ވިިލިމާލޭގައި ރަން ރިހީގެ މަސައްކަތް ކުރަމުން އަންނަ ދ. ރިނބުދޫ އަށް ނިސްބަތްވާ އާދަމް ސައީދު އަށް އޭނާގެ ލޯންޗު ގައި އަލިފާން ރޯވިކަން އެނގުނީ ހެނދުނު ހަތެއް ޖެހިހާއިރުއެވެ.

މާލޭ ދެކުނު ފަަރާތު ފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗުގައި އާދަމްގެ "ހުދު ހުދު" ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިއަށްވެފައެވެ. އެ ލޯންޗާއެކު ހަތަރު ލޯންޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފަސެންޖަރުން އުފުލުމަށް މީގެ ދެ އަހަރެއް ކުރިން ތ. ހިރަލަންދޫ އިން، އާދަމް ގަތް 12 ފަސެންޖަރުންގެ ޖާގައިގެ ލޯންޗު ދުއްވަމުން އައި ތ. ބުރުނީގައެވެ.

ލޯންޗުތަކުގައި ރޯވި އަލިފާން ނިންވަން ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ

ލޯންޗުގައި އަލިފާން ރޯވީ، އިންޖީނު އޯވަހޯލް ކުރަން މާލޭ ގެނެސް ގަޑިހަމަކުރަން ރަނގަޅަށް ދަތުރުތައްވެސް ނުފެށެނީސްއެވެ.

"އިންޖީނު އޯވަލުކުރިތާ އަދި ދެ މަސް ވާނީ. އޯވާހޯލް ކޮށްފައި ގަޑި ހަމަކުރަން ނުވެސް ދުއްވެނީސް ރޯވީ" އެ ސަރަހައްދުގައި ހުރެ "ވަގުތު" އާ ވާހަކަ ދައްކަމުން އާދަމް ބުންޏެވެ.

އިންޖީނު އޯވަހޯލް ކުރި މީހުންނަށް ދައްކަން ޖެހޭ ފައިސާވެސް އަދި އޮތީ ނުދައްކާ ކަމަށް އާދަމް ބުންޏެެވެ.

އާދަމްގެ އާއިލާގެ ބަރޯސާވެގެން އައީ ލޯންޗުން ލިބޭ އާމްދަނީއަށެވެ. ހަ ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ބަނދެފައިވާ ލޯންޗުން ދުވަލެއްގެ މައްޗަށް 4000 ހާހެއްހާ ރުފިޔާ ހޯދަމުން އައި އާދަމް އަށް، އާމްދަނީ އަށް ކުރާނެ އަސަރު އިހްސާސްވެސް ނުކުރެވެއެވެ.

"އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރުކޮށްފި. ލިބުނު ގެއްލުން ސިފަކުރަންވެސް ނޭނގެ" އާއިލާއަށް ކުރި އަސަރު ކިޔައި ދެމުން އާދަމް ބުންޏެވެ.

ލޯންޗް އޮތީ އިންޝިއުރަންސް ނުކޮށް ކަމަށްވާތީވެ އެއްވެސް ފައިސާއެއް ލިބިދާނެ ކަމާއި މެދު އާދަމް އަށް ޝައްކެވެ. ލޯންޗަށް ދިޔަ ހަރަދުތައް ހިއްސާ ކޮށްދޭން އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 06:13 ހާއިރުއެވެ. ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 06:45 ހާއިރުއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަލަނި

    ތިޔައީ ވެދާނެ ކަމެއް ކަމަށް ބަަލައިގެން އިންސުއަރަންސް ކޮށްފައި އޮންނަން ވާނީ. އަހަރުމެންގެ ޓެކްސް ފައިސާއިން ނުލިބޭނެ. ދީފިއްޔާ އަހަރުމެން ހިތް ހަރާން. އަދި ދައުރު ބަދަލުވީމާ މައްސަލަ ބަލާނަން.

    30
    13
  2. ބުރުގާ

    "ލޯންޗް އޮތީ އިންޝުއަރަންސް ނުކޮށް" ދެން ވަރައް ސަލާން އާދަން ތައްހާނުއައް. އިގްތިސޯދާއި ވިޔަފާރީގެ އެއްވެސް އުރައްޕެއް ނޭގޭ ހާލުގަ ވިޔަފާރިކުރަން އުޅުނީމަވާނީ ތިހެން.

    24
    24
  3. Anonymous

    އަލިފާން މޫސުން ރަސްމީކޮށް ފެށުނީދޯ

    24
    2
  4. ކޮރަލް

    އެސަރަހައްދުގަ ބޮޑު ކެމެރާ އެއްވެސް ނެތެވެ.

    16
  5. ހަސަދު

    މިއެމް އެން ޑީ އެފް އަށް އަޅެ ވާކަމެއް ދައްކަވަ ބައްލަވަ. ފައާ ސާވިސް ސެކްޝަންގެ ކުރިމަތީގައި، ފުޅާ މަގެއްގައި އަލިފާނުގެ ހާދިސާ ހިގައިގެންވެސް އަލިފާން ނިއްވިނީ ހުރިހާ ލޯއްޗެއް އަދައި ދެން އަދާނެ އެއްވެއް ނެތުނީމާ!!!. އޅު މިމީހުން މިއަށް ވުރެ ރަނގަޅު ކުރެވޭ ވަރުގެ ބަޔަކު ލާންވެއްޖެއްނު.

    23
    11
    • ތަކުރު

      ކަލޭ ހަވަާލުވާންވީނު

      1
      2
  6. މަ

    އިންސުއަރެންސް ނަގާފަ އޮތްނަމަ އާމްދަނީއަށް އެހާބޮޑަށް އަސަރެއް ނުކުރާނެ ކަމަށް ލަފާ ކުރެވެނީ

  7. ހަދަން

    އިންޝޫރެންސް އޮންނާނެ ނުން..

    1
    3