ރާއްޖެ އިން ކޮވިޑް-19 ބަލީގައި އެންމެ ގިނަ ބަޔަކު މިހާރު ނިޔާވާ ތަނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީއެވެ. އެތަނުގެ ވާހަކަ މީސްމީޑިއާގައި ދައްކާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެއީ ސަބަބެއް ނެތި އެއް ނޫނެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ބަލި މީހުންނަށް އެދެވޭ ފަރުވާ ނުލިބުމުގެ ވާހަކައެވެ. ގިނަ ފަހަރު މިފަދަ ބަލި މީހުންނާއި އަޅާލާން ޖެހޭ ވަރަށް އަޅާލެވެނީ، މީސްމީޑިއާގައި އެކަމެއްގެ ވާހަކަ ގިނަ ބަޔަކަށް ފެންނަ ގޮތަށް އާއްމު ކުރުމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ މަރުތައް މިހާ ގިނަވުމާ އެކު، ގިނަ ބަޔަކު އުފައްދާ ސުވާލަކީ ފެސިލިޓީގައި އެކަށީގެންވާ ފަރުވާއެއް އުމުރުން ދުވަސްވީ މީހުންނަށް ނުލިބެނީތޯއެވެ. އެކަމާއި ގިނަ މީހުން ބިރުގަނެއެވެ. އުމުރުން ދުވަސްވީ މީޙުން އެތަނަށް ފޮނުވަން އާއިލާއިން ބޭނުމެއް ނެވެއެވެ. އެހެން ނަމަވެސް ފަރުވާ ލިބޭނެ ކަމުގެ އުއްމީދުގައި އެތަނަށް ފޮނުވަނީއެވެ.

ހުޅުމާލޭ ފެސިލިޓީއަށް ބަލާއިރު، ހިރާސް ބޮޑު މީހުންނަށް އެންމެ އެދެވޭ ފަރުވާ އެތަނަކުން ނުދެވެއެވެ. އެކަށީގެންވާ ވަރަށް އެތަނުގައި ނަރުހުންނާއި ޑޮކްޓަރުންނެއް ނެތެވެ.

އެއީ ފެސިލިޓީއެއް ކަމުން އެތަނުން އެފަދަ ފަރާތްތަކަށް ވެސް ފަރުވާ ދެވެން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް އާއްމުންގެ ބަހަކަށް ބެލުމެއް ނެތި، ހިތުހުރި ގޮތަކަށް ހަދަމުން އަންނަ ކަން ފާހަގަވެއެވެ. ބަލި މީހުންގެ އާއިލާތަކުން އާދޭސް ކުރާ ހިސާބަތް ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފައެވެ.

ހުޅުމާލޭ ކޮވިޑް-19 މެޑިކަލް ފެސިލިޓީ އެނދުމަތިކޮއްފައި އޮތް ބަލިމީހެއް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިއީ އެގޮތަށް އުމުރުން ދުވަސްވީ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައިވާ މީހަކަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެދެވޭ ފަރުވާ ނުލިބި އާދޭސް ކުރަން ޖެހިފައިވާ މީހެއްގެ ވާހަކައެކެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން އެ ފިރިހެން މީހާގެ ދަރިފުޅު ބުނީ، އޭނާގެ ބައްޕަ އަށް ކޮވިޑް-19 ޖެހިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ގޭގައި ފަރުވާ ދެމުން ދިޔަ ކަމަށެވެ. އެގޮތަށް ގޭގައި ފަރުވާ ކުރަމުން ދަނިކޮށް ކުޑަކޮށް ނޭވާލާން އުނދަގޫވެގެން އެމްބިއުލާންސްއަށް ގުޅި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެމްބިއުލާންސްއަށް ގުޅާފައިވަނީ ދާދި ފަހުން ނިޔާވި ކުއްޖާ ނިޔާވި ރޭ ނޫން އޭގެ އަނެއް ދުވަހު ހެނދުނު ކަމަށެވެ. އަދި އެމްބިއުލާންސް އައުން ލަސްވި ކަން އޭނާ ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެން އެދުވަހު އެމްބިއުލާންސަށް ގުޅައިގެން އެމްބިއުލާންސަށް އާދެވުނީ ވެސް 1 ގަޑިއިރާއި ބައި ވި ފަހުން. އެކަމަކު އެގަޑީ އެހާ ކްރިޓިކަލް އެއް ނޫން."

ކިޑްނީ ޕޭޝަންޓެއްގެ އެއް ފަޅީގެ ފުއްޕާމޭ ބެދިފައި

މީގެ ދެދުވަސް ކުރި ހުޅުމާލޭ ފެސިލިޓީއަށް ގެންގޮސް ހެދި ޓެސްޓްތަކުން ބަލި މީހާގެ ފުއްޕާމޭ ވަރަށް ބޮޑަށް ސަކަރާތް ވެފައިވާ ކަމަށް އާއިލާއަށް އެންގިއެވެ.

އެއީ އާއިލާއިން ބަލި މީހާއަށް ފަރުވާ ދެވޭނެ ރަނގަޅު ތަނަކަށް ބަދަލު ކުރަން އެދުނު އާދޭހުގެ ފެށުމެވެ.

"އިއްޔެ ރަނގަޅަށް ހުރެފަ މިއަދު ކުއްލިއަކަށް ފުއްޕާމޭ އެއްކޮށް އިންފެކްޝަނެއްގެ ސަބަބުން ބްލޮކްވީ. އަޅުގަނޑުމެގެ ބައްޕައަކީ ކިޑްނީ ބައްޔަށް ބޭސްކާ މީހެއް. މިހާރު 10 ނުވަތަ 12 އަހަރު ވެދާނެ. ކިޑްނީ ބަދަލު ކޮށްފައި ހުރީ. ވަރަށް ކްރިޓިކަލް ވާނެތާ ދޯ އެހެންމަ"

އޭނާ ބުނީ، ބައްޕަގެ ކިޑްނީ ފަންކްޝަން މިހާރު އަންނަނީ ދަށްވަމުން ކަމަށާއި ފުއްޕާމޭ ވެސް މިވަގުތު އަންނަނީ ހަލާކުވަމުން ކަމަށާއި އެފަދަ ހާލަތެއްގައި އިންވެސްޓިގޭޓް ކުރެވޭނީ އެކި ކަހަލަ ޓެސްޓްތައް ހަދައިގެން ނަމަވެސް، ފެސިލިޓީން އެފަދަ ޓެސްޓް ހެދޭކަށް ނެތް ކަމަށެވެ.

"މިއީ ވަރަށް ކްރިޓިކަލް ކޭސް އެއް އެހެން ނޫންތޯ. މިހާރު ތިން ދުވަސް ވަނީ އެތަނުގައި އޮންނަތާ. ދެ ދުވަސް ވަނީ އައިސީޔޫގައި އޮންނަތާ"

ބައްޕަގެ ހާލަތު ދަށްވަމުން އަންނާތީ އާއިލާއިން ވަނީ އެކި ފަރާތްތަކާއި ވާހަކަ ދައްކައި ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނުވަތަ އެފެސިލިޓީއަކުން ހަދަން ޖެހޭ ޓެސްޓެއް ހެދޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އާދޭސް ކުރަމުންނެވެ. އެގޮތަށް އާދޭސް ކުރުމުން ވެސް ބަދަލު ކުރަނީ އޭ ކިޔާފައި ދޮގު ހަދާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

"އެވަރުވީއިރުވެސް އތަނުން ފަރުވާ ލިބޭނެ ގޮތެއް ނުވަތަ ދަރުމަވަންތައް އަށް ބަދަލު ނުކުރަނީ. ދަރުމަވަންތައް އަށް ދިއުން އަޅުގަނޑަށް މުހިންމެއް ނޫން. ފަރުވާ ދެވެން ޖެހޭނެއޭ. ހަދަނ ްޖެހޭ ޓެސްޓެއް އެތަނުން ހެދެން ޖެހޭނެއޭ ލަސްނުކޮށް"

އެތަނުގައި އެހާލުގައި ބަލި މީހާ އޮންނަތާ މިއަދަށް ތިން ދުވަސްވީއިރު، މިއަދު ހެނދުނު ހަދަން ޖެހޭ ޓެސްޓެއް ނެހެދި މުޅި ދުވަސް ދަނީއެވެ. އިތުރަށް އެކަންތައް ގޯސްވެއްޖެނަމަ، އަނެއްކާ ވެސް ޑައިލިސިސް ހަދަން ޖެހިދާނެ ކަމުގެ ބިރު އާއިލާއަށް އެބައޮތެވެ.

އޭނާ ބުނީ، ބައްޕައަށް ކޮވިޑް-19 ޖެހިފައިވީ ނަމަވެސް، މިވަގުތު ހަނގުރާމަ ކުރަމުން އަންނަނީ ކޮވިޑް އަކާއި ނޫން ކަމަށާއި މިވަގުތު ހަނގުރާމަ ކުރަމުން އަންނަނީ ބަލީގެ ސަބަބުން ކުރިމަތިވި ކަންކަމުގައި ކަމަށެވެ. އެއީ ފުއްޕާމޭގައި އިންފެކްޝަން ހެދި ބްލޮކް ވެފައިވާތީއެވެ.

މިކަމާއި ގުޅިގެން އާއިލާއިން ގޮތް ހުސްވުމުން އެންމެ ފަހުން ޓުވިޓާގައި އެކަން ވަނީ އާއްމުކޮށްފައެވެ. އެތުވިޓުގައި ބަލި މީހާގެ ދަރިފުޅު ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ހެލްތް މިނިސްޓްރީ، ހެލްތް މިނިސްޓްރ އަހުމަދު ނަސީމް އަދި ރައީސް އޮފީސް ގެ އިތުރުން ޑޮކްޓަރ މުހައްމަދު އަލީ ޓެގް ކޮށްފައެވެ.

https://twitter.com/shaafiuismail/status/1401441005895753728

އެޓުވިޓުގައި ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، އެކަން ބަލާނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތާއި ހަމައަށް އެއްވެސް ކަހަލަ އަލި މަގެއް ފެނިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހުޅުމާލޭ ފެސިލިޓީއަށް ބަލާއިރު، އެއީ މިހާތަނަށް އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވާ ތަނެވެ. އެގޮތުން އެންމެ ގިނަ މީހުން ނިޔާވަނީ އެތަނުގެ "އޭ" ބްލޮކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބުނުސީނާ

    އަޅެ މިކޮވިޱު ގެ ބަލިމީހުނައް އަޅާލަބަލަ ހެޔޮނުވާނެ. ތިހާފަރުވާކުޱަކުރާކަށް. މާދަމާ ގައުމުގެ ވެރިންގެ އާއިލާ މީހަކައް ޖެހިއްޖިޔާ އޮންނާނެ ފައިވްސްޓާ ހިދުމަތް. ނިކަމެތި މީހާ އަށް ނިކަމެތިގޮތްއަގަލެއް ކުލުނެއްނެތް. ކޮބާތަ ރައްޔިތުން ދެކެލޯބިން ނުނިދިގެން އުޅޭ ސިޔާސީ މީހުންތައް؟ މިހާރު އަނގަ ހާނުކުރޭނު. ރައީސް ޔާމީނު ގެއަށް ބަދަލުކުރީމަ ކަލޯމރންގެ ދުލުގަ ކަސްތޮޅުއެޅުނީ ދޯ

    2
    5
  2. ޢިންޖިނިއަރ އެޑިލް

    މުސީބާތެއް ނު ހިންގޭނެ ފެންވަރު ނެތިއްޔާ އިސްތިއުފާ ދެއްވާފައި ގެއްލޭ..

    8
    1
  3. ޢަހޫ

    ކޮއްމެމީހަކުވެސް ބޭނުންވާނެ ދަ ރުމަވަންތަ ހޮސްޕިޓަލުން ފަ ރުވާހޯދަން. ޢެކަމަކު އެދޭކޮންމެމީހަކު ބަދަލުކޮއްދިނުމަކީ ވާނެކަމެއްނޫން. ޑޮކްޓަ ރުންވެސްބަލާފަ ކި ރިޔާވެސް ވޭންއޮތީޔާ ކޮއްދޭނެކަމަށް ފެންނަނީ.

    4
    7
  4. ވަރަށް ދެން

    ހުޅުމާލޭ ފެސިލިޓީއަށް ބަލާއިރު، އެއީ މިހާތަނަށް އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވާ ތަނެވެ. އެގޮތުން އެންމެ ގިނަ މީހުން ނިޔާވަނީ އެތަނުގެ "އޭ" ބްލޮކުންނެވެ.
    ލޮލް ކްރިޓިކަލް މީހުން ބައިތިއްބާ ތާކުން ދޯ ގިނަ މީހުން މަރުވާނީ. ހީވަނީ ވަކި ބްލޮކެއްގަ ބޭތިއްބީމަ ވާ ގޮތެއްހެން ހަބަރުގަ އިން ގޮތުން

    8
    2
  5. Anonymous

    ޢެވެރިން ފާޅުގަބުނޭ އެބައިމީހުންގެ ވެރިކަމުގައި ވެރިކަންކުރާނީ އެބައިމީހުން ބޭނުންގޮތަކަށޭ އޭމީހުންގެ ފޭސްބްކް ޓުވިޓާ ފަދަ އެއްޗިހި ބަލައިފިއްޔާ އެގޭނެ މީގެ މާނަޔަކީ ދެން ދިވެހިން ހަމަ ތެޅި ތެޅި ތިބޭށޭ ޖެހޭނީ އެޔޯ އެބުނާ އޯގާތެރިސަރުކާރުގެ އަސްލު ސޫރަ ދެން ހީހީފައި ބާރަށް އަތްޖަހާ

    7
    1
  6. ހާލަތު

    މިހާރު މިކަމާވެސް އާއްމު ރައްޔިތުންންށް ރޮވިއްޖެ ދޯ. 65 އަހަރު ވީ މީހަކު ވެއޖެއްޔާ މަރުވާން ދޫ ކޮއްލެވޭ މަންޒަރު މި ފެނިގެން ދަނީ. . އެލަވަންސް ދޭން ޖެހޭ މީހުން މަދުވާނެ އެއްނު ދޯ. . އަޅެ އެލަވަންސް ނުދޭ ގޮތައް ނަމަވެސް ރަނގަޅު ފަރުވާއެއް ދެވޭނެ އިންތިޒާމެއް ހަމަ ޖައްސަ ދީބަލަ. . އެ މީހުން މުސްކުޅި އުމުރަށް އެ ދިޔައީ ތިޔަ ސަރުކާރު ތަކުން ދިން އެލަވަންސުން ކައިގެން ބޮއިގެނެއް ނޫން. ސިއްހީ ދާއިރާގެ މިފަދަ ހުރިހާ އިހުމާލަކީ ސިއްހީ ވަޒީރު ޒިންމާ ނަގަން ޖެހޭނެ ކަންކަން. . ދުވާލަކު 6‏ ފަހަރު ހޮސްޕިޓަލް ތަކަށް ޒިޔާރަތް ކޮންގެންވެސް ސިއްހީ ވަޒީރު ޖެހޭނެ މިކަންކަން ބަލާ އިސްލާހު ކުރަން. އިސްލާހު ކުރެވެން ޖެހޭނެ. ބަލާނަމޭ ބުނެފަ ހުއްޓަކަސް ނުވާނެ. . ތިމާއަށް ނުވަންޏާ ވާނެ ވަރުގެ މީހަކާ ހަވާލުކުރުން އެއީ ގައުމަށްޓަކާ މަނިކުފާނަށް ކޮއްދެވޭނެ ވަރަށް ބޮޑު ހެޔޮ ކަމަކަށް ވާނެ.

  7. މަޒް

    ނުކުރާނެ ނުކުރާނެ.. ރޮޔަލް ފެމިލީ ނޫންވީމަ.. ރޯޔަލް ފެމިލީ މީހަކު ވެއްޖެޔާ މިރާޖޭގައި ފަރުވާވެސް އޮތީ.. ބޮޑު ދުއްޕާނެއް މީ