ދެކުނުގެ އަތޮޅުގެ ރަށެއްގައި ކުޑަކުދިންތަކަކާ އެކީ ޖިންސީ ގުޅުން ހިންގަމުން ދިޔަ އަންހެނަކު މިދިޔަ ހޯމަ ދުވަހު ރަށުން ބޭރު ކުރި ހަބަރަކީ އަޑު އަހާލަން ފަސޭހަ ހަބަރެއް ނޫނެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އެ އަންހެން މީހާ ޖިންސީ އެދުން ފުއްދުމަށް ބޭނުން ކުރަނީ ކުޑަ ކުދިންނެވެ. އެ ކުދިންގެ ބެލެނިވެރިންނަށް އެކަން ފަޅާ އެރުމުން، އެންމެ ފަހުން އެ އަންހެން މީހާ ރަށުން ބޭލުވީއެވެ.

އެމީހާ ރަށުން ބޭލުވީ އެ އަތޮޅަށާއި ރަށަށް ލިބުނު ހުތުރު ނަމުގެ ސަބަބުންނެވެ.

އުމުރުން 23 އަހަރުގެ އެ އަންހެން މީހާ ރަށުގައި އުޅޭތާ ފުދޭ ވަރަކަށް ގިނަ ދުވަސްވެއްޖެއެވެ. އެ އަންހެން މީހާ އެފަދަ ކަމެއް ކުޑަ ކުދިންނަށް ކުރާތާ އެތައް ދުވަހެއްވެގެން އާންމުން ދެއްކި ވާހަކަ އަށް ކަމާބެހޭ ފަރާތްތަކުން ބީރު ކަންފަތެއް ދިނުމުގެ ނަތީޖާ ވަނީ ފެނިފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ އެ އަންހެން މީހާ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ވާހަކަ ވެސް ދެކެވޭ ކަމަށެވެ. ނަމަވެސް އެންމެ ގިނަ އިން އަޑު ފެތުރެނީ އަންހެން މީހާ 18 އަހަރު ނުފުރޭ ކުދިންގެ އަތުން ފައިސާ ހޯދައިގެން ޖިންސީ އެދުން ފުއްދާ ވާހަކަ ކަމަށް އޭނާ ބުންޏެވެ.

ރަށުގައި އެފަދަ އަމަލުތަކެއް ހިންގަމުން އައި ނަމަވެސް، ގިނަ ރައްޔިތުން އަޖައިބުވާ ކަމަކީ އޭނާގެ ދެ ދަރިން ތިބުމުވެ. އެއީ ދެ ދަރިން ހުރި މަޔަކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާތީއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް ހުސައިން އިންސާދު "ވަގުތު" އަށް ވިދާޅުވީ، އެ އަންހެން މީހާ ދިރިއުޅެމުން އައީ ފިރިހެން ދެ ރައްޓެހިންގެ ގޭގައި އެ މީހުންގެ އާއިލާ އެކުގައި ކަމަށާއި އޭނާ އެރަށުގައި އުޅޭތާ ގާތްގަނޑަކަށް 4-5 ވަރަކަށް މަސް ވެދާނެ ކަމަށެވެ.

އެ އަންހެން މީހާއާ ބެހޭ މާ ބޮޑު ވާހަކަތަކެއް ކަމާބެހޭ އިދާރާތަކުން އާއްމު ނުކުރި ނަމަވެސް، އެމީހާގެ ބައެއް ވާހަކަތައް ކައުންސިލުން ކިޔައި ދިނެވެ.

އިންސާދު ވިދާޅުވީ، އެ އަންހެން މީހާގެ އަމަލުތައް ހުންނަ ގޮތުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ކޮޅުން ލަމުން ދިޔަކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ކައުންސިލުން ވެސް މަސައްކަތް ކުރި ކަމަށެވެ.

"ކައުންސިލް ރައީސް އެކަމުގެ ހެއްކާއި އެކީ ޖެންޑަ އަށާއި ފުލުހުންނަށް ރިޕޯޓް ކުރި، އެކަމަކު ޖެންޑަ އިން ބުނީ، އެއީ އެމީހުންނާ ބެހޭ ކަމެއް ނޫނޭ. ފުލުހުން ބުނީ، މޮނިޓަރިންގަ އޮތުމުން ދަތުރު ކުރަން އުނދަގޫ ކަމަށް" އިންސާދު ވިދާޅުވިއެވެ.

އިންސާދު ވިދާޅުވީ، މޮނިޓަރިންގެ ހާލަތަށް އެރަށް ގެނެސްފައި އޮތުމުން ރޭގަނޑުގެ ވަގުތުގައި ޓާސްކު ފޯހުގެ ބޭފުޅުން ރަށު ތެރެ މޮނިޓަރ ކުރުމަށް ނުކުމެ އުޅެނިކޮށް، އަންހެން މީހާ ދިރިއުޅޭ ގެކައިރިން ދިޔަ ވަގުތު އޭނާ އާއި އިތުރު ދެ މީހަކު ބަރަހަނާ ހާލުގައި ގޭގެ ފެންޑާގައި މަސްތުވެގެން ތިބި ކަމަށެވެ.

އެމަންޒަރު ފެނުމުން ވަގުތުން ވަގުތަށް ވީޑިއޯކޮށް، ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ އަންހެން މީހާއަކީ ބަންގްލަދޭޝް މީހުންގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ވަރަށް ގުޅުން އޮންނަ މީހެއް ކަމަށެވެ.

އަދި ހިކިދިޔައިގައި ހިނގާލާފައި ދެވޭގޮތަށް އޮންނަ ރަށަށް މަސްތުވާތަކެތި ގަތުމަށްޓަކައި ދުވާލަކު ދެތިން ފަހަރު އޭނާ އާއި އިތުރު ދެ ފިރިހެނުން ދާ ކަމަށް އެމީހާ ވަނީ "ވަގުތު" އަށް ކިޔާދީފައެވެ.

މިފަދަ ވާހަކައެއް އިންސާދު ވެސް ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އޭނާ އެރަށަށް ދަނީ ކޮން ކަމަކާއި ހެދި ކަމެއް އިންސާދު ވިދާޅެއް ނުވެއެވެ.

"އެރަށު ފަސްގަނޑުގައި ހުރެ އަންނައުނު ބޭލުމަށްފަހު، އަތުން ހިފައިގެން ބަރަހަނާ ހާލުގައި އެރަށަށް ދަނީ. އެރަށަށް ދެވުމާ އެކު އަންނައުނު ލަނީ" އިންސާދު ވިދާޅުވިއެވެ.

އިންސާދު ވިދާޅުވީ، ކަމާއި ބެހޭ އިދާރާތަކަށް އެކަން ހިއްސާކޮށްގެން ވެސް އެކަމާއި މެދު ފިޔަވަޅެއް ނޭޅި އެކަން ބޮއްސުން ލައިގެން ދިއުމުން ރަށުގެ ރައްޔިތުން ނިކުމެ އޭނާ ބޭރު ކުރިއިރު، ރަށުގެ ނިކަމެތި އާއިލާއެއްގައި ދިރުއުޅޭ އެތައް ކުދިންނަށް އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށެވެ.

އަދި އޭނާ އެކަން ކުރަނީ ކުޑަކުދިންނަށް ވިކިގެން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ސުވާލަކީ ކުޑަކުދިންނަށް ފައިސާ ލިބެނީ ކިހިނެއްތޯ. މިހާރު 15 އަހަރު ފުރޭ ކުއްޖާއަށް ވެސް ކޮންމެ ވެސް ގޮތަކަށް ފައިސާ އެބަލިބޭ. އެކަން އެގޮތަށް ދިއުމުން އޭނާގެ ޝިކާރައަކަށް އެކުދިން ވަނީ" އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ހަވާލާގައި އޭނާ ރަށުން ބާލާފައިވާއިރު، އޭނާ ގެންގޮސްފައިވަނީ ކޮން ރަށަކަށް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ނޯޓް: މި ހަބަރުގައި އެރަށުގެ ނަން ހިމަނާފައި ނުވަނީ އެ ކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވާތީ، އެ ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަނޖ

    ތިއީ މަސްތުވާ ތަކެތި ބޭނުން ކުރާ އެއްމެންގެ ހާލު ތިކަމުގައި ޒިންމާ ނަގަން ޖެހެނީ ސަރުކާރުން މިހާރުވެސް ކުރިންވެސް ތީތި ވިއްކާ އެންމެން ހިފާ ހައްޔަރުކޮއް ހުކުންކޮއް ބަލަ މަސްތުވާ ތަކެތި ބޭނުން ކުރާ ކަމާއި ވިއްކާ ކަން ރައްރަށުގައި ތިބޭ ވެރިންނައް އެގިހުރެ އަޅާވެސް ނުލާ ތަން ފެނޭ

    73
    5
  2. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ގެ ރޫޙާނީ ލީޑަރަށް ތި ކަހަލަ މީހުންވާނީ މަޑުކަށި މީހުނަށް

    52
    8
  3. ކޭ

    ބޮޑެތި ފިރިހެނުން އަމިއްލައަށް ލާރި ހިފައިން ދިޔައިމަވަނީ ގޯނާއަށް؟؟

    31
    3
  4. ޝާނީ

    ނަމަ ނަމަ ތި މީހާ މާލެއަށް ނުގެންނާތި

    27
    3
  5. ކޮރަލް

    މިކަން ހައްދު ފަހަނަ އެޅު މަކަށް ނުވެ އެވެ. ހައްދު ފަހަނަ އެޅުމަށް ވަނީ ވަކި ގޮތަކަށް ހުންނަ މީހަކު ކަމެއް ކުރީމަ އެވެ

    13
    2
  6. އަހުމަދު މުނީޒް

    ތި އާންމު ކަމެއް ނުން.މިހާރު ތިކަހަލަ ކަމެއް ފެނުނަސް ނުފެން ނަކަމައް ގިނަ މީހުން ހަދަނީ