ކ. މާފުށީ ގެއެއްގެ އުނދޯއްޔެއްގައި އިށީނދެލައިގެން އިނީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭނާގެ ކައިރީގައި ގޮނޑިއެއްގައި އަންހެނަކު ވެސް އިށީނދެލައިގެން އިން ތަން ވީޑިއޯ އިން ފެނެއެވެ. އެ ގޭގެ ގޯތި ތެރޭގައި ކޮޅަށް ހުންނަވައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދުލަށް އައި ހުރިހާ އެއްޗެއް ގޮވަމުންދިޔައެވެ. އިށީނދެ ހަމަޖެހިލައިގެން ތިބި މީހުން އެ ވާހަކަތައް އަޑުއަހަން ތިބީއެވެ. އިރުކޮޅަކުން ޖާބިރު ހިންގަވާފައި ވަޑައިގެންނެވީ އުނދޯއްޔާ ދިމާލަށެވެ. ސިފައިން މީހުން މަގުމަތީގައި ޕެރޭޑް ޖަހާ އުސޫލުން އަތް ހޫރުވަމުންނެވެ.

މިފަދަ އެހެން މަންޒަރެކެވެ؛

މިއީ ވެސް މި ފަހުން މާފުށީގައި ހިނގި ކަމެކެވެ. ޖާބިރު ހުންނެވީ މައިކް ހިފައިގެން ލަވައެއް ވިދާޅުވުމަށެވެ. ދިވެހިންގެ މެދުގައި މަޝްހޫރުވި "އޭ ޒަމާނާ، ވަގުތު ދިޔައީ" މި ލަވަ ޖާބިރު ވިދާޅުވަމުން ގެންދެވީ ދިޔާނާ އަށް ހާއްސަ ކުރައްވައިގެންނެވެ.

ޖާބިރު މަޖިލިހުގެ ގޭޓް ކައިރީގައި.

އަދި ވަކި ހިސާބަކުން "އޭ ދިޔާނާ، މަ މި ހުރީ މާފުށީގައި އައިސްބަލަ" މިހެން ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ އަމަލުތައް މިފަހަކަށް އައިސް ހުރީ މިގޮތަށެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަދި ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ކުރީގެ އަނބިކަނބަލުން ދިޔާނާ ސައީދުއާ ވަކިވުމުން ހިނގާ ކަމެއް ބާވައެވެ؟

ކޮންމެއަކަސް ޖާބިރުގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޖާބިރުގެ ފަރާތުން މި ފެންނަ މަންޒަރުތަކަކީ ބަލައިގަނެވޭނެ މަންޒަރުތަކެއް ނޫނެވެ. ކާށިދޫ ދާއިރާގެ ރައްޔިތުން ހަމަގައިމު ވެސް މި މަންޒަރުތަކާ މެދުގައި ލަދުގަންނާނެ ކަމަށް އެމީހުން ފާހަގަ ކުރެއެވެ. އަދި ޖާބިރުއާ މެދުގައި ސީރިއަސްކޮށް ވިސްނައި އޭނާ އަށް އެހީތެރިކަން ދޭން ޖެހޭ ކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ޖާބިރުގެ މި އަމަލުތަކާ ގުޅިގެން ބައެއް މީހުން ޖަހަނީ ޖޯކެވެ. އެކަމަކު މިއީ ހީ، ސަމާސަކޮށް ނިންމާލުމަށް ވުރެ މާ ސީރިއަސް ކަމެކެވެ.

ޝިފާ މުހައްމަދުގެ ކެމްޕޭން ހަރަކާތުގައި އަބްުދުﷲ ޖާބިރު ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރަކު "ވަގުތު" އަށް މިއަދު ވިދާޅުވީ ޖާބިރުގެ ފަރާތުން މި ފަހަކަށް އައިސް ފެންނަމުން އަންނަ މަންޒަރަށް ބަލާ އިރު، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ނޫން ނަމަ، އޭނާގެ ހާލު މާ ބޮޑަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. މީގައި އޮތް ހައްލަކީ ވީހާވެސް އަވަހަށް ތެރަޕީ ދިނުން ކަމަށް އެ ޑޮކްޓަރު ގަބޫލު ކުރައްވައެވެ.

"ނަފްސާނީ މައްސަލަތަކެއް ޖާބިރަށް ދިމާވެފައި އެ ވަނީ. އޭނާ އަށް އެބަ ޖެހޭ އަސްލު ވެސް އެހީތެރިވާން. މިއީ ސަމާސާއަކަށް ނަގަން ޖެހޭ ކަމެއް ނޫން. މިކަން ތަކުރާރުވާ ނަމަ، ޖާބިރުގެ ހާލަތު މާ ބޮޑަށް ވެސް ގޯސްވެ، ރަނގަޅު ނުވާ ހިސާބަށް ގޮސްދާނެ،" ޑޮކްޓަރު ވިދާޅުވިއެވެ.

މި ފަހުން އާންމުވި ކޮންމެ ވީޑިއޯއެއްގައި ވެސް ޖާބިރު ފެންނަނީ ވަރަށް ރުޅިގަދަވެފައި ހުއްޓައެވެ.

ޖާބިރުގެ ވީޑިއޯތައް ދައުރުވަމުންދާތީ އެކަމަށް އިޝާރާތްކޮށް ސަލަފް ޖަމިއްޔާގެ ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވީ ބަނގުރާ ބޮއެގެން ހަޔާތް ގޮވާ މީހުންގެ ވީޑިއޯ ބަލަން މަޖަލެއް ނޫން ކަމަށެވެ. އަދި އެބައިމީހުންގެ ބޭނުމަކީ މި ގައުމުގެ އިސްލާމީ ކަރާމާތް ނަގާލުން ކަމަށާއި އެއީ ނުބައިވެގެންވާ ބައެއް ކަމަށް ވެސް އަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ.

"ބާތިލް ޑިމޮކްރަސީގެ ދަށުން ވަކި ބައެއްގެ މައްޗަށް ގާނޫނު ނުހިނގާތީ ފުއްޕަނީ. ނަމަވެސް ވަގުތު އައިސް ޖެހުމުން އެ ފުއްޕުން މައިތިރިވެ ނިކަމެތިކަމާއެކު ބިމުގެ އަޑިއަށް މީހާ ދާން ޖެހޭނެކަމީ ޔަގީން ކަމެއް،" އަލީ ރަމީޒު ވިދާޅުވިއެވެ.

"ވަގުތު ޖެހުމުގެ ކުރިން މައިތިރިވުމަށް ނަސޭހަތްތެރިވަން،"

ޖާބިރުގެ މިފަދަ ވީޑިއޯއެއް އެންމެ ފުރަތަމަ އާންމުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. މަޖިލިހުގެ އިދާރާގެ ގޭޓު ކުރިމަތީގައި އޮށޯވެ އޮންނަވައި ހަޑި ހުތުރު ބަހުން ހަޅޭއްލެވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ވެސް ގޮވާލެއްވިއެވެ. އެއީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި ރުޅިގަދަވެގެންނެވެ. ޖާބިރު ހަމައަކަށް އެޅުއްވުމަށް ދިޔާނާ ވެސް އުޅުއްވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދެން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ބަޔާނެއް އިއްވެވި ތަނެވެ. ޖާބިރު ތުހުމަތުކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އޭނާ ވަނީ މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވައިފައެވެ. އެ ފައިސާ ދެއްވީ ކިނބިގަސްދޮށުގެ ރަހުނުކޮށްފައި ކަމަށް ވެސް ޖާބިރު ގެންދެވީ ވިދާޅުވަމުންނެވެ. އެ ދުވަހު އޭނާ ވަޑައިގަތީ އެ ގެއާ ހަވާލުވުމަށެވެ. އެ ގެ ކައިރިއަށް ވަޑައިގެން، އެ ގޭގައި ހުރި ވެޔޮގަނޑަކަށް ޖާބިރު ގެއްލުން ދިން މައްސަލައެއް ވެސް ފުލުހުން ބަލަން ފެށިއެވެ.

ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފައެވެ. ދެން އާންމުވި ވީޑިއޯއަކީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ޖާބިރު ލަވައަކަށް ނަށާ މަންޒަރެވެ. އޭނާ ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވީ ވަރަށް ބޮޑަށް ހަމަޖެހިގެންނެވެ.

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ޝިފާ މުހައްމަދުގެ ކެމްޕޭންގައި އިއްޔެ ރޭ ޖާބިރު ވަޑައިގެންނެވީ ދައުވަތު ނުދީ ވަނިކޮށެވެ. ޝިފާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ސްޓޭޖް އަށް އަރައިވަޑައިގެން ޝިފާ ކައިރިއަށް ޖެހިވަޑައިގެން، "ހޮވިއްޖޭ"އޭ ގޮވާ ހެއްދެވި ގޮތުން އޭނާ "ނޯމަލް" ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ ހަފްލާ ނިމުމުން ޖާބިރު ވަޑައިގެންނެވީ ސްޓެލްކޯ ކައިރިއަށެވެ. ސްޓެލްކޯ ދޮރު ކައިރީގައި ތިބި ދެ މުވައްޒަކާ ދިމާލަށް އަތް އުއްކަވައި ޒުވާބުކުރެއްވިއެވެ. އޭނާ ރުޅި އައީ ސްޓެލްކޯއަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސެކިއުރިޓީން އޭނާ ހިފެހެއްޓުމުންނެވެ.

މާފުށީގެ ގެއެއްގެ ތެރޭގައި ހުންނަވައި ޖާބިރު ދެއްކެވި ވާހަކަ ވެސް ހަމަނުޖެހެއެވެ. ޖާބިރު ވިދާޅުވާ ގޮތުގައި މާފުށީ ޖަލު ގޭމިން ނުވަތަ މުނިފޫހިފިލުވޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އޭގެ ފަހުގައި އަރަބި ބަހުން ކޮންމެވެސް އެއްޗެއް ވިދާޅުވެއެވެ. އަދި "ދައުލަތުގެ ކަންކަން ބާރަށް ކުރިއަށް ގެންދަންޖެހޭ" ކަމަށް ވިދާޅުވެ އަނެއްކާ ވެސް އަރަބި ބަހުން އެއްޗެއް ވިދާޅުވެއެވެ.

ކޮންމެއަކަސް ޖާބިރަށް ދިމާވެފައި ވަނީ އާދައިގެ ކަމެއް ނޫނެވެ. އެއަށް ވުރެ މާ ސީރިއަސް ކަމެއް ނޫނީ އުނދަގުލެއް އޭނާ އަށް އެބަވެއެވެ. މިއީ އޭނާ އަށް ޖޯކް ޖަހައި ބަދު ބަސް ބުނަންވީ ވަގުތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިކަމުގެ ހައްލަކީ ރައީސް މައުމޫނު ޔާމީނުގެ ވެރިކަން ބަދަލްކުރަން މައުމޫނު ޖާބިރު އަތުންނެގި ފައިސާތަކުގެ މައްސަލާގައި ޖާބިރު ބޯ ގޮވީ ، ޖާބިރު ހީކުރީ ޔާމީނުގެ ވެރިކަން ނިމުނީމަ ޖާބިރަޢް ވަރަށްމޮޅުތަކެއްވާނޭ ރީނދޫވެރިކަމުގައި ޖާބިރު އުނޑުގަ ނުޖެހި ބިމުގަ ނުޖެހި އުޅޭނަމޭ އެކަމަކު ރީނދޫގުރޫޕާ މައުމޫނު ޖާބިރަށްދިނީ ޗުކުބެ ކޮޅުދަތް ...

    84
    4
    • ލުޒީންތަ

      ﷲ ގެކުޅަދުންވަންތަކަންނިކަންދެކިބަލަ. ކެސިނޯއެއްގެމަތީގަ އި މިސްކިތެއްބިނާކުރާނަމޭ ބުނި ދުވަހުންފެށިގެން ޖާބިރަށްވަމުންދާގޮތްދެކިބަލަ.

      92
      5
  2. ސަމާ

    ވަރަށް ދެރަ. ވިޔާފާރިވެރިޔަކު ނެތި ދިއުމަކީ ގައުމަށްލިބޭ ދެރައެއް.
    ކޮއްމެ މީހަކަށް މުއްސަނދިވުމުގެ ގާބިލްކަމެއް ލިބިގެންނުވޭ. އެފަދަ މީހުންގެ ސަބަބުން ގިނަ ރައްޔިތުްނނަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ގިނަގުނަ ފައިދާކުރޭ.
    ޖާބިރަށް އެހީތެރވެދެއްވާ.
    ދިޔާނާވެސް ކެއްތެރިވެލައްވާ، އޭނާއަށް މިވަގުތު އެއްމެ މުހިއްމުވާނީވެސް ކަމަނާގެ އެހީތެރކަން.

    90
    14
  3. އަޙްމަދު ނަޝީދު

    ސަރުކާރުގެ ފަރާތުން މިކަމަސް ވިސްނަވާނެ ކަމަށް ހީކުރަން

    28
    3
    • ޜަނގަބީލު

      ޢަލީ ރަމީޒު މެންވެސް އޭނަ ބަދު ބަސް ނުބުނެ ހެޔޮ ނަސޭހަތެއް ދޭންވީ ނޫންތޯ.އަޅަމެންގެ މާތް ނަބިއްޔާ އަމަލު ކުރެއްވީ އަލީ ތި ވިދާޅުވިހެން ތޯ

      23
      6
  4. ޔާންޔާ

    މީ ދެން ވަރަށް ދެރަކަމެއް ........ މީނާޔާހެދި މިހާރު ދަރިންގެ އަހުލާގައްވެސް އެބަ ބަދަލު ތަކެއް އާދޭ ، މި ވަނީ މާސަޅިވކަމަކަށް . ގޮވާ އައުގުރާނާ އަޑު އަހަން ނުހުރެވެ . ލަދެއްހަޔާތެއް ނެތި މަގުމަތީ . މީނާ ހިފާހައްޔަރުކޮއްގެންވެސް ބަނދުކުރަންވެއްޖެ . އާއްމު އުނދަގުލަކައްވެއްޖެ . ގިނަފަހަރަށް ބޯއެގެން އުޅެނީ ވެސް .
    މީނަ ޔައް ފިޔަވަޅު ނޭޅެންޔާ މި ފާދައް އެއްމެންވެސް އުޅެންވީ .

    56
    2
  5. ސަޓޯ

    ދެލޯކަނު މީހަކަށްވެސް އެނގޭނެ ޖާބިރު އެއުޅެނީ ބޮއެގެން ކަން.. ހަމައެކަނި މައްސަލައަކީ މިގައުމުގެ ހުރިހާ ސިޔާސީ ފަރާތްތަކުން ތިބީ ޖާބިރުއަށް ދަރާފަ ކަން.. އެހެންވެ ކަމެއް ނުފެންނަ ކަމަށް ހެދިގެން ތިބެން މަޖުބޫރުވެފަ އެތިބީ... އިބްރާހިމް ސޯލިހު ވެސް އޮތީ ޖާބިރުއަތުން އެތަކެއް ފައިސާ ނަގާފަ...

    68
    4
  6. ހަފްސާ

    މީހަކު ރޯ އޮރިޔާމާ މަގުމަތީ ބެރުޖަހަމުން ދުވެނަގަންދެން އެއީ ބުއްދި ހަމަޖެހޭމީހެއް ކަމައް ބަލައިގެން އުޅެންޖެހޭތޯ.؟

    35
    2
  7. ސަނީ

    ޒާތީ ވެފަ ކަމައް ލިޔުމުން ފާހަގަަ ކުރެވެނީ

    9
    49
  8. ބާބޫ

    ޖާބިރަށް ދެއިރު އިރަކު ދިރޭ ބޯވާއެއް ފެނާ ނުލާ ކާންދޭންވީ މަހެއް ވަންދެން...................

    30
    2
  9. ފަޔާޒު

    ހަމަ ބުއްދިއަށް އަސަރު ކުރާ ޒާތްޒާތުގެ އެއްޗެހި ބޮވޭލެއް މަދީ.

    41
    1
  10. އާބިދާ

    މަމެން ޖާބެއަށް އެއޗެހިކިޔަން ނެތިމުއޭ... މަމަެން އެއޗެހި ގޮވާނީ ކާށިދޫ ދާއިރާ ރއްޔިތުންނަށޭ. ހުންނާނީ ކޭބަލް ކާރު ދުއްވިފައޭ

    52
    2
  11. ދުންޏާ

    މައުމޫނުގެ ކެހިވެރި އަނިޔާ ޖާބިރަށް ލިބެނީ

    30
    8
  12. ޒަރީނާ

    އަޅުގަނޑަށްގަބޫލެއްނުކުރެވޭ ޖާބިރުއަށް މާގިނަގޮތްތަކެއްވާނެކަމަކަށް .. ސަބަބަކީ އެބާފުޅާގެ ކައިވެނިފުޅުވެސް މިހާރުއެވަނީ ރުޖޫއަކުރަށްވާފަ.. ދުވަސްކޮޅަކަށް ނެންގެވި ބުރޭކުފުޅަށްފަހު ފެނިލައްވާހާ އަންހެންކަނބަލުންނަށް ދުއްތުރާފުޅު ނުކުރެއްވިއަސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެކަމަށް އުންމީދުކުރަން !!

    21
  13. މަނަލެއް

    ބައެއްގެ ސިޔާސީ ބޭނުމައް ޖާބިރު މަނަލެއް ގޮތައް ބޭނުންކޮއްފި. ފައިސާވެސް ހޯދަދީފަ ފަހުން އަތުލައިފި. ޖާބިރު މޮޅިއްޔާ އެމްމެން ގެ ވާހަކަ ދައްކާ ފަލާއަރުވާލަންކެރޭނެބާ؟

    23
    1
  14. ޙަސަން

    ޖާބިރަށް އެހެރީ ވަރުގަދަ ސިހުރެއް ޖައްސާފަ

    18
  15. ޏނމ

    ގާނޫނުގެ ކުރިމަތީގަ އެންމެން ހަމަހަމަ ޔޯ...މިވެސް ނިކަމެތި އާއްމުމީހެއްނަމަ މިހާރު އޮންނާނީ ޖަލުގަ..

    28
  16. ނުރަބޯ

    ވާގޮތަކީ ޖާބިރަކީ މީގެކުރިން ވަރަށް ނިކަމެތި ޙާލުގައި މާލޭ މަގުމަތީގައި ލޮލީ ވިއްކަން އުޅުނު މީހެކެވެ. މިހެން އުޅެނިކޮށް މާތްﷲ އޭނާ އަށް ތަނަވަސްކަން ދެއްވާ މަހުޖަނަކަށް ހެއްދެވީމާ އެކަލާނގެ އަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ތުންދިގުފުޅި ބޮއިގެން ހިތައް އެރިގޮތަކަށް އުޅެން ހަދައިގެން އޭނާގެ އަސްލު ސައިޒު އޭނާއަށް ދައްކަވަނީ.

    38
    3
  17. މީރާ ބޯއީސް

    ޖިންނި މޮޔަވެފާ ކާށިދޫ ވަލުތެރޭ މާރިދަކު އަވަލާފަ

    17
  18. އޭނާ އަޅެ ހަމަތަ؟

    ރީހެބަށް ފޮނުވާލާ

    21
    1
  19. ނައިބު

    މިކަހަލަ ދެއުޅިއެއް ނުވާ ތަންދޮރު ނުދަންނަ ޖާހިލު އަވަގުރާނަ ގޮވާ ނާޤާބިލް މީހަކު ބަޔަކު މީހުން ސަރުކާރުގެ މަތީ މަޤާމަކަށް އިންތިޚާބު ކުރި ކަމާ ދޭތެރޭގާ އަޖައިބުވެ އަންތަރީސްވަން. މީހާގެ ދުލުން މީހާގެ ހިތް އޮތްގޮތް އެންމެނަށް ސާފު.ބަސްމަގު ހުންނަނީ ސީދާ ޤުރުއާނާ ސުންނަތުގައި އަންގަވާފައިވާ ގޮތާ ޚިލާފަށް. މީނާގެ ޖާހިލުކަމުގެ ބައްޔަށް ފަރުވާއެއްދޭނެ ރަނގަޅު ބޭހެއް ހޯދާނެ ގޮތަކާއިމެދު ޢަމަލީ ފިޔަވަޅެއް އެޅުމަށް ކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލަން.

    19
    1
    • ޤައުމާއި ރައްޔިތުން އޮޔާދަނިއްޔޭ..

      ޤައުމެއް ނެތޭ ޤައުމެއް ނެތޭ

  20. ދަރަނި ބޯ

    ޖާބިރަކީ ބޮޑު ދަރަނި ބޮލެކެވެ. އޭނާގެ ދަރަނި މިލިއަން މިލިއަނުން މައްޗަށްގޮސް މިހާރު ހުރީ ދުވަހަކު ވެސް ބޯ ނުހިކޭ ހިސާބުގައެވެ. މީރާ އަށް ދައްކަން ޖެހޭ ފައިސާ ވެސް 100 މިލިއަނަށްވުރެ ބޮޑު ވާނެއެވެ. މިކަން ހައްލު ކުރެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

    15
    1
  21. ވަގުތީ ހަޔާތް

    ދެން ތިސޮރުގެ މުދަލާއި ފާއިސާތަކުން މަހްރޫމް ވެއްޖެނަމަ ކިހިނެއްތޯ އަދި ވާނީ

  22. ޢަލިބެ

    މޮޔަވީ

  23. ޙަންދާން

    މީނާގެ ބުއްދި ސަލާމަތުން ނުހުންނަކަން ދިވެހީންނައް ފެންނަން އޮތްއިރު.. އަދި އަދަބު އަޚްލާގު ގެއްލިފައިވާ މީހެއްކަން އިނގޭއިރު މީނާ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމައް ޝަރުތު ހަމަނުވާކަން އެނގޭއިރު އެތާގައި އެހުރެވެނީ.. މިގައުމުގެ އެންމެހާ އަސާސްތަކާއި ދުސްތޫރަ އަދި ގަވާއިދުތަކާއި ގާނޫނުތައް މި ވެރިކަމުގައި މުގުރާލެވިފައިވާތީއެވެ. މިހާރު އެ ގާނޫނުތަކާއި ގަވާއިދުތަކަކީ ބޭކާރު އެއްވެސް އަގެއް ނެތް އެއްޗަކައް ވެފަ މިވަނީ. އެއީ ވެރިންގެ ކިބާގައި އެކަންކަން ދެމެހެއްޓުމުގެ ގާބިލުކަމާއި ނިޔަތްވެސް ނެތީމަ.

    12
  24. ހާމިދު ޝާހިދު

    މައުމޫނު ބޮލަށްވަދެގެން އެފަކީރުގެ ފައިސާކޮޅު ހޯދައިގެން ޔާމީންގެ ވެރިކަން ވައްޓާލެވުނު ކަމުގެ މޮޔަހީވެގެން އެ ތެޅިބާލަނީ. ޖާބިރު މޮޔަވާހެން ސަރުކާރުވެސް މޮޔަވާނެ. އެހެނީ މި ބޮޑު ކޯޅި ސަނުގެ ފަންޑް ރައިޒާ އަކީ ޖާބިރު ކަމަށްވާތީ. އެކަމަކު ވެރިކަން ލިބުމުން ޖާބިރު ދޫކޮށްލީމާ، އެކަމުގެ ނަފްސާނީ ކަންތައްގަނޑެއްވެސް އެބައޮތް. އެހެން އޮއްވާ އަންބިކަނބަލުން ދިޔާނާ ވެސް ވަރިވެއްޖެ. އޭނާ މާލޭގެ މަގުތަކުގައި އޮރިޔާމުން ނުދުވަނީސް އޭނާއަށް ފިޔަވަޅުއަޅާ ފަރުވާދީ. ދިޔާނާ މެނަށް އޭނާ ނުބެލެހެއްޓޭނަމަ ފިޔަވައްސަށް ފޮނުވާލާ.

  25. އޭކު ސަވާލް

    ޓެސްޓް ކޮއްލަން އެބަ ޖެހޭ ދެއްތޯ؟

  26. ޑޮކްޓަރުން

    ހިކި ތަކެތީންވެސް ދިޔާ ތަކެތިންވެސް މަސްތު މަސްތު ވެއެވެ. މިކަންކަން ބަލަން ތިބޭ މީހުން ލޯ މަރައިގެން ކަންފަތަށް އުނގުރި ޖަހައިގެން ތިބޭ ކަމާމެދު ޙައިރާނެއް ފަހެ ނުވޭ ހެއްޔެވެ؟ އެކަލޭގެ ދެކެ ބިރު ގަންނަނީ ފަހެ ކޮންކަމަކާ ހެއްޔެވެ؟

  27. މޭރާ ޚެޔާލް

    ޖާބެ އަކީ ހަމަ ރަނގަޅަށް ވެސް ބޮޑު މޮޔައެއް، ބުއްދި ގޯސްވެފައިވާ ދީވާނާއެއް، ދިޔާތަކެތީގެ ފަރުވާ އިން ފަރުވާ ދޭން ޖެހިފައިވާ މީހެއް

  28. އަލް ޢަދުލު

    ސީޕީ ހަމީދޫ! މި ލެވެލްގައި އުޅުމަށް މިޤައުމުގެ ފަސްގަނޑުގައި ފުރުޞަތު ތިޔަދެނީ ކީއްވެތޯއެވެ؟

  29. ކާސިންބެ

    އޭނާ ބޭނުންވަނީ އޭނާގެ ފޮޓޯ މީޑިއާގައި ދައުރު ވުމަށެވެ. އެއީ ކޮންމެ ފަދަ ކަމެއް ކޮށްގެން ކަމަށް ވިޔަސް އޯކޭ އެވެ.

  30. ބޮލި މުލައް

    ބަނގުރަލަކީ ބުއްދި ގޯސްކުރާ އެއްޗެކޭ މީހުން ކިޔާތީ އަހަން

  31. އޭބޫ ނައުއްޓެކެ

    ޖާބިރު ގެ ބޮލަކަށް ހުއްޓޫ ކާށިދޫއިން ހޮވީ ނައުއްޓެކެ.

  32. އަހުމަދު

    ބަނގުރާ ބޮއިގެން ވާގޮތް އެވަނީ...

  33. ބޭސް

    ހަޤީޤަތުގައި ވަރަށް އުފާވެއްޖެ މި ލިޔުން ފެނިފައި، މިކަހަލަ ކަންކަން ސީރިއަސް ކޮށް ނެގީ ތީވެ، އެކަމު އަޅުގަނޑުގެ ސުވާލަކީ ޖާބިރު ފުރަމޭ މައްސަލަ އެއް ހުރޭތޯ، ސަބަބަކީ އާންމު ރާ ބޯކަމުގައި ވާނަމަ ފުރަމޭގެ ވަރަށް ބޮޑެތި ގެއްލުންވޭ މިގޮތުން އެއްކަމަކީ "އަލްކަހޮލިކް ސިރޯސިސް" ދެން މިއާ ގުޅެގޮތަށް ބަލަންޔާ، މިކަމުގެ ސަބަބުން ފުރަމޭ ރަނގަޅަށް މަސެއްކަތް ނުކުރުން ހިމެނޭ، މީގެ ސަބަބުން، ހަށިގަނޑު ވިހަނައްތާލަން ނުކުޅެދޭ، އެގޮތުން "އެމޯނިއަމް" ފަަދަ ނުރައްކާތެރި ބާވަތް ސިކުނޑި އައް ދަތުރުކޮށް، "ހެޕާޓިކް އެންސެފެލޯޕަތީ" ޖެހޭގޮތް މެދުވެރިވޭ، މިފަދަ ކަން ކަން މީ އޭގެ އަލާމާތް ތަކެއް، އުއްމީދު ކުރަނީ ޖާބިރު މި ކޮމެންޓް ކިޔާފި ނަމަ އެއްވެސް ބުރަ ކަމެއް ނުބާއްވާ ފުރަމޭ ޓެސްޓް ކުރުން، އަޅުގަނޑު ދުޢާ ކުރަނީ ޖާބިރަށް ދިމާވެފައިވާ ކަމުން މިންޖުވެ، ހެޔޮ ސިއްހަތެއް ލިބުން، އާމީން.