އުފަންވީ ސިޔާސީ ކުލަވަރު ގަދަ އާއިލާއަކަށެވެ. ބޮޑުވެގެން އައި މާހައުލަކީ ސިޔާސީ ވާހަކަތަކަށް ފަރިތަ، ސިޔާސީ ކަންކަމަށް ހޭހަން ގައުމުގައި ހިނގާ ބިނގާވާ ކަންކަމަށް ހޭލުންތެރި މާހައުލެކެވެ. ބައްޕައަކީ ގިނަ ދުވަހު ސިޔާސީ ދާއިރާ އާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި މުފައްކިރެކެވެ. ބައްޕަގެ ހިކުމަތު އަމަލީ އާއެކު ވުޒާރާތައް ހިންގެވި މަންޒަރާއި އެ ހިންގުންތެރި އާރުކާޓީގެ ލާމަސީލު މިސާލު ވަރަށް ކައިރިން އޭނާ ވަނީ ދެކެފައެވެ. ގަވަރުނަރު ފަދަ ޒިންމާދާރު މަގާމުތަކުގައި ބޮޑުބޭފުޅުން ތިއްބަވައެވެ. އަދި އުއްތަމަ ފަނޑިޔާރުކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި ބޭފުޅުން އާއިލީ ބޭފުޅުންގެ ތެރޭގައި އެބަތިއްބެވިއެވެ.

ދައްކަން މިއުޅެނީ ލުބްނާ މުހައްމަދު ޒާހިރު (ލުބްނާ) ގެ ވާހަކައެވެ. ލުބްނާވެސް އޭނާގެ ޒުވާން ދުވަސްވަރު ހިންގެވީ ބައްޕަ އާއި ބޮޑުބޭބޭފުޅުމެން ފަދައިން ސިޔާސީ ދާއިރާ އިންނެވެ. ނަމަވެސް ލުބްނާގެ މަސައްކަތް ފާހަގަކޮށްފައި ފާހަގަ ނުކުރާނެ އެއް ދިމާލެއްވެސް ނެތެވެ. ރާއްޖޭގައި ނަން ވިދާލި މަޝްހޫރު ވަކީލާއެކެވެ. އިޖުތިމާއީ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިތްހެޔޮ މިތުރެކެވެ. އޭނަ އަކީ ފޮރިން މިނިސްޓްރީ އާއި ލޯ ކޮމިޝަންގައި އިޚުލާސްތެރި ޚިދުމަތްތަކެއްކޮށްދެއްވި ހާދިމެކެވެ. މީގެ އިތުރުން ލުބްނާ އަކީ ރައްޔިތުންގެ މަޖިލީހާއި، ޚާއްސަ މަޖިލީހުގައި ކަނބަލުންނަށް މަސައްކަތް ކުރެވޭނެކަން އޭނާގެ ހިތްވަރާއި ފަންވަރުން ސާބިތުކޮށްދެއްވި ކަނބަލެކެވެ.

ލުބްނާ "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ލުބްނާ "ވަގުތު" އަށް ވިދާޅުވި ގޮތުގައި އޭނާ ވަކީލުކަން ކުރެއްވި ދުވަސްވަރު އެންމެ ބޮޑު ޝައުގުވެރިކަމެއް ހުރީ ކްރިމިނަލް ލޯ އަށެވެ. ކޮންމެވެސް ވަރަކަށް ސިވިލް ނުވަތަ މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ނަމަވެސް އެ ދާއިރާ އަށް މާބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

"ޖިނާއީ ކުށްތައް ކުރާ މީހުން ގޮވައިގެން ގޮސް ޖަލަށް ވަރަށް ގިނަ މީހުން ލެވިފައި ހުރީ. އެންމެ ފުރަތަމަ ލޯ މާސްޓާސް ޑިގްރި ހަދާފައި މަސައްކަތް ކުރަން ފެށީ. އެތަނުން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބުނީ. ގާނޫނީ ކަންކަމަށް ލޯ ހުޅުވި ކަންކަން ހުޅުވި ޕްރެކްޓިސް ކުރެވުނު." ލުބްނާ ވިދާޅުވިއެވެ.

ލުބްނާ އަކީ ދިވެހިން ސިޔާސީ ކުޅިވަރަށް ފަރިތަ ނޫން ޒަމާނުން ފެށިގެން ކަނބަލުންގެ ހައްގުތަކަށް ވަކާލާތުކޮށް، ސިޔާސީ މައިދާނުގެ ކަންކަން ކުރެއްވުމުގައި އެންމެ މުގުލުގައި ހަރަކާތްތެރިވި ކަނބަލެކެވެ. އޭނާ ވަނީ 2006 އިން 2008 ވަނަ އަހަރަށް ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސްކަން ވެސް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މެމްބަރުގެ ށ.އަތޮޅު ފަހުރުވެރިވި މެމްބަރަކީ ވެސް އޭނާއެވެ.

"2004 އިން ފަށައިގެން 2008 ވަނަ އަހަރަށް ހާއްސަ މަޖިލީހުގައި އުޅުނީ. ގާނޫނުއަސާސީ ހެދުމުގައި ޑްރާފްޓިން ކޮމިޓީ އާއި 11 މެމްބަރުންގެ ކޮމިޓީގައި ވެސް އުޅުނިން. ވެރިކަމުގެ ނިޒާމް ނިންމަން އެކުލަވާލި ކޮމިޓީ އެއީ. ރިޔާސީތޯ ބަރުލަމާނީތޯ. އަހަރެން ހުރީ ރިޔާސީ އަށް. އަމިއްލަ އަށް ހޮވުނު އަމިއްލަ މެމްބަރެއް. އެއްވެސް މީހަކަށް ނުވިކި މީހަކަށް ނުދަރާ." ލުބްނާ ވިދާޅުވިއެވެ.

ލުބްނާ "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެކިފެންވަރުގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކަށް ނިމުމެއް އައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ސިޔާސީ މައިދާނަށް އައި އުދަބާނީގެ ރާޅުތަކާއެކު ލުބްނާ ވަޒީފާ އިން ވަކިކުރުމުން އޭނާ އެކަމާ މެދު ވިސްނީ ވަރަށް ފައްސިކޮށެވެ.

" ވަރަށް ކުޑަ އިރުއްސުރެ އުފެއްދުންތެރި ކަންކަމަށް ވަރަށް ޝައުގުވެރިވޭ. ސްކިން ކެއާ ކްރާފްޓިން އަށް ވަރަށް ޝައުގުވެރިވޭ. 2013 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ އޭރު ސަރުކާރުން. އެ ހިސާބުން ކުއްލިއަކަށް ފްރީވީ. 15 އަހަރަށް ފަހު ޗުއްޓީ އެއް ލިބުނީ. އޭގެ ކުރިން އެހެން ޗުއްޓީ އެއް ނުލިބޭ. އަމިއްލަ ސެލްފް އަށް ވެސް ޓައިމެއް ނުލިބޭ." އޭނާ ވިދާޅުވިއވެ.

ލުބްނާ އެ އިޝާރާތް ކުރެއްވި ސްކިން ކޭންޑީ އަކީ މަޝްހޫރު ސްކިން ކެއާ ބްރޭންޑެކެވެ. ކެމިކަލް އެކުލެވިފައި ނުވާނެހެން އުފައްދާފައިވާ މި ބްރޭންޑުގެ 400 އެއްހާ ޕްރޮޑަކްޓް މިހާރު މާކެޓުގައި ލިބެން އެބަހުއްޓެވެ. ސްކިން ކޭންޑީގެ މަސައްކަތް ނަގާ ކޮޅަށް ޖަހާފައި ވަނީ ލުބްނާގެ އަމިއްލަ މަސައްކަތުންނެވެ. އަދި އެ ދާއިރާ އަށް އޭނާ ނުކުތީ އެ ދާއިރާ އިން ކަމާ ގުޅުން ހުރި އިލްމާއި ހިލްމު ނިކަން ރަނގަޅަށް އުނގެނިވަޑައިގެންނެވެ.

" ލަންޑަންގައި އުޅުނު އިރުވެސް ނެޗުރަލް ސްކިން ކެއަރ ފޯމިއުލޭޝަން، ނިއުޔޯކް އާއި ލަންޑަން ސްކޫލް އޮފް ސްކިން ކެއާ އިން އުނގެނުނީ. ފެށީ އެއް ޕްރޮޑަކްޓް އިން. އަހަރެއް ނުވަނީސް 10 ވަރަކަށް ޕްރޮޑަކްޓް އުފެދި މިހާރު 406 ޕްރޮޑަކްޓް އެބަ ހުރި އޭގެ ތެރެއިން 80 ޕްރޮޑަކްޓް ވަރަށް މަގްބޫލް 2013 ގައި އޭރު ސަރުކާރުން ކަނޑާލީމަ ވަގުތު ވަރަށް ބޮޑަށް ހޭދަކުރިން ވިސްނަން. 2014 އޭޕްރިލްގައި ރެޖިސްޓަކޮށް ޖުލައިގައި ފެށީ. ހަމަ އެ އަހަރު އޮކްޓޯބަރުގައި ސްކިން ކެންޑީ ހުޅުވީ. އެކްސްޕޯޓް މުދަލުން ސަލާމަތް ކުރަން ވެސް ވަރަށް ވިސްނިން." ލުބްނާ ވިދާޅުވިއެވެ.

ސްކިން ކޭންޑީގެ ޕްރޮޑަކްޓްތަކަކީ ސްޕާތަކާއި އާއްމުންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ބްރޭންޑެކެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސްޕާތަކުގައި ބޭނުން ކުރީމަ ވަރަށް ތަރުހީބު ލިބޭ. އެއްވެސް ކެމިކަލް އެއް ނެތީމަ ވަރަށް ރިސްކް ފްރީ އެ. ގެސްޓުންނަށް ވެސް ބޭނުން ކުރެވޭ އެ. ސަޕްލައި ކުރާ ރިސޯޓްތަކުން ބުނޭ. ޓާގެޓަކީ ދިވެހިންގެ ހުންނަ ހަންގަނޑަށް ދިވެހިންނަށް ކަމުދާ ގޮތަށް މިސާލަކަށް މޫނު ތެޔޮވާތީ، އޮށާރު ނޫނީ އެ ނޫނަސް ދިވެހިންނަށް އާއްމުކޮށް ދިމާވާ ކަންކަމަށް ހައްލު ހޯދުން. ދުބާއިގައި އެބަހުރި ހޯލްސޭލް ކުރަން އޯޑަރކޮށްފައި. ދުބާއި އަށް މި އަހަރު ޕްރޮޑަކްޓް ފޮނުވާނެ." އޭނާ ވިދާޅުވިއެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާރު ލުބްނާގެ ހުވަފެނަކީ ބޭރުގެ އިންޓަނޭޝަލް ސްޕާއެއް ހުޅުވުމުގެ ހުވަފުނެވެ. އަދި ރާއްޖެއިން ބޭރުގައި މާސްޕްރޮޑަކްޝަން އުފެއްދޭނެ ދުވަހެއް އެއީ ވެސް އޭނާ ކުރާ އުންމީދެކެވެ. ރާއްޖޭގައި ވެސް މާސް ޕްރޮޑަކްޝަން ނުވަތަ ގިނަ އަދަދަކަށް ޕްރޮޑަކްޓްސް އުފެއްދުމަކީ މުހިންމުކަމެއް ކަމަށް ވީ ނަމަވެސް ކެމިކަލް ނެތް ޕްރޮޑަކްޓްތަކެއް އެއްފަހަރާ ގިނަ އަދަދަކަށް އުފެއްދުމަކީ އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މާސް ޕްރޮޑަކްޝަން އަށް ވަކި އުފެއްދުންތަކެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. މިއަދު ސްކިން ކޭންޑީ އަކީ ކާމިޔާބު ޕްރޮޑަކްޓަކަށްވެ ލުބްނާގެ މުޅިން އާ ޝަހުސިއްޔަތެއް ސިޔާސީ ދާއިރާ އާއި ދުރުން ބައްޓަންވެ ބިނާވެފައި ވާއިރު، ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ހަމަ ނެތީބާއެވެ؟ ސާދާ ބަހުން ބުނާ ނަމަ ދެން އޭނާ ސިޔާސީ ދާއިރާއިން ފެނިދާނެބާއެވެ. އެ ސުވާލުގެ ޖަވާބު ލިބުނުދާ ދިނީ ވަރަށް ކުރުކޮށް ފޮނިކޮށެވެ

"ބޭނުންވާ ކަންކަން ކުރެވިއްޖެ. ސިޔާސީ ދާއިރާގެ ކަންކަން ދާ ގޮތުން ބޭނުން ނުވޭ ސިޔާސީ ކަންކަމަށް ވަންނަން. ސިންގަލް ޕޭރެންޓަކަށް ވަރަށް އުނދަގޫ ސިޔާސީ ކަންކަ ކުރަމުން،" ލުބްނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖުހަ

  ހުސް ސިޔާސީ މަގާމް

  23
 2. ޙުސެން

  އޭ މަބުނީމެންނުން ލާދީނީ ރިޕޯޓް ވާހަކަ ޖަހާށޭ

  15
  2
 3. ނޭގުނޭ

  ށ. އަތޮޅު ފަޚުރުވެރިވާނީ ތިވަރަށް. މެމްބަރުކަމަށް ހޮވުނުފަހުން ށ. ޢަތޮޅު ރަ އްޔިތުން ގުޅާލީމަ ފޯނަށްވެސް ޖަވާބުނުދޭ ކަމުގެ ފަޚުރުވެރި ލަގަބު ތިޔަ ލުބުނާ އަށް ލިބޭނެ. މިހާރު މާރީ އްޗެ އްނޫން މާ ރަނގަޅު މީހަކަށް ހެދޭކަށް. ޢަނެ އްކާ ކުރިޔަށް އޮތީ ކޮން ކަމެ އްބާ. ށ. އަތޮޅާ ދެން ކަ އިރު ނުވުން އެދެން

  20
  1
 4. Anonymous

  ސިޔާސީ ބޭފުޅުންނަކީ މިހާރު ދިވެހި ގައުމުގެ ހަލާކު ހާއްސަކޮއް މޑޕ

  18
  1
 5. ލަތީ

  ހިތާމައަކީ ކަމެއްނެތި ގުއިއަނގަތަޅަން ތިބޭ ގްރޫޕް މީހުންގެ ފެންވަރަށް ސޯޝަލް މީޑިއާގައި ލުބުނާ އުޅޭތީ. އަންނަ ކޮންމެ އެއްޗަކަށް ލުބުނާ ކޮމެންޓް ކުރާނެ. ވަރަށް ބޮޑުގުޅަ

  19
  3
 6. ދިއްދޫ ސުހޭލު

  ހއ.އަތޮޅު އަށް މައުމޫން ގެ ޑީއާރުޕީން ކަނޑައަޅާފަ ހުރީ މީނަ. އޭރު ހީވީ މައުމޫނު ދަރިއެއްހެން، ނަމަވެސް މިއަދު އަނެެއްކާ އެމްޑީޕީ. ވަރަށް ދެފުށް ދެގޮތް މީހެއް މީ. ޒާހިރު ކަހަލަ ބޭފުޅެއްގެ ދަރިއެކޭ ބުނާ ވަރުވެސް ނޫން

  10
  1
 7. ލީލާ

  ލުބުނާ ތި އުފައްދަނީ އަނެއްކާ ރަނގަޅު އެއްޗެއްތޯ؟ އެހެން މި ދެންނެވީ އަޅުގަނޑަށް ލުބުނާގެ މޫނު ފެންނަނީ ސްކިން މައްސަލަ ޖެހުނީމަ ހުންނަ ގޮތަށް. ތި އުފައްދަވާ އެއްޗިހި އުނގުޅީމަ މޫނަށް ވަނީ ތިހެންތޯ؟

  13
  2
 8. ހެހެ

  ކިތަންމެވަރަކަށް މިތާ ކޮމެންޓުކުރިޔަސް...މީހެއްގެ ހިއްވަރެއް ނޭލޭނެ އިގޭތޯ! ...ސީއިޒް ދަބެސްޓް! ...ކޮންމެންބަރެއްތޯ ފޯނުނަގަނީ...މަމީ ށ.އަތޮޅު ޒުވާނެއް މަގޭފޯނުނަގާއޭރުވެސް,މިހާރު ވެސް!

  1
  5
  • މަހޭ

   އެންމެފަހުން ލުބްނާ އަމިއްލަފުޅަށް ކޮމެންޓް ކޮށްލީ ދެއްތޯ؟

   • ފުޒާ

    އާނ. މަށަށް ވެސް ހީވަނީ އެހެން. އަމިއްލައަށް ކޮމެންޓު ކުރީހެން