ރާއްޖޭގެ ވެރިކަމެއް ބަލިކަށި ކޮށްލަން އެންމެ ގަދައަށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު މި ކަން ވަރަށް ކާމިޔާބު ކަމާއެކު ހާސިލް ވެސް ކުރައްވައެވެ. ރާއްޖޭގެ އެންމެ ދިގު މުއްދަތަކަށް ވެރިކަން ދެމެހެއްޓެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ވެސް އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިކުރުވީ ހަމަ "ގ. ކެނެރީގޭ އަންނި" އެވެ. މައުމޫންގެ ކިތަންމެ ވާދަވެރިންނެއް ހިފަހައްޓުވާފައި ބެހެއްޓިޔަސް ނަޝީދު ހިފަހައްޓައެއް ނުލެވުނެވެ. މުޅި ދުނިޔޭގެ ކުރިމަތީގައި މައުމޫންއަކީ "ޑިކްޓޭޓަރެއް" ގޮތުގައި ލޭބަލް އަޅުވާލިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންމެ ފަސޭހައިން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދެއްވީ ނަޝީދަށެވެ. ނަޝީދުގެ ގާތް ބައިނަލް އަގްވާމީ ބައެއް ފަރާތްތަކުގެ ޕްރެޝަރުތައް ކުރިމަތިކުރުވައިގެންނެވެ. އިނގިރޭސިވިލާތާއި އަވަށްޓެރި އިންޑިއާ އަދި ލަންކާގައި ހުންނަވައިގެން، މައުމޫންގެ ވެރިކަމަށް އަރުވާލި ލޮޅުންތައް އެ ގައުމުގައި ހުންނަވައިގެން ޔާމީންގެ ވެރިކަމުގައި ވެސް ކުރިމަތި ކުރުވިއެވެ. އެންމެ ފަހުން ދަތިފުޅުވެގެން ޔާމީން ބައެއް ގައުމުތަކާ ގުޅުން ވެސް ކަނޑާލިއެވެ. ނޫނީ ގުޅުން ހީނަރުކޮށްލަން ޖެހުނެވެ.

ދިވެހި ވެރިކަންތައް ބަލައި ނުގަތުމަށާއި ރާއްޖެއަށް ދޭ އެހީތަކާއި ރާއްޖެއާ ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުން ކަނޑާލަން ގޮވާލައްވައި ނަޝީދު ދެއްކި މި ވާހަކަތައް އަބަދުވެސް ދިވެހިން ހަނދާނުން ފޮހެ ނުލެވެއެވެ. އޭރަކު ހުންނެވި ތަނެއްގައި ހުންނަވައިގެން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ ކޮންމެވެސް ގޮތަކަށް ދިވެހި ސަރުކާރު "ބަދުނާމު" ކޮށްލަންށެވެ. އަބަދުވެސް ބޭނުމަކަށް ވެފައި އޮންނަނީ ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށް އެމަނިކުފާގެ ހައިބަތު ބޮޑުކުރުމެވެ.

ރައީސް މަައުމޫނާއި ރައީސް ނަޝީދު --

ނަޝީދުގެ ވެރިކަމުގައި ވެސް ކަންތައް ކުރައްވަމުން ގެންދެވީ ހަމަ އެ ބީދައިންނެވެ. ބައެއް ސިޔާސީ ޕާޓީތަކުގައި ތިބެނީ "ނިރުބަވެރިން" ނޫނީ "އިސްލާމީ ހަރުކަށި ފިކުރު" ގެ ބައެއްގެ ގޮތުގައި "ލޭބަލް" އަޅުވާލިއެވެ. ނަޝީދަށް ވެރިކަން ކުރަން ދަތިފުޅު ކަމަކަށް ވަނީ ވެސް މި މީހުންގެ ހަރަކާތްތައް ކަމުގައި ނަޝީދު ސިފަކުރައްވަމުން ގެންދެވިއެވެ. ވެރިކަމުގައި ނަތީޖާ ނެރުމަށް ވުރެ ބޮޑަށް އުޅުއްވީ ބައިނަލް އަގްވާމީ މުޖުތަމައުގައި ނަޝީދު ފިޔަވައި އެހެން ސިޔާސީ ލީޑަރުންގެ އަގު ވައްޓައިލެވެން އޮތް ގޮތަކަށް އެ ކަން ކުރެއްވުމުގައެވެ.

ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދު

އަނެއްކާ ވެސް ތަކުރާރު ވަނީ ހަމަ އެ މަންޒަރެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން މިހާރު އޮތް ދިވެހި ސަރުކާރު ބަދުނާމު ކުރެވެން އޮތް ގޮތަކަށް ކުރަނީއެވެ. ތަފާތަކީ ބޭރަށް ވަޑައިގަތީ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށް ބޭސްފަރުވާއަށެވެ. ދެން އޮތް ތަފާތަކީ ދިވެހި ސަރުކާރު ހިންގަނީ އެމަނިކުފާނު ލީޑް ކުރައްވާ އެމްޑީޕީގެ މެންބަރެކެވެ. ގިނައީ ވެސް އެމަނިކުފާނުގެ ޕާޓީގެ ވަޒީރުންނެވެ. ވެރިކަމުގައި ހުންނެވީ އެމަނިކުފާނުގެ ސިޔާސީ އެންމެ ބޮޑު ބައިވެރިޔާއެވެ. އެކަމަކު ފަރުވާލެއް ނެތެވެ. ސަރުކާރު ބަދުނާމު ކުރަން އެކި ޒާތުގެ ވާހަކަތައް މީޑިއާތަކަށް ދެއްވައިފިއެވެ.

ރައީސް ސާލިހު އަދި ރައީސް ނަޝީދު/ ފޮޓޯ : ނަޝީދު ޓްވިޓާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެން ނަޝީދު ޖައްސަވަން ފެށީ ހަމަ އެ "ސްޓަންޓު" އެވެ. މިހާރު ސަރުކާރު ނަޝީދަށް މާ ބޮޑަށް ވެސް ގޯސްވެއްޖެއެވެ. ރައީސް ސޯލިހް ވެސް ގޯސްވެއްޖެއެވެ. އިންޑިއާގެ ނޫސްތަކަށް އިންޓަވިއު ދެއްވައި ކުރައްވަމުން ގެންދަވާ ކަމަކީ ރައީސް ސޯލިހުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވައްޓާލުމެވެ. ދިވެހި ސަރުކާރުގެ އަގު ވައްޓާލުމެވެ. ސަރުކާރާ މެދު ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ނަފްރަތު އުފެއްދުމެވެ. އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުގައިވެސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ރުއްސަން ރައީސް ސޯލިހު ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށެވެ.

ރާއްޖޭ އަފްގާނިސްތާނަށް ވެދާނެކަމުގެ ބިރު އެބައޮތް ކަމަށާއި ރާއްޖެ ސަލާމަތް ކުރެވޭނީ އެމަނިކުފާނުގެ ފަހަތްޕުޅަށް ވަޑައިގެން ކަމަށް ނަޝީދު ވަނީ ވިއޯންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލިވުންވެސް އެންމެ ފަހުން ނަޝީދު ކަނޑާލީ ސަރުކާރުގެ ބޮލަށެވެ. ރައީސް ސޯލިހްގެ ފެއިލާއެއްގެ ގޮތުގައެވެ. އެމްޑީޕީގެ ގޯހެއް އޮވެގެން ކަމަށް އެމަނިކުފާނަށް މިހާރު ގަބޫލެއް ނުކުރައްވައެވެ. އަދި އެމަނިކުފާނާއި މަޖިލީހުގައި ހަމަ އެއްވެސް ވަރަކަށް ގޯހެއް ނެތީއެވެ. ބޭރުގައި ހުންނަވައިގެން ނަޝީދުގެ ޕްރޮގްޕެގެންޑާ ފެތުރުމުގައި އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވަމުން ގެންދަވާއިރު އޭގެ ސަބަބުން ރާއްޖެއަށް އައިސްދާނެ ހީނާރުކަމާއި މެދު އެމަނިކުފާނުގެ މާ ބޮޑު އަޅައިލުމެއް ވެސް ނެތީއެވެ. ބޭނުންފުޅުވާ ކަންތައް ހާސިލް ކުރެވެން އެންމެ މޮޅު އިތުުރު ގޮތަކީ އެ ގޮތް ކަމަށް ހީވެފައި އޮތުން އެކަށީގެންވެއެވެ.

"އަޅުގަނޑުމެންގެ މި ހުރީ ފިކުރީގޮތުން ހިޔާލް ތަފާތުވުމެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން،" ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ވަގުތު އިމޭޖަސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ވަގުތު އިމޭޖަސް

މި ވަރުން ވެސް އަދި ނަޝީދު ފުއްދައެއް ނުލައެވެ. ރާއްޖޭގައި ތިން ފަހަރުގެ މަތިން ވެރިކަމެއް އެކުލަވާލެވުނީ ވެސް ހަރުކަށި ފިކުރުގެ މީހުން ރުއްސައިގެން ކަމަށް ނަޝީދު ވިދާޅުވެއެވެ. އެމްޑީޕީގައި ވެސް ހަރުކަށި ފިކުރުގެ މީހުން ތިބި ކަމުގައި ނަޝީދު ވިދާޅުވެއެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި އަބަދުވެސް މި ފިކުރުގެ މީހުން ތިބޭ ކަމުގައި ނަޝީދު ވިދާޅުވެއެވެ. އެ މީހުން ރުއްސައިގެން ނޫން ގޮތަކަށް އަދި އަދަށް ވެރިކަމަށް ވެސް އާދެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. ދިވެހި ދައުލަތަށް ވެސް އެމަނިކުފާނު "ލޭބަލްތައް" އަޅުވާ ނިންމާލީއެވެ.

އެކަމަކު މި ޒާތުގެ "ލޭބަލްތައް" އެޅުވުމުގެ ގެއްލުން އެންމެ ކައިރިން ތަޖުރިބާ ކުރާނެ ބޭފުޅަކީ ވެސް ނަޝީދެވެ. ހަމަލާ އައީ ވެސް އެ ޒާތުގެ ލޭބަލްތައް އަޅުވައިގެން ކަމަށް ވިދާޅުވަނީ ވެސް ނަޝީދެވެ. އެކަމަކު ދިވެހި ދައުލަތުގެ އެކި ގުނަވަންތައް ބަދުނާމު ކުރަން ލޭބަލްތައް އަޅުވަނީ ވެސް ނަޝީދެވެ.

އެ ގޮތް އެންމެ ރަނގަޅު ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވެސް ގަބޫލުކުރެއެވެ. ނަޝީދު ވިދާޅުވާހާ އެއްޗަކަށް "ހާ" "ހޫ" ކިޔައި އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް "ޑިކްޓޭޓާޝިޕް" ސިފައިގައި އެމްޑީޕީ ހިންގަން ދޫކޮށްލަން ބޭނުންވާ ބަޔަކު ވެސް އެ ޕާޓީގައި ތިބެއެވެ. ޕާޓީ ތެރޭގައި ކިތަންމެ ވަރުގަދަ ޑިމޮކްރަސީއެއް އޮތޭ ބުންޏަސް ނަޝީދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ގޮތަށް އަމަލުކުރާ ކޮންމެ މީހަކުވެސް ދެނީ "ހަވަރަށެ"ވެ. ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކަށް އޭގެ ސަބަބުން އެތައް ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތި ކުރުވައެވެ.

ހާއްތަހާވެސް ބޭނުމަކަށްވަނީ ގަދަބާރުން ވިޔަސް އެމަނިކުފާނުގެ "ލެގަސީ "ހިފެހެއްޓުމެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސަރުކާރަކީ އެތައް ބަޔަކު އެކުވެގެން ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމެވެ. ހަމައެކަނި މަޖިލީހުގައި ނިންމާ ނިންމުމް ފިޔަވައި ނަޝީދު ކިޔުއްވާހަ އެއްޗަކަށް ސަރުކާރުން ވަކިން އަމަލުކުރަންވެސް މަޖުބޫރެއް ނޫނެވެ. ނިންމާ ނިންމުންތައް ވާން ޖެހޭނީ ހުރިހާ އެންމެވެސް ހިމެނޭ ގޮތަށެވެ.

މި ހުރިހާ ކަމެއް މިހާ ހިސާބަށް އައީ ރައީސް ސޯލިހުވެސް ނަޝީދަށް މާ ބޮޑަށް ދޫދެއްވުމުންނެވެ. ނަޝީދު ނޫން މީހަކަށް ވެސް ދިވެހި ދައުލަތް ހިންގޭނެ ކަމަށް ގަބޫލު ކުރަން އެމަނިކުފާނު އެބަ ޖެހެއެވެ. އެމަނިކުފާނު ނޫން ކޮންމެ ލީޑަރަކު ބައިނަލް އަގްވާމީ މުޖުތަމައުގައި ބަދުނާމު ކުރުން ހުއްޓާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަހުމަދު

    ނަޝީދު ދޫކޮއްލަްނވީ ވަގުތު ޖެހިއްޖެ. ލާދީނީ އެޖެންޑާގައި ކޮންމެ ސަރުކާރަކާއި ޖައްސާލަނީ. އެއީ ރައްޔިތުންގެ ވޯޓުން ހޮވާފަ ތިބި މީހުން. މިހާރު ބަރުލަމާނީ ގެނެސްގެން ވޯޓު ދިނުން ވެސް ހުއްޓުވަން އެ އުޅެނީ

    41
    3
  2. ބޯގޯސް

    ކިހިނެއް ހުއްޓާލާނީ ނަޝީދު ބުނެފައޮތީ ތިމަންނަ ނޫން ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ހިންހަމައެއްނުޖެހޭނެއޭ
    ދެން އަނެއްކާ ކޮންމެ ފަހަރަކުވެސް ވެރިކަމައް އަންނަންވީމަ ފެންނަނީ ހަރުކަށި މީހުން( އެއްވެސް މީހަކުނުބުނެ އަދިގާނޫނުގަވެސް ނޯވެ ކޯލިޝަންއެއްގެވާހަކަ) އެކަމަކު އެމީހުންގެ އެނހީގަ ވެރިކަމައް އަންނަނީ އެގޮތައް އައިއްސަ މިގޮވަނީ ހަރުކައްޓޭ

    34
    3
  3. ނުރަބޯ

    މިގައުމަށް ބޭނުންވަނީ ނަޝީދުކަހަލަ ކެ ރޭ ހަމަޖެހޭ ދުނިޔެއަށް ލޯހުޅުވިފަ ތިބޭ މީހުން. ޖައްބާ ރުންގެ ޒަމާނެއް ނޫން މީކީ

    9
    79
    • ބޯނުރަ

      ތިވަރަށް ހުޅުވިފަ ތިބިއްޔާ ނިކަން މިދުނިޔޭގަ ލޯނުމަރަެި އަބަދަށް އުޅެވޭނެ ގޮތެއް ސަޕޯޓަރުން ނަށް ކިޔާދީބަލަ.

      16
      3
  4. ނަތީޖާ އަކީ....

    ބޭރު ދުނިޔޭގައި ކިތަންމެ ވަރަކަށް ލީޑަރުން ބޭޒާރު ކުރެއްވިޔަސް، ނަތީޖާ އަކީ ދިވެހި ރާއްޖޭގައި ރައީސް ނަޝީދު ބާކީވުމެވެ. ޙަޤީޤަތުގައި ބޭޒާރުވީ އެމަނިކުފާނެވެ. މިހާރު ރާއްޖޭގައި އެމަނިކުފާނުގެ ޙައިޞިއްޔަތު ހާމަވުމެވެ. ﷲގެ އިރާދަފުޅާއެކު، އެމަނިކުފާނު ބޭނުންފުޅުވާ ރައީސްކަން، އެމަނިކުފާނަކަށް ދެން ދުވަހަކުވެސް، ލިބިވަޑައެއް ނުގަންނަވާނެ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި، ކެނެރީގޭ ނަޝީދަށް ދެން ޖެހިވަޑައިގަންނަވާނީ ގަނަތެޅޭށެވެ!

    62
    8
  5. އައްމަޑޭ

    9 ވަނަ ހަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ މަލަބާރށް ވަޑައިގެން ރާއްޖޭގެ ރަސްކަން ހޯއްދެވުމަށް ކުރެއްވީވެސް މިއަދު ނަޝީދު ކުރަމުންދާ ފަދަ މަސައްކަތްތަކެއް. އެކަމަކު އޭރާ މިހާރާ ވަރަށް ތަފާތު. މިއަދު ނަޝީދު ކިތަންމެ ވަރަކަށް ތެޅި ހުޅުނބު ދިއަޔަސް ކުރެވޭނެ ކަމެއްނެތް. ނަޝީދުގެ އަމަލުތައް ހުރިގޮތުން ނަޝީދުގެ އަނދިރި ފަރާތް ދިވެހިންނަށް ފެނި ދިވެހި ފަސްގަނޑުގައި ނަޝީދު ބާކީވުން ނޫންކަމެއް ނުވާނެ. ނަޝީދު އެންމެ ރަނގަޅީ އޭރަކު އޮންނަ ވެރިކަމާ ދެކޮޅަށް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން.

    51
    7
  6. އެލެކްސް

    ކޮވިޑްއަށްވު ރެ ބަލާބޮޑު ވެއްޖެ. އަދިވެސް ދުވާމީހުން ދުވާނެ

    48
    4
  7. އިބްރާހީމު

    ވަރަށް ރަނގަޅު ވާހަކައެއް.

    31
    5
  8. ޙައްގުބަސް

    މީނާއަކި ރާއްޖެއަށް ޖެހިފައިވާ ބޮޑު މުސީބާތެއް!! ބޮޑު ކެންސަރުގަނޑެއް!!

    53
    5
  9. ރިހާމް

    ފައްކާ ލިޔުމެއް.ތީހަގީގަތަކީ..ނަޝީދުއަކީ އަމިއްލަ އެދުންބޮޑު ސިޔާސީ ފައިދާއަށް ކޮންމެކަމެއް ކުރާމީހެއް.

    49
    3
  10. ތެދު

    އެމްޑީޕީން ކުރިހުރިހާ ވެރިކަމެއްކުރީ އިސްލާމްދީންނޫންއެހެންދީންތައްގެންނަން އަދި ދައުލަތުގެ ލާރިކައި ޑޮލަރުއަގުމައްޗައްގެންގޮސް ކާބޯތަކެތީގެއަގު އުފުލަން....މިހާރުމިފެންނަނީއެމަންޒަރު...!؟ ގަބޫލްކުރިޔަސް ނުކުރިޔަސް މީހަމަތެދު..

    46
    3
  11. ސޮއި

    ކެނެރީގޭ މޮޔަކުއްޖާ

    38
    4
  12. އަންނި ކޮސް

    ޤައުމަށް ޣައްދާރުވާ މީހުންގެ ވާހަކަތައް މީޑިއާތަކުން ގެނެސްދޭތީ ހިތާމަކުރަން. މިޤައުމުގެ ރައްޔިތުންނަށް ފައިދާހުރި މަޢުލޫމާތާއި ޒުވާންޖީލަށް ރަނގަޅު މަންޒަރުތައް ފެންނަ ޓީ ވީ ޗެނަލްތައް މިއަދު ނެތް. މިފަދަ މީހުން ގޮވާ ބޭކާރު ގޮވެލިފަތި އަޑު އިވި އިވި އެއްގޯސްވެއްޖެ. އަންނި އަކީ ދިވެހިންނަށް ދުވަހަކުވެސް ހެޔޮ ނިޔަތެއް އޮތް މީހެއްނޫން. އަންނިގެ ވާހަކަތައް ޚަބަރެއްގެ ގޮތުގައި ނުގެނައުމަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އެދެން

    38
    2
  13. ޑައެލޯގް

    މިކަމަކީ އިބޫއާއި އަންނިއާއި ޔަހޫދީންނާއި އިންޑިޔާ އަޑީގައި އޮވެގެން ކުރާކަމެކެވެ. އިބޫއާއި އަންނިޖެހިއްޖެކަންދައްކައި އަދި ވަގުތު ނޫހުގައި މިގޮތަށް ލިޔުނީމަ މީހުނަށް ހީވާންވީ އިބޫރަގަޅޭ އަންނިއޭގޯހީ ބޭނުމަކީ އެމްޑީޕީގެ ވެރިކަންދެމެހެއްޓުމެވެ. މިހާރު އަންނިއަށާއި އިބޫއަށް އެގިއްޖެ ދެންވެރިކަން ލިބުންވަރަށް ދުރުކަން އެހެންވީމަ ޖަހާސަކަރާތެވެ.

    37
    3
  14. ޒަބީބު

    ނަޝީދުއަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެެއް ނޫންކަން ޢެމްޑީޕީގެ އާއްމު މެމްބަރުންވެސް މިހާރު ޢަބޫލުކުރޭ. ނަޝީދު ވެރިކަމާއިހެދި ބޫތުކައިފަ ހުންނަ ވަރުން ނަޝީދު އަށް އެެވެސް އެހެން މީހަކު ރާއްޖޭގައި ވެރިލަން ކުރާކަށް ހިތެއް ނުރުހޭ. ސަބަބަކީ ނަޝީދު އަށް ދައުރު ހަމަނުކުރެވުމުގެ ގިލަންވެރިކަން. ވެރިކަން ހޯދުމަށްޓަކައި ނަޝީދު ދިޔައީ އަދި މިއަދުވެސް އެދަނީ ބޭރު ދުނިޔޭގައި މުޅި ދިވެހި ދައަތުގެ ވެސް އަގުވައްޓަމުން. މިގޮތަށް ކަންތައްް އެކުރަނީ ނަޝީދު އިސްތިއުފާ ދޭން މަޖުބޫރު ކުރުވީ ދިވެހި ރައްޔިތުން ކަމުގައި ވާތީވެ ރައްޔިތުންނަށް ވެސް ނަޝީދު ހިތުގައި އޮތް ނަފްރަތެއްގެ ބޮޑުކަމުން.

    ވެރިކަމަށް ދަހިވެތި ވެފައި ހުރިލެއް ބޮޑުކަމުން ނަޝީދު ވަނީ ރާއްޖޭގައި ތިބި ތައުލީމީ ޤާބިލު އެތައް ބޭފުޅުންނެއްގެ ޝަޚްސު ކަތިލައިފައި. ޢެއްބައި ބޭފުޅުން ނަމުގެ ކުރިއަށް ކޮންމެވެސް ޒާތެއްގެ ހަޑިހުތުރު ވަނަމެއް ލައިގެން ނުވަތަ އަނެެބައި ބޭފުޅުންނާއި ހަރުކަށި ފިކުރާއި ގުޅުވައިގެން އަނެއްބައި ބޭފުޅުންނާއި ކޮންމެވެސް އެހެން ނުބައިކަމަކާއި ގުޅުވައިގެން. ހިތާމަޔަކީ މީގެ ކުރިން އެމްޑީޕީގެ ލީޑާރޝިޕް އާއި ގްރާސްރޫޓް ގެ ގިނަ ބަޔަކު ނަޝީދުގެ މި މުޑުދާރު މަސަތްކަތުގައި ބައިވެރިވެފައި ވުން. ޢެހެން ކަން ވެފައި ވީނަމަވެސް އަދިވެސް ނަޝީދުގެ މި ޔަހޫދީ ކަލްޓް ފަލްސަފާއިން އެމްޑީޕީ ސަލާމަތް ކުރެވޭނެ. ޢެމްޑީ ދިވެހިރޭްޖޭގެ ވަރިކަމުގައި އޮންނަން ބޭނުން ކަމުގައި ވާނަމަ ނަޝީދުގެ މި މުޑުދާރު ކަލްޓް ފަލްސަފާ އާއި ސަގާފަތަށް އެމްޑީޕީ އަލްވަދާއު ކިޔަން އެބަޖެހޭ. މިކަން ކުރެވޭނީ ހަމަ ހަޤީޤަތުގައިވެސް ނަޝީދަށް ރަންގަޅު ފިލާވަޅެއް ދީގެން. އެެފަދަ ފިލާވަޅަކަށް ނަޝީދު މިފަހަރު އެހުރީ ތައްޔާރު ވެފައި. ޢެގޮތުން މިފަހަރު އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތަށް ޕްރައިމަރީއަކާއި ނުލައި ރައީސް ސޯލިހަށް ޓިކެޓް ދިނުމަށް މުޅި ޕާޓީ ހަށިފޮޅަލާފަ ތެދުވަންވީ. އަދި ޕްރައިމަރީ އެއް ބޭއްވިއަސް ނަޝީދުއަށް ވޯޓު ނުދޭންވީ. ނަޝީދުއަށް ކިހާ ފުރުސަތެެއް ދެވިއްޖެ؟ އެކަމަކު ނެރެވުނީ ކޮން ނަތީޖާއެއް؟ އެމްޑީޕީ މެމްބަރުން މަގިމަތީގައި ތެޅިބޭލުން ނޫން ކޮންކަމެއްވީތަ؟ ވީމާ މީ އެމްޑީޕީގެ މެމްބަރުން ހަޤީޤަތުގައިވެސް ވިސްނަން ވެެްޖެ ކަމެއް. އިސްލާހު ވީމަ އަދި ފަހުންވެސް ނަޝިދަށް ފުރުސަތު ދެވިދާނެއެއް ނޫން ދޯ!

    26
    2
  15. ދެހާސްތޭވީސް

    ބޭރު ގައުމުތަކާ ގުޅިގެން ދިވެހި ދައުލަތަށް ނޮހޮރުއްޕާން ކުރެވިދާނެ. ހަމަ އެގޮތަށް ބުއްދި އުނި ގިނަ ދިވެހިން ތަކެއްގެ އެހީގައި ވޯޓު ހޯދައިގެން ވެރިކަމަށްވެސް އާދެވިދާނެ. ނަމަވެސް ބުއްދިވެރިއަކު އަންނިއަކަށް ވޯޓެއް ނުދޭނެ. އަދި އަންނިއަށް ވޯޓުދޭ މީހަކީ ބުއްދިވެރިއަކަށްވެސް ނުވާނެ.

    30
    2
  16. ލޮލް

    އަންނިއަކީ ބުއްދިވެރިއެކޭ ކިޔައިގެން ބަޔަކުމީހުން އަޑުއެރުވިޔަސް، ހަގީގަތުގައި އަންނިއަކީ ހަމަ ކަނޑުކޮހެއް. ދެއިރު ދެދަޅައަށް ދެއަނގައިން ވާހަކަދައްކާ އަނނދެއް.

    30
    3
  17. hussain

    ރައީސް ނަސީދަކީ ހީވާގި ކެރޭ މޮޅު ލީޑަރެއް. އެމަނިކުފާނު އެދައްކަނީ ހަމަ ރަގަޅު ވާހަކަ.

    6
    49
  18. ފަރީދު1

    ތަބަކައް ލާފާ ވެރިކަން ދޯސްތު އައް ދިނުމުން އެކަން ހަދާން ނެތުނީ... އަންނި ވަރުގެ މީހެއް ނެތް. ސާބަހޭ

    6
    35
  19. ކުރަބީ3

    އިބުައައް ވެސް ހިތުހުރި ގޮތަކައް ވެރިކަން ކުރާކައް ހަމަ ހިލޭނުކުރޭނެ. އެމްޑީޕީ އަކީ އަންނި ދައްކާމަގުން ދާނެ ޕާޓީއެއް

    7
    28
  20. ައަލީސަމީމް

    ނަސީދު ދައްކަވަނީ ލާމަސީލުކަން. ކިތައްމެ ގާތްމީހަކުވެސް ވެރިކަމެއް ހިތައް އެރިގޮތަކައް ހިންގާކަށެއް ރައްޔިތުން ފުރުސަތެއް ނުދޭ... ސާބަހޭ އަންނި.

    7
    38
    • އަހުމަދު

      ނަޝީދަކީ ދެ އަހަރު ފަހުން ފައިބަން ކިޔައިގެން ވެރިކަމަށް އައި މީހެއް. ވެރިކަން ލިބުނީމަ ހިތުހުރި ގޮތަކަށް އުޅެން ހަދައިގެން އެންމެ ފަހުން އިސްތިއުފާ ދޭން ޖެހުނީ

      13
      1
  21. ސާމާނުބެ

    ހަގީގަތް ހާމަކުރުމަކީ ފަލީހަތް ކުރުމެއް ނޫން. ޢެއީ ލީޑަރުންގެ ސިފައަކީ. ކޮންމެ ލީޑަރެއް ނަމަވެސް. ހޭލާ!!!!

    6
    26
  22. ވިސްނާ

    އާޙިރަތާމެދު ކުޑަވެސް ފިކުރެއްކުރާ މީހަކު އައްނި އަކަށް ވޯޓެއް ނުދޭނެ. ދުނިޔަވީ ޒީނަތް ދައްކައިގެން އަތުނުޖެހޭ މީހުން ހަރުކައްޓޭކިޔާ ލޭބަލް ކޮއްގެން އެވަރުން ނުވެގެން މުޅި ބޭރުދުނިޔޭގަ ރާއްޖޭގެ އަގުވައްޓައި ގައުމުގެ އިގްތިސޯދު ފުންޑުފުނޑުކޮށްލައިގެން މިހެންގޮސް ހުދު ނަޟީދަށްވެސް ކިޔޭނުކިޔޭ ނޭންގޭ ހާލުގަ ވެރިކަން ނުލިބިގެން ވާނުވާގަ އުޅޭމީހެއް. އެވެސް އިސްލާމްދީން ފޮހެލުން ނޫން ބޭނުމެއް އޮވެގެން ނޫންކަން ށައްކެއް ނެތްވަރައް އޭނާގެވާހަކަ ތަކުން ސާބިތުކޮށްދެމުން. ނަސީދަކީ ގައުމަށް ޣައްދާރުވެފައިވާ ކުއްވެރިޔެއް. ގައުމުގެ ހަރުމުދާ ސާފުމެންދުރުގެ ވަގުތުގާ ފާޅުގާ އަންދާލި ހަރަކާތުގެ އެއްމެ އިސް ޓެރަރިސްޓް. ލާދީނީ ވާހަކަތައް ފާޅުގައި ދައްކާފަހުރި މީހެއް.

    15
    1
  23. ކަންބަޅި

    މީޑިޔާގާ ތިބޭފުޅުން ހިތައް އެރިހާ އެއްޗެއް ގޮވަން އެމިނިވަން ކަން ހޯދާދިނީކާކުތޯ.. ތި އަންނި.. ކިތައްމެ އެއްޗެއް ގޮވިޔަސް 2023 ވަރައް ސާފު.. ދެން ހޮވާނީ ވެރިކަމަައް އަންނި

    3
    12
  24. ހޮހޮރު

    ގައުމައްޓަކާ ރައީސް ނަސީދު ކުރައްވާ މަސައްގަތް އެހެން އެއްވެސް ވެރިޔަކައް ނުކުރެވޭ.. އެހެންވޭ.. އަންނި އަކީ ގައުމު ހިންގާލަން ކެރޭ މޮޅު ވެރިޔެއް..

    3
    13
  25. ަކައުބެ

    އަންނި ވަަަަަަރުގެ މޮޅު ވެރިޔައް ދައްކަބަލަ... ތަބަކަކައް ލާފާ ވެރިކަން ދިނީމާ ހިތި ހުރިގޮތަކައް ވެރިކަން ކުރާތީ ކެރިގެން އަމިއްލަ ޕާޓީގެ ވެރިކަމައް އެފާޑު އެކިޔަނީ... މީމީހުންނަކީ ސާބަހޭ އަންނި.. ހިފާފާ ބަހަައްޓާ ދޫނުދޭދި.. ދިވެހިން ތިބީ އަންނި ޔާ އެކީ...

    2
    14
  26. އެލެކްސް

    އޮޕްރޭސަން ކުރަނީދޯ މިހާރު. ދިވެހި ފައިސާއިން ބޭރުގާހުރެ ހަންފެތުރުންނޫން ކަ މެއް ނުކުރާ.

    10
    3
  27. ދީނާއިގައުމު

    ނަޝީދުގެ "ފޭކްލެގަސީ" ދަމަހައްޓަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާއި އިސްލާމްދީން ދުނިޔެއަށް އަގުވައްޓާ، ބޭޒާރުކޮށްފައި. މިކަހަލަ ބޮލުރޮއްޖަކު މިދުނިޔޭން ދައްކަބަލަ. މިކަލޭގެ ހިފާ ހައްޔަރު ކުރާށޭ.

  28. Anonymous

    މިސާލަކަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ގެއިން ވައްކަން ކުރުމާއި، މީހަކު ވަގަށް ނަގައި ނިޒާމުން ގެއްލުވާލުމަށް އަމުރުކޮށް އެކަން ތަންފީޛު ކުރިކަމަށް އަމިއްލައަށް އިއުތިރާފު ވުމާއި، އަމަން ބަލަހައްޓާ މީހުންގައިގާ ތަޅާނެ ބަޔަކު ހޯދުމާއި އަލިފާން ބޯޅަ އުކުމާއި، މަސްތުވާތަކެތި ބޯންޖެހޭނެކަމަށް ބުނެ ހިތްވަރު ދިނުމާއި، ދައުލަތުގެ މުދަލާއި އާންމު ރައްޔިތުންގެ މުދަލާއި ތާރީޚީ އެތަށް ލިޔުމެއް ހުޅުޖަހައި އަންދާލި 260 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް އެއްދުވަސްތެރޭގައި ދިނުމާއި، ސްޕްރީމްކޯޓު ތަޅުއެޅުވުމާއި، ޤުރުއާން އިން ސާބިތުވާ ޙުކުމް ފުޅުތަކަށް ފާޅުގައި އިންކާރުކޮށް ހެދީމާ އެފަދަ މީހުން ނުހިމެނޭ ތޯ ނިރުބަވރިންގެ ތެރޭގައި ނުވަތަ އިންސާނީ ވަގުފާރި ކުރާ މީހުންގެ ތެރޭގައި ، މިއީ ވަކި މީހެއްގެ ޤައުމު އެއްނޫން އެންމެ ގެ ވެސް ޤައުމު ވީމާ އެންމެން ގެ ޙައްޤުތައް ރައްކާތެރި ކުރެވެންވާނެ، އެއީ ޤާނޫނު ގެ ބޭނުމަކީ.

  29. Anonymous

    ސީދާ ޔަހޫދީން ގެ ޕޮލިސި
    އުސްމާނުެ ފާނާ ދެކޮޅަށް މީހުން ނެރެން ވެސް ޔަހޫދީން ކުރި ކަންތައް