ޤައުމަކީ ދިވެހިރާއްޖެއެވެ. އިސްލާމީ އުއްމަތު އިސްލާމުންނެވެ. އަހުންނާއި އުހުތުންނެވެ. އަވަށްޓެރިންނާއި ރައްޓެހިންނެވެ. ނަމަވެސް ވެފައި މިވަނީ ސިޔާސީ ހަތުރުންނަށެވެ. މިއީ، އުރުގައި އޮންނަ ތުއްތު ކުއްޖާވެސް ހެކިވާނެ އަދުގެ ހަޤީގަތެވެ.

ދެހާހުގެ ކުރީކޮޅުންސުރެ ދިވެހިރާއްޖެ ވަނީ ސިޔާސީ ހަލަބޮލިކަމާ ދިމާއަށް މިސްރާބް ޖަހާފައެވެ. ބާރު ދުވެލީގައި ދުވި "ޑިމަކްރާތީ އޮޑި" މިވަނީ މާސިންގާ ކަނޑަށް ބެހިގެން ގޮސްފައޭ ބުންޏަކަސް ދިގަކަށް ނުވާނެއެވެ. މި އޮޑިއަށްވުރެ ބޮޑަށް ދައްކަން ވެފައި މިވަނީ މި އޮޑީގައި ތިބި ތަޅުވެރިންނާއި ދަތުރުވެރިންނާ ދެމެދު ހިނގަން ފެށި ހަނގުރާމައިގެ ވާހަކައެވެ.

"ކަލޭގެ ވެރިޔާ މިހާރުވެސް ކަރަ ކަރައިގައި އޮވެ އެޔޮށް ހޯއް ބޯއް ލައްވަނީ" އެކަކު ބުނެލިއެވެ. "ކަލޭގެ ވެރިޔާ ގަނޑުވަރުގައި އޮވެ އަހަރެމެން ނިކަމެތި ކުރަނީ" ކުރިމަތިލި އެކުވެރިޔާ ބުނެލިއެވެ. މިއޮތީ ފެށިފައެވެ. ސިކުންޑީގައި ތެތްކަމެއް ނެތްކަން ޔަޤީން ވެއްޖެއެވެ. އެކުވެރިންނޭ ބުންޏަސް މިއޮތީ ސިޔާސީ ހަޅޭއް ލެވުން ފެށިފައެވެ. ހުރެވުނީ މާލޭގެ ހަލަބޮލި ހޮޓަލެއްގެ ތެރޭގައިކަންވެސް އެކަކުވެސް ހަނދާނުގައި ނެތް ފަދައެވެ. ހެއްދެވި ނުހެއްދެވިއަށް ގޮވާ ބޮޑު ޒުވާބެއް އެ ކޮށްލީ ތިމާ ތާއީދު ކުރާކަމަށްބުނާ ސިޔާސީ "ވެރިން"ގެ ދިދާއުގައެވެ.

މިބުނަލަދިނީ ވަރަށް ކުޑަ ކުޑަ މިސާލެކެވެ. މި ޒުވާބުތަކާއި، ކޯޅުންތަކާއި ބަހުސްތަކާއި ތަޅާފޮޅުންތައް މިހާރު މިވަނީ ހައްދުން ނެއްޓިފައެވެ. އޭގެ ހެކި ބަލާލި ކޮންމެ ދިމާއަކުން ފެންނާނެކަމީ ހަޤީގަތެވެ. މުއައްސަސާތަކުގެ ވެރިންނާއި އާދައިގެ މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕްތަކާއި، މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް އުފެދިފައިވާ މީސްމީޑިއާގެ ގްރޫޕްތަކާއި، ފިނިއަށިތަކާއި ހޮޅުއަށިތަކުގެ އިތުރުން ގޭ ކާމޭޒު މައްޗާއި ދެމަފިރިންގެ އެނދު ތަންމަތިވެސް މިވަނީ ސިޔާސީ ބަހުސް ކުރާ ތަންތަނަށް ބަދަލުވެ ނިމިފައެވެ.

މި ނިކުމީކީ ނޫނެވެ. ކުދި ކުދި އާބާދީތައް ދިރިއުޅޭ މި ރީތި ރާއްޖޭގެ ހިތްގައިމުކަމަށް ހިޔަނި އެޅިގެން މިދަނީ އެކުވެރިކަން ގެއްލިފައިވާތީއެވެ. ކުދި ކުދި ހިތްގައިމު ރަށްތަކުގައި ދިރިއުޅުމުގެ އުފާވެރިކަނަށް މިދަނީ ބޮޑުތަކުން ހިޔަނި އެޅެމުންނެވެ. ދަންނަ އެކުވެރިން މިވަނީ ސިޔާސީ ހަތުރުންނަށްވެ، ކެހިވެރިންނަށްވެފައެވެ. މިހެން ނުބުނެވޭނެ ހަމައެއް އެއީ ނެތް ހަމައެކެވެ. އެކުވެރިންނެވެ. އެހެން ނަމަވެސް ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ކަމަށް ދެކިގެން ދެއްކެނީ ޒާތީ ވާހަކަތަކެވެ. ގޮވެނީ ސިޔާސީ ފަތިފުށެއް ނޫނެވެ. ގޮވެނީ ޒާތީ ތައައްސުބާއި އެކުވެރިޔާގެ ޒަމާންވީ ޒާތީ ދިރިއުޅުމުގެ ސިއްރުތަކެވެ. ދެން ކަން ވާނެގޮތް ވިސްނާލައްވާށެވެ. އެއް މަގަކުން ދެ މީހުނަށް ނުހިނގޭ ހިސާބަށް ދަނީއެވެ. އުމުރުން އަށާރަ ނުފުރޭ ކުދިންވެސް ސިޔާސީގެ ނަމުގައި ޒާތީވެ ގަޔަށް ބޮލަށް އެރޭ ހިސާބަށް މިވަނީ ގޮސްފައެވެ.

މިވަރުންވެސް ނިންމާލެވެން ނެތެވެ. އަވަދިނެތި އުޅެމުންދާ ދިރިއުޅުމުގައި އެކުވެރިންނާ ދިމާވެލަން ދެން ތަނަވެސްވެފައި މިވަނީ މީސްމީޑިއާގެ މައިޒާންތަކެވެ. ވަދެލަމާ ހިނގާށެވެ. ސުބްހާނަﷲ! މިއީ ވާވަރު ކަންކަމެއް ނުމެ ނޫންމެއެވެ. މިގޮވެނީ ކީކޭކަންވެސް ނޭނގޭ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. އެކަކުގެ އުނި ސިފަތަކުގައި ހިފާ ލޮލަށް ބޮލަށް ގޮވަނީއެވެ. އަނބި ދަރިންނާއި ގާތްތިމާގެ މީހުންނަށް ނުގޮވާކަށް އެއްޗެއް ނެތްމެއެވެ. މިއީ ދެން ބޮޑުވަރު ނޫންތޯއެވެ!

ދެރަ ކަންކަމުގެ ވާހަކަ ކަމުން ނިންމާ ނުލެވެނީއެވެ. އެއްބަނޑު އެއްބަފާ އަހުންނާއި އުހުތުންނާއި ދެމެދު އޮންނަ ލޭގެ ގުޅުން ކަނޑާލަމުން މިދަނީ ސިޔާސީ ވެރިންނަށްޓަކައެވެ. ތިމާގެ ލީޑަރަށް ސަޕޯޓް ނުކުރާތީ ގާތްތިމާގެ މީހާއަށް ދެމުން އަންނަ އެހީތެރިކަން ހުއްޓާލާފައިވަނީ އެތައް ސަތޭކަ ސިޔާސީ އެކްޓިވިސްޓުންނެވެ. ބަދަލުގައި އެ ހަރަދުތައް ކުރަމުންދަނީ ސިޔާސީ ފަރާތްތަކަށެވެ. ބުއްދި ސަލާމަތުން ހުރި މީހަކު ނުކުރާނެ އެހެނއްކަމަކު ކަން ހިނގަމުންދަނީ މި ބީދައިންކަމީ ހިތި ހަޤީގަތެވެ.

ވިސްނާލާށެވެ. އެކުވެރިންނަކީ ތިމާގެ އެކުވެރިންނެވެ. މުހިންމު ބައެކެވެ. ތިމާއަށް ބޮޑު ކަމެއް ޖެހޭ ހިނދު އެހީތެރިވާންވެސް ތިބީ ހަމަ އެކުވެރިންނެވެ. ގާތް ތިމާގެ މީހުންނީ ސިޔާސީ ވިޔަސް ނުވިޔަސް ހަމަ ޤާތްތިމާގެ މީހުނެވެ. މާތްވެގެންދާ ގާތް ގުޅުމެއް ބާއްވަން އިސްލާމްދީން އަންގާވަފައިވާ ބައެކެވެ. ގުޅުން ކެނޑުމަކީ ފާފައެކެވެ. މީސްމީޑިއާގެ މައިޒާންތަކާއި ސައި ހޮޓާތަކާއި ހިތްފަސޭހަ މައިޒާންތަކަކީ ޒުވާބު ކުރަން ހާއްޞަކޮށްވައިވާ ތަންތަނެއް ނޫނެވެ. އެކުވެރި އެއްބައިވަންތަ ދިރިއުޅުމެއް އުޅެމުން އައި މިރީތި ރަށްތަކުގެ ރަށްވެހިންނީ ހިނގާނެ އެންމެ މަގެއް އޮތްނަމަވެސް ހިނިތުންވުމާއި އިހްތިރާމާއި އެކު އެޅެވޭނެ ބަޔަކަށް ވާންޖެހެއެވެ.

އެކުވެރިންނެވެ. އަހުންނާއި އުހުތުންނެވެ. މީސް މީޑިއާގެ ގްރޫޕްތައް ހިންގާ އެންމެހާ ފަރާތްތަކެވެ. އަދި އެއްފަހަރު ވިސްނާލާށެވެ. މަތި ފަޑިން ހަތުރުން ކަމަށް ހީކޮށް، އެކުވެރި ވެރިންތަކެއްގެ ދިފާއުގައި ތިޔަ ވެއްޔާ މޮޑެލަކީ ހުދު ތިމާގެ އިއްޒަތާއި ގަދަރެވެ. ގުޅުން ތި ކަނޑާލެވެނީ ގުޅުން ކަނޑައިގެން ނުވާނެ ގާތްތިމާގެ މީހުންނާއެވެ. އެކުވެރި ހިތްގައިމު މާހައުލެއްގައި ހިތްތިރި ހިނިތުންވުމަކުން ހިނިތުންވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. ސިޔާސީގޮތުންނާއި ޒާތީ ގޮތުން ޖެހެވުނު އަހުންނާއި އުހުތުންގެ ކިބައިން ލަސް ނުކޮށް މައާފަށް އެދޭށެވެ. އަތާއި އަތް ގުޅާލާ ޤައުމާއި މާތްވެގެންދާ އިސްލާމް ދީނަށް ނަސްރު ދޭށެވެ. އެކަކު އަނެކަމަށް ހެޔޮ ފޯރުކޮށްދީ، އަތާއި އަތް ގުޅާލާ ސަލާމް ކޮށްލާށެވެ.

އަމަން އަމާންކަމީ ތަރައްޤީގެ ސިއްރެވެ. އެކުވެރިކަމާ އެއްބައިވަންތަކަމީ މިހާރުން މިހާރަށް ފެންނަންޖެހޭ މުހިންމު ކަންކަމެވެ. ނަފްރަތު ކުރުންތައް ހުއްޓާލާށެވެ. މިކަން ވާން އޮތީ ސިޔާސީ އެކްޓިވިސްޓުން ގެނބިފައިވާ ފުން ނިދިން ހޭލައިގެންނެވެ. އަވަހަށް ހޭލާށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ޙުސެން

  ސިޔާސީ މީހުން މައްސަލައެއް ނުވަތަ ސިޔާސީ މައްސަލައެއް ވެސް ނެތެވެ. މިއަދު ދިމާވެގެން މި އުޅެނީ ރަތްލާޖެހި ބޮޑެތި ވަގުން ތަކެއް ރާއްޖޭގެ ވެރިކަމަށް އަރާ ރައްޔަތުން އޮޅުވާލައިގެން ދީނޭ އިޖްތިމާޢީ ފޭރާމޭކިޔައިގެން ކޮށްގެން އުޅޭ ބޮޑެތި ވައްކަންތަކާ ވެފައިވާ މާސިންގާޚިޔާނާތްތައް ފޮރުވަން ވެގެން ތެޅޭ ތެޅުމެކެވެ. އެމީހުން އެތިކޮޅެއް ލިބޭތޯ ބަޔަކު މީހުން އެވާހަކަ އޮއްބާލާ ދީނޭ އރބަކިޔައެވެ. ޤަވްމުގެ ގިނަމީހުން ދޫކޮށް ޤާނުޫނުއަސާސީ ފުނޑާލާ އިސްލާމް ޙަރާމް ކުރެއްވި ހުރިހާކަމެއް ކުރަމުން ދެން މިދައްކަނީ ކޮން ދީނެއްގެ ވާހަކަތޯއެވެ؟

  • ޖޖޖ

   މީހަކަށް ވަގަށް ގޮވާ އެކަން ޝަރުއީ ކޯޓެއްގައި ޡާބިތުު ނުކޮށްދެވިއްޖެނަމަ އަބުރު ކަތިލުން. ވަގަށް ގޮވީ ސަޕޯޓުކުރާ ސިޔާސީ ބައިވެރިން ބުނެގެން ކަމަށްވެފައި އެއީ ކަނޑައެޅިގެން ދޮގުކަމުގައިވާނަމަ، ގިޔާމަތް ދުވަހުން ތިމާވަށްކަން ކުރުމުން ލިބޭ އަޒާބުދެއްވާ އަބުރު ކަތިލެވުނު މީހާއަށް އެތަށް ޘަވާބެއް ދެއްވާނެެ. މިގައުމުގެ ޖާހިލުންނަށް މިވަރުބއެނގޭނަމަވެސް ނުކެރުނީސް ހައްދުއަރާ ފާފައާ މީހަކާ މަތިކުރާކަށް.

  • ޖހޖލ

   ހާދަ ހެދިފައޭ. ލާރިއޭ ބުނެފިއްޔާ ތިއޮއްވާ ވަރެއް. ދާންވީނު އެމް.އެމް.އޭ ބިލްޑިންގަ ބައްދައިގެން އޮންނަން. އެތާ ހުންނަނީ ހުރިހާ ފައިސާއެއް

  • 888ި

   ދައުލަތަށް ވަންނަ ފައިސާ ހުވަފެނުން ފެންނަވަރުން ނުވެސް ނިދޭދޯ. ކަލޭތަ ދެން ވެރިކަމާހަވާލުވެ ހަޒާނާ ކައިރީ ފޯރިމަރަނީ. ނަޝީދަކީ ބޯޑު ވަގެއް، އޭނައަށް ވެރިކަން ލިބުނަސް ކަލެއަށް ހަމަ ނުދި ނުލިބޭނެ.

  • 888ި

   މީހުނަށް ވަގަށް ގޮވަން ކެރޭނީ ﷲ އަށް ބިރުވެތިނުވާ ފާސިދު ދީނެއް ނެތް ޖާހިލުން.

  • 8787

   ތެޅިތެޅި ތިބެން ޖެހޭނީ. 2018 ވެސް ޔާމީނަށް. އިންޝާ ﷲ.

  • ހަމީދު

   ހަޒާނާ ހަޒާނާ ގޮވަވާ ތިބޭ. 2018 ލިބޭނެ އަހަރެމެންގެ ލިބުވެރި ރައީސް ޔާމުން އަށް. އިންޝާ ﷲ

  • އަލީ

   2009 ން 2011 ގެނިޔަލަށް ދައުލަތުގެ ބަޖެޓްގަހަރަދު ޖަހައިގެން ހަރަދުކުރެވުނު 94 ބިލިއަނައްވުރެ ގިނަ ފައިސާއާއި އެއަރޕޯޓް ޖީއެމް އާރަށް ދީގެން ލިބުނުކަމަށް ހިސާބުތަކުން އެގެންއޮތް 110 މިލިއަން ޑޮލަރާއި ދިރާގުގެ ހިއްސާ ވިއްކައިގެން ލިބުނު 48 މިލިއަން އަދި ފެންކުންފުނީގެ ހިއްސާ ވިއްކައިގެންހޯދި 16 މިލިއަންޑޮލަރާއި 186 ރަށުގެ ރކ އަދި އތމ އާއި 20އަތޮޅުގެ އަތޮޅު ކޮމިޓީތަކުގެ އެކައުންޓް ތަކުގައި ހުރި ފައިސާތަކާއި އަދި ފިނޭންސް މިނިސްޓްރީގެ ކޮންޓެންޑެންސީ ބަޖެޓުން ނަގާފައިވާ 5.7 މިލިއަން ރުފިޔާއިން އެއްކޮށް ކުރެވިފާ ހުރިކަންތައްތަކާާއި 92 ބިލިއަން ރުފިޔާއިން 13 ބިލިއަން ރުފިޔާާ ދަރަނި އަދާކުރުމަށް ދައްކާފަ 79 ބިލިއަން ރުފިޔާއިން ކުރެވިފައިވާ ކަންތަކާއަޅާ ކިޔާލީމާ ހަގީގަތުގަ ބޮޑަށް ވައްކަން ކުރީ ކޮންބައެއްކަން ވަރަށް ސާފު. ހުސޭނުމެން ސިކުނޑި ހާސްވެގެން ރަތަށް އަރައިގެން އެހެންމީހުނަށް ވަގަށް ގޮވާ މަގުމައްޗަށްނިކުމެތި ތެޅިފޮޅެނީކުރީގެ ސަ ރުކާރުގެ ދުވަސްވަރު ހުސޭނުމެން ވަގަށްނެގި ފައިސާތަކުގެ މައްސަލަ ބަލާތީ އެކަން އޮއްބާލެވޭތޯކަން ނޭގޭ ކުޑަ ކުއްޖަކުވެސް މިގަވްމަކުނެތޭ ހުސެއިނޫ.

 2. ޙގނ

  ޔާމީނު އިސްތިއުފާ

 3. ސ ނުން ސޮނިބެ (އަންނި)

  ވެރިންނަށް ބަދުބަސް އެބުނަނީ ނިފާގުގެ ބަލި އިންތިހާއަށް މައްޗަށް ދިޔައީމަ... މުނާފިގު އަންނި ވެސް ހޭރި ހޭރި ހުންނަން ޖެހޭނީ

  • ބަސްމަގު

   ތިކުއްތާ އަމަޔާ އެޅޭ މިހާރު މިހިރަ ބަކަރި ބާލާފަނޫނީ ނުހުއްޓާނަން

   • ހހހ

    "ބަސްމަގު"ގެ ކޮމެންޓް ކިޔާ ކޮންމެ މީހަކު ކަލޭ މަންމަ އަށް އެހުތުރު ބަސް އެރައްދު ކުރަނީ. އެހެންވެ ބުނަނީ މައިމީހާއަށް ހުތުރު ބަސްނުގޮވާށޭ.

   • 765

    ވަލު ޖަނަވާރުންގެ އަހުލާޤު. ރަތްލާޖެހި ޝައިޠާނެއް.

   • 7777

    ލާހިކެއް ނޫން ބާލާކަށް. 2018 އާ 2021ވެސް ގެންނާނީ ޔާމީން. 3 ދައުރަށް ބަދަލު ކޮށްލާނީ ދެން އެންމެ އަވަހަށް. ތިހެން ތިބެން ޖެހޭނީ. ބޮޔަވޭ.

   • ހުސޭނުބޭ

    އެހެންވިއްޔާ ތެޅިބާލަން ނޫޅެ ރިޔާސީ އިންތިޚާބަށް ތައްޔާރުވޭ. ލިޑަރުންނައިގެން އިދިކޮޅު ފަރާތްތައް އެއޮތޯ ނޭވާނުލެވިފައި.

 4. މުހައްމަދު

  ޜައްޓެހިންނާއި ރަހުމަތްތެރިން އަދި މައިން ބަފައިންނާއި ދަރިފަސްކޮޅުގެ އިތުރައް މީސްމީޑިއާއި މާސް މީޑިއާ އަދި ޕްރިންޓް މީޑިއާވެސް މިވަބާގަޖެހި މަސްތުވެފަ ތިއްބާ އަލީ ވިސާމްގެ މިއާޓިކަލް ފެނުމުން ގައުމުގެ ހާލަތު އޮޅުންފިލަަ ބަޔަކު ނޫސްވެރިންގެ ތެރޭގަވެސް އުޅޭހެން އެބަހީވޭ!!!

 5. ހަލި

  ވަރަށް ފުރިހަމަ އަދި ހަމަ އެފަދައިން ވަރަށް ރަނގަޅު އާޓިކަލް އެއް ކަމުގައި ގަބޫލު ކުރަން އަދި ވެސް އަޅުގަނޑު އުންމީދު ކުރަނީ މިފަދަ ގިނަ ނަސޭހަތްތެރި ލިޔުންތަށް މިލޮބުވެތި ގައުމުގެ ހައްގުގައި ލިއުއްވުމެވެ.(އިތުރަށް ލިއުމުގައި ހުންނަ ކުއްތަށް އިސްލާހު ކޮށްލެއްވުމައް އެދެން)

 6. ޖޖޖ

  1 އަހަަށްވުރެ ގިނަ ދުވަސް ވެރިކަމުގަ އޭގެފަހުންވެސް ހުރި. ކުރެވޭ ނުކުރެވޭ ކަމެއް އެނގޭނީ ހިއްޕަވާއެއްޗެއް އަސަރުކެންޑި ސިކުނޑި މަސައްކަތް ކުރާނެ ވަގުތު ވީމައެއްނު. ވެރިކަގަކުރިހާވެސް ކަަމަކީ, ކައިރީގަ ތިބި މީހުނަށް ދައުލަތުގެ ހަޒާނާ ބަހާލުމާ އިސްލާމްދީން ހަލާކު ކުރުމާ އެއްޖިންސުން ގުޅުންހިންގުމާ ކައިވެނި ކުރުން ލެޖިޓިމޭޓް ކުރުމުގެ މަސައްކަތް

 7. ދޭންވީއޭ

  އިދިކޮޅު ލީޑަރުންނަށް މެޑަމް އާއި ވެސް ވާދަ ކޮށް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކެބިނެޓް މިނިސްޓަރުން އެބަޖެހޭ ސީދާ ރައްޔިތުންގެ އިހްސާސް ތަކާއި ކުޅެލާ އެމެންގެ މޫނު މަތިން އުފާވެރިކަން ގެނެސްދޭނެ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނެ އުސޫލުން އެކަންކަމުގެ ވާހަކަ އަޑަަށް ބާރުލާފައި ދައްކަން. އެގޮތުން ބަލާއިރު ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އެއް ކަމަކަށް އެދި ސަރުކާރަށް ލިޔެ ކިޔުމުން ހުށައަޅާފައިވަނީ މާލެ ސަރަހައްދުން އެމެންނަށް ފްލެޓްސް ތައް ހޯދުމަށެވެ. އެކަމަކު އެކަމާއި ބެހޭ އެއްވެސް ވާހަކަ އެއް ސަރުކާރުން ނުދައްކާ ބޭކާރު ވާހަކަ ދައްކައިގެން ރައްޔިތުން ގެ ހިތް ތަކުން ވިން ވެވޭނެ ކަމަށް ހީކުރާނަމަ އެކަން ނުވާނެއެވެ. މިހާރުވެސް އެމްޑީޕީ ގެ މުޒާހަރާ ތަކަށް ދާ މީހުން މަދުނުވުމުގެ އަސްލަކީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ސަރުކާރަށް ފަހި ކޮށް ނުދެވުމެވެ. 15 ހާސް މީހުންނަށް ފްލެޓްސް ދޭންވީ އޭ.

 8. ޖޖޖ

  މިގައުމު ސީރިޔާއަށް ހަދާލަން ބޭނުންވާ ބަޔަކު، ދިވެހިން ހަމަ އެކަނި ބޭނުންވާ އެތިކަމަށްވާ ފައިސާގެ ބޭނުންކޮށްގެން އަދި ވެރިމީހާ އެމީހުންގެ އެފައިސާތައް ކައި ހުސްކުރާކަމުގެ ނުބައިވިސްނުން ވައްދައިގެން ގައުމުގެ ނިކަމެތިންނާ ވޯޓު ވިއްކާ މީހުންނާ ނުކިޔަވާ ތިބި އެންމެން ހަލާކު ކޮށްފި. އެމީހުންނަކީ ކަނު ބަޔަކަށް ހަދާ އެމީހުންނަށް އެއްޗެއް ނޭގުމުގެ ފައިދާނަގާ ލޯނޭ ތިޖޫރީއޭ ކިޔާ ވާނުވާނޭނގޭގޮތަށް ދޮގުތައް ހަދާ މިނިކަމެތި ގުރޫޕް ހައްލުވައިފި.

 9. ފިކްސްއިޓް

  މަމެންގެ ފަސްޓް ލޭޑީ އާއި ކެނެރީގެ ނަޝީދަށް ވާދަ ކޮށް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސަައިއްޓޭ ވިދާޅުވުން އެއީ އުފާވެރިކަން ހިތަށް ގެނެސްދޭ ކަމެކެވެ. މަމެން ވެސް އެބައޮތޭ އިކޮން މިނިސްޓަރު ގާތު އެއްޗެއް ބުނަން ވެފައި. މިފުރަ މާލޭގައި ދުއްވާ ޓެކްސީ ތަކާއި އަދި ހަތަރު ފުރޮޅުލީ އެހެން ވެހިކަލްސް ތައް ރަޖިސްޓްރީ ކޮށްދެނީ ޕާރކް ކުރާނެ ގަރާޖެއް ގެ ސިޓީ ގެނައުމުންނޭ ޓްރާންސްޕޯރޓް އޮތޯރިޓީން ބުނޭ ދެން އެގަރާޖް ގެ ސިޓީ މިހާރު ދެނީ ރަށުތެރޭގައި އުޅޭ ކިއްލި ތަޅާ އަކަށް 50 ހާސް ރުފިޔާ ކަޓެއްގެ ގޮތުގައި ދިނީމައޭ އޭގެ ތިން ބައިކުޅަ ދެބައި ކައްވާލަނީ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑުންނޭ އެކަމަކު އެގަރާޖް ހުންނަނީ މާރސްގެ ގޮނޑުގައޭ ވެހިކަލް ޕާރކް ކުރަނީ މާލޭގެ މަގުގެ މެދުގައޭ މީ ކިހިނެއްވާ ކަމެއްތޭ. މީ ކޮން ސިޓީ އެއް ހޯދަން ޖެހޭ. މީ ވަކި ބަޔަކަށް ނާޖާއިޒު ގޮތެއްގައި ފައިސާ ގަނޑެއް ދޭން ކުރާ ކަމެއްތޭ. އޯލް ދޭ ޑޫ އިޒް އަ ޑެޑް ރޯންގް ޑުއިން އޯ ޓްރައި ޓު ފިކްސް އިޓް ބިފޯރ ވީ ވޭކް އަޕް. ދިސް އިޒް ދަ..

 10. ރިޗް

  އިދިކޮޅު ލީޑަރުންނަށް ފަސްޓް ލޭޑީ އާއި ވާދަ ކޮށް ނުލެވޭވަރަށް ފަސްޓް ލޭޑީ ސިޔާސީ ގޮތުން ކުރިއަރައިގެން ދިޔަ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ. ހަމަ އެގޮތަށް އެބަޖެހެއޭ އިކޮނޮމިކް މިނިސްޓްރީން ކުރާ މަސައްކަތް ތައް ވެސް ގިއަރ އަޕް ކުރަން. އެގޮތުން ބަލާއިރު މާލޭގެ އަމީނީމަގު ގައި އޮތް ޓާރފް ދަނޑު އެއް ކޮށް ނަގަންވީ 50 ބުރިއަށް އަދި އެންމެ މަތީ ބުރީގައި ހަދަންވީ ސްޓޭޑިއަމް އެއް ޓެރަސް ގައި ނަރުދާ ޖަހައިގެން. އެއިރުން އެ ޓަވަރު 50 ބުރިއަށް ނެގިއްޖެނަމަ 45 ބުރީގައި ހަދާނީ ކޮމާރޝަލް އޮފީސް ސްޕޭސް އަދި ޝޮޕިންގް މޯލްސް ތަކާއި އަދި ފާސްޓް ފުޑް ރެސްޓޯރެންޓްސް ތަކާއި އަދި އޮގަނިކް ފުޑްސް ރެސްޓޯރެންޓްސް ތަކާއި ސިނަމާ ތަކާއި މެޑިކަލް ކްލިނިކްސް ތަކެވެ. އެއިރުން މާލޭގައި ހުރި އަމިއްލަ ވިޔަފާރި ކުރާ ހުރިހާ ކުންފުނި ތަކުގެ އޮފީސް ތައް ހުންނާނީ މިދެންނެވުނު ބިލްޑިންގް ގައެވެ. ނަތީޖާ އަކީ ވިޔަފާރި ވެރިން އަމިއްލަ މީސް މީހުންގެ ތަންތަން ކުއްޔަށް ހިފަން ދޭ ހުރިހާ ފައިސާ އެއް ސަރުކާރަށް ލިބި ސުޕަރ ރިޗްވީ

 11. ޑިޒާއަރ

  ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް 1 ބިލިއަން ޑޮލަރު ހޭދަ ކޮށްގެން ތަރައްގީ ކުރާ އިރު އެތަނުގައި ޖެނެރަލް ހޮޓާ ގެ ގޮތުގައި އެންމެ ހޮޓަލެއް ހުރުމަކީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނޭ އެއީ ވަކި ބަޔަކު މުއްސަނދި ކުރުމަށް ޓަކައި ކުރާ ކަމެކޭ އެމްއޭސީއެލް އިން. އެކަން އެބަޖެހޭ ނިމުމަކަށް ގެންނަން. އެގޮތުން އެބަޖެހޭ ހުޅުލޭގައި ޖެނެރަލް ކޭޓަރިންގް ސާރވިސް ދިނުމަށް ޓަކައި ހުޅުލޭ އައިލެންޑް ހޮޓެލް އާއި ކައިރިން 25 ބުރީގެ އިމާރާތެއް އަޅާ އެތަނުގެ އެކި ފްލޯރސް ތައް ޖެނެރަލް ކޭޓަރިންގް އާއި އަދި ޖެނެރަލް ހޮޓާ ތަކަށް ކުއްޔަށް ދޫކޮށް ލަން. އެއިރުން ތަކެތީގެ އަގު ހެޔޮ ވެގެން ދާނީ. މިހާރު ހުޅުލޭގައި ހުރި ޖެނެރަލް ހޮޓަލުގެ އަގުތަކަކީ އެއީ އިންތިހާ ދަރަޖައަށް މަތީ އަގު ތަކެކޭ އެއީ އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫނޭ އާންމު މީހާ އަށް ވެސް ހުޅުލޭން ކައި ބޮއި އުޅެވެން ޖެހޭނެ އޭ ދިސް އިޒް ދަ ފީލިންގް. ކްއެންޗް އަވަރ ޑިޒާއަރ.

 12. ގިވްއިން

  އިދިކޮޅު ލީޑަރުންނަށް ފަސްޓް ލޭޑީ އާއި ވާދަ ކޮށްނުލެވޭނެ ކަން އިދިކޮޅު ލީޑަރުންނަށް ވެސް އަންޑަރސްޓޭންޑް ވާނެއޭ މިހާރު ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ތަމެންގެ އަމިއްލަ ބެކް ޔާރޑް އިން ވެސް އައްޑޫ ކުއްޖާ މެން އަންނަނީ އުފުރިގެންނޭ ކުރު ދޮށީގައޭ ފަސްޓް ލޭޑީ އައްޑޫ އަށް ކުރި ދަތުރުގައި ބާނަނީ. އޯއޯއޯ ދިސް އިޒް ދަ ފީލިންގް. ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް..

 13. ގިވްއިން

  ހައްޔަރީން ދިފާއުވުމުގެ ފުރުސަތު ގެއްލުނީ އެއީ ހައްޔަރީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައިވަނި ކޮށް ގާނޫނާއި ޚިލާފަށް މާލޭގައި މުޒާހަރާ ކުރުމުން ނޫންތޭ. ދެން ކޮބާތޭ މައްސަލަ އަކީ. މައްސަލަ އެއް އޮތް ބަޔަކު ކޯޓަށް ދާންވީއޭ އެއިރުން އެނިމުނީއޭ. ފުރަތަމަ ގާނޫނާއި ޚިލާފަށް މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުން އެއީ ގާނޫނީ ކުށެެއް ޑިފަމޭޝަން ގާނޫނު ބުނާ ގޮތުން. ދިސް އިޒް ދަ ފީލިންގް. ކްއެންޗް އަވަރ ޑިޒާއަރ. ގިވް އިޓް ވެން ވީ ވޯންޓް އިޓް. ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން...

 14. ގުޑްގުޑް

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. މަމެން ޕިންކީން މިވަނީ އެއިޓީން މޫން ސީންގް ރޭހުގެ ރިހާރސަލް ލޯންޗް ކޮށް ފައޭ އައްޑޫ އިން އައްޑޫ ހުޅުދޫ ކުއްޖާ މެން ބުނަނީ މިހާރު ޓްވިޓަރޭ މެން ތިބީ ދަބަރުޖަހާ މުރަނަ ވެފައޭ އެހެންވީމާ ހުރިހާ ހުޅުދޫ ކުއްޖާ މެން ވެސް ޕިންކީން ނަށް އޮންބޯރޑް ވީއޭ ދޯ. ދެން ކިހިނެއް ހަދަނޫ ތަމެން ދައްކަގަ ތަމެން އަތް ބަލާލަން ތަމެން ނަށް އެއް ކެންޑިޑޭޓް ނެރެވެން އޮތް ތޯ ބަލަން. އައިސީ އައިސީ ތަމެންނަށް އެއް ކެންޑިޑޭޓް ނެރެވެން އޮތީ އަރްޒަލިލް އުމުރު ލިކައިލާ ތައުޒަނޫން އޭޖް ގައިއޭ ތަމެންގެ ފޯރޗިއުން ލައިން އޭ މިހެން ބުނަނީ މީ މަމެން ކިޔާ އެއްޗެއް ނޫނޭ އިނގޭތޭ. ފޯރޗިއުން ލައިން ފޯރޗިއުން ލައިން އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 15. ޖޮއްބެ

  މިއުޅެނީކީ މާބޮޑުކަންތައްތަކެއް ވެގެނެއްނޫނެވެ. ވެރިކަން ބޭނުން ވެގެންނެވެ. ތިމާމެންނަށް ރަގަޅު އެއްވެސް ކަމެއް ނުކުރެވުމުން ދެން އެހެން ބަޔަކުވެސް ކުރިޔަ ނުދިނުމެވެ.

 16. ޓވމ

  ވާހަކަ ކިތައްމެހާވެސް ރަނގަޅު. އެކަމަކު ވަގުތު ނޫސްކަހަލަ ސިޔާސީ ވަކި ފިކުރެއް ނަގައިގެން، އެ ފިކުރުގެ ދިފާޢުގައި ވަކާލާތުކުރާ ނޫހެއްގައި މިކަހަލަ ލިޔުމެއް ލިޔުނީމާ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދޭ. ސަލާމް.

 17. ޣާދިރުބެ

  ކޮމަންޓް ލިޔާ ކުއްޖާ ނުލިއާނެ އެހެންމީހުން ހިންހަމަ ޖެހޭ ގޮތަކައް.. ކޮންމެ މީހަކުވެސް ލިޔާނީ އެމީހަކައް ފެންނަ ގޮތަކައް.. ބަސްމަގު މެންނައް ހަޖަމް ނުވާތީ ވ ހިތާމަ ކުރަން..

 18. އަގުރޭ

  މިކަން ރަގަޅުކުރެވޭނީ ތެދުވެރި އިހުލާސްތެރި ވެރިއެއް ގައުމަށް ލިބިގެން ތިމާގެ މަގުސަދު ހާސިލުކުރުމަށް އިދިކޮޅުއެންމެން ޖަލަށްލައި ހިތުހުރިގޮތަކަށް ގާނޫނުމާންކޮށް މުޅި ޖުޑީސަރީ އާއި މަޖިލިސް ތިމާގެ ކޮންޓްރޯލުގައި ނެތި ވެރިކަން ނުކުރެވޭނެ ކަމަށް ވިސްނާ އެތަނުގެ ބާރު އަނެއްތަނަކުން ކަނޑުވާލީމަ އެއީ އިހުލާސްތެރި ވެރިއެއްކަމަކު ނުދެކޭނަން

 19. ޖާން ހޭ

  ހަޤީޤަތަށް ބުނާކަމަށްވާނަމަ، ރައީސްމައުމޫނުގެ ވެރިކަމުގައި އިލްޔާސް އިބްރާހީމް، އެފް.ޕީ.އައިޑީގެ ފައިސާއަށް ޚިޔާނާތްތެރިވީ، މިކަމުގައި ސަޓޯ ( މާރިޔާ އަޙުމަދު ދީދީގެ ކުރީގެ ފިރިމީހާ، އެމް.ޕީ ފަލާހުގެ ބޭބެ ) މި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއަކުން ތަހުޤީޤުކުރީ، މަވޯޓާ ޝަރީފަށް ވަރަށް ރަގަޅަށް މިކަން އެގޭނެ. ޚިޔާނާތުގެ ގޮތުގައި ފައިސާ ހޯދައިގެން މެލޭޝިޔާއިން 4.5 މިލިއަށް ޑޮލަރު ދީފައި 2000 ވަނަ އަހަރު ހިސާބުގަިއވަނީ އިލްޔާސް ގެއެއް ގަނެފައި، މީގެ އިތުރުން، އަލްމަރުހޫމް ދިއްދޫ އިބްރާހިމްކަލޭގެ ފާނުގެ ބިންތަކުގެ ތެރެއިން 18 ބިން އިލްޔާސް އިބްރާހިމް ނުއަގުގައި ގަނެ، މިލްކުކޮށް އެބިންތައް މިހާރުވަނީ މައުމޫނުގެ ދަރިންނާއި، ފަރީޝާގެ ދަރިންނާއި، އައްބާސް އިބްރާހިމްގެ ދަރިންގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައި، މިަތަން ތަނުން ލިބޭ ފައިސާ ހުއްދަވާނެތޯ؟

  ރައީސް ނަޝީދުގެ ދުވަސް ވަރުގައި ފެންކުންފުނީގެ ޙިއްޞާ ބޭރު ބަޔަކަށް ވިއްކާލުމުަށް ފަހު ލިިބުނު ފައިސާގެ ތެރެއިން 7 މިލިއަން ޑޮލަރު ވީގޮތެއްނޭގެ، އެއަރޕޯޓް ޖީއެމްއާރު އަށް ވިއްކާލުމަށް ފަހު ދިން 78 މިލިއަށް ޑޮލަރުގެ ތެރެއިން 15 މިިލިއަން ޑޮލަރުގެ ހިސާބެއް ފެންނާކަށް ނެތް، 410 ފަޅުރަށް ގާތް ރަޙުމަތްތެރިންނަށް ވަނީ ދީފައި، މިއީ ވަރަށް މަދު މިންވަރެއް. އެއްވެސް ފިޔަވަޅެއް މިކަންކުރި ފަރާތްތަކާއިމެދު އަޅުއްވާފައިނުވޭ.

  ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ޚިޔާނާތުގައި ބައިވެރިވެފަިއވަނީ ރައީސް އެންމެ ބޮޑަށް އިތުބާރު ކުރެއްވި އަދި އެކީގައި މަސައްކަތް ކުރެއްވި މީހުން، އަޙުމަދު އަދީބު ވަޒީރުކަމުން، ނައިބު ރައީސް ކަމަށް ގެނެސް ދެވުނު، އަދި ޓޫރިޒަމާއިބެހޭ ބޮޑު އޮފީހެއް ހުޅުވާ އެތަނުގެ ވެރިއަކަށް ޒިޔަތު އައްޔަން ކުރެވުނު، މިއީ ރައީސް ޔާމީނާއި ވަރަށް އަރިސް ކޮށް އުޅުނު ދެމީހުން.، ނަމަވެސް ވައްކަމާއި ޚިޔާނާތުގެ ތުހުމަތުގައި ތަހުޤީގުކޮށް ޝަރުޢީ މަރުހަލާގެ ތެރެއިން އެވަނީ ފިޔަވަޅު އަޅާފައި، ސްޓެލްކޯގެ ދުވަސްވަރުން ފެށިގެން ރައީސް ޔާމީނާއި އެންމެ ކާރީ އެކަކީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް، ނަމަވެސް ޝަރުޢީ މަރުހާލާތެރެއިން އަދަބު ލިބުނީމާ ޝަރީޢަތަށް އަތްބާނައިގެން އޭނާ ސަލާމަތް ކުރުމަކަށް މަސައްކަތް ނުކރައްވާ، 2013 ގައި އިންތިޚާބުގައި އެންމެ އިސްކޮށް އުޅުއްވި ކާނަލް ނާޒިމް ފިސްތޯލަ ގެންގުޅުނު މައްސަލާގައި ތަޙުޤީޤު ކުރެވި ވަނީ ޙުކުމް ކުރެވިފައި، ވީމާ އިންސާފުވެރި ނަޒަރަކުން އެއްޗެއް ބުނާނަމަ، ބުނަންޖެހެނީ ރައީސް ޔާމީނުގެ ސަރުކާރުގައި ޚިޔާނާތް ވާ ފަރާތްތަކާއިމެދު ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ. ރަޙުމަތްތެރިަކަމާއި ގާތްތަކަަމަކަށް ނުބައްލަވާ ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމު ކުރައްވަމުން ގެންދަވާކަމަށް،

  • ނަަމަ

   ރައީސް ޔާމީންގެ ޚިޔާނާތުގެ ވާހަކަ ވެސްގެނައިނަމަ.....

 20. ޔޫއްޓެ

  ކޮންމެ މީހަކު ވެރިޔަކަށް ހުއްޓަސް އެހެން މުއައސސާ ތަކުން ކުރާ ވައްކަން ތައް ހަމަ އެގޮތަށް ނޫނީ އެއަށްވުރެ މިޅަށް ކުރާނެ.

 21. ޔޫއްޓެ

  ކޮންމެ މީހަކު ވެރިޔަކަށް ހުއްޓަސް ވައްކަން ކުރޭތޯ، ނުކުރޭތޯ ބަލާ އެކަމުގަ ހިފާ ދެމުމުގެ މާނައެއް ނެތް! ޤައުމަށް ތަރައްޤީ އަންނަނިކޮށް ޤައުމު ކުޑަކަކޫ މައްޗަށް ތިރިކޮއްލާފަ ދެން ޤައުމާ ހަވާލުވާ ވެރިޔަކަށް ހަމަޖެހިލުމުގެ ފުރުޞަތެއް ނުލިބޭނެ. ހުރިހާ ގެއްލުމެއް ލިބެމުންދާނީ ނިކަމެތި މިރައްޔިތުންނަށް.