ފުރާޅުމައްޗަށް އަރައި އެކި ދިމަދިމާލަށް ކުދިން ދިޔައީ ހެލިފެލިވެ އުޅެމުންނެވެ. އަނެއް ކުދި ބަޔަކު ފުރާޅުމަތީގައި ތިބެގެން މަގާ ދިމާލަށް އެއްޗެހި އުކަނީއެވެ. ކުޅި ބަލަން ސަރަހައްދަށް އެއްވެފައި ތިބި މީހުންނާ ދިމާލަށް ބައެއް ކުދިން އޭރު ދިޔައީ އައުގުރާނަ ގޮވަމުންނެވެ. އެ ހުރިހާ ކުދިންވެސް ބޭނުންވަނީ ކޮންމެވެސް ގޮތަކުން ފިޔަވަތިން ނުކުމެވޭނެ ގޮތެކެވެ. ކުޑައިރުކޮޅަކަށްވިޔަސް އެތަނުން މިނިވަންވާށެވެ. މިއީ މި ފަހަކަށް އައިސް ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ން ފެންނަ މަންޒަރެވެ. ދޭތެރެ ދޭތެރެއިން ކުދިން ފިލައެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވެ އެ ކުދިން ހޯދައެވެ.

ކުދިން އަނބުރާ އެތަނަށް ގެނައި ކަމުގައި ވިޔަސް އަނެއްކާވެސް ހަނި ދޭތެރެއަކުން އެ ކުދިން ފިލައިގެން ގޮސް ހުޅުމާލެ ތެރޭގައި އުޅެއެވެ. އެ ކުދިން ކޮންޓްރޯލް ކުރެވޭނެ ބަޔަކު ފިޔަވައްޗަކު ނެތެވެ. އެ މީހުންވެސް ތިބެނީ ގޮތް ހުސްވެފައެވެ.

އިއްޔެ ހަވީރުން ފެށިގެން ރޭއާ ހަމަޔަށް ފިޔަވަތީ ކުރިމަތީގައި ތިބި ނޫސްވެރިންނަށް އެތަން ބޮއްސުންލާފައި އޮތް މިންވަރު ވަނީ ސާފުކޮށް ފެނިފައެވެ. ޒިންމާ ނަގާނެ މީހަކު ނެތެވެ. ތިލަވީ ތަނުގެ ހުރީގެ މައްސަލަތަކެވެ. ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަމެވެ.

ތަނުގެ އެތެރޭގެ ހާލަތު ގޯހުން ގޯހަށް!

ފިޔަވަތީގެ ބައެއް މުވައްޒަފުންނާއި އެ ތަނުގެ ބައެއް މައުލޫމާތުތައް އެނގޭ މީހުން ބުނާ ގޮތުގައި ތަނުގެ ހާލަތު ގޯސްވުމުގައި ޖެންޑާގެ އިހުމާލުވެސް އެބައޮތެވެ. އަދި އެންމެ އެކަށިގެންވާ ވަރަށް ކުދިން މޮނިޓާ ނުކުރެވުމަކީވެސް އެއް ސަބަބެބެވެ. ވަކި އުމުރު ފުރާގެ ކުދިން ބަހައްޓަންވެގެން ހާއްސަކޮށްފައިވާ މި ތަނުގައި ހުރިހާ ކުދިންތައް ގެންގުޅެނީ މަސްހުނި ކޮށްގެންނެވެ. އެހެންވުމުން ރަނގަޅަށް ހުންނަ ކުއްޖާވެސް ގޯސްވެއެވެ.

ފިޔަވަތީގެ މުވައްޒަފުންނަށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. ބައެއް ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

އެ ތަނުގެ ހާލަތު އެނގޭ މީހަކު "ވަގުތު"އަށް ބުނީ، ބައެއް ކުދިންނަކީ ދުންފަތުގެ އިސްތިއުމާލްކުރާ ކުދިން ކަމަށެވެ. އެފަދަ ކަންތައްތައް ހިނގަނީ އެތަނުގައި އުޅޭ މުވައްޒަފުންނަށްވެސް އެނގިގެންނެވެ. އޭނާ ބުނީ އެކަން ހައްލު ކުރަން މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށެވެ.

"އެކުދިން ސިގިރޭޓް ބޮއެ. ވޭޕްވެސް ދަމާ" އެމީހާ ކިޔައި ދިނެވެ.

ޖާގައަށްވުރެ ގިނަ ކުދިން ބޭތިއްބުމުގެ ސަބަބުން މުޅި ފިޔަވަތީ ވަނީ ފުރިފައެވެ. އެތަނުގައި ތިބޭ ބައެއް ކުދިންނަކީ ނަފްސާނީ ގޮތުންވެސް މައްސަލަތައް ހުރި ކުދިންނެވެ. އެކަމަކު އެ ކުދިންނަށް ލިބެންޖެހޭ ފަރުވާ ނުދީ ގެންގުޅުމުގެ ސަބަބުން އެކުދިންގެ ގައިގައި ހުންނަ ނޭދެވޭ ކަންތައްތައް ދެން ތިބި ކުދިންނާ ހަމައަށް ވެސް ފޯރައެވެ.

ފިޔަވަތި ސަރަހައްދުގައި ހުންނަވައި ހުޅުމާލޭގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވި ގޮތުގައި އެތަން ބެލި ބެލުމުން ފާހަގަވިކަމަކީ ވިހާފައި އެތަނަށް ކުދިން ހަވާލުކުރާ މީހުން އުޅޭ ކަމެވެ.

"ކުދިން ވިހާފައި ހާވާލުކުރާ އާއިލާތައްވެސް އެބަހުރި" އެ ތަނުގެ ބައެއް މުވައްޒަފުންނާ ހަވާލާދީ ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަނުގައި ތިބޭ މުވައްޒަފުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެ ކުދިންނަށް އެންމެ ރަނގަޅު ގޮތުގައި ކުދިން މުޖުތަމައު ތެރެއަށް ނެރުމަކީ ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

ޖެންޑާ ނިދާފައި؟، އެޗްއާރްސީއެމުން މޮނިޓާކޮށް ނުނިމެ

ފިޔަވަތީގެ ހާލަތު ގޮސްވެފައި އޮތްކަން ޖެންޑާއަށް ރަނގަޅަށް އެނގޭނެއެވެ. އެކަން އެނގުނަސް އެ ވާހަކަތައް ހިންދާލައިގެން ތިބެނީއެވެ. އެތައް ފަހަރެއްގެ މަތިން މިކަން ހިނގަމުންދާކަން އެނގޭއިރު ވެސް އެ މިނިސްޓްރީއަށް އެޅުނު ފިޔަވަޅެއް ވީކަމެއް ނެތެވެ. މިއީ އިއްޔެއަކު ދިމާވި ކަމެއް ނޫނެވެ. މިކަން މިގޮތަށް ހިނގާތާ އެތައް ދުވަހެއްވެއްޖެއެވެ.

އިއްޔެގެ ހާދިސާއަކު ޖެންޑާގެ ބައެއް ބޭފުޅުން އެ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. ނޫސްވެރިން މައުލޫމާތު އޮޅުން ފިލުވަން މަސައްކަތް ކުރުމުން ތަކުރާރުކޮށް ބުނަނީ އެކައްޗެކެވެ.

"އެކަން އެބަ ބަލަން. މޮނިޓީ އެބަކުރަން." ދެން ނިންމާލާނީ އެންމެ ފޫހިވާ ރާގަށް "މައުލޫމާތު ފަހުން ހިއްސާކުރާނަން" މި ޖަވާބުންނެވެ.

ފުލުފުލުގައި ބަޔާނެއް ނެރެލީމާ އެ ހިސާބުން އެއޮތީ ހަތަރެސްކަން ހަމަވެފައެވެ. ދެން އަނެއްކާވެސް އެ ކަމެއް ވަންދެން ތިބޭނީ "ފިލައިގެން"ނެވެ.

މި މައްސަލަގަނޑު ދިމާވުމާ ގުޅިގެން ޖެންޑަ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވެސް ގޯސްވީ ކުޅި ބަލަން އެ ސަރަހައްދަށް ޖަމާވާ މީހުންނެވެ. ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ހުރިހާފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށާއި ޖެންޑަރ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.

ވޭދުވެދިޔަ ތިން ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުންފެންނަ ކަންތަކާ ގުޅިގެން ޖެންޑަ މިނިސްޓްރީ އާއި ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދެން އޮތީ އެޗްއާރްސީއެމްއެވެ. ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ ކޮމިޝަންގެ މެންބަރުން އަދިވެސް އުޅުއްވަނީ މޮނިޓާ ކުރެއްވުމުގައެވެ. އެކުރައްވާ މޮނިޓާއެއްކޮށް މި ދައުރު ނިމުމުގެ ކުރިން ނިމިއްޖެއްޔާއާ ކިތަންމެހާވެސް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ޢުމަރުޒާހިރު ފަދަ މީހަކު ހަމަ ރާއްޖޭއްގަ ނެތީދޯ ނާގާބިލު ސަރުކާރު އިސްތިއުފާ

    52
    3
  2. ޑެރަ

    ޗިލްޑްރަންސް އޮމްބަޑްސް ޕާސަން ކިޔާ އޮފީހެއް ހެދިހެން ހީވޭ، އެއީ ކީއްކުރާ ބައެއްބާ،

    39
    2
    • ހުސޭނުބޭ

      ބިކަވެފައިތިބި ބަޔަކަށް މަހަކު 30000 އަށްވުރެ މަތީ މުސާރައެއް ދޭން ހެދި ތަނެއް އެއީ

      16
      1
      • ކާލާ މަންނަ

        އެޗުއާރުސީ ގެ މެންބަރުންނަކީ ކެފޭ ތަކާ ސެލޫންތަކުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް

    • ދަންޑަހެލުުު

      އޮމްބަޑްސް ޕާސަންއަށް ވުރެ ގިނަދުވަސްވީ، ބަޖެޓް ބޮޑު، ވެރިން ގިނަ ހިއުމަން ރައިޓްސް ކަމިސަން ކޮބައިތޯ؟

  3. ޖުސްތަޖޫން

    އެޗް.އާރް.ސީ.އެމް އޭ؟؟؟؟ މުސާރަނަގައިގެން ގޮނޑިވެސް ހޫނުކުރަން ނޭނގޭ މީހުން . ގޮނޑިވެސް ހުންނަނީ ފިނިކޮޮށް. އެކަމަކު ބޮޑުއީދުގައި ވަރަށް ފޯރިނެގި އެކިމީހުން އެކިރަށަށް ގޮސްގެން.

    35
    2
  4. ނޫރު

    ރާއްޖޭގައި އިސްލާހިއްޔާގެ ނަމުގައި ކުދިން ހިންގި މަދަރުސާއަކީ ވ ބިނާކުރެވެނި ތަނެކެވެ. 25 ހަކަށް އަހަރު އެކަން ކުރީ ވަރަށް ކާމިޔާބު ކަމާއެކުގައެވެ.މަސައްކަތް ދަސްކޮށްދީ ހެދިއެވެ، ދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދިއެވެ. އޭގެ ފަހުގައި މިއަދުވެސް ޤައުމުގެ މިލިޓަރީ ދާއިރާއާއި ސިޔާސީ ދާއިރާގައި އެންމެ މަތީ މަޤާމްތައް އަދާ އެބަކުރެއެވެ. ވީމާ ފިޔަވަތި ނުބެލެހެއްޓެންވީ ކީއްވެ. ސަރުކާރުގެ އިހުމާލުވުން ބޮޑް. ކުދިން ފިއްތާއިގެން ތަރުބިއްޔަތު ނުކުރެވޭނެ. މާލެ ސިޓީ ކައުންސިލާ ހަވާލު ކޮށްލައްވާ. ތިކަންވެސް ވާނީ އެމީހުންނަށް.

    44
    2
    • ނޫން

      ތިބުނާ ތަނުން ދަރިވަރުވި ކުދިން އުޅެނީ މަގުމަތީ މިހާރު. ޢެތަނުގައި އެ ކުދިންނަކީ ކުށްވެރިން ކަމުގައި ދައްކުވާދީ، އެކުދިން ގެ ކުރިމަގު ނަގާލި

      1
      3
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ފެއިލް ވެފަހުރި މީހަކަށް ޖެންޑަރ މިނިސްޓަރުކަން އިބޫ ދިނީމަ ވާނެ ހަތަރެތި މިފެންނަނީ އެވެ. ޢާއިޝަތު މުޙައްމަދުދީދީ އަކީ އިބޫ ގެ ކްލާސްޓީޗަރެވެ. ވަޒީފާ ދޭއިރު ޢުމުރާއި، ބައިއޯޑޭޓާ އަށް ބަލަންޖެހެއެވެ. އިބޫ ގެ ކްލާސްޓީޗަރަށް ވީމާ ވަޒީފާ ޢަދާ ކުރެވޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. އިބޫ އަށް 59 ވާއިރު އިބޫ ގެ ކްލާސްޓީޗަރު ގެ ޢުމުރުން ކިހާވަރެއް ވެދާނެބާ އެވެ! މި އޮފީސް ހިންގޭނެ ޒުވާން، ކެރޭ، މުރާލި، ހީވާގި ދިވެހިދަރިން ތިއްބާ އިބޫ ގެ ކްލާސްޓީޗަރަށް ދިނީ ކީއްވެގެން ހެއްޔެވެ؟ މައުމޫނު ގެ މިނިސްޓަރަކަށް ދިނީ ކީއްވެގެން ހެއްޔެވެ؟ މައުމޫނު ދިން ވަޒީފާ ވެސް މިމީހާ އަށް އޮތީ ނުހިންގިފައެވެ. މިކަން އިބޫ ނުބެލިކަން އެއީ މުޅި ދިވެހިރާއްޖެއަށް ކަނޑައެޅިގެން އިބޫ ދިން ގެއްލުމެކެވެ. މިނިސްޓަރަށް ބޮޑު މުސާރަ އާއި ކާރު ދެނީ ރައްޔިތުމީހާގެ ޖީބުންނެވެ. އިބޫ ގެ ޖީބުން މުސާރަ ދޭނަމަ، މަޤާމުން މިހާރުން މިހާރަށް މިނިސްޓަރު ވަކިކޮށްފާނެކަން ޔަޤީން ކަށަވަރެވެ. ރައްޔިތުން އުފުލަން މިޖެހެނީ ކިހާބޮޑު ވަބާ އެއް ހެއްޔެވެ؟ ފެއިލް ވެފައިހުރި މީހަކާ ޙަވާލު ކުރީމައެވެ.

    47
    1
  6. ހަވާސާ ހަމީދު

    # ހުރިހާވެސް މައްސަލައަކީ އެޗުއާރުސީއެމްމުން މިކަނކްމުގައި ސިޔާސީވުން!
    # މިފަދަ ކަންކަން ހައްލުނުވަނީ އަބަދުވެސް އެޗއާރިސީއެމް އޭރެއްގައި އޮނަނަ ސަރުކާރަކުން ބޭނުންވާގޮތަށް މަސައްކަތްކުރަންތިބޭ ސިޔާސީބަޔަކަށްވާތީ!
    # ކަމެއް ރަގަޅުކުރަން އުޅޭބައެއް ނޫން އެޗުއާރުސީއެމްއަކީ!
    # އަދި އަންމުދުން މިހާރު އެޗުއާރުސީއެމްގައި ތިބީ ވަރަށް ނާފގާބިލް ބައެއް!

    6
    1
    • އިންޑިއާ ކުމާރު ސިންގް

      ދެން ފަހެ، އެބައިމީހުން ކުރިއަރާފައިވަނީ ކަންދެއްކުމަށެވެ. އިޚުލާސްތެރިކަމެއްނެތެ. މަގާމު ލިބުނީ ސިޔާސީ ނުފޫޒުގެ މުޑުދާރުކަމުގެ ތެރެއިންނެވެ. ދޭތެެރެއަކުން ފޮޓޯއެއް ކަނޑާލެވުނީމާ އެބައިމީހުންގެ ގާނޫނީ ޒިންމާ އަދާކުރެވުނީއެވެ.

  7. ޒީރޯ ޓޮލަރަންސް

    ކޮންތަނެއްތޯ އަދުއޮތީ ބޮއްސުންނުލާ.

    28
    1
  8. ދެރަ

    އާދޭހާއެކު ބުނަން، މިނިސްޓްރީ ޒެނީޝާ ފަދަ ބޭފުޅަކާއި ޙަވާލު ކުރައްވާފަ، ސީއީއޯއިންނަށް ސިޔާސީ މީހުން ބަދަލުގަ، ސޯސިއޮލޮޖީ، ސައިކޮލޮޖީ، ކައުންސެލިންގ ނުވަތަ ޓީޗިން ދާއިރާގެ މީހަކާ ހަވާލު ކުރޭ، ހެޔޮނުވާނެ. ރަހްމަތްތެރިންނަށް ހަދިޔާދޭ އުސޫލުން، ދާއިރާ އިލްމެއް ތަޖުރިބާއެއް ނެތް، ސިޔާސީ ނާޤާބިލް މީހުންނާ ހަވާލު ކުރީމަ ދެން ކަންވާންވީ ގޮތަށް މިވަނީ. މިވެރިން ހުޅުމާލެން އަގުބޮޑު އެޕާރޓްމަންޓްތަކާ، ކާރާގަނެ ދިރިއުޅުމުގެ ޙާލަތު ރަގަޅުވާއިރު، ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރެވި މިތަންތަން މިދަނީ ބޮއްސުންލަމުން.

  9. އަޙްމަދު ނަޝީދު

    ފިޔަވަހި ނޫނީ އެނޫންވެސް ކުޑަކުދިން ބަލަހައްޓާނެ މަފާޑޫފާޑުގެ ނަންތައް ކިޔާފަ ތަންތަން ހަދާނެކަމެއްނެތް، ކުރަންވީ ކަމަކީ ހަމަ " ކުޑަކުދިންގެ އިޞްލާޙިއްޔާ " ނޫނީ " ވަކަރުގެ " ހަދަންވީ. ހަދަފާ އެތަނަށް ގެންގޮސް ހަމަރަނގަޅަށް އިޞްލާހުކުރުވަން މަސައްކަތްކޮށް އެތަނަސް ރަނގަޅު މުދައްރިސުންލާންވީ. މުދައްރިސުންގެ ތެރޭގައި ނަޒާޙަތްތެރިކަން ގެއްލިފަ ކުށުގެވެށީގަ މެހިފައިވަ މީހުންނުލާންވީ. ކުށަކަށް ޝައްކުކުރެވިގެން މުޖުތަމަޢުގަ އެމީހަކަށް އިނގިލި ދިއްކުރެވިފައިހުރި މީހަކަށްވެސް ހަމަ އެފުރުޞަތުވެސް ނުދޭންވީ. ވަކަރުގޭގެ މުދައްރިސް ކަމަސް ކުރިމަތިލާމީހުންގެ އިޖުތިމާޢީ މިންގަޑު ކަށަވަރު ކުރުމަށް އާންމުކޮށް އެމީހެއްގެ ނަމާ އެޑްރެސް ( އަދި ކިޔަ ވަނަމެއް ވާނަމަ އެނަމެއްވެސް) އެނގޭ ނޭ ޢާންމު އިޢޫލާން ކޮށްފަ މުޖުތަމަޢުން އަންނަ ޖަވާބާ ގުޅޭގޮތުން ވަޒީފާވެސް ދޭންވި. އަދި އެކުދިންގެ ބެލެހެއްޓުމުގައި އުޅެނިކޮށް އެކުންނާ ބެހި އެފަދަ ކުށަކަށް ޝައްކުވެއްޖެ ނަމަވެސް އެމީހެއްގެ މަޢުލޫމާތު މުޖުތަމަޢަށްއެނގޭނޭ ގޮތަށް އެއްފަހަރަށްވުރެ ގިނަފަހަރު އަންގާ އިޢުލާނުކޮށް އަދި އެކުރި ކުށަށް ދެވޭނޭ އެންމެ ބޮޑު އަދަބުވެސް މުޖުތަމަޢުގެ ގިނަބަެއްގެ ކުރިމަތީ ތަންފީޛުކުރަންވީ. އޭރުން މިއުޅޭކުދިންތައް ރަނަގޅުވާނެ. އަދި އެބުރި ރަގަޅުކުދިންނަށް ވެގެން މުޖުތަމަޢަށް އަންނާނެ. މީގެ ދިރިހުރި މިސާލެއް ކުރީގެ ޔޫތު މިނިސްޓަރ ޒުހޫރުއަކީ.... ހަމަ މާފުށި އިޞްލާޙިއްޔަގަ އުޅެ އިޞްލާޙް ކުރެވިގެން މުޖުތަމަޢަށް ނެރުނުކުއްޖެއް އެއީވެސް، ޤައުމުގެ ވަޒީރެއްގެ މަޤާމް ފުރުއްވެވީލިބިފައިހުރި އިޞްލާހީ ހެޔޮކަމުން.

    9
    2
  10. ސަނީ

    ޓަމިލް ސުޕާސްޓާ ވިޖޭ ފޮނުވަން ޖެހޭނީ، ތިތަން ހަމަ އަކައް އަޅުވަން

  11. އަލީ ދިއްދޫ

    ސިދާތާ މާ ހިނގުންތެރި ސިދާތާ ބެލެހެއްޓި ގޮތަކށް ނުބެލެހެއްޓޭނެ

    6
    3
  12. ހާމިދު ޝާހިދު

    އަލުން މާފުށީ އިސްލާހިއްޔާ ހަދާފައި އެތަން ހިންގާ ބެލެހެއްޓުން ސިފައިންނާ ހަވާލުކުރަންވީ. އޭރުން އެ ކުދިން ޑިސިޕްލިންވެސް ކުރެވޭނެ، މަސައްކަތްތައްވެސް ދަސްކުރާނެ. ކިޔަވަންވެސް ކިޔަވާނެ. ނަމާދުކޮށް ގުރުއާންވެސް ކިޔަވާނެ. އަމުދުން ބޮޑު މުސާރަދީފައި ސިފައިން ތިބެންވީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާގެ ސެކިއުރިޓީ ބަލަހައްޓާކަށެއްނޫން. އަދި މިތަން ހުޅުމާލެއާއި މާލެއިން އަދި ވިލި މާލެއިން ބޭރުކޮށް، ކޮންމެވެސް އެހެން ރަށެއްގައި ގާއިމް ކުރަންވީ. އެކުދިންނަށް ހިތް އުފާކޮށްލެވޭނެ ގިނަ ކުޅިވަރުގެ ހަރަކާތްތަކާއި އާލާތްތައް ގާއިމްކޮށް، ވަރަށް ފުރިހަމައަށް ކަންކަން ރާވާލަންވީ. ދެން ކުރަންޖެހޭކަމަކީ، އެތަނަށް ކުދިން ފޮނުވަންޖެހޭ/ދައުލަތައް ނަގަންޖެހެނޭ ކުދިން ގާނޫނަކުން ކަނޑައެޅުން. ކިރިޔާވެސް، އެކުދިންޖާ ބަލަން އެކުއްޖޭގެ މަންމަ/ބައްޕަ ސަލާމަތުން ހުރިނަމަ، ނުވަތަ މާމަ/ކާފަ ނުވަތަ ބަދަލު އަރާ އާއިލާގެ އެހެން މީހަކު ހުރިނަމަވެސް، އެމީހުންނަށް ބަލަން ޝަރުތުކޮށް ހަވާލުކުރަންވީ. އަދި އެކުދިން ބަލާތޯ ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށް ބަލަންވީ. އިހުމާލުވާނަމަ، ގާނޫނީ ފިޔަވަޅު އަޅާ، ގޯއްޗާއި މުދާ ދައުލަތައް ނަގާ ރެޖިސްޓްރީ ވަގުތީގޮތުން ސަސްޕެންޑް ކުރުން ފަދަ ކަންކަން ކުރަންފެށީމާ، ދެން މުޅި މުޖްތަމައުވެސް ތިކަމަށް އެލާޓްވާނެ. ދެމީހަކު ބޮއިގެން އުޅޭނަމަ އެކަން ހުއްޓުވަން މަސައްކަތް ކުރާނެ. ދެމީހަކަ ޖިންސީ ގުޅުން ހިންގާ ކައިވެނިން ބޭރުން ކުއްޖަކު ހޯދަފާނެހެން ހީވުމާއެކު އާއިލާއިން ފިޔަވަޅު އަޅަން ފަށާނެ، ފަހުން އެމީހުންގެ މައްޗަށް ނޫފުއްލޭވަރުގެ ބޮޑު ޒިންމާއެއް އަތުވެދާނެތީ..! މިފަދަ ހަރުދަނާ ހަރުކަށީ ފިޔަވަޅުތަކެއް އަޅާލާނެ ވެރިޔަކު ވެރިކަމުގައި ހުރެގެން އިޖްތިމާޢީ މި ބަލިމަޑުކަމުން ޤައުމު ސަލާމަތްވާނީ. މުސްތަގުބަލުގެ ޖީލު ބިނާކުރެވޭނީ.

    18
  13. Anonymous

    މިސަރުކާރު ވިލިގިލީ ހިޔާއާ ތިޔަ ފިޔަވައްޗަކާ އެއްކޮއްލީވެސް ދެން ޖާގައިގެ ވާހަކަ ނުދައްކާ. މިސަރުކާރު ހުރިހާވެސް މައްސަލަޔަކީ.

  14. ވިހާކުދިން

    ވިހާފަ ކުދިން ހަވާލް ކުރާވާހަކަ ދެއްކުމުން ހަގީގަތުގަ އިހުމާލުވެވެނީ ސަރުކާރުތަކައް އެއީ ބޯހިޔާވަހިކަން ނެތުމުގެނަތީޖާ ރައްޔިތުންނައް ދެންނަމުގަ ބިންތައްހިއްކާފައި ހިސޯރުނުދީ ރައްޔިތުމީހާ ހާލުގަޖައްސާފައި ބޮޑު އަގުތަކުގަ ވިއްކާ ނުވީތާކައް ލޯނުނަގައިގެން ފުލެޓްއަޅައިގެން ބޮޑުއަގުގައި ވިއްކުމުގެ ހިތިނަތީޖާ އުފުލަން މިޖެހެނީ ކުށެއްނެއް މައުސޫމް ކުދިންތަކެއް ކާކުތޯ 9 މަހާ 9 ދުވަސް ފުރާ ބަނޑުއަޅާދަރިޔަކު އެކަހަލަ ޔަތީމް ހާނާޔަކައް ކުއްޖާ އެއްލާލާނީ ޙުދު އެމައިމީހާގެ ބޯހިޔާވަހިކަމެއްނެތްތާގައި ދަރިޔަކު ގޮވައިގެން އުޅޭނީ އަންހެނުންގެ ހައްގުތައް އޮންނާނީ ވޯޓްލާނިމެންދެން އެހިސާބުންދިޔައީ މީގެން ކަމަކައްވިސްނާލާމީހަކު ނުހުންނާނެ

    4
    1
  15. ތައުރީފް

    މާފުށީ އިސްލާހިއްޔާ އޭ ކިޔާތަނުގައި ތިބިމީހުންނާ ތި ކުދިންކޮޅު ހަވާލު ކުރަން ފެންނަނީ.

  16. އެޖެންޑާ19

    "ދެން އޮތީ އެޗްއާރްސީއެމްއެވެ. ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ ކޮމިޝަންގެ މެންބަރުން އަދިވެސް އުޅުއްވަނީ މޮނިޓާ ކުރެއްވުމުގައެވެ. އެކުރައްވާ މޮނިޓާއެއްކޮށް މި ދައުރު ނިމުމުގެ ކުރިން ނިމިއްޖެއްޔާއާ ކިތަންމެހާވެސް ރަނގަޅެވެ."

    ކޮޕީ: އެޗުއާރުސީއެމުގެ މެންބަރުން. ތިޔަބައިމީހުންގެ ލަދު ހަޔާތް ކޮބައިތޯ؟ މިކަންވެސް ކުރީގެ މެންބަރުންގެ ބޮލުގައި އަޅުވާފައި ނިންމާލާ!

  17. ދޫނި ރާއްޖެ

    ޖީހާނަށް ވ ބޯކޮށް ސަލާން. އަދިވެސް މުޅި ގައުމުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ބަނޑު ދަށު ލައިގެން އިނދޭ. ގާތް މީހުންނާ ރައްޓެހިން ތަންތަނުގެ ވެރިންނަށް ލައިގެން އެމީހުން ހާވާ ހަޑި ފޮރުވަމުން ގޮސް މުޅި ސިސްޓަމް ތިއޮތީ ބޮއްސުން ލާފަ

  18. ރައީސް ޔާމީން މިނިވަންކުރޭ

    ހިއުމަން ރައިޓްސް ކަމިސަންގެ މޫނުމަތި ރީތިކުރަން ކިތަންމެ ވަރަކަށް ފޮޓޯ ނަގައިގެން ރައްޔިތުންނަށް އޮޅުވާޅަން އުޅުނަސް ރައްޔިތުން ތިބީ ނިދާފައެއް ނޫން. އެތަނުގައި ތިބީ، 50 އަކަށް މުއައްޒަފުންގެ އޮފީހެއް ހިންގަން ނޭގޭ ތަޖުރިބާއެއްނެތް ބައެއް.

  19. އިހްތިސާސް

    މުވައްޒަފުންގެ އަޑު ނާހާ ހުރިހާކަމެއް މާބޮޑަށް އެގިގަނެގެން އުޅޭ މެންބަރުންނާ ސެކްޓްރީ ޖެނެރަލްގެ ސަބަބުން އެޗްއާރުސީއެމް ވަނީ ބޮއްސުން ލާފައި.

  20. zero tolerance

    investigate hrcm corruption

  21. އަހުމަދު

    މިނިސްޓަރ އިމްރާންގެ އަންހެނުން
    މިނިސްޓަރ ޝާހިދުގެ ހަގު އަނބި
    ބިގޭގެ ކޮއްކޮ
    މަހުލޫފުގެ ދައްތަ
    އިބޫގެ ކްލާސް ޓީޗަރ
    މިއެންމެން ލީމާ ދެން ކިޔާނީ އާއިލީ އައްޑާ ނޫންތޯ
    ކުރިން އެމްޑީޕީ ކީ ލަވަޔަކީ މައުމޫންގެ ވެރިކަމަކީ ކިޗަން ކެބިނެޓޭ
    ޔާމިންގެ ވެރިކަމަކީ ގާތް މީހުންގެ ސަރުކާރޭ މަތިބަރޭ... މިވަރަށް މަތިބަރު ސަރުކާރެއް ނާާދޭ
    ދަމާސް ޝިހާބު މެން ކީއްތަ ތިޔަ ކުރަނީ.....