"ޝަރުއީ ދާއިރާ މިހާރު އޮތީ މުވައްޒަފުންނާއި ފަނޑިޔާރުން އިލްމީ ގޮތުން ތަރައްގީކޮށް އިސްލާހު ކުރެވޭ ހާލަތަކު ނޫން، ޝަރުއީ ދާއިރާ ގޯސްވީ އެ ދާއިރާ އިސްލާހު ކުރަން އެމްޑީޕީއަށް ފުރުސަތު ނުދިނުމުން،"
އޭރު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނެވި ހިސާން ހުސައިން އެގޮތަށް ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭރުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކާ އެކުއެވެ.
މިއީ އޭގެ ފަސް އަހަރު ފަހެވެ. ހާލަތު ތަފާތެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ދާދި އެއް ގޮތެވެ. ތަފާތުވި ހާލަތަކީ ވެރިންނަށް އައި ބަދަލެވެ. އޭރު ޝަރުއީ ދާއިރާގެ އެންމެ މަތީ ގޮނޑީގައި އިންނެވީ ވެސް ފަނޑިޔާރެކެވެ. މިއަދު އިންނެވީ އެމްޑީޕީގެ މެންބަރެކެވެ.
އަހަރުތައް ކުރިން ހިސާން އެދިވަޑައިގެންނެވި ގޮތަށެވެ. އެ މަސައްކަތުގެ މައި މީހަކީ ވެސް ޚުދު ހިސާނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހިސާނެވެ.
އެކަމަކު ބޮޑު ބާރަކާއެކު އިސް ޒިންމާއެއް އަދާ ކުރުން ވަކި ފަސޭހައެއް ނުވާނެއެވެ. ކިރިޔާ ވެސް އަތުން ބައެއް ކައްސާލައިގެން ގޮސްފިނަމަ އެކަން ފާހަގަކުރާނެއެވެ. ޖޭއެސްސީގެ މަސައްކަތުން ފެށިގެން ހިސާން މަޖިލީހަށް ހުށަހަޅުއްވާ ގާނޫނީ އޮނިގަނޑުތަކަށް ވެސް މިއަދު އޮތީ ފާޑުކިއުންތަކެވެ.
ޖޭއެސްސީގައި ކުރެވޭ މަސައްކަތާއި އެމްޑީޕީގެ ޕްލޭނާއި ޖޭއެސްސީގެ އެކުލެވުމާ މެދު ހިސާން ދެއްވާ ޖަވާބުތައް ގިނައެވެ.
ހިސާންގެ ހުވަފެނެއް، ކުރި ދިގު ދަތުރު
ހިސާން އެންމެ ޅަ އިރުން ފެށިގެން ދެކެމުން އައީ ގާނޫނީ ވަކީލު ކަން ކުރުމަށެވެ. އިންސާފަށް ވަކާލާތު ކުރާާށެވެ. މަޖިލީހުގެ މެންބަރު ކަމެވެ. ރައްޔިތުން ތަމްސީލް ކުރުމެވެ. ރަނގަޅު ގާނޫނީ އޮނިގަނޑުތައް ގެނެސްދިނުމެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި އިސްކޮށް ހުރުމެވެ.
އެއީ ބައްޕަ ދެއްކެވި ފިޔަވަޅުތަކުން ހިންގެވުމަށް ހިސާނަށް ލިބިވަޑައިގެންނެވި ހިތްވަރެވެ. ހިސާންގެ ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް ޝައިޚް ހުސައިން ޔޫސުފެވެ.
"އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ މަޖިލީހުގެ އިންތިޚާބުގައި ކާމިޔާބުކޮށް ބ. އަތޮޅު ގޮނޑި ލިބުނީ، އޭރުން ފެށިގެން އަޅުގަނޑަށް އެނގޭ، ރައްޔިތުންގެ މަޖިލިސް ކިޔާ ތަނެއް ހުންނަ ކަމާއި، ގާނޫނު ހަދާ ތަނެއް ކަން،" ހިސާން ވިދާޅުވިއެވެ.
ވަކާލާތު ކުރުމުގެ އިލްމު ހޯއްދެވުމަށް ފަހު ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ. އޭރު ޕްރޮސެކިއުޓާ ޖެނެރަލްއާއި އެޓާނީ ޖެނެރަލް ވެސް އޮންނަނީ އެއް މުއައްސަސާއެއްގެ ގޮތުގައެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2002 ވަނަ އަހަރެވެ.
އޭޖީ އޮފީހުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، މާސްޓާސް ޑިގްރީއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. މާސްޓާސް ނިންމެވުމަށް ފަހު އަލުން އޭޖީ އޮފީހަށް ގުޅިވަޑައިގެން މަސައްކަތް ގެންދެވިއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމު ލިބިވަޑައިގަތުމުން އެ މަގާމު ފުރުއްވިއެވެ. އެ ސަރުކާރު ނިމުނު ފަހުން ހިސާން ނުކުމެވަޑައިގަތީ ވަކީލަކަށެވެ. ކުރިމަތިލެއްވީ ހައްސާސް ބޮޑެތި މައްސަލަތަކަށެވެ.
"ސިޔާސީ ދައުވާ" ތަކުގެ މައްސަލަތަކުން އިންތިޚާބީ މައްސަލަ އާއި އިންސާފު ނުލިބި ލަސްވަމުން ދިޔަ އެތައް މައްސަލައެއްގައި ހިސާން ގެންދެވީ ވަކާލާތު ކޮށްދެއްވަމުންނެވެ. "ވަކާލާތުގެ މައިދާނު"ގައި ހިސާން ކުރެއްވި މަސައްކަތް ގިނަ ބަޔަކު ބަލައިގަތެވެ.
ނަތީޖާއެއްގެ ގޮތުން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާގެ ގޮނޑި ހިސާން ކާމިޔާބު ކުރެއްވިއެވެ. މިއީ އިންތިޚާބެއްގައި ހިސާން ވާދަކުރެއްވި ދެވަނަ ފަހަރެވެ. އަށާރަވަަނަ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށި ދާއިރާއަށް ވާދަކުރައްވައި އޭނާ ނާކާމިޔާބުވެވަޑައިގަތެވެ.
ހިސާން ވިދާޅުވަނީ އިސްލާހުތައް ގެނެވޭ ކަމަށް
އެމްޑީޕީ އަށް ލިބުނު ފުރުސަތާއެކު ހިސާން ދެއްވި މެސެޖަކީ މިއީއެވެ؛ ޝަރުއީ ދާއިރާ އިސްލާހު ކުރުން ދެން ނުހުއްޓުވޭނެ ކަމުގައެވެ. ދިވެހި ދައުލަތުގެ ޝަރުއީ ނިޒާމު ހުއްޓުވާފައިވާ "އަނދިރި ދައުލަތް" ހިނގަން ދެން ފުރުސަތު ނުދެވޭނެ ކަމުގައެވެ.
މި މެސެޖްތައް "ވަގުތު" އަށް ދެއްވި ބަސްދީގަތުމުގައި ވެސް ހިސާން ތަކުރާރު ކުރެއްވިއެވެ. އިތުރަށް ފާހަގަކުރެއްވި ކަމަކީ އެ މަސައްކަތުގައި މިހާތަނަށް ހޯދުނު ނަތީޖާއެވެ. ޝަރުއީ ދާއިރާ އަށް ގެނައި އިސްލާހުތަކެވެ.
ހިސާން ވިދާޅުވި ގޮތުން ނަމަ ކުރިން ގާނޫނު ވެސް ނުހިނގައެވެ. އޮންނަނީ "ވަކި ބޭފުޅެއްގެ އަމުރު" ތަންފީޒު ކުރުމެވެ. އެހެންވެ ކޮންމެ ދުވަހަކަށް ވެސް އޮންނަނީ އާ ގަވާއިދަކާއި އުސޫލެއް ކަމުގައި ހިސާން ވިދާޅުވިއެވެ.
"ދޫނިދޫގައި ގިނަ ހައްޔަރީން ކުރިން ތިބީ، އަޅުގަނޑުމެން ދޫނިދޫއަށް ޒިޔާރަތް ކުރާއިރު ކޮންމެ ދުވަހަކު ވެސް ދޫނިދޫގަ އޮންނާނީ އާ ގަވާއިދެއް، އެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތައިފިނަމަ މައްސަލައަކަށްވޭ، ގާނޫނު ހިނގުން އޮތީ މިހާ ހިސާބުގައި،" ހިސާން ވިދާޅުވިއެވެ.
މިހާ ހާލަތު ދަށްކޮށް އޮތް ޝަރުއީ ނިޒާމެއް އިސްލާހު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ހިސާން ވިދާޅުވިއެވެ. ފުރަތަމަ ކަމަކަށް ގާނޫނު ހިނގާނެ މާހައުލެއް ގާއިމް ކުރަން ޖެހި، އެކަން ހާސިލްވި ކަމަށް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑު ވަރަށް ކުރާ ހިތުން ކުރާ ކަމެއް، ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުން، ވަރަށް ވަގުތު ވެސް ދޭ ކަމެއް، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން މި ތަނުން ދާއިރު މިއީ ގާނޫނު ހަރުދަނާ ގޮތެއްގައި ހިނގާ މުއައްސަސާއަކަށް ހެދުން،" ހިސާން ވިދާޅުވިއެވެ.
މީގެކުރިން ނަމަ އެންމެ މަތީ ކޯޓުން ފެށިގެން ދަށު ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އިޚްލާސްތެރިކަމާ މެދު އޮތީ ސުވާލު އުފައްދައިފައެވެ. "ނަޒާހަތްތެރި" ފަނޑިޔާރުގެއެއް ގާއިމް ކުރަން ގާނޫނުތަކާ ޚިލާފުވި ފަނޑިޔާރުން ވަކިކޮށް އިތުބާރު ހުރި ފަނޑިޔާރުން ގެންނަން ޖެހޭ ވާހަކައިގެ އަޑު އޮތީ ގަދަވެފައެވެ.
ހިސާން ވިދާޅުވި ގޮތުގައި އެމްޑީޕީން ފުރަތަމަ ވެސް ކުރީ އެ މަސައްކަތެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ރަނގަޅު އަދަދަކަށް އިތުރު ކުރީއެވެ. އަދި މުޅި ބެންޗު ބަދަލު ކުރީއެވެ.
"ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް، ޝަރުއީ ދާއިރާއަށް އައިސްފި، ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިއްޖެ،" ހިސާން ވިދާޅުވިއެވެ.
ފަނޑިޔާރުންނާ ގުޅިގެން އަބަދުވެސް ޖޭއެސްސީއަށް ޝަކުވާތައް އާދެއެވެ. އާ ޖޭއެސްސީ އަންނަން ދެން އެއިން އެއް ކަމެއް ވެސް ނުބަލައެވެ. ފުރަތަމަ ވެސް ޖެހުނީ ޖޭއެސްސީ ހިނގާ ކަމުގެ ޔަގީން ކަން ދެއްވާށެވެ. އެ ކަން މިހާރު ކުރެވިގެންދާ މަންޒަރު ފެންނަ ކަމުގައި ހިސާން ވިދާޅުވިއެވެ.
އެހެންވިޔަސް ޖޭއެސްސީއަކީ ހަމައެކަނި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާ ތަނެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެންމެ ހިތްހަމަޖެހުނު ގޮތް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ. ފަނޑިޔާރުންނާއި ޝަރުއީ ދާއިރާ ތަރައްގީ ކުރުމުގައި ޖޭއެސްސީ ދައުރު އަދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ދުވަސްވެއްޖެ، ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮންނަތާ، އެ އިތުބާރު އިއާދަ ކުރުން ވާނީ ވަގުތު ނަގާނެ ކަމެއް، އަދިވެސް ވަރަށް މަސައްކަތް އެބަ އޮތް،" ހިސާން ވިދާޅުވިއެވެ.
ހިސާންގެ ޔަގީންކަން؛ ޖޭއެސްސީ ބަދަލު ކުރާނެ
ހިސާނަކީ ސިޔާސީ ބޭފުޅެކެވެ. ހުންނެވީ ސިޔާސީ ވަކި ބައެއް އިޚްތިޔާރުކޮށްގެންނެވެ. ޖޭއެސްސީގައި އޮތީ އެ ސިޔާސީ ޕާޓީގެ ބާރެވެ. އެ ކޮމިޝަންގައި އެމްޑީޕީ އެއް ލީޑަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ.
މި ގޮތަށް ދިމާވަނީ ގާނޫނު އަސާސީ އޮންނަ ގޮތުންނެވެ. ގާނޫނު އަސާސީގައި ބަޔާން ކުރާ ޖޭއެސްސީގެ އެކުލެވުމަށް އަބަދުވެސް ރައްޔިތުން ފާޑުކިޔައެވެ. ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނަކުން ޝަރުއީ ދާއިރާ ބަަލަހައްޓާނަމަ ސިޔާސީ ނުފޫޒު އޮންނާނެ ކަމުގައި އާންމުން ދެކެއެވެ.
އެކަމަކު ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން އެމްޑީޕީގެ އެޖެންޑާގައި އޮތީ އަދި މާ ފަހަތުގައި ކަމަށްވެއެވެ. އެ ކޮމިޝަންގެ ރިޔާސަތުގައި ހިސާން އިންނަވާއިރު އެކި ފާޑުކިއުންތަކާއި ތުހުމަތުތަކާ އޭނާ ވެސް ކުރިމަތިލާން ޖެހެއެވެ. ހިސާނަކީ ވެސް އެ އެކުލެވުމަށް ފާޑުވިދާޅުވި ބޭފުޅެކެވެ.
"އަޅުގަނޑު ގަބޫލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލު ކުރަން ޖެހޭ ކަން، މީގެ ކުރިން ފަނޑިޔާރުން ރިޔާސަތުގައި މި އިންނަވަނީ، ސިޔާސީ ބޭފުޅުން ވެސް ތިއްބެވީ، މާޒީގައި ކޮމިޝަން މެދުވެރިކޮށް ބައިވަރު ގޯސް ހިންގަވާފައިވޭ،" ހިސާން މިހާރު ވެސް ދެކެވަޑައިގަންނަވަނީ އެ ގޮތަށެވެ.
ހިސާން ދެއްވީ މި ޔަގީން ކަމެވެ؛ ޝަރުއީ ދާއިރާއަށް އޭނާ ނުފޫޒު ނުފޯރުވާނެ ކަމެވެ. ޖޭއެސްސީގައި އޭނާ ކުރާ މަސައްކަތަކީ ކުރިން އެ ކޮމިޝަން ހުއްޓިފައި އޮތް އޮތުން ބަދަލު ކުރުމެވެ. ކުރީގައި ޝަރުއީ ދާއިރާއަށް ފޯރުވާ ސިޔާސީ ނުފޫޒު މިއަދު ނެތް ކަމަށް އޭނާ ވިދާޅުވެއެވެ.
ޖުޑިޝަރީ އިސްލާހު ކުރަން ރަވާފައިވާ އޮތް ތަރުތީބުގެ ތެރެއިން އެ ކޮމިޝަންގެ އެކުލެވުން ވެސް ބަދަލު ކުރާނެ ކަމަށް ހިސާން ވިދާޅުވިއެވެ. އެމްޑީޕީގެ ރިޔާސީ ވައުދު ފުއްދިގެންދާ މަންޒަރު ފެންނާނެ ކަމުގައި އޭނާ ވިދާޅުވެއެވެ.
"ފުރަތަމަ ދިރާސާއެއް ކުރަން އެބަ ޖެހޭ، ކޮބައިތޯ އެންމެ ރަނގަޅު ގޮތަކީ ހޯދަން، ރާއްޖެއާ ގުޅޭނެ އެންމެ ރަނގަޅު އެކުލެވުން ހޯދާނީ، އެ ކަން ކުރާނެ ވަގުތު ނިންމާނީ އަޅުގަނޑެއް ނޫން، އެއީ ކުރަން ޖެހޭ ކަމެއް ޔަގީނުން ވެސް،" ހިސާން ވިދާޅުވިއެވެ.
ހިސާންގެ ގާނޫނީލަފަޔައް އެމްއެންޑީއެފުން އަބްލޯގާޒީ ހައްޔަރުކުރީވެސް ދެންވީގޮތް އެންމެނައްފެނުނު ނަފްރަތުގެބިލް ގެސަބަބުން ތާރީހް އިއާދަ ވެދާނެކަމައް ވިސްނުންބުއްދިވެރި
ގޮނޑި ބޮޑުކަމުން ގޮނޑި ދަށުގައި މައުޝޫގާ. މައުޝޫގާ ސަލާމަތްކުރަން ފާޑުފާޑުގެ ގާނޫނުތައް ހަދަނީ
އަންހެނުން ވަކީލުކަން ކުރުން ހަރާމް ކަމަށް ގިނަ އިލްމުވެރިން ވިދާޅުވާނީ އެހެންވެ
ދިވެހި ރާއްޖޭގެ ހަލާކަކީވެސް މީ
ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ
ހަމަ ތެދެ
ސިކުނޑީގަ އެބައުޅޭ މައްސަލައެއް
ހިސާން ބޭނުންވާ ވަކިބަޔަކު ތިތަނަށް އައިމަ އެއީ ކަލޭމެން ޤަބޫލުކުރާ އިސްލާހަކީ ، މިހަްތަނަށް ނުކުމެފަ ހުރި ހުކުމްތަކުން އެކަން ވަރަށް ސާފު ، އަދި މިހާރު މިއޮތްގޮތުން ރައްޔިތުން ނުރުހޭ ކަމެއް ހިނގިޔަސް ހަމަ ތިބެން ޖެހެނީ
މިޔޮތް ހުރިހާ ދުވަސް ވީއިރު ލާދީނީ ރިޕޯޓް ގެ ވާހަކަ ނުޖަހާ ސަބަބަކީމީދޯ
ހެހެ މިހާރު ތިކިޔަނީ ރަނގަޅައް މިގައުމުގަ އަދުލުވެރިކަމެއް ނެއް މިމީހުންނާހެދި
މިމީހުންނަކީ މިމީހުން ހިތުން މާމަތީބައެތް ބަލަ އަހަރެމެންނާހެދި އޭ މިވެރިކަން މި ދެމި އޮންނަނީ މާދަމާ ނިކތަސް މިވެރިކަމެއް ނޯއްނާނެ
އޭ ނަފްރަތުގެ ބިލް ގެ ވާހަކަ ބޮޑޫރިޕޯޓް ގަހާފަ ލައިބަލަ
މިހާރު ތި ކުރެވެނީ ލާދީނިއްޔަތު ޕްރޮމޯޓް
ފެންނަ ފެނުމަށް މާރިއާ އާއި ލައިލާ އަށްވުރެ ތިމަންޖެ ޅަވާނެ.
ކޮބާ ގެނެވުނު އިސްލާހަކީ. މިހާރު ކޯޓު ތަކަކީ އެ މް ޑީ ޕީގެ ޖަގަހަތަކެއް. ފައިސާ ކޮޅެއް ދީގެން ،ނަފްރަތު ގެ ބިލް ގެ މައްސަލަ އޮއްބާލަވޭތޯ ޖެހި ރޮކެޓެއް މި އިންޓަވިއު މިއީ.
އެމްޑީޕީގެ އަތްދަށަށް ކޯޓުތައް ދިޔުމާއެކު ކޯޓުތައް ސާފުތާހިރު. ބާރުކެނޑުނީ އެގޯސްވީ
ހިސާނަށް އިންސާފުވެރި ނުވެވުނުތާ ތިދަނީ ދީނާ އަމާންކަމާ މިިނިވަންކަމާ ކުޅެ މީގެކުރިން މީހަކު ހީވެސް ނުކުރާފަދަ ބިރުވެރި ހާލަތަކަށް ގައުމުދާ ވަރުގެ ބިރުވެރި ކަންކަން. ހިސާން އިސްތިފާ.
އިންސާފަކީ އިސްލާމް ދީނެވެ. އަދި އަނިޔާއަކީ ދީނާ ހިލާފު ވުމުން ނިކުންނަ ނަތީޖާ. ދީން ނޭނގޭ ޖާހިލުން ހުކުމް ކުރަން އެރީމަ ވާ ގޮތް މިފެންނަނީ. އެންމެންވެސް ލާދީނީ ބިލާއި ދެކޮޅު ޕެޓިޝަނުގައި ސޮއި ކުރަން ގޮވާލަން
ކިޔާދީބަލަ މި ބިލު ލާދީނީ ވި ގޮތް. ޢޭރުންތާ އަހަރެމެންނަށް ވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ޢެނގޭނީ
.މިދެން ކާކު ބޮޑުގޮޑީގަ ބައިންދަން
ޥަރައް ބޮޑާ ފޮނިއަންހެނެއް..
ވަގުތުން ވާހަކަ ދައްކައިގެން ތިޔަ މަންޖެ ބުރުގާ އަޅުވަބަލަ.ފަޑިޔާރުންނަށް އަމުރު ކުރާ މީހާ ތިޔަ ހުންނަނީ ޕާޓޭއެއްހެން.
އިސްލާހް ކުރުމުގެ ނަމުގައި ލާދީނީ ކަންކަން ފަތުރާކައް ފުރަރސަތެއް ނުދޭނަން. އަދި ލާދީނީ އަނދިރި ދައުލަތް ފަތުރާކައްވެސް ފުރުސަތެއް ނޫދޭނެކަން ހަނދާން ކޮއްދެން
އަމަލާއި ބަހާދިމާނުވާ، އިޅުލާޝްތެރިކަމެއް ނެތްމީހެއްތީ، ކުރިން އަހަރެން ވ ތާއީދު ކުރި މީހެއްތީ، އަނގަ ބޮޑީ ކަންކަން އިޞްލާޙްކުރަން ކުރި އެއްވެސް ކަމެއްނެތް، މުޅި ޝަރުޢިނިޒާމު ބޮއްސުންލާގެން ގޮއްސި، 3ބާރު ވަކިވެފައޭކިޔާފަ، މުޅި ޖުޑިސަރީ ހިސޯރުކޮށްފި، ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް، ވަކިބަޔަކު ދިފާއުކުރަން ފޫގަޅާފަހުރީ..
މި އަންހެނާގެ ނުބައި ކަމުން ދިވެހިން ނަށް ރައްކާތެރިކަން ދެއްވުން އެދި ﷲ ހަޒްރަތުގައި ދުޢާ ދަންނަވެމެވެ.
މީނާގެ ނުބައި ކަން ގޮސްފައިވާ ހިސާބަކީ ދީނީ ކަންކަމުގެ މައްޗަށް ވެސް އެބަ ބަސްބުނެއެވެ.
އަނދިރި ދައުލަތޭ ކިޔައިގެން ކީކޭ ކިޔަންތަ ތިޔައުޅެނީ؟
މިހާތަނަށް ކަލޭމެން އެހެން މީހުންގެ މައްޗައް ކުރި ތުހުމަތު ތަކުގެ އަޑީގައި ތިބީ ހަމަ ކަލޭމެން...
އެހެންވީމާ އަނދިރި ދައުލަތަކީ ވެސް ހަމަ ކަލޭމެން...
ލާދީނީ ފިކުރު މިރާއްޖޭގައި ނުފެތުރެނީ މިރާއްޖޭގައި އިސްލާމްވަންތަ ލޭހިނގާ ދަރީން ތިބީތީ... އެފަރާތްތަކަށް ނިސްބަތްކޮށް ކަލޭމެން އަނދިރި ދައުލަތޭ ކިޔާ ގުންފައިންޖެހިޔަސް ކަލޭމެން ތީ ހަމަ އަނދިރި ދައުލަތުގެ ވެރިން...
ޖޭއެސްސީގެ އޮނިގަނޑު ކަމުނުގޮސްގެން ހަޅޭއްލެވި މީހާއަށް ވެރިކަން ލިބުނީމާ އޮނިގަނޑު ބަރާބަރު. ދައުރު ދެބައިވިއިރުވެސް ދިރާސާކުރަނީޔޯ. ޖޭއެސްސީގެ އޮނިގަނޑު އިސްލާހުކުރަން އެހެން ބަޔަކު މަޖިލީހަށް ހުށަހެޅީމާ، އެ ހުށަހެޅުން ބޭރުކޮށްލީ އިންސާފަށް ލޯބިކުރާލެއް ބޮޑުކަމުން. ޖޭއެސްސީގައި އިނދެގެން ފަނޑިޔާރުން ހުކުމްކުރާ ގޮތާ މެދު ފަނޑިޔާރުންނަށް ފިޔަވަޅު އަޅާއިރު، ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ސުވާލުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށް ޤާނޫނު އަސާސީގައި އޮންނަކަމެއް ނޭނގޭ. އެކަމަކު މާމޮޅު ޤާނޫނީ ވަކީލެކޯ. ކުރީގައި ޤާނޫނެއް ނުހިނގައޭ، އޮންނަނީ ވަކި މީހެއްގެ އަމުރޭ ބުނާއިރު، މިހާރު އޮންނަނީ ކޯންޗެއްބާ؟ ތިމާމެން ނުރުހޭ ގޮތަކަށް ފަނޑިޔާރަކު ހުކުމެއް ކޮށްފިނަމަ، އެ ފަނޑިޔާރެއްގެ މައްސަލަ ބަލައި ފިޔަވަޅުއަޅަނީ. މިއީޔޯ އަދުލު އިންސާފަކީ. ލަދުހަޔާތް ކޮބައިބާއޭ ހިތަށް އަރާ.
ތިމާމެންގެ ކުރީގެ ވެރިކަމުގައި ޤާނޫނާ ޚިލާފަށް ފަނޑިޔާރަކު ގިރިފުށީގައި ހައްޔަރުކޮށް، ޔާމީން އާރަށުގައި ހައްޔަރުކޮށް، ސުޕްރީމްކޯޓުގައި ތަޅުއަޅުވައި މިހުރިހާ ކަމެއް ކުރީ މީނާ ރައީސްގެ ލީގަލް ސެކްރެޓަރީއަކަށް ހުރެ. އެކަމަކު މިމީހުން ކޮށްފިއްޔާ އެއީ އަދުލު އިންސާފު ޤާއިމްކުރަނީޔޯ. ލަދުހަޔާތްކުޑަ އަންހެނެއް.
މައުމޫނު މިހުރިހާ ދީނާޚިލާފު ސުންޕާކަމަކަށް ތާއީދު ކޮށް ޕްރޮމޯޓުކޮށް އާއްމުކުރި މީހަކީ އޭނަގެ އަންބަކު ދަރިޔަކު ބޮލަކު ބުރުގާއެއްވެސް ނާޅުވާ ރިބާއެއް ރާއެއް މަނަލެއް ނުކުރޭ ސައިތާނީ އަމަލެއްކަމައްވާ އިސްރާފު ކޮއްތުބަޖެޓު 300 މިލިއަން .މިހުރިހާކަމެއް އޭނަޔައް ކޮއްދިން އެއިރުގެ ޒުވާނުން މިހާރު 60 ގެ ހުރިހާއެއްމެންނަކީ ހައްދުފަހަނައަޅާފަެވާ ގައުމައް ގައްދާރު ނުބައިމީހުން.
އޯ ޕްލީޒް!
މަިހަމަ ފައްކާ ރޯނުއެދުރެއް