މާލެ ތޮއްޖެހި، އިތުރު ހައްލުތަކެއް ހޯދަން ސަރުކާރަށް އޮތީ މަޖުބޫރުވެފައެވެ. މާލެ ސަރަހައްދު ބޮޑުކޮށް ވިލިމާލެއަށް މާފަންނުގެ ބައެއް މީހުންގެ ދިރިއުޅެން ބަދަލުކޮށް، އާބާދީގެ ބައެއް މީހުން ހުޅުމާލެއަށް ވެސް ވަނީ ގެންގޮސް ގެދޮރު ވަނީ ދީފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ސަރަހައްދުން ވެސް ފްލެޓް ދޫކޮށްފިއެވެ.

އެހެންވިޔަސް މާލޭ ރައްޔިތުންގެ ގެދޮރުގެ ބޭނުން ފުއްދެން އަދިވެސް ގާތް ނުވެ އޮތް އޮތުމުގެ ކަންބޮޑުވުމާއެކު، މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ފާހަގަކުރެއްވި ކަމަކީ މާލެ ސިޓީގެ އިހްތިސާސްއަށް އިތުރު ބިން ހޯދަން ޖެހުމުގެ މުހިއްމު ކަމެވެ. މިހާރު އޮތް ބިމުގެ އިހްތިސާސް އިން ވެސް ރައްޔިތުންނަށް ދޭން ޖެހޭ ބޯހިޔާވަހިކަން ދޭނެ ކުރެވެން އޮތް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވިއެވެ.

މާލެ ސިޓީގެ ބިމުގެ އިހްތިސާސް ބޮޑު ކުރަން މުއިއްޒު ފުރަތަމަ އަމާޒަކަށް އޮތީ ވެސް އެންމެ ކައިރިން ގުޅިފަޅެވެ. މުޅި ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރަށް ޚާއްސަ ކުރެވޭ ބިމަކަށް ހެދުމަކީ މުއިއްޒުގެ އެންމެ ބޮޑު އަމާޒެވެ. އެ އަމާޒަށް ދިއުމަށް ކުރިމަތިވާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލައިގެން އެ ކަން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ގެންދަވަނީ ދެއްވަމުންނެވެ.

އެ އަމާޒަށް ދިއުމަށް އެޅިފައިވާ ހުރަހަކީ ވެސް ރައްޔިތުންގެ އިންތިޚާބީ ސަރުކާރެވެ. ފުރަތަމަ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބަޔަކަށް ގުޅީފަޅު ސަރަހައްދު ހިމެނިފައި ވެސް ނެތުމެވެ. ދެވަނަ ކަމަކީ ގުޅީފަޅުގައި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރާއި އިތުރު ގުދަންތައް އަޅަން އޮތުމުން އެ ކަމަށް ބޮޑު ބައެއް ގެއްލިގެން ދިއުމެވެ. ކުރީގެ ސަރުކާރުތަކުގައި އޮތް ގުޅީފަޅު ތަސައްވުރު މުޅީން ބަދަލު ކޮށްލުމެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ގުޅީފަޅު މަޝްރޫއަށް މޭޔަރު ބޭނުންވާ ބައެއް ބަދަލުތައް

ސަރުކާރުގެ އެ ވިސްނުން ބަދަލު ކުރަން މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެސް މުއިއްޒު ޚިއްސާ ކުރައްވާފައިވެއެވެ. އެ ހުށަހެޅުއްވުމުގައި މާލޭގެ ރައްޔިތުންނަށް ގެދޮރު އިތުރު ކުރެވެން އޮތް ކޮންމެ ދިމާއެއް ވެސް މުއިއްޒު ވިސްނަވާފައިވެއެވެ.

"ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ފާހަގަކުރެއްވި ފުރަތަމަ ކަމަކީ އެންމެ "އައިޑިއަލް" ނުވަތަ "ފުރިހަމަ" ގޮތަކީ މުޅި ގުޅީފަޅު ގެދޮރުވެރިކަމަށް ޚާއްސަ ކުރުމެވެ. އެކަމަކު ވިޔަފާރި ބަނދަރު ބަދަލު ކުރެވެން ނެތް ނަމަ ވިޔަފާރި ބަނދަރު ބަހައްޓާފައި ވެސް ގުޅީފަޅުން ގެދޮރުގެ ބިން އިތުރު ކުރެވޭނެ ގޮތްތަކެއް ވެސް މުއިއްޒު އޮތީ ހުށަހަޅުއްވައިފައެވެ.

ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރުގެ މަގާމު ހަތް އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ފުރުއްވި މުއިއްޒު ވިދާޅުވީ، އެއްބަސްވުމެއް މުޅިން ބަދަލު ކުރުމާއި އެއްބަސްވުން ބާތިލް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އޭނާގެ އެދިވަޑައިގަތުމަކީ ގުދަންތަކުގެ ބަޔަށް ބަދަލުތަކެއް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހަދާފަ އޮތް ޕްލޭންގަ ވެސް ބޮޑު ބައެއް އެބަ އޮތޭ، ވެއާ ހައުސްތައް އަޅަން ވެސް. ވެއާ ހައުސްތައް މޫވް ކުރެވޭނެ ތިލަފުށްޓަށް ވެސް. ވެއާ ހައުސް މޫވް ކުރެވޭނެ ހުޅުމާލެއަށް ވެސް. ރައީސް ވެސް ވިދާޅުވި ހުޅުމާލެއަށް ބަދަލު ކުރާ ވާހަކައެއް،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަލީ

200 ހެކްޓަރަށް ބިން ހިއްކައިގެން 40،000 މީހުނަށް ގެދޮރު ދެވޭނެ

ވެއާ ހައުސްތަކުގެ ޖާގައަށް ފަހު ވެސް އިތުރު ބިން ގުޅީފަޅުން ހިއްކަން މުއިއްޒުގެ ވިސްނުމުގައިވެއެވެ. މިހާރު ގުޅީފަޅުން ހިއްކާފައިވަނީ ފަޅުގެ ދެބައިކުޅަ އެއްބައި ޖާގައިގެ ބައެއް ވަރު ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ފަޅުން 200 އެއްހާ ހެކްޓަރުގެ ބިން ނެގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބިމަށް ވުރެ ބޮޑު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޯޓް އޮތް ތަނުގައި ބާއްވާފައި ފަޅުގެ ބޮޑު ބައި ހިއްކާފައި، މިހާރު ވެސް ފަޅުގެ ދެބައި ކުޅަ އެއްބައި ނުހިއްކައި އޮތީ. ފަޅުގެ ބޮޑު ބައި ހިއްކާފައި އެ ތަނުން ގާތްގަނޑަކަށް 200 އެއްހާ ހެކްޓަރު ނެގޭނެ. 180 ހެކްޓަރު އަޅުގަނޑަށް ފެނޭ މަދުވެގެން ނަގަން، 180 ހެކްޓަރު އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސައިޒަށް ވުރެ ބޮޑު ވަރެއް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ އަމާޒަކީ މާލޭގެ ބިމުގެ ސަރަހައްދުގެ އިހްތިސާސްއަށް އެ ވަރުގެ ޖާގައެއް ހޯދުމެވެ. އެ ވަރުގެ ޖާގައެއް ކަނޑައަޅާފައި ދީފިނަމަ ފްލެޓާއި ގޯތި ދީގެން ގާތްގަނޑަކަށް 40،000 ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށް މުއިއްޒު އަންދާޒާ ކުރައްވައެވެ. މުއިއްޒު ވިދާޅުވި ގޮތުން ނަމަ، މަޝްރޫއަށް ބަދަލުތަކެއް ގެނެސްގެން 30،000 އެއްހާ މީހުންނަށް ގެދޮރު ދެވެން އޮތް ކަން ރައީސް ސޯލިހް ވެސް ފާހަގަކުރެއްވިއެވެ.

އެއީ ގާތްގަނޑަކަށް 6،000 ގޯތި އަދި ތިން ކޮޓަރީގެ 10،000 ފްލެޓެވެ. ކޮންމެ ގޯއްޗަކީ ގާތްގަނޑަކަށް 1500 އަކަ ފޫޓުގެ ޖާގައިގެ ގޯއްޗެއް ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ފްލެޓަކީ ގާތްގަނޑަކަށް 1،000 އަކަފޫޓުގެ ޖާގައެއް ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މަޝްރޫއު ބަދަލުނުކޮށް ހޭދަވާ ކޮންމެ ދުވަހަކީ ހުރަހެއް

މޭޔަރު މުއިއްޒުގެ ކަންބޮޑުވުމަކީ މޭޔަރުކަމާ ހަވާލުވެވަޑައިގަތުމާއެކު މި ކަން ރައީސްއާ ޚިއްސާކުރި ނަމަވެސް އެ ކަމުގެ އަމަލީ ސިފައެއް ސަރުކާރުން ނުފެނުމެވެ. އޭގެ ފަހުން ދެ މަހެއްހާ ދުވަސް ހިނގިއިރު މިހާތަނަށް ވެސް މަޝްރޫއަށް އެއްވެސް ބަދަލެއް އަންނަ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފައި ނުވާ ކަން ކަންބޮޑުވުމާއެކު މުއިއްޒު ފާހަގަކުރެއްވިއެވެ

"އެގްރިމެންޓްގެ ތަންފީޒު ކުރުމުގެ މަރުހަލާއަށްދާ ކޮންމެ ދުވަހަކީ ބޭރަށް ނުކުންނަން އެޅޭނެ ހުރަހެއް. އެހެންވެ އެންމެ ދުވަހެއް ދިއުމަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެޅޭ ހުރަހެއް. އެހެންވެ އަޅުގަނޑުމެން މި އެދެނީ ލަސްނުކޮށް މި ކަންކަން ބަދަލުކޮށްދޭން، ގުޅީފަޅު މާލޭ ސިޓީގެ ބިމުގެ އިހްތިސާސް މީގައި ހިމެނުން،" މުއިއްޒު ވިދާޅުވިއެވެ

ގުޅީފަޅު އެންމެ ފުރަތަމަ ހިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު ގުޅީފަޅު ހިއްކީ ވެސް މާލޭގެ ރައްޔިތުންނަށް ގެދޮރު ދިނުމަށެވެ. ބައެއް މީހުނަށް ލިޔުން ވެސް ދިނެވެ. އެކަމަކު ފްލެޓްތަކުގެ ހާލަތު ހުރި ގޮތް ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ މި ފްލެޓްތަކެއް ނުދެއެވެ. އެކަމަކު ވިލިމާލޭގެ ދެވަނަ ފިޔަވަހީގެ ނަމުގައި ގުޅީފަޅުގައި ގެދޮރުގެ މަޝްރޫއެއް އެ ވެރިކަމުގައި އިއުލާން ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސެންޗޯ

  ރާއްޖޭގެ ހުރިހާ ހިސާބަކުން މާލެއެކޭ އެއްފެން ވަރަށް ޚިދުމަތްތައް ލިބެންޏާ މާލެ ސަރަހައްދަށް ތަރައްގީފުނިޖެހުމަކީ ބުއްދިވެރިކަމެއްނޫނެވެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާލެޔެކޭ އެއްފެންވަރަށް ޚިދުމަތް ތަކުގެ ފެންވަރު ހަމަހަމަކޮށް ރައްރަށަށް މީހުން ވަޒަން ވެރިވެކޮށް ދިރި އުޅުން ބަދަލުކުރުމުން މާހިތް ފަސޭހަ ވެފަ.އެތައްތަނެއް ދިރިއުޅުން ހަޖެހުން ލިބިގެން ދާނެއެވެ

  17
  4
  • ޒައިކް

   މޭޔަރު މައިން ބަފައިންގެ ތަރިކަ މުދާތޯ މި ކ އަތޮޅުގަ ހުރިހާ ފަޅުތަކެއް އެއީ؟؟ ބަލަ މި އަތޮޅުގަ މާލެ ނޫން އެހެންރައްތަކުގަ ދިރިއުޅޭ މި އަތޮޅަށް ނިސްބަތްވާ ރައްޔިތުން އެބަތިބި.. ވިލިނގިލި ވެސް މާލެއަށް ހުޅުމާލެ ވެސް މާލެއަށް، މި ހާރު ތިޔަ ދިމާކުރީ ޤާނޫނީ ގޮތުންވެސް މާލޭގެ އިޙްތިސާސްއިން ބޭރުގަ އޮތް ތަނެއް ކާލަން.. ރާއްޖޭގެ ކޮންރަށަކަށް އެރަށެއްގެ ބިން ފުރުނީމަ ޖެހިގެން އޮތް ރަށާ ފަޅުތަށް ދިނީ؟؟ މާލެއަށް ވަކި ތަފާތުކުރުމެއް އޮވެގެން ނުވާނެ، ގޯތި ނުލިބެންޏާ ގޮސްސަ އެހެން ރަށެއްގަ 5 އަހަރު އުޅުނީމަ އެރަށަކުން ބިން ލިބޭނެ މާލޭ މީހާއަށްވެސް ޤާނޫނު އަސާސީއާ ޤާނޫނު ބުނަނީ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭ ކޮންމެ ދިވެއްސަކަަށް އެ ރަށެއްގެ ރައްވެހިންނަށް ލިބޭ ހުރިހާ ހައްޤުތަކެއް އެއްވެސް ތަފާތެއް ނެތި ލިބި ދެވޭނެކަމަށް..

   2
   4
 2. ޢުމަރު

  ދުނިޔޭގެއެއްވެސްތާކު ލަިސަންސް ބާތިލެއް ނުކުރާނެމިގައުމުގަނޫނީ ޖޫރިމަނާކުރާނީ އެެހާއުދަގުލުންބުރަމަސަތްކަތުން ނަގާފަހުން ނައެއްޗެހިބާތިލްކުރުންރަގަޅެއްނޫންތިޔަހެންވާ ނަމަ2މަފިރިންޖެހި ޖެހިގެންއެއްމައްސަލައެއްގަ ކޯޓައްދާތީވެ ކާވެނިސެޓުފިކެޓުބާތިލްކުރަވީނު

  2
  1
 3. ބަކުރު ބޭ

  މިއީ ވެސް ހިޔަޅު ވިސްނު މެއް!

  6
  2
 4. އިބުރާ

  ބަލަމުއީޒުކަލެއަކީމޮޔައެއްޔާމިނުވެރިކަމުގަގުޅިފަޅުމީހުންދިރިއުޅެންކަމުނުދާތަނަކައްނިންމީކަލޭމެންނެއްނޫންތަމިހާރުމޭޔަރުކަންލިބުނީމަގުޅިފަޅުދިރިއުޅެންވަރައްކަމުދޭދޯ

 5. މޯޑް

  މާލޭ ރައްޔިތުންނަށް ބިންދޫކުރަންޖެހޭނީ މާލެއިން. މާލެ ފިޔަވާ ދެން ހުރި ހުރިހާ ބިންތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކޮށް ލިބެންޖެހޭ ބިންތަކެއް. ގުޅީފަޅުން މާލެ މީހުނަށް އެކަނި ބިން ހާއްސައެއް ނުކުރެވޭނެ

  2
  5
 6. އޯކޭ

  މާލޭގެދޮރުވެރިންނަން ދެރަވާނެއޯ

  4
  1
 7. ލިޔުންތެރިން

  ބައްލަވާ “މޭޔަރުގެ ވިސްނުންފުޅު” ، އިނގޭތޯ ރަނގަޅު ގޮތަކީ،،،،، ނޫސްވެރިން ޒިންމާދާރު ވާންއެބަޖެހޭ
  ވ ސަލާމް

  2
  1
 8. އިންސާނެއް

  ރަނގަޅު ޙިޔާލެއް. ނަމަވެސް މިކަން ވާނެ ކަމުގެ އުންމީދެއްނެތީ. މާލެ ޔޭ ކިޔާތީ މީހުނަށް ހީވަނީ ވ އަރާމްގައޭ އުޅެނީ. ހާދަ ހާލެއްގަ އުޅޭ މާލެ ކިޔާ މީހުން އަނބި ދަރިންނާ. ބަލި މައިންބަފައިން ކުޑަ ގޮޅިއެއްގަ އުޅެ ހަޔާތް ނިމި މިދަނީ. ވ ދެރަ.

 9. ހަނާ

  މިހާރު ދަފުތަރުގަ ޖެހިފަތިބި މިހުންނަވެސް ފުލެޓްތަކަ ށަރުރުތުހަމަވަނީ 15 އަހަރުވީމާ މިހާރުމިމަޖިލީހުން ނިއްމާފައޮތްގޮތް.

 10. މޮޔަ

  މާލެ ވަކި ސަރުކާރެއް ހަދައިގެން އުޅޭ މީހެއްތަ މީ

 11. މަޒް

  ތި މުއިއްޒެއްގެ ވެރިކަމުގައި ގުޅިފަަޅުން ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް އަތުލީ.. މިހާރު ދޭން ހިޔާލު ކުރަނީ.. އެނބުރޭ ވަހުތާނެއްތަ؟