މަތީގައިވާ ދެ ފޮޓޯގެ ތެރެއިން ވާތް ފަރާތުގައި އިން ފޮޓޯއަކީ މާޒީއެވެ. ފޮރިން ސާވިސްގެ އޮފިސަރެއްގެ މަގާމުން ޚާރިޖީ ދާއިރާ އަށް ޚިދުމަތް ކުރައްވަން ފެއްޓެވި މިހާރުގެ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެތައް ގޮތަކުން ޚާއްސައެވެ. އާދައިގެ މަގާމަކުން ޚިދުމަތް ކުރައްވަން ފެއްޓެވި ޝާހިދު މިހާރު އެ ހުންނެވީ އދ. ގައި މީހަކަށް ހުރެވޭނެ އެންމެ އުހުގައެވެ. އެއީ އދ. ގެ އާންމު މަޖިލިހުގެ ރައީސްގެ މަގާމެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދަށް ލިބިވަޑައިގަތީ ގިނަ ގައުމުތަކެއްގެ ރުހުމާއެކުގައެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު ހޯއްދަވައިގެންނެވެ. ޝާހިދު އެ ހިސާބަށް ކުރެއްވި ދަތުރު އެއީ އޭނާގެ ހިތުން ފިލައިގެން ދާނެ ކަމެއް ނޫނެވެ.

ރާއްޖޭގެ ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެއްޓެވީ 1983 ގައެވެ. އޭނާ ވަނީ އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިތާ 10 އަހަރު ފަހުން ރާއްޖޭގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވެވިއެވެ.

Abdulla Shahid
އާއްމު މަޖިލީހުގައި ޝާހިދު ތަގުރީރު ކުރައްވަނީ

ޚާރިޖީ ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާ ޝާހިދު ވަނީ 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ހުރިހާ ތަޖުރިބާއާއެކު ފޮރިން މިނިސްޓަރު ކަމަށް ޝާހިދު ފުރަތަމަ ވަޑައިގެންނެވީ 2007 ގައެވެ. އޭގެ ކުރިން، 2005 އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ދެ ވަނަ ފަހަރަށް ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 17، 2018 ގައެވެ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޝާހިދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ، ޚާއްސަ އިސްކަމެއް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖެ އާއި ކޮމަންވެންތާ އޮތް ޒަމާންވީ ގުޅުން ކަނޑާލައިފައި ވާތީ އެ ގުޅުން އަލުން އިޔާދަކުރުމަށެވެ. އެތައް އަހަރެއްގެ މަސައްކަތަށް ފަހު، އެ ގުޅުން އަލުން އިއާދަކުރެއްވިއެވެ. ބޭރުގެ ބައެއް ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެއްވިއެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ ވަރަށް ބޮޑަށް "އެކަހެރި" ވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވިއެވެ. ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައި ދެއްވިއެވެ. ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިވުމުގެ މަގު އަލުން ފަހިކޮށްދެއްވިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ވެސް ޝާހިދުގެ ލީޑާޝިޕްގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

މިނިސްޓަރ ޝާހިދު މޯދީ އާ ބައްދަލު ކުރެއްވި ވަގުތުކޮޅުގެ ފޮޓޯއެއް - ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ކުރެއްވި ބައެއް މަސައްކަތް:

 • ދުނިޔޭގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން.
 • އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކާ އޮތް ގުޅުންތައް ވަރުގަދަ ކުރުން.
 • ރާއްޖެ އަށް ބޭނުންވާ އެހީތައް ހޯދުމަށް މަގުފަހި ކުރުން.
 • ޚާރިޖީ ދާއިރާގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރެއްވި މަސައްކަތް.
 • ކޮވިޑާ ގުޅިގެން ރާއްޖެ އަށް އެހީ ހޯދުމަށް ކުރެއްވި ބުރަ މަސައްކަތް.
 • ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރި ކުރުވުމަށް ކުރެއްވި މަސައްކަތް.
 • އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ކުރެއްވި މަސައްކަތް.

މި ހުރިހާ ސަބަބެއް އޮވެމެ، ޝާހިދު ވެފައި ވަނީ ނަމޫނާ "ލީޑަރެއް"ގެ ގޮތުގައެވެ. މީގެ 56 އަހަރު ކުރިންރާއްޖެ އިން އދ. ގައި ބައިވެރިވި ފަހުން މިހާ ބޮޑު ޝަރަފަކާއި ގަދަރެއް ދިވެހި ދަރިއަކަށް ލިބިފައެއް ނެތެވެ. ޚާރިޖީ ދާއިރާގެ ވަރަށް އާދައިގެ ވަޒީފާއަކުން ފައްޓަވައި ކެރިއަރުގައި އެ ދާއިރާ އިން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މަގާމަށް ޝާހިދު ވަޑައިގަތުމަކީ ހަމަގައިމުވެސް އާދައިގެ ކަމެއް ނޫނެވެ.

ހަމަ ޔަގީނުން ވެސް އެއީ ހިތްވަރު އެލުވާނުލައި ޝާހިދު ކުރެއްވި ބުރަ މަސައްކަތުގެ "ފޮނި މީރު" ކަމެވެ.

ޝާހިދު އޮސްޓްރިއާގައި.

އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާ އެކު އެ މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް އޭނާ ހަނދާން ކުރެއްވީ މާޒީއެވެ.

"މިއަދު އަޅުގަނޑު މިތަނުގައި ހުއްޓި ހުންނައިރު ހަނދާނަށް އަންނީ އަލަށް ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްތަކުގެ މަތިން. އެއީ އަޅުގަނޑުގެ ބޮލުގައި މިއަށް ވުރެ ގިނަ އިސްތަށި ހުރި ޒަމާން،" އދ.ގެ އާއްމު މަޖިލީހުގެ އާ ރައީސަކަށް ހޮވިވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ހުންނަވައި ޝާހިދު ފާހަގަކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގައުމުތަކުގެ ވެރިން މިއަދު ތަގުރީރު ކުރައްވާއިރު، ރިޔާސަތުގައި އިންނަވާނީ ޝާހިދެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން މިހާތަނަށް މި ފުރުސަތު ލިބުނީ 74 ގައުމަށެވެ. ރައްޔިތުން ފަހުރުވެރިވާން ޖެހޭ އެއް ސަބަބަކީ މިއީއެވެ.

އދ. ގެ ރައީސް ކަމަށް ހޮވިވަޑައިގަތުމަށް ފަހު "ވަގުތު" އަށް ދެއްވި އިންޓަވިއުގައި ޝާހިދު އެ ކާމިޔާބީ ހާއްސަ ކުރެއްވީ ދިވެހި ރައްޔިތުންނަށެވެ. ޝާހިދު ފުރަތަމަ ވެސް ހަނދާން އާ ކުރެއްވީ ރާއްޖޭގެ ރައްޔިތުންގެ މަތިންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ ފޮނުއްވެވީ ވަރަށް ޖޯޝުގައި ހުންނަވައެވެ.

ނިއު ޔޯކްގައި ހުންނަވައި ޝާހިދު ވިދާޅުވީ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބުވުމަކީ ވަކި ފަރުދަކަށް ލިބުނު ފަހުރެއް ނޫން ކަމަށާއި، އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ކާމީޔާބީއަކާއި ޝަރަފެއް ކަމަށެވެ. މިއީ ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި މިކަމުން ހާމަވީ ސަރުކާރުގެ "ސިޔާސަތުގެ ވަރުގަދަކަމާއި" "ސިޔާސަތުގެ ގަދަކަން" ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Shahid
އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން
މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ފެށިގެން މި ސަރުކާރުން ގެންގުޅުއްވީ ހަރުދަނާ ހާރިޖީ ސިޔާސަތެކެވެ. މި ހަރުދަނާ ސިޔާސަތުތައް ދުނިޔޭގެ ގައުމުތައް ވަނީ ބަލައިގެންފައިފައި ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވުމާއެކު، ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކުރިން ނުލިބުނު އެތައް ފުރުސަތުތަކެއް ދެން ލިބޭނެ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމާއި އިގްތިސާދަށް މިކަމުން ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެއްސަކު މި މަގާމުގައި އިނީމަ، އިހަށް ނުހުޅުވުނު އެތައް ދޮރެއް ހުޅުވިގެންދާނެ، ރާއްޖެއާ ގުޅަން ބޭނުންވާ ވެރިން ތިބޭނެ. ވެރިން ރާއްޖެއާ ބައްދަލު ކުރަން ބޭނުން ވާނެ. އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން ކުރިން ބައްދަލުނުވި ކިތަންމެ ވަޒީރުންނަކާ ދެން ބައްދަލު ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރު ހިނގާނެ އެއް ލީޑަރަށް ވާނެއެވެ. މީގެކުރިން ނަމަ އާންމު މަޖިލީހަށް މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށްގެން މައްސަލަ އެޖެންޑާ ކުރާ ތަން ފެނެއެވެ. އަދި ބައެއް މައްސަލަތައް އެޖެންޑާގެ ކުރިއަށް ގެންގޮސްގެން ކުރާ ފަހަރު ވެސް އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާކުރެއެވެ. އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ އެތައް ފުރުސަތެއްގެ ދޮރު ހުޅުވިގެންދެއެވެ.

މިއީ ހަމަ ޔަގީނުން ވެސް ދިވެހި ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. އިސްތިއުފާ

  ޝާހިދު އަށް ދެމަގާމް އަދާ ނުކުރެވޭނެއޭ ޝާހިދު ޖެހޭނީ ފޮރިންގް މިނިސްޓަރު ކަމުން އިސްތިއުފާ ދޭންއޭ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ

  42
  4
 2. ކަނބުލޮ

  އަހަރެމެން ފަޚުރުވެރިއެއްނުވަމު ސަބަބަކީ ރާއްޖެ ވިއްކާފައި ތިމާ މަތީ ފަންތިއަށް އެރިޔަތީ. ޤައުމު ބަނޑަށް ޖައްސާފައި މޯދީގެ ޕަޕެޓަކަށް ވާން ދިޔައީތީ ތިޔަތަނުގައި މަނިކުފާނު ތޭރިތަކުގައި ތާށިވުމުން ދެން ސަލާމަތްކުރާނީ ކާކުބާ. ޔަހޫދީންގެ ބައިގަނޑެއްގެ މުގުލުގައި ތިޔަހުރީ ނިކަން ތިޔަހައި މޮޅިއްޔާ ތިޔަ އެންމެން އިސްލާމްދީނަށް ވައްދާފައި ވަޑައިގެންނެވުމުން އެކަމާ ފަޚްރުވެރިވެވޭނެ އެއީ ޔަޤީންކަމެއް.

  56
  1
  • ކިސަޑު

   ދިިވެހިން ވިއްކާފަ މަގާމު ހޯދުމަކުން ފަޚުރެއްނެތް ދީންވެސް ވިއްކާލީ ތީ ހަމަ ޕޯޕް އެއް

   18
 3. ޢަލީ

  އުހަށް އެރުނީމާ އެ ހާޞިލްވީ އަމިއްލަ އަށް ދެކެމުން އައި ހުވަފެން.... މީނާ އަށް އުހަށް އެރުނީމާ ދިވެހި ރައްޔިތުންނަށް ދިވެހޮ ޤައުމަށްވީ ފާއިދާ އަކީ ކޮބާ ކޮބާ؟ ފޮރިން މިނިސްޓަރ އަކަށް ހުރެ އުދުހެމުން ދިޔައިރު ރައްޔިތުންނަށްވީ ފާއިދާ އެއް އެބައޮތްތަ؟

  50
 4. ކާފަބޭ2020

  އަޅުގަނޑުހަމަގައިމުވެސް ފަޚުރުވެރިއެއްނުވަން! ނަމަވެސް ފަކުރުވެރިވަން! ސަބަބަކީ ޕެންޑަމިކުހާލަތުގަރާއްޖެއޮތްއިރު އެތައްފައިސާއެއްޚަރަދުކޮށް އަދި އެގޮތްމިގޮތަށް އިންޑިއާގެ އެހީހޯދައިގެން ތިޔަގޮނޑިއެއްހޯދީ! ވީމާ ފަކުރުވެރިވަން!

  45
 5. ޙހހހ

  އަދި މިތިބީ ބަލަން ތީ ފަޚްރެއްތޯ ، ނޫނީ ޤައުމު އަޅުވެތިކޮށްފަ ހޯދި ޝަރަފެއްތޯ ، މިހެން ބުނަންޖެހެނީ ، ތި މަޤާމް ހޯދަން ހުރިހާ ޚަރަދެއްކުރީ އިންޑިޔާއިން އަދި އޭގެފައިދާވެސް އިންޑިޔާ އެދަނީ ނަަގަމުން ، އެއީ ތިމަޤާމަށްވުރެ އދ ގަ މަތީ މަޤާމެއް ، އެކަމަށް ކޮށާލިމަގަކަށްވެސް ތިވާނެ

  50
 6. ހުސޭނުބޭ

  ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ކާޕެޓުން ވައްކަންކުރުމާއި ފައިފުހިން ވައްކަންކުރުމާއި ބައިތުލްމާލުން އެންމެ ގިނަ ބޭކާރު ޚަރަދުކުރުންވެސް ހިމަނާލިނަމަ މި ލިއުން ވަރަށް ފުރިހަމަވާނެ!

  13
 7. ހުސޭނުބޭ

  ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ކާޕެޓުން ވައްކަންކުރުމާއި ފައިފުހިން ވައްކަންކުރުމާއި ބައިތުލްމާލުން އެންމެ ގިނަ ބޭކާރު ޚަރަދުކުރުންވެސް ހިމަނާލިނަމަ މި ލިއުން ވަރަށް ފުރިހަމަވާނެ

  11
 8. ޓިނު ދޮންބޭ

  މަނިކު ފާނު އެހުއްޓޫ ވަރަށް ވަރަށް އުހުގައި ދާ؟

  27
  2
 9. މުރާސިލް

  ތިކަމާއި ފަހުރުވެރި ވަނީ ކޮން ދިވެއްސެއް ހެއްޔެވެ؟ އަހަރެމެން ދިވެހިން މިއަދު މި އުޅެނީއަނގައާއި އަތާއި ދިމަނުވެގެންނެވެ

  11
 10. ކަނބާއައިޝާ

  ފަހުރުވެރިޔެއްނޫންވަނީ! ފަކުރުގަންނަނީ.!

  13
 11. UH

  ކިރިޔާ ހޮޑު ނުލެވުނީ މީތި ފެނިފަ!

  12
 12. އުގުރި

  ހުޅަނގުން ބޭނުންވާގޮތްތީ. ﷲ ހައް ޝިރުކު ކުރީމަ ބޮޑު މަގާމު ލިބޭނެ. އަވަހަށް ތައުބާވެ.

  17
 13. ހެހެހެ

  ހެހެހެ ގައިމުވެސް މަށެއް ފަޚްވެރިއެއް ނުވޭ. ގަންނަނީ ލަދު އެއީ ތިމާގެ އަމިއްލަ އެދުމަށް ޤައުމުވިއްކާލާ ވަރުގެ ދިވެހި ދަރިން މިޤައުމަށް އުޅޭތީ.

  14
 14. އަހުމަދު

  ފަހުރުވެރި ވާންޖެހޭކަމެއް ނެތް. އިންޑިޔާއަށް ގައުމު ވިއްކާފަ، ތަނެެއްގެ ރައީސްކަމަށް އެރީމަ އަހަރެމެން ލަދުގަންނަނީ

  14
 15. ވަތަން

  ނުވަން ފަހުރުވެރި އެއް...ސަބަބަކީ އިހުލާސްތެރިކަން ދެއްކީ ބޭރުފުށުން ކަމަށްވީތީ..ހަގީގީ އިހުލާސްތެރިކަމުގެ ކަންފުޅެއްވެސްނެތް..ޒާތީ ތައައްސަބުން ފުރިފަ ހުރި އަމިއްލަ އެދުންބޮޑު މީހެެ އް..

  20
 16. ޣުލަމޭ މުސްތޮފާ

  މިއުޅެނީއަންގަޔާ އަތާ ދިމާނުވެގެން ގައުމުގަ އޮތްހާ ލާރިތައް ތަޅަބުރުއްސާ ހޯދިމަގާމަކުން ރައްޔެތަކައް ވާނެމޮޅެއް ނެތް މިއުޅީ އިންޑިޔާއައް ދާނެ ވީސާވެސް ނުލިބިގެން ދެން އދ ގަ ކޮންފޮންނެއް ބިންދާކައް

  15
  1
 17. ނޫނު

  ޔާމީނަށް ކިހާވަރެއް ދީގެން ތިހާވަރަށް ހުޝާމަދު ކުރަނީ

  17
 18. މޯހަން..

  ހުވާ ކޮށްފަ މި ބުނީ، މަށެއް ފަޙުރުވެރިއެއް ނުވަން،،، ފުރަތަމަ މަގަަމާއި ހަވާލުވުމަށްވެސް ﷲ އަށް ޝިރުކު ކުރީ،،، މަގޭ ހިތުގަ އޮތީ ހުސް ނަފްތަރު

  23
  1
 19. Anonymous

  ރައްޔިތުން ފަކުރު ވެރިވަނީ. މުރުތައްދު ވެފަ ހުރި މީހަކައް ވާނީ ފަކުރު.

  14
 20. Anonymous

  ރައްޔިތުން ފަކުރު ވެރިވަނީ. އެހެންދީނަކައް އަޅުކަން ކޮއްފަ ހުރި މީހަކާ ހެދި ވާނެ ފަޚްރެއް ނެތް

  12
 21. އަލި

  ބުދަށް އަޅުކަން ކުރާ ފައްޅިތަކުގަ ދުވީމަވެސް ފަޚުރުވެރިވާންވީތަ؟

 22. Anonymous

  މިޒާތުގެ މީހުންނަކީ "ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެން" އުޅޭ މީހުން. މިމީހުން ހީކުރަނީ ރިޒުގު ދެއްވަނީ ހުޅަނގާއި އެމެރިކާނުންނާއި މޯދީމެންނޭ. މިހެން ހީކޮށް އެމީހުން ހަދާ ފާޑުފާޑުގެ ވަޟަޢީ ޤާނޫނުތަކަށް އާނހޫ ކިޔާފާ ދިވެހި ދައުލަތް އެމީހުންނާ ހަވާލުކޮއްގެން މި ތިބެނީ. މި މީހުން ހީކުރަނީ މި އިސްލާމީ ދިވެހި ދައުލަތަކީ މި މީހުންގެ އަމިއްލަ ވާރުތަ މުދާގަނޑެއްހެން. އަމުދުން މުސްލިމުންގެ ވެރިން އެވެރިންގެ ބަހަށް ހައްލަމުން، ހެއްލިއްޖެއްޔާ އެވެރިންގެ ގާތު އެންމެ "އިސްކޮޅުން ދިގު ފުންނާބު އުސް" ޤަދަރުވެރި ބަޔަކު ކަމުގައި ވާނީ މި މީހުން. އެއްގޮތަކަށް ވެސް އެހެނެއް ނުވާނެ. ޢަދުލުގެ ދުވަހު ނިޔާކުރައްވާހުށީ ޢަދުލަށް.

 23. މޮހޮނައްއޮޑި

  ތިޔައީ އަބްދުއްލޯ ޝާހިދު މޮޅުކަމުން އޭނަގެ ޚާރުޖީ ސިޔާސަތު ރަނގަޅުވެގެން ލިބުނުމަގާމެއްނޫން ތިޔައީ އިންޑިޔާއިން ބޭނުންވެގެން އެމީހުންގެ ބަސްވިކޭ މީހަކައް އިންޑިޔާއިން ހޯދަދިން މަގާމެއް އެއީ ކުރިންހުރިމީހާ ފާޅުގަ އިންޑިޔާއިން ކަންތައްކުރާގޮތައް އެއްޗެހިބުނާތީ ތެދެއް ނަމުގަ އޮތީ ދިވެހިރާއްޖެ ހުރިހާބާރެއް އޮތީ އިންޑިޔާގެ ސެކެއްޓެރީ އަކީވެސް އިންޑިޔާރުހޭ މީހެއް ތިތަނައްވެސް ތިއޮތީ ކޮރަޕްޝަންވަދެފަ

  6
  1
 24. ރަދީފް ހުސެން

  މަޖުބޫރުން ސިޓީއުރަ ހޯދަމުންދާ މީހާ މުޅި އުމުރު ތިހޭދަތިކުރަނީ އެގޮތުގަ. ސިޓީއުރައިގެ ބާރުގަ ތިލައްޒަތާ ތިހިޔަޅު ވިސްނުމައް ސުވާލު ކުރެވޭނެދުވަހެއްވެސް ހަމަގައިމު އަންނާނެ. އެދުވަހު ދޭނީ ކޮންޖަވާބެއްތޯއެވެ؟؟؟

 25. ބޮލި މުލައް

  ތިޔަ ހުޅުވާ ދޮރުތައް ވަރަށް ގާތުން ބަލަމުން މިދަނީ
  ސާހިދު ތިޔަ މަގާމަށް އައުމަށް ކުރި ހޭދައިން ގައުމަށް ލިބުނު ގެއްލުމުގެ ބަދަލު މީގެ 50 އަހަރުންވެސް ނުލިބޭނެ

 26. އިބޫ

  2018 ގަ ޝާހިދު ހުރީ މަޖްލިސް ރައީސްކަމުގައި.