ޒަމާނީ މި ދެ އެކުވެރިންނަކީ މިއަދު "ސިޔާސީ ހަތުރުން" އެވެ. ދެ ބޭފުޅުންގެ ކުރިމަތިލުންތައް އެކި ގޮތުން ފެނިއްޖެއެވެ. ދެ ރައީސުންގެ މެދުގައި މި އޮތް ސިޔާސީ ވާދަވެރިކަމަކީ ކޮންމެ ދިވެއްސަކަށް ސާފު ކަމެކެވެ. މި ނެތް ކަމަށް ދައްކަން ފުރަތަމަ ކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަން އުޅުނަސް، ދެ ބޭފުޅުންގެ އަމިއްލަފުޅު ދުލުން މިހާރު ވަނީ އެ ކަމަށް އެއްބަސް ވެސް ވެފައެވެ.

މީގެ ކުރީގައި ދެ ރައީސުން ކުރިމަތިލީ ޕާލިމެންޓްރީ ގްރޫޕްގެ އެތެރެއިންނާއި، ގައުމީ މަޖިލީހުގެ ތެރެއިން ކާމިޔާބު ކުރުމަށެވެ. ޕާލިމެންޓްރީ ގްރޫޕްގެ ބާރު ރައީސަށް އޮތަސް ފުރަތަމަ މެޗު، ރޭވުމެއްގެ ތެރެއިން ނަޝީދު ހޯއްދެވިއެވެ. އެކަމަކު އޭގެ ފަހުން ކޮންމެ ކުރިމަތިލުމެއްގައި ޕާލިމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގައި އޮތީ ރައީސްގެ ބާރު ކަން ވަނީ ދައްކުވައިފައެވެ.

އާންމު މެންބަރުންނާ ހަމައަށްދާ ފުރަތަމަ ކުރިމަތިލުން އޮތީ މާދަމާއެވެ. މުޅި ރާއްޖޭގައި ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ދެ ރައީސުން ކުރިމަތިލާނެ އެންމެ ބޮޑު މެޗެވެ. މި މެޗު ކާމިޔާބު ކުރާ ރައީސަކަށް އެމްޑީޕީގެ އެންމެ އިސް ގުނަވަން ލިބުނީއެވެ. އާންމު މެންބަރުންގެ ތާއީދު އޮތް ރައީސެއް ވެސް ސާފުވެގެން ދިޔައީއެވެ. އެމްޑީޕީގެ ހަގީގީ ބާރު އޮތީ ކޮން ރައީސަކަށް ކުރެވޭ ބަހުސް ގާތްގަނޑަކަށް ނިމުމަކަށް ގެނެވުނީއެވެ.

ނަޝީދުގެ ހަތިޔާރަކަށް "އެމްއެމްޕީއާރުސީގެ ޚިޔާނާތް"

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މި އިންތިޚާބުގައި ވާދަކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން އޮތެވެ. މިއީ ރައީސްގެ ފެކްޝަންގެ ދެ ބޭފުޅުންނެވެ. އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމަކުން މި ދެ ބޭފުޅުންނަށް ވާދަކުރެއްވޭނެ ގޮތް ކުރިމަތިކޮށްލިއެވެ.

އެހެންވިޔަސް ކުއްލި ގޮތަކަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް އިންތިޚާބުކޮށް، ރައީސްގެ ބޭފުޅުން ތިއްބެވި އެ މަޖިލީހުން ވަނީ މަހްލޫފާއި އަކްރަމް ވާދަކުރުމުގެ ފުރުސަތު ދެއްވައިފައެވެ. އެހެންވިޔަސް ނަޝީދުގެ ފެކްޝަން އަދިވެސް ގެންދަވަނީ "ހިޔާނާތްތެރިންނަށް ވޯޓު ނުދޭން" ކެމްޕޭނެއް ހިންގަމުންނެވެ. ރަށްރަށަށް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ވަޑައިގެން މެންބަރުންނަށް އެ ކަން ވިސްނައިދެއްވަމުންނެވެ.

ގައުމީ ހިންގާ ކޮމިޓީއަށް "ޚިޔާނާތްތެރިން ވާދަނުކުރެވޭ ޝަރުތު" ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވާ ގޮތުގައި މި އިންތިޚާބު އެމްޑީޕީއަށް މުހިއްމު ވަނީ ވެސް އެމްޑީޕީގެ އަސާސްތައް ދެމެހެއްޓުމަށެވެ. މި ގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ވެންޓިލޭޓަރުގެ ޚިޔާނާތް ބަލަން އެބަ ޖެހެއެވެ. "ޚިޔާނާތްތެރިންނަށް" ވާދަކުރެވުނަސް އާންމު މެންބަރުން އެ އަސާސްތައް ދަމަހައްޓައިގެން ވޯޓު ދެއްވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"އެމްޑީޕީގެ އާންމު މެންބަރުން ބަސް ނުވިކޭ ގޮތަށް އެމްޑީޕީގެ އެތެރެ ސަރުކާރުގެ ބައެއް ވަޒީރުން ވެގެން ހިސާރު ކޮށްފައި މި އޮތީ، އާންމު މެންބަރުން ދެކޮޅު، އާންމު މެންބަރުން ބޭނުމެއް ނުވާނެ ޚިޔާނާތްތެރިން، މާދަމާ ބާއްވާ ވޯޓުގައި އެ ކަން ފެނިގެންދާނެ، ފައިސާއާއި ނުފޫޒުތޯ ބޭނުނީ، ނޫނީ އިސްލާހަށް މަސައްކަތް ކުރަންތޯ ބޭނުމީ، އޭގެ ވޯޓެއް މި ނަގަނީ،" ބޮންޑެ ވިދާޅުވިއެވެ.

ނަޝީދުގެ އެންމެ އަރިސް އެއް މެންބަރު، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވެސް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު މުހިއްމު ވަނީ ޚިޔާނާތުގެ މައްސަލަތައް ކޮޅެއްގައި ޖެއްސުމަށެވެ. ނަޝީދުގެ ފަޅިއަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރު ލިިބިއްޖެނަމަ، ޚިޔާނާތުގެ މައްސަލަތައް ކޮޅެއްގައި ޖެއްސެން ދެން ސިލްސިލާ މުޒާހަރާއަކަށް ނުކުންނަވާނެ ކަމަށް ވެސް ދޮންބިލަތް ވިދާޅުވިއެވެ.

"ސަރުކާރަށް ނުވި ކަންކަން ވެސް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރެވޭނެ ހަމަ، އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ދެންނެވި ފަދަ ބޭފުޅުން އިންތިޚާބު ކުރެވިއްޖެނަމަ، ޚިޔާނާތުގެ ތަހުގީގު ނިމެންދެން މަގުމަތީގައި އަޅުގަނޑުމެން މުޒާހަރާ ކުރާން ގައުމީ މަޖިލީހުން ފާސްކުރާނެ، މި މައްސަލަ ކޮޅެއްގައި ޖައްސާފައި ނޫނީ މި ސިލްސިލާ މުޒާހަރާތައް ނުވެސް ނިންމާނެ." މެންބަރު ހަލީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ވަގުތު އިމޭޖަސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ވަގުތު އިމޭޖަސް

ރައީސް ދިފާއަށް ކުޅެ، ހަމަލާއަށް "އަމަލުތަކެއް"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރެއްވިއެވެ. ތ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރެއްވިއެވެ. ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރެއްވިއެވެ. އެމަނިކުފާނުގެ ކެންޑިޑޭޓުން ވެސް ގެންދަވަނީ ދަތުރުތައް ކުރައްވަމުންނެވެ.

މިއިން ކޮންމެ ރަށަކަށް ވަޑައިގެން އެމްޑީޕީގެ އާންމު މެންބަރުންނާ އެމަނިކުފާނު ބައްދަލު ކުރައްވައެވެ. އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މެދުވެރިކޮށް އާންމު މެންބަރުންނާއި މުޅި ރާއްޖެއަށް މެސެޖްތަކެއް ގެންދެވީ ދެއްވަމުންނެވެ. ރައީސްއާއި އެމަނިކުފާނުގެ ފަޅި ކެންޑިޑޭޓުންނަށް އަމާޒު ކުރައްވައިގެން ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.

މިއީ އެމްޑީޕީގެ ބާރު ނެތް ސަރުކާރެއް ގޮތުގައި ނަޝީދުގެ ފަޅި ސިފަކުރައްވާ ކުރެއްވުމަށް ރައްދު ދެއްވައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ 90 އިންސައްތައަކީ އެމްޑީޕީގެ މެންބަރުން ކަމުގައި ރައީސް ވިދާޅުވިއެވެ. ޚިޔާނާތުގެ މައްސަލަ ބެލެމުންދާ މިންވަރު ރައީސް ވިދާޅުވެދެއްވައެވެ. އާންމު މެންބަރުންގެ ކަންބޮޑުވުން ހުރި އެ މައްސަލަތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ވިދާޅުވެއެވެ.

ރައީސްގެ ފެކްޝަންގެ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ، މި ދަތުރުތަކުން ވެސް އެމްޑީޕީގެ އާންމު މެންބަރުންގެ ރުހުން އޮންނަ ވަރު ފެނެއެވެ. އެ ރަށްރަށުގައި ޒަމާނުއްސުރެން ފެށިގެން ނުވެ ހުރި ކަންކަން މިއަދު ހިނގާނީ ރައްޔިތުންގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވިއެވެ. އެހެންވެގެން ރައީސްގެ ބާރު ގެއްލޭނެ ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސްގެ ބާރު ގެއްލޭ މަންޒަރެއް، ދަތުރުތަކުން ރައީސްއަށް ކީ ހޫނު މަރުޚަބާތައް، ރަށްރަށުގައި ހިނގާ ޕްރޮޖެކްޓްތައް، އާންމު މެންބަރުންނާ ކުރި ބައްދަލުވުންތަކުން އެބަ ފެނޭ ނޫންތޯ މިހާރު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ކާކުކަން،" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯކައިދޫއަށް ވަޑައިގެން --- ފޮޓޯ: ރައީސް އޮފީސް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވިދާޅުވާ ގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި މައްސަލަތަކެއް އުޅެއެވެ. އެހެންވެގެން އޭނާއަކީ "ޚިޔާނާތްތެރިއެކޭ" ބުނެވޭކަށް ނޯންނާނެ ކަމުގައި ވިދާޅުވެއެވެ. އަދި އެ ކަން އެމްޑީޕީގެ އާންމު މެންބަރުން ވެސް ގަބޫލު ކުރައްވާނެ ކަމުގައި މަހްލޫފް ވިދާޅުވިއެވެ. އަދި ނަޝީދާ ދެކޮޅު ނަމަ، "އެމްޑީޕީ ނޫން މީހެއް" ގެ ޓެގް ނޭޅުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ސޯލިހްގެ ސަޕޯޓަރުން ވެސް ތިބޭނެ، ރައީސް ނަޝީދުގެ ސަޕޯޓަރުން ވެސް އުޅޭނެ، އަދި ދެ ރައީސުން ދައްކަވާ ވާހަކައަށް ތާއީދު ނުކުރާ ބަޔަކު ވެސް ތިބެދާނެ ކަން ގަބޫލު ކުރަން ޖެހޭ، އެކަމަކު އެމްޑީޕީ މީހުން ވާނީ އެމްޑީޕީ މީހުނަށް، ވަކި ރައީސަކަށް ތާއީދު ނުކުރީމަ އެމްޑީޕީ މީހެއް ނޫނޭ ބުނެ ރައްދު ދިނުން ރަނގަޅެއް ނޫން،" މަހްލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

އިންތިޚާބާ މެދު ސުވާލު އުފެދޭނެ ޖާގައަކަށް؟

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިމަތިވެފައި އޮތް އިރު، އެމްޑީޕީގެ އަސާސީ ގަވާއިދު މާނަ ކުރުމާއި އިންތިޚާބުގެ ޝަރުތުތައް "އޮޅުން ބޮޅުމަކަށް" އޮތީ ގޮސްފައެވެ. އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ ޚިލާފަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ގޮތް ނިންމުމުން ނަޝީދު ފަޅި ބޭފުޅުންގެ ނުރުހުން ވަރަށް ބޮޑަށް އެބަ އޮތެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ ނިންމުން މިފަދަ ގޮތަކަށް އައި އިރު، މަހްލޫފްގެ ޝަކުވާ ވަނީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) އަަށް ވެސް ގެންގޮސްފައެވެ. އީސީން އަންގާފައި އޮތީ ވަކި ގޮތަކަށް އަމަލު ކުރަން ކޮމިޝަނުން ނޭންގި ނަމަވެސް ފާހަގަ ކުރައްވާފައި އޮތީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން އެތެރޭގެ އިންތިޚާބުގެ ޝަރުތުތުތައް އަސާސީ ގަވާއިދުގައި ލިޔެވެން ޖެހެއެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައެޅިފައި އޮންނަން ޖެހެނީ ޕާޓީގެ އަސާސީ ގަވާއިދު ނޫނީ އޭގެ ދަށުން ހަދާ ގަވާއިދެއްގައި ކަން ބަޔާން ކޮށްފައިވާ ކަން އީސީން ފާހަގަ ކޮށްފައިވޭ،" މަހްލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދުއާއި ޗެއާޕާސަން ހަސަން ލަތީފް - ފޮިޓީޯ: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެ ވާހަކަތަކަށް ރައްދެއް ދެއްވިއެވެ. ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުތަކާ ގުޅޭ ގޮތުންނާއި ޕާޓީ ހިންގުމާ ގުޅޭ ގޮތުން ކަންކަން ކުރުމުގެ ބާރު އޮންނަ ކަމަށެވެ. އަދި އެ ގައުމީ މަޖިލީހުން ގޮތް ނިންމީ އެ ގޮތުގެ މަތިން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ގައުމީ ހިންގާ ކޮމިޓީން ނިންމި ނިންމުމެއް އެއީ، އެ ޝަރުތުތައް އަޅުގަނޑުމެން ބެލީ، އަޅުގަނޑުމެން އިންތިޚާބު ބާއްވަން ވެގެން ޝަރުތު ހަމަނުވާ ބޭފުޅުންނަށް ބައިވެރިކުރުން ނޫން ގޮތެއް ނެތް، ދެން ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ފޮނުވައިގެން މުއައްސަސާތަކުން ބެލީ ނަން އޮތީ ކޮން ބަޔެއް ކަމެއް، އެއިން ނަން އުނިކުރީ ވެސް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ނިންމި ސަބަބު ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް އެ ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއާއި ގައުމީ މަޖިލީހަށް އޮންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އަސާސީ ގަވާއިދާ ޚިލާފަށް ގައުމީ ހިންގާ ކޮމިޓީން އެއްވެސް ނިންމުމެއް ނިންމި ކަމަށް އީސީން ވެސް ވިދާޅުނުވާ ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑު ހަ ފަހަރު ކިޔައިފިން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން، އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަދި ނުވެސް ވިސްނޭ، އޭގައި އެ ވިދާޅުވާ ސަބަބެއް، ކީއްވެގެން ކަމެއް ވާދަކުރެވެންވީ އެ ބޭފުޅުންނަށް [އަކްރަމްއާއި މަހްލޫފްއަށް]،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަން ވެސް އޮތީ ފަށައިފައެވެ. ދެ ފެކްޝަންގެ ކޯޅުމުގެ ތެރެއިން މާދަމާ ފަށާ އިންތިޚާބު ނިމިދާނެ ގޮތެއް ބަލަން ތިބެމާއެވެ. މި އިންތިޚާބުގައި 455 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު ގިނަ މަގާމުތަކަށް ދެ ފެކްޝަންއިން ވެސް ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢުސައިމުދު

    ކޮން ދެ ރައީސުންނެއް؟ ތިތާހުރީ އެންމެ ރައީހެއްނު. ދެންހުރީ ބިޑި އަންނި. ވޯޓެއްނުލިބޭނެ ބިޑިބެއަކަށް.

    22
    1
  2. އަހުމަދު

    ނަޝީދު އައުޓް. ލާދީނީ ޖާހިލުން މިގައުމުގެ ސިޔާސީ ދާއިރާއިން ބޭރު ކުރަންޖެހޭ

    21
    1
  3. ދޯދި

    ތީ ހުސް ދަޅަ ... ރައްޔަތުން ބިކަ ވަނީ

    21
  4. ޢިޔާބު

    މި ގައުމު ހަލާކުކުރާ 2މީހުން

    27
  5. ނުބެލޭނެ

    ކިތަނންމެ ވާހަކައެއްދެއްކިޔަސް ތީހަމަ އެއްބައެއް ތަފާތީ ދެމީހުންގެނަން ތިޔަތަނުން ކޮންމެމީހަކައް ތިޔަވޯޓެއްކާމިޔާބުވިޔަސް ނުކެރޭނެ އެމްއެމްޕީއާރްސީގެމައްސަލަ ބަލާކައް މުޅިޕާޓީގައޮތީއެމްއެމްޕީއާރްސީގެ ފައިސާނަގާފަތިބިމީހުން ކިހެނެއް މައްސަލަބަލާނީ

    18
  6. ނަތިންގް

    ނަތިންގް އިންޓަރެސްޓިންގް އިން ދިސް ގޭމް ސޭމް ސްޓަފް ސޭމް ގާރބޭޖް ކެނެރީ ވާސަސް ދީފްރަމް އޯލް އާރ ޑަލް އެން ރުތްލެސް އެން ތީވްސް ދޯ...

  7. ފޭރާން

    މީ ވަގުތު މީހުން ނޫސްވިއްކަން ލިޔުން ލިޔުމެއް! ކެނެރީގޭ ސޯލިހުއާއި ކެނެރީގޭ ނަޝީދަކީ އެއްކެއުމެއްކާ އެއްއުޅުމެއް ހުންަނަ މި ޤައުމުގެ އިސްތިޤްލާލަށާއި މާތްވެގެންވާ އިސްލާމްދީނަށް އެއްވެސް ލޯތްބެއް ނެތް ދެޚާއިނުން ކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގޭ! ނޮވެމްބަރ11ގައި ދިވެހިންގެ ޅޭ ބޯލާގެންތިބި ޚާއިނުންގެ ލިސްޓް ކުރީގައި ތިބީ މި ދެޚާއިނުން. މި ޤައުމަށް ޖެހިފައި އޮތް ކޮންމެބަލާވެރިކަމެއްގައި މި ދެ ގައްދާރުންގެ ދައުރުއެބަ ފެނޭ! ވަރަށް ސާފުކޮށް! ތިޔަ ދެމީހުންނަކީ އެއްއާއިލާއެއްގައި އުޅޭނެ ދެމީހުން އުމުރަށްވެސް! އެކަން އޮންނާނީ އެހެން! ސަބަބު ވެސް ވަރަށް ސާފު! އިބްރާހިމް ސޯލިހުއަކީ ނުކިޔަވާސަންގޯރެއް! ސިއްކަގޭ ދަށުވެފައި އޮންނާނީ! ކެރަފާ އާއިލާ އާއި ސިއްކަ އަކީ މިގައުމުގެ ވެރިކަން ނުކުރެވުނަސް ވެރިކަމާ ބޫތުކާފަތިބި ދެއާއިލާ! މިގައުމުގައި ،މިއުޅޭ މައުމޫނު ގެ ނުބައި ފިތުނަވެރިކަމުން ރައީސްޔާމީނަށް ހަސަދަވެރިވެގެން މި ގައުމަށް އެންމެ ދުއްތުރާވެގެން މިދިޔައީ! ދެން ހުރީ ބުރުމާ އަނބުރާ އެނބުރޭ ބުރުމާ! މީ މައުމޫނަށް މާ ހެޔޮއެދިގެން އެއްފަހަރު ކަށިއަނބުރާ އަނެއްފަަހަރު އަނެއް ފަރާތަށް ކަށިބިންދާ ވަހުތާނެއްހެން އެނބުރޭ ބުރުމާއެއް! ގައުމު އިންޑިޔާ ފައިބުޑަށްވެއްޓުނީ މި ނުބައި ޚާއިނުންގެ ފިތުނަވެރިކަމާއި ފސާދާައިގެ ހީލަތްތެރިނުބައި ކަމުން. ﷲ އިރާދަކުރެއްވިއްޔާ މި ޚާއިނުންގެ ނުބައިކަމުން ﷲ މި ގައުމުސަލާމަތްކުރައްވާ ގައުމުދެކެ ލޯބިވާ ގައުމުގެ ސިޔާދަތާއި މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާވެރިޔަކީ ރައީސް ﷲު ޔާމިން. އެކަން އޮތީ ބަހާ ޢަމަލުންވެސް ދައްކަވާފައި. 2023 ކާމިޔާބުވާނީ އިންޝާﷲ ރައީށް ޔާމިނަށް !

    19
    1
  8. މޫސަ

    ރައްޔިތުން ވިސްނައި ފިކުރުކޮށްބަލަ މިއީ އެއްވެސް އިރެއްގައި އަދި މިހާރުވެސް ދެ ހަތުރުންނެއްނޫން މިދެމީހުން ނުލަފާ ރޭވުމެއް ރާވައިގެން މިދިވެހި ޤައުމު ހަލާކު މިކުރަނީ މިވެރިން ރައްޔިތުންނަށް ދަޅަދައްކާފަ އެކިއެކި ދީންތަކަށް މަގުފަހިކޮށްދީ އަދި ބަރުލަމާނީނިޒާމަށް ފުރޮޅާލައި، ލާދީނިއްޔަތަށް ހިމާޔަތްދީ މިތަނަށް އިންޑިޔާ ވަރުގަދަކުރަން ވެގެންކުރާ މަސައްކަތްމީ
    ދެންވެސް ރައްޔިތުން އަޅާނުލާ ތިބެއްޖެނަމަ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިޤައުމާއި، ރައްޔިތުން ހަލާކުވެގެން ހިނގައިދާނެ
    އިންޝާﷲ މިގައުމާއި، އިސްލާމް ދީނާއި، މިދިވެހި އުއްމަތަށް ސަލާމަތާއި ރައްކާތެރިކަން މިންވަރު ކުރައްވައި ޙައްޤަށް ނަޞްރުލިބި ބާޠިލް ނިކަމެތިކުރައްވާށި = އާމީން =

    19
    1
  9. މަ

    ފަޙު ގޭމު

    9
    1
  10. ބަކުރު

    މިއީ ދެބޯގެރި ދުއްވާ ދެރައީސުން ﷲ އިރާދަކުރެއްވިއްޔާ މިތަނުން ވަށްކަންކުރި ރައީސެއް ވަރަށް އަވަހަށް ޖަލަށްދާންޖެހޭނެ މުސްކުޅި އުމުރުގައި ޖަލަށްދާން ޖެހުމަކީ ގަބޫލުކުރެވޭނެކަމެއްނޫން .

    16
  11. ބުއްޅަބޭ

    އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ!

  12. މުޖޫ

    މަޙްލޫފަކީ މުސްތަޤްބަލުގައި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވަރަށް ރަނގަޅު ބޭފުޅެއް. އަދި ރައީސް އިބޫ އަކީ އެމްޑީޕީގެ ރައީސް ވެސް މެ.

  13. ރަމީޒު

    7 ވަނަ މެސެޖްގެ ތިރިން 2 ވަނަ ލައިން އިސްލާހް ކުރުމަށް

  14. ޕާޓީ

    ޖޭޕީީ މީހުނާ، ޕީޕީއެމް މީހުން ލައިގެން 94ހާސް ކިޔައި މިއުޅެނީ. އަޅުގަޑަކީވެސް އމޑޕ މީހެއްނޫން. އެކަމު ވޯޓްލާ ލިސްޓްގައި އެބައިން.

  15. ޢައއްތު

    ތީ ކޮން ނަމެއް ކިޔާ ކޮންބައެއް؟..ނޭގޭ ހަމަ !

  16. މޭރާ ޚެޔާލް

    އެއްވެސް ބޭނުމެއް އޮތް އިންތިޚާބެއް ނޫން

  17. ތެދު ބަސް

    ލާދީނީކަމަށް ބުނުމަކީ ހިސާނު ހުސެންޔޫސުފް ކިޔެވި ފޮތުގައި ވަނީ ބޮޑު ކުށެއް ކަމަށް، މާދީނީ ކަމަށް ބުންޏަސް ތިޔާގެ ތެރެއިން އެކަކުވެސް ރަނގަޅެއްނޫން، ހިންދޫންގެ ޕަޕަޓުން، ނާޤާބިލު ފިނޑި ބައެއް، އެހެންމީހުންލައްވާ ކޮރަޕްޝަން ހިންގުވައިގެނ އެކަމުގެ ފައިދާ އުޓާގަންނަ ދެމީހުން،

  18. 😑😑😑

    ތިދެމީހުންވެސް ގޯސް

  19. ތެދު ބަސް

    ޕާރޓީ ރައީސަކަށްވެސް، މަޖުލީހުގެ ރައީސަކަށްވެސް ޤައުމުގެ ރައީސަކަށްވެސް ނަޝީދު ކަމަކު ނުދެއެވެ. އޭނާގެ ފަރާތުން ޕާރޓީއަށް ކުރާ ހެޔޮ ރާހަތެއް ނެތެވެ. އޭނާގެ ސަބަބުން މަޖުލީސް ވަނީ ޚަރާބުވެފައެވެ. އޭނާގެ ޢަމަލުތައް ޤައުމު ވަނީ ފަސާދަވެ ސިޔާދަތު ގެއްލިފައެވެ.