މީހާ ފޯނު ބޭއްވިއެވެ.
ހާޔާތުގެ ނޫރު ފަދައިން ދެކެމުން އައި ދަރިފުޅަށް ވަމުންދާ އުނދަގޫތައް ބަލަން ހުންނަން އެ ބައްޕައަކަށް މާ ގިނައިރަކު ނުހުރެވުނު އަނެއްކާވެސް އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅައިފިއެވެ. "އަޑުގަނޑުމެންގެ ޓީމާއި ތި ވާހަކަ ހިއްސާކޮށްފައި ވާނީ. އެމްބިއުލާންސް އެބަ ފޮނުވަން. އޮން ދަވޭ" ކޯލް ސެންޓަރުން މިފަހަރު ޖަވާބު ދިން ކުއްޖާ ބުނީ އެގޮތަށް ކަމަށް އާއިލާގެ އެ މެމްބަރު ކިޔައި ދިނެވެ.
އެމްބިއުލާންސް އަންނަ ވާޙަކަ ބުނުމުން އެ ބައްޕަގެ އުންމީދު އާވަގެން ދިޔައެވެ. ނަމަވެސް އެ އުންމީދު ފަނޑުވެގެން ދިޔައީ އެމްބިއުލާންސްގެ ހިލަމެއް ނުވުމުންނެވެ. އެ ސައިރިންގެ އަޑު ނީވުމުންނެވެ. އެހިސާބުން ޓެކްސީއެއްގައިވެސް ހޮސްޕިޓަލަށް ދާން ހިތަށް އެރިއެވެ. ނަމަވެސް އެޗްޕީއޭގެ ގަވާއިދުތަކަށް އިހްތިރާމްކޮށް އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އަނެއްކާވެސް އެޗްޕީއޭއަށް ގުޅިއެވެ. އެ ފަހަރުވެސް ބުނީ އެމްބިއުލާންސް އެބަ ދާ ކަމަށެވެ. އޭގެފަހުންވެސް އެތައް ފަހަރަކު ގުޅުމުންވެސް ދިނީ އެއް ޖަވާބެކެވެ.
އެމްބިއުލާންސް އައުން ލަސްވާތީ އޭނާ އައިޖީއެމްއެޗްއަށް ގުޅާ އެ ހޮސްޕިޓަލްގެ އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް ކޮވިޑަށް ފައްސި މީހުން އެ އުޅަނދުގައި އުފުލޭނީ އެޗްޕީއޭގެ ހުއްދައާއެކު ކަމަށް އެ ހޮސްޕިޓަލުން ބުނިކަމަށް ވެއެވެ. މިހެން އެކި މީހުންނަށް ގުޅަ ގުޅާ ހުއްޓާ ގަޑިން 11 ޖަހައިފިއެވެ. ގަޑީގެ ކަށި ހިނގާވަރަކަށް އެ ހިތުގެ ވިންދުވެސް ދިޔައީ އަވަސްވަމުންނެވެ. ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދާއިރުވެސް އެ ދެމަފިރިން ދިޔައީ މިޝްކާގެ ގައިގައި ފިރުމާ ހަނދަމުންނެވެ. މިޝްކާގެ ގައިގައި އަޅަމުން ދިޔަ ވޭން އެ ދެމަފިރިން އުފުލަން ބޭނުންވާ ފަދައިންނެވެ.
ކުއްލިއަކަށް އެހެން ހުއްޓާ އާއިލާގެ ކުއްޖަކު އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާކަން އެނގުމާއެކު އޭނާއަށް ގުޅިއެވެ. އޭރު އޭނާ ތައްޔާރުވަމުން ދިޔައީ ދަންވަރު ޑިއުޓީއަށް ނުކުތުމަށެވެ.
މިޝްކާގެ ހާލު ސީރިއަސްވިކަމުގެ ހަބަރު ލިބުމާއެކު ހޮސްޕިޓަލަށް ވަދެ، ފިންގާ ޖެހުމަށްފަހު އެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އެގެއަށް ދެވުނު އިރު 11:30 ވެއްޖެއެވެ. އެގެއަށް ވަތްއިރު މިޝްކާގެ މައިންބަފައިންގެ މޫނުމައްޗައް ވެރިވެފައިވާ ކުލަވަރު ފެނިފައި ރޮވުނުއެވެ. އޭރު ސޯފާމަތީ އޮތް މިޝްކާގެ ނޭފަތުންނާއި އަނގައިން ލޭއަންނަމުން ދިޔައެވެ. މިޝްކާގެ ވިންދު ހުރިތޯ ބެލިއެވެ. ވިންދު ހުރިތޯ ބެލުމަށް އިނގިލި ޖައްސާލުމަށްފަހު އެ ދެމަފިރުންނާއި ދިމާއަށް އޭނާއަށް ބަލާލެވުނީ އުންމީދެއް ނެތް ފަދައިންނެވެ. އައިސްފައި ހުރި ރުޅިން އެޗްޕީއޭއަށް ގުޅާފައި މިޝްކާގެ ވިންދު ނެތް ވާހަކަ އަސަރާއެކު ބުނެ ފޯނު ކަނޑާލިއެވެ. ސީޕީއާރުދޭން ތައްޔާރުވި އިރަށް އެމްބިއުލާންސްގެ ސައިރެންގެ އަޑާއެކު މުޅި އެ ގޯޅި އެއްކުލަވިއެވެ. ވަގުތުން އެމްބިއުލާންސްއަށް މިޝްކާ އެރުވިއެވެ.
ހީކުރި ގޮތާ ހިލާފަށް އެ އެމްބިއުލާންސްގައި ވަސީލަތްތައް ނެތުމުން އަވަސް ފަރުވާ މިޝްކާއަށް ދެވޭ ގޮތެއް ނުވި ކަމަށް އެމީހާ ބުންޏެވެ. ބާރު ސްޕީގައި އެމްބިއުލާންސް ގޮސް ހުއްޓުނީ އައިޖީއެމްޗް ހޮސްޕިޓަލް ކުރިމައްޗަށެވެ. ދިޔަ ގޮތަށް އައިސީޔޫއަށް ވެއްދުމަށްފަހު މިޝްކާއަށް ސީޕީއާރު ދޭން ފެށީ އެ ހިސާބުން ކަމަށް ވެސް އަސަރާއެކު އެމީހާ ކިޔައި ދިނެވެ.
ސީޕީއާރު ދެމުން ދަނިކޮށް ވިންދެއް ޖެހި މަންޒަރު މޮނީޓަރުން ފެނުނެވެ. އެ ވިންދު "އިންކިއުބޭޓް" ކުރުމަށް ސިއްހީ މާހިރުން މަސައްކަތް ކުރިއެވެ. އަދި މިޝްކާ ވެންޓިލޭޓަރަށް ލިއެވެ. ނަމަވެސް ވެންޓިލޭޓަރުގައި ފުލްކޮށް އޮކްސިޖަން ދީގެންވެސް އޮކްސިޖެން ލެވެލް 70 އިންސައްތައަކުން މައްޗަކަށް ނޭރިއެވެ. ހުރެ ހުރެފައި 40 އިންސައްތައަށްވެސް ބައެއް ފަހަރު ވެއްޓެއެވެ. ޑޮކްޓަރުންނަށް ފާހަގަވެގެން ދިޔައީ "އިންޓާނަލް ބްލީޑްސް" ހުރިކަމެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަޑުމަޑުން އޮކްސިޖަލް ލެވެލް ދަށްވަމުން ގޮސް ޖެހިގެން އައި ދުވަހުގެ ރޭ މެންދަމު 12:10 ގައި މިޝްކާ ދުނިޔެއާ އަލްވަދާއު ކިއެވެ.
އެ ދެމަފިރިންގެ ހަޔާތަށް ބަހާރު މޫސުމް ކުލަވަރު ގެނެސްދިން "މާ" މޯޅިވެ، ހަރީފުގެ ހިތްދަތިކަން އާއިލާއަށް ގެނުވިއެވެ. ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމްކޮށް، އެކަށަ އެޅިފައިވާ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް މަސައްކަތް ކުރުމުން ލިބުނު ގެއްލުމާއި "ޒަހަމަކީ" ދުވަހަކުވެސް އެ ދެމަފިރިންގެ ހިތުން ފުހެނުލެވޭނެ ކަމެކެވެ.
މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމުގައިވީ ނަމަވެސް އާއިލާއިން ގަބޫލު ކުރަނީ މިޝްކާއަށް އަވަސް ފަރުވާ ދެވުން ނަމަ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށެވެ. މި ހާދިސާގައި ސަރުކާރުން އިހުމާލުވެފައިވާ އިރު، ސިއްހަތާއި ބެހޭ ވަޒީރު ވަނީ އާއިލާގެ ކިބައިން މާފަށް އެދި މިހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވައުދުވެފައެވެ. އަދި މިކަމުގައި ސިއްހީ ދާއިރާގެ އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެއްބަސްވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާވެސް އާއިލާއަށް ތައުޒިއްޔާ ވިދާޅުވެފައިވާ އިރު މި އިހުމާލުން އެ ދެމަފިރިންނަށް ލިބުނު މާޔޫސްކަމާއި ހިތާމައަކީ ލޯތަކުން ކަރުނަ ފުހެވުނު ނަމަވެސް އެ ހިތް އަބަދުވެ ރޯނެ ހިތްދަތި ކަމެކެވެ.
ކޮވިޑް ޕޮޒިވް ވީމާ ގޭގައި އެންމެން ބަންދު ކުރަނީ. އެޗްޕީއޭ އާ ގުޅައިގެން ކަމެއް ވަނީކީ ނުން، އެންމެން ގޭބަންދުގައި ތިބުމުގެ ސަބަބުން ނަގައިގަނެގެން ހޮސްޕިޓަލް އަކަށް ގެންދެވެނީކީ ނުން، މަގުން ފުލުހުން ހުއްޓުވާ ޖުރިމަނާ ކުރަނީ. ކައިރި ހޮސްޕިޓަލް އަކަށް ގެންދިއަސް ކޮވިޑް ވެއްޖެއްޔާ ފަރުވާ އެއްދެނީކީ ނޫން. މިގައިމު މިހާރު މިއީ ވަރަށް ބޮޑު ފައިލްދް ސްޓޭޓެއް.
މިޝްކާގެ ފުނާރައަށް ސުވަރުގޭގެ ނިއު މަތް މިންވަރު ކުރައްވާށި، އާ މީން. އިޙް މާލު ވާފަރާތަށް ހޯދައި ފިޔަވަޅުން މުހިއް މު. އެކަ މަކު ޖަލު ހުކު މް އަންނަވަރުކޮށް އެކުދިންގެ ކެރިޔަރ ދުއްވާލާކަށް ތާއީދެއް ނޫން.. 39 ޑިގްރީގައި ހުންހުރީ މައި ޕެނަޑޯލް ގުޅައެއްދީ ހުންތިރިކުރަން ފެންފޮތިލައި ހެދިތޯ.. އެހާގިނައިރު މަޑުނުކޮށް ކިރިޔާވެސް ދެވޭވަރު މީހަކު ހުރިނަ މަ ސައިކަލެއްގައި ނުވަތަ ޓެކްސީއެއްގައި އެން މެ ކައިރި ސިއްޙީ
ޙިދު މަތްދޭ ތަނަކަށް ދާން މަސައްކަތް ނުކުރީ ކީއްވެތޯ..؟ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓަސް ދަރިފުޅުގެ ހައްގުގައި އަންގަންޖެހޭ ފަރާތްތަކަށް އެންގު މަށްފަހު ނުކު މެގެން ދުއްވައިގަތް ނުގަތީ ކީއްވެބާ.. ވަރަށް ދެރަވެއްޖެ...
ފަރުވާކުޑަކަމުގެ ނަމޫނާ.
ދެމަފިރިންނާ ކުޑަދަރިއަކު އެފަދަ ބަލި ޙާލަތެއްގައި ވީއިރު، އެމީހުން ދިޔައީ ވަމުންދާގޮތް ޢާއިލީ ވައިބަރ ގްރޫޕްގައި ޚިއްޞާ ކުރަމުންނެވެ. އެކަމަކު އެމީހުނަށް އެހީވާން ނުދިޔައީ ކޮވިޑް ޕޮޒިޓިވް ވެފައި ތިބީމަ ކަމަށް އެބަ ހާމަވެއެވެ! ތީއީ ހާދަ ރަޙުމް ކުޑަ ބައެކެވެ! މަށަކީ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް މީހަކީމެވެ. ތިފަދަ ޙާލަތެއްގައި މިމާލޭގައި ބަޔަކު އެހީ ބޭނުންވެފައި ތިބިކަން ނޭނގުނީތީ ދެރަވެ ހިތާމަ ކުރަމެވެ! އެކުއްޖާފުޅު އުރާލައިގެން ހޮސްޕިޓަލަށް ދާންވެސް ޖެހިލުމެއް ނުވާނަމެވެ!ތެދެކެވެ! ބަލިން ރައްކާތެރިވާން ޖެހޭނެ އެވެ. ހަމައެއާއިއެކު، ބަލި މީހުންނަށް އެހީވާން ތިބޭނީ އެވަގުތު ސަލާމަތުން ތިބި ބައެއްނޫން ހެއްޔެވެ! އެމްބިއުލާންސާ މަތިކޮށް، ތިގޮތަށް ވާނެ އެއްޗެއްވާން ދޫކޮށްލަން ހެޔޮނުވާނެއެވެ! އެހެން ބައެއްގެ ވާހަކަ ދެއްކެން ކަލޭމެންނަށް އެބައޮތް ހެއްޔެވެ؟
ބުނަންތޯ ވާހަކަައެއް އެ ވަގުތު މަގުމައްޗަށް ނުކުތަސް ސިފައިން ހުއްޓުވާކަން ނޭންގެނީތޯ
ހުއްޓުވިޔަސް ނިކުއްކަން އަމިއްލަ ނަފްސަށް އެނގޭނެ. ޢެހާލަތުގައި ޕެޓްރޯލް ފުލުހުންވެސް އެހީވާނެ. އޭޑީކޭ ރެޑްކްރެސެންޓް އެމްބިއުލެންސަށްވސް ގުޅިނަމަ. ހުސް ފަރުވާކުޑަކަން ހުރިހާ ދިމާލަކުން. ޖޫރިމާނާކުރިޔަސް ޖަލަށްލިޔަސް އެއީ ދަރީގެ ފުރާނައަށްޓަކާކަން އެނގޭނެތާ
ސިފައިން ހުއްޓުވިނަމަ މާއަވަހަށްވެސް ހޮސްޕިޓަލަށް ނޫނީ ދޫނިދޫ ގޮޅިއަކަށް ނަމަވެސް ގެންދާނެ ދޯ އެމްބިއުލާންސް އަންނަންދެން ނުހުރެ.
އެވަރު ބަޔަކު ނޫޅޭނެ
ހުމާ ފިހިފައި އޮތް ކުޑަ ކުއްޖަކު އަތްދަނޑި މައްޗަށް ލައިގެން މަގުމަތީގައި ދުވެފައި ދިޔަޔަސް ހިއެއް ނުވޭ އެއްވެސް އިންސާނަކު ހުއްޓުވާނެ ހެންނެއް. ސޯޝަލް މީޑިއާގައި ދިވެހިން ވާހަކަ ދައްކާ ގޮތަށް ބަލާފަ އަޅުގަނޑަށް ހީވަނީ މިފަދަ ހާލަތެއްގައި އެހީގެ އަތެއްހެން ފޯރުކޮށްދޭނީ.
މަވެސް ހަ މަ ހިތަށް އަރަނީ މިހެން...
މިޝްކާގެ މަޢުސޫ މް ފުރާނައަށް ސުވަރުގޭގެ ދާއި މީ ނިޢު މަތް މިންވަރު ކުރަށްވައި މިޝްކާގެ މަން މަ އާއި ބައްޕަ އަށް އަދި ޢާއިލާ އަށް ކެތްތެރިކަން ދެއްވާ ށެވެ. އާ މީން
ޢެޗް ޕީ އޭގެ އިހުމާލްގެ ވާހަކަ ތަކުރާރުކޮށް މިނޫހުގައި ޝެއަރ ކުރަމުން ދިޔަ އެކަމަކު އެ ބަލާ އެކަން ކަން ރަގަޅު ކުރާނެ ބަޔަކު ހެލްތް މިނިސް ޓްރީގައި ނެތީމަތާ މިކަހަލަ ހާދިސާ ތައް ތަކުރާރުވަނީ! ޢަދިވެސް ހަމަ ތިބީ އެއްބަޔަކު! ދެން ހިގާނީ ކޮންފަދަ ކަމެއްބާ! ޙުރިހާކަމެއްވެސް ހުރީ މިގޮތަށް ! ޙުރިހާ އިދާރާ އެއް މިހިސާބަށްދާއިރު ކޮބައިތޯ ރައްޔިތުންގެ މަންދޫބުން!
ތިކުއްޖާގެ މައިންބަފައިންނަކީ މަ ނަމަ ހެލްތު މިނިސްޓަރު ވެސް އަދި ރައީސްގެ ވެސް ފޯނަކަށް ޖަވާބެއް ނުދޭނަނަން. އެފަދަ ޒިންމާ ނަގަން ތިބި މީހުންގެ ހިންގުންތެރިކަން ނެތުމުގެ ސަބަބުން މިހެން ދިމާވީ. ސަރުކާރުގެ އަވަށް ޚިދުމަތް ލިބެނީ ރޯޔަލް ފެމިލީއަށް ސިޔާސީ ބޮޑުންގެ އާއިލާތަކަށް.
މި މައުސޫމު ކުއްޖާގެ މަރުގެ ޒިއްމާ ނަގަންޖެހޭނެ އެޗް.ޕީ.އޭއިން ފުރިހަމަޔަށް. މަޢާފަކުން ނުފުދޭނެ. ދިސް އިސް ސްޓޭޓް ސްޕޮންސާރޑް މާރޑަރ. މިހެން މި ބުނީ ސަބަބެއް އޮވެގެން. ރާއްޖޭގެ ހޮސްޕިޓަލް ތަކާއި އިދާރާތަށް އެޗް.ޕީ.އޭގެ ދެއުޅި ހަމަނުވާ ގަވާޢިދުތަކަށް ތަބާވެ، މި ހާލަތުގައިވެސް ދޮގުހަދައި ފުރިހަމައަށް އެހީތެރިވެވޭނެ ވަސީލަތް ހުރެ، މިކުއްޖާއަށް އަޅައި ނުލާ ވާންހުރިއެއްޗެއް ވާން، "މަރައިލާން" ދޫކޮއްލީ. މީހަމަ ސީދާ މީހަކު މަރައިލުން. ކޮބައިތޯ ދިވެހިރައްޔިތުން؟ މި ގަވާއިތުތަށް އިސްލާހުކުރުމަށާއި، ރާއްޖޭގެ ކަންކަން ހަމަ މަގައެޅުމަށް ވީ ވަރަކުން ސޯސަލް މީޑިއާގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރަން.
ކިތަންމެ ވަރަކަށް ލިޔުނަސް ތިކަމަށް ނެތް ކުރާނެކަމެއް.
ހިތާމަހުރި މިގައުމުގެ ސިއްޚީ ނިޒާމުގެ ބަލިކަަށިކަން ސަރުކާރުން ގަބޫލުކުރާކަށް ބޭނުމެއް ނުވޭ ސަރުކާރުގެ އިސްވެރިންގެ އާއިލާ ތަކަށާއި އެމީހުންނަށް އަގުބޮޑު ފަރުވާ ލިބެން ހުރޭ އެހެންވީމަ ނިކަމެތި ރައްޔިތުމީހާގެ އިހުސާސް އެމީހުންނަކަށް ނުކުރެވޭނެ
ކިތަންމެ މޮޅުކޮއްވެސް އެއްޗެއް ލިޔެލެވިދާނެ. އެކަމްތީ ހަމަ ތި އާއިލާގެވެސް ފަރުވާ ކުޑަކަން. މަރުވީމަ އާއިލާ މީހުން ކީވެބާ އެތަނައްދިޔަައީދެން. ހުއްދަ އަށް އެދޭ އިރަށް ނުލާހިކު އަވަހަށް ހުއްދަވެސްދޭ
ބަލި ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ނިކުތް ނަަމަވެސނަަމަވެސް ފުލުހުންނުހުއްޓުވާނެކަނޭގެ. އެމަޖެންސީގަ ޖެހޭނީ އަވަސް ފަރުވާ ހޯދެން އޮތްްް ގޮތަކަށް ހޯދަން
މިއީ ހަ މަ އެޗް ޕީއޭ އިން ކަންތައް ކުރާ ގޮތް .ތަޖުރިބާ ކުރެވުނު މީހެއްގެ ހައިސިއްޔަތުން މި ބުނަނީ
އެވަރު ބަޔަކު ނޫޅޭނެ
މި މައްސަލައިގައި ދެ ފަރާތުގެ ވެސް އިހުމާލު އެބަ އޮތް! އެއީ މައިންބަފައިންގެ އާއި އެޗްޕީއޭ ގެ ވެސް! އެޗްޕީއޭ ގެ އިހުމާލަކީ އެމްބިއުލާންސް އަވަހަށް ފޮނުވާ ނުދިނުން. މި މާލެ އަކީ ކުޑަ ކުޑަ ތަނެއް އަދި އެ ވަގުތަކީ ކާފިއު ހިންގާ ގަޑި. އެ ވަގުތަކީ ޓްރެފިކު ބާރު ބޮޑު ވަގުތެއް ނޫން.އެހެންވީމާ އެ މީހުން ފޮނުވި އެންބިއުލާންސް މިޝްކާގެ ގެއަށް ދިއުމަށް 2 ގަޑިއިރު ނެގި ސަބަބު ހޯދަން ޖެހޭ!!! މި މައްސަލައިގައި މައިންބަފައިން ކުށްވެރިވަނީ ދަރިފުޅުގެ ހާލަތު ދަށަށް ދިޔައިރުވެސް އެޗްޕީއޭ ގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް މަޑުކުރުމުން! ދަރިފުޅަށް އެ ވަރު ވުމުން ވެސް އެޗްޕީއޭ އިން ފޮނުވާނެ އެމްބިއުލާންސް އަކަށް 1 ގަޑިއިރު ވީއިރުވެސް ނައުމުން އިތުރަށް އެންމެ މިނެޓަކަށް ވެސް މަޑުކުރުމަކީ މޮޔަ ކަމެއް!! އެ މީހުން އަށް ވެސް އެނގޭ ދަރިފުޅު ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަކަން. މި ހުރިހާ ކަމެއް އެނގި ހުރެ އަމިއްލަ އަށް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ނުކޮށް އަދިވެސް އުޅުނީ އެޗްޕީއޭ ގެ އުސޫލުތަކަށް ބޯނުލެނބިގެން އަމިއްލަ ދަރި އަށްވުރެ އެޗްޕީއޭ ގެ އުސޫލުތަކެއް މައްޗެއް ނުވާނެ!!!ކެރައްޕާ ނަސީމު އިސްތިއުފާ!!!! މި އިބޫ ވެސް މިނިސްޓަރުންނަށް އައްޔަން ކުރަނީ ބަފައިބެ އުމުރުގެ މީހުން! މިޝްކާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!
ފޮނުވާ އެންބިއުލެސްތަކުގަވެސް ވަގުތީ ފަރުވާދެވޭ ވަރުގެ އެންބިޔުލެންސް ތަކަށްވާން އެބަޖެހެޭ.. މޯބައިލް ޕެރަމެޑިކް ޓީމްތައް އެބަޖެހޭ ތިބެން! ﷲ އިރާދަ ކުރެއްވިއްޔާ ފުރާނަ ސަލަމަތް ކުރެވޭނެ އޭރުން!
ޢެެޗްޕީ އާއި ހެލްތުގެ ޖަރީރމާތައް ބެލެންޖެހޭ އަދަބު ދޭންޖެހަެ ފަަރާތަކައް އަދަބު ދޭންޖެހޭ .. މަގމމަގާމމރމުން ދުރުކޮއްގެން ނަރމަވެސް... ކޮރަޕްސަނައްވ
2 ޖެހި އިރުން ފެށިގެން ހުން އަންނަމުން ދިޔައިރު އާއިލާގެ އިހުމާލުވެސް އެބައޮތް.
އާހިރުގަ ކުއްވެރިވެ ޒިން މާ ނަގަން މިޖެހުނީ ކުއްޖާގެ މައިން ބަފައިންދޯ....ތިހެންވީ އިރު ފުރަތަ މަ ލޮކްޑައުންގަ ރަށްތައް ބަންދުކުރު މާއި ގުޅިގެން ހޮސްޕިޓަލްތައް ހުންނަށް ރަށްރަށަށް އެޗްޕއޭގެ ހުއްދަ ނުލިބިގެން ބަނޑަށް ދަރިމަރުވި މީހުންނޯ؟..އެ މީހުންވެސް ބަނޑަށް ދަރި މަރުވަންދެން ، ހުއްދަލިބެންދެން ތިބޭކަށް ނުޖެހޭނެތާ!...ކަނދު ފައްޗެއްގަ ބޮޑުކނޑެއް ހުރަސްކޮށް ހޮސްޕިޓަލަށްވެސް ދާންވީތާ؟..
އެޗްޕީއޭ އޮޅާލާ
އަހަރެން ހިތަށް އަރަނީ މިތާ ހުރި ކޮމެންޓު ތައް ފެނުނީމަ އެކުއްޖާގެ އާއިލާގެ މީހުނަށް ހާދަ އަސަރެއް ކުރާނެއޭ، ދިވެހިން އެބަ ޖެހޭ އިންސާނިއްޔަތު ކަމާ މީހުނަށް ހަމްދަރުދީ ވާން ދަސް ކުރަން. ދިވެއްސެއްގެ ހައިސިއްޔަތުން މި ކޮމެންޓު ތައް ފެނުނީމަ ލަދު ގަނޭ
މިތާގައި ޢާއިލާ ކުށްވެރިކޮށް ކޮމެންޓް ކުރާ މީހުންގެ ހިތެއްވެސް އަޅެ ނެތީތަ. އެދަމަފިރިން ތިބި ހާލެއް ނޭގޭ ތަ. އެޗްޕީއޭ އިން ކޮންމެ ފަހަރަކު އެމްބިޔުލެންސް އޮންދަވޭ އޭ ބުނަން ޔާ އެއަށް އިންތިޒާރު ކުރާނެދޯ. ސަރުކާރު ހިމާޔަތް ކުރަން ކޮމެންޓް ކުރާ ބަޔަކާ ވައްތަރީ