އުމުރުން 14 އަހަރުގެ މުހައްމަދު ޒައިން އަސްލަމްއަކީ އުފެދުމުގައި އައިބުކަން ހުރި ކުއްޖެކެވެ. ކިޑްނީގެ މައްސަލަތައް ތަހައްމަލް ކުރަމުން ދިޔަ ކުއްޖެކެވެ. އުފެދުމުގައި އެއް ކިޑްނީގެ ހޮޅި ބެދިފައިވާއިރު ކޮންމެ އަހަރެއްގައި ވެސް އާންމުކޮށް 2 ފަހަރު ބޭސްފަރުވާއަށް އިންޑިއާއަށް ދާން ޖެހެއެވެ. މިއިން ކޮންމެ ދަތުރެއްގައި ބެނދިފައިވާ ކިޑްނީގެ ހޮޅިއަށް ސްޑޭންޑް ލައްވަން ބޮޑު އޮޕަރޭޝަނެއް ކުރެއެވެ.

މި ކަމަށް ބޮޑެތި ހަރަދުތަކެއް ދާއިރު އެ އާއިލާއަކީ މާލީގޮތުން ތަނަވަސް ބައެއް ނޫނެވެ. ކޮންމެ ދަތުރެއްގެ ހަރަދުތައް ކަވަރުކުރަނީ އާސަންދައާއި، ހެޔޮ އެދޭ މީހުންގެ ދީލަތި އެހީ އިންނެވެ. އެހީ ހޯދުމަށް ފަންޑު ފޮށީ ހިފައިގެން އެތައް އިރަކު ހުންނަން ޖެހެއެވެ. އެ މައުސޫމް ތުއްތު ފުރާނައިގެ ހައްގުގައެވެ. މި ގުރުބާނީ ވަމުންދާ އެ ކުއްޖާގެ މަންމަގެ އިތުރު ދެކުދިން ތިބެއެވެ.

ޒައިންގެ ބައްޕައަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާގެ އުމުރުން 10 އަހަރުގައި ބައްޕައާއި މަންމަ ދުރުވިއެވެ. އެހެންނަމަވެސް ލިބޭ މަދު ފައިސާކޮޅުން ވެސް ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެއެވެ. ކުރިން ފުލުހުގައި މަސައްކަތް ކުރި އޭނާގެ ދޮން ބައްޕަ މިހާރު އުޅެމުން ދަނީ ވަގުތީ ވަޒީފާއެއްގައެވެ. އޭނައަށް ވެސް މާބޮޑު އާމްދަނީއެއް ނުލިބެއެވެ.

ކޮވިޑްގެ ރާޅާއި އެކު ގައުމުގެ އިގްތިސޯދު ހީނަރުވެ، މީހުންގެ ޖީބުތަކަށް ފަޅުކަން ގެނުވިއެވެ. މި ބަލިމަޑުކަމާއި ގުޅިގެން ބޭސްފަރުވާއަށް ދާން ހަރަދު ހޯދަން ދަތިވިއެވެ. ގަވާއިދުން އަހަރަކު ދެފަހަރު އިންޑިއާއަށް ދަތުރުކުރާ ޒައިން އަށް ފަރުވާ ނުލިބި އަހަރެއް ވާންދެން ހުންނަން ޖެހުނެވެ. މިހެން ހުއްޓާ އެ ކުއްޖާގެ ބަނޑުގައި ރިއްސަން ފެށިއެވެ. އެ ވޭން ތަހައްމަލް ކުރަމުން ދާތަން ބަލަން އޭނާގެ އާއިލާއަކަށް ކެތެއް ނުވިއެވެ.

400 ގެ ޑޮލަރާއި އެކު ޒައިން އާއި އޭނާގެ މާމަ އިންޑިއާއަށް ފުރިއެވެ. ދަތުރަށް ފުރީ އެހެން ފަހަރުތަކެކޭ އެއްފަދައިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެނބުރި އާދެވޭނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ކަން ދިމާވީ ހީކުރި ގޮތާއި ހިލާފަށެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން އެހެން ފަހަރުތަކެކޭ އެއްފަދައިން ހޮޅިބެދިފައިވާ ކިޑްނީއަށް ސްޑޭންޑްއެއް ލެއްވިއެވެ. އެހެންނަމަވެސް ކޮންމެވެސް މައްސަލައަކާއި ގުޅިގެން އެ އޮޕަރޭޝަން ދެވަނަ ފަހަރަށް ކުރަން ޖެހުނެވެ.

ކޮވިޑްގެ ނުރައްކާތެރި ބަލިމަޑުކަން އެންމެ ބާރަށް ފެތުރެމުންދާ އިންޑިއާގައި ފަރުވާ ދެމުން ދިޔަ ޒައިންގެ އޮޕަރޭޝަން ނިމިފައި ވަނިކޮށް އެ ބަލިމަޑު ކަމަށް ހުށަހެޅުނެވެ. ކުއްޖާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ކުރަން ޖެހުނެވެ. ޒައިން އާއި އޭނާގެ މާމަ އިންޑިއާގައި ތާށިވިއެވެ.

2 މަހަށް ވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު، ފައިސާ ހުސްވެ، އަތްމަތި ތާށިވެފައިވާ ކަމަށްވެއެވެ. ހުންނަ ގެއަށް ކުލި ދެއްކޭނެ ގޮތެއް ނެތި އޭނާގެ އާއިލާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެހީ ހޯދަން އެތައް މީހެއް ކައިރިއަށް ދިޔަ ނަމަވެސް ކޮވިޑާއި ގުޅިގެން އެހީއެއް ލިބޭނެ ގޮތެއް ނުވި ކަމަށްވެއެވެ. މާޔޫސްކަމެއްގެ ތެރޭގައިވާ އެ އާއިލާއިން އެދެނީ ޒައިންގެ ހައްގުގައި ދީލަތި އެހީއަކަށެވެ.

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓަށް ފައިސާ ފޮނުއްވޭނެ:

 • އަޒްމާ އިބްރާހިމް : 7708383920101 | ނަންބަރު: 9925069

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ......

  ސަރުކާރުގެ ވަޒީރުންގެ މުސާރަ ބޮޑު ކުރީ މިކަންކަން ބަލާނުލާ ކަމަށްވަންޏާ އެއީ ރައްޔިތުންނަށް ވެވޭ ހިޔާނާތަކަށް ނުވާނެބާ....؟ދެން ބުނޭ ގާނޫނުގަ އެބަ އޮތޭ... އަހަރެމެން ނުދައްކަން ގާނޫނުގެ ވާހަކަ އެއް...އަހަރެމެން ދައްކާ އުޅޭނީ ގާނޫނު ގަ އޮތަސް ނެތަސް އިންސާނީ ހަމަ ބުއްދި ގަބޫލު ކުރާ ހަމަ ހަމަ ކަމާއި އިންސާފާ އަދުލުގެ ވާހަކަ...ގާނޫނު ގަ އޮތުން އެއީ ހުއްޖަތަކަށް ނުބެލެވޭނެ ސަބަބަކީ އެއީ އަމިއްލަ އަތުން ލިޔާ ދެއިރު ކާ ބޭހެއްހެން ބަދަލު ކުރާ އެއްޗަކަށްވުން...ސަރުކާރުގެ އިސްވެރިންގެ މުސާރަ ނުދީވެސް އެ ބަލިމީހާއަށް އެހީވުން ސަރުކާރަށް ވާޖިބު ވާނެ

  22
  • އައްޑޫ ޝަކުވާ ބޯޓު

   ވަރަށް ފުރިހަމަ ކޮމެންޓެއް.

 2. ވިސްނަވާ

  ވީވަރަކުން އެހީރިވަމާތޯ!

 3. ޒީރޯ ޓޮލަރަންސް

  އަޅަމެންގެ ވެރިއިލާހު، މިފަދަ އާއިލާތަކަށް ކެއްތެރިކަންދެއްވާ، ބަލިބުރަބޮޑުކަން އުފުލަމުންދާާ އެންމެެހާާ ފަރާާތްތަކަށް އަވަސް ޝިފާ މިންވަރުކޮށްދެއްވާ ފާދެއެވެ. އަދި ނިކަމެތި ހާލު އުޅޭ އެންމެހާ ފަރާތްތަކަށް ފުދުންތެރިކަން އިތުރުކޮށްދެއްވާ، އެފަދަ ފަރާތްތަކުގެ އަތްމަތި ތަނަވަސް ކޮށްދެއްވާފާދެއެވެ.

  13
 4. ބޮކުބާޑު

  މިފަދަ ޚަބަރުތައް ގައުމުގެ އެއްވެސް ބޮޑަކު ކިޔާފާނެބާ؟ ރަށްޔިތުން އުޅޭނިކަމެތި ހާލު މަޖްލިސް މެމްބަރުންނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް، ނުވަތަ ވަޒީރަކަށް، ނުވަތަ ގައުމުގެ އެފަދަ އެއްވެސް ފަރާތަކަށް އެގޭބާ؟ ބޮޑެތި އަދަދުތަކުން މުސާރައާއި އިނާޔަތްތައް ސިޔާސީ މީހުނަށް އެބަދެވޭ. ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރާއިރު، މުސާރައިގެ ގޮތުގަ 5 ހާސް ނުލިބި ބުރަކޮށް މަސައްކަތްކުރާ ކިތައް ސިވިލް ސާރވިސް މުވައްޒަފުން އެބައުޅޭބާ؟ އާދައިގެ ބަޔަކަށް އެއްޗެއްދީ ލުޔެއްދޭން ޖެހޭއިރަށް، އެހެންހަދައިފިން ސަރުކާރަށް ބުރަބޮޑު ވާނެވާހާކަ ހައްތާވެސް މިއިވެނީ. ދާދިފަހުން މިދެވުނުު ފްލެޓްތަކުގެ އަގު ނިކަމެތިމީހާގެ އަތްފޯރާފަށަށް ކުޑަވިބާ؟

  10
 5. ނަސީ

  ލަންކަމީހާ އައިޖީއެމްއެޗް އިން ފިރީ ކުރެވޭ އެކަމަކު ރާއްޖޭގެ ރައްއިތަކަން ވިއްުޔަ ޖެހެނީ ސަލާންޖަހަން

  5
  1