ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށާއި ދަނޑުވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމުގެ ވައުދާއެކުއެވެ. އެ މީހުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިއަދު ސަރުކާރަށް ތިން އަހަރު ފުރޭއިރު މިވީ ދުވަސްތަކުގެ ތެރޭގައި އެ ދެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމަށް ނަޒަރު ހިންގާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައި އުޅޭ މީހުން ވަކި މަދެއް ނޫނެވެ. އެމީހުންގެ މައިގަނޑު އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ބާނާ މަސް ކިރޭނެ ގޮތެއް ނުވުމެވެ. މަސް ނުކިރި މަސްތައް ކަނޑަށް އުކާލަން ޖެހޭ ފަހަރު ވެސް އާދެއެވެ. އެކަމަކު ވޭތުވެދިޔަ އަހަރުތަކުގައި މަސް ކިރުމުގެ ރިކޯޑުތަކެއް މިފްކޯ އިން ވަނީ ގާއިމުކޮށްފައެވެ. މީގެކުރިން މަސް ނުކިރުވާ މިންވަރަށް މިފްކޯ އިން ވަނީ މަސް ކިރުވައިފައެވެ.

މަސް ކިރުމުގެ ރިކޯޑަށް ބަލާއިރު މި ތިން އަހަރު ތެރެއިން ކޮންމެ އަހަރެއްގައިވެސް 40،000 އަށް ވުރެ ގިނަ ޓަނުގެ މަސް ކިރުވާފައިވެއެވެ. އެއީ ކުރީގެ އަހަރުތަކާއި އަޅައި ބާލަފައި ރިކޯޑް އަދަދެެކެވެ. އޭގެ ކުރީ އަހަރުތަކުގައި ޖެހިޖެހިގެން 40،000 ޓަނުގެ މަސް ކިރުވިފައެއް ނެތެވެ.

މަސްވެރިންގެ ޝަކުވާތައް، ރައީސް ސޯލިހު އޮޅުން ފިލުވަނީ

މިފްކޯގެ ނަންބަރުތަކުން ހިތްހަމަޖެހުން

  • 2019 - 48،495 ޓަނުގެ މަސް ކިރާފައިވޭ
  • 2020 - 49،392 ޓަނުގެ މަސް ކިރާފައިވޭ
  • 2021 ގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 43،014 ޓަނު މަަސް

ފާއިތުވި ދުވަސްތަކުގެ ތެރޭގައި މަސްވެރިންނަށް އެންމެ އުފާވެރިކަން ގެނެސްދިން ހަބަރަކީ މީގެ ކުރިން ދައްކަމުން އައި ޑީސަލް އިމްޕޯޓް ޑީއުޓީ އާއި ދޯނި ބަންނަ ސާމާނުގެ ޑިއުޓީ ކަނޑާލުމެވެ. ފައިބާ ރެސިން ނެވިގޭޝަން ސާމާނުތަކުގެ ޑީއުޓީވެސް ވަނީ މިއާއެކު ކަނޑާލާފައެވެ. ސަރުކާރުން މަސްވެރިންނަށް ދަރާފައި އޮތް ދަރަނި މިފްކޯއިން ވަނީ އެއްކޮށް ހަލާސްކޮށްފައެވެ. އެއީ 37 މިލިއަން ރުފިޔާއެވެ. އެ ފައިސާ ދައްކައި ނިމުމާއެކު މިހާރު ކޮންމެ ހަފްތާއަކު އެއް ފަހަރު މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. އެއްވެސް ދަތިކަމެއް މަސްވެރިންނަށް ނެތެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ، މިފްކޯއިން ވަނީ މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއްދީ ހަލާސްކޮށްފައި

މަސް ކިރާ، މަސް ގަންނަން ޖެހޭ އެންމެ ދަށް އަގު ކުރިއަށްވުރެ މަތިކޮށް ކަޅުބިލަ މަހުގެ ބާޒާރު ފުޅާކުރުމަށް، މަސް ގަތުމުގެ ފުރުސަތު ސަރުކާރުން ވަނީ މިހާރު ހުޅުވާލައިފައެވެ. ޒަަމާނުއްސުރެ އޮތް މަހުގެ އެެކްސްކްލޫސިވިޓީވެސް ވަނީ އުވާލައިފައެވެ.

މަސްވެރިކަމަށް ދެވުނު އެހީ

  • 232 މިލިއަން ރުފިޔާ އެސްޑީއެފްސީ ލޯން
  • 39 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް

ދަނޑުވެރިކަމުގެ ދާއިރާ އަށް އުންމީދުގެ އަލިކޮޅެއް

ކޮވިޑް-19ގެ ވާބާއާއެކު ރާއްޖެއަށް ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެއް ސިނާއަތަށް ބަރޯސާވެގެން އަބަދަކު ނޯވެވޭނެކަމެވެ. ފަތުރުވެރިކަމުގެ އިތުރަށް އެހެން ސިނާއަތަށްވެސް އިސްކަންދޭން ޖެހޭ ކަމެވެ. އެހެންވެ ދަނޑުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯނެޓްގެ ނަމުގައި ކުންފުންޏެއް އުފެއްދިއެވެ. ކުންފުނީގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމެވެ.

ހއ. ކެލާ ދަނޑުވެރިއަކު މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގްރޯނެޓް ކުންފުނި އުފެދިގެން އައިސްފައިވަނީ 2019 އިން 2023 އަށް ހިންގުމަށް އެކަށައަޅާފައިވާ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގައި ތަފުސީލުކޮށްދީފައިވާ "ނޫ އިގްތިސާދު" ގެ ތަސައްވުރަށް ވާސިލުވާން އަމާޒު ހިފާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގްރޯނެޓްގެ އަމާޒަކީ ދަނޑުވެރިކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ ދާއިރާއިން ލިޔާގަތާއި ގާބިލިއްޔަތު އުފައްދައި ތަރައްގީކޮށް އާ ހަރުފަތަކަށް ދިވެހި ދަނޑުވެރިކަން ވާސިލް ކޮށްދިނުމެވެ.

2020 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން މިހާތަނަށް 29 ރަށަކުން 587 ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ފާމިން އެގްރީމެންޓު ކުރެވި 176 ދަނޑުހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ."ކޮންޓްރެކްޓް ފާމިން" އަކީ ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓުން އިސްނަގައިގެން ސަރުކާރުގެ މެންޑޭޓްގައިވާ ގޮތުގެމަތިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމުގައި ފަސޭހަ ގޮތްތައް ހޯދައިދީ އަދި މިސިނާއަތު ކުރިއަރުވަން މަސައްކަތްކޮށް ދިނުމަށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތެއްގެ ގޮތުން ކޮންމެ ފަރާތަކުންވެސް 500 އަކަފޫޓުގެ ދަނޑުވެރިކަން ކުރާނެ ބިމެއް އެފަރާތުގެ ބެލުމުގެ ދަށުގައި ދަނޑުވެރިކަން ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. އަދި ފައިސާއާ ގުޅޭ ކަންތައްތައް އޭގެ އެންމެ ސައްހަ ގޮތުގައި ކުރުމަށް ކަށަވަރު ކުރުމަށްޓަކައި ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ނަމުގައި ބޭންކް އެކައުންޓެއް އޮންނަންޖެހެއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ތާޒާކަމާއެކު ރައްކާކުރުމަށް ނުވަ ރަށެއްގައި އެގްރީ ސެންޓަރު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

  • ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތީން ޑިއުޓީ ކަނޑާލުން
  • 1000 އަށްވުރެ ގިނަ ކޮންޓްރެކްޓް: ދަނޑުވެރިންނަށް ޔަގީންކުރަން

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ 30 އިންސައްތަ ހާއްސަކުރަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށެވެ.

އަންހެނުންނަށް މި ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް ހާއްސަކުރުމުގެ މައިގަނޑު މަގްސަދަކީ، ދަނޑުވެރިކަމަކީ އިގްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާއަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުމެވެ. އަދި މިދާއިރާގައި ހަރަކާތްތެރިވާ އަންހެން ކަނބަލުން ކުރަމުންދާ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމެވެ.

ލޯނުގެ 30 އިންސައްތަ ހާއްސަކޮށްފައިވަނީ އަންހެން ދަނޑުވެރިންނަށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗާ، ޕްރޮޓެކްޓަޑް އެގްރިކަލްޗާ، ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް 27 ދަނޑުވެރިންނަށް އެ ލޯނު ވަނީ ދޫކޮށްފައެވެ.

ދަނޑުވެރިކަމަށް ބޭނުން ކުރެވޭ ގޮތަށް އަަދި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ފަސޭހަ ކުރުމަށް އައު ވެބްސައިޓެއް ހަދައި އޭގެ މަސައްކަތް ވަނީ ޖޫން މަހު ނިންމާލާފައެވެ. މޯބައިލް އެޕްލިކޭޝަންގެ 95 އިންސައްތަ ވަނީ މިހާރު ނިންމާލާފައެވެ. ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމްއަށް ބޭނުންވާ މޭވާ ދިވެހި ދަނޑުވެރިން މެދުވެރިކޮށް އުފެއްދުމަކީވެސް ދަނޑުވެރިންނަށް ފަހި ފުރުސަތު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

ރ. ފައިނުގައި 10،000 އަކުފޫޓުގެ 10 ދަނޑެއްގައި ޒަމާނީ ޑްރިޕް އިރިގޭޝަން ސިސްޓަމް ގާއިމްކުުރުމާއި ބ. މާޅޮހާއި މ. މުލީގައި ކުދި ބިންކޮޅުތަކުގައި ދަނޑުވެރިކަން ކޮށްގެން ނަފާހޯދޭނެ މަގު ތަނަވަސްކޮށް ދިނުމަށް ހައިޑްރޯޕޯނިކް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަމް ނަވާޒު

    ނުކިޔަވާ ހުރި މީހަކައް . ނުވާނެ ވެރިކަމެއް . އަވަހައް ހިތް ތަކުގެ ރައީސް މުހައްމަދު ނަޝީދު އައް ވެރިކަން ދޭންވީ . ބަރުލަމާނީ ބަރާބަރު . ހިނަވަރު ޖަޅޮސް ބޭރު ކުރޭ

    3
    5
  2. ދޯ

    ތީ ހުސް ދޮގު

    10
  3. ދޯ

    ކިހާވަރެް ދީގެން ތޯ ތި އޮޅު ވާލަނީ؟؟

    12
    1
  4. ކާފަ

    މި ބޭ އަދިވެސް ބަލަނީ ރައްޔިތުން ގުނބޯ ހެއްދޭތޯ؟

  5. Anonymous

    ތަރައްގީ އަށް މިސަރުކާރުން ކުރަމުންދާ ޕްރެޖެކްޓްތަކުގެ މައުލޫމާތު ނޫސްތަކުން ފަތުރަމުންދަމުންގޮސް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވާހަކަ ފެނުނު ހިސާބުން އޮޅުވާލުމާއި މަކަރާއި ދޮގުހަދާކަން މިއެގުނީ ، މިސަރުކާރު އައިފަހުން އެތައްފަހަރަކު ޑީސެލްގެ އަގު ބޮޑުކޮއަފި ، މަސްކިލޯ އެއް 20 ރ އިން 13ރ ވައްޓާލާފި ، ކުޑަކޮއްވެސް މަސްބާނަން ފަށާފިއްޔާ މަސްނުކިރޭ ، 3 މަހުން 2 މަހުންވެސް އެބަހުރި ކިރާމަހަށް ފައިސާ ލިބިފައި ، މިހާރު ރަގަޅަކަށް މަސްނުބާތާ 5 ވަރަކަށް މަސްވީމާ ، ބާނާ ކުޑައެތިކޮޅަށް ފައިސާ ދެވޭނެތާ ، މަސްވެރިންނަށް އޮޅުވައެއް ނުލެވޭނެ.

  6. ކެޔޮޅު

    ތަރައްގީ އަށް މިސަރުކާރުން ކުރަމުންދާ ޕްރެޖެކްޓްތަކުގެ މައުލޫމާތު ނޫސްތަކުން ފަތުރަމުންދަމުންގޮސް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވާހަކަ ފެނުނު ހިސާބުން އޮޅުވާލުމާއި މަކަރާއި ދޮގުހަދާކަން މިއެގުނީ ، މިސަރުކާރު އައިފަހުން އެތައްފަހަރަކު ޑީސެލްގެ އަގު ބޮޑުކޮއްފި ، މަސްކިލޯ އެއް 20 ރ އިން 13ރ ވައްޓާލާފި ، ކުޑަކޮއްވެސް މަސްބާނަން ފަށާފިއްޔާ މަސްނުކިރޭ ، 3 މަހުން 2 މަހުންވެސް އެބަހުރި ކިރާމަހަށް ފައިސާ ލިބިފައި ، މިހާރު ރަގަޅަކަށް މަސްނުބާތާ 5 ވަރަކަށް މަސްވީމާ ، ބާނާ ކުޑައެތިކޮޅަށް ފައިސާ ދެވޭނެތާ ، މަސްވެރިންނަށް އޮޅުވައެއް ނުލެވޭނެ.

  7. ހުސޭނުބޭ

    ނާހަމަތެދެއް!
    މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރުނީތަ
    ކޮންމެ ދަނޑުވެރިއަކަށް މަހަކު 10000 ރުފިޔާވެސް ދިނީތަ
    ކާކުތަ ތިކަން ދެނެހުރީ!