ސައިލެންސަރުގެ ތެރެއަށް ވައްދައިގެންނާއި ސައިލެންސަރު ތޮރުފައިގެން ބަދަލުތަކެއް ގެނެސްގެން ސައިލެންސަރުން އެހެން  މީހުނަށް އުދަގޫވާގޮތަށް ސައިކަލްގެ ސައިލެންސަރު ފަޅައިގެން ދުއްވާ އެތައް ބަޔަކު އެބައުޅެ އެވެ. އެ ކަމުގައި ގިނައިން އުޅެނީ މިއަދުގެ ޒުވާނުންނެވެ. "ކޫލް" ކަމަށާއި ތިމާ ވަރުގެ މީހެއްނެތްކަމަށް ދައުވާ ކުރަމުން އަންނަ ޒުވާނުންނެވެ.

ސައިކަލްތަކުން ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުފަށް ގަނޑާއެކު ދުއްވުމަކީ އެމީހުންނަށް ފެޝަނެކެވެ. އެ ބިރުވެރި އަޑުތައް ސައިކަލްތަކުން އިވެނީ ސައިކަލަށް މޮޑިފިކޭޝަންތަކެއް ގެނެސް ސައިލެންސަރަށް ބަދަލުތަކެއް ގެނެސްގެން މިގޮތަށް އަމިއްލަ އުފަލަށް ދުއްވާއިރު މިކަމުން އެހެން މީހުނަށް ލިބޭ ނުތަނަވަސްކަމާއި އުދަގޫލަށް މިމީހުންނަކަށް ފަރުވާލެއް ނެތެވެ.

ސައިލެންސަރުގެ ތެރެއަށް ވައްދައިގެންނާއި ސައިލެންސަރު ތޮރުފައިގެން ބަދަލުތަކެއް ގެނެސްގެން ހޮނުގުގުރީގެ އަޑު އިއްވަމުން މިމީހުންގެ ސައިކަލުތައް ދުއްވަމުންދާއިރު އޭގެ ސަބަބުން ހިތްތަކަށް ބިރުވެރިކަމާއި މީހުންނަށް ސިހުން ގެނުވާކަން މިމީހުން ނުދައްނަނީ ހެއްޔެވެ؟ ނޫނީ ހުރި ޖައްބާރު ކަމެއްގެ ސަބަބުން އެހެން މީހުނަށްވާނެ އުދަގުލަކަށް ނުވިސްނާލަނީ ހެއްޔެވެ؟

މިގޮތަށް ކުއްލިޔަކަށް އިވޭ އަޑަކީ ކުޑަކުދިންނަށް ނިފްސާނީ ބަލިމަޑު ކުރިމަތި ކުރުވާ ކަމެކެވެ. މީގެ އިތުރުން ކުއްލިޔަކަށް އިވޭ މިކަހަލަ އަޑެއްގެ ސަބަބުން ފަހަރެއްގައި މުސްތަޤްބަލުގައި އަޑު އިވުމުގެ ހިއްސަށް އަސަރުތަކެއް ކޮށްފާނެއެވެ. ފޯނުން ދައްކާ ވާހަކަ ރަނގަޅަށް އަޑު ނީވުމުމާއި އަޑު ބާރު ތަނެއްގައި މީހަކު ދައްކާ ވާހަކަ ސާފުނުވުމަކީ، ސައިލެންސަރުން އިވޭފަދަ ބާރު އަޑެއް އިވުމުން ވެދާނެކަމެކެވެ.

ސައިލެންސަރު ފަޅާގެން މިގޮތަށް ދުުއްވުމަކީ ޤާނޫނީ ގޮތުން ކުށަކަށެވެ. އެހެންނަމަވެސް މިކަން ހުއްޓުވުމަށް މާކަގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރިތަނެއް ނުފެނެއެވެ. ޓުރެފިކް ފުލުހުން ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުލަދުގައި ސުޓިކަރް ޖެހުމަށް ހުންނަ ފޯރި ސައިލެންސަރު ފަޅައިގެން ދުއްވާ މީހާއަށް ލިބެންޖެހޭ އަދަބު ދިނުމަށް ހުންނަ ނަމަ މިކަން ކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވާނެކަމަށް ޤަބޫލުކުރެވެއެވެ،

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުއްޓުވާ ވަގުތުން ލައިސަންސް އަތުލާ ޖޫރިމަނާ ކުރާކަން ނޭނގޭތަ؟

  2. މީތި ސަޅިއޭ

  3. ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މައްސަލަ މިއީ. ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ބޮޑުވަމުން އަންނަނީ 24ގަޑިއިރުން 12 ގަޑިއިރު ކާޓޫން ބެލުމާއި ގޭމް ކުޅުމުގަ. މަގުމަތިން މިފެންނަނީ އެކުދިން މުޖުތަމައަށް ނުކުންނައިރު އެކުދިންނަށް ކޮށްފައިވާ ނޭދެވޭ އަސަރު. މިކަންތަކައް ސަމާލުވޭ!
    ޒުވާން ބެލެނިވެރްނޭ: ޅައިރުގެ ބުރަމަސައްކަތުން ބަލިތަންމަތިން އަރާމް ލިބިގަންނަމާ. ތިމާ ބަލިތަންމައްޗަށް ދިއުމުން ބަލާނީ ބިދޭސީއަކު ކަމަށްނަހަދާ ދަރިން ޒިއްމާދާރު ކުރަމާ.

  4. ސުކުރިއްޔާ ރައީސް ޔާމީން