ދިވެހި ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ އުންމަތަކައް ވީ އިރު ހަމަހަމަ ކަމާއި އިންސާފު މީ ކޮންމެ މީހަކަންމެ ލިބެންޖެހޭ ހައްގެކެވެ. އިޚްތިރާމް ކުރުމާއި އިޚްތިރާމް ލިބިގަތުމަކީ ޒަމާނުއްސުރެން ދިވެހިންގެ އާދައެކެވެ.

މާލެއާއި ރާއްޖޭގެ އެހެނިހެން އަތޮޅު ތެރެއަށް ބަލައިލިޔަސް ފެންނަނީ ބިދޭސީންނެވެ. އެމީހުން ގެ މަސައްކަތްތަކެވެ. އެމީހުންގެ ކެތްތެރި ކަމެވެ.

އަޅުގަންޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިރުވާ އާލާކުރަމުން އައި ސަގާފަތާއި، އެއްބައިވަންތަކަމާ، އިޙްތިރާމާއި ގަދަރު ނެތިވެ ގޮސް މިހާރު ދިވެހި ރާއްޖެ މިވަނީ ހަމައިން ނެއްޓި އަތުން ބީވެގެން ގޮސްފައެވެ. މައިންބަފައިންނާ، ގެދޮރާއި، އަނބިދަރިން ދޫކޮށް ބޭރުގެ ގައުމަކުން މި އަންނަ ބިދޭސީ މީހާ ރާއްޖެ ގެނެސް ހިތު ހުރި ގޮތަކައް ހަދާ، "ބަލާޔަކަށް" ގޮވާއިރު އެ ބިދޭސީ މީހާ ރާއްޖެ އައީ ކިހާ ހުވަފެނެއް ދެކިގެންތޯ ނުވަތަ އެ ބިދޭސީ މީހާ ކުރަމުން ދަނީ ކިހާ ވަރެއްގެ ކަމެއްތޯ ވިސްނާލިންތޯއެވެ؟ ވެހޭހާ ވާރެއެއްގައި، ދޭހާ އަތްވެއްގައި ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ރިވެތި ނަމާއި އޭގެ ފައިދާ ލިބެނީ އެމީހުންނަށްތޯ؟

ކޮންސްޓްރަކްޝަން މަސައްކަތް ކުރުމައް މާލެ މިގެންނަ ބިދޭސީ މީހާ ދުވާލާ ރޭގަނޑު މަސައްކަތް ކޮށް ނިންމުމަށް ފަހު ނިދާލުމައްޓަކާ ވަންނަން މި ޖެހެނީ ހަމަ އެ މަސައްކަތް ކުރާ ތަނުގެ ތެރެއަށެވެ. ސަތަރި ގަނޑެއްގެ މަތީގައި ނިދަން ޖެހޭ ހާލަތުގައިވެސް ކެތްކޮށްލައިގެން ތިބެނީ ރަށުކޮޅުގައި ތިބި އަނބިދަރީންގެ ހައްގުގައިއެވެ.

ބިދޭސީ އަކު ނިދާފައި. ފޮޓޯ : ސިއްރު އާރޓްސް

ރާއްޖެ ކުރިއަރައިގެން ދަނީ އޭ ބުނާބަހުގެ މާނަ ހަމަ އެއްގޮތަކަށް ވެސް ލޮލަށް ފެންނަގޮތެއްނުވިއެވެ. ތަރައްޤީއޭ މި ކިޔަނީ ވިލާތަކާއި ޖެހެން ދެން އިމާރާތްތަށް ކޮޅަށް ޖެހީމަ ތޯއެވެ؟ މައްސަލައެއް ނެތެވެ. އިމާރާތްތަށް ކޮޅަށް ޖަހަނީ ހަމަ އެއް ލަމަޔެއް ބަލާފައި ނޫނެވެ. ކުރިއަރައިގެން އެބަދެއެވެ. އޭގެ ފަހަތުގައި ވަނީ އަހަރުމެން އެ ބަޔަކަށް އެންމެ އިހާނެތިކޮށް ހަދާ ބިދޭސީންނެވެ.

މި ދަންނަވާ ބޮޑެތި އިމާރާތްތަށް ނިންމައި އެ ތަނުގެ ތަޅުދަނޑި ވެރިމީހާއާއި ހަވާލު ކުރެވޭއިރު، އެ ކުރި މަސައްކަތުގެ އުޖޫރަ ވެސް ގިނަ ފަހަރަށް އޮންނަނީ ނުދެވިފައި އެވެ. އެންމެ ކުޑަމިނުން މަސައްކަތުގެ ވަގުތުގައި އެ މީހުންނަށް ސަލާމަތީ އެއްވެސް ކަހަލަ ވަސީލަތެއް ނުދެއެވެ. މި ހުރިހާ ކަމެއް ގެ ޒިންމާ ނަގާނީ ކާކު ތޯއެވެ؟

އަނބިދަރީންގެ ޚިދުމަތުގައި ގޭގައި ބިދޭސީ މީހަކު ބެހެއްޓުމަކީ އެމީހެއްގެ ފެންވަރާއި ހައިބަތު ވަރަށް އުފުލިގެން ދާނެ ކަމެއް ކަމަށް ދެކެފީމެއްނުންހެއްޔެވެ؟ ހަގީގަތަކީ ތިމާގެ ނުކުޅެދުންތެރިކަން ހުރި މިންވަރު ތިމާ އަށް ނޭނގުމެވެ. އަމިއްލަ އަނބިދަރީން ގެ ކަންތަށް ތިމާއަށް ނުކުރެވުނެވެ. 200 އެއްހާ ޑޮލަރު ދިފައި ބިދޭސީ މީހާއާއި ހުރިހާއި ޒިންމާއެއް ހަވާލު ކުރުމުން ވާނީ ކޯއްޗަކަށް ހެއްޔެވެ؟

ބިދޭސީ އަކު މަސައްކަތުގައި

ފިހާރަ ތަކުގައި އުޅޭ ބިދޭސީންނަށް ހަތަރު ހާސް ރުފިޔާ ދީފައި ހެނދުނު 8 ކުން ރޭގަނޑު 10 ޖަހަންދެން ބައިތިއްބަނީ އެމީހުންނަކީ ދުނިޔެއަށް ހަމަ އެކަނި އެ މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފޮނުއްވައިފައި ތިބި ބައެއްކަމަށް ހީކޮށް ހެއްޔެވެ؟ ނޫނެކެވެ. އެމީހުން އަރާމު ކުރަން ބޭނުން ވާނެވެ. ބަލިވެސް ވާނެވެ. އެކުވެރިންނާއި ދިމާ ކޮށްލަން ވެސް ބޭނުން ވާނެވެ. ނަމަވެސް ފިހާރައިގެ ކައުންޓަރުން ފެށިގެން ކުނިކެހުމާއި ހަމަޔަށް އެ ބިދޭސީ މީހާ މަސައްކަތް ކުރާއިރު، ނުވި ތާކާށް "ބޮސް" ބުނެގެން "މެޑަމް" ގެއަށް ބޭނުން ވާ ތަކެތި ފޯރުކޮށްދޭން ވެސް ހުންނަނީ ހަމަ އެ ބިދޭސީ މީހާއެވެ.

ކޮމްޕިއުޓަރު ކައިރީގަ ބޭނުން އެއްޗެއް ކައިގެން އަރާމުގަ، އޭސީ ދަށުގަ ދުވާލަކު އަށް ގަޑި އިރު މަސައްކަތް ކޮއްގެން މަހެއްގެ މައްޗަށް ދިހަ ހާސް ރުފިޔާ ވޮލެޓައް ލާ މީހުން ދިވެހިންގެ ތެރެއިން މަދެއް ނުވާނެވެ. އަމިއްލަ ނަފްސާ އެންމެ ސުވާލެއް ކޮއްލާށެވެ. އެ ބިދޭސީ މީހާގެ ޑިއުޓީ އެ އުޖޫރަ އާއި އެކު ތިމާޔައް އެންމެ ދުވަހަކު އަދާކުރެވޭނެތޯއެވެ؟ ނުވަތަ އެ ބިދޭސީ މީހާގެ ހަޔާތުން އެންމެ ދުވަހެއް ތިމާޔައް ހޭދަކޮއްލެވޭނެތޯއެވެ؟ މި ހުރިހާ ސުވާލުތަކުގެ ޖަވާބު ވަރަށް ވެސް ފަސޭހައެވެ. އެހެން ކަމުން މި ފުރުސަތު ޖަވާބު ދިނުމުގެ ބަދަލުގައި ދޫ ކޮށްލަނީ ތިމާ އަމިއްލަޔަށް ވިސްނާލުމަށެވެ. މި ސުވާލު ތަކުގެ ޖަވާބު ލިބިއްޖެ ކަމުގައި ވަނީނަމަ، އެމީހުންނަށް އިޚްތިރާމް ކޮށް ޝުކުރު އަދާކުރަން ދަންނާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރިސޯޓްބަކުރު

  ބޮންދުން އޯކޭ ވާނެ ހަންރެޑް ޑޮލަރ ދިނީމަ.....

  • އާދަނު

   ތިއޭ ކަލޭމެންގެ މައްސަލައަކީ.. ބަޔަކު ކަމެއް ރަނގަޅު ކުރަން ހިފާލިޔަސް، އެކަމާ ދެކޮޅަށް، މަޖަލަށް ހަދާނީ..

 2. ގައުމު

  ރަނގަޅު ވާހަކަ ކޮޅެއް

 3. ރާ

  ހުސެން އިނާން އަށް ހަމަ ސާބަސް... ވަރަށް ފުރިހަމަ އަދި އެހާމެ އަގުހުރި އިބުރަތްތެރި މައުލޫމާތު ކޮޅެއް...

  • ރާ ބުއި

   ކަލޯ އިނާނު އެއް ނޫން! ސިނާނު... ލިޔަން ކިޔަން ދަސްކޮށްބަލަ

 4. ޙައްގު

  ތިވާޙަކަތައް ރަގަޅެވެ އެހެނޭކިޔާފަ ބިދޭސީމީހާ ޖެހޭތަ މިސްކިތައް ހަޑިކުރަން ކާޕެޓުމައްޗައް ނޭފަތް ފޮޅަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ވައްކަން ކުރަން ހުއްޓާނުލާ ވާރޭވެހޭހެން މަގުމައްޗަށް ކުޅުތަޅަން މަގުން މީހުން ހިގަން އުދަގޫވާގޮތަށް ތިބެން މަގުން ހިގާ އަންހެނުންނާ ފޮށެން

 5. ޝަޒާ ޢަބްދުއްﷲ ރަޝީދު

  ޕްލީޒް ފައިންޑް މީ އަ ވޭ ޓު މީޓް ދިސް ހުސައިން ޝިނާން. އިޒް އިޓް ޕޮސިބަލް ފޯރ މީ ޓު މީޓް ހިމް. ދެވަނަ ފަހަރަށް މި ބުނަނީ. އައި ޑޯންޓް އަންޑަސްޓޭންޑް ހިޒް ތިންކިންގް. ހީ އިޒް ޓޫ ގޫޑް އިން ދީސް ތިންގްސް.

 6. އަލްޖިބްރާ

  ތިމާމެންގެ އަމިއްލަ މަސައްކަތްތަށް ތިމާމެން ނުކުރާބަޔަކު އެހެން މީހުނަށް އިހުތިރާމް ކުރާކަށް ނޭގޭނެ !މީގެ ކުރިން ދިވެހިންނަކީ އެމީހުންގެ މަސައްކަތްތަށް އެމީހުން އަމިއްލައަށް ކުރި ބައެއް ! އެސަޤާފަތް ނެތިކޮށްލީ މިރާއްޖޭގެ ސަރުކާރުން ! ދެން ވާެނެ ގޮތް މިހާރު މިދަނީ ވަމުން ! އެކަން ރަގަޅު ކުރާނެ މީހަކު އަދި ނެތް !

 7. ދީނާ

  އަހަރެން މިލިއުމަށް ވަރަށް ތާއީދު. ހަގީގަތުގާ ދިވެހިން އެމީހުން އެކުރާ މަސަށްކަތް އެންމެ އެދެވޭ ގޮތުގާ ބަލައި ނުގަނޭ.ހުޓުމެއްނެތި މަސަށްކަތް ކުރާއިރުވެސް ކިޔާލަނީ ބޭނުން އެއްޗެއް. ޙެހޮނުވާނެ އެވެސް އިންސާނުން ވިއްޔާ.

 8. Anonymous

  އަހަރެން މިލިއުމަށް ވަރަށް ތާއީދު. ހަގީގަތުގާ ދިވެހިން އެމީހުން އެކުރާ މަސަށްކަތް އެންމެ އެދެވޭ ގޮތުގާ ބަލައި ނުގަނޭ.ހުޓުމެއްނެތި މަސަށްކަތް ކުރާއިރުވެސް ކިޔާލަނީ ބޭނުން އެއްޗެއް. ޙެހޮނުވާނެ އެވެސް އިންސާނުން ވިއްޔާ.