ގދ. ވާދޫ އަށް އުފަން އުމުރުން 23 އަހަރުގެ ދިވެހި ޒުވާނާ އެންމެ ފުރަތަމަ ދިޔައީ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ތަނަށް ދިޔަ އިރު، ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ނަރުހަކާއެކު ފޮނުވާލީ އައްޑޫ ސިޓީއަށެވެ. އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ވިހޭނެ ކަމުގެ ޔަގީން ކަން ދީފައި އޮއްވައި، ޒުވާނާއާ ދިމާވީ އުންމީދު ވެސް ކުރި ކަމެއް ނޫނެވެ. އަލަތު ދަރިފުޅު ލޮލަށް ފެނުނުތާ މާ ގިނަ އިރުތަކެއް ނުވެ ވަކިވެ ދިޔައީއެވެ.

ދެ މަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވާ އިރު، ދެމަފިރިން ދަރިއަކު ހޯދަން ޑޮކްޓަރަށް ދައްކައި ބޭސް ވެސް ކުރިއެވެ. އަދި ފުރަތަމަ ބަނޑު ބޮޑުވިތާ މާ ގިނަ ދުވަހެއް ނުވެ ބައިގެން ވެސް ދިޔައެވެ. އޭގެ އެއް އަހަރު ފަހުން ދެމަފިރިންނަށް ދިމާވީ އެއަށް ވުރެ މާ ހިތްދަތި ކަމެކެވެ. އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގައި ވިހެއި ކުއްޖާ، ނިޔާވެފައި ވަނީ ހޮސްޕިޓަލްގެ ވަރަށް ބޮޑު އިހުމާލަކުންނެވެ.

އާއިލާގެ ފަރާތުން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ޒުވާނާ އެޑްމިޓް ވާން އޮތް ދުވަހު ފުރަތަމަ ދިޔައީ ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އޭރުގައި ކުއްޖާގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށްވެއެވެ. ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ހޮސްޕިޓަލުން ބުނުމުންނާއި ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން އެ ތަނުން ލަފާ ދިނީ ގދ. ތިނަދޫ އަށް ވީހާވެސް އަވަހަށް ދިއުމަށެވެ.

އެކަމަކު، އާއިލާގެ ފަރާތުން ބެލި އިރު ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތެވެ. އެހެންވެ ގއ. އަތޮޅު ހޮސްޕިޓަލްގެ ނަރުހަކާއެކު، ޒުވާނާ ގެންދިޔައީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށެވެ.

އެކުއަޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

"އައްޑޫ އަށް ދިޔައީ ނަރުހަކާއެކު، ދިޔައީމަ އެ ހޮސްޕިޓަލްގެ ޑޮކްޓަރުން %100 ޔަގީން ކަން ވެސް ދިން ވިހާނެ ކަމުގެ، އޮޕަރޭޝަނަކަށް ދާކަށް ނުޖެހޭނެއޭ ވިހާނެއޭ ވެސް ބުނި. އެހެންވެ އިއްޔެ ނޫން ކުރީ ދުވަހު އިންޖެކްޝަން ވެސް ޖެހީ ވިއްސަން ވެގެން" އާއިލާގެ މެމްބަރު ކިޔައި ދިނެވެ.

އެމީހާ ބުނި ގޮތުގައި، ބަނޑަށް މާ ބޮޑަށް ތަދުވާތީ ޒުވާނާ ވިއްސަން ވެގެން ލޭބަ ރޫމަށް ވެއްދީ ރޭ ދަންވަރު އެކެއް ޖަހަނިކޮށް ކަމަށެވެ. އޭގެ ފަހުން، ހަބަރެއް ނުވެ ދެ ގަޑިއިރު ދިޔަ އިރު، ކުއްޖާ ނިޔާވެފައިވާ ކަން އެނގުނީ ދަންވަރު 3:30 ހާއިރު ކަމަށް އޭނާ ބުންޏެވެ.

"ކުއްޖާގެ ބައްޕަ ވަނީ މާ ގިނަ އިރު ވެގެން ލޭބާ ރޫމަށް. ލޭބާ ރޫމަށް ވަން އިރު ކުއްޖާ އޮތީ ނިޔާވެފައި" އެމީހާ ކިޔައި ދިނެވެ.

އެކުއަޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް

"ކުއްޖާގެ މަންމަގެ ފަރާތުން އެނގުނު ގޮތުގައި ކުއްޖާގެ ބޯ ނުނިކުމެ ތާށިވެފައި އޮތީ ވަރަށް ގިނަ އިރު. ކޮނޑު ވެސް ތާށިވެފައި އޮތީ. ނަރުހުން ބުނީމަ ކަމަށް ވަނީ ޑޮކްޓަރުން އައީ. ކުއްޖާ ނެގި އިރު ވެސް ބަރުދަނުގައި ހަތަރު ކިލޯ ހުންނާނެ. އެހެންވީމަ ވަރަށް ބޮޑުވެފައި ކުއްޖާ އޮތީ، އެއީ ވިލިނގިލިން އެންމެ ފަހުން ކިރި އިރުގައި ކުއްޖާގެ ބަރުދަނުގައި ހުންނާނީ ވެސް 3.5 ކިލޯ، އޭގެ ފަހުން ދެ ހަފްތާވީމަ ކުއްޖާ ބޮޑުވާނެ"

އެމީހާ ބުނި ގޮތުގައި އައްޑޫން ސްކޭން ހެދި އިރު، އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އޭނާ ބުނީ ކުއްޖާ ބޮޑު ކަން އެނގުނީ ވެސް ވިހެއުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެއީ ފަރުވާ ކުޑަކޮށްލި ކަމެއް ގޮތުގައި އާއިލާ އިން ދެކއެވެ.

"ޑޮކްޓަރު ފަހުން ބުނި ކަމަށްވޭ، ސްކޭން އިން ނުދެއްކީ ކަމަށް ކުއްޖާ ބޮޑު ކަން،" އެމީހާ ބުންޏެވެ.

މި ހުރިހާ ކަމެއް ހިނގައިދިޔައީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކުއްޖާގެ ބައްޕަ "ވަގުތަށް" ބުނީ އަންހެނުން ވިހަން ވެގެން ލޭބާ ރޫމަށް ވެއްދީ ރޭ ދަންވަރު 12:50 ހާއިރު ކަމަށެވެ. ވިހެއުމުގެ ތެރޭގައި ބޯ ތާށިވެ ކުއްޖާ ނިޔާވި އިރު، ކުއްޖާ ނެގީ ސިޒޭރިއަން ހަދައިގެން ކަމަށް އޭނާ ބުންޏެވެ.

ކުއްޖާ އަށް ލިބިފައި ހުރި ޒަހަމްތައް ދައްކާލަނީ. -

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ އަށް ދިޔަ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ބުނީ ވިއްސާ ޑޮކްޓަރަށް އަންހެނުން ކައިރި އަށް ދެވުނީ ވެސް ގަޑިއިރެއްހާ އިރު ފަހުން ކަމަށެވެ.

"ވަރަށް ގިނަ އިރުތަކެއް ވި ޑޮކްޓަރު އަންނަން. އެކަމަކު ނަރުހުން ބުނަނީ ބޯ ތާށިވިތާ ނުވަ މިނެޓު ތެރޭގައި ޑޮކްޓަރަށް ދިޔަ ކަމަށް،" އެމީހާ ކިޔައި ދިނެވެ.

އެ ކުއްޖާގެ ބައްޕަ ވެސް ބުނި ގޮތުގައި، ދަރިފުޅު ނިޔާވި ކަން އެނގުނީ ފަތިސް ވާން އުޅެނިކޮށެވެ. އޭގެ ކުރިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބޮޑު އިހުމާލެއް މިއީ. ހުރިހާ ކަމެއް ވެގެން ދިޔަ އިރު ވެސް ނާނގާ، ޑޮކްޓަރު ބުނި އެއްވެސް ކަމެއް ގޯސްވެއްޖެއްޔާ ޒިންމާ ވާނަމޭ" ކުއްޖާގެ ބައްޕަ ކިޔައި ދިނެވެ.

އާއިލާ އިން ބުނި ގޮތުގައި، ކުއްޖާ ނެގި އިރު ހަށިގަނޑުގެ ދެ ތަނަކުން ނޫފައިގެންފައި ހުއްޓެވެ. އެގޮތުން ކުއްޖާގެ މެއާ ދިމާލުންނާއި ކޮނޑު ކައިރިންނާއި ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް އާއިލާ އިން ބުންޏެވެ. އަދި ކުއްޖާގެ ފޮޓޯތައް ވެސް "ވަގުތު" އާ ހިއްސާކޮށްފައިވެއެވެ.

ކުއްޖާގެ ޖަނާޒާގެ ކަންކަން މިއަދުގެ މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޢަހްމަދު

    ބޯތާށިވިތާ 9 މިނިޓް ފަހުންނޭ ޑރ އެޓެންޑްވީ . މާނައަކީ ޑރ ނެތޭ ވިހޭއިރު ، އެހެންވީމާ ވަރަށްބޮޑު އިހުމާލެއް ، ހަމަވަގުތުން ފިޔަވަޅު އަޅަންޖެހޭ ވަރުގެ ހާދިސާއެއް މިއީ ، ހާދަ ހިތާމަހުރި ކަންތަކޭދޯ މިއީ

    225
    5
    • ދެރަ

      މިއީ ގިނަ ފަހަރު ވާ ގޮތް. ޑޮކްޓަރު އަންނާނީ އެންމެ ފަހު ގަޑީ. ސޮއިކޮއްލަން ކަހަލަ

      38
      1
  2. އަލިބެއްޔާ

    އެންމެ އަސާސީ ހިދުމަތް ހޯދަން ޢާންމު ރައްޔިތު މީހާ ގަނަތެޅެން ޖެހޭ ޙާލު.. ވެރިންނަށް ވިސްނޭނީ ކޮންދުވަހަކުން ބާ.. ގއ.ވާދޫ އިން ގއ.ވިލިިގިއްޔައް.. ދެން ގދ.ތިނަދުއަށް.. ތިނަދޫ އިން އައްޑު އަތޮޅު ހިތަދުއަށް.. މި ދައްކަނީ ގެޔާ ބަދިގެޔާ ދޭތެރަށް ދާ ވާހަކައެއް ނޫން.. މިއިން ކޮންމެ ދިމާލަކަށް ދާން އެހާ ޚަރަދު އެހާ ވަގުތު.. ކިހާ ބޮޑު އިހުމާލެއް..

    211
    6
    • ބޯކިބާ

      މާލޭގަ ފެންވަރުވާ ވަޑާމެއް ހުޅުވައިގެން އެކަމެއްގަ ރޭހަތަރުދަމު ވަޒީރުންނާއި މިހިސާބު މެންބަރުން އުޅުނީ.

      44
      1
    • ސަޓޯ 88

      ފްލެމިނގޯއަށް ކަމެއްދިމާވީމަ ހުރިތާކުން ޑރ ދިޔައީ ފްލެމިންގޯ ކާރިއަށް. ޢިންސާނިއްޔަތުކަން އަރާ އާސްމާނުގަ މިހުންނަނީ

      13
  3. ޙަަަހަ

    މީދެން މާބޮޑުވެއްޖެކަމެއް ، ފަރުވާ ދޭ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުން ނެތީމަ ބަލިމީހާޖެެހެނީ ޑރ. ތިބޭ ތަންތަނަށް ދުވަން ، ކީއްތަވާނީ ޑރ. ގެނާމަ ، މިކަން ހަމަ ރަނގަޅުވާނީވެސް މުޒާހަރާއިންތަ ، މިވަރު ވިސްނާބަޔަކު ހެލްތްގައި ނުތިބޭތަ ، އަދި ޑރ. ބުނާއަނޑުއަހަން ބަނޑަށް 7 ވީމަ ދަތުރުކުރުން ރަނގަޅެއްނޫނޭ ،

    114
    2
    • ސަމްކުޅިބޭ

      މިސަރުކާރަށްވުރެ ސިއްހީ ޚިދުމަތް ފުރިހަމަ ސަރުކާރެއް އަދި މިވީހާ ތަނަކަށް މިރާއްޖެއަކަށް ނާދޭ.

      7
      6
  4. ޑައެލޯގް

    ރ. ޔާމީނު ގެންދެވީ ސިއްހީދާއިރާ ކުރިއަރުވަމުންނެވެ. އެމަނިކުފާނު މިއަދު ހުންނެވިނަމަ ސިއްހީދާއިރާ އޮތީހީ ވަރަށްވެސްކުރީގައެވެ. އަދި ތިފަދަހާދިސާތައް ކުޑަވެފައެވެ.

    148
    21
  5. ކަލްޓް މަރިއާ

    ގ.ދ އަތޮޅު މީހުން ރީނދޫ ލިބާސް ލައިގެން އަދިވެސް ދުވާތި ރ،ނަށީދޭ ކިޔަމުން، ޢޭނަ އެ އޮތީ ހިތްތިރި ވެގެން ގޮސް ދުވާލަކަށް 330000ރ ބައިތުލް މާލުން ހަރަދު ކޮށްގެން 5ތަރި ހޮޓާލުގަ ލަންޑަނުގަ ތިބި ރައްޓެހިން ނާ އާއިލާ މީހުން ނާ އެކީ ވީޑިއޯ ކޯލް ކޮށްގެން އެނދަށް އަރާ، ކަލޭމެން ބާރަށް އަތް ޖަހަން ތިބީ ރަށު ރައްޔިތު މީޙާ ބޭސް ފަރުވާ އަށް ގަނަ ތެޅޭ އިރު ވެސް، ހޭނައްތާ ޑރ ނެތުމަކީ ލަދުކަމެއް! ދެން އޮތީ އައްޑޫ މީހުން! ކަލޭމެން ވެސް ރީދޫ ފޮތި އަނދެގެން ހަޅޭ ފަޅޭ ޖަހާ ބާރަށް. މި ހާލަތު ކަލޭމެން ނަށް ވެސް ދިމާ ވުން ވ ކައިރރި، ފައިސާ އަށް ވޯޓް ވިއްކުމުގެ ނަތީޖާ މީ!!

    157
    10
  6. އަލީ

    ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ބޮއްސުންލާފަ. ސަރުކާރުން އެއްވެސް ކަމެއް ބަލަނީ އެއް ނޫން. ހުރިހާ ހޮސްޕިޓަލެއްގެ ވެސް ހާލަކީ ތީ. ރާއްޖެތެރޭ މީހުން ވޯޓް ދޭނެ ކަމެއް ނެތް ސަރުކާރު ހޮވާކަށް. ރާއްޖެތެރޭ މީހުންނައް ހުރިހާ ދެރައެއް އޮތީ. ރައީސް ސޯލިހުގެ ކަމަކީ މަޖާ ކުރާން ބޭރުގެ ގައުމުތަކައް ދަތުރު ކުރުން..

    109
    3
  7. ޖެން

    އަދިވެސް އިއްޒަތްތެރި ރައީސް ނަޝީދުއަށް ކުރަން ޖެހޭ ހަރަދުތައް އިތުރުކުރެއްވުން ރަނގަޅުވާނެ. ރަށްރަށުގަ ބޭހެއް ފަރުވާ ދެވޭނެ ގޮތެއް ނެތީމަ ދެރަ ނިކަމެތި މީހާ ވިއްސާރައަސް ނޭވާ ހޮޅިއަށް މަރު އެޅުނީމަ ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރާނެ. ޝުކުރިއްޔާ އިއްޒަތްތެރި ބޭފުޅުން. މިހާލަތު ރަނގަޅުވާނީ އަދި ދެތިން ދައުރަށް ވެރިކަން ދީގެން....

    91
    4
  8. ބޯހަލާކު

    ވަރަށް ދެރަ އެކަމަކު ރައީސް ވިދާޅުވީ ދުވަހަކުވެސް ސިއްހީ ކަންކަން މިހާކުރި ނައަރާކަމެއް އޭގެ ގިލަން ވެރިކަން ތަހައްމަލު މިކުރަން ޖެހޭނީ ނިކަމެތި ރަތްޔަތުންނަށް އައިޖީ އެމް އެޗުން ހަދާޓެސްޓު ގެ ނަތީޖާ ލިބޭއިރު މުހިންމު ނަތީޖާތަށް ނުހުރޭ ހަކުރު ކޮލެސްޓޮރޯލް މިއެއް އެއްގޮތަކަށް ވެސް ނުހުރޭ ކޮބާހެ ކައުންޓަރުގައި ތިބޭކުދިން ނާއި ސުވާލު ކުރުމުން ވިދާޅުވަނީ މެށިން ހަލާކުވުމުގެ ސަބަބުން. ތިޓެސްޓުތަށް ނެހެދޭކަމަށް.ބޭކާރުލޭތަކެއް ނަގަނީ ނިކަމެތިންނަށްހައްޤު މިންވަރު އަދިކިރިޔާ ރޭކާމިލީ ބޮޑުންނަށް ޔޫރަޕް ނިކަމެތިންނަށް ސަހަރާ

    55
    1
  9. Anonymous

    މާކުން ފަލާޙު އިހަށް ދުވަހުވެސް މަޖިލީހުގައި ބުނި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ކުރިޔަށް ގޮސްފައި އޮތްވަރުން، ރަށްރަށުގެ މީހުން މިހާރު ބޭސްފަރުވާއަށް މާލެއަކަށް ނާދެޔޯ. އެކަލޭގެ ބޭބެ އެފް.ޕީ.އައި.ޑީގެ ލާރިގަނޑު ކާލައިގެން އެޅި ހޮޓެލް ޖެން ކިޔާ ތަނުގައި ރޫޙާނީ ލީޑަރު ބަހައްޓައިގެން ދައުލަތުގެ މާލިއްޔަތު ހުސްކުރެވުނީމާ އެއީ ރާއްޖެ ތަރައްޤީވީޔޯ.

    64
    1
  10. ރަދީފްއޮފިޝިއަލް

    ކޮބާ ވިލިގިއްލަ ދާއިރާގެ މެމްބަރު؟؟ ރަށުގަ ހޭނައްތާ ޑރ އެއް ނެތް އިރުވެސް ތިޔާ ތިބެނީ ސަނާ ކިޔަން.ލަދު ކޮބާ؟؟ މަރުވި ކުއްޖާގެ އާއިލާއަށް ލިބުނު ފުން ހިތާމައިގަ ބައިވެރިވަން.

    47
    1
    • މެމްބަރު

      ޑޮކްޓަރުންނަކީ މެމްބަރަށް ލާރިދީފަ ގެނެވޭ ބައެއްނަމަ، ވިލިނގިލީ ހޮސްޕިޓަލުގަ ހުންނާނެ އެ ޑޮކްޓަރަކު. ނަމަވެސް ހިތާމަޔަކީ، ވިލިނގިލީ ހޮސްޕިޓާވެސް މިހާރު ޖަޒީރާ ތަރައްގީގަޖެހި، ތަރައްގީވެ އުތުރި އަރަމުން ދަނީ.

      23
      1
  11. ވެރިކަން

    ދެން އިންތިހާބެއް އެންމެ އަވަހަށް އޮންނާނީ ކޮންއިރަކުންތަ؟ ވެރިއަކަށް ވެއްޖެއާ ލާރި ނުކާނެ މީހެއް ނުހުންނާނެ.. މަވެސް ޖެހޭނެ އޭގައި ނުޖެހޭނަމޭ ބުންޏަސް.. އެކަމަކު މި ސަރުކާރު ނޫނީ އެ ފައިސާގައި ޖެހިފަ ރައްޔިތުންނަށް ކަމެއް ނުކޮށްދިން ބައެއް ނުދެކެން.. މަށަކީ އެމް.ޑީ.ޕީ ސަޕޯރޓަރެއް އެކަމަކު ރައީސް ޔާމިންވެސް ލާރީގައި ޖެހުނަސް ރައްޔިތުންނަށް ތަރައްގީ ހޯދައިދިން.. މި ސަރުކާރަށް ވެރިކަން ލިބުނީމަ ރައްޔިތުން މަތިން ނައްތާލީ ހަނދާން.. ޔާމިން ވެސް ރައްޔިތުންނާ ގުޅިގެން ސޯ އޮފް އަށް ވިޔަސް ކަންތައް ކޮށްދީފަ ހުރީ… އެގޮތްވެސް މި އަށްވުރެ ރަނގަޅު.. އަނިޔާ ވެރިނުވެ ވެރިކަން ކުރެވޭނެ ނޫންތޯ؟

    38
    3
  12. ހުސެންދީ

    އަންނި ހަމައެކަނި ހުރުމަށް 33000ރ. އާންމު މީހާ ބޭސިކް ހިދުމަތްހޯދަން ސަލާން ޖަހަނީ

    48
  13. Anonymous

    ޖަޒީރާ ރާއްޖޭގައި ރައްޔިތުމީހާ ވިހަން ޖަޒީރާ ބޮނބިގަނޑުގައި ގަދަކަނޑުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި. ޖަޒީރާ ބޮޑޭ އަގުބޮޑު ތަނުގައި ދަޢުލަތުން ދުވާލަކު 330000 ރުފިޔާ ޚަރަދުކޮށްގެން.

    41
    1
  14. އަހުމަދު

    ވަރަށް ވަރަށް ދެރަވެއްޖެ، އެ ދެމަފިރިން ކުރާނެ ހިތާމަ ހިތަށްވެސް ނުގެނެވޭ، އެ ތުއްތު ކުއްޖާ ކިހާ ވޭންދެނިވި ގޮތަކަށް ތި މަރާލީ

    19
  15. ދެރަ

    އާއިލާއައް ކެއްތެރިކަން ދެއްވާށި...ތިޔަ ހިތާމައިގަ އަޅުގަނޑު ބައިވެރިވަން☹️

    46
  16. ޖާބެ

    އިބޫ ކީއްތަ ތިޔަކރަނީ ސިއްހީނިޒާމް އިނދަޖެހިއްޖެ ދިވެހިންގެ އާބާދީ ދަށައް ، ބޭރުމީހުންގެ ގައމަކައް ބަދަލްވެއްޖެ

    11
  17. ސޯލިބޭ

    މީ އެންމެ ސާފު ތާހިރު 5އަހަރު. ތިޔައީ ކުރީ ސަރުކާރުގެ އިހުމާލު.

    4
    2
  18. މުހަންމަދު

    ހުވަދު އަތޮޅު މީހުން އަދިވެސް އެމް.ޑީ.ޕީ އަށް މަރުދީގެން އުލޭ، ޔާމީނު ސިއްހީ ޚިދުމަތް ރަގަޅު ކުރީމަ ކަލޭމެން ވަގަކަށްހެދީ.

    12
    1
  19. ޝަރަފު ބޮޑުބެ

    މި މައްއްސަލަ ދައުލަތުގެ ކަމާގުޅުން ހުރި ތަންތަނަށް ހުށަހަޅަން ކުއްޖާގެ ބައްޕަ އަވަސްވެލައްވާ.. މީ އިހުމާލުގެ އިންތިހާ .. މެޑިކަލް ނެގުލިޖެންސް... ދޫ ނުކުރައްވާތި

  20. އއހ

    ތިތަނުގަ ގިނަ ކުދިން ވިހަނީ ޑރ އެއް ނެތި. ސްކޭން ޑރ އަށް ތަނެއް ދޮރެއް ނޭނގޭ. ވަރަށް ފަރުވާ ކުޑަކޮށް ކުރާ ކަމެއް ތިއީ

  21. ޢަޒު

    ހޮސްޕިޓަލަށް ވިހާއިރު ޑރ ކައިރީގަ ނެތުމަކީ ވ ބޮޑު އިހުމާލެއް ގިނަފަހަރަށް ވިހާއިރު ޑރ ކައިރީގަ ނުހުރޭ

  22. ކުރީ ސަރުކާރު

    ކުރީ ސަރުކާރުން ހެދިގޯހަކުން ތިކަން ތިޔަހެން ތިވީ. އެކުއްޖާގެ މައިންބަފައިންނަށް ކެއްތެރިކަން ދެއްވާށި އާމީން.

  23. ޖީޒާ އަމީން

    އިހުމާލު އެބައޮތް.އެއްބަހެއްނުވާނެ.އިނގޭ ވިއްޔާ އެއްބަސް ނުވިއްޔާ ސަލާމަތްވާނެކަން.ފަރުވާކުޑަވެފަ ތިއޮތީ އިންތިހާއަށް.އެއްބަސް ވިޔަސް ނުވިޔަސް.ތިކަމުގަ އުޅުނު އެންމެން ޒިންމާވާންޖެހޭ.ފިޔަވަޅު އަޅަން ޖެހޭ.ކޮބާ ހެލްތުމިނިސްޓަރ؟ނުވަންޏާ އިސްތިއުފާދޭންވީނުން.

  24. ދެރަ

    އެންމެ ފުރަތަމަ ވެސް ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލުން ބުނެފި ސިޒޭރިއަންއަކަށޭ ދާން ޖެހޭނީ. ރިޕޯޓްގަވެސް އޮންނާނެ ސިޒޭރިންއަން ދާންޖެހޭވާހަކަ. ދެން ކީއްވެބާ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ވިއްސަން އުޅުނީ. ކުއްޖާގެ ބަރުދަނާ ހުރިހާ އެއްޗެއް ސްކޭނުން ފެންނަށް އޮންނާނެ. އިހުމާލުވެފަ ސްކޭންއިން ބަރުދަން ނޭގުނީއޭ ބުނީމަ ގަބޫލުކުރަން މޮޔައިން ތަކެއްތަމީ. ބަޔަކަށް ދެވޭ ކިހާބޮޑު ދެރައެއްތީ.....

  25. މީ

    މާތްﷲ އިންސާފު ދެއްވަވާށި އަދި ކެއްތެރިކަން ދެއްވަވާށި އާމީން ތި ތުއްތު ކުއްޖާއާ ދިމާވާނެ އާޙިރަތުގަ އިންޝާﷲ އަދި ތިކަމެއް ހިނގީ މާތްﷲ ގެ އިޒުނަފުޅާއެކު. އަދި ކުރިއަށް ކެއްތެރިވުމުން މާތްﷲ މާ މަތިވެރި ނިޢުމަތްތަށް ދެއްވަވާނެ އިންޝާﷲ

  26. ދިވެހި ދިދަ

    ސަރުކާރުން ނަގަންޖެހޭ ޖުރުމުމަނާ ބަރާބަރަށް ރައްޔިތު މީހާއަތުން ނެގޭނެ ސިސްޓަމް ވަނީ ޤާއިމްކުރައްވާފަ.. ރައްޔިތުން އަޅެ ދެލޮލަށް ދުންއަރާފަތަމިތިބީ

  27. ޢާމިރު

    ގައިމު މިވަރެއް ނެއް 3 އަހަރޯ