ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ދަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު (ޖީއެމްސީޕީ) އަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. ބްރިޖުގެ ސާވޭ މަސައްކަތް ކުރިއަށްދާ އިރު މި މަޝްރޫއުގެ ދަށުން 6.74 ކިލޯމީޓަރުގެ ދިގު ބްރިޖާއި ކޯޒްވޭތަކުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާނެއެވެ. މިއީ ތަރައްގީވަމުން އަންނަ ރާއްޖެ އެތައް ހަރުފަތްތަކަކަށް ކުރިއަށް ޖެހިލާނެ ފަދަ މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އިން 2018 ވަނަ ފުރިހަމަ ކުރި ސިނަމާލެ ބްރިޖަށް ވުރެ އެތައް ގުނައެއް ބޮޑު ބްރިޖެކެވެ. ސިނަމާލެ ބްރިޖުގެ މަޝްރޫއުގެ ދަށުން މާލެ، ހުޅުލެ ބްރިޖަކުން ގުޅުވާލައި، ހުޅުމާލެ ވަނީ ލިންކް ރޯޑަކުން ގުޅާލައިފައެވެ. ތިލަމާލެ ބްރިޖާއެކު ދަތުރުފަތުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް އިގްތިސާދީ ހަރަކާތްތައް މި ސަރަހައްދުގައި އިތުރަށް ފުޅާވެގެން ދާނެއެވެ. މި މަޝްރޫއުގެ ދަށުން ހަތަރު ރަށެއް ގުޅުވާލާ އިރު، މި ބްރިޖު ގުޅިފައި ވަނީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއް ބައި މީހުންނާއެވެ.

މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ އެ ގައުމުގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ދީ، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފައެވެ. މި މަޝްރޫއުގައި ސޯލާ ޕެނަލް ހަރުކޮށް ބޮކިތައް ސޯލާ ޕަވާ އިން ދިއްލޭ ނިޒާމެއް ހަމަޖެހިގެންދާނެއެވެ. މި މަޝްރޫއު ވެގެން ދާނީ އިންޑިއާ އާއި ރާއްޖޭގެ މި ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޑިސެމްބަރު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިވުމަށް 1.4 ބިލިއަން ޑޮލަރުގެ ޕެކޭޖެއް އިއުލާންކޮށްފައިވެއެވެ. އަދި ރާއްޖެ އާއި އިންޑިއާއާ މެދުގައި ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދުގައި ކާގޯ ފެރީގެ ހިދުމަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ އިން ގާއިމު ކުރި ޓްރެވަލް ބަބުލްގެ ދަށުން ދެ ގައުމުގެ ފްލައިޓުތައް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވެއެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ އިން ރާއްޖެ އަށް 250 މިލިއަން ޑޮލަރު ދީފައިވެއެވެ. އަދި ކޮވިޑުން ދިފާއުވުމަށް އުފެއްދި ކޮވިޝީލްޑް ވެކްސިންގެ ލައްކައަކަށް ވުރެ ގިނަ ޑޯޒް ވެސް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރިއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

އިންޑިއާއެކޭ އެއްގޮތަށް ޗައިނާއަކީ ވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެތައް ގޮތަކުން އެހީތެރިވެދިން އަދި އެހީތެރިވާ ގައުމެކެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ޗައިނާ އިން ލޯން ދީ، ރާއްޖެ ދަރަނިވެރި ކުރުވަނީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދު ބަލިކަށި ކުރާށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލޯން ނަގައިގެން ހިންގި މަޝްރޫއުތަކާއެކުގައި ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ވަނީ 3.1 ބިލިއަން ޑޮލަރަށް އަރައިފައެވެ. މި ދަރަނިތައް ނުދެއްކޭ ނަމަ، ޗައިނާ އިން ހިންގާފައި ހުރި މަޝްރޫއުތައް އެ ގައުމުގެ "އަތް މައްޗަށް" ގޮސް ދާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުގެ ބައެއް ފަރާތްތަކުން މީގެކުރިން ދީފައިވެއެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ދިމާވާ އެއް ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމަށް އޮތް ގޮންޖެހުމެވެ. ދިވެހިން އާންމު ގޮތެއްގައި ދަތުރު ކުރުމަށް ބޭނުން ކުރަނީ ބޯޓު، ފެރީ، ދޯނި، ސީ ޕްލޭން ފަދަ އުޅަނދު ފަހަރެވެ. މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެއްގައި މި އުޅަނދުތަކުގައި ދަތުރު ކުރުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު ތިލަމާލެ ބްރިޖާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަން ޔަގީނެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

މި މަޝްރޫއުގެ ދަށުން 6.74 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ. ބްރިޖު މަޝްރޫއުއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

ކ. ގުޅީފަޅުގައި އެޅުމަށް ހަމަޖެހިފައިވާ 319 މިލިއަން ޑޮލަރުގެ ބައިނަލްއަގުވާމީ ބަނދަރަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ގުޅީފަޅު ބަނދަރު މަޝްރޫއުއަކީ 2019 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ދިވެހި ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ހުށައެޅި ގްރޭޓާ މާލޭ ޑިވެލޮޕްމެންޓް މަޝްރޫއުގެ ބައެކެވެ. ގުޅީފަޅު ބަނދަރު ތަރައްގީ ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗައާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތް 2023 ގައި ނިންމަން ޖެހެއެވެ. އެކަމަކު، ސަރުކާރުގެ ކަމާގުޅުން ހުރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ބްރިޖު އެއްކޮށް އެހާ ތަނަށް ނުނިންމޭނެއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އުމްރާނީ ގިނަ މަޝްރޫއުތަކަށް އެހީތެރިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އޭގެ ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތާއި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން މަސް ޕްލާންޓުތައް ގާއިމު ކުރުމާއި ކްރިކެޓް ސްޓޭޑިއަމްއެއް ހުޅުމާލޭގައި އެޅުމާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ ވެސް ޕްލޭންގައި ހުރި ކަންކަމެވެ.

މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 34 ރަށެއްގެ ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރާ އިރު، ބައެއް ރަށްރަށުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަން ތިލަމާލެ ބްރިޖު މަޝްރޫއުން އެކަނި ވެސް ހާމަވެއެވެ. އިންޑިއާއަކީ ކުއްލި ހާލަތްތަކުގައި ވެސް ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިވެފައިވާ ގައުމެކެވެ. ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ގެންގުޅޭ އަވަށްޓެރި ގައުމުތަކަށް ފުރަތަމަ އެހީވުމުގެ ސިޔާސަތުގެ ދަށުން އިންޑިއާ އިން ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. ދިވެހިން މިއަދު ތިބީ މި މަޝްރޫއު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. މައިކާލޯ ބުރިޖް

    މިއީ އިންޑިޔާއިން އަޅާދޭ މައިކާލޯ ބުރިޖް

    88
    5
  2. ދީދީ ބެ

    އިންޑިޔާ ހައިކޮމިޝަނުން ކިހާވަރެއް ދީގެން ތޯ ތި ތެޅި ފޮޅެނީ

    123
    8
  3. ރައްޔިތުމީހުން

    10 ފަހަރު ސޮއެ ކޮށްފި
    4 ފަހަރު ސާވޭ ހަދައިފި
    5 ފަހަރު ފަށައިފި

    އަދިވެސް ތީގެ އެއްވެސް އެއްޗެއް ނެތް ފެންނަން...

    159
    8
  4. ޙަފޯ

    ތިޔަ ބްރިޖްގެ ސާވޭ ހަދަނީ ސިނަމާލެ ބްރިޖް ވަށައިގެން. ޜޭގަވެސް ބްރިޖްގެ ހުޅުލެއާއި ވީކޮޅުން ބަޔަކު މާވަރަކަށް މީޓަރުތަކާއި އެއްޗިސް ހިފައިގެން އުޅެނިކޮށް އަހާލީމަ ބުނީ މީ އެފްކޮން އިން އަޅާބްރިޖްގެ ގްރެވިޓީ ސާވޭ އެކޯ.

    94
    6
  5. އާދަމް ނަވާޒު

    ކާލެމެން ނިކަން ޖަޕާނުން ކޮއްދީފަހުރި ކަނަކަމައް ބަލާބަ . ރާއްޖޭގަ މަދުވާނެ އެމީހުން ނާޅާ ދިން އިސްކޫލެއް

    97
    4
  6. ތ

    ރާއްޖޭގައި ހިންގާ ސަރުކާރުގެ އެންމެ ބޮޑު މަސްރޫއު އަކީ އެއަރ ޕޯރޓް މަސްރޫއު ނޫސް ވެރިން ވެސް ރަނގަޅަށް ހިސާބުޖަހަން ވާނީ އެއަރޕޯރޓް މަސްރޫއުގެ އަގަކީ އެއް ބިލިއަން ޑޮލަރ ބްރިޖަށް 450 މިލިއަން ޑޮލަރ އެހެން ވީމާ ރާއްޖޭގައި ހިންގާ ތަރައްގީގެ އެންމެ ބޮޑު މަސްރޫއު އެކޭ ނުބުނެވޭނެ މިކަން ރަނގަޅު ކުރައްވާ

    44
    3
  7. ނޮވެމްބަރ

    މިއަދު މީ ނޮވެމްބަރ 17 މަބްރޫކު މެން ފައިސާ ދިނީމާ ކޮންެމެ ނޫހެއްގައި މި ކަހަލަ ލިޔުން ލިޔާނެ ހަފްތާއެއް ވަންދެން ސަރުކާރުގެ މޫނު މަތި ރީތި ކުރަން ފެށުނު އެންމެ ކަމެއް ވެސް ބުނެބަލަ ގޭދޮށު މަސްފެކްޓްރީ ބިންގަ އެޅި ގޮތަށް ދެއަަހަރު ބައި ވެއްޖެ. އައްޑޫ މަސްރޫއު ލޮލަކަށް ނުފެނޭ ތިލަ މާލެ ބްރިޖް ލޮލަކަށް ނުފެނޭ ގުޅިފަޅު ސަރުކާރުން ހިއްކި ގޮތަށް އަފަލާ ތަންހަރު

    41
    3
  8. އަހަރެން

    ޕެއިޑް ކޮންޓެންޓް

    73
    3
  9. މއކ

    ބުރިޖް އެޅިޔަސް ވޯޓެއް ލާކަށް ނުދާނަން. ތީވަކިބައެއްގެ ފައިދާއަށް އަޅާ ތަނެއް. މުއްސަންދިންގެ މުދާ އުފުލުމައް

    38
    3
  10. އިސްޢާފް ސަލީމް

    ގްރެފިކްސް އިން ހެދުނު އެއްޗެއް ހަދާ! 2008 ވަނަ އަހަރުގެ ވެރިކަމުގައި ގާފަރު ފަޅުގައި ބުރަފަތިތަކެއް ޖަހައިގެން މުޅި މާލެއަތޮޅުގެ ކަރަންޓް ހިފަހައްޓާލާތަން ގްރެފިކްސް އިން ފެނުނު! ތިލަމަލޭ ވިލިގިލި ބްރިޖަކީ ޔާމީންގެ ތަޞައްވުރެއް! އިޢްލާންވެސްކޮށްފަ ކުރަހާ ސާވޭވެސް ހަދާފައޮތް މަސައްކަތެއް! 2018 ޔާމީނަށް ލިބުނުނަމަ މިހާރު އޮތީހީ ބްރިޖް ނިމުމަކާ ގާތުގަ! މި ސަރުކަރުން ގްރެފިކްސްތައް ދައްކާލާ ދައްކަލާ ތިބޭނީ!

    38
    3
  11. ދިވެހި ގައުމު

    ތި ޔާމީން އަކީ ނޫސްވެރިއަކަށްވުރެ ބޮޑަށް އިންޑިއާގެ އެޖެންޓެެއް

    26
    12
  12. ކައުންސެލަރު

    ވަގުތު ނޫހުގަ ލިޔާ ޔާމީނަކީ އަބަދުވެސް މޑޕ އަށް ސަނާ ކިޔާ ލިޔާ މީހެއް. ވަގުތުން ވަކިކުރޭ
    . އިންޑިޔާ އައުޓް

    47
    5
  13. ޝުކުރު

    ޝުކުރިއްޔާ ރައީސް އިބޫ!

    11
    51
    • ނޫރީ

      ޙާދަ ހިތްގައިމޭ ބްރިޖްމަތިން ދުއްވާލާފަ ގޮސް ވިލިގިންޔަށް ފައިބާއިއިރު. ތަންކޮޅެއް ޓެކްސީގެ އަގު ބޮޑީ

      10
      1
  14. Anonymous

    އިންޑިއާމީހުން ބުރިޖް މަސައްކަތްކުރމުންދަނިކޮއް ވެއްޓުން އާއްމުކަމެއް

    30
    2
  15. މުފައްކިރު

    ތިޔަ ބްރިޖް ހަމަ ލޮލަށް ފެންނާނީ ރައީސް ޔާމީން އަބުރާ ވެރިކަމަށް ގެނެވިގެން. ދިވެހިން އަތުކުރި އޮޅަންވީ އިތުރު ދައުރެއް އިބްރާހިމް މުހައްމަދު ސާލިޙަށް ނުދީ ފެއިލް ކޮށްލުމަށް.

    51
    6
  16. ސޯލިހް ބެ

    ތިބުރިޖުވެސް އެޅިއްޖެއްޔާ ރަގަޅު ތިމީހުން ބުރިޖެއް އަޅަން އެބަނަގާ 15 ވަރަކަށް އަހަރު

    38
    3
  17. މޯދީ

    ލޮލަށްވެސް ނުފެންނައިރު ހަދިޔާއަކަށްވާނެތަ؟ ހުވަފެނީ ސަރުކާރު

    45
    3
  18. ޒާ

    މި ލިޔުން ލިޔާ ޔާމީނަކީ އިންޑިއާ ހައިކޮމިޝަނުން ފަންޑުކޮށްގެން ވަގުތުނޫހުގެ އަގުވައްޓާލާ ލިޔުން ތެރިޔާ.

    43
    4
  19. ހުސޭނުބޭ

    ސަރުކާރުން އަލަށް އެކުލަވާލި ބަޖެޓުގައި ދޮގުހަދާ ނޫސްވެރިންނަށް ވަރަށް ބައިވަރު ހިމަނާފައިވާކަން މިހާރު އެނގިއް

    36
    2
  20. ހެއުނުވާނެ

    ހެއުނުވާނެ ތިކަހަލަ މޮޅެތި ކުރެހުންތައް ނުލާ.އަހަރެމެން މޮޔަވެދާނެ.

    33
    1
  21. ހަސަންކަޖާ

    ތިއީ.....
    ހުވަފެނީ ބިލާހެއް..
    އަވާމެންދުރެއް..
    ހުސްވަޢުދެއް..
    ނުފުއްދާނެ ވަޢުދެއް..
    ހަދާލި ބޮޑުދޮގެއް..

    26
    1
  22. ޚހ

    މި ސުރުހީ ކިޔާލީމަ ހީވަނީ 3 އަހަރު ތެރޭގަ މިބުރިޖު ހަދާ ނިންމާފަ ހަދިޔާ ކުރިހެން...

    28
    1
  23. އިބްރާހިމް

    ނުކުރާނެ ތިޔަކަމެއް. ނަމަވެސް ތިޔަ ޕްރޮޖެކްޓަށް ދިވެހިރާއްޖޭން ފައިސާ ދައްކަންޖެހޭނެ.

    22
    1
  24. Anonymous

    ކެންސަރ ހޮސްޕިތަލް އަޅަންވީ ހުޅުމާލޭގައި. ޢެއީ އާބާދީ ޢެންމެ ބޮޑީ ވެސް ހަމަ މި މާލެ ސަރަހައްދުގައި ކަމުގައިވާތީ ގިމަމީހުނައް ފައިދާވާނީ އޭރުން.

    18
    1
  25. ސަލް

    ފިޔޮއް ނުފަޅަނީސް ފިޔޮއް ގުނަން ތިޔައުޅެނީ. ތިޔަ ބުރިޖެއްގެ އެއްވެސް ޕިޒިކަލް ސިފަޔެއް އަދި އެއް ނުފެނޭ.. ތިޔަ ކޮންޓުރެކްޓަރަކީ ތިފަދަ ބުރިޖެއް މި ދުނިޔޭގެ އެއްވެސް ކަނޑެއްގައި އަޅާފަ ތިބި ބަޔެއްނޫން.

    18
    1
  26. ތައުފީޤް

    މި ބުރިޖަކީ ދިވެހިންނަ.ށް މިސަރުކާރުން ދިން ހަދިޔާ އަކަށްވީ ގޮތެއް ހަމަ ނޭގުނު. ޚިޔާލެއް ހަދިޔާއަކަށް ވާނީ ކިހެނެއް. އެންމެ ތަބެއްހާ ހިސާބުވެސް ފެންނާކަށް ނެތް. ތިގޮތަށް ދިވެހިން ގުނބޯ ހެއްދޭނެ ކަމަށް ހީނުކުރޭ=ތައުފީޤް=

    19
    1
  27. Anonymous

    ނުފޯރާ ފޮތިން ފޫގެޅީމަ ފެންނާނީ އޮރިޔާން. މެކުނައް ފުމުނަސް ގާހަކައަކައް ނުވާނެ

    11
    1
  28. ޢައްޔަބެ

    ދިވެހިން އަދިވެސް މަލިކަށް ދާން ޚާއްސަ ހުއްދައެއް މައިސަރުކާރުން ނަގަން ޖެހޭ! 1956 ވަނަ އަހަރުން ފެށިގެން މަނާކުރިގޮތަށް އަދިވެސް މޯދީބެ ވެސް އެކަން ދަމަހައްޓަމުން އެގެންދަނީ! އުތުރު ކަރައިން ދިވެހިރާއްޖެ އާއި ތޮޅުނީ ކިތަށް ފަހަރުތޯ! ތިޔަލޯނުގައި އިޚްލާސްތެރިކަމެއް ނޯންނާނެ!

    14
    1
  29. ޖުންދުﷲ

    ޔާމީން ތި ލިއެގެން އިންޑިއާއިން ރުފިޔާ ދޭތަ...

    12
    1
  30. އަހައްމަދޫ

    ވަރަށް ކުރެހުންތައް މޮޅުވާނެ

  31. އިލްޔާސް ވަހީދު

    10 ފަހަރު ސޮއެ ކޮށްފި
    4 ފަހަރު ސާވޭ ހަދައިފި
    5 ފަހަރު ފަށައިފި

    އަދިވެސް ތީގެ އެއްވެސް އެއްޗެއް ފެންނަން ނެތް މައިކުކަސް ކޯޕް އެޅީމަތޯފެންނާނީ

  32. Anonymous

    ނަޝީދު ގޮތައް އަނގައިން ހުރިހާ ކަމެއް.

  33. ފާތުމާ

    ދިވެހިން ބޭނުމެއް ނުވޭ ތިޔަ ބުރިޖެއް... ބޭނުންވަނީ ރާއްޖެއިން ބޭރަށް ނުގޮސް ސިއްޙީ ފަރުވާ އަމިއްލަ ޤައުމުގައި ޤާއިމުކުރުން ، މިހާރުވެސް އިންޑިޔާގައި ދިވެހިންގެ 600 މީހުން ބޭސް ފަރުވާ އެބަތިބި ކިހާ ބޮޑު ވޭނެއް ދޯ ރައްޔިތުމީހާއަށް ، ސަރުކާރުގެ އިސްވެރިންނަނަށް ދުނިޔޭގެ އެހެން ޤައުމު ތަކުން ބޭސް ކުރެވުނަސް ނިކަމެތި ރައްޔިތު މީހާ ދާން އޮތީ އިންޑިޔާ އަށް. މިކަން ރަގަޅުކޮށްލަދީ

  34. އަބްދޫ

    ކުރެހުމަކީ ކިތަންމެ މޮޅަށް ވެސް ކުރެހިދާނެ އެއްޗެއް.ތިޔަ ބްރިޖް އެޅިދާނެކަމާމެދު ސައްކު.ބްރިޖް އަލަން ހަވާލުކުރި ކުންފުންޏަކީ ކަނޑުގަ ބުރިޖެއް އެޅި ކުންފުންޏެއްނޫން .ކޯޜެއްގަ ބްރިޖްއަލަންހަވަލުކޮށްގެމް ނުނިމި މަސައްކަތް ކުރާތާ 18 އަހަރު ވެއްޖެ އަދި ނުނިމޭ 2022 ގެތެރޭ ނިމޭނެޔޯ. ލޮނުގަ ބޭނުން ކުރަންޖެހޭނީ ވަކި ވައްތަރެއްގެ ކެމިކަލް ސިމްންތިއެއް ލޮނުގަ ބޭނުންކުރަންޖެހޭނީ ވަކި ވައްތަރެއްގެ ދަނގަޑެއް. މިކުންފުންނަށް އެއޗެއްނޭގޭވަރު ސާވޭކުރަން މިފައިބަނީ ހުޅުމާލެ ބްރިޖް ހަދާފަ ހުރިގޮތެއްބެލުމަށް އެބްޖިޖްގެ ތަނބު ސާވޭ ކުރަން. އިންޑިޔާއަކީ މަގު ހުރަސްކުރާ ބްރިޖް ވެސް ހަދާނުނިމިގެންއުޅޭ އިރު ހަލާކުވެގެންދާގައުމެއް.ވީމާ އިންޑިޔާ ބްރިޖަށް އަރަންވެސް ބިރުގަނޭ.

  35. އަނެއް މާލެ

    ރާއްޖޭގައި އެހެން ރަށްރަށުގައި މީހުން ނޫޅުއްވަނީތޯ. ވިލިމާލެ, ތިލަމާލެ . އާސަންދަ އޮންނަ އުރުވެސް މިއުޅެނީ މާލެ ނުގޮސް ޓެސްޓެއް ވެސް އަތޮޅު ތެރެއިން ނުހެދިގެން. ރއޖ އެވަރަށް ތަރައްްްޤީ ވެއްޖެތޯ. ހމ ހީނުވާތީ

  36. ބުއްޅަބޭގެ އިދުރީސް

    ކޮބާތޯ މޫދުގައި ބިނާކުރާ ޝަހަރު؟؟؟