ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް އިދިކޮޅު ކޯލިޝަނުން އެއްކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގައި ލޯމައްޗަށް ރީތި މަންޒަރުތަކެއް ވަނީ ދައްކާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ގޮތެއް ނެތް އިސްތިއުފާދެއްވި ރައީސް ނަޝީދު ރިޔާސީ ރޭހުން ދުރަށް ޖެހުނުކަމަށް އިއުލާނު ކުރިހިސާބުން އިދިކޮޅުން ނެރޭ ކެންޑިޑޭޓުންގެ ކަންކަން ހަމަޔަކަށް އެޅުނީކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކަޑައަޅައި އެމްޑީޕީ އޮތީ އިއްތިހާދުގެ ތެރެއިން ރިޔާސީ ރޭހަށް ތައްޔާރުވެފައިކަމަށް އެފަރާތުން ދަނީ ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމިންއާއި ވާދަކުރެއްވުމަށް އިބުރާހިމް މުހައްމަދު ސޯލިހު އެމްޑީޕީން ދައްކާފައިވާއިރު ޖުމްހޫރީ ޕާޓީން ރަނިންމޭޓަކު ކަޑައެޅުމަށް ވަނީ ފުރުސަތުދީފައެވެ. ނަމަވެސް ފެންނަމުންދާ މަޒަރުތަކުންނާއި، ކަންކަން ހިނގަމުންދާ ގޮތަށްބަލާއިރު މި ނިންމުމަކީ ޖޭޕީއަށް ނިންމަން ފަސޭހަ ނިންމުމަކަށް ވަނީ ނުވެފައެވެ. ރަނިންމޭޓުންގެ ރޭހުގައި ޖޭޕީތެރޭގައި ތިއްބެވި ނައިބް ލީޑަރުންނާއި، ޤާސިމް އިބްރާހިމްގެ އަރިސް ބޭފުޅުންނާއި، އަނބިކަބަލުން ފައިވިއްދަމުންދާއިރު މި ނިންމުމަކީ މިއަދު ޖޭޕީއަށް ނިންމަން އެންމެ އުދަގޫ ނިންމުމަށް ވަނީ ވެފައެވެ.

އިދިކޮޅު އިއްތިހާދުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަޝީދާއި، އެމްޑީޕީކަމަށް ބުނަމުންދިޔަ ޤާސިމް އިބްރާހިމްއާއި، ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންނަށް މިފަދަ އުދަގޫ ނިންމުމެއް ނިންމަން ޖެހިދާނެކަމަށްތައްޔާރުވެފައި ނުވާކަމަށް ބައެއް ފަރާތްތަކުން ދެކެވެ. ކޯލިޝަން ތެރޭގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރަނިންމޭޓަކު ކަޑައަޅާނީ ޖޭޕީގެ އިސްލީޑަރު ޤާސިމް އިބްރާހިމްއެވެ. ނަމަވެސް ޤާސިމަށްވެސް މިނިންމުން ނިންމުގައި އުދަގޫތަކެއް ކުރިމަތިވަނީ މިކަމަށް ވާދަކުރައްވާ ބޭފުޅުން ގިނަވެފައި ވާދަވެރިކަން ބޮޑުވުމުންނެވެ. ވަކި ބޭފުޅަކަށް ތާއީދުކޮށް ނަމެއް ކަޑައަޅައިފިނަމަ ކޯލިޝަންތެރެ އިތުރަށް ރޫޅިދާނެކަމުގެ ބިރުވެސް އޮތުމުންނެވެ.

ރަނިންމޭޓަކު ކަނޑައެޅުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކައި އެމަޤާމަށް ކިތަންމެ ބަޔަކު ކުރިމަތިލިޔަސް ޤާސިމް ރުހުން ލިބޭމީހަކު ނޫނީ އެމަޤާމަށް ނާދެވޭނެކަމަށްވެސް ގިނަބަޔަކު ޤަބޫލުކުރެއެވެ. ރަނިންމޭޓުންގެ ރޭހުގައި ޖޭޕީތެރެއިން ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ޤާސިމް އިބްރާހިމްގެ ހަގު އަނބިކަބަލުން އައިޝާތު ނަހުލާ (އައިޝާ) އާއި ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ އަމީންއާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއާއި، ޑރ.ހުސެއިން ރަޝީދު ހަސަން އާއި، އަހުމަދު ފަޔާޒްއާއި، ޑރ.އަބްދުﷲ މައުސޫމް ހިމެނެއެވެ.

ރަނިންމޭޓަކު ކަޑައެޅުމުގައި ޖޭޕީ ގޮތް ހުސްވެފައިވާއިރު އެޕާޓީގެ ތެރޭގައި މި ބޭބޭފުޅުން ވަރަށް ވަރުގަދަޔަށް ދަނީ ކެމްޕެއިންވެސް ކުރަމުންނެވެ. ޤާސިމްގެ ރުހުން ލިބޭނީ މިވަގުތު ކޮންކަމެއް ކޮންގޮތަކަށް ކޮށްގެންތޯ ބަލައި، އަދި ކޮންބޭފުޅަކު މެދުވެރިކޮށް ވާހަކަދައްކައިގެންތޯ ބަލައި އެހުރިހާކަމެއްވެސް ދަނީ ހިނގަމުންނެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން ރަނިންމޭޓަކު ކަޑައަޅާނީ އެކަމަށް ހުޅުވާލައި، ކުރިމަތިލާ ބޭފުުޅުންގެ މެދުގައި ކައުންސިލުން ނަގާ ސިއްރުވޯޓަކުންނެވެ.

ޖޭޕީގެ އަސާސީ ޤަވާއިދުގައި ކޮންމެ ގޮތަކަށް ލިޔެވިފައި އޮތްނަމަވެސް ރަނިންމޭޓަކު ކަޑައަޅާނީ ޤާސިމްގެ ރުހުންލިބޭ ބޭފުޅެއް ކަމާއިމެދު އެބޭފުޅުންވެސް ޝައްކު ނުކުރައްވައެވެ. ޤާސިމްއަށް މި ނިންމުން ނިންމުމުގައި ފަހަތުފަޔަށް ބުރަވެ ލަސްތަކެއް ވަމުންދަނީ ސަބަބުތަކެއް ހުރީމައެވެ. އެފަދަ މަޤާމަގަށް އަންނަ ބޭފުޅަކީ ޤާސިމްއަށް އިތުބާރުކުރެވޭ ޤާސިމްއަށް ވަރަށް ވަފާތެރި ބޭފުޅަކަށް ވާނެތޯ މިއީ މިއަދު އުފައްދާ ސުވާލުތަކެވެ.

ރަނިންމޭޓަކު ކަނޑައެޅުމުގައި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ކޯލިޝަން ބައިބައި ވުމަށް ލިބޭ ފުރުސަތެއްކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އިދިކޮޅު ކޯލިޝަަނަށް އެތެރޭގެ މައްސަލަތައް ހައްލުނުކުރެވޭނަމަ އިންތިޚާބް ކާމިޔާބް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކަމަށް ހުރިހަމަށް އެބޭފުޅުންވެސް ޤަބޫލުކުރެއެވެ.

އިދިކޮޅު ކޯލިޝަނުން ވާދަކުރަން ހުންނެވީ މިއަދު ވެރިކަން ކުރައްވަމުންދާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށްވާއިރު، ރައީސް ޔާމީން ބަލި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަަމަށް އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރެއެވެ. ރައީސް ޔާމީންގެ ކެމްޕެއިން ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ޤައުމަށް ގެންނަމުންދާ ތަރައްޤީއާއި ކުރިއެރުމަކީ މިއަދި އިދިކޮޅު ކޯލިޝަނަށް އިންތިޚާބް ކާމިޔާބް ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި އެފަރާތްތަކުންވެސް ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިލުފުށި

    ޖޭޕީގެ އަސާސީ ޤަވާއިދުގައި ކޮންމެ ގޮތަކަށް ރަނިންމޭޓަކު ކަޑައެޅާނީ ގާސިމް

  2. ސާރު

    އަނގަ ގަނޑު އަލީހުސޭނަށް ނަމަނަމަ ނުދޭތިގާސިމާ އަންނިގެ ރޭވުމުން ގާސިމުގެ ހުރިހާބާރެއްކެނޑޭ ގޮތަށް ކަންކުރެވޭތޯބަލާނެ މިހާރުވެސް އެމްޑީޕީމީހުން އެކަހަލަ ވާހަކަދައްކާ އަޑުއިވ

  3. މަނިކުފާނު

    ރައީސްމައުނުކަމުނުދިއަ ރައީސްނަޝީދުކަމުނުދިއަ

  4. އެދުރުބެ

    ނާއިބަކަށް ޖުމްހޫރީން ނަގަން އެމްޑީޕީ އިން ބޭނުންވަނީ އެމްޑީޕީ އެކްޓިވިސްޓް މރ.ކެންދޫ. ޥަގުތު ޖެހުމުން ރީނދޫ ވާނެ.

  5. މުފީދު

    ރަނިންމޭޓަކަށް އެންމެ އެކަށީގެންވަނީ އޮނަރަބަލް އަބުދﷲ ކަމާލުއްދީންއެވެ. ޢެމަނިކުފާނަކީ ވަރަށް ތަޖުރިބާކާރު ޝާހީ އާއިލާއަކަށް ނިސްބަތްވާ މާލެ އުފަން ބޭފުޅެކެވެ.