ފޮތެއް ފާސްކޮށް ނެރޭއިރު ބަލަން ޖެހޭ ވަރަށް ނުބަލައި ދޫކޮށްލުމަކީ ކޮށްވެގެން ވާނެ ކަމެއް ނޫނެވެ. ގައުމަކަށް ފައިދާ ކުރަނިވި ޖީލެއްގެ ގޮތުގައި ބިނާ ކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ ޅައިރުން ފެށިގެން ފުރާވަރަށް ދާން ދެން މަދަރުސާތައް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކާއި މުޖުތަމައުގެ ހަމަތައް ހިފަހައްޓާފައި އޮންނަނީ އިސްލާމީ ރިވެތި އުސޫލުތަކުގައެވެ. ދިވެހި ދަރީންގެ ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތެވެ. މި ދުނިޔެ މަތީގައި ވެސް އެންމެ ފުރިހަމަކޮށް އޮތް އެ ނިޒާމުގެ އިލްމުގެ އެންމެ މުހިއްމު މަސްދަރު ކަމުގައިވާ ކީރިތި ޤުރްއާންގެ ބައެއް ސޫރަތްތަކުގައި ކުށެއް ހުރެ ދޫކޮށްލެވުމަކީ ސީރިއަސް މައްސަލައެކެވެ.
ދިވެހި ދަރިވަރުންނަށް ދީފައިވާ އިސްލާމް ފޮތްތަކުގައި ސޫރަތްތައް ނުބައިކޮށް އޮތް މައްސަލަ ފެންމަތިވީ އިހަކަށް ދުވަހުގައެވެ. އޭގެ ތެރޭގައި ގްރޭޑް އެކެއްގެ ގުރުއާން ފޮތުގެ އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތް ކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ނުބައިކަން ފާހަގަވިއެވެ. ދީނީ އިލްމުވެރިން އަމިއްލައަށް އިސްވެ ފޮތްތައް ދިރާސާ ކުރަން ފެށިއެވެ. ގްރޭޑް އެކަކާއި 12 ގެ އިތުރުން 2، 5، 6، 8 އަދި 10 ގެ ފޮތުން ވެސް މައްސަލަތައް ފެނުނީއެވެ.
ކުށް ހުރި ފޮތް ބޭނުން ކުރާތާ އެތައް އަހަރެއް!
ފޮތްތަކުގައި ސޫރަތްތައް ނުބައިކޮށް އޮތް މައްސަލަ ފެންމަތިވެގެން އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު އަލީ ނޫސްވެރިންނަށް ވިދާޅުވީ ދިވެހިން ކަންބޮޑުވާނެ ވާހަކަތަކެކެވެ.
އެއް ކަމަކަށް ގްރޭޑް 2 ގެ ފޮތްތައް ބޭނުން ކުރަމުން ދިޔައީ 2015 ވަނަ އަހަރުން ފެށިގެން ކަން ފާހަގަކުރެއްވިއެވެ. ގްރޭޑް-12 ގެ އިސްލާމް ފޮތަކީ ވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށް ވިދާޅުވިއެވެ. ކުށްތައް އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ގްރޭޑް-1 ގެ ފޮތަކީ މި އަހަރު އަލަށް ބޭނުންކުރަން ފެށި ފޮތްތަކެވެ.
"ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރަން. މި ކަމުގައި އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން މިފަދަ މައްސަލަތައް އެއްވެސް ޓީޗަރަކަށް ނުވަތަ ދަރިވަރަކަށް ފާހަގަ ވެފައިނުވަނީ ހެއްޔެވެ؟ 2015ވަނަ އަހަރުން ފެށިގެން އެ ފޮތްތައް ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރަމުން ގެންދިޔައިރު، ސޫރަތްތަކުގައި ކުށް ހުރިކަން ޓީޗަރުންނަށް ފާހަގަ ނުވެ އޮވެދާނެތޯ ގިނަ ބަޔަކު މީސް މީޑިއާގައި ސުވާލުކޮށް ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
ޓީޗަރުންނަށް މީގެ ކުރިން މި މައްސަލަތައް ފާހަގަވި!
ނަން ނުޖަހަން ޝަރުތުކޮށް އިސްލާމް ކިޔަވައިދެމުންދާ މުދައްރިސަކު ބުނީ މިދިޔަ އަހަރު ވެސް ބައެއް ގްރޭޑްތަކުގެ ފޮތްތަކުން އެ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. އެކަންކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، ބައެއް ކުށްތައް ރަނގަޅު ކޮށްފައިވާކަން ފާހަގަ ކުރިއެވެ.
"އަޅުގަނޑުމެންނަށް ހަމަ ފާހަގަވޭ މައްސަލަތައް ހުރި ކަން، އެ ކަން ފާހަގަވެގެން މީގެ ކުރިން ވެސް އަޅުގަނޑުމެން މި ކަންކަން ރިޕޯޓް ކޮށްފައި އޮންނާނެ، ރިޕޯޓް ކޮށްގެން ބައެއް ސޫރަތްތަކުގައި ހުރި ކުށްތައް އެބަ ހުރި އިސްލާހުކޮށްފަ ވެސް، ފަހުން އަނެއްކާ ވެސް ހަމަ އެހެން ފާހަގަނުވާ ކުށްކުށް ފާހަގަވަމުން ދިޔައީ، އެހެން އަނެއްކާ ވެސް ހުރި ކުށްކުށް ފެނިގެން އެ އުޅެނީ،" މުދައްރިސް ވިދާޅުވިއެވެ.
ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އިތުރު އިސްލާމް މުދައްރިސަކު ފާހަގަ ކުރެއްވި ގޮތުގައި އިސްލާމް މުދައްރިސުންނަކީ ވަރަށް ގުޅިގެން މަސައްކަތް ކުރައްވާ ބަޔެކެވެ. މި ގޮތުން 250 އެއްހާ އިސްލާމް މުދައްރިސުންނާއެކު ވައިބާ ގްރޫޕެއް އުފައްދައިގެން، އަބަދުވެސް ފޮތްތަކުގައި ހުންނަ މައްސަލަތައް ފާހަގަ ކޮށްދެމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"250 އެއްހާ އިސްލާމް ޓީޗަރުން ތިބި ގްރޫޕެއް އަޅުގަނޑުމެން ހިންގަން، އޭގައި އަބަދުވެސް މަޝްވަރާ ކުރާނެ، ޓީޗަރުން ޕްރިންޓް ކޮށްފައި ކުށް އިސްލާހުކޮށް ފޮތްތަކުގައި ތަތް ކޮށްފައި ހުންނާނެ، ގަނޑު ވެސް ދީފައި އޮންނާނެ، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގައި ވެސް ދައްކާފައި ހުންނާނެ، ރަސްމީކޮށް ބައްދަލުކޮށްފައި ވެސް މި ކަންކަން ފާހަގަ ކޮށްފައި ވާނެ،" މުދައްރިސް ވިދާޅުވިއެވެ.
މިއިން ކޮންމެ މުދައްރިސަކު އިތުރު ކަމެއް ވެސް ފާހަގަ ކުރައްވައެވެ. އިސްލާމް މުދައްރިސުން އެއިން މަސައްކަތް ކުރައްވަނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތުގައި އިލްމު ފޯރުކޮށްދެއްވުމަށެވެ. އެހެންވެ މައްސަލައެއް ފާހަގަވާ ކޮންމެ ފަހަރަކު އެ ކަންކަން މުދައްރިސުން މީޑިއާއަށް ނުގެންގޮސްދާނެއެވެ. އެކަމަކު އެ ކަން އިސްލާހު ކުރަން އިސްލާމް ޓީޗަރުން އަބަދުވެސް މަސައްކަތް ކުރެއެވެ.
ފޮތްތައް ފާސްކުރި ކޮމިޓީ ފަރުވާ ކުޑަ!
އިސްލާމް ފޮތްތަކާއި ގުރުއާން ފޮތްތައް ޕްރިންޓްކޮށް ދަރިވަރުންނަށް ދޫކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ) އާއީ އިސްލާމިކް މިނިސްޓްރީން ޗެކް ކުރެއެވެ. މިނިސްޓްރީން ފޮތްތައް ޗެކްކުރަނީ "ފޮތް ފާސްކުރާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަކީ ހަތް މެމްބަރަކު ހިމެނޭ ކޮމިޓީއެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުން ކުރާ އިސްލާމް ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށެވެ.
"މީގެ ކުރިން ކޮމިޓީން ފޮތްތައް ފާސްކުރާ އިރު މިފަދަ މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށާއި، މިފަހަރު އެ މައްސަލަ ދިމާވެފައިވަނީ އެންމެ ރަނގަޅަށް ފޮތްތައް ބެލިފައިނުވާތީ" ޒާހިރު ވިދާޅުވިއެވެ.
މިއީ އިސްލާމް މުދައްރިސް ވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މުދައްރިސުންނަށް ކުށްތައް ފާހަގަވެގެން އެންއައިއީއަށް އެކަން ރިޕޯޓް ކުރެވުނަސް، ފަހުން ޗާޕުކޮށްގެން ނެރުނު ފޮތްތަކުގައި ވެސް ކުށްތައް ތަކުރާރުކޮށްފައި އޮތުމެވެ. އަދި ބައެއް ފޮތްތަކުގައި އެ ކުށް ފާހަގަވެފައި އޮވެގެން ރިޕޯޓް ކުރުމުން ވެސް އާ ޗާޕެއް ނުނެރި ކުރިން އޮތް ފޮތް ނެރޭ ކަމެވެ.
މަރުހަލާތައް ހަރުދަނާކުރަން ޖެހޭ!
މިހާރު ވެސް ކޮންމެ ސަރުކާރެއްގައި ފޮތްތައް ފާސްކުރަން އޮންނަނީ ގިނަ ދިރާސާތަކެއް ކުރެވޭ މުތާލިއާތައް ގިނަ ދިގު މަރުހަލާއެއް ކަމުގައި ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތިއްބެވި ބޭފުޅުން ފާހަގަ ކުރައްވައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އަދި މީގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ އެ ސަރުކާރުގައި މަރުހަލާ އޮތް ގޮތް ވެސް ތަފްސީލް ކޮށްދެއްވައިފައެވެ.
"ފޮތްތައް ތައްޔާރު ކުރާ ފަރާތްތަކުން ވެސް އެކި ފަހަރު މަތިން ޕްރޫފް ރީޑް ކުރާނެ، ދެން އެ ޕެނަލްއަކަށް ފޮނުވާނެ، އެ ޕެނަލްއިން ވެސް ޕްރޫފް ރީޑް ކޮށްފައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނެ، އެ މިނިސްޓްރީއަށް ފާހަގަވި ކުށްތައް އަނެއްކާ ވެސް ޕެނަލްއަށް ފޮނުވާނެ،" އޭނާ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ފާހަގަ ކުރައްވާ ގޮތުގައި މިހާރު ވެސް މި އޮންނަނީ ދިގު މަރުހަލާއެކެވެ. ފޮތްތައް ތައްޔާރު ކުރާ ފަރާތްތަކުން ދެލިކޮޕީތައް އެންއައިއީއާއި މިނިސްޓްރީއަށް ފޮނުވުމުން، ފޮތް މުތާލިއާކޮށް އޭގައި ކުށެއް އޮތްތޯ ބަލައެވެ. އަދި ކުށެއް ފާހަގަ ވެއްޖެނަމަ ޕްރިންޓް ކުރުމުގެ ކުރިއަށް ފޮތްތައް ތައްޔާރު ކުރާ ފަރާތްތަކަށް ހަމަ ފޮނުވައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ކަންކަން ހައްލު ކުރެވޭނީ ސްކޫލްތަކާއި މިނިސްޓްރީއާ ވެސް ވަރަށް ބޮޑަށް ގުޅިގެންނެވެ. މި ގޮތުން ފޮތްތައް ފޮނުވާފައި، އަލުން އެ ފޮތްތައް މުތާލިއާކޮށް ކުށްތައް ހުރިތޯ ޕްރިންސިޕަލުންނާއި އިސްލާމް މުދައްރިސުންނަށް އެންގޭނެއެވެ. އޭރުން އަނެއްކާ ވެސް މުތާލިއާ ކުރަން އޮންނަ މަރުހަލާ ފުޅާވެ ދަރިވަރުންގެ އަތަށް ފޮތްތައް ދިނުމުގެ ކުރިން އެ ކަމެއް ބެލިދާނެއެވެ.
"އަޅުގަނޑަށް ފެންނަނީ ދަރިވަރުންގެ އަތަށް ފޮތްތައް ދިނުމުގެ ކުރިން ސްކޫލް އިން ވެސް ބަލާނެ ގޮތަކަށް ސާކިއުލާތަކާއި އުސޫލުތަކެއް ހަމަޖައްސަން، އަބަދަލު ފޮތްތައް ޕްރިންޓެއްވެސް ނުކުރެވޭނެ ދޯ، ސްކޫލުން ދެން އެ އިސްލާހު ކުރެވެން އޮތް ގޮތަކަށް ފާހަގަ ކޮށްގެން ދަރިވަރުންނަށް ކިޔައިދޭން، އެކަމަކު ހާމަކުރެވި ދެފުށް ފެންނަ އުސޫލެއް އޭގައި އޮންނަން ވާނެ،" އޭނާ ވިދާޅުވިއެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި އިސްލާމް މުދައްރިސަކު ވެސް ފާހަގަ ކުރެއްވީ މިހާރު މިނިސްޓްރީން 14 ސެޕްޓެމްބަރުގެ ކުރިން މި ކަންކަން ބަލައި، ފޮތްތަކުން މައްސަލައެއް ފާހަގަވެފައި އޮތް ނަމަ އެ މައްސަލައެއް މިނިސްޓްރީއަށް އަންގަން ސްކޫލްތަކަށް އަންގާފައިވާ ކަމަށެވެ. މިއީ މި ކަން ހައްލު ކުރަން ރަނގަޅު ކަމެއް ގޮތުގައި އޭނާ ފާހަގަ ކުރައްވައެވެ.
"އިސްލާމް ޓީޗަރުން، ސްކޫލުން މައްސަލަ ފާހަގަވީމަ، ފޮތުން އިސްލާހު ކުރެވެން އޮތް ގޮތަކުން އިސްލާހު ކުރުމުން މި ކަން ރަނގަޅު ވާނެ،" އިސްލާމް މުދައްރިސް ވިދާޅުވިއެވެ.
މި ސީރިއަސް މައްސަލަ ބަލަން ވެސް ޖެހެއެވެ. އޭގައި ބަޔެއްގެ އިހުމާލެއް އޮތް ކަން ނުވަތަ ނޫން ކަން ވެސް ޔަގީން ކުރަން ޖެހެއެވެ. އިހުލާމެއްވާނަމަ އެ ބަޔަކަށް ފިޔަވަޅު ވެސް އަޅަން ވާނެއެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް އިންތިޒާމުތައް ބައްޓަން ކުރަން ޖެހެއެވެެ. އިސްލާމް ދީނުގެ ތަރުބިއްޔަތު ދީގެން ނޫނީ ހަރުދަނާ ޖީލެއްގެ ގޮތުގައި އަންނަން އޮތް ޖީލު ބިނާ ނުކުރެވޭނެ ކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.
އަސްލު މައްސަލައަކީ އަނގަޔެއް އޮތަސް ފެންވަރު ނެތުން. ދީނުގެމަގުގެ ނަމުގައި ނެރުނު ނޫސް މެދުނުކެނޑި އެތައް އަހަރަކު ނެރުނުއިރު މީހަކަށް ފާޑުނުކިޔުނީ ފެންވަރު ހުރި ދަންނަ ބަޔަކު އެކަން ކުރީމާ. މިހާރު ވާގޮތަކީ މީހާގެ އަތުގައި އޮންނަނީ ސެޓުފިކެޓެއް. ފެންވަރެއް ނުހުރޭ. ތަޖުރިބާއެއް ނުހުރޭ. ސެޓުފިކެޓް އޮތީމާ އެހެން މީހަކު ބުނާ އެއްޗެއް ގަބޫލެއް ނުކުރޭ. ހިތުން މާބޮޑަށް އެނގިފައި ތިބެނީ. ނޭނގޭކަން ނޭނގޭ ހާލު އެހާ ފަރުވާކުޑަވާނެ. ފޮތް ލިޔާ މީހުންނާއި އެޑިޓަރުންނަކީ ތަފާތު ބައެއް. މިރާއްޖޭގައި ފޮތް ލިޔާނީވެސް އެޑިޓްކުރާނީވެސް ބަލާނީވެސް އެއްބަޔެއް. ފައިސާގެ ބޭނުމުގައި ހުރިހާ ތަނަކަށް އަތްބާނައިގެން ތިބޭނީ. މިހާރު ތިބި މުދައްރިސުންގެ ތެރޭގައި ތާނައަކުރު ކުދިންނަށް ލިޔަންވީގޮތް ބުނެދޭން ދަންނަ އެއްމެ މީހަކު ނެތޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެ.
ޓީޗަރުން އިހުތިޖާޖުނުކުރާ ސަރުކާރަކަށްއައީ މިސަރުކާރުއެކަނި ފެހިގާނޫނުއަސާސީ އައި ފަހުން..ގިނަ ޓީޗަރުން މިސަރުކާރުގެ ނޭއްގާނީ ކަންތައްތަ ފަސްއަޅާ ފޮރުވަދޭތީ މިހިސާބަށް ކަންތައްމިދިޔައީ..ސާރޭޖަހާސެ އައްޗާ ހުސްތަންތަން ފުރަންޖެއްސީ ކޮން ވެރިކަމެއްގަ..އިންޑިޔާގެ ސަގާ ފަތް ކިޔަވަދޭންޖެހޭތަ އަހަރެމެންގެ ދަރިންނަ..އިންޑިޔާގެ ދީންތަކާ ބަސްތަކާ އެމީހުންގެ ދިދަނަގައިގެން އެމީހުންގެ ހެދުންތައް އަޅުވައިގެން ސްކޫލުތަކުގެ ސްޓޭޖްތަކުގަ ދައްކަންޖެހޭތަ...މިއީ ސަރުކާރާ ނުރުހޭތީ އަހަރެންބުނާ ވާހަކައެއްނޫން މިއީ ވަތަނީ ދީނީ ގައުމީ މައްސަލައެއް..މިއީ ކުރިމަގުގަ މިގައުމުގަ ފަސޭހަވުމެނެތް ބޮޑު ޒަޙަމެމިލައްވަނީ މިއަދު މިކަމުގެ ފަރުވާއެއްނުކޮށް ޕޭންކިލާއެއް ކާލައިގެން ތިބެއްޖެނަމަ އެންޓިބައޮޓިކުން ނުގުޑާ ފަރުވާނެތް ބައްޔެކަމުގަިކަންވާނެ..ވަގުތުނޫހުން މިކަމުގަވެސް ނުބުނާނެބާ މިއީ ކުރީސަރުކާގެ ކަމެކޭ ކޮންހާ ފޮނެއްހޭ ތިއަރުވަނީ...ކަމުގެ އެއްމެ ފުނުގަހުރިއެއްޗެ ވަގުތުނޫހަކަށް މިއަދު ތިލަ ނުކޮއްދެވޭނެ..ވަގުތުގަވަނީ އޮކްސިޖަން ލިމިޓްކޮއް ފަ..3މީޓަރަށް ފީނައިގެން ނު ފެންނާނެ 30މީޓަރު އަޑީގަ ހުރިއެއްޗެ..
ކުށްނުލާ އިސްލާން ފޮތެއް ނެރުނީމަ ގައުމަށް ލިބޭ ފައިދާއެއް އޮވޭތަ؟
މަޖިލީހުން ގުރުއާން ފޮތްތަށް ބަލާފާސްކުރަންފެނޭ ބޮޑު މުސާރަނަގައުގެން ތިބެނީ ކޮންމެސް ކަމެއްކުރަން!
ބުނަންތަ ވަކި މީހެއްގެ ބަޔެއްގެ ޒިންމާއެއްނޫން ކުދިންނަށް ހެޔޮގޮތް އަންގައިދިނުން މައިން ބަފައިން ވެސް ޖެހޭނެދޯ ޒިންމާ ނަގައިގެން މުސްލިމެއްގެ ގޮތުގައި ދަރި ގެންގުޅެން މައިން ބަފައިން ހަކުރު ބޮއެފަ ދަރި އެހެން އުޅެންފެއްޓުމުން ދެންބުނަންވީތަ ޑރ އައިސަ ޔާ އޭނަގެ އަޚްވާނުންގެ ސަބަބުން ވީ ކަންތަކޭ
2019 ވަނަ އަހަރު މިފޮތްތައް ޗާޕްކުރި ދުވަސްވަރުވެސް ނޫްސް ތަކަށް ލާދީނީ ކޮށް ފޮތްތައްޔާރު ކުރާވާހަ ފެންމަތިވެފަ އޮބިފައޮތީ ތިލަމިވީ އެއްގޯސްވީހެން ހީވީމަ ގޯނިން ބޭރުވެގެން ދިއުމުން.
"އެޑިއުކޭޝަން މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ކަންކަން ހައްލު ކުރެވޭނީ ސްކޫލްތަކާއި މިނިސްޓްރީއާ ވެސް ވަރަށް ބޮޑަށް ގުޅިގެންނެވެ. މި ގޮތުން ފޮތްތައް ފޮނުވާފައި، އަލުން އެ ފޮތްތައް މުތާލިއާކޮށް ކުށްތައް ހުރިތޯ ޕްރިންސިޕަލުންނާއި އިސްލާމް މުދައްރިސުންނަށް އެންގޭނެއެވެ." މީ ހާދަ ތާކުން ތާކު ނުޖެހޭ ބުނުމެއް.
މިކަން ކުރަން ވަކި ކޮމިޓީއެއް ނަގާފައި މުސާރައާއި އެލަވަންސްތައް ދޭއިރު، އެމަސައްކަތް އެހެން ބަޔަކު ނުވަތަ މުދައްރިސުން ކުރަން ޖެހުމަކީ އިތުރު ބުރައެއް މުދައްރިސުންނަށް.
އާޓިކަލް ހުޅުވާލީ ވަރަށް ކިޔާހިތުން، ވާނުވާ ބަލާލާ ހިތުން. އެކަމް މުޅި ލިޔުމުގައި އޮތީ އޭނަ ބުނީ މީނަބުނީ ކިޔައިގެން ލިޔެފަ.