ލޯތްބަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކަން ޔަގީނެވެ. ދިިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކުވެސް، ކޮންމެވެސް މީހަކު ދެކެ ލޯބިވާނެއެވެ. ލޯބި ވާން ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް އެއީ އިންސާނާގެ ހިތުގައި އޭނާގެ އިހްތިޔާރާ ނުލައި އުފެދޭ ވަރުގަދަ ޖަޒްބާތެކެވެ.

މި އިހުސާތައް ހިތަށް ވެރިވެ، ހަޔާތުގެ ބައިވެރިޔާއާއި ދިމާވި ގޮތް މިފަހަރު ހިއްސާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިނެވެ.

ނާޒިލް އާއި ހިސާންއާ ދިމާވީ ކިހިނެއް؟

އެއްތަނެއްގައި ވަޒީފާ އަދާކުރުމުގެ ނަސީބު މަދު ދެމަފިރިއަކަށް ނޫނީ ނުލިބޭނެއެވެ. ހިސާން އާ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއާ ދިމާވީ މީގެ 11 އަހަރު ކުރިން ކަމަށްވެއެވެ.

އެއީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅި، މަލްޓި ޕާޓީ ނިޒާމެއްގެ ތެރެއިން ބޭއްވުނު ފުރަތަމަ އިންތިހާބަށްފަހު އެކުލަވާލެވުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރުއެވެ. ހިސާން އޭރު އުޅުއްވީ ރައީސް އޮފީހުގެ ލީގަލް މަސައްކަތްތަކުގައެވެ. އެ ޕާޓީގެ ހަރަކާތްތަކުގައި ހިސާންއެކޭ އެއް ގޮތަށް ނާޒިލްވެސް އުޅުއްވިއެވެ. ނަމަވެސް ދެ ބޭފުޅުންނަށް ދިމާނުވާތީ އެކަކު އަނެކަކު ނޭނގޭ ކަމަށްވެއެވެ.

ހިސާން ވިދާޅުވި ގޮތުން ނާޒިލް އާ ދިމާވީ 2009 ވަނަ އަހަރުއެވެ. އެއީ އެމްޑީޕީން ބޭއްވި ޑިމޮކްރެސީ ފެއާއެއްގެ ތެރެއިންނެވެ. ދަރުބާރުގޭގައި ކުރިއަށް ދިޔަ މި އިވެންޓްގެ ތެރެއިން ނާޒިލްއާ ދިމާވީ ވަރަށް މަޖާ ގޮތަކަށް ކަމަށާއި، ފަހުން ވަރަށް ލަދު ގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހީކުރީ ނާޒިލްއަކީ ރައީސް އޮފީހުގައި އުޅޭ މީހެއް ކަމަށް. ނާޒިލް ސޫޓް ނުލާ ހުރީމަ އަޅުގަނޑު ގޮސްފައި އެހިން ކީއްވެހޭ ތިބޭފުޅާ ސޫޓް ޗޭންޖް ކުރައްވައިގެން ތިހުންނެވީ. އެއީ އޭނާ އެވަގުތު ޑިއުޓީގައި ނެތީމަ. އެކަމަކު ހީކުރި ގޮތާއި ހިލާފަށް ނާޒިލްވީ އެހެން މީހަކަށް." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެވަގުތު އޭނާ ވަރަށް ލަދުގަތް ކަމަށެވެ. އެއީ ރައީސް އޮފީހުގައި މަސައްކަތް ކުރާ މީހެއް ކަމަށް ހީކޮށް އެގޮތަށް ނާޒިލްއާ ވާހަކަދެކެވުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވަގުތު ދެ މީހުންގެވެސް ރައްޓިއްސެއް އެތަނުގައި ހުރުމުން އެކަކު އަނެކަކަށް ތައާރަފްވެ ކަން ހިނގާ ދިޔަ ގޮތް ނާޒިލްއަށް ކިޔައިދިން ކަމަށްވެއެވެ. އަދި ނާޒިލްގެ ފަރާތުން އެކަމަށް މާފަށް އެދުނު ކަމަށް ވެއެވެ. މިއީ އެންމެ ފުރަތަމަ ދެމީހުން ދިމާވި ދުވަސް ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާންއަށް ނާޒިލް ކަމު ދިޔައީ ކީއްވެ؟

ހިސާން ވިދާޅުވީ ނާޒިލް ފެނިފައި އެ ދުވަހު އޭނާއަށް ހިތްކީ ކަމަށެވެ. އެއީ އޭނާގެ ރީތިކަމުން ކަމަށްވެއެވެ.

"ނާޒިލްއަކީ ވަރަށް ރީތި މީހެއް. ވަރަށް އަޅައިގަންނަ ގޮތެއް ނާޒިލްގެ ހުރޭ." ނާޒިލް ފެނިފައި ހިތަށްވެރިވި ޝުއޫރުތައް ހިއްސާކުރަމުން ހިސާން ވިދާޅުވިއެވެ.

އެދުވަހަށްފަހު ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. އަދި ދުވަހެއް ދުވަހަކަށް ގުޅުން ބަދަހިވެ، އެ ގުޅުން އެހެން ހަރުފަތަކަށް ދިއުމުން ޖެހިގެން އައި އަހަރު ކައިވެނީގެ ގޮށް ޖަހާލި ކަމަށްވެއެވެ. ހިސާން އާއި ނާޒިލް ކައިވެނި ކުރީ ޑިސެމްބަރު 2010 ގައެވެ. އެ ކައިވެންޏަށް 11 އަހަރު ވީއިރު ދެކުދިން އެބަތިއެވެ.

ދެމަފިރިންނާއި ދެ ދަރިން މޫދަށް ގޮސް އުޅުނު ދުވަހެއް --

ލޯބިވުމަކީ އަނެކާ އެނގި ދަސްވުމެވެ. ހަގީގީ ލޯބި ވެވޭނީ ކައިވެންޏަށް ފަހު ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ކަމަށް ގިނަ ބަޔަކު ބުނެ އުޅެއެވެ. ބައިވެރިޔާ ރަނގަޅަށް ދަސްވާނީ ކައިވެނީގެ ގޮށް ޖަހާލައި އެކުގައި ދުވަސްތައް ހޭދަކުރަން ފެށުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ ކައިވެންޏަށްފަހު ބައިވެރިޔާގެ ހުންނަ ގަޔާވާ ސިފަތަކާ ގަޔާވާތީއެވެ.

ނާޒިލްގެ ފަރާތުން ފެނުނު އެންމެ ގަޔާވާ ސިފަތައް ކިޔައިދެމުން ހިސާން ވިދާޅުވީ ނާޒިލްއަކީ ކޮންމެ މީހަކާވެސް ގުޅޭ، އަދި އެންމެންނަށްވެސް ވަރަށް އެހީތެރިވާ މީހެއް ކަމަށެވެ. އަދި ވަރަށް އޯގާތެރި ވަފާތެރި ފިރިއެއްގެ ގޮތުގައި ސިފަކުރިއެވެ.

ހިސާން ވިދާޅުވީ އޭނާއަށް ސިޔާސީ ދާއިރާއިން ލިބުނު ގިނަ ކާމިޔާބީތަކުގެ ފަހަތުގައި ވެސް ވަނީ ނާޒިލް ކަމަށެވެ. އެގޮތުން ކައިވެނި ކުރީއްސުރެ ނާޒިލްގެ އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރުން ލޯތްބާއި އަޅާލުން މެދުކެނޑުމެއް ނެތި ލިބެމުން ދާކަން ފާހަގަކުރެއްވިއެވެ

ހިސާން ވިދާޅުވީ އޭނާ ބަލިވެ އިން އިރުވެސް ސިޔާސީ އެކި މައްސަލަތަކުގައި ވަކީލެއްގެ ގޮތުގައި ހަރަކާތްތެެރިވެވަޑައިގެންނެވުނީ ނާޒިލްގެ އެހީތެރިކަމާއި އެއްބާރުލުން އޭނާއަށް ލިބޭތީ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރ އަދި ޖޭއެއްސީ ގެ ރައީސް ހިސާން ހުސެއިން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދެމަފިރިން އެކުގައި މަޖިލީހަށް، ލިބުނު ބޮޑު ކާމިޔާބީއެއް!

ދެހާސް ސާދަ ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ހިސާން ވާދަކުރެއްވިއެވެ. އެ އިންތިހާބުގެ ކެމްޕެއިންގައި ދެ މަފިރިން ވަރަށް މަސައްކަތް ކުރެއްވިއެވެ. އަދި އެ އިންތިހާބު ނާކާމިޔާބު ވިނަމަވެސް ކުރިއަށް އޮތް އިންތިހާބުގައިވެސް ވާދަކުރައްވަން ހިސާން ނިންމެވިއެވެ.

އެގޮތުން 2019 ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ތެރޭ ބޭއްވުނު ޕްރައިމަރީގައި ހިސާންއާއި އޭނާގެ ފިރިކަލުން ނާޒިލް ވާދަކުރެއްވިއެވެ. ހިސާން ވިދާޅުވި ގޮތުން ނާޒިލް އިންތިހާބަށް ނުކުންނަވަން ނިންމީ ވަރަށްފަހުންނެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިހާބު ދެ ބޭފުޅުން ކާމިޔާބު ކުރެއްވިއެވެ. ހިސާން ވިދާޅުވީ ނަތީޖާ ލިބުނު ވަގުތުކޮޅަކީ ދެމަފިރިން ވަރަށް އުފާވި ވަގުތުކޮޅެއް ކަމަށެވެ.

"ނާޒިިލް އޭރު ހުރީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގައި. އޭރުވެސް ޕާޓީ ކަންކަމުގައި ވަރަށް މަސައްކަތް ކުރި. ނާޒިލް ހޮވުނީ އޭނާގެ ވަރަށް ބުރަ މަސައްކަތުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ނާޒިލްއަށް ވުރެ ހެޔޮ ފިރިއެއް ނުލިބޭނެ ކަމަށެވެ. އަދި ނާޒިލްއަކީ އޭނާއަށް ލިބުނު ނަސީބެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ާަނނިމަރަލަަ

  މީހެއްގެ ފިރިއެއް ޖަހައިގަތީ

  97
  3
  • ޙުދާ

   .ތިއީ އެހެން މީހަކު ހިތުގަ ޖެހޭކަހަލަ ވާހަކައެއް

   25
   6
 2. މަކނ

  މީ މުޅި ޝަރީއަތުގެ ބޮޑު ފަނި. މުޅި ޖުޑީ ޝާރީ ހިސާރުކޮށްގެން. މަޑުކޮށްލާ އެކަންވެސް ލަސްނުވެ އަދި ފެންނާނެ.

  102
  3
  • ނާލު

   ތިހާ ލޯބިވާތީ ތަ ދެމީހުން އިރު އިރު ކޮޅާ މާރާމާރީ ހިންގާ ގެއިން ނެރެލަނީ. ލޮލް

   63
   1
   • ޞީ

    ޙަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަ

    12
 3. ީިިިމމމމމ

  އެނގޭ މީހަކަށް އެނގޭނެ ތިކައިވެނި އެއީ ނާޒިލު ގެ ފުރަތަމަ އަނބިމީހާ އަށް ކިޔަވަން ގޮސްހުއްޓަކުރެވުނު ކައިވެނި އެއްކަން އަދި ހިސާން ގެ ފުރަތަމަ ފިރިމީހާ އަކީ ނޫޅެވުނީ ކީއްވެގެން ކަން.....ލޮލް އަނގަ އޮތީމަ ހޮޅި ވާހަކަ

  95
  3
  • މަރީނާ

   ސުރުހީ ނާޅަ ނިކަން ތަފްސީލުކޮށްދީބަލަ ދޯ

   42
   1
  • ޖ

   ކީއްވެތަ؟

   21
   1
 4. ީިޔނސ

  މމމމމމ ގެ ފަރާތުން މާފު އެދެން ޖަޒުބާތު ގަ ޖެހެވުނީމަ

  33
  4
 5. ސޮއި

  ތިވާހަކަ އަޑުއަހާފައި ޢައްނި ހަމަގައިމުވެސް ހީނ ހީނ ހަލާކުވާނެ

  45
 6. ކޮޔާ

  ނާޒިލްއަކީ ހަމަ ވަރަށް ފިރިހެންވަންތަ ވަރަށް މަޑުމައިތިރި ވަރަށް ރީތި މީހެއް. އެކަމު ހިސާންއަކާ ނުގުޅޭ. ހިސާންގެ ނަމުން ފެށިގެން އެއްވެސް ކަމެއްގަ އަންހެންވަންތަކަމެއް ނެތް.

  49
  3
 7. އެހެންދޯ ތިކިޔަނީ؟

  ދެން މަށަށް ކީއް؟

  29
 8. ހަރީފާ

  ދުލުގަ ހިފައިގެން ދަންމުވަން ނޫޅެ، ވަފާތެރިކަން ގޭތެރެއިން ފެށޭކަން ނުދަންނަމީހަކައް އިންސާފް ގާއިމެއްވެސް ނުކުރެވޭނެ ތިމާއައްވެސް އިނަސާފާ ވަފާތެެރިކަމެއް ނުލިބޭނެ. ކުރިކޮންމެ ކަމެއް އަރާހަމަކުރާދުވަސް އަންނާނެ.

  48
 9. އަހުމަދު

  އަންހެނުން ލޯޔަރުންނައް ވުން އިލްމުވެރިން މަނާކަމުގަ ވިދާޅުވަނީ މިހެންވެ. ގައުމު ހަލާކުކޮއްފަ މީނާ ހެވިފަ އުޅެންވީ

  40
  10
 10. ޙަސަން.

  ކިހާ ވަފާތެރިވީމަ ނާޒިލް ހިސާން އާ ކައިވެނި ކުރާނީ. މުޅި އަރޓިކަލް ނިމުނު އިރު ވެސް ދެމީހުންގެ ކުރީގެ ކައިވެނީގެ ޚަބަރެއް ނެތް.

  63
  2
 11. ފިރިމީހާ

  ރަގަޅު ވާހަކައެއް. އުއްމުޖަމީ ލަށްވެސް އަބޫ ލލލ ލަހަބަށް ވުރެ ރަގަޅު ފިރިއެއް ނު ލިބޭނެ.

  48
 12. އަލީ

  އަންނި އަށް ވުރެވެސް ތަ؟

  44
 13. ނާއިބު މުޙައްމަދު

  ހަގީގަތް ހާމަކުރަން ޖެހިލުންވަނީ ކީއްވެ؟ ހިސާން ކުރީގެ ފިރިމީހާއަށް ހަދާލިގޮތުގެ ވާހަކަ ލިޔަންޖެހޭ. މިލިޔުން ކިޔާލީމަ ހީވަނީ އަލަތު ދެމަފިރިންގެ ވާހަކަހެން.

  67
 14. ޟަޒާ

  .ތިއީ ދެ އޭޓީ އެމް..

  38
  1
 15. ކަތްދަ

  ވައިސަރީ، ވާހަކަ ހުރިގޮތުން ހީވަނީ ހަމަ ދޮންހިޔަލާ އަލިފުޅުހެން. އެކަމަކު ބުނަން؟ ނާޒިލް މާބޮޑަށްވެސް ރީތި. އެހެންވީމަ ހިސާންއަކާ ނުގުޅޭ. އަނެއްކާ ވަގުތު މީހުން މަމިހެން ބުންޏޭ ނުބުނައްޗޭ.

  19
 16. ތިއް ތި

  ނާޒިލު ދެކެ ވަރަށް ލޯބިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިވޭތަ؟

 17. ނ

  މަޖިލީހުގާ އިނދެ ކޮންމެ ދުވަހަކު މެންދުރު ހިސާން ގެއްލެނީ .....މިއީ ވަރަށް ވާހަކަ....

  18
 18. ޗޯޓާ

  ތިޔައީ ތުޅާދޫ ދާއިރާ ހުތުރުއަރުވާ މީހެއް .

  24
 19. އަޑަފި

  މީހުންކިޔާ ފިރިމީހާ ނުވަތަ އަނބިމީހާ އެހެން މީހުންކައިރީ ދެމީހުން ދެމީހުން ދެކޭ މާބޮޑަށް ލޯބިވާކަ ދައްކާނަމަ ކޮންމެވެސް އެހެން ކަންތައްގަނޑެއް ހިންގާކަމުގެ ހެއްކެއް ކަމަށް.

  17
 20. ހަކުރު ވިއްކާ ސޮރު

  ނާޒިލުގެ މުއްސަނދިކަމުގެ ފަހަތުގައި ފޮރުވިފާއިވާ ސިއްރު ހިތަދޫ މީހުންނަށް ވވވވވ ރަނގަޅަށް އިނޭ

  13
  2
 21. Anonymous

  އަންނި އެބަހުއްޓެއްނު

 22. ނަން

  ނާޒިލްގެ ވަރަށް ރީތި ކޮއްކޮެެއްވެސް ހުރޭ....

  5
  2
 23. އަންނި

  އަންނި ބަލިވީމަ ކަމުނުދިޔާ

 24. ރީތި މޫސަ

  ތިވާހަތަކުން ބޭޒާރުވުން ނޫންކަމެއްނުވި މީ ލައްކަވާހަކަ

 25. ހުސެން

  ނާޒިލް ގެ ދެ އަނބިން ތިބޭދޯ