ހުއްޓިލައިގެން ހުރީ 25 ބުރީގެ ޓަވަރެއްގެ މަތީގައެވެ. މިއީ "ގަނަތެޅޭ ދިރިއުޅުމެއް" ނިމުމެއް އައިސް "ހަމަޖެހޭ ދިރިއުޅުމެއް" ގެ ފެށުން ކަމުގައި ދެކި އެތައް ހާސް ދިވެއްސެއްގެ އުއްމީދީ އިންތިޒާރެއްގެ ނިމުމެކެވެ. އެކަމަކު، ރީތި އުސް އިމާރާތްތައް މި ހުރި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި މަޑުކޮށްލި ތަނާ ފެނުނީ މާ ރީތި މަންޒަރެއް ނޫނެވެ. ވަށައިގެން ފެންނަނީ ބޮޑެތި ކުނި ފުނިތަކެކެވެ.

ހިޔާ ޓަވަރެއް މަތިން މި މަންޒަރު ބަލާ މީހަކަށް މާ ބޮޑަށްވެސް ސާފުކޮށް ފެނެއެވެ. ޓަވަރުތައް ވަށައިގެން އޮތީ ކުންޏެވެ. އެ ސަހަރުގައި ހުއްޓިލައިގެން ބަލަން މަޑުމަޑުން ހުރެވުނެވެ. އެ ތަނުގައި ދިރިއުޅެމުންދާ ބައެއް މީހުންނާއި މަސައްކަތުގައި އުޅޭ ބައެއް މީހުން ހަމަ ކުނި އަޅަނީއެވެ. ދެ ޓަވަރެއް މެދުން ކުނި ފުންޏެއް އޮންނައިރު އަނެއް ދެ ޓަވަރު މެދު ޕާކިން ޒޯނެކެވެ. ކޮންމެ ހަތަރު ޓަވަރަކުން އޮތީ މި ގޮތަށެވެ.

ގިނައީ ކަރުދާސް ފޮށިތަކާއި އެކި ވަރުގެ ދަނޑިބުރިތަކާއި ޓަވަރުތަކުން ބޭނުންކޮށްފައި ހުރި ތަކެއްޗެވެ. ސިމެންތި ހުސްކުރި ކޮތަޅު ވެސް އެހާ ގިނައެވެ. ބޮޑަށް ހަމަ ބެލެވެނީ ޓަވަރު އެޅުމުގައި ބޭނުންކޮށް އިތުރުވި ތަކެއްޗާއި އެ ތަނުގައި ދިރިއުޅެން ފަށަން ވެގެން ފްލެޓްވެރިން ފިނިޝިން ނިންމަން ބޭނުންކޮށްފައި ހުރި އެއްޗެހިން އިތުރު ވެގެން އުކާލާފައި ހުރި ތަކެއްޗެކެވެ.

ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ކުނިފުނި ގިނަވަނީ - ވަގުތު އިމޭޖަސް

މައިގަނޑުކޮށް އެ ޒާތުގެ ކުނި ހުއްޓަސް އެ ތަނުގައި އެހެނިހެން ކުނި ވެސް ހުއްޓެވެ. ޓަވަރުތަކަށް ވަންނަ ދިމާއަށް އޮންނަ މަގުތައް ވެސް ކުންޏާ ހެދި އޮތީ ބަންދުވެފައެވެ. ދެ ޓަވަރު މެދުގެ މަގާއި ޓަވަރުތައް އެއް ފަރާތުން އޮންނަ ދިގު މަގުގައި ވެސް ކުނި އޮތް އިރު، މިއިން ކޮންމެ މަގެއްގައި "ކުނި އެޅުން މަނާ" ލިޔެފައިވާ ބޯޑު ވެސް ހުރެއެވެ.

ކުނި އެޅުން މަނާ ބޯޑު ޖަހާފައި ހުރި ސަރަހައްދެއްގައި ވެސް ކުނިފުންޏެއް - ވަގުތު އިމޭޖަސް

މިއީ ކިހިނެއް ޖަމާވީ ކުންޏެއްތޯ އެ ތަނުން ޓަވަރެއްގެ ތިރީ ފަންގިފިލާގައި އުޅޭ މީހެއް ކައިރި އެހުމުން އޭނާ ބުނީ އެއީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ފަހު އެތަނަށް އުކާލާފައިވާ ކުނި ކަމަށެވެ. ގިނައީ އެ ޒާތުގެ ކުންޏެވެ. އޭނާ ބުނި ގޮތުން ނަމަ، ދުވަހުން ދުވަހަށް އެ ކުނިފުނި ދަނީ ބޮޑުވަމުންނެވެ. އެ ސަރަހައްދުގައި ކުނި އެޅުމަށާއި ކުނި ބެހެއްޓުމަށް ޚާއްސަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސާފައި ނެތެވެ.

"މަހެއްހާ ދުވަސް ވެދާނެ މި ކުނިތައް މިހެން ހުންނަތާ، މި ސަރަހައްދު އޮންނަނީ ބެދިފައި،" އޭނާ ބުންޏެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ކުނިފުނިތައް ގިނަވަނީ - ވަގުތު އިމޭޖަސް

ޓަވަރުތަކުގެ ތެރެއިން ވެސް ކުނި

ޓަވަރަކާ ދިމާއަށް ހިނގައިގަތްއިރު މުޅި ތަން އެއްވަސް ކޮށްލީ ސިޑި ކައިރީގައި ޖަހާފައިހުރި ބޮޑު ކުނި ފުންޏެއްގައި ހުރި ކާ އެއްޗެހިތަކެއް ކުނިވެ އެ ތަކެތީގެ "ފުޅަ ވަހެވެ". ސަރަހައްދުގައި ރަސްކަން ކުރަނީ މެއްސެވެ. އަދި އެވަރުންވެސް ނިމުނީއެއް ނޫނެވެ. ތިރީ ޓަވަރުން ލިފްޓާ ދިމާލަށް ހިނގައިގަތް އިރު އަނެއްކާ އެ ފެނުނީ އަނެއް ކުނި ފުންޏެވެ. އެ ހަނި ގޯޅިން އެއް ފަރާތް އެއްކޮށް އޮތީ ކުނިން ފުރާލާފައެވެ.

ހިޔާ ޓަވަރެއްގެ އެތެރޭގައި ކުނި އަޅާފައި - ވަގުތު އިމޭޖަސް

މަޑުމަޑުން ހިނގާފައި ގޮސް ލިފްޓަށް އެރުމާއެކު ދެން ލޮޅުގައި އަޅައިގަތް ކަމަކީ ހިރަފުހެވެ. މުޅި ލިފްޓާއި ކޮރިޑޯއާ ފާރުތައް އޮތީ ހިރަފުހުން ތަތްތެޅިފައެވެ. ހިރަފުސް ގުޅަގުޅައަށެވެ. ލިފްޓް ތެރޭގައި ވެސް ކުނި އުކާފައި ހުއްޓެވެ. ސިނގިރޭޓް ބޮއެގެން އަޅާފައި ހުރި ކަން ވެސް ފާހަގަވިއެވެ. މީހުންގެ ފިޔަވަޅުތަކުގެ ހިރަފުހުން ކޮރިޑޯ އޮންނަނީ އެއްކޮށް ފުރާލާފައެވެ.

ހިޔާ ޓަވަރު ތެރޭގައި ސިނގިރޭޓް ބޮއި އުކާފައި - ވަގުތު އިމޭޖަސް

އެޗް ސެވެން ޓަވަރުގައި އުޅޭ މީހަކު ބުނީ ދޮރުހުޅުވާލާ ކޮންމެ ފަހަރަކު މުޅި ގޭތެރެއަށް ހިރަފުހުގެ އަސަރުކުރާ ކަމަށެވެ.

"މުޅި ސަރަހައްދުގައި އޮންނަނީ ހިރަފުސް. އަބަދު މިޖެހެނީ މިތަން ސާފުކުރަން،" މީގެ ދެ ދުވަހެއް ކުރިން ދެ ދަރިންނާ ފިރިމީހާއެކު ހިޔާ ފްލެޓަށް ބަދަލުވި އެ މީހާ ބުންޏެވެ.

މިއީ އެމީހާގެ އިތުރުން ހިޔާގައި އުޅޭ އެތައް ބައެއްގެ ހުރި ކަންބޮޑުވުންތަކެވެ.

ހިޔާ ޓަވަރެއްގެ އެތެރޭގައި ކުނި އަޅާފައި - ވަގުތު އިމޭޖަސް

ފްލެޓް ލިބުނަސް ލިބުނު ހިތްހަމަ ޖެހުމެއް އަދި އެއް ނެތެވެ. ރަނގަޅަށް އެއްވެސް ކަމެއް ބެލެހެއްޓޭނެ ގޮތެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. ހުރިހާ ކަމެއްވެސް އެހާ ދޯދިޔާއެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ މި ތަނުގައި ހުރި މި ކަމަށް ހައްލެއް ހޯދަން ބަޔަކު މާ ބޮޑަށް އުޅޭ ތަނެއް ނުފެނެއެވެ.

މި ތަނުގެ މަސައްކަތް ނިންމަން މި ސަރުކާރަށް ވެސް ތިން އަހަރެއްހާ ދުވަސްވީ އިރު ވެސް މިއިން އެއްވެސް ކަމެއް ބެލިފައެއް ނެތެވެ. ދެން ފެންނާނީ ހިޔާގެ ފްލްޓެތަކާއި އެއްވަރަށް ބޮޑެތި ކުނި ފަރުބަދަތަކެވެ. އެއިން ދެން ފެތުރޭނީ އެކި ކަހަލަ ބަލިތަކެވެ. ދިމާވާނީ އިޖްތިމާއި ބޮޑެތި މައްސަލަތަކެވެ.

ސަރުކާރުގެ ހަމަ އެއްވެސް އިދާރާއަކަށް މި މަންޒަރުތައް ނުފެންނަނީ ހެއްޔެވެ؟

މިހާރުން މިހާރަށް މިކަންތައް ހައްލުކޮށް އެ ތަނަކީ ދިރިއުޅޭ މީހުންނަށް އިޖްތިމާއި ގޮތުންނާއި ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ވާން ޖެހެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިތަނަށް ބަދަލުވާ މީހުންގެ އަދަދު ގިނަވާވަރަކަށް މި ފަދަ ގިނަ މައްސަލަތަކެއް ފެންމަތިވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޏަވިޔަނި

    ޔާމީން ހުރި ނަމަ ހަވާ އަރުވާފަ ތި ހަވާލު ކުރާނެ... ފުރި ހަމަ ކޮށްފަ ދޯ

    32
    2
  2. ފިސް ފިސް..

    އަޅޭ ދެން ކީކޭތަ ބުނާނީ. ކޮންމެ ކަމެއްވެސް ކުރަންވެސް ވަގުތު ނަގާނެ ދޯ. ތިމުޅި ޕުރޮޖެކްޓުވެސް، މިމުޅި ދިވެހިރާއްޖެވެސް މީ މޮޅު ކުރެހުންތެރިއެއްގެ ހިޔާލީ ކުރެހުމަކައް ވިޔަސް ރީތިކޮއް ކުރަހާ ނިންމަން ވަރައް ވަގުތު ނަގާނެ ދޯ. ނުވަތަ ރޯމް ވަޒަންޓް ބިލްޓް އިން ވަން ޑޭ އޭ ބުނާ އުސޫލުން މިމުޅި ދިވެހިރާއްޖެ، މި ފުރަމާލެ އަދި ހުޅުމާލެ ފޭސް 1 ވެސް ތަރައްޤީވީ 1 ދުވަހުން ނެއް ނޫނެއްނު. ކެއްކޮއްގެން ތިބެލަބަލަ. ލިބެން ޖެހޭ ހުރިހާ ޙިދުމަތެއްވެސް ލިބޭނެ އަވަސް މުސްޡަޤްބަލެއްގަ. އަދިތިތަންވެސް އަހަރުމެން އެންމެ ދެކެން ބޭނުންވާ ގޮތައް ވަރައް ހިތްޤައިމު ތަނަކައްވެސް ވާނެ...

    1
    8
  3. ކެރެފާ

    ސިންގަޕޫރު، ޖަޕާނުން އަހަރުމެން މިސާލު ޖަހަނީ، އެކަމަކު، 1980ގެ އަހަރުތެރޭ ކެރެލާގެ ކިބަޅި އަށްވުރެ ކަންތައްތައް ދެރަ. ވެރިންގެ އިހުމާލުން މިކަހަލަ ކަންތަކަށް ފުރުސަތު ހުޅުވެނީ... ޕްލޭންކުރުމެއްނެތް! !!!

    18
  4. ކަލޯ

    ދިވެހިންގެވެސް ތާކުން ތާކު ނުޖެހޭ ވިސްނުމުގެ ސަބަބުން މިކަހަލަ ކަންކަންވަނީ... މީގެ ކުރިން ދިވެހިން އުޅޭތަން ވަށައިގެންވާ ސަރަހައްދާއެކު ސާފުކޮށް ރީތިކޮށް އުޅުނީ އަމިއްލައަށް... މިހާރު ހަމަ ކަންނެތީ ދިވެހިން.

    23
    1
  5. ސސ

    އަމާބުނީތީ ފަރަށްދާ ބީދައިން ފުލެޓް ހަވާލުކުރީ ރައްޔިތުން ގަނާތަޅުވަން !

    11
    1
    • ޙަސަނާ

      "ގަނާތަޅުވަން" އެއް ނުކިޔާނެ. ކިޔާނީ "ގަނަތަޅުވަން". ރަދީފު ބަލާ ނުވަތަ ދިވެހިބަސް ދަސްކުރޭ.

  6. ކާފަބޭ2020

    ދިވެހީންކަންނެތިއްޔޭބުނެފަނިންމާނުލަށްވާށެވެ. ތިޔަމަސައްކަތްތަކަކީ ސަރުކާރުންކޮށްދޭންޖެހޭކަންތައްކަުގައި ބަޔަކަށްވިސްނައިދީ އެކަމަށްދައުވާކުރިމީހުން ޒިންމާނަހަންޖެހުނީމަ މިހާރުކޮބައިތޯ؟ ގެއާގޭގެދޮރުމައްޗާސާފުކޮށްގެން މިވެށީގެޗާލުކަންދައްކަމުންދިޔަ ފެހިފަހިދިރިއުޅުން ޚަރާބުކުރިމީހުންމިއަދުކޮބައިތޯ؟ އަށްޑަނަބަހައިގެން މިއާބާދީނައްތާލާފަ ކަންނެތޭބުނެފަނުނިންމާ!

  7. ސައިނާ

    މިކަން ވާނެކަން އެއްމެނަށްވެސް އިގޭ ދެން ކޮން ވާހަކައެއް މީ ދުވަސް ކޮޅަކުން ކަންކަން ރަގަޅުވާނެ

  8. މަގަތު ފާލަން

    ސަރުކާރުގެ އިދާރާ ތަކަކީ ކަންކަން ފެންނަ ބައެއް ނޫން އިބްުރާހީމް ފުޅު ކޮންމެ ފޮތެއް ވަރިހަމަ ވީމަ ދެން ވާނެ އެތި ވަނީ އެވެ

    10
    • އިބްރާ

      އިބްރާހީމަކީ ކަމެއް ކުރާނެ ގޮތުގެ ވައްޓަފާޅިއެއް އާޖެއްފާޖެއް ދަންނަ މީހެއް ނޫން. އޭނާއަށް ވެރިކަން ދޭށޭ އެކަހަލަ އަނެއް ބުރާންޗަކު ބުނީމާ، ކަނޑުކޮހުންގެ ބައިގަނޑަކު ވެރިކަމަށް ހޮވާފައި ހުރި މީހެއް.

  9. ހާލުފޮޅި

    ހިޔާ ފްލެޓްގައި ދިރިއުޅޭ، ފްލެޓް ލިބުނު މީހުންގެ ސާފުތާހިރުކަން މި ފެންނަނީ...އެވެސް އުކަންވީ ސަރުކާރުން... ދެން ބުނޭ ކުރީ ސަރުކާރޭ..

    1
    1
  10. ހަންޖާ

    ކިރެވެނީ ކޮންކަެއްތޯ ބަލާއިރު އިބްރޙީމް ފުޅުގެ ކޮއްތު އިރުންއިރަށް ކައްކާ އަށި މައްޗަށް އަރުވައެވެ

  11. ކަޅުދަބަސް

    ހުރިހާ ދިމާލަކުންވެސް ފެންނަނީ މިސަރުކާރުގެ ނާގާބިލްކަން، ވަކި ދިމާލެއްނެއް ތިނޫން ތަނެށް.

  12. އަހުމަދު ނީޒް

    މާލޭގެ ކުނީގެ ހާލަތު މި ދެދުވަހު އޮތް ގޮތް ގެނެސް ދެއްވާތި.