އެންމެ ގާތް އެކުވެރިޔާއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސްގެ ސިޔާސީ ހަޔާތްޕުޅުގައި ވެސް ނަޝީދުގެ ބައިވެރިވުން ބޮޑެވެ. އެމްޑީޕީ ވުޖޫދުވި ފަހުން ދެ ބޭފުޅުންނަކީ ވަރަށް އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސްއާއި ނަޝީދާ ދޭތެރޭގައި ބައެއް ކަންތައްތަކުގައި ހިޔާލުތަފާތުވުން އުފެދެން ފެށިއެވެ.

މަޖިލީހުުގެ ބައެއް ނިންމުންތަކާއި ސަރުކާރުގެ ބައެއް ނިންމުންތަކާއި ގުޅިގެންނެވެ. ހިޔާލު ތަފާތުންވުންތައް އުފެދޭ ކޮންމެ ފަހަރަކުވެސް ދެ ބޭފުޅުން ބައްދަލު ކުރައްވާ ފޮޓޯއެއް ނަންގަވާ ހިސާބުން މައްސަލަ ހިނދެއެވެ. އެއީ ވީކަމެއް ހެން ހީވެސް ނުވެއެވެ. މިއީ ކުރިން ކަން ހިނގަމުން އައި ގޮތެވެ. އެއް ފަހަރު ރައީސް ގޯސްކޮށް ވާހަކަ ދައްކަވާފައި އަނެއްކާ ނަޝީދުގެ ރާގު ބަދަލުވެ ރައީސަށް ތައުރީފްކުރައްވައެވެ.

އެ ހުރިހާ އަރައިރުންތަކަކާއި ކޯޅުން ގަނޑެއްްގެ ތެރޭގައިވެސް ދެ ބޭފުޅުން އައީ އެކުގައި މަސައްކަތްކުރައްވަމުންނެވެ. އެކަމަކު މި ފަހުން ނަޝީދު މިވަނީ ސީދާ ރައީސާ ދެކޮޅަށް ނުކުންނަވަން ނިންމަވައިފައެވެ. ސިޔާސީ ހަރާކާތްތަކުގައި ރައީސާއެކު ދެމި ހުންނަން ބޭނުންނުވާ ކަމަށް އިއުލާން ކުރައްވައި އެމްޑީޕީ ތެރެއިން އެހެން އިއްތިހާދެއް އުފަން ކުރެއްވުމުގެ މަސައްކަތް ނަޝީދު ވަނީ ފައްޓަވައިފައެވެ.

ޕީޕީއެމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަޝީދު ގެންދަވަނީ އެކުގައި މަސައްކަތްކުރައްވަން ދައުވަތު ދެއްވަމުންނެވެ. މިއީ ނަޝީދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ސިޔާސީ މަސައްކަތުގައި ރައީސާއެކު ދެމިނުހުރެވޭނީ ކީއްވެގެން ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ. އެކަމަކު ނަޝީދުގެ މި ވާހަކަތަކާއެކު ސިޔާސީ މަސްރަހު ހޫނުވެ ބޮޑެތި ބަދަލުތަކެއް ފެންނާނުކަމުގެ މަލަމަތި ގާތް ގަނޑަކަށް ފެންނަން ވަނީ ފަށައިފައެވެ.

މީގެ ސަބަބުން އެމްޑީޕީގެ މިސްރާބު އޮތް ދިމާލެއް އެމްޑީޕީގެ ސަޕޯޓަރުންނަށް ވެސް ސާފެއް ނުވެއެވެ. އެމްޑީޕީން ދެ އިއްތިހާދެއް ތެރޭގައި މަސައްކަތް ކުރާން އުޅެނީތޯ ވެސް ސުވާލު އުފެދެއެވެ. އެމްޑީޕީ އަސާސީ ގަވާއިދު ބަޔާން ކުރާ ގޮތުން، ރައީސް ސޯލިހް ހުންނެވި ގޮތާއި، އެމްޑީޕީ ހިންގެވުމުގައި އިސްކޮށް ހުންނަވާނެ ޕާޓީގެ ރައީސް ނަޝީދު ހުންނެވި ގޮތް ފުށު އަރާތީއެވެ.

އެމްޑީޕީގެ މިސްރާބު އޮތީ މިހާރު އޮތް އިއްތިހާދު ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްއާ އެކުގައިތޯ؟ ނޫނީ މިސްރާބު ބަދަލުކޮށް ނަޝީދާއެކު ޕީޕީއެމްއާ އިއްތިހާދު ހަދާނީތޯ؟ ސަރުކާރުން އެމްޑީޕީ ވަކިވަނީތޯ؟ ސަރުކާރުގައި އެމްޑީޕީ އޮންނަނީތޯ؟ ނޫނީ ސަރުކާރުގެ ދައުރާއި އިދިކޮޅު ޕާޓީގެ ދައުރު ވެސް އެމްޑީޕީން އަދާ ކުރަނީތޯ؟

އެމްޑީޕީގެ މިސްރާބު ސާފު ކުރަން ނޫނީ މިސްރާބު ގެއްލޭ ކަން ޔަގީން ވާން ވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމުގައިވާ ރައީސް ސޯލިހް ހުންނެވި ގޮތެއް ސީދާ ސާފުވާން ޖެހެއެވެ. އެކަމަކު ރައީސް ހަމަ ހުންނެވީ ހަނެވެ.

ހުރިހާ ކަމެއްވެގެންދާއިރު ރައީސް ރަސްމީ ހައިސިއްޔަތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ކުޑަމިނުން ރައީސްގެ ޓްވީޓެއް ވެސް ނުފެނެއެވެ.

ފޮރިން މިނިސްޓްރީގެ އާ އިމާރާތް "ފަތުހުﷲ ޖަމީލް ބިލްޑިން" އަށް ބަދަލުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވި ނަމަވެސް މި މައުޟޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒްއާ އެ ކަމުގައި ސުވާލު ކުރާ ކޮންމެ ފަހަރަކު ވިދާޅުވަނީ ރައީސްގެ ހުރިހާ ފޯކަސް އެއް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ. ރައީސްގެ މެސެޖެއް އަދި ނެތް ކަމުގައި ވިދާޅުވިއެވެ. އިތުރު ތަފްސީލަކަށް ވަޑައިނުގަންނަވައެވެ.

މަބްރޫކްގެ ވާހަކައިން ދޭހަވަނީ ނަޝީދުގެ ވާހަކަތަކަށް ރައީސް ދެއްްވަނީ "ބީރުކަންފަތެއް" ކަމެވެ.

އެންމެ ގާތް އެކުވެރިޔާ ވިދާޅުވާ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ދެއްވަން ރައީސް ބޭނުންފުޅު ނުވާ ކަމެވެ. ނޫނީ އެއީ ރައީސްވެސް މި ވަގުތަށް ބޭނުންފުޅުވާ ގޮތް ކަމުގައިވުން އެކަށީގެންވެއެވެ. ހަމަގައިމުން ވެސް ރައީސްގެ "ހަނު" ހުންނެވުމުގެ ފަހަތުގައި ކޮންމެ ވެސް ސިއްރެއް ވާނެއެވެ. ނޫނީ ނަޝީދުގެ އެހީ ރައީސް ބޭނުންފުޅު ނުވުންވެސް އެކަށީގެންވެއެވެ.

މިކަމަކަށް އެއްވެސް އެއްޗެއް ރައީސް ވިދާޅުނުވުމަކީ އެމްޑީޕީގެ ސަޕޯޓަރުންނާއި ރައީސް އަށް ތާއިދުކުރައްވާ ފަރާތްތަކުގެ އޮތް ކަންބޮޑުވުމެކެވެ.

ވާނުވާއެއްގެ ތެރޭގައި ތިބެން ބަޔަކު ބޭނުމެއް ވެސް ނުވެއެވެ. އެމްޑީޕީ ތެރެ ދެފަޅިވެ އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ބޭފުޅުން އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާލަމުންދާއިރުވެސް އެމަނިކުފާނު އަދިވެސް ހުންނަވަނީ ހަނެވެ.

މިއީ ހައްތާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ. މަޑުމައިތިރިކަން އިސްކުރެއްވުމަކީ ރައީސްގެ ސިފަޔަކަށްވިޔަސް މިއީ ސިޔާސީ ގޮތުން ރައީސް ސޯލިހް ނުކުންނަވަން ޖެހޭ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  17
 2. އިސްތިއުފާ

  ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  15
  1
 3. ދޭންވީއޭ

  ރައީސް އިބޫގެ ސަރުކާރަކީ އެއީ ކަމެއްވާ އަދި ރައްޔިތުންނަށް ކަމެއް ކޮށް ދޭން އައި ސަރުކާރެއް ނޫނޭ އެމެންގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ވަރަށް ރީއްޗަށް ލިޔެފައި އެބައޮތް މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު ކޮންމެ މީހަކަށް ގޯއްޗެއް ދޭނެ ކަމަށް މާލެ ސަރަހައްދުން އެކަމަކު އެއީ އޭނާ ނުވާ ވައުދެއް ކަމަށް ނިންމާ އެވައުދު ވެސް ވަނީ އޮޅާލާފައޭ ސަރުކާރު ޖެހޭނީ އިސްތިއުފާ ދޭންއޭ ސަރުކާރު އިސްތިއުފާ..

 4. ވިސްނާތި

  އެމްޑީޕީގެ ވެރިކަން ކުރިން ރައްޔިތުންނަށް އެހާ ބޮޑަށް ނޭގޭ އެކަމަކު މިހާރު ރައްޔިތުންނަށް އެނގި ނިމިއްޖެ އެކަން ދެން އެމްޑީޕީގެ ވެރިކަމަށް ރައްޔިތުންގެ ތެރޭން ތާއީދުކުރާނީ އެއީ ގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ ދެ ވަނަ ފަލަސްތީނަށް ރާއްޖެ ބަދަލު ކޮށްލަން ބޭނުންވާ ދިވެހިރައްޔިތުންނޭ...

  13
 5. ކޮވިޑް

  މީ ކުޅޭ ސިޔަސީ ޑްރާމާ އެއްވީމަ ރައްދުދެވޭ ގޮތަކުން މުޅި ޑްރަމާ ބަދަލް ވެދަނެތީ ތޯއްޗެއް ހަނު އެ ހުރީ. ބޭނުން ވަނީ މައުމޫނު ތާށި ކޮށް ނަގޫ ފިއްތި ގޮތަށް ޔާމީން ފިއްތަން، އެކަމް ހިޔެއް ނުވޭ ޔާމީން ގުޑުވާލެވޭނެ ހެނެއް. މިފަހަރު ކަތުރު ފަނީގެ ރޯލް ކުޅެން މި ނުކުތީ އަންނި. ބަސް ނުމޮށޭ ގްރާ ބާރައްދައިގަންނާނޭ ބުނާހެން އިބޫ ކުރާނީ ހުރެފަ ބޮޑު އެއްކަމެއް.

  11
 6. ާަެެައބދ

  ތިވަނީ ވާންޖެހޭ ގޮތް ތި ދެޕާޓީ ހަލާކުވެ ވުޖޫދުން ފުހެވި ކުރީގެ ވާހަކަފޮތް ތަކުގަ ހުރި ވާހަކައަކަށް އަވަހައް ބަދަލުވުމަކީ މިދިވެހި ގައުމު ނަސީބުވެރި ވުން.

  5
  1
 7. އާދަންބެ

  "ހިޔާލު ތަފާތުންވުންތައް އުފެދޭ ކޮންމެ ފަހަރަކުވެސް ދެ ބޭފުޅުން ބައްދަލު ކުރައްވާ ފޮޓޯއެއް ނަންގަވާ ހިސާބުން މައްސަލަ ހިނދެއެވެ. އެއީ ވީކަމެއް ހެން ހީވެސް ނުވެއެވެ. މިއީ ކުރިން ކަން ހިނގަމުން އައި ގޮތެވެ. އެއް ފަހަރު ރައީސް ގޯސްކޮށް ވާހަކަ ދައްކަވާފައި އަނެއްކާ ނަޝީދުގެ ރާގު ބަދަލުވެ ރައީސަށް ތައުރީފްކުރައްވައެވެ." މިހެން ކަންތައް ވެގެންގޮސްފައި ވާނަމަ ދެންވެސް ވާނީ ހަމަ މިހެން. ނަޝީދު ރާއްޖެ އައިހާ އަވަހަކަށް ފޮޓޯއަކުން މައްސަލަ ހިނދިދާނެ.

 8. ސެންޗޯ

  ޢެންޑީޕީއަކީ ގައުމުގައި އޮތް ގަޓުޕާޓީ، ޕާޓިގެ ބަދަހިކަން ﷲއިރާދަކުރެއްވީޔާ އެކަން އަންނަ ރިޔާސީ އިންތިހާބުން ދިވެހި ރަތްޔިތުން ނަށް ފެނިގެން ދާނެ މިއީ ވަރަށް ވާހަކަ

  2
  5
 9. ނާދިރާ

  މޑޕދުއްވާލައިގެން ނޫނީ ސަލާމަތެއް ނެތް