ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ނެތްވާހަކަ އަކީ ގިނަ ޒުވާނުންގެ ޝަކުވާއެވެ. ސުކޫލު ދައުރު ނިންމާ މުޖުތަމައަށް ނިކުމެ މަގުއޮޅިގެންދަނީވެސް ވަޒީފާއެއްނެތީމާއޭ ބުނާއަޑުވެސް އަހަމެވެ. އެހެންނަމަވެސް ރާއްޖޭގައި ހުރި ދިވެހި ރުކަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް އިތުރު ވުމުން މިއަކީ މުޅިންތާކުން ތާކު ޖެހޭ ވާހަކައެއްނޫންކަން އެގެއެވެ.

ދިވެހި ރާއްޖޭގައި ވަޒީފާގެ ފުރުސަތު ކިތަންމެހާވެސް އެބައޮތެވެ. ވަޒީފާއަދާ ކުރަންނުކެރެނީއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑުގޮޑީގައި އޭސީ ކޮޓަރީގައި އިދެ ގެންނަ ފައިލްގައި ސޮއެކޮށްލާ ވަރުގެ ވަޒީފާއެވެ. އެހެންނަމަވެސް ހުރިހާ އެންމެން މިވިސްނުން ގެންގުޅެފިނަމަ އިޤްތިޞާދީބޮޑު އަދަވަޅަކަށް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރު ބޮޑެވެ. ވާހަކައެއް ބުނަން ހެއްޔެވެ. އެއްވެސް މީހަކަށް އަރާ ބޮންތިއަކު ނުހިފޭނެއެވެ.

މިއަދު ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ބަލާއިރު އެ މަސައްކަތްތެއްގައި ބިދޭސީން ބައިވެރިނުވާ ނުވަތަ އެމީހުންގެ އަތެއް ނުވާ ދާއިރާއެއްނެތެވެ. ދިވެހިންގެ އިގްތިސާދުގެ މައިގަނޑު ދާއިރާ، ފަތުރުވެރިކަމުގައިވެސް ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ. އަދި ދިވެހިންގެ ލޭނާރުގައިވެސް ބިދޭސީންގެ ލޭ ދަނީ އިތުރު ވަމުންނެވެ. މިދައްކަނީ މަސްވެރިކަމުގައި ބިދޭސީން އުޅޭ ވާހަކައެވެ.އަދި ފިހާރަތަކަށް ބަލާލިކަމުގައި ވިޔަސް ސޭލްސްމަނަކަށް ނުވަތަ ފިހާރާގެ ސޭޓަކަށް ނަމަވެސް ބިދޭސީއަކު މަސައްކަތް ނުކުރާ ފިހާރައެއް ނެތޭ ބުނެވިދާނެ އެވެ. މިހެންކަމުން ވަޒީފާގެ ފުރުސަތު ނެތްކަމަށް ދައްކާ ބަހަނާ ޤަބޫލު ކުރެވޭކަށްނެތެވެ. ހުރި ކަންނެތް ކަމެއްގެ ސަބަބުން ވަޒީފާ އަދާ ކުރަން ނުކެރެނީއެވެ.

ކޮންމެޔަކަސް އަމިއްލަޔަށް އިޚްތިޔާރުކުރާ މަގަކުންގޮސް މަގު އޮޅުނީ ވަޒީފާއެއް ނެތީމައޭ ބުނާ މީހުންނަށް ވާހަކައެއް ބުނެލާނަމެވެ. ކޮންމެ މީހަކަށްވެސް އިޚްތިޔާރު އޮވެއެވެ. ކެރިގެން ވަޒީފާތަކަށް ކުރިމަތިލާށެވެ. އެއްވެސް ވަޒީފާއަކީ ހަޑި ވަޒީފާއެއް ނޫނެވެ. ހަމަގައިމުވެސް މަގުމަތީގައި ގަނުތެޅުމައްވުރެ ރީތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަ

    ތެދު ވާހަކައެއް

  2. ބުނެލީ

    ދީބަލަ ވަގުތުން ވަޒީފާއެއް. ގޭގަ އިނދެގެން ކުރަން. ???

  3. ތާޖުދާރީން

    ތީވަރައްރަންގަޅުވާހަކަ ތަކެއް. ޙަމައެއާއެކު ވަޒީފާ އަދާކުރާމާހައުލު ގަހުރިނޭދެވޭކަންކަމައް އަލިއަޅުވާލޔންވެސް މުހިންމު.

  4. ހާސާނު2018

    އަދާކުރަން ނުކެރެނީ ހަމަ! ދިވެހިންގެ ހިތްމޮޅުކަމާއިއެކު ކަންނެއްކަން ލާމަސީލް! ކަމޭހިތުމާއި އިޚްލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތީ! ބޭނުންވަނީ މުޅިންވެސް ވައިޓް ކޮލަރ ޖޮބްސް! މީ ހަގީގަތްކަމުގައި ދެކިގެން ދިވެހިންގެ ކިބައިން މިދެރަ ސިފަ ފުހެލަން މަސައްކަތް ކުރަނީ ފަހެ ކާކުބާ!

    • ފާތިމާ

      ތިޔައީ މުޅިއަކުން ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. ސަބަބަކީ ވެމްކޯގެ ކުނި އުކުމުގެ މަސައްކަތުގައި ދިވެހި އަންހެނުންނާއި ފިރިހެނުން އުޅޭލެއް މަދެއްނޫން. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް އެކަމުގެ އެކަށީގެންވާ އުޖޫރައެއް ދިނުން މުހިންމު. މިސާލަކަށް މާލޭގެ މަގުތަކުގެ ޖަންކްޝަންތައް ސާފުކުރަން ދާން ދިވެއްސަކަށް 100 ޑޮލަރު ހުށަހަޅާއި އޭނާ އާއިލާއާއި ރަށޤ ދޫކޮށް މާލެއައިސް ހުރުން އެއީ "ކެރިގެން، ހިތް ތިރިކޮށްގެން" ވާނެ ކަމެއް ނޫން.

  5. ބަލާތި

    ރާއްޖޭގެ ގިނަ ފިރިހެން ޒުވާނުން ގެ ކަމަކީ ގޭގައި ތިބެގެން ޓްވީޓް ކޮށްގެން މައިންބަފައިންގެ ތައްޕާހުން ދިރިއުޅުމެވެ. ލޫކާސް އެއީ އޭގެ މުއްލާ އެވެ. ދިސް އިޒް އިޓް. ދަރާ ވިކި މީހުން އަތުން ފަހުން ދޭ ގޮތަށް ނަގާފައިވާ ފައިސާ ގަނޑުގެ އަދަދު ބުނަން ވެސް ނޭގެއެވެ. ލަންކާގައި ތިބޭ ކިޔަވާ ކުދިން އަތުން އެކުދިންގެ ޓިއުޝަން ފީވެސް އަތުލަނީއޭ ފަހުން ދޭނަމޭ ކިޔައިގެން.

  6. ލޯކަލް

    ލިޔުންތެރިޔާގެ އިލްމީ ފެންވަރު ވަރަށް ދަށްކަން އިނގޭ މި ކިޔާލުމުން. އެކޮއެ ވޮލަންޓެރީ އަންއެމްޕްލޯއިމަންޓް ކިޔާއެއްޗެއް ގޫގްލް ކޮށްލާފަ މިލިޔުންއަލުން ކިޔާލަމާ އަމިއްލަޔަށް. ރާއްޖޭގައި ކިޔަވައިގެން ތިބި މީހުނަށް ވަޒީފާނުދީ ބޭރު ކުންފުނިތަކުން ކިތަންމެ ބައިވަރު ދިވެހި ކިޔަވައިގެން ތިބޭ މީހުންގެ ވަޒީފާ ނަގާލާ. އެހެން ގައުމުތަކުގައި އަމިއްލަ ރައްޔިތުންނަށް ވަޒީފާޔަށް ހޮވުމުގައި އިސްކަންދޭ ޕޮލިސީތަކެއް ހުއްޓަސް މިގައުމުގައި އެވާހަކަ ދައްކާނެ ބަޔެއް ނެތް. ދެންތިކިޔާ ބޮންދުންގެ މުސާރައަކީ މާލޭގައި އުޅެވޭވަރުގެ މުސާރައެއްނޫން. މިނިމަމްވޭޖް؟؟؟

  7. ސައްބީސް

    ވަޒީފާ އޮތީކޮންތާކުތޯ؟
    ރާއްޖެތެރޭގަ ވަޒީފާގެ ފުރުސަތު އެބިއޮތްތޯ؟
    ރާއްޖޭގެ ރަށްރަށު މީހުން މާލެ އާސްސަ ގެދޮރު ކުޔަށް ހިފާގެންތިބެ ވަޒީފާ އަދާކުރާ ވާހަކަތޯ ތިދައްކަވަވީ
    މިހާރު މާލޭގަ ހަމައެކަނި އެއް ކޮޓަރި ކުއްޔަށް ލިބެނީ. 8000ރ އާއި 10000ރ އާއި ދެމެދުގަ ޑިގްރީނަގާގެން ވަޒީފާއަށްދާ މީހާއަށް މިލިބެނީ އެމެގިނައިން ލިބޭ މީހާ އަށްވެސް 12000ރ
    މާލޭގަ ނުކިޔަވާ ރަށުތެރޭ ގިނަވެގެން އުޅޭ މީހާއަށްވެސް ލިބޭ ގެދޮރުން އެއަށްވުރެ ގިނައިން

    ލިޔުންތެރިޔާއަށް މިމެސެޖް އިން އެއްޗެއް ވިސްނޭނެ ކަމަށްހީކުރަން. ހީކުރަން މި ކޮމެންޓް ޖަހާދޭނެކަމައް

  8. 123

    ރަނގަޅު ވާހަކައެއް.. އެކަމަކު ކަންކަން ރަނގަޅުވާނީ އެންމެންވެސް ހިތްތިރިވާން ދަސްކޮށްގެން.. އެއީ މުޖުތަމަޢުގެ 'އެކްސްޕެކްޓޭޝަން' ބަދަލުނުވަންޏާ އެއްވެސްމީހެއް ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިފުޅު 'ކަޑަ' ވަޒީފާއަކަށް ދާކަށް..
    މިސާލަކަށް މިހާރު މަސްވެރިކަމަކީ 'ދިވެހިންގެ ލޭނާރޭ' ބުންޏަކަސް އިހު އޮތީ އެމަސައްކަތަކީ ވެސް 'ކަޑަ' ނުވަތަ 'ދަށް ފަންތީގެ' މީހުން ކުރާ ކަމެއްގެ ގޮތުގައެވެ. އެކަން ބަދަލުކުރަން އޭރުގެ ސަރުކާރުން ކުރި މަސައްކަތް ބަލައި މިހާރުގެ މިކަމަށްވެސް ޤައުމީ ފެންވަރެއްގައި ރޭވުންތެރިކަމާއެކު މަސައްކަތްކުރަން އެބަޖެހެއެވެ.

  9. މަނިކު

    ޒުވާން އާބާދީގެ ދެބައިކޮޅުއެއްބައި ވަޒީފާ ނެތިފައި މިއޮތް ތިޔާގި ގައުމުގައި އުޅެން ޖެހުމުގައި އަސްލު ގިނަ ސަބަބުތަކެއް އޮތްކަމަށް ފެނޭ. މިސާލަކަށް: ތިބުނާ ރިސޯޓްތަކުގައި ގިނަފަހަރު ވަޒީފާޔަށް ހުޅުވާލަނީ ނޫހެއްގައި ޖަހައިގެނެއް ނޫން، އިންޓަނެޓް ނުވަތަ ބޭރުގެ ރެކްރޫޓްމަންޓް ވެބްސައިޓްތަކުގައ. ދެން ރިސޯޓްތަކުގެ ދިރިއުޅުން. ދެކުނިންތަ އާންމު މުވައްޒަފުން ނިދާ ތަންތަން؟ ޖަލަށްވުރެ ގިނަފަހަރު ހާލުދެރަވާނެ. ދެން ތިޔަ ރުކަށްވުރެ ގިނަ ބަންގާޅަމީހުންގެ ވަޒީފާގެ އުޖޫރަށް އެއްވެސް ގައުމެއްގެ ބަޔަކު މަސަތްކަތެއް ނުކުރާނެ.

  10. ޢަލީ

    ވަޒީފާ ވެސް އެބައޮތް. ބޭނުންވަނީ ބޮޑު ގޮނޑީގަ އިނުމެއްވެސް ނޫން. އެކަށޭނަ މުސާރައެެއް ލިބުން. ބޭރު މީހުންނަށް އެމީހުންގެ ޤައުމަށް ދިޔައިމަ އެ ބޮޑު އެއްޗަކަށް ވިޔަސް ދިވެހިންނަށް އެލިބޭ މުސާރައިން ނޫޅެވެނީ

  11. ގާސިމް

    ހަމަ ކަންނެތް ކަމާ ގޮތްނެތްކަން ލާރި ހޯދާނެ ފަސޭހަގޮތްތައް ވެސް ހުންނަނީ ހާއްސަކޮށް އަންހެން ވެރިންނަށް

  12. ދޮންބެ

    އަމިއްލަޔަށް އިޚްތިޔާރުކުރާ މަގަކުންގޮސް ތިމާ އަމިއްލަޔަށް ހަލާކުވީމަ މިމީހުން ރަނގަޅުކުރާށޭ ކިޔައިގެން ބޭކާރު ޚަރަދު ކުރެވޭއިރު، ތިމާގެ އަމިއްލަ ބާރަކާ ނުލާ ޖެހޭ ބަލިތަކަށް ބޭސްކުރާކަށް ސަރުކާރުގަ ފައިސާއެއް ނުހުރޭ. އަސްލުގަ ސިނގިރޭޓް އަދި މަސްތުވާތަކެތި ބޭނުންކުރާމީހުންނަށް އާސަންދަވެސް ލިބިގެން ނުވާނެ. މީ އަމިއްލަޔަށް ކުރާ ކަންތައް.

  13. ރިސޯޓްބަކުރު

    ނޮޓް އިނަފް މަނީ..... މަދުވެގެން ސެވަން ހާސް މުސާރަ