ރާއްޖޭގައި ކުށްތައް ކުރާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އޭގެ ތެރޭގައި އެއްވެސް ބިރަކާއި ނުލައި މީހެއްގެ ފުރާނަ ނަގާލާ މީހުން ވެސް ހިމެނެއެވެ. މީހަކު މެރުމުން އެމީހަކަށް ލިބެނީ ކޮން އުފަލެއްކަން ނޭނގުނު ނަމަވެސް ޔަގީންވާ އެއް ކަމަކީ އެފަދަ ނުބައި ކުށެއް ޖެހިލުމެއް ނެތި ކޮށްލާ މީހުން ރާއްޖޭގައި އެބަތިއްބެވެ. މިއަދަކީ ވެސް އެފަދަ މީހަކު ނުވަތަ ބައެއްގެ އަނިޔާވެރިކަން ފެނިގެން ދިޔަ ދުވަހެވެ. އދ. ދަނގެތިއަށް އުފަން އެރަށު މޮނަލާޒް، މަހުމޫދު އަބޫބަކުރު (57އ) އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ މިއަދު ވަނީ ފެނިފައެވެ.
މިއަދު މުޅި ރާއްޖޭގެ އިތުރުން ދަނގެއްޗަށް ބިރުވެރިކަމާއި ސިހުން ލިބިގެން ގޮސްފައިވަނީ އެރަށުގެ ވިޔަފާރިވެރިއަކު އެރަށުގައި މަރާލާފައި އޮއްވާ ފެނުނު ޚަބަރުންނެވެ. އެކަން ހިނގާދިޔަ ގޮތާއި އެކަމެއް ކޮށްފައިވަނީ ކޮންބައެއްތޯ ތަހުގީގު ކުރުމުންދާއިރު، ގިނަ ބަޔަކު އަންނަނީ އެކަންކަމާއި ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް އެކަމެއް ކުރީ ކޮންބައެއްތޯ ނުވަތަ ކޮން މަގުސަދެއް ހާސިލު ކުރަންތޯ ނޭނގެއެވެ.
ދަނގެއްޗަކީ ވަރަށް އަމާން ރަށެކެވެ. މީން ދުވަހަކު ވެސް އެރަށުގައި ނުރައްކާތެރި މާރާމާރީއެއް ވެސް ހިނގާފައެއް ނެތެވެ. އަމާންކަމާއި، ސުލްހަވެރިކަމާއިއެކު އަބަދުވެސް އެރަށަށް މަރުހަބާ ކިޔަމުން އަންނަނީ ފަތުރުވެރިންނަށެވެ. މެހެމާނުންނަށެވެ. ނަމަވެސް މިއަދަކީ އެރަށުގެ ތާރީހް ބަދަލުކޮށްލި ބިރުވެރި ދުވަހެކެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މަހުމޫދު ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ރޭގެ މެޗަށް ފަހު 11 ޖަހާކަންހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް ގެއަށް ނައިސްގެން ކަމަށެވެ.
މުއާވިޔަތު ވިދާޅުވީ، މަހުމޫދަކީ ރަށުގެ އެންމެންނާއި ވެސް ގުޅިގެން ސަކަ މިޒާޖެއް ހުންނަ މަޖާ މީހެއް ކަމަށެވެ. އެހެންކަމުން މަރުގެ އިންޒާރެއް ވެސް އޭނާއަކަށް މިއިން ދުވަހެއްގައި ލިބިފައި ނުވާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
މަހުމޫދުގެ ވިޔަފާރިތަކަށް ބަލާއިރު، އޭނާ އަކީ ރަށުގައި މޮނަލާޒް ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ގޭހުގެ ވިޔަފާރި ވެސް ކުރަމުން އަންނަ ފުދުންތެރި މީހެކެވެ. "އެއްވެސް ކަހަލަ ޒުވާބެއްކޮށް، މީހަކާއި މައްސަލައެއް ޖެހިފައި ނުވާނެ މަހުމޫދަކާ. އެއާވެސް މަހުމޫދު ހިތްހެޔޮވާނެ. އަޅުގަނޑަށް ހަމަ ޔަގީން އެއްވެސް ކަހަލަ މައްސަލައެއް މީހަކާއި ނުޖެހޭނެ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
މަހުމޫދުގެ މަރާއި ގުޅޭގޮތުން މުއާވިޔަތު ވިދާޅުވީ، އެކަމުގެ ރަށުތެރެއިން ދެ މީހަކަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ދެމީހުންނަކީ ވެސް އއ. ތޮއްޑޫއަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި ކަމަށް ބެލެވެނީ އެރަށުން ބޭރު ކުރީ. ދެން މިރަށުގައި އުޅެން ހުއްދަ ދިނީ ކައުންސިލުގައި އެދުމުން"
އެނގިފައިވާ ގޮތުގައި އެކަމުގައި ތުހުމަތު ކުރެވޭ ދެމީހުންނަކީ މީގެ ދުވަސްކޮޅެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް ގެއްލުން ދިނުމުން ރަށުގެ ރައްޔިތުން ނުކުމެ ބޭރުކޮށްފައިވާ ދެ މީހުންނެވެ. އޭގެ ފަހުން މާލޭގައި އުޅުމަށްފަހު އެމީހުން ދަނގެއްޗަށް ބަދަލުވީއެވެ.
މުއާވިޔަތު ވިދާޅުވީ، މަހުމޫދު މަރާލަން ޖެހޭނެ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށާއި ބޮޑަށް ބެލެވެނީ އެއީ މަހުމޫދުގެ އަތުގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހުންނަކަން އެނގިގެން އެކަމުގެ ދަހިވެތިކަމުގައި ހިނގާފައިވާ ޖަރީމާއެއް ކަމަށެވެ.
"ފައިސާގެ މައްސަލައެއް ވެސް ޖެހިފައި ނުވާނެ. މިބުނީ މީހަކަށް ފައިސާ ދޭކަށް ޖެހިފައެއް ނުވާނެ. އަޅުގަނޑު ތުހުމަތު ކުރާނީ އެބޭފުޅާ އަތުގައި ހުރި ލާރި ބޭނުން ވެގެން ކުރި ކަމެއް ކަމަށް. އެއީ މަހުމޫދަކީ ވޮލެޓުގައި ވެސް ގިނައިން ލާރި ބަހައްޓައިގެން އުޅޭ މީހެއް. ހުރިހާ ވަގުތަކު ވޮލެޓުގައި ލާރި ހުންނާނެ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ފެނިފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
މަހުމޫދު މަރާލައި ވައްޓާފައި އޮތް ވަޅުތެރެއިން އޭނާގެ ހަށިގަނޑު ނަގާފައިވާއިރު، މުއާވިޔަތު ވިދާޅުވީ، ހަށިގަނޑުން ޒަހަމްތަކެއް ފެނިފައި ނުވާ ކަމަށާއި އެހެން ނަމަވެސް، މައްޔިތާގެ ހަށިގަނޑު ވަޅުން ނެގި ވަގުތު ލޭ ފޭބި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ދަނގެތީ ރައްޔިތުން ނިކުމެ ވަނީ ފުލުހުންނާއި ހަވާލު ކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަރާލި މަހްމޫދުގެ އަންބަކާއި ފަސް ދަރިންގެ އިތުރުން އޭނާއަށް ކާފަ ކިޔާ ކުދިން ވެސް ތިބޭ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ދަނގެތީގައި ތިން ފުލުހުން ތިބޭއިރު އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެއަތޮޅުގެ ވެރިކަން ކުރާ މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ޓީމެއް ވެސް މިހާރު ވަނީ މަހިބަދޫ އަށް ގޮސްފައެވެ. އަދި ފުލުހުންގެ ހާއްސަ ޓީމެއް މާލެ އިން ދަނގެއްޗަށް ދަތުރު ކުރަމުން ގެންދާ ކަމަށް ފުލުހުން މިރޭ ވިދާޅުވެފައި ވެއެވެ.
ބިރުވެރި ގަތުލުގެ މާގިނަ މައުލޫމާތެއް އަދި ނުލިބެއެވެ. މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެންކަމުން ދަނގެތީ ރައްޔިތުންނާއި އަދި އެހެން އެންމެން ވެސް ތިބީ މި ބިރުވެރި ގަތުލާއި ގުޅޭ ގޮތުން ލިބޭނެ މައުލޫމާތެއްގެ އިންތިޒާރުގައެވެ.
ސުވަރުގޭގެ ދާއިމީ ނިއުމައް މިންވަރުކުރައްވާށި އާމީން
ލާދދީނީ އެމްޑީޕީގެ އަތްމަތީބަސް ބިރުފަހަނަ އަޅާދިއުން ބިރު ފަހަނަ އަލާ ދިޔާމާ ފެންނާނެ ނަތީޖާ ފެންނަމުން މިދަނީ ލާދީނީ އެމްޑީޕީން ބޭނުންވަނީ މިޤައުމު ނާމާންކޮށް އަޅުވެތިކޮށްގެންވެސް ވެރިކަން ދައުލަތުގެ ތަނަވަސްކަން ކައިހުސްކުރަން އެކަން ކިތަންމެހާވެސް ރަނަގަޅަކަށްކޮށް އެކަމުގެ ނަތީޖާ ފެނިގެން އެބަދޭ ހިތާމަހުރިކަންކަން
ޕިންކް ވެރިކަމުގަ މާ ބޮޑައް ހީވަނީ ބިރު ފަހަނަ އަޅާ ދިޔަހެން
ޜައީތުން ހައްހުގައޭ ކިޔާފަ އަންނަ އެތްވެސް ސަރުކާރަކުން ރައިތުންނަށް އަމާންކަމެތް ހޯދައެތް ނުދެވުނު ދެން ރައިީތުން މިކަންކަމުގަ އަޑުއުފުލަން ނިކުންނަންވީ އެނޫންގޮތެއްނެތް ދުވަހެތް ދުވަހަކަށް މަސްތުވާތަކެތި ގިނަވަނީ ގޭނގުތަށް ގިނަވަނީ ފުލުހުންނަށް އޮބި އޮންނަވަރެތް ނޫން މީހަކު މެރުޔަސް ސަތްކެތް ނެތް މިންވަރަތް އެކަން ސާބިތުވެގެން މަރުގެ ހުކުމް އިއްވިޔަސް ވެރިޔަކަށް ހުންނަ މީހާ ހުޅަނގު ދެކެ ބިރުން އެކަން ތަންފީޒު ކުރާކަށް ނުކެރޭ
ކޮޮބާ ބޮންޑޭ ؟؟ އޭނަ ނިކަންމޮޅުވާނެ ކެމެރާތަކުން މީހުންހޯދަން.. މުހަންމަދުނަޝީދުގެ ކަމެއްނޫންވީމާ އެތިބެނީ ހިރުވާތަންކަހާވެސްނުލާ ..
ދެން ފެށޭނީ އެއްކަލަ ތަހުގީގު.
ނިމޭއިރު ކުށްވެރިޔާ އަށް ބަދަލުގެ ގޮތުގަެއި މިލިޔަނުން ލިބޭނެ.
މަރުވި އާއިލާގެ މީހުން ރޯން ތިބީމާ، މައސަލަ އެހިސާބިން ދުނިޔެމަތިން ނިމުނީ،
1992 ވަނައަހަރުގައި (މުޅިދުނިޔޭގެވެސް) ބޮޑެތި ކުށް އެންމެ މަދީ މިގައުމުގައި.
މީ މިހާ ރު މަޖަލަކަށް މީހުން މަރާ ގައުމެއް ބާ؟
ތިރަށެއްގަ އުޅޭނެ ޕާޓޭންކޮޅެއްވެސް. އެމީހުންނަށް ހެވަކަށް ކަމެެއްކޮށްދޭން އުޅުނަސް ބޯޑު ދުއްޕާން ކުރަނީ.
ކޮބާ އިންސާނީ ހައްގޭކިޔާ ހިއުމަންރައިޓުކޮމިސަން މިކަހަލަ ކަނެތް ނުވާ ޖަމިއްޔާތަށް ހަދައިގެން ރައީތުން ފައިސާ އިސްރާފު ކުރަނީ
ދަގެއްޗަކީ އަމާން ރަށެއް ނޫން. މީގެ އެތައް އަހަރު ކުރިން ފެށިގެން މަސްތުވާތަކެތީގެ ހާއްޔަކަށް ވެފައި އޮތް ރަށެއް.
ކެނަރީ ބުނާނެ އެކުދިންނަކީ ބަލިކުދިންނޭ ނޭގިހެންކުރެވުނު ކމެކޭ ދެން އޮއްބަލާ ދެން ބުނޭ ކުރީސަރުކަރުގެ ކަމެކޭ އިސްލާމީ ސަރީއަތް ތަންފީޒް ނުކުރަހާ ހިނދަކު ތިކަން ވެގެނ ދާނީިގއުމުގާ އާނމުކަމަކަށް މެއްސެއް މަރާލުން ފަދަ ކމަކަށް ކޯޓުތަކުން ސާބިތެއް ނުވާނެ ދުވަސް ކޮޅަކުން މިނިވަންވެގެން އަނެއް މިހާގެ ފުރާނަ ދުއްވާލާނީ ބަލަގަ ނަސީދަށް ހަމަލާ ދިނެޔިޔާ ހައްޔަރުކުރިމީހުން ދުވަހަކުވެސް މިބެރިކަމެއްގަ ސަލަމަތެއް ނުވަނެ