ގްރޭޑް އަށަކުން ސްކުލޫން ވަކިވި އިބްރާހީމް ޒިހާން މާލޭ އައިސްފައިވަނީ 2010 އާއި 2011 އާ ދެމެދުއެވެ. ސީދާ ތާރީހެއް ނޭނގެެއެވެ.

ކުޑައިރުވެސް "މާލެ ނުދެވިގެން" އުޅޭ ޒިހާން ނ. ލަންދޫއިން މާލެ ފުރީ ވަޒީފާއެއް ހޯދަންވެގެން ކަމަށް ބުނެއެވެ. "އެއީ ކުޑައިރުވެސް ކްރިމިނަލް މައިންޑެއް ގެންގުޅޭ މީހެއް" މިއީ ޒިހާންގެ އާއިލާގެ މީހަކު އޭނާގެ ކުޑައިރުގެ ދިރިއުޅުން ސިފަކުރި ގޮތެވެ.

މާލޭއަށް ހޭނި، ކުށުގެ ވެށީގައި ކަސްތޮޅު އެޅުނު ޒިހާނު، އެންމެ ފުރަތަމަވެސް މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުން "ރިކޯޑް ފޮތަށް" ޒިހާނުގެ ނަން އެރި ގޮތަށް އެ ފޮތުގައި ނަން ތަކުރާރު ވުން ހުއްޓުމަކަށް ނައެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަތަކުން ހައްޔަރު ވަމުން ގޮސް، މާރާމާރީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އޭނާ ތަންފީޒު ކުރިއެވެ. އެ ބަންދުން ދޫވި ގޮތަށް ދެން މި ހައްޔަރު ކުރީ އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަރާލުމުގެ ތުހުމަތުގައެވެ.

މިހާރު އުމުރުން 27 އަހަރުގެ ޒިހާން ހައްޔަރު ކުރެވުނު ތާރީޚުތަކާއި އޭނާގެ ކުށުގެ ރެކޯޑް "ވަގުތު" އިން ހޯދައި ބެލުމުން ސާފުވެ ދިޔަ ކަމަކީ، މުޖުތަމައަށް ނުރައްކާ ހުރި މީހުން ދޫވެ އިތުރު ނުރައްކަލަށް ހުށަހެޅޭ ގޮތަށް ދައުލަތުގެ ނިޒާމުގައި ހުރި "ބާގަނޑު" ތަކެވެ.

ޒިހާން ހައްޔަރު ކުރި ތާރީޚްތައް

  • 23 ނޮވެމްބަރު 2012 (އެންމެ ފުރަތަމަ ހައްޔަރު ކުރެވެނު ދުވަސް)
  • 17 އޮކްޓޫބަރު 2013
  • 2 ފެބްރުއަރީ 2015
  • 11 މޭ 2015
  • 6 ޖޫން 2015
  • 26 ޖޫން 2015
  • 10 އޮގަސްޓު 2015
  • 31 އޮގަސްޓު 2015
  • 24 ސެޕްޓެމްބަރު 2015
  • 6 އޮކްޓޫބަރު 2015
  • 1 ނޮވެމްބަރު 2015
  • 4 ނޮވެމްބަރު 2015
  • 23 ނޮވެމްބަރު 2015
  • 24 ނޮވެމްބަރު 2015
  • 8 ޑިސެމްބަރު 2015
  • 29 ސެޕްޓެމްބަރު 2016
  • 22 ޑިސެމްބަރު 2016
  • 27 ޖުލައި 2017
  • 12 އޮގަސްޓު 2017 (ތިން އަހަރުގެ ޖަލު ހުކުމެއް)
  • 21 ޖޫން 2021 (13 އަހަރުގެ ކުއްޖަކު މަަރާލިކަމުގެ ތުހުމަތުގައި)

މި ރެކޯޑްތަކަށް ބަލާއިރު ފުރަތަމަ ހައްޔަރު ކުރެވުނުތާ އަހަރު ދުވަސް ފަހުން އޭނާ ހައްޔަރުކޮށްފައިވެއެވެ. 2013 ގައި ހައްޔަރު ކުރި ދުވަހަށް ފަހު 2014 ގައި އެއްވެސް ގޮތަކަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ދެން 2015 ގައި 11 ފަހަރު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ވެސް ނޮވެމްބަރު މަހު އެކި ފަހަރު މަތިން ހައްޔަރުކޮށް ދޫވެފައިވެއެވެ. އެ މަހު އެކަނި އޭނާ ހަތަރު ފަހަރު ހައްޔަރުކޮށްފައެވެ.

ޒިހާންގެ އަމަލުތައް، ކައިރި މީހުންގެ ދުލުން

"ދޭތެރެއަކުން ރަށަށް އައިސްފައި އުޅޭނެ، ވަރަށް ފާޑަކަށް އުޅޭނީ،" އާއިލާގެ މީހަކު ގާތު ޒިހާން އަކީ ކާކުތޯ އެހުމުން އޭނާ ދިނީ މި ޖަވާބެވެ. ޒިހާން ކުޑައިރު އޭނާގެ މަންމައާ ބައްޕަ ވަރިވިއެވެ. އޭގެ ފަހުން ޒިހާން ހިމެނޭ ގޮތަށް އާއިލާގެ ހަތަރު ކުދިން ބަލަމުން އައީ މަންމައެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތު" އާ ވާހަކަ ދެއްކި އާއިލާގެ މީހާ ބުނީ ޒިހާން މާލެ ދިޔަ ގޮތަށް ރަށަށް ދެ ފަހަރެއްގެ މަތިން އައިސް އުޅުނު ކަމަށެވެ. އެކަމަކު އައީ ސީދާ ކޮން ދުވަސްވަރަކު ކަން އާއިލާގެ ހަނދާނަކު ނެތެވެ. އެއީ ގާތްގަނޑަކަށް 2013 އާއި 2015 އާ ދެމެދު ކަމަށް ބުންޏެވެ.

އަދި ރަށުތެރޭގައި އުޅުނީ ވަރަށް ބޮޑަށް "ގޭންގްސްޓާ" ހެދިގެން ކަމަށް ޒިހާން ރަށުގައި އުޅުނު ގޮތް ކިޔައިދިން މީހާ ބުންޏެވެ. އޭނާ ބުނި ގޮތުން ނަމަ ޒިހާން ރަށުގައި އުޅުނުއިރު އަބަދުވެސް އުޅެނީ އަބަދުވެސް ކޮންމެވެސް ބަޔަކާ ޒުވާބު ކުރުމުގައެވެ.

"އަަބަދުވެސް އުޅޭނީ ތަޅާފޮޅަންވެގެން، ރުޅިގަދަވެފައި ހުންނާނީ،" އެ މީހާ ބުންޏެވެ.

އެއަށް ފަހު އޭނާ ރަށަށް ގޮސްފައިވަނީ ޖަލު ބަންދުން ދޫކޮށްލުމުން މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެެ. ރަށަށް ދިޔައިރު، ފުރަތަމަ ދުވަސްކޮޅު އުޅުނީ ވަރަށް ދީންވެރިކޮށް އެ މީހާ ބުންޏެވެ. އާއްމުކޮށް އޭނަ އަކީ ރަށުގެ މީހުންނާ މާ ގާތް ގުޅުމެއް އޮންނަ މީހެއް ނޫނެވެ. މުޅިންވެސް އުޅެނީ ވަކިންނެވެ.

"ފަސް ވަގުތު ނަމާދު ކުރާނެ، ތުނބުޅިވެސް ބަހައްޓާފައި ހުންނަނީ، ދެން ފެންނަން ފެށީ ކުޑަކުދިންތަކަކާއެކު، ކުޑަކުދިން ގޮވައިގެން ގެއަށް ވެސް ގޮސް އުޅެ ހަދާނެ، އެކަމަކު ގޯސް ކަމެއް ވަކި ފާހަގައެއް ނުވޭ،" އެ މީހާ ކިޔައިދިނެވެ.

ފަހުން ފަހުން ފިރިހެން ކުޑަ ކުދިން ގޮވައިގެން މާ ގިނައިން އޭނާ ގެއަށް ގެންގޮސް އުޅޭތީ ރަށު މީހުންގެ ފުރައްސާރަ ލިބުނު ކަމަށް އެ މީހަކު ބުންޏެވެ.

"މާގިނައިން އެހެން ކިޔާތީވެ އޭނާ ރަށުން ފުރީ" އެ މީހާ ކިޔައިދިނެވެ.

ދައުލަތުގެ ނިޒާމު ހަރުދަނާ ވާން ޖެހޭ

ނުވަ އަހަރުގެ މުއްދަތެކެވެ. 19 ފަހަރު ހައްޔަރު ކުރެވުނެވެ. ފުރަތަމަ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން މާރާމާރީގެ މައްސަލަތައް ވެސް ހިމެނޭ ގޮތަށެވެ. ދެން ދިޔައީ ތިން އަހަރުގެ ހުކުމެއްގައި ޖަލަށެވެ. އެއީ ވެސް މަރާމާރީގެ މައްސަލައެއްގައެވެ. އެ ހުކުމް ތަންފީޒުވެ ނިމި ބަންދުން ދޫވިތާ އަހަރު ދުވަސް ވެސް ނުވެއެވެ. ޝަރީއަތް ނިމެންދެން ބަންދަށް ދިޔައީ ކުޑަކުއްޖަކު މަރާލުމުގެ ކުށެއްގައެވެ.

އަދި ކުށުގެ ރެކޯޑް ފޮތަށް ނާރާ އޮތް އެތައް ކުށެއްގެ ވާހަކަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ. ފެންމަތިވަމުންދާ ވާހަކަތަކަށް ބަލާއިރު ހުރީ ކަންބޮޑުވުން ބޮޑު، ނުރައްކާތެރި އެތައް ވާހަކައެވެ. އެކަމަކު އެކި ފަހަރު މަތިން މުޖުތަމައަށް މި އެންމެ މީހަކު ދޫވެ އޮތުމުން ކުރިމަތިވީ މުޅި ދައުލަތް "ކަރުނަ އަޅާ ރޯން ޖެހޭ" ފަދަ ބޮޑު ހާދިސާއަކަށެވެ.

"ޖަލަށް ގެންދަނީ މުޖުތަމައަށް ފައިދާ ކުރަނިވި ފަރުދެއް ބިނާ ކުރުމުގެ ގޮތުން، އެކަމަކު ޖަލުތައް ވެފައި މި އޮތީ އެ ކަމަށް އިތުރު ތަމްރީން ދޭ ތަނެއްގެ ގޮތުގައި، މި މައްސަލައަކީ އޭގެ މިސާލެއް، ރެހިބިލޭޓް ނުކުރެވޭ، އެކަމަކު ޖަލުގެ ވެށި މި އޮންނަނީ އަނިޔާ ދެވޭ ތަނަކަށް، އަދަބެއް ދެވޭ ތަނަކަށް، ޖަލުން ނުކުތީ، އެ ދިޔައީ ކުޑަކުއްޖަކު މަރާލުމުގައި،" މައްސަލައާ ގުޅުވައި ޖިނާއީ އަދުލުގެ ނިޒާމުގެ މާހިރަކު ދެއްވީ މި މެސެޖެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ފާނީޒް

    މިފަދަ ކުއްވެރިން ދޫކުރެވިފަ ތިބެނީ ހަމަ ފުލުހުންގެ ފީކަޅާކަމުން. އަދި ފުލުހުންގެ ތެރޭގައި މިވެރިން ގުޅިފައިތިބޭތީ. ތަކުރާރުކޮއް ކުއްކުރާ މީހަކު ދެން އެއީ މުޖުތަމްއުއަށް ނުރައްކާތެރިމީހެއްކަމައް ބަލައި އެމީހަކު ހައްޔަރުގައި ބެހެއްޓެންޖެހޭނެ އަދި އެނޫނީ އެމީހަކު ބަލަހައްޓައި މޮނިޓަކުރަން ޕުރިސިންސް އޮފިސަރަކު އައްޔަންކޮއް ވަކި ތާވަލަކައް މުޖުތަމައުގައި ވަކި ކަންކަމުގައި އުޅެވި މޮނިޓަރ ކުރެވެންޖެހޭނެ. މިފެންވަަރައް ރާއްޖެފަދަ ކުޑަ ގައުމެއްގައި ކަންކަން ހިންގާލުމަކީ ހަގީގަތުގައި އެއްވެސް ކަމެއްނޫން. ހަމައެކަނި ބޭނުންވަނީ އެކަންކަން ތަރުތީބުކޮއް ހިންގާލާނެ ވެރިންތަކެއް މުއައްސްސާގައި ތިބުން.

    30
    4
    • ޙުނާ

      ފުލުހުންގެ މަސައްކަތް އެނގިލައްވާތޯ؟ ގާނޫނު ހަދަނީ ފުލުހުންތޯ؟ ވާހަކަ ތިދައްކަނީ އެނގިގެންތޯ؟

      14
      7
      • ޝާފިޔާ

        ފުލުހުންގެ މަސައްކަތަކީ ޓުރެފިކް އިސްޓިކާ ޖެހުންނޫންތޯ.؟

        17
        2
    • ހާން

      ނަންވާނީ ފުލުހުން. އެދެންހެޔޮ ގާނޫންގަ އެމީހުން ޖަލުގަ ބޭތިއްބެން ނެތަސް. ކޯޓުން އެމީހުން ދޫކޮއްލިޔަސް. ނަންވާނީ ހަމަ ފުލުހުން ދެއްތޮ؟

      1
      1
    • ކަޝިސް

      އެހެނެއްނޫން ވަނީ. ސިޔާސީ މީހުންގެ ސުންޕާކަމާއި އަމިއްލަ އެދުން ބޮޑުކަމުން ރާއްޖޭގެ ޒުވާންޖީލަށް މިހެން ދިމާވީ. ފުލުހުންނަށްވެސް ކުރެވޭނީ ޤާނޫނާއި ގަވާއިދުގަ އޮންނަ ކަމެއް އެކަނި. އެގޮތަށްކުރީމަވެސް މި ސިޔާސީ "ބޮޑުން" ގެ ބާރުގައި ޤާނޫނާއި ގަވާއިދުތައް ދަނީ އޮޅާލަމުން.

  2. ހަސީބާ

    100 ފަހަރު ކުށުގެ ވެށިން ހައްޔަރުކުރެވޭ މީހާ ހުންނަންވާނީ މޮނިޓަރިންގަ. އެފަދަ މީހަކު އުޅޭނޫޅޭގޮތް ބެލުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް. އެހެންނުވާނަމަ ފުލުހުންނަކީ ބޭކާރު ބަޔެއް. ފުލުހުން އުވާލާފަ އެޔައްވުރެ ރަނގަޅު މުއައްސަސާއެއް އުފައްދަންވީ. މަގޭ ހިތައް އަރާ ހެސްކިޔާފަ ފުލުހުންގެ އަދަދު އިތުރުކޮއް މިމީހުންގެ މުސާރަތައް ބޮޑުކޮއް ކަންކަން ކުރާއިރު އެކަށީގެންވާ ކުރިއެރުމެއް މުޖުތަމައުގެ ކުށުގެ މާހައުލުން ނުފެންނަނީ ކީއްވެބާވައޭ. ފުލުހުންގެ ހިންގުމާއި ޕޮލިސީތަކާއި އެސްއޯޕީތަކާއި ގަވާއިދުތައް އޮޑިޓްކޮއް އެބަޖެހޭ ގެޕްތައް ހޯދައި މުޅި މުއައްސަސާ އެންމެމަތިން ތިރިޔައް ބަދަލުކުރަން. ހުސް ޔުނިފޯމު ލާގަ މަގުމަތީގަ އިސްޓިކާޖެހުނީމަ އެތިބީ ފުލުހުންގެ މަސައްކަތް ކުރެވިފަކާއެއް ނޫން. ފުލުހުންގެ އަޖުމަ ބަލަންޖެހޭނީ ގައުމުގައި ކުއްކުރުމުގެ އަދަދައް ވާގޮތައް ބަލައިގެން.

    24
    1
    • ލައިސާ

      އެއީ ވަކިބަޔަކު އެކަނި ކުރަންޖެހޭ ކަމެއް ނޫން.

  3. Anonymous

    ވާހަކަ. ކޮމް އިން އަޅުގަނޑު ކީން ވަކިވެދިޔަޔަސް ކިޔާ ވާހަކައެތް އޭރު ހީކުރީ ރާއްޖޭގަ މި ވާހަކަގަ ވާކަހަލަ ކަންކަމެތް އަސްލު ނުހިގައޭ. މިހާރު މި އެގެނީ ރާއްޖެ އަސްލު މީ ކިހާ ވަރެއްގެ ތަނެއް ކަން. ގޭންގު ތަކުގެ ބާރު ވެރިކަން މި ކުޑަ ކުއްޖާ ބޮޑު ކަމާ މީހުން މެރުން ފަދަ ކަންކަން މިތާ ހިގާ ކަމާ ޒިންމާ ވާން ޖެހޭ މީހުން ޒިންމާ ނުވާކަމާ ކުށްވެރިން ނަށް އަދަބު ނުލިބި މިނިވަން ކަމާ އެކު އުޅެވޭކަން.

    21
    • ޢަހުމަދުވަގާރު

      ޚަލޭ މާ ވާހަކަ ކިޔަނީ

      1
      4
  4. ސުވާލުކުރަންޖެހޭ

    ޒިހާންގެ ރަށުން އޭރު ކައިރިކޮށްގެން ގެއަށް ގެންގޮސް އުޅުނު ހުރިހާ ކުދިންނާ ސުވާލުކޮށް ތަޙުޤީޤު ކުރަންޖެހެއެވެ. އޭގެތެރެއިން ކޮންމެވެސް ކުދިބަޔަކު ވާނީ މި ޤާތިލުގެ ޖިންސީ ޝިކާރައަކަށް ވެފައި ކަމާއިމެދު ޔަޤީނާ ގާތަށް ޝައްކެވެ.

    35
    1
  5. ފިރުޝާނާ

    13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އެބައޮތް. ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ!

    25
    6
  6. ބޭޗާރާ

    ތިޔަ ވާހަކަ ލިޔުމުގެ ބޭނުމެއް ނެތް. ފުރަތަ އުފައްދަނީ ކުށްވެރިން. 18 އަހަރު ވަންދެން ކުރާ އެއްވެސް ކުށެއްގެ ވާހަކައެއް ދެއްކުމެއް ނެތް. 18 އަހަރު ފުރުނީމާ ކުށްކުރި ވާހަކަ ދައްކަން ފަށަންވީ. ދެން ފުރަތަމަ ކުށުގެ ދައުވާ އުފުލޭނެ. ހައްގުތައް ގިނަކަމުން ގާނޫނީ ވަކީލުން ކުޅަދާނަކަމުން ހަކުރާގޭގައި ކުދިންގެ އިއްޒަތްތެރިކަމުން ހަދާފައިވާ ގާނޫނުގެ ފުރިހަމަކަމުން ކޯޓުތަކުގައި ތިބޭ ފަނޑިޔާރުންގެ އިންސާފުވެރިކަމުން ފުރަތަމަ ކުށުގެ ދައުވާ ނިމޭނީ ހައެއްކަ އަހަރުން. އޭރު ދައުވާކުރަން ތި އަދަދަށް މައްސަލަ ކިއުގައި އޮންނާނެ. ޖަލަށް ލުމާއެކު ކިރިޔާ ދިލަކޮޅު ފޯރާ ހިސާބަށް ދާންދެން އެމީހާގެ ހިމާޔަތުގައި ނުކުންނާނެ. ދައުލަތުގެ އޮފީސްތަކަށް ސިޓީލަމުން ދުވާނެ. ވެރިޔަކު ހުރިއްޔާ އެމީހެއްގެ ގަޔަށް ބޮލަށް އަރާ ހިސާބަށް ދާނެ. ޖަލުން ނުނެރެފިއްޔާ އެވަރުގެ ނުބައި ވެރިޔަކު ނުހުންނާނެ. ވޯޓު މަދުވާތީ ހަކުރާގެއިން އެމީހަކު ނެރެން އޯޑަރު ނެރޭނެ. މިކަހަލަ ގައުމެއްގައި މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.

    37
  7. ސަބަބު

    އަދިވެސް ދޫކޮށްލާ އިތުރު މީހެއްގެ ދަރިއެއް މަރަން.

    27
    1
  8. މަޒް

    ނުވަ އަހަރުތެރޭ 19 ފަހަރު ހައްޔަރުކޮއްފައި ހުރި މީހަކު ދޫވެފައި ހުންނަންވީ ކީއްވެ؟ ހައްޔަރުކޮއްފައި ނުބެހެއްޓޭވަރުގެ ކުދި ކުއްތައް ދޯ ކުރަނީ..

    31
  9. ހޭބަލި

    ތި ކުދިން ކާރީ އެހީމަ ދޯ އިގޭނީ ނުބެހޭކަން

    21
  10. ގޯސް

    ތުބުޅިއަކުނެއް ނުން މީޙާ ރަގަޅު ވަނީ! ތުބުޅި ދިގު ކޮށްގެން ކުރާ ކަންތައް އެ އިގެނީ! މި ރާއްޖެ މި އޮތީ ދެއްކުންތެރި ކަމުގަ އަރަގު ވެފަ! ހުރިހާ ކަމެއް ވެސް ގޯސް މިވީ ޙާބިޒަމް އަދި ޑިމޮކްރަސީ އައިމަ! ކުރިން ވެސް ކުޑަކުދިން ނާ ފޮށޭ ، ޖިންސީ ގޮތުންވެސް އެކަމަކު އެކުދިން ނުމަރާ، ސަބަބަކީ މީޑިއާ ތަކުގަ ނުލިޔެވޭތީ ބަދުނާމް ނުވާނެތީ! އަދި އެބުނާ ލޯ ވެސް ނެތީމަ! އެ ކުއްޖާ ހިތުން އެމަރާލީ އޭނަ އެކުއްޖާ އާ ބެހިފަ އެކަން ފޮރުވަން!

    22
    8
    • ހިތްތައް ހަމަޖެހެނީ މާތް ﷲ ހަނދުމަކުރުމުން

      ތުބުޅި ހުއްޓަސް މަތިމަސް އެހެރީ ދިގުކޮށް. މާތް ﷲ ގެ ރަސޫލާ ޙަދީޡް ކުރައްވާފައި އޮންނަނީ މަތިމަަސް ކުރުކުރުމަށް އަދި ތުބުޅި ދޫކޮއްލުމަށް. އެހެންވީމާ މާތް ﷲ ގެ ރަސޫލާގެ ސުންނަތަކަށް ވެސް ނުފެތޭ ފޮޓޯއިން ފެންނަން ހުރި މީހާ.

      13
  11. Happy 123

    ޢޭނަ ދޫކޮށްލެވިފަ ތިހުރީ ކޮންމެވެސް ބައެއްގެ އިހުމާލުން އުމީހުންނަށް ދައުވާކުރެވެންވާނެ!!

    25
    1
  12. ޖުލައި

    ﷲ ގެ ގާނޫނު ދޫކޮށް ވަލު ގާނޫނަށް ތަބާވެގެން އުޅޭ ބަޔަކަށް އެއްވެސް ހެޔޮކަމެއް ނާންނާނެ ކަން މި އެނގެނީ. ދެން މަރުގެ ޙުކުމް ސާބިތުވީމަ އުމުރަށް ރައްޔިތުންގެ ލާރިން ޖަލުގަ ކުކުޅުކާން ބަހައްޓާ

    29
  13. Anonymous

    ހާސް ނުވޭ މިނިވަންވާނެ، އެކަމް ކޮމެންޓެއް ނުކުރާތި ކުޑަ ގޮޅީގަ އޮންނަން ޖެހޭނީ.

    24
  14. ވާނުވާ

    އެންމެނަށް އެނގޭ ކުޑަ ފިރިހެން ކުދިން ކައިރިކޮށް ގެޔަށް ވެސް ގެންގޮސް ހަދާކަން. އެއްވެސް މީހަކު އެއިން ކުއްޖަކާ ސުވާލުި ކޮށް އޭނާ ގެ ފަރާތުން ޖިންސީ ގޯނާ ލިބުނުތޯ ބެލިބާ؟ އެކުދިން ގެ މައިން ބަފައިން ކޮބާބާ؟

    22
  15. މިތުރާ

    ކުށުގެ ވެއްޓަށް ބޮޑުވާކުދިން ބޮޑުވާނީ ކުށުގެ ވެށްޓަށް، ފެންނަމަންޒަ ރުތަކާ އިވޭ އަޑުތަކަށް ޖިހާނު ފަދަ މައުސޫމު ކުދިންގެ ސިކުނޑި ހޭނި . ކުށް ކު ރާމީހުންނަކީ ގައުމުގެ ދާދާއިން ކަމުގައި ދެކި ،މިކުދިންގެ ފަހަތުގަ ސިޔާސީ މީހުނާއި ވިޔަފާ ރިވެ ރިން، ގައުމުގެ ނުފޫޒު ގަދަމީހުން މިކުދިންނަށް ސަޕޯޓުދީ އަދިމިކުދިން ނައްހިއްވަ ރުދީ، ކުށްކުރުމުން ސަލާމަތްވާނެ މަގުދައްކާ، މިކުދިންގެ ބޭނުން ހިފަނީ މިމީހުންގެ ސަލާމަތަށް، މިމީހުން ރުޅި އަންނަ ބަޔަކާ މާ ރާމެ ރީ ހިންގާ ބި ރުގަންނުވަން،،ސަ ރުކާ ރުން ޒުވާނުންނާ އަޅާނުލާ. ޖިހާން މެން މައުސޫމު ޒުވާނުން ކުށުގެ މާހައުލަށް ބޮޑުވީ ،ސަ ރުކާ ރު، ހިޔުމަން ރައިޓުސް ފެއިލްވީމަ.

    10
    1
  16. ޝެއިހް

    ދެން އޭނާ ފެންނާނީ ބޮޑި ޝެއިހަކަށް ވެފަ ހުއްޓާ!

    18
    11
  17. ފާތުމަ އެޅި ވަގު މިސްކިތް

    ތިބުނާ އަހަ ރު ތަކުގައި ވެ ރިކަމުގައި ހުން ނެވީ ކޮންބޭފުޅެއްތޯ

    10
    6
    • ފަޒީލް

      ވެރިކަމުގަ ވަރިހަމައެއްނުން މީހަކު ނެތަސް. އެކަންކަން ބަލަހައްޓަން ހަވާލުވެފަ އޮންނަނީ ފުލުސް ކިޔާ މުއައްސަސާއެކޭ.

      12
      1
  18. ޕަޕު

    ފުލުހުންނަކީ ތަހުގީގު ކުރާ ބައެއް.ދޫވެގެން ދަނީ ޟަރުއީ ނިޡާމް ރަގަލު ނުވީމަ. ކޯޱުން ދޫކުރަން ހުކުމް ކުރީމަ ފުލުހުންނަކަށް ހައްޔަރު ކޮއްފަ ނުބެހެއްޱޭނެ. ފުލުހުން ވެސް މީހުން ހައްޔަރު ކުރަނީ ގޭގަ ނިދަން ތިބެގެނެއް ނޫން. ބައެއް މީހުންނަށް ހީވަނީ މާ ބޮޑު މުސީރަ ލިބިގެން ތިބޭ ބައެއް ހެން އެމީހުންނަކީ.😡😡😡😡

    10
    1
  19. ބަރަނި

    މި ޚަބަރު ލިޔުނު ކުއްޖާއަށް ވަރަށްސާބަސް.އެކަމަކު ދެރަވަނީ މިގައުމުގަ ޝަރުއީ ނިޒާމް އޮތް ހަރުދަނާކަން.

  20. ސަލްމާ..

    މިތާ ތިބެނީ ހުސް ތަހުގީގު ފުލުހުން.. މުޖުތަމައު އަމާން ކުރާ ފުލުހުންނެއް ނޫން.. ތަހުގީގުވެސް ކުރަން ޖެހެނީ ފުލުހުން ދެލޯމަރައިގެން ފުލުސް އޮފީހުގަ ތިއްބާ ބަޔަކު ރިޕޯޓު ކުރިކަމެއް އެކަނި. އެހެޔޮ ފުލުހުން މަގުމަތީގަ އުޅޭއިރު ދިމާ ސީދަލައް ދެލޮލައް ކިތަންމެ ކަމެއް ފެނުނަސް އެކަމަކީ ނެތް ކަމެއް ފަދައެވެ. ރިޕޯޓު ކުރަންދެން ދެއަތް އުރާލާގެން ތިބޭ. ދެން ރިޕޯޓު ކުރީމަ ބޮޑު ތަހުގީގުކުރަން ފަށާނެ. އެފަށާގޮތައް އަހަރު ދުވަހުވެސް ތަހުގީގުގަ.މި ކުޑަ ގައުމުގަވެސް. ކިހިނެތްތޯ މުޖުތަމައު އަމާންކުރާނީ މިގޮތައް ކަންކަން ކޮއްގެން. ޕުރޯ އެކްޓިވް ކޮމިއުނިޓީ ކުރައިމް ޕުރިވެންޝަން އެންމެ ޕުރޮގުރާމެއް ވެސް ހިންގިފައެބައޮތްތަ.؟

  21. ހަުޒާން

    އެހެންދޯ.. ޝަރުއީ ނިޒާމު ލިޔެ ނަގާއިރައް ގައުމު މުޅިން އަމާންވާނެދޯ. ޝަރުއީ ނިޒާމުގައި ކޯޗެއް މަދުވެގެންތަ ފުލުހުންނައް ކުއްކުރާމީހުން ދެނެގަނެ އެމީހުން މޮނިޓާނުކުރެވިގެން އުޅެނީ....

    • ޝުވާސްތި

      ޝަރުޢީނިޒާމުގަވެސް ހުރީ ކުށްކުރާ މީހުން ޙައްޤުތައް. ހުރިހާ ކަމެއްވެސް ގޯސްކުރަނީ އަމިއްލަ އެދުމުން ފޯވެފަތިބި ސިޔާސީވެރިން. ބޭރުފުށުން ރައްޔިތުންނަށް ވަރަށް ހެޔޮ އެދިގެން އުޅޭނީ އެކަމު އެތެރެ ވަރަށް ނުބައިވާނެ.

  22. ×

    ކޮނއމެހެން ކުއްވެރިން ޕރމޓް ކުރާނެކަމެއް ނެއް

  23. ސަޓޯ

    ރިހެބިލިޓޭޓެއް ނުވޭ އިތުރު ނުލަފާ ވިޔާނުދާ ކަންކަން ދަސްކޮއްގެން ޖަލުން ނިކުންނަނީ !!!