ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިވާ ވާހަކަ އަކީ މީގެ ކުރިން ނަމެއްގައި ދައްކަމުން އައި ވާހަކަތަކެކެވެ. އަމަލީ ސިފައެއްގައި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ ވަރާއި ގާތަކަށް ވެސް މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ތައުލީމެއް ވެސް ލިބެނީ މާލޭގެ ވަރަށް މަދު ސުކޫލެއްގައި އެކަންޏެވެ. ނަމަވެސް މިއަދު ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ގިނަ ސްކޫލްތަކުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތައުލީމް ފޯރުކޮށްދޭނެ، އެކަމުގެ ތަމްރީނު ލިބިފައިވާ ޓީޗަރަކު އެބަހުއްޓެވެ.
ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިވާ މީހުންނަށް ފްލެޓްތައް ހާއްސަ ކުރުމާއި، ކިއުތަކުގައި ނުޖެހި ސިއްހީ ޚިދުމަތް ހޯދުން ފަދަ ކަންކަން ވަނީ ފަހިކޮށްދީފައެވެ.
މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ލިބުން އެއީ އެފަދަ މީހަކާއި އެމީހެއްގެ އާއިލާ އިން ހުވަފެނުން ވެސް ދެކެފައި ނުވާފަދަ ކަމެކެވެ. ނަމަވެސް މިއަދު ހާއްސަ އެހީއަށް ބޭނުންވާ 270 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ.
ވަޒީފާ އެއް ލިބުމަކީ ކޮންމެ މީހަކަށް ވެސް ރަނގަޅު، އުފާވެރި ދިރިއުޅުމަކަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެކެވެ. ވަޒީފާ އެއް ލިބުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއި އެކު ގޮތް ނިންމުމުގެ ބާރު ލިބޭ ކަމެކެވެ. އެހެންކަމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެމީހަކަށް އަދާކުރެވޭ ވަރުގެ ވަޒީފާ އެއް ކޮންމެހެން ވެސް ބޭނުންވެއެވެ. އެކަން ސަރުކާރުން ދަނެ، އެކަމަށް ފިޔަވަޅު އަޅަމުން ގެންދިއުމުގެ ނަތީޖާ އަކީ މިއަދު 270 އަށް ވުރެ ގިނަ އާއިލާ އަށް އުފާވެރިކަން އިހްސާސް ކުރެވެމުން ދިއުމެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ހިނގަމުން މިދާ ކޮންމެ ދުވަހަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގިނަ ކަންތައްތަކެއް ކޮށްދެމުންދާ ދުވަހެކެވެ. ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަމަށް ދެއްވާ އިސްކަމާއި، ޝައުގުވެރިކަމަކީ މިއަދު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިފައިވާ އުފާވެރިކަމުގެ އަސްލެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ހާއްސަ އިސްކަމެއް ދެއްވައިގެން، އަމިއްލަ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުޑަކުދިންގެ ހައްޤުތައް ހޯއްދަވައިދެއްވާ، އެފަދަ މީހުންނާއި ކުދިންނަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވަން ކުރައްވާ މަސައްކަތަކީ ވެސް ހާލަތު ބަދަލު ކުރުމަށް މެދުވެރިވި ވަރަށް މުހިންމު ސަބަބެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތު އިއުލާން ކުރެއްވުމުގައި މެޑަމް ފާތުންގެ ދައުރު ބޮޑެވެ. އެކަމަނާގެ އެޚިޔާލު ހަޤީޤަތަކަށް ހެއްދެވުމަށް ރައީސް ޔާމީނާއި އެކު އެކަމަނާ ކުރެއްވި މަސައްކަތަކީ ހަމައެކަނި ޝުކުރުގެ ދެތިން ބަހަކުން ނިންމާލެވޭނެ ކަމެއް ވެސް ނޫނެވެ.
މެޑަމް ފާތުން އިސްވެ ހުންނަވައިގެން މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާފައިވާ މައުރަޒުތަކުން މަސައްކަތް ފެއްޓެވި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިއަދު ލިބެމުންދާ ފުރުސަތުތަކާއި، އެބޭފުޅުން އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ހޯދަމުން ގެންދާ ކާމިޔާބީތަކަކީ ވެސް މެޑަމް ފާތުން ކުރައްވާފައިވާ ޚިދުމަތްތަކަށް އިތުރުވާނެ ބޮޅެކެވެ.
މީގެ ކުރިން ހަމައެކަނި ޤާނޫނެއްގައި ނުވަތަ ޤަވައިދެއްގައި ލިޔެވިފައި ހުރި ޙައްޤުތައް ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކަށް ނުލިބުނެވެ. ނަމަވެސް މިއަދު އެއްވެސް މަޖުބޫރުކަމެއް ނެތި ސަރުކާރުން ގެންދަނީ ކޮންމެ ކަމެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އިސްކަމެއް ދެމުންނެވެ.
މަގުމަތީގެ ޕޭމަންޓްގެ ޑިޒައިނަށް ބަދަލު ގެނައުމުން ފެށިގެން، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ތައުލީމް ފޯރުކޮށްދިނުމާއި ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި އަދި ވެސް އިތުރު ކިތަންމެ ދާއިރާއެއްގައި ސަރުކާރަށް މިއަދު ހާއްސަ އެހީއަށް ބޭނުންވާ މީހުން ހާއްސަ އެވެ.
ސަރުކާރެއްގެ ފަރާތުން ރައްޔިތުން އުއްމީދު ކުރާނެ ކަންތައްތަކަކީ މިއީއެވެ. އެއުއްމީދުތައް މިއަދު އޮތީ ޚިޔާލީ ދުނިޔެއަކު ނޫނެވެ. އެއުއްމީދުތައް މިއަދު އެންމެންގެ ކުރިމަތީގައި ހަޤީޤަތަކަށް ވެއްޖެއެވެ.
ރަށެއްގައި ދެ ދަނޑިގަޑު ބެނުންކޮށްގެން ނިކަމެތިޙާލެއްގައި އުޅޭތާ 47 އަހަރުވީފަހުން މެޑަމްފާތުންވަނީ އެފަރާތަށް ބޭންކު މެދުވެރިކޮށް އެލެކްޓްރޯނިކު ގޮނޑިޔެއް ހަދިޔާކޮށް އެމީހާޔަށް އުފާވެރިކަން ދީފައެވެ. އެކަމަކު އެއީ ޔާީންގެސަރުކާރަށް ވަރަށް މަލާމާތްކުރާ މީހަކަށް ވުމުން ، ކޮންތާކުން ލިބުނު ރީތި ގޮނޑިޔެއްތޯ ސުވާލުކޮށްލުމުން ބުނީ " މިއީ ބޭންކުން ދިން އެއްޗެއްކަމަށާ ދިނީމާދެން އަރަނީ " ކަމަށެވެ. ޝުކުރުވެރިވުމުގެބަދަލުގައި ފެނުނީ ޙަރާންކޯރުވީ ތަނެވެ.
ވަރަށް ބޮޑުތެދެއް
الحمد لله. ما شاء الله ރަނގަޅު.. ދެން މޫންބުރުގާ އަޅައިގެން އުޅޭ އަންހެންކަނބަލުންނައްވެސް ފަސޭހައިން ކިޔެވުމާ ބޭނުން ދާއިރާ އަކުން ވަޒީފާ އަދާކުރެވޭނޭ ގޮތްތައް ހަމަޖައްސައިދީ..
ان شاء الله
ހެޔޮ ނުވާނެ، ޕީޕީއެމް ނިއުސް އަށް ނަން ބަދަލުކޮށްބާ. މީތި މިހާރު ހިންގަނީވެސް ޕީޕީއެމް އޮފީހުން ހެން ހީވަނީ. އަޅުގަނޑުގެ ކޮމެންޓް ހަހަމުވާންބާ؟
މިއީ ޕީޕީއެމް ނޫހަކަށްވާނަމަ ދެންތިބީ އެމްޑީޕީ ،ޖޭޕީ،އަދާލަތު ނޫސްތޯ
ޕީސިކްސް ހަޖަމް ޕުލީޒް ? ? ?