ގއ. ކޮލަމާފުށި/ އަންދަލީބުގެ މުހައްމަދު ހަމީދު (57އ) އަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކިޑްނީ ފެއިލްވެ ކިޑްނީ ބަލީގެ ސްޓޭޖް 5 ގައިވާ މީހެކެވެ. ހަފްތާއަކު ތިން ދުވަހު ޑައިލަސިސް ހަދަން ޖެހުމުގެ ސަބަބުން ހަމީދުގެ ހާލަތު ވަރަށް ދެރައެވެ. އޭނާ އުޅެނީ ވަރަށް ވޭނުގައެވެ.

ހަމީދުގެ އަންހެން ދަރިފުޅު އައިމިނަތު ނަރީޝާ "ވަގުތަށް" ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހަމީދު އަތަށް ލައްވާފައި އިންނަ ފިސްޓިއުލާ ތިން ފަހަރަށް އޮޕަރޭޝަން ކޮށްގެން ބަދަލު ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް ބައްޕަގެ ނާރުތައް ހިމަވުމުގެ ސަބަބުން އަދިވެސް ބައްޕަގެ ޑައިލަސިސް ހެދުމަށް ވަރަށް ދަތިވޭ. އަދި ޑައިލަސިސް ނުހެދޭ ކޮންމެ ދުވަހަކު މޭގަ ފެން ހެދި ނޭވާލުމަށް ދަތިވެ, ހާސްވެ އުޅޭ" ނަރީޝާ ބުންޏެވެ.

ނަރީޝާ ބުނީ، ބައްޕަގެ ހާލަތު ދެރަކަމުން ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވީ އެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް ބައްޕައަކީ ކާފައާއި މާމަގެ ހުރި ހަމަ އެކަނި ދަރިފުޅަށް ވެފައި, އެއްބަނޑު އެއްބަފާ އެއްވެސް މީހެއް އަދި ގާތްތިމާގެ ވެސް އެހާ ގިނަ ބަޔަކު ނެތުމުން އާއިލާގައި އެހީތެރިވާ ހަމަ އެކަނި ތިބީ ބައްޕަގެ ދަރިން ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ދަރިން ވަޒީފާއަކަށް ނުދޭ. މިހާރު ހުޅުމާލޭގައި އުޅެން ޖެހޭތީ ކުލި ވެސް ދައްކަން ޖެހޭ. އަދި ބައްޕަގެ އޮޕަރޭޝަނަށް ރާއްޖޭން ބޭރަށް ދިއުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ނުކުރެވޭތީ އާއިލާއިން އެދެނީ އެހީއަކަށް" ނަރީޝާ ބުންޏެވެ.

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓަށް ފައިސާ ފޮނުއްވޭނެ:

އާމިނަތު ނަރީޝާ: ރުފިޔާ އެކައުންޓް (7730000363920)، ޑޮލަރު އެކައުންޓް (7730000364588) އަދި ހަމީދުގެ ހާލަތާއި ބެހޭ ގޮތުން އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކަށް ހަމީދުގެ އަނބިމީހާ އާމިރާ އަލީގެ ނަންބަރު 7685635 ނުވަތަ ނަރީޝާގެ ފިރިމީހާ ޒައިދުﷲ ޖަމީލުގެ ނަންބަރު 7666299 އަށް ގުޅައި ސާފު ކުރެވޭނެއެވެ.

________________________________________________________________

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނޫސްކިޔާމީހެއް

    ކޮބާ އެންޒީގެ ވެރިން ؟؟ އެމީހުން އެއީ ކޮލަމާފުށީ މީހުން.

    5
    1
  2. ޙަލީ

    ކޮލަމާފުށި ވަރަށް ތަނަވަސް މީހުން އުޅޭ މާލޭގައި ، އެންސިސް މަސްފެކްޓަރީ ، ސަންފޮރެންޓް ފަދަ ތަންތަނަކީވެސް ކޮލަމާފުށި މުއްސަދިންގެ ތަންތަން ، ހަމީދުބޭގެ ކިނޑްނީ މިފަރާތްތަކުގެ އެހީގައި ކުރުމަކީ އެހާބޮޑުކަމެއްނޫން

    6
    1
  3. މުހަންމަދު

    ކޮލަމާފުށީ މަހުޖަނުންނަށް ގިޔާމަތް ދުވަހަށް ވުރެން މުހިންމީ އެމް.ޑީ.ޕީ އަށްްް ޚަރަދު ކުރުން.

    • ރައްޔިތު

      މާލޭގަ އުޅޭ ކޮލަމާފުށީ މުއްސަނދި މީހުން .ރެސްޓޯރަންޓް ވެރިން. ވިޔަފާރިވެރިން. ރިޒޯޓް އޯނަރުން. މިނިސްޓރުންނާއި މަޖިލިސް މެމްބަރުން. އަނެއްކާ ކޮބާ ތި ދާއިރާގެ މެމްބަރު.؟ މިއެންމެންވެސް ރަނގަޅު ބޮޑު އެހީ ވާން. އެރަށުގެ ދަރިއަކަށް މިވަރުގެ ކަމެއް ވީމަ. މީ އަހަރެމެން ރަށުގަނަމަ ޒުވާނުން އިސްނަގައިގެން ވެސް ފަންޑު ރެއިސް ކުރާނެ

  4. އައްޑޫ މީހާ

    މިސަރުކާރުގައި ނުޖެހޭނެ ބޭސްފަރުވާއަށް ސަލާން ޖަހާކަށް އާދޭސްކޮށް ރޮއެ ހަދަންޖެހޭނީ

  5. އަބްދޫ

    ކިޑްނީ ގުޅޭ މީހަކު ހޯދާ ކިޑްނީ ލިބުމުން އާސަންދައިން ކިޑްނީ ލެއްވުމުގެ ހުރިހާ ހަރަދެއްކުރަން ކުރީ ސަރުކާރުން ހަމަޖެއްސި މިހާރު ނުކޮށްދެނީތަ؟

  6. ކޮބާ

    ކޮބާހޭ ހުސްނުވާ އާސަންދަ؟؟

    1
    1
  7. ޙަސަން

    އަހަރެން ހީކުރީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ފަދައިން މުސްކުޅިންނަށް 5000ރ އެކަނިވެރި މައިނަށާ ނުކުޅެދޭ މީހުންނަށް ފައިސާ ދޭންފަށައި ހުސްނުވާ އާސަންދަ ދޭންފެށީމާ ދެން ދުވަހަކުވެސް ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭނެކަމަށެވެ. އެކަމަކު މިޖެހެނީ ބޮޑެތި ބައްޔަށް ނާށިގަނޑު ހިފާށެވެ. މީ އަދި ކަމުދާ ގޮތެއްނޫނެވެ. މިޒަމާނުގައި މިރާއްޖޭގައި މިގޮތަށްސަލާން ޖެހުމުގެ ސަޤާފަތެއް އޮވެގެން ނުވާނެއެވެ.