ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ހިދުމަތްތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ވެސް ރަށްރަށަށް ބޭނުންވާ ހިދުމަތްތައް ވީހާވެސް ފުރިހަމަ އަށް ފޯރުކޮށްދިނުމެވެ.
މިއިން ކޮންމެ މަޝްރޫއަކީ ވެސް ރައްޔިތުންނާ ގުޅިލާމެހިފައިވާ މަޝްރޫއެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު، މި ސަރުކާރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔައެވެ. ބައެއް މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާއިރު، އެހެން ބައެއް މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައި ވެއެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސާފް ބޯފެނާއި، ނަރުދަމާ ނިޒާމްގެ މަސައްކަތްތަކާއި، ކަރަންޓްގެ ހާލަތު ރަނގަޅު ކުުރުމާއި މަގުތަކުގެ ހާލަތު ރަނގަޅު ކުރުން ފަދަ މުހިންމު މަޝްރޫއުތައް ގިނައެވެ.
އުމްރާނީ މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް:
- ނިމިފައި ހުރި މަޝްރޫއުގެ އަދަދު: 673
- އަމަލީ މަސައްކަތް ކުރިއަށްދާ މަޝްރޫއުތަކުގެ އަދަދު: 491
- ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުތަކުގެ އަދަދު: 143
- އެހެނިހެން ސްޓޭޖްގައިވާ މަޝްރޫއުތަކުގެ އަދަދު: 870
މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ އިން މި ސަރުކާރުން ނިންމާފައިވާ މުހިންމު އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ހިދުމަތް އަޕްގްރޭޑް ކުރުން ހިމެނެއެވެ. މިއީ ރަށްރަށުގެ ކަަރަންޓް ހިދުމަތް، ޒަމާނަށް އަންނަ ތަރައްގީއާއި އެއްގޮތަށް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ކަރަންޓް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެވެ. މީގެ އެތައް ޕްރޮޖެކްޓެއް ކުރިއަށް އޮތްތަނުގައިވެސް ނިންމަން ކަނޑައަޅާފައި ވެއެވެ.
ކަރަންޓް ހިދުމަތް އަޕްގްރޭޑް ހިދުމަތް
- 405 މަޝްރޫއު ނިމިފައި
- 157 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށް ދަނީ
- 21 މަޝްރޫއެއްގެ މަސައްކަތް ކޮންޓެރެކްޓް ކުރެވިފައި
- 127 މަޝްރޫއެއްގެ މަސައްކަތް އެހެނިހެން މަރުހަލާގައި
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކުރުމަށްޓަަަކައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި ސަރުކާރުން 118 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި ބަނދަރާއި ޖެޓީ ހެދުމުގެ 48 މަޝްރޫއެއްގައި ސޮއިކޮށްފައިވާއިރު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 17 މަޝްރޫއެއްގައި ސޮއިކޮށްފައި ވެއެެވެ. މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ ވެސް ބޮޑެތި މަޝްރޫއުތަކެއްގައި ސޮއިކުރެވި މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތައް
- ނިމިފައި އެއްވެސް ޕްރޮޖެކްޓެއް ނެތް
- 56 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 62 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 23 މަޝްރޫއެއް އެހެނިހެން މަރުހަލާފައި
ބަނދަރާއި ޖެޓީ ހެދުމުގެ މަޝްރޫއުތައް
- 25 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 39 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 9 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 38 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް
- 3 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 11 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 6 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 37 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ބިން ހިއްކުމުގެ މަޝްރޫއުތައް
- 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 5 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 8 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 13 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
މަގު ހެދުމުގެ މަޝްރޫއުތައް
- 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 12 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 10 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 25 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައި އިތުރު މަޝްރޫއުތަކުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކާއި، ދެ ރަށެއްގައި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަމުގެ ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، ފަސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދެ އެބަދެއެވެ. އަދި ތިން މަޝްރޫއެއް ކޮންޓްރެކްޓް ކުރެވިފައިވާއިރު، ދެ މަޝްރޫއެއް އޮތީ އެހެނިހެން މަރުހަލާގައެވެ.
މި ސަރުކާރުން ވަނީ އެއާޕޯޓް ގާއިމް ކުރުމުގެ މަޝްރޫއެއް ނިންމާފައެވެ. އެއީ ހއ. ހޯރަފުށީގައި އެޅި އެއާޕޯޓެވެ. މީގެ އިތުރުން މި ސަރުކާރުން އެފަދަ ދެ މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު، އެއާޕޯޓެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވެއެވެ. އަދި ހަތް މަޝްރޫއެއް އޮތީ އެހެނިހެން މަރުހަލާގައެވެ.
މި ސަރުކާރުގެ އިތުރު މަޝްރޫއުތައް
އިޔާދަކުރެނިވި ހަކަތައާ ގުޅުން ހުރި މަޝްރޫއު
- 47 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 15 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 135 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ކުނި މެނޭޖް ކުރުމުގެ މަޝްރޫއު
- 24 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 14 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 185 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ޒުވާނުންނާއި ކުޅިވަރާއި ގުޅުން ހުރި މަޝްރޫއު
- 113 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 77 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 10 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 110 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ތައުލީމީ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތައް
- 24 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 36 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 11 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 104 މަޝްރޫއެއް އެހެނިހެން މަރުހަލާފައި
މިސްކިތާ ގުޅުން ހުރި މަޝްރޫއުތައް
- 6 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދޭ
- 16 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ސިއްހަތާއ ގުޅުން ހުރި މަޝްރޫއުތައް
- 13 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 27 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 2 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 42 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
މި ސަރުކާރުންވެސް ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފައިވާ އިރު، އެ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ހެން މިހާރު ކޮންމެވެސް ސިފައެއްގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް އެބަދެއެވެ.
އޭގެތެރޭގައި ސްކޫލްތަކުގައި ބެހެއްޓި ލިފްޓުގެ ރިބަންކެނޑުންވެސް ހިމެނޭ!
އޭގެތެރޭގައި ގިނައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކޮށްނިންމާފަ ހުރިކަންތަކާއި އަދި ރައީސް ޔާމީން ފަށާފަ ބޮޑު ބައި ނިންމާފަހުރި މަޝްރޫޢުތައް
ފާހާނާ އެއް އިތުރު ކުރުން ވެސް ޕްރޮޖެކްޓް
މެއިންޓެނެންސް ވެސް ޕޮތޮޖެކްޓް ދޯ
ކޮށް މެ 3 ދުވަހަކަށް ޕްރޮޖެކް ޓެއް-- 3 އަހަރު ތެރޭ...
މިބޭފުޅުން މަސްރޫއު ކިޔާގޮތް އެގިލައްވާތަ؟ ބޮކި ދަނޑިއެއްގަ އަނދާފަ ހުންނަ ބޮތްކެއް ބަދަލު ކޮށްލިޔަސް އެއީ މަސްރޫއެއް. މަސްރޫއު އިމާރާތް ކުރަން ހަވާލުކުރަނީ އެމްޓީސިސިއާއި ބައެއް މަސްރޫއު އެއްކޮޓަރިހަދާލުން ހަދާގޮތަކީ ދަނގަނޑުހޮޅިން ގިއުގަނޑު ހަދާ ދެފަރާތު ޖިޕްސަންބޯޑް ޖަހާލުން. މިއީ މިބޭފުޅުން ހަދާ މަސްރޫއު.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގަ އެމްޓީސީސީ ން ހެދި ދެކޮޓަރި ހަދާފަ ހުރިގޮތަކީ މިއީ. މިއީވެސް މަސްރޫއެއް އޭގެއަގު ކިތައްމިލިއަންކަމެއްނޭގޭ.
ހާދަ ވަރަކަށް ތި ޕްރޮމޯޓް ތިކުރަނީ ހީވަނީ ދެފަޔަށް ހިނި އަރައިގެން އުޅޭހެން، ސިފައިންގެ ބޮޑުމީހަކާ ކޮމިސަނަރ އޮފް ޕޮލިސް އިންޑިޔާއަށް ގެންގޮސް ވަރަށް ބޮޑެތި ރޭވުމުއްގެ ތެރެއިން ހިންގާ ޖަރީމާ ތަކެއް މިހާރު މިހިގަނީ
ހުސްރިބަންކެޑުން
ވަޓްއެވާރ..
# ނޯގޯޓި ނޯވޯޓް
# ކެހިވެރި ފަތިސް
ހުސް ދޮގާ މަކަރު. ޔަހޫދީންވެސް ތިޔަ ދޮގުތައް ހަދއިގެން ދުނިޔެއަށް އޮޅުވާލައިގެން އުޅެނީ.
ގައިމު ތިބުނާވަރަށް ކަންނިމިފައިވާތަނެއް އަހަރެމެންގެ ލޮލަކަށްނުފެނެއެވެ. އަދި މިސަރުކާރުގެ ޓްރޭޑް މިނިސްޓަރުވެސް އެކަންކަށަވަރުކޮށްދީފައިވެއެވެ. އެގޮތުން ފައްޔާޒު ބުނެފައިވެއެވެ. " މިސަރުކާރުގެ މަސައްކަތްތަކެއް ނުފެންނާނެއެވެ."
ޢެޭގެތެރޭގަ ގިނައީ ކަރަންޓް އަޕްގްރޭޑް ކުރުން މިސާލަކައް
1 ކޮންމެސް ރަށެއްގެ ޕެނަލް ބޯޑު އިންސްޓޯލްކުރުން 2ޖަނަރޭޓަ އޯވަހޯލް ކުރުން 3ޖަކެޓް ވޯޓަ ޕަމްޕްސްޓޭސަނެއްގާއިމްކުރުން 4އެއްތަނުން އަނެއްތަނައް އިލެކްޓްރިކް ކޭބަލް އެއްއެޅުން މިކަހަލަ ބޮޑަތި މަޝްރޫއު ދުވާލަކައް އަށާރަވަރަކައް ތަނުގަ އެބަނިންމާ
ތީ ދޫނި ރާއްޖޭގައި ނިމުނު މަސަތް ކަތެއް މިޤައުމަކުނޫން ލޮލަށް ނުފެންނަނީ ކީއްވެ ތިކަހަލަ ދެއުޅި އެއްނުވާ ވާހަކަ ނުދައްކާ އޮރިއާނުވެ މަޑުން ހުރޭ 5އަހަރު ނިމެންދެން އެންމެ ކަމެއްކުރެވޭނީ ކޮންމެ އަހަރަކު ޤައުމަށް ލިބޭ ހުރިހާ ފައިސާއެއް ތި ބަހާލަނީ އެވެސް ރަތްޔަތުމީހާފެލައިގެން
ލޮލައް ނުފެންނަ މަޝްރޫތައް ތިއީ..ދޮރު ފޮތި ބަދަލު ކުރުމާއި ފާރުގައިދަވާދު ލުމަކީވެސް އުމްރާނީ މަސައްކަތެއްކަމައް މިސަރުކާރުން ގަބޫލު ކުރަނީ. މީދެން ބޮޑުވަރު.
ޕީޕީއެމްގެ ދައުރުގައި ފަށެފި އަދި މިދައުރުގައި ނިމުނު އެ މަޝްރޫތަކަކީވެސް މިސަރުކާރުން ދެކެނީ ތިމާމެންގެ މަޝްރޫތަކެއް ކަމަށް. މީދެން ބޮޑުވަރު.
އޮފީސް ފާރުގައި ކުލަ ލުން. ބޮކިބަދަލްކުރުން،ބޭރު ގައުމުތަކުގައި ސަރުކާރުގެ ވެރިން ޗުއްޓީ ހޭދަ ކުރުން،މިނިސްޓަރު ކަމަށް އައްޔަން ކުރުން ،މީ ހައްތާވެސް މި ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް 😂🤣
ގޭގޭ ފުރާޅުން ޓިނު ނަގާ ޓިނު ޖެހުމަކީވެސް ޕްރޮޖެކްޓެއް