ބޭރުގެ އެންމެ ދައުލަތަކަށް ބަރޯސާ ވުމުން ދިވެހި ދައުލަތަށް ވާނެ ގެއްލުން އެންމެ ހަރު އަޑުން ވަކާލާތު ކުރެއްވީ ވެސް މިހާރު ދިވެހި ދައުލަތުގެ އެކި ބާރުތަކުގައި ތިއްބެވި ބޭފުޅުންނެވެ. މާ ދުރު ތާރީޚެއް ވެސް ނޫނެވެ. ކުރިން އޮތް ވެރިކަމާ ދެކޮޅަށް ބޭނުން ކުރި ހަތިޔާރެއްގެ ގޮތުގައި މި ވެރިކަމުގެ ބޭފުޅުން އެންމެ ގަދައަށް ދެއްކީ މި ވާހަކައެވެ.
ރައްޔިތުންނަށް ހުށަހެޅި ސިޔާސަތަކީ އެއީއެވެ. ވެރިކަމަށް އައިސް އިިންތިޚާބުތަކެއް ކައިރީގައި އޮތްއިރު ވެސް ހާމަކުރި ސިޔާސަތަކީ އެއީއެވެ. ރައްޔިތުންގެ މަގްބޫލް ކަމެއް ނެތުމުންނާއި ރައްޔިތުން އެކަމަކާ ދެކޮޅު ކަމުން ކުޑަމިނުން އެއާޕޯޓެއް ހިންގަން ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމުގައެވެ. އެކަމަކު ސިޔާސަތު އިއްޔެއާ ހަމައަށް އައިރު ބަދަލުވެއްޖެއެވެ.
އެއާޕޯޓް ހިންގާ ސިޔާސަތު ބަދަލުކޮށްލިއިރު އޮތީ މުޅި ވައިގެ ޓްރެފިކް ކޮންޓްރޯލްއާއި ނެވިގޭޝަން ނިޒާމުގެ ކޮންޓްރޯލް ވެސް ދޫކޮށްލެވޭނެ ގޮތަށެވެ. ގެޒެޓްގައިވާ އުސޫލުގައި އޮތީ އެހެނެވެ. ފަހުން ސަރުކާރަށް އައި ބޮޑެތި ފާޑުކިއުންތަކާއެކު އެ ކަން އެ ގޮތަށް ނޯންނާނެ ކަމަށް ބުންޏަސް، ލިޔުމުގައި އޮތީ އޭރު އެ ގޮތަށެވެ. ވައިގެ ޓްރެފިކް ކޮންޓްރޯލް ދޫކޮށްލެވޭ ވާހަކަ އަންނައިރު މުޅި ދިވެހި ކަނޑުގެ ދިރާސާ ވެސް އޮތީ ވަކި ބަޔަކަށް ކުރަން ދޫކޮށްލައިފައެވެ.
މި ފެންނަނީ މުޅި ދިވެހި ދައުލަތް ބޭރުގެ އެންމެ ދައުލަތަށް ބަރޯސާވެ ނިމިގެންދާ ތަނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިިހް އެންމެ ގާތް ގުޅުމެއް ބާއްވާ އިންޑިއާއަށް ދިވެހި ދައުލަތުން އެތައް ކަމެއް ވަނީ ދޫކޮށްލައިފައެވެ. އުތުރުން ފެށިގެން ދެކުނާ ހަމައަށް އޮތީ އިންޑިއާއިން މަޝްރޫއުތައް ހިންގާ ގޮތަށެވެ. ކޮންމެ މަޝްރޫއަކުން ބޮޑު ބިމެއް ނަގާ ގޮތަށެވެ. މަޝްރޫއު ހިންގަން އިންޑިއާގެ ގިނަ ބަޔަކު އައިސް ތިބެވޭނެ ގޮތަށެވެ.
އުތުރު، މެދު، ދެކުނު ތަރައްގީ ކުރަން އިންޑިއާއާ ހަވާލު
ރާއްޖޭގެ ވަކި ސަރަހައްދެއް ނެތެވެ. އެންމެ އުތުރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރަައްގީ ކުރުމާއި ހދ. ކުޅުދުއްފުށި ސިޓީއަށް މުދާ ގެނައުމުގެ ކަންކަން މިހާރު އޮތީ އިންޑިއާއަށް ދެވިފައެވެ. މާލެ-ތިލަފުށި ބްރިޖާއި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރާއި، އުތުރުތިލަފަޅުގެ ޑޮކްޔާޑް ފަދަ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާއިންނެވެ. އައްޑޫގެ ބޮޑު ބިމެއްގައި ފުލުހުންގެ ތަމްރީން މަރުކަޒަކާއި މުޅި އައްޑޫ ތަރައްގީ ކުރާ ބޮޑު މަޝްރޫއު ވެސް އިންޑިއާއަށެވެ.
މީގެ އިތުރުން އެހެން ބައެއް ރަށްރަށުގެ އެންމެ އާންމު މަސައްކަތްތައް ކުރަން ވެސް އިންޑިއާގެ އެހީ ދެއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރަށްރަށުގެ މަގު ބައްތި ޖެހުމާއި މަގުތައް ހެދުމާއި ކުޑަކުދިންގެ ޕާކް ހެދުން ފަދަ ކުދިކުދި ކަންކަން ވެސް އިންޑިއާ އެހީގައި ނޫނީ މިއަދު ކުރިއަށް ނުދެއެވެ.
މި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިކަން ދޭނެ އިތުރު ގައުމެއް މި ދަނޑިވަޅުގައި ނެތީ ހެއްޔެވެ؟ އެހީތެރިކަން ދޭތީ ހަމަ އެންމެ ގައުމަކަށް މުޅި ދައުލަތާއި އިގްތިސާދު ބަރޯސާ ވާން ދޫކޮށްލަނީ ހެއްޔެވެ؟
އިންޑިއާއިން ބުނާ ގޮތުގައި އިންޑިއާގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ރާއްޖޭގެ އިގްތިސާދު އަރާސްތުކޮށް ކޮޅަށް ޖެހުމެވެ. އެކުވެރި ގައުމެއް ގާތުގައި އޮތުމެވެ. އެކަމަކު މިހާރު މަންޒަރުތައް ފެންނަ ގޮތުން ވެސް އޭގެ ބަދަލުގައި އިންޑިއާ ބޭނުންވާ ކަންކަން ދަނީ ފެންނަމުންނެވެ. ވެދުން ކުރާނީ ބޭނުމެއް އޮވެގެން ނޫން ހެއްޔެވެ؟
އައްޑު ސިޓީއަށް އުފަން ހިސާބުގެ އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގައިލްގެ ކަންބޮޑުވުމަކީ ވެސް މިއެވެ؛ މާ ބޮޑަށް އިންޑިއާއަށް ބަރޯސާ ވަނީ ކީއްވެ ހެއްޔެވެ؟ އިގްތިސާދީ ގޮތުންނާއި މާލީ ފުދުންތެރިކަން މުޅި އާބާދީއަށް ބެހިގެން ދިއުމުގެ ތަފާސް ހިސާބުގައި ވެސް އިންޑިއާއަށް ވަނީ މާ ފަހަތުގައެވެ. މާ ފަހަތުގައި އޮތް އިގްތިސާދަކަށް އަދި ބަރޯސާވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމެވެ. ކުރިއެރުން ހޯދަން އެތައް ގަރުނެއްވީ ދުވަހަށް ތިބެންވީ ހެއްޔެވެ؟
REPORT: India Ge Emme Beynumeh, Raajjeyge Igsthisoadhu Araasthukoh Kolhah Jehun!
https://t.co/igmVgtFdfr— Vaguthu Online (@VaguthuOnline) September 17, 2020
ބޭނުމެއް ނެތް ގޮތެއްގައި ދެކުނަށް ކޮންސިއުލޭޓެއް
ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އިންޑިއާއަށް ހަވާލުކޮށްފައި ތިބެ ދެން އިންޑިއާގެ ސަރުކާރުގެ ކެބިނެޓުން ފާސްކުރި ކަމަކީ އައްޑޫ ސިޓީގައި އެ ގައުމުގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމަށެވެ. ދޭދޭ ގައުމުތަކާ މެދު އޮންނަ ވިޔަފާރިއާއި، ޚާރިޖީއާއި، ސިޔާސީ ގުޅުމުގެ ތެރެއިން ވެރިރަށް ނޫން ސަރަހައްދުތަކުގައި ކޮންސިއުލޭޓް އޮފީސް ގާއިމް ކުރެއެވެ.
އެކަމަކު އޭގެ މައިގަނޑު ބޭނުމަކަށް އޮންނަނީ އެ ސަރަހައްދެއްގައި އަނެއް ގައުމުގެ ރައްޔިތުން ދިރިއުޅޭ ނިސްބަތް ބޮޑުވުމެވެ. އެ ގައުމުގެ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގެ ގޮތުންނެވެ. މައިގަނޑު ގޮތެއްގައި އެމްބަސީއާއި، ހައި ކޮމިޝަނާއި، ކޮންސިއުލޭޓްގެ ބޭނުމަކީ ވެސް މިއީއެވެ. އެކަމަކު އައްޑޫގައި އިންޑިއާގެ މާ ގިނަ ބަޔަކު ނެތި މި ކޮންސިއުލޭޓް އެޅުމުގެ ފަހަތުގައި އޮތް ބޭނުމަކީ ދެން ވަކި ކޮބައި ހެއްޔެވެ؟
އައްޑޫގައި ކޮންސިއުލޭޓް ގާއިމް ކުރަން އިންޑިއާއިން ހުށަހެޅިއިރު، އެ ސިޓީގެ ބޮޑު ބިމެއްގައި މިހާރު ވެސް ފުލުހުންގެ ތަމްރީން މަރުކަޒެއް އެޅުމުގެ މަސައްކަތް ބާރު ދުވެެއްޔެއްގައި ކުރިއަށް ދިޔައެވެ. މި ކޮންސިއުލޭޓް މި ސަރަހައްދުގައި އަޅާ ކަމުގެ އަޑުތައް ވެސް އިވެއެވެ. އެހެންވެއްޖެނަމަ، އެ ސަރަހައްދުގައި އިންޑިއާގެ ގާނޫނު ހިންގުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ. ކޮންސިއުލޭޓްގެ އިމުގައި ހިނގާނީ ކޮންސިއުލޭޓް ނިސްބަތްވާ ގައުމުގެ ގާނޫނެވެ.
މިއީ އިންޑިއާގެ ބޭނުން ހެއްޔެވެ؟ މި ކަން ސާފުވާން އެބަ ޖެހެއެވެ.
ދިފާއުގައި ބުނާހާ ވެސް ވާހަކައަކީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ބަޔަކު ވާހަކަތަކެއް ހަދަ ހަދައިގެން ފަތުރަމުން ދަނީ ކަމުގައެވެ. އެކަމަކު ފެންނަހާ ވެސް ކަމަކީ އިންޑިއާ ބޭނުންވާހާ ކަމެއް ކުރަން ދޫކުރަމުން ދޫކުރަމުން ގޮސް މުޅިހެން ދޫކޮށްލައިގެން ދިވެހި ދައުލަތުން ތިބޭ ކަމެވެ. އިންޑިއާ ނޫން ބަޔަކަށް މަޝްރޫއެއް، ކުޑަޔަސް، ބޮޑަސް، ހަވާލު ނުކުރެވެނީއެވެ. ބޭނުމެއް ނެތް ކަންކަން ވެސް އިންޑިއާއިން ފާސްކޮށް ހުށަހެޅުމުން ތާއީދު ކުރަނީއެވެ.
އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ކުރީގެ ސަފީރު އަހުމަދު މުހައްމަދު ފާހަގަކުރައްވަނީ މި ކަންކަމެވެ؛ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަނީ އެ ސިޓީގައި އިންޑިއާގެ ބަޔަކު އާބާދު ކުރުމުގެ ވިސްނުމުގައި ހެއްޔެވެ؟ މަޝްރޫއެއް ހިންގަން އަންނަ ބަޔަކަށް ވިސާ ދޭން ކޮންސިއުލޭޓެއް ގާއިމް ކޮށްފައެއް ނެތެވެ. އިންޑިއާގެ ބޮޑު އާބާދީއެއް އައްޑުއަށް ގެނައުމުގެ ވިސްނުމެއް އޮވެދާނެ ނޫން ހެއްޔެވެ؟
India Consulate, Addu Tharahgee Ai Himaayathu Ge Bodu Bahusakah https://t.co/lflEHHLCmK
— Vaguthu Online (@VaguthuOnline) May 29, 2021
ވައިގެ ޓްރެފިކް ދިނުމުގެ ވާހަކަ، ބިރުވެރި ސިގްނަލެއް
އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީން ފޮރިން ޑައިރެކްސް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ސިޔާސަތަށް ގެނައި ބަދަލާއެކު މުޅި ރާއްޖެ ކެކި އެރީއެވެ. ގެޒެޓް ކުރި ލިޔުމުގައި އޮތީ ވައިގެ ޓްރެފިކް ކޮންޓްރޯލް ވެސް ދެވޭ ގޮތަށް އެއާޕޯޓް ހިންގަން ބޭރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުންޏަކަށް ދެވިދާނެ ކަމުގައެވެ.
ކުރިން ބޭރު ބަޔެއްގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުންޏަކަށް އެއާޕޯޓް ހިންގަން ވެސް ނުދެވެއެވެ. އޭރު އެ ސިޔާސަތުގައި އޮތީ ބޭރުގެ 75 އިންސައްތަ ޚިއްސާ އޮންނަ ކުންފުނިތަކަށް ދެވޭ ގޮތަށެވެ. އެހެންކަމުން ހަވާލު ކުރެވޭ ކުންފުންޏެއްގެ މަދުވެގެން 25 އިންސައްތަ ޚިއްސާ ދިވެހި ބަޔެއްގެ އަތުގައި އޮންނަން ޖެހެއެވެ.
ވައިގެ ޓްރެފިކް ހިމެނޭހެން އެއާޕޯޓްތައް ބޭރު ކުންފުނިތަކަށް ދެވޭ ގޮތަށް ސިޔާސަތު ބަދަލު ކުރުމުގެ ވާހަކަ އައިއިރު، މީގެ ކުރީގައި ދިވެހި މައި އެއާޕޯޓް ހިންގަން ބޭރުގެ ބަޔަކަށް ދިނީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށެވެ. މި ގޮތަށް މި ކަން ބަދަލު ކުރާތީ އިންޑިއާ ބަޔަކަށް އެއާޕޯޓް ދޭން އުޅޭ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތީ ބޮޑުވެފައެވެ.
ސިފައިންގޭގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ ކަންބޮޑުވުން ހާމައަށް އަންނަން ވަގުތުތަކެއް ވެސް ނުނެގިއެވެ. މިއީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ އެ ކަން ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވަނީ ރިސޯޓެއް ހިންގަން ނޫނީ މުވާސަލާތީ ޚިދުމަތަކަށް ބޭރުގެ ބަޔަކު ފުރުސަތު ދިނުމާއި ވައިގެ ޓްރެފިކް އެއިން ބަޔަކަށް ދިނުމާ ވަރަށް ތަފާތެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެއާޕޯޓްތައް އޮންނަން ވާނީ ދިވެހި އެއާޕޯޓް ކުންފުނީގެ ސެކުއިރިޓީއާއި، ކަސްޓަމްސްއާއި، ފުލުހުންނާއި، ދިވެހި ސިފައިންގެ ޚިދުމަތުގެ ބާރާއި ކޮންޓްރޯލްގެ ވެސް ދަށުގައެވެ. އެމްއެންޑީއެފްގެ ހުއްދަ ނެތި ބޭރު މީހުން ރާއްޖޭގައި ހިންގާ އެއާޕޯޓްތަކަށް ފްލައިޓްތައް ނުޖެއްސޭ ގޮތަށް ވެސް ބައްޓަން ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
Vaige Control Beyruge Bayakah Dheyn Dhekolhu, Sarukaarah Faadukiyanee https://t.co/VO7t43L2jN
— Vaguthu Online (@VaguthuOnline) June 14, 2021
ދިފާއީ ޚިދުމަތުގައި އެހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅަކު މި ކަމާ ނުރުހުން ފާޅުކޮށް ގައުމީ ސަލާމަތަށް މީގައި ނުރައްކާ އޮތް ކަމުގައި ވިދާޅުވާނީ ސަބަބުތަކެއް އޮވެގެނެވެ. ސަރުކާރު ހިންގާ ޕާޓީގައި ހުރެމެ އެ ކަން ފާހަގަކުރައްވާނީ އޭގައި ނުރައްކަލެއް އޮތީމައެވެ.
ފަހުން މިނިސްޓަރު ފައްޔާޒުގެ ޓްވީޓާއެކު އެ ކަމަށް ދީދީ މަރުޚަބާ ވިދާޅުވިޔަސް ދިވެހިންގެ ހިތްތަކުގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބުތައްދީ، ތަސައްލީއެއް ބޭނުންވާ ހިސާބަށް އެބަދެއެވެ. ދިވެހި އާންމު ރައްޔިތުންނާއި ޒުވާން ޖީލާއި، އިލްމުވެރިން ހިމެނޭހެން އެންމެންގެ ކަންބޮޑުވުމަކަށް އަބަދުވެސް އޮންނަ ކަމެއް ކަމުގައިވާ ވަކި އެއް ގައުމަކާ މާ ބޮޑަށް ގުޅުން ބަދަހިވެ އެ ގައުމަށް ބަރޯސާވާ ގޮތަށް ކަންކަން އޮންނަން އެބަ ޖެހެއެވެ.
ދިވެހި ދައުލަތަކީ އދ. ގެ ޗާޓަރުގައި ކަނޑައަޅާއި މިނިވަން މުސްތަގިއްލު ވަކި ގައުމެކެވެ. މި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. މި ދައުލަތުގައި ހިނގާނީ މި ދައުލަތުގެ ގާނޫނު އަސާސީއާއި ގާނޫނުތަކެވެ. މި ދައުލަތުގެ ބާރުވެރިކަން އޮންނަން ވާނީ މި ދައުލަތުގެ ރައްޔިތުންގެ އަތުގައެވެ. މާ ބޮޑަށް އެއް ގައުމަކަށް ބަރޯސާވާން ޖެހިއްޖެނަމަ، ބަރޯސާވާ ބޭރުގެ ދައުލަތް ބޭނުންވާ ގޮތް ނޫން ގޮތެއް ދެން މި ދައުލަތުގައި ނުހިނގާ ދުވަހެއް އައިސްދާނެއެވެ.
މަޑުމަޑުން ގޮސް މުޅި ދިވެހި ދައުލަތް ބޭރުގެ އެންމެ ދައުލަތެއްގެ އަތް ދަށަށް މި ދަނީ ހެއްޔެވެ؟
މަޑުމަޑުންނެއްނޫން
ފަތުއަޑުގޮވާފައެއޮތްހިފަނީ !!
މަޑުމްނޭ ބާރަށޭ ކިޔާނެކަމެއް ނެތް..ބަޔަކު ހޭދެބއިވެގެން ތިބެ މޮޔަޔެއްގެ އަތަށް ކަނޑިއެއް ދިނީމަ ވާނެގޮތް މިފެންނަނީ...އަދިވެސް އަންނިޔާހެދި ތެޅޭ އެއީ އަމިއްލަ ފައިދާއަށް އުޅޭމީހެއް ...މިގައުމުގެ ރައްޔިތުންނަށް ކުޑަވެސް ރަހުމެއް ހުރިމީހެއްނޫން..
ވިސްނާ ނުލާ ކުރާ ކަމަކުން ގިސްލަމުން ރޮވޭ
ދުވަސް މިފެންނަނީ...
މިވެރިކަން ނިމުމާއެކު، ސޯލިހާ ފައްޔާޒު ޕެކްކޮށްފަ އިންޑިޔާއަށް ހަދިޔާއަކަށް ފޮނުވާލާނީ... އަހަރެމެން ބިރެއް ނުގަންނާނެ އިންޑިޔާ މީހުން މިގައުމުން ފަހާ ނަގާލާކަށް.
މޑޕ އިން ތިތިބީ ވެރިކަމަކަށް އާދެވިފަ.. ވެރިކަން ހޯދުމަށް އެހީ ހޯދުނީ މާފިޔާއެއްގެ ފަރާތުން... ކަލޭމެނާ ދިވެހި ހުރިހާ ރައްޔިތުންގެ ފުރާނަވެސް އަތުލާފަ އިންޑިޔާ ސަރުކާރުގެ ނަމުގައި އެއޮތް މާފިޔާ ގޭންގު ހުއްޓާލާނީ....
މިގޮތް ބޭނުން ނޫންނަމަ މިހާރުން މިހާރަށް މިވެރިކަން ނިމުމަކަށް ގެންނަންވީ... މިވެރިކަމުގަ އެހެރަ ރައީސްއަށް ނޯންނާނެ އިންޑިޔާއިން އޭނަގަ އަންބޮނޑިއަށް އެދުނަސް ނޫނެކޭ ބުނެވޭނެ ފުރުސަތެއް. ހީ ސޯލްޑް ހިޒް ސޯލް ޓު ދަ ޑެވިލް.
ރާއްޖޭގަ ހުރި ހުރިހާ އެއާޕޯޓެއް އިންޑިޔާއާއި ހަވާލުކޮށްލަނީތަ؟
ޔާﷲ މިނުބައިނުލަފާ ވެރިންގެ ވަކިތަކުން މިދިވެހި ޤައުމު ސަލާމަތްކުރައްވައިފާންދޭވެ. އާމީން
މާމަގެފައްޓަރު ބައި ޗައިނާއަށްވިއްކަންޖެހުނީ
މާ ބޮޑުވަޒީރުހިތްޕުޅާނުވީ ދެއްތޯ ؟ ދެންމިޖެނީ ކާފަގެޖަނގިޔާވެސް އިންޑިއާއަށްދޭން ދެއްތޯ ؟
އަޅުގަނޑުގެ ވެރިކަމެއްގައި، މިސަރުކާރާއި މަޖިލީހުގައި ތިބި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އައިޑީކާޑުތައް ކެންސަލުކޮށްފައި އެމީހުން ޑީޕޯޓުކޮށްލާނީ އިންޑިއާއަށް.
ކުރެވޭކަހަލަކަމެއްވެއްޖެއްޔާކުރަންވީ މިހާރުމާލަސްވެސްވެއްޖެ!! މަލިކަށްހަދަންއެއުޅެނީ މުސްތަގު ބަލުގަ މިރާއްޖެއަށްވެސްހަދާފާގޮތެއް !!
ޑީޕޯޓު ކޮއްގެން ނުވާނެ.. ޖަލައްލާފަ އަދަބުދޭންޖެހޭނެ.
ރަނގަޅު! ނިކަން އުފާވާނެ.
ވޯޓެއް
Magey vote kaleah
ކޮޗިން ފެރީގެ އަޑެއް މިހާރި ނުއިވޭ
މިހާރު ރާ އްޖެ އަށް އުފުލަނީ ހަތިޔާރުކަމަށްވެދާނެ
އިންޑިޔާމީހުންބުނާހެން ރާއްޖެ އިންޑިޔާގެ ބެކްޔާޑަކައް ހަދައިނިންމައިފި
ވެރިކަން ހޯދުމައްޓަކާ އެމްޑީޕީން ނަސީދު އަދި އިބޫއައްވަނީ ހުށައެޅުންތަކެއް އިންޑިއާއައް ހުށައަލާ އެއްބަސްވެފަ މިހާރު މިފެންނަނީ އޭގައަމަލީސިފަ ޖެހެމުންދާތަން.
ސޯލިހު މިކަމުގައި ޖަލައްދާންޖެހޭނެ.. އެއީ ބޮޑު ޚިޔާނާތެއް ގައުމައް ވެފައިވާ.. ސޯލިހު ދެން އަންނަވެރިކަމެއްގައި ޝަރީއަތްކޮއް މިކަމައް އެންމެ އެކަށީގެންވާ އަދަބު ދޭންވާނެ.
މޑޕ ޓެރޮރިސްޓުންތަށް ގައުމުގެ ދުވަސްދުއްވާ ލައިފި. ކޮބާހޭ ބޮލުގަ ތެއަކުން ޖަހާފަ ތިބި ރައްޔިތުން؟ ކަލޭމެން ހަމަބުއްދި ފިލާދިޔައީހެއްޔެވެ؟ ނިދިން ހޭލެވޭއިރު ގައުމެއްނޯނާނެއެވެ. ޕަލަސްތީން، ކަޟްމީރުގެ ވާހަކަ ދިރާސާކުރާށެވެ. އެތަންތަނަށް ވެރިވެގަތް ގޮތް އެގިގަންނާށެވެ. ދިވެހި ގައުމު އިންޑިއާގެ އަޅުވެތި ކަމަށް ގޮސް ހުސްވަނީއެވެ. މިގައުމުގަ އުފެދުނު ޚާއިނުންތަކެއް ގައުމަށް ދިވެހި ރައްޔިތުން ކުރިމަތީ ގައްދާރު ވަނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މިކަންކަމާ އިދިކޮޅަށް ވާހަކަ ދެއްކުމަކީ ހޭޓް ސްޕީޗް އެއީ ހައްދުފަހަނައަޅައިދިއުން ކަމަށް ހަދަން އުޅޭހެން ހީވޭ ، މިއަންމާގެ ރޮހިންޖާ މީހުންނަށް އިންސާފެއް ހޯދައިނުދިން ބޭރުގައުމަކުން ، އެތާގެ ބަރުމާ ނަސްލުގެ މީހުން އަސްކަރިއްޔާއިން މަރާ އިރު ބޭރުގައުމަކަށް ކަހަރުވަކޭވެސް ހީވޭތަ ، ދިވެހިން ސަލާމަތް ކުރަން ބަޔަކު އަންނާނެތަ މިތާ ޑީމޮކުރަސީ ނެތި ދިޔައީމަ ، ޑީމޮކުރަސީއާއި މިނިވަންކަން ނެތި ގޮއްސިއްޔާ ރެފިއުޖީއަކަށް ވާން ތައްޔާރުވޭ
އިންޑިޔާއިން ދުވަހަކުވެސް ދިވެހިރާއްޖެއަކައް އެހީއެއްނުވާނެ. އިންޑިޔާއަކީ އަބަދުވެސް އަހަރެމެންގެ އެންމެބޮޑުހަތުރު. އިންޑިޔާއިން ރާއްޖެއައްމިދޭ ލޯނަކީވެސް ސްޓޭޓް ބޭންކްއޮފް އިންޑިޔާގަ ދިވެހި ބޮޑެތިކުންފުނިތަކުންޖަމާކޮއްފަހުރި ފިކްސް ޑިޕޮސިޓްގެ ގޮތުގަހުރި އެތައްބިލިއަން ރުފިޔާއަކުން ދޭލާރިތަކެއް އެއްގޮތަކައްވެސް އިންޑިޔާއިން ގެންނަ ފައިސާއެއްނޫން. 100 މިލިޔަންޑޮލަރުގެ ލޯނުޕުރޮޖެކްޓެއްގަ ސޮއިކޮއްފަ އެއިން އެޕުރޮގެކްޓަން ހަރަދުކުރަނީ މެކްސިމަމް 20 މިލިއަން. މީހަގީގަތަކީ. މިޔައްކިޔަނީ ގައުމެއް މަކަރުވެރިކަމުގަތިބެ ބަޔަކު މިތަން ލޫޓުވާލުން.
މަޑުންނޭ ސަހަރޯއި..މިވެރިކަން ނިމުމަކައް ގެންނަން ވެއްޖެ ގައުމު ހަނާ ނުވަނީސް.
ރައްޔިތުން ނުކުމެ ސަރުކާރު ބަދަލުު ކުރަންވީ ވަގުތު މިޖެހުނީ
އިންޑިޔާގެ ދަށުގައި ރާއްޖޭގެ ސަރަހައްދުތަކައް ދެވޭ ނަންތައް.
1. މާލެ - މާލެއައްތަޕޫރަމް
2. ހުޅުމާލެ - ޕޮންޑި ހުޅުމާޗެރީ
3. ތިނަދޫ - ތިނަވަންދުރަމް
4. އައްޑޫ - ލައްޑޫ އާބާދު
5. ކުޅުދުއްފުށި - ކުޅުދެއްލީ
6. ފޯކައިދޫ - ފޯނޭ
މި ޕެންޑަމިކް ނިމިގެން ގެއިން ބޭރަށް ނިކުންނަން ވާއިރަށް ގައުމު ވިއްކާ ނިންމާލާނެ. ދެން އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގައި އިންތިޚާބު ކުރަން ޖެހޭނީ ރައީސެއްގެ ބަދަލުގައި މޯލްޑިވްސް އޭ ކިޔާ އިންޑިޔާ ގެ ސްޓޭޓް ގެ ޗީފް މިނިސްޓަރަކު. މިވަރަށް ގައުމަށް ޣައްދާރުވާނީ!!!!
ރައްޔިތުން ނިކުންނަންވީ ގައުމަށްޓަކައި. އެހެން ވިޔަ ދީގެން ނުވާނެ!!!
ޣީރަތްތެރިކަމެއް ހުރި ދިވެހި ދަރިއަކުވެސް ނެތީމަ، ބާޣީ ގައްދާރު ބަޔަކަށް މިގައުމު މިއޮތީ ލިބިފަވެސް. ދެންވެސް ނުކުމެ މުހައްމަދު ތަކުރުފާނާ ދެހާޖީންނާ ދަންޑެހިލް ދެއްކި ހިތްވަރު ދައްކާ މިވެރިކަން ނިމުމަކަށް ގެނެސް އިންޑިޔާއަށް ނޫނެކޭ ބުނެ އަހަރެމެން ބުދު ފައްޅިއަށް ސަޖިދަ ނުކުރާނެކަން އަންގަންވީ...........
އެއްވެސް ބޭރު ބަޔަކު ހިންގާ އެޔާޕޯޓެއް ރާއްޖޭގައި އޮވެގެން ނުވާނެ. ދިވެހިއެޔާޕޯޓުތައް ހިންގަންވާނީ ދިވެހިން. ބޭރު އެޔާލައިންތައް ތިބުމަކީ މައްސަލައެއްނޫން.
ކޮވިޑް މަޅީގައި އަހަރުމެން ޖައްސާފައި ގައުމު ވިއްކާލަނީދޯ!
މިދެންވާނީ އިންޑިޔާގެ މަހަލްދީބުޔުނިއަން ޓެރިޓޮރީ އަކަށް!
މިގައުމައް އަދި ދިވެހިންގެ މިނިވަންކަމައް ޢައްދާރުވާ ވެރިން އަދި އެމީހުންގެ ބައިވެރިން މިތަނުން ފިއްލަވައި ނަތަވައިފާނދޭވެ. ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދައް.
ވ ހީވޭ މީހުންރުޅިއަރުވައިގެން މިވެރިކަން ވައްޓަން ލާދީނީ މެނޭޖަރ ކިޔައިގެން އުޅޭ އެއްޗަކަށްމީ. (ޔެސް އިންޑިއާގެ ބިރު %100ޔަގީން). ޢޭރުން ޑީފޯލްޓް ކޮށްވެރިކަން ލި ބޭނެ.ރާވާފަ އޮތްގޮތަށް ވެރިޔާ 2 1/2 އަހަރުން ނުފައިބައިގެން ކައްކުވަނީ. ދީނާ ގައުމަށްޓަކާ ދިވެހިލޭހިނގާ މީހުން ކޮންމެވެސް ކަމެއްކުރަން ވެއްޖެކަން ޔަގީން. ކާ ބަފައިންގެ ލޭގެ މތިން ހަނދާންކޮއް ބަ. ފޭކް ހުވަޔަކަސް ގައުމަށްޓަކާ މޭދިއްކޮއްލައިގެންނޭ ކިޔާ ސަލާމަތީ ބާރު ސޭވްކޮއްދޭނެ ނަމަ.
ދިވެހިރާއްޖެ ހިފަން މިހާރު ކަނޑި،ބަޑި ހިފައިގެން އަރާކަށް ނުޖެހެ. މިހާރު އިންޑިޔާއަށް އޮތިއްޔާ އޮތްއެއްޗެއް ތަބަކަށް ލައިފަވެދުމަށް އަރުވާތަން މިފެންނަނޫ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ޝެއިޚް އިލްޔާސޫ. މީ ދުޢާ ދެއްވިޔޭ ކިޔާވެރިންނަށް ވެރިކަން ކުރެވޭގޮތް ތޯ. ޔާﷲ ޤައުމަށް ޤައްދާރުވާ ވެރިންގެ ކިބައިން މިލޮބުވެތި ފަސްގަނޑު ސަލާމަތް ކުރައްވާނދޭވެ އާމީން.
ޔާﷲ. މިޤައުމާއި މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ރައްކާތެރިކޮށް ދެއްވާންދޭވެ. އާމީން
ރާއްޖޭގެ މިނިވަންކަމައްޓަކާ މި ސަރުކާރު ވައްޓަން އެބަޖެހޭ..
ހިނގަމާ ބަހީ!!
ވަރަށް ރޭވުންތެރިކަމާއެކު މިތާގަހުރި އިންޑިޔާގެ އަނދިރިއނދިރީން ސަންޖޭ ސުދިރު އެދަނީ އެމީހުންގެ ބޭނުންފުއްދަމުންނެވެ. ސަރުކާރުގައި އުޅޭމީހެއްގެ ހައިސިއްޔަތުން އިންޑިޔާ ބޭނުންވާ ކަންކަން ކުރާގޮތް ވަރަށް ރަނގަޅަށް އެގެއެވެ. އިންޑިޔާ ބޭނުންވާގޮތް މިނިސްޓަރުންނަށް ހުށަހަޅަނީ ސަންޖޭ ސުދިރުއެވެ. އެއަށް ދެކޮޅުހަދާހާ ހިތްވަރެއް މިނިސްޓަރުންގެ ނެތެވެ. ދެން ބޯގަންވިލާ މީހުންނަކީ އަމިއްލައެދުން އިސްކޮށް ގައުމަށް ގައްދާރުވާބައެކެވެ.
ޙިންނަވަރު ކިނ ބޫ މުޅި ދިވެހި ދައުލަތް ދަވާލައިފި.....އިންޑިޔާއަށް ވިއްކާލައިފި....
ކިހާ ދެރަކަމެއް
މީހާ ބޮޑު ދުއްޕާނެއް ތަ އަޅެ. ނުވާވަރު ގެ ކަންކަމާ ނުތެޅި އިސްތިއުފާ ދީފަ ފައިބާ ބަލަ. ޔާމީން ކުރިޔަސް އެމްޑީޕީ އަކަށް ވެރިކަން ނުކުރެވޭނެ ކަން ސާފް
އެހެންތާވާނީ އެމްޑީޕީން ބޯކިބާ ބަހަންޏާ އަޅަން ޖެހޭމީހުން ގަނަވާނެ ބޮޑުބައި އޮންނަނީ ބޭރުގައި .
ހަގީގަތުގައި އިންޑިއާ މީހުން މިގައުމުގައި އިތުރުވީމާ ރަނގަޅުވާނެ. ޜާއްޖެ ކުރިޔަށް ނުދަނީ މީހުން މަދުވީމާ. މިހާރުވެސް އައްޑޫއިން 3ލައްކަ ރުފިޔާއަށް ބިންގަންނަން ލިބޭ. އިންޑިއާ މުއްސަނދި މީހުން އައިމަ ދިގުމުއްދަތަކަށް ބިން ދޫކޮށްލާފައި ގޮސް އަހަރުމެންނަށް މެލޭޝިޔާ ފަދަ ގައުމުތަކުގައި އުޅެލެވޭނެ.
ކިތައްމެ ބާރަށް ތިވާހަކަ ދެއްކިޔަށް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ މީހުންނަކީ ހިތް ހެޔޮ ރަނގަޅު ބައެއް.
ޢެމީހުން މިތަނަށް އައިސްގެން ވާނެ ގެއްލުމެއް ނޯންނާނެ.
މިއިން ރަށެއް ހިފައިގެން ނުދެވޭނެ
އޭ ބޮލުރޮއްޖާ.. ގޮސް ތާރީޚު ކިޔާބަލަ. ތިވަރު މަރުމޯލުން މިތާގަ މިހާރު މަދުކަމައް އަހަރެމެން ހީކުރަނީ
އިސްތިއުމާރީ ވެރިކަމެއް ފެށުމުގެ މަލަމަތި އެ ބަފެނޭ!
ވެރިކަން ބަދަލުކުރުމަށް އިންޑިޔާ އަތުން ނެގި ފައިސާގެ ބަދަލު ދޭންޖެހިފައި މިއޮތީ ދިވެހި ރައްޔިތުން ގެ މިނިވަންކަމާއި އިސްތިގްލާލް ނަގާލައިގެން. ވެރިކަމުގެ ދަހިވެތިކަމުގައި މަސްތުވެ ގައުމަށް ކޮންމެފަދަ ގެއްލުމެއް ދީފައިނަމަވެސް ތިމާމެންގެ ވެރިކަމެއް ނަމުގައި އޮތުމަށްޓަކައި ދިވެހިރާއްޖެ މިއޮތީ އެހެންބައެއްގެ ޖީބަށްވައްޓާލާފަ. މިއަށްވުރެ ގައުމައް ޣައްދާރުވި ވެރިންވެސް މިގައުމުގެ ތާރީޚުން ފެންނަން އެބަތިބި. ނަމަވެސް މިވަރުގެ އަމިއްލައެދުމުން ފޯވެފައިތިބި ބައެއް ނުދެކެން
ދެރަކަމެއް! ލާޤައުމިއްޔަތުގެ ޢަމަލެއް! ލާޤައުމިއްޔަތު، ލާދީނިއްޔަތު
މީ ވަރައް ކަޑަ ސަރުކާރެއް.
އެއްބަޔަކު ވިއްކާލަނީ އިންޑިޔާއަށް އަނެއްބަޔަކު ޗައިނާއަށް! ދިވެހިރާއްޖެ ސޭލް ސޭލް.
#އިންޑިޔާއައުޓް
އިންޑިޔާގެ އެޔޮއް ބޮޑު ބިން އޮތް އިރު ގެދޮރުނެތް ކިތައް މިލިޔަން މީހުން އެތާ އުޅޭކަން އިނގޭތަ. ދެން ކަލޭ ހީކުރަނީ އެމީހުން މިތަނުން ބިންހޯދަނީ ދިވެހިންނައް ބޮޑެތިބިން ހޯދަދޭން ކަމައްތަ. ވީ އެންމެ އަވަހަކައް ސިކުނޑީގެ ޑޮކްޓަރަކައް ދެއްކޭތޯ ބަލާށެވެ.
މި ރީނދޫ ބައިގަނޑަށް ވެރިކަން ލިބިއްޖެއްޔާ ކޮންމެ ފަހަރަކުވެސް މުޅިގައުމު އިންޑިޔާގެ އަޅުވެތިކަމަށް އެބަ ގެންދޭ.... ދިވެހިނޭ ވިސްނާ ފިކުރުކޮށްބަލަ ދެންވެސް ހަމަ ވޯޓް ދޭނީ ރީނދޫ ބައިގަނޑަށްތަ؟؟؟ ރައްކާކޮށްފަހުރި ލާރިކޮޅު ތަޅާ ބުރުވާލައިފި. އިންޑިޔާ އަތުން ބިލިޔަނުން ބިލިޔަނުން ލޯނުނަގާ މުޅިގައުމު ދަރުވާލައިފި.... މިހާރު އެއުޅެނީ މި ދަރަނިތައް އަދާކުރަން ކުރީ ސަރުކާރުން އިންވެސްޓްކޮށްގެން ތަރައްގީކުރި ހަރުމުދާކޮޅު ވިއްކާލާފަ ފިލަން.... ހެޔޮނުވާނެ ދިވެހިންނޭ، މިރީނދޫ ބައިގަނޑަށް މި އިސްލާމީ މިނިވަން ގައުމުގެ ވެރިކަން ހިންގަން ހަވާލުނުކުރޭ.... އާދޭސްކޮށްފައިބުނަން..... އެމީހުން އެދައްކާ ހުވަފެންތަކަށް ނުހެއްލޭށެ.... ހޭލާށޭ ދިވެހިންނޭ،، ހޭލާށޭ ދިވެހިންނޭ....
ސުރުހީއަކަށް ޖަހާ ބަލަ އާދަނު ވަގުންގެ މަޅީގަޖެހިއްޖެ.
އަޅެފަހެ ކުޑަކުއްޖަކަށްވެސް ނުއޮޅޭމިންވަރަށް މިދިވެހިރާއްޖެ އަޅުވެތިވެ ނިމިއްޖެ ސަހަރޯ މިއޮތީވާ ސަރުކާރެއް ވެރިކަން ހިންގަން ނޭނގޭ ކަމަށް ވެއްޖެއްޔާ ގަވްމު އަޅުވެތިނުކޮށް އިސްތިއުފާ ދީފަ ފައި ބައިގެން ދާންއުޅޭ މިހެން ބުނާއިރުވެސް ގަވްމު ވިއްކާ މިވެރިންގެ ޖީ ބުފުރިއްޖެ ހެހެހެ!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟
މިހުރިހާބަލާޔާ އާފާތެއްމިޖެހެނީ މިގައުމުގައި ތިބި ނޫސްވެރިންނާ ރިޕޯރޓަރުން މަތީފަންތީގެ މީސްމީހުން ގެ އުގަށްވެއްޓި އެމީސްމީހުން އަތުން ލިބޭ މެޓަޔާ، ލޮލީއާ، ފޯނާ، އަތްދަބަހާ ، ސެންޓްފުޅިއާ ލެޕްޓޮޕާ ، ފައިސާ ގެ ތަހިވެތިކަމުގައި ިއިންވާހަކައެއް ތިލަކޮށްލަންނުކެރި އެޅިހާބަތަކަށް ރިހަވެގެން ތިބުމުން.
ދެން ހަކުރުބޯން ތިބޭހުރި ހާމީހުން ތަނެއް ދޮރަައްޓެއް ނޭނގެ މީހުން ވެރިކަމައްލައިގެން އަޅުވެތިވަނީ
މާދަމާ އިސްލާމީ މަރުކަޒު ދީފަވެސް ބަޔަކު އެއްޗެއް ބުނީމަ ވާނީ ފިތުނަ އުފައްދާ ކަމަށް . ހެޔޮނުވާނެ
ބަޔަކަށް ބާރު ތަކެއް ލި ބުނަސް ގައުމައް ގައްދާރު ބުނާ މިއައްކިޔަނީ
ގައުމު މިއަދު އިންޑިޔާގެ އަތްދަށަށް ގެންދިއުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ތުހުމަތު ކުރެވޭ ހިނދު ގާނޫނުއަސާސީގެ 237 ވަނަމާއްދާ އަށް ސަލާމަތީ ބާރުތަކުން އަމަލު ކުރަންވާނެ.ގައުމު މިގޮތަށް ދިޔަދީގެން ނުވާނެ.
އިންޑިޔާގެ ދުޝްމަނުންނަކީ މިތާނގައި ތިބި އިސްލާދީނަށް ލޯބިކުރާ ރައްޔިތުން.
އަލުން ދޭނެ ކަމެއް އެބަ އޮތްތަ. މި ގައުމު ހިންގަނީ މޯޑީގެ އޯޑަރަށް ސަންޖޭކުމާރު. އިބޫއަކީ ނަމަކަށް ހުންނަ ޕަޕެޓެއް.